ގޮންޖެހުން - 4

ޖައިޝަމް ވަލުން ނިކުމެ ދުވެފަގޮސް ޕޮލިސް ސްޓޭޝަން އަށް ވަދެ ދިގު މީހާ އޭނަގެ ރަހުމަތްތެރިން އަތުލައިގަންވާހަކަ ފުލުހުންނަށް އެންގިއެވެ.

*********************************************

ދޮރުގައި ޓަކި ޖަހާ އަޑަށް އާސިޔާ ދޮރު ހުޅުވިއިރު ކުރިމަތީ ހުރީ ސާލިމްއެވެ. ސާލިމްގެ ދިގު ބޯވާ ފައިތަކުގައި ކޮއްފައިވާ 5 ކުދިން ފެނިފައި އާސިޔާގެ މޫނުމައްޗަށް ހިނިތުންވުން އަރައިގެންދިޔައެވެ. ސާލިމް ގޭތެރެއަށް ވަދެގެން ގޮސް ވަތީ ގިފިލިތެރެއަށެވެ. ސާލިމް ގިފިލިތެރޭ ހުރި ވަޅެއްގެ ކައިރީ ހުރި މޭޒެއްގެ ކައިރިއަށް ގޮސް ތިރިވެ މޭޒު ދަށުގައި އޮތް ކަތުވަޅިއެއް ނެގިއެވެ. ސާލިމްގެ ބޯވާ ފައެއްގެ ތެރޭ ހައްޔަރުވެފައި އޮތް ޔައިޝް އެ މޭޒުމަތީގައި ބާއްވައި ކަތުވަޅި އޭނަގެ އަތަށް ހެޔޮވރުކޮއްލިއެވެ. ކަތުވަޅިއޮތް އަތް މައްޗަށް ނަގާފައި ގައިގަ ހުރި ބާރެއްލާފައި ޔައިޝްގެ ކަރު ބުރިކޮއްލިއެވެ. ސާލިމްގެ ބޯވާ ފައިތަކުގައި ހައްޔަރު ވެފައި ވާ ޔައިޝްގެ އެކުވެރިންގެ ލޯތަކުން ކަރުނަތައް ފައިބަންފެށިއެވެ. އެކުދިން ބަލަބަލަ ތިއްބައި ސާލިމް ޔައިޝްގެ ހަށިގަނޑުގެ ހަންގަނޑު ނޮޅައި މަސްގަނޑު ކަނޑައި މޭޒު ކައިރީ ބަހައްޓާފައި ހުރި ބޮޑު ތައްޓަށް އަޅަންފެށިއެވެ. މުހާ ގެ ބައި ފަދައިން ދިޔައެވެ. އޭނާގެ ރޯއަޑު އިވިފައި ސާލިމް އޭނާ މޭޒުމަތީ ބާއްވައި ފައި މުހާ ގެ ބޯ ކަރުން ވަކިކޮއްލިއެވެ. މިހެން ސާލިމް ފަހަރަކު ކުއްޖެއް ކަތިލައި އެކުދިންގެ މަރުވެފައިވާ ހަށިގަނޑުން ހަންނޮޅައި މަސްގަނޑު ކަނޑައި ތަށްޓަށްއެޅިއެވެ. ސާލިމް ބަދިގެއަށް ބޮޑު ޖަގެއް ގެނެސް މޭޒުމަތީ ހުރި ލޭތައް ޖަހަން އަޅައި ބޯވައި ފަޔަކުން މަސްގަނޑުއަޅައިފައި ހުރި ތަށި އަތުން ޖަގު ހިފައިގެން އަނބުރާ ބަދިގެއަށް ދިޔައެވެ.

"އާސިޔާ...މިހިރީ އެކުދިންގެ މަސްގަނޑު ކަނޑާފައި...ދެން މިހިރީ ލޭ ޖަގު" މޭޒުމަތީގައި މަސްގަނޑު އަޅައި ހުރި ތައްޓާއި ލޭ ޖަގު ބަހައްޓަމުން ސާލިމް އަތްދޮންނަން ހުރި އާސިޔާއާއި މުހާތަބުކުރަމުން ބުނެލިއެވެ. "ހާދަ ބާވަރެކޭ...ތީގެން މިރެއަށް ވާނެވަރަށް މަސްނަގާފައި ބާކީ މަސްކޮޅު އައިސް އަލަމާރިއަށް ލާބަ...އަނެއްކާތިހުރިހާ މަސްކޮޅެއް ލެވޭ ނެތަ" ތަށި ތެރޭ ހުރި މަސްކޮޅުފެނިފައި އާސިޔާ ބުންޏެވެ. "މި ހުރިހާ މަސްކޮޅެއް ލެވޭނެ...އެއްވެސް ޝައްކެއްނެތް" ސާލިމް ބުނެލިއެވެ. އެރެއަށް ބޭނުންވިނަރަށް ވަކި ތައްޓަކަށް މަސް އަޅައި ބާކިވި މަސްކޮޅު އައިސްއަލަމާރީގެ ގަނޑުކުރާބަޔަށް ލިއެވެ. "އަހަރެން ބުނީމެއްނު މިހުރިހާ މަސްކޮޅެއް ލެވޭނެޔޭ" ފަހުރުވެރިވެލޭފައި ސާލިމް ބުނެލިއެވެ. "އެކަމަކު ވެސް ގަނޑުކުރައިބައި އެއްކޮށް ފުރުނީއެއްނު" އާސިޔާ ބުންޏެވެ. "އެއީ އެއްވެސް ކަމެއްނޫން" ގަނޑުކުރާބައިގެ ދޮރު ލައްޕަމުން ސާލިމް ބުނެލިއެވެ. އާސިޔާ ކައްކާނިމެންދެން ސާލިމް ސުރައްޔާ ކުރާކަމެއް ބަލާނަން އޭނާގެ ކޮޓަރިއަށް ދިޔައިރު ސުރައްޔާ އިނީ އޭނާ މާމަ އިންޑިޔާއިން ފޮނުވި ޑައިރީ ފޮތުގައި ލިޔާށެވެ.

=ނުނިމޭ=

5 ވަނަ ބަޔަށް އިންތިޒާރު ކޮއްލާ!
މިބައި ތަންކޮޅެއް ކުރުވުމުން މާފްކޮއްލައްވާ. 5 ވަނަ ބައި ދިގު ކޮއްލަންތޯ މަސައްކަތް ކޮއްލާ ނަން. 🙂

    Please log in or register to bookmark.
    610

    ޚިޔާލު

    Your email address will not be published.