ދާށޭ ޙަޔާތުން - 1

އުފަން ރަށުގެ ފަސްގަނޑަށް ފައި އަޅާ ލެވުމާއެކުހެން އަހަންނަށް ހިނިތުން ވެވުނެވެ. 6 އަހަރު ދުވަހަށް ފަހު ރަށަށް އާދެވި ރަށަށް އައިއްސައި ހުރި ބަދަލުތައް ފެނުމުން އަހަރެން ހައިރާންވިއެވެ. "އަފްރީން" ދޮންތަ ތަންކޮޅެއް އެއްގަމުގައި ހުރި ގަހެއްގެ ކައިރީ ހުރެފައި ގޮވާލިއެވެ. އަހަރެން ހައިރާންވީ ދޮންތަގެ ކައިރީގައި އަނާން ހުރުމުންނެވެ. އާއެކެވެ. އެއީ އެއް އިރެއްގަ އަހަރެން ލޯބިވީ އަނާން އެވެ. އޭނަ ކުރި ވައުދު އޭނަ ފުއްދައިފިއެވެ. އޭގެ ބަދަލުގައި އަހަންނަށް އޭނާއަށް ދެވުނީ ކޯއްޗެއް ހެއްޔެވެ. ހުސް އަނިޔާއެވެ. އަހަރެންގޮސް ދޮންތަ ކައިރީ މަޑުކޮށްލުމުން އަނާން އަހަންނަށް ބަލާލިއެވެ. އަހަރެން ކުށްވެރިއަކު ފަދައިން އިސްޖަހާލީ މަޢާފުކުރާށޭ ބުނާފަދަ ގޮތަކަށެވެ.

ގެއަށް ގޮސް ސަިބޮއެގެން ޖޯއްޔަށް ނުކުތީ އަނާން ގެ އެދުމަކަށެވެ. "ރީން. އަހަންނަށް ކޮން ކުށެއް ކުރެވިގެން ރީން އެގޮތައް ކަންތައް ކުރީ" އަނާން އަހަރެންގެ އަތުގައި ހިފާލަމުން އަހާލިއެވެ. "ކުށް ކުރެވުނީ އަހަންނަށް އަނާން އަކަށް ނޫން." އަހަންނަށް ބުނެވުނީ އެހިސާބަށެވެ. އަހަންނަށް ރޮވެންފެށުމުން އަނާންގެ މެޭގައި އަހަރެންގެ މޫނު ފޮރުވާލެވުނެވެ. "ވީގޮތް ކިޔާދީފާނަންތަ؟" އަހަރެން ގަޔާ ދުރުކޮށްލަމުން އަނާން އަހާލިއެވެ. އަހަރެން ބޯޖަހާލިމަށްފަހު ކިޔައިދޭން ފެށީމެވެ.

އަހަރެން އޯލެވެލް ނިންމުމަށް ފަހު މާލެ ދިޔައީ ލެބް ޓެކްނީޝަން އަކަށް ވުމަށް ތަޢުލީމު ހާސިލް ކުރާށެވެ. ކޮލެޖަށް ދިޔަ ފުރަތަމަ ދުވަހުވެސް އަހަރެންގެ ސަމާލުކަން ދަމައިގަތީ ކޮލެޖްގަ އުޅޭ ހޮޓް ބޯއީ އާ ދިމާލަށެވެ. އެ ސެލެބްރިޓިކް ހަށިގަނޑާއި ބުޅި އިސްތަށިކޮޅަށް ފުރިހަމަކަން ގެނެސްދޭ ފެހި ލޮލާއި ފިރިހެންވަންތަ ހިނގުމަށެވެ. ޙަފްތާއެއް ނިމިގެން ދިޔައިރު އަހަންނަށް އާއެކުވެރިން ކޮޅެއް ވެސް ލިބިއްޖެއެވެ. އާދީއްތަ ދުވަހުގެ ބްރޭކް ގަޑީގައި އަހަރެން ކެފެޓީރިއަރ އަށް ދިޔައީ ބަނޑު ހައިވެފައި ހުރި ވަރުންނެވެ. އަހަރެން ކާ އެއްޗެހި އަޅައިގެން ގޮސް ލިއުޝާ މެން ތިބި މޭޒު ގައި އިށީނީމެވެ. "ޔައީން ހާދަ ވަރަކަށް އަފްރީން އަށް އެ ބަލަނީ" ލިއުޝާ ގެ އެ ޖުމްލަ އަހަރެންގެ އެންމެ ހިމަ ނާރަށް ވެސް އަސަރުކުރުވިއެވެ.

" އޭ އެހެރަ އަންނަނީ މި ދިމާޔަށް." ނަދާ ހެމުން ހެމުން ބުނެލި އެވެ. "ހައި އައިމް ޔައީން." ޔައީން އައިސް ސަލާމަށް އަތް ދިއްކޮށްލިއެވެ.

" މި އަފްރީން. ޜީން ކިޔާނީ" އަހަރެން ސަލާން ކޮށްލަމުން ހިނިތުން ވެލީމެވެ.

" މީ... ޥަރަށް ބޮޑު ވާހަކަ އެއް ބުނަން ބޭނުން" ޔައީން އަހަންނާ ހަތަރު ކަޅި ހަމަ ކޮށްލިއެވެ. "އައި ލަވް ޔޫ"..........

  Please log in or register to bookmark.
  1k

  8 ޚިޔާލު

  1. އޯ ވާއު ދެވަނަ ބަޔަށް އެކަންޏެއް ނޫން އިނގޭ އިންތިޒާރު މި ކުރަނީ ❤️😍

   2
   1

  ޚިޔާލު

  Your email address will not be published.