ފުއާފް - 20

Tiny Teen Tiffany Tatum Pussy Forced Big Cock  Blondie Fesser cocks her massive ass threesome sex  pakistani sex video  jmac porn  De Williams  Russian teen Izi Ashley tight ass hole Hard fucked real 18 yearsold Tiny babe  sanny levon xnxx son fuck mom dogstyle thick hairy pussy

" އުހުން. ހުރިހާ ކަމެއްވެސް ރަނގަޅޭ ބައްޕާ. ހިނގާ އެތެރެއަށް. އަޅުގަނޑު އެބަ އަންނަން މިރުސްކޮޅެއް ހުސްނާއްތަ އަތުން ހިފައިގެން... " އަސްރާ އަވަސް ހިނގުމުގައި އެތަނުން ނުކުތެވެ. މޫސަ ބޭރަށް ނިކުންނަން ދަނިކޮށް ލޮލުގައި އަޅައިގަތީ ބަދިގޭގައިވާ ކުޑަދޮރުން ފެނިގެން ދިޔަ ބިރުވެރި ސޫރައަށެވެ. ވަގުތުން މޫސަ އެހުރި ތަނަށް ހޭނެތިގެން ވެއްޓުނެވެ.
---
ދެއަހަރުފަސް
==========
ހެނދުނުގެ ވަގުތު ސައިހަދާ ނިންމާލުމަށްފަހު ބޭރު ޖޯލީގައި ފިކުރު ބޮޑުވެފައި އިން އަސްރާ ސިހުނީ ގޭތެރެއިން ހާކިމްބެ ނުކުތުމުންނެވެ.
" އަސްރާ... ބައްޕަގެ ހާލަތު ކުރިޔަށްވުރެ ގޯސް. ހިޔެއް ނުވޭ ދެން އެއްކޮށް ރަނގަޅުވެދާނެ ހެނެއް. އަދިވެސް އެކަން ހިނގި ގޮތެއް ނޭނގޭތަ؟ " ހާކިމްބެ އޯގާތެރިކަމާއެކު އަހަމުން ދިޔަ ނަމަވެސް އޭނަގެ ނަޒަރު ހުއްޓިފައިވަނީ އަސްރާގެ ވަނާތަކަށެވެ.
" ހޫމް. އެދުވަހު އަޅުގަނޑުން ގެއިން ބޭރަށް ނުކުތް ވަގުތު ބައްޕަ ހޭނެތިގެން ވެއްޓުނީ...... " އަސްރާ ހުރީ ބައްޕަގެ ހާލަތާމެދު ކަންބޮޑުވެފައި ކަމުން އޭނައަށް ހާކިމްބެގެ އަމަލުތަކަކަށް މާބޮޑު ސަމާލުކަމެއް ނުދެވުނެވެ.
" ބޭބެ ބަލާނަން ކޮންމެ ރެއަކު އައިސް ބައްޕަ ރަނގަޅުކުރަން ފަންޑިތަ ހެދޭތޯ.. ކަމަނަ ހިތްވަރު އެލުވާނު... " ހާކިމްބެ އަސްރާގެ ހަށިގަނޑުގައި އަތް ޖައްސާލަން އުޅުނު ވަގުތު ހީވީ މީހަކު އޭނަގެ ގަޔަށް ކަރަންޓު ޝޮކެއް ޖެއްސި ހެންނެވެ. ހަށިގަނޑު ތުރުތުރު އަޅާ ހާލު މީހާ އަވަހަށް ގެއިން ނުކުތް އިރު މޫނުމަތިން ފެންނަނީ ބިރުގަނެފައިވާކަމުގެ އަސަރުތަކެވެ.
" އެވީ ކީއް؟ " އަސްރާ އަމިއްލަ ނަފްސާ ސުވާލުކުރަމުން ގޮސް ބަދިގެއަށް ވަނެވެ.
" އަސްރާ.. އަހަރެން ބުނަމެއްނު ބޭނުން މީހަކު ބޭނުން ގޮތަަކަށް އަސްރާއާ ދިމާއަށް ބެލިޔަ ނުދޭށޭ! " އަސްރާގެ ކުރިމައްޗަށް ފާޅުވި އަރްޒަންގެ އަޑުގައިވަނީ ހިތްހަމަނުޖެހުމެވެ.
" ހާކިމްބެ އެހެން ބެލީތަ؟ " އަސްރާއަށް ސިހިފައި ދެލޯ ބޮޑުކޮށްލެވުނެވެ.
" އަސްރާ ހީކުރީތަ އެކަހަލަ މީހަކު ނުބަލަ ހުންނާނެޔޭ...؟ ކިތަންމެ ފިރިހެނުންނެއް އަސްރާއާ ހެދި މޮޔަވެފަ އެތިބެނީ.. ދެންމެވެސް އަހަރެން އޭނަ ކުރަން އުޅުނު ކަންތައް ނުހުއްޓުވިނަމަ... " އަރްޒަން އޭނަ ބުނަން އުޅުނު ވާހަކަ އެއްކޮށް ނުބުނެ ހިންދާލިއެވެ. އެވާހަކަ އިތުރަށް ކުރިޔަށް ގެންދާކަށް އޭނަ ބޭނުމެއްނުވިއެވެ.
" ސޮރީ އަރްޒަން.. އައި ވޯޒް ވޮރިޑް އެބައުޑް ޑޭޑް. ސޯ އައި ޑިޑިންޓް ނޯ " އަސްރާ އަވަސް އަވަހަށް އަރްޒަންގެ ކިބައިން މާފަށް އެދުނެވެ. މިވީ ދެއަހަރުތެރޭގައި އަސްރާއަށްވެސް އިނގިރޭސި ބަސް ދަސްވެފައިވެއެވެ.
" ދެން އަޅާނުލާ... " އަރްޒަން އަސްރާގެ ހަށިގަނޑުގައި ބައްދާލިއެވެ.
" އަސްލު އިނގޭތަ ހާކިމްބެ އެދައްކަނީ ހުސް ދޮގުވާހަކަތަކެއްކަން؟ " އަރްޒަން އަސްރާގެ ބޮލުގައި ފިރުމަމުން އަސްރާކުރެ އަހާލިއެވެ.
" ތިބުނީ ބައްޕަގެ ބަލި ވާހަކަތަ؟ " އަސްރާ ހައިރާންވެފައި ސުވާލުކޮއްލިއެވެ.
" ހޫމް. ބައްޕައަށް ޖެހިފައި އެވަނީ ޖިންނި ބައްޔެއް ނޫން. އެދުވަހު ބައްޕަ ހޭނެތިގެން ވެއްޓުނު ގަޑީގައި ތަނަކު ބޯޖެހުނީމަ ބޮލަށް ގެއްލުންވީ. ހާކިމްބެ ދޮގު ހަދަހަދާފަ މިތަނަށް އެއަންނަނީ އަސްރާއަށް ބަލަން... " އަރްޒަން އޭނައަށް އެނގޭ ހަޤީޤަތް އަސްރާއަށް ބުނެދިނެވެ.
" ޕިސް... ހާކިމްބެވެސް ހާދަ ގޮތްކުޑައޭ... ހަތަރު އަނބިން ތިބޭ އިރުވެސް.. " އަސްރާ ހާކިމްބެއަށް އެތިވަރު ގޮވައިގަތެވެ.
" އަހަރެންނަށް އެދުވަހު އަސްރާގެ ބައްޕަ ސަލާމަތްކޮށްދެވުނުނަމަ... އަހަރެން އަސްރާ ފަހަތުން ދާންވެގެން އަސްރާ ބައްޕައަށް ނުބެލުނީ... އަހަރެންނަށް މާފުކުރޭ އަސްރާ.. " އަރްޒަން އަސްރާގެ ކޮނޑުގައި ދެއަތުން ހިފާ އަސްރާގެ މޫނާ އެއްވަރަށް ތިރިވެލަމުން މާފަށް އެދުނެވެ.
" އިޓްސް އޯކޭ... " އަސްރާ ހިނިތުންވެލިއެވެ.
" ތެންކިޔު... " އަރްޒަން މަޑުމަޑުން އަސްރާއާ ގާތްވެލުމަށްފަހު އެތުންފަތަށް ބޮސްދިނެވެ.
" ދެން ދޭ ބައްޕައަަށް ކާންދޭން... " އަރްޒަން އަސްރާ ދުރުކޮއްލަމުން މޭޒުމަތީގައި މޫސަ ސައިބޯ އެއްޗެހި އަޅާފައި ހުރި ތަށި ނެގިއެވެ.
" އުހުން އަދި އިރުކޮޅަކުން.. " އަސްރާ އަރްޒަންއާ އަނެއްކާވެސް ގާތްވެލިއެވެ.
" އުހުން.. ދެން މިވަގުތު ދޭ... " އަރްޒަން ގެއްލުމުން އަސްރާއަށް ފުންނޭވައެއް ދޫކޮއްލެވުނެވެ. އަރްޒަން އަބަދު އޭނަގެ ގާތުގައި ހުންނާނެ ނަމަ ކިހާ ރަނގަޅު ހެއްޔެވެ؟
---
" އަސްރާ ދަރިފުޅާ... ބައްޕަ އެބަ އޮތޭ ވަރަށް ބޮޑު ވާހަކައެއް ދައްކަންވެފަ... " އަސްރާ ބަދިގެއިން އައިސް ގޭތެރެއަށް ވަތް ވަގުތު ގައިބާރުދެރަވެފައި އެނދުގައި އޮތް މޫސަ ގޮވާލިއެވެ.
" ލައްބަ ބައްޕާ ބުނުއްވާ... " އަސްރާ ފެނުކެއްކި ދަނޑިއަލުވި ލީ ތަށި ލައިގެން އައިސް މޫސަ ކައިރީގައި ހުރި އަނދަރާ ގޮނޑިއެއްގައި އިށީނެވެ.
" ދަރިފުޅުވެސް މިހާރު ބޮޑެއްނު. މީހަކާ އިންނަން ހިޔާލެއް ނުކުރަންތަ؟ " މޫސަ ގޮނޑީގައި ހަމަޖެހިލަމުން އަސްރާކުރެ އެހިއެވެ.
" އުހުން ކުރަން އެބަ. " އަސްރާ އިސްޖަހާލީ އަރްޒަންގެ ވާހަކަ މޫސަ ގާތުގައި ދައްކަން ބޭނުން ނުވާތީއެވެ.
" ކަމުދާ ކުއްޖަކު ނެތީތަ؟ މިރަށުގައި އެބައުޅޭ ބައިވަރު ރަނގަޅު ކުދިން... " އަސްރާގެ ވާހަކަ ހުރި ގޮތުން މޫސަ އަހާލިއެވެ.
" އަޅުގަނޑު ބޭނުންވަނީ މިރަށުން ބޭރު ކުއްޖަކާ އިންނަން... " އަސްރާ އަވަހަށް އެކަމަށް ދެކޮޅު ހެދުމުގެ ގޮތުން ވާހަކައެއް ހަދާލިއެވެ. އޭނަ އަރްޒަން ނޫން މީހަކާ އިންނާކަށް ބޭނުމެއް ނޫނެވެ. އެކަމަކު އެކައިވެންޏަކީ ވެދާނެ ކަމެއް ހެއްޔެވެ؟
" އެހެންތަ؟ ތިޔަވީނުން އެހެންވިއްޔާ.. ބައްޕަ ރައްޓެއްސެއް އުޅޭނެ ކ.ހުރާގައި. އިނގެއެއްނު އެއްކަލަ މުހައްމަދުބޭބެ. ދަރިފުޅު ކުޑައިރުއްސުރެ ދޭތެރެ ދޭތެރެއިން މިރަށަށް އާދެއެއްނު. އެބޭބެގެ ހުންނާނެ އަސްރާއާ އެއްވަރުގެ ފިރިހެންކުއްޖެއް. އޭނައަށް ކިޔާނީ އަޙްސަން. ފަހުން އައި ފަހަރު މުހައްމަދުބެ ބުންޏޭ އަސްރާއާ އަޙްސަންއާ ދެކުދިން އިންދެއްޖެއްޔާ ވަރަށް އުފާވާނޭ... ދެން ފަހަރަކުން ބައްޕައަށާއި ދަރިފުޅަށް ދައްކާލަން އަޙްސަން ގެންނާނަމޭ... އަޙްސަންއަކީ ބޯޓު ދަތުރުކުރާ ކުއްޖެއް. އެހާ ހިތްހެޔޮވެފައި ދީންވެރި. އަނެއްކާ އެހާ މުއްސަނދި. ބައްޕައަށް ޔަޤީން އަޙްސަން ދަރިފުޅު ރަނގަޅު ގޮތުގައި ގެންގުޅޭނެކަން... ދަރިފުޅު މިކަމާ އެއްބަސްދޯ؟ " މޫސަ އުފާވެފައި އޭނަ ބޭނުންވާ ގޮތް ހާމަކުރިއެވެ. އަސްރާ ފުންނޭވާއެއް ދޫކޮއްލަމުން އިސްޖަހާލިއެވެ. އެކަމަށް އޭނަ އާނއެކޭ ބުނާނީ ކިހިނެތް ހެއްޔެވެ؟ ލޯބިނުވާ މީހަކާއެކު އޭނަޔަށް އުޅެވޭނީ ކިހިނެތް ހެއްޔެވެ؟
" ދަރިފުޅު މިކަމާ އެއްބަހެއް ނޫންތަ؟ " އަސްރާ ވަކި ޖަވާބެއް ނުދީ އިސްޖަހައިގެން އިނުމުން މޫސަ ސުވާލުކުރިއެވެ. ދެންވެސް އަސްރާ އެއްޗެކޭ ނުބުންޏެވެ. އޭނަ އަރްޒަން ނޫން އެހެން މީހަކު ބޭނުމެއް ނޫނެވެ.
" މީގެ ދެއަހަރު ކުރިން ފެނުނު އެއްޗެއްގެ ސަބަބުން ބައްޕަ މިހާރު މިއޮތީ އަދުތޯ މާދަންތޯވެފަ. ބައްޕަ މިއުޅޭ ހާލުން ހާކިމްބެވެސް ބުނީ ސަލާމަތްވާނެކަމުގެ އުއްމީދެއް ނެތޯ... ބައްޕަ ބޭނުންވަނީ ބައްޕައަށް އިތުބާރުކުރެވޭ މީހެއްގެ އަތުތެރެއަށް ދަރިފުޅު ދޫކޮއްފައި ދާން. " މޫސަ ތުރުތުރު އަޅާ އަތަކުން އަސްރާގެ އަތުގައި ހިފާލިއެވެ. އަސްރާ ފެންކަޅިވެފައިވާ ދެލޮލުން އޭނަގެ ލޯބިވާ ބައްޕައަށް ބަލާލިއެވެ. އެބައްޕަގެ މޫނުމަތިން ފެންނަމުން ދިޔައީ އާދޭހުގެ ކުލަވަރެވެ.
" ބައްޕަ އެދިލެއްވި ގޮތެއް... " އަސްރާ މަޑުމަޑުން އޭނަގެ ބައްޕައަށް ޖަވާބުދިން އިރު ދެލޮލުން އައި ކަރުނަތައް ހިފަހައްޓައެއް ނުލެވުނެވެ.
" މާޝާﷲ... ބައްޕަ ވަރަށް އުފާވެއްޖެ. ދެން ނުރޮއެ ދަރިފުޅާ. ކޮންމެ މީހަކުވެސް މަރުވާނެ. ފުރާނައަކީ ﷲގެ ހައްޤެއް... " މޫސަ ހިތުން އަސްރާ ރޮނީ އޭނަ ބަލި ވާހަކަ ބުނުމުންނެވެ. އެހެނަސް އަސްރާ އެރޮނީ ހަމައެކަނި އެވާހަކަ އަޑު އިވިގެންނެއް ނޫނެވެ. އެންމެ ލޯބިވާ މީހަޔާ ދުރަށް ދާން ޖެހޭނެތީއާ ވެސް އެކުގައެވެ.
" މާދަން މިއީ ރަޖަބުމަހުގެ ދެވަނަ ދުވަސް. މުހައްމަދުބެ މާދަމާ އަންނާނެ..... " މޫސަ ފުންކޮށް ހީލަމުން ސިކުނޑީގައި ހުވަފެންތައް އަވަހަށް ރާވާލިއެވެ.
---
" އަޝޫ.. މިތާ ދަންވަރު.؟ ކީއްވެ އަހަރެން އަންނަންދެން މަޑުނުކުރީ؟ " ފުއްޓަރު ފަރާތުގައި އިން އަސްރާގެ ގާތުގައި އަރްޒަން އިށީނެވެ. ދަންވަރުގެ އެވަގުތު ހަމައެކަނި އިވެމުން ދިޔަ އަޑަކީ މަޑުމަޑުން އޮް ކަނޑުން އަންނަމުން ދިޔަ ރާޅުތައް ގޮނޑުދޮށަށް ބީއްސަމުން ދިޔަ އަޑެވެ.
" ކީއްވެ ތިރޮނީ؟ " ދެފައި ގަޔާ ކައިރިކޮށް ކަކޫ މަތީގައި އަތް ވަށައިގެން ކަކުލުގައި ބޯޖައްސައިގެން އިން އަސްރާ ބޯހިއްލާލުމާއެކު އެރަތްވެފައިވާ ދެލޯ ފެނި އަރްޒަން ހާސްވެފައި ސުވާލުކުރިއެވެ.
" އަރްޒަން.. ބައްޕަ އަހަރެން މީހަކާ.... ދެވަން އެއުޅެނީ... " އަސްރާ ހިތުގައި ޖެހިފައިވާ ވަރުން ވާހަކަދެއްކުނީވެސް ވަރަށް އަޅަ އަޅައިގެންނެވެ.
" އަހަރެންނަށް އިނގޭ މިދުވަހެއް އަންނާނެކަން. އެއީކީ މައްސަލައެއްނޫން އަސްރާ... އަސްރާއަށްވެސް އެނގޭނެ އަހަރެމެން މިދެނަސްލުގެ ބައެއްކަން.. އަހަރެމެންނަށް އެކުގައި އަބަދަކު ނޫޅެވޭނެކަން. އެކުގައި އުޅޭކަން އެނގި ކޮންމެވެސް ދުވަހަކުން އަހަރެމެން ދުރުކުރާނެ ބަޔަކުވެސް އަންނާނެކަން. މިއީ އެންމެ ރަނގަޅު ގޮތްކަމަށް ބަލާފަ ބައްޕަ ތިއެދޭ މީހަކާ ކައިވެނިކުރޭ... " އަރްޒަންގެ އަޑުގައިވަނީ ހަމަޖެހުމުގެ އަސަރުތަކެވެ.
" އަރްޒަންއަށް ހެޔޮ ދޯ އަހަރެން އެހެން މީހެއްގެ ހައްޤަކަށް ވިޔަސް!!؟ އެކަމަކު އަހަރެންމީ އަރްޒަންނަމަކާ ނުބުނާނަން ތިހެނެއް!!! " އަސްރާއަށް އަޑުން އަޑުނަގައި ރޯންފެށުނެވެ.
" އަސްރާ... އަހަރެން މިބުނީނުން އަހަރެމެން މި ދެނަސްލުގެ ބަޔެކޭ. ދެމިހުން އެކުގައި އުޅެން ހަދައިގެން އަސްރާ ބޭނުމީ އަހަރެން އަބަދުމެ އަބަދަށް އަސްރާއާ ވަކިވާންތަ؟ " އަރްޒަން އަސްރާގެ ކޮނޑުގައި ހިފާ އޭނަޔާ ކުރިމަތި ކުރުވިއެވެ.
" ދެން ކީއްކުރަންތަ ފުރަތަމަ އަހަރެން ކައިރިއަށް އައީކީވެސް އެކުގައި ނޫޅެވޭނެކަން އެނގޭއިރު!؟ " އަރްޒަންގެ ވާހަކަ ހުރި ގޮތުން އަސްރާގެ ގާތަށް ރުޅި އަންނަން ފެށިއެވެ. އަސްރާއަކީ ދުވަހަކު ވެސް މީގެ ކުރިން ރުޅިއައުމުގެ އަސަރުތައް ފެންނަ ކުއްޖެއް ނޫނެވެ. ހަޔާތުގައި އެންމެ ފުރަތަމަ ފަހަރަށް ކަމުދިޔަ މީހާއާ އަލްވަދާއު ކިޔަން ޖެހޭތީ އޭނައަށް ކޮށްފައިވަނީ ފުންއަސަރެކެވެ. އަސްރާއަށް އަރްޒަންދެކެ ވެވިފައިވަނީ އާދައިގެ ލޯތްބެއް ނޫނެވެ. އޮބްޝެޝަން ލަވް ކިޔާ އެ ކަހަލަ ލޯބިވާ މީހުންނަށް ބައެއް ފަހަރު ސައިކޯ ޕެތްގެ ނަމުން ވެސް ނަން ދެވެއެވެ.
" އަހަރެންނަށް އަސްރާދެކެ ލޯބިވެވުނީމަ އައީ. އަހަރެންނަށް އަސްރާއާ ނުލާ ނޫޅޭވޭނެތީވެ... އަސްރާ ކައިވެނިކޮށްބަލަ. އަހަރެން ނުބުނަމެއްނު އަސްރާ ކައިވެނިކުރިޔަސް އަހަރެން އަސްރާ ދޫކޮއްލާފައި ދާނަމެކޭ... އައި ވިލް އޯލް ވޭސް ބި ވިތް ޔޫ... " އަރްޒަންގެ އަޑުގައިވަނީ ސާބިތުކަމެވެ.
" ތިބުނީ ކައިވެނީގެ ބޭރުން ގުޅުމެއް ބާއްވާށޭތަ؟ " އަރްޒަންގެ ޖަވާބުން އަސްރާގެ ދެލޯ އުފަލުން ވިދާލިއެވެ.
އަރްޒަންއާއެކު ވޭތުވެދިޔަ އަހަރު ތަކުގައި އަސްރާއަށްވެސް ކޮންމެވެސް ވަރަކަށް އިނގިރޭސި ބަސް ދަސްވެފައިވެއެވެ.
" ހޫމް.. " އަރްޒަން ބޯޖަހާލިއެވެ. އަސްރާ ހީލަމުން އަރްޒަންގެ އަތުތެރެއަށްވަނެވެ. އަރްޒަން ދުރުބަލާލަމުން ނުބައި ގޮތަކަށް ހީލިއެވެ. އެސިކުނޑީގައި ވިސްނަމުން ދިޔައީ ކީކޭ ކަން އަސްރާއަށް އެނގުނުނަމަ އޭނައަށް އެކަމަށް އެއްބަސްވެވުނިސް ހެއްޔެވެ؟
---
ރަޖަބުމަހުގެ ބާވީސްވަނަ ދުވަހު އަސްރާއާ އަޙްސަންގެ ކައިވެނި ވަރަށް ކުލަގަދަ ގޮތެއްގައި ބޭއްވިގެން ދިޔައީ ރަށުގެ ހުރިހާ އެންމެންނަށް ދަޢުވަތު ދެވިގެންނެވެ. އަޙްސަންގެ މުއްސަނދިކަމާއެކު އެރަށުގައި ފުރަތަމަ ފަހަރަށް ކައިވެނީގެ ހުދުހެދުންލީ އަންހެނަކަށްވީ އަސްރާއެވެ. ބޭރުގެ ކެއުންތަކުން އެހަފްލާ އިތުރަށް މަޝްހޫރުވެގެން ދިޔައެވެ. އެތަކެއް ފިރިހެނުންނެއް އަސްރާ ނުލިބުމުން ހިތާމަކުރަމުން ދިޔައިރު އަންހެނުން ދިޔައީ އެމިހުންނަށް އީދެއް ލިބިގެން އުޅޭ ފަދައިން އަސްރާ އެހެންމީހެއްގެ ހައްޤަކަށްވުމުން ފިރިން ސަލާމަތްވީތީ އުފާކުރަމުންނެވެ.
---
" އަސްރާ... " ކައިވެނީގެ ވަލީމާ ނިމި އަޙްސަން އައިސް އެމަރަލްޑްގޭގައި އެރެއަށްޓަކައި ތައްޔާރުކޮއްފައިވާ ކޮޓަރީގެ ދޮރުން އެތެރެއަށް ވަންނަން އުޅުނު އަސްރާގެ ހަށިގަނޑުގައި ބައްދާލިއެވެ. އަސްރާ އެކަމަށް ރުހޭކަމަށް އެކްޓު ދައްކަމުން ލޮލުގެ ކޮޅުން ބަލާލީ އަރްޒަން ފެންނަން ހުރިތޯއެވެ. ދުރުގައިވާ ގަސްތަކުގެ ތެރެއިން ފެހި ދެލޯ ފެނިފައި އަސްރާ ހަމަޖެހުމުގެ ނޭވާއެއްލިއެވެ.
" ހިނގާ ދޯ އެތެރެއަށް... " އަޙްސަން އަސްރާއާ ދުރަށް ޖެހިލަމުން ހިނގައިގަތީ އެތެރެއަށެވެ. ކުއްލިއަކަށް މީހާގެ ގައިގައި ދަމާބާރު ހުރިހެން އަޙްސަން ގޮސް ޖެހުނީ އެތާ ކައިރީގައި ހުރި ރުކެއްގައެވެ. އަނިޔާއެއްނުވި ނަމަވެސް އޭނަ ވަގުތުން ހޭނެތި ރުކުގައި އެއްސިގެން ދިޔައީ އަރްޒަންގެ އަމުރަށެވެ.
" އަޙްސަން...؟ " އަސްރާއަށް ހުރީ ވެދިޔަ ކަންތަކުން ހައިރާންވެ ދެލޯ ބޮޑުވެފައެވެ.
" ހިނގާ އެތެރެއަށް... " އަސްރާގެ ކުރިމައްޗަށް ފާޅުވި އަރްޒަން ލުއި ހީލުމަކާއެކު އަސްރާގެ އަތުގައި ހިފައިގެން އެތެރެއަށްވަދެ ދޮރު ލައްޕާލިއެވެ.
" ކިހިނެތް އެވީ؟ " އަސްރާ ހާސްވެހުރެ އަރްޒަންކުރެ ކެތްތެރިކަމެއްނެތި އަހާލިއެވެ.
" އަސްރާ ތިއީ އޭނަގެ އަނބިމީހާ ވިޔަސް އަސްރާ ހައްޤުވީ ފުރަތަމަ މަށަށް. އެހެންވީމައި މަށަށް އަސްރާގެ ތިހަށިގަނޑު ލިބިފައި ނޫނީ އޭނައަކަށް އަސްރާއެއް ނުލިބޭނެ... " އަރްޒަން ވަގުތުން އަސްރާ ގެނެސް އެހަށިގަނޑުގައި އަތްވަށާލިއެވެ.
" އެކަމަކު އަރްޒަން... " އަސްރާއަށް އެކަމަށް ދެކޮޅު ހެދުނީ އެކަމުގެ ފާފަ އޭނައަށް އެނގޭތީއެވެ. އެފެއަރއެއް ބޭއްވިޔަސް އަރްޒަން އެގޮތަށް ކަންތައް ކޮއްފާނެކަމުގައި އޭނަ އުއްމީދެއް ނުކުރެއެވެ. އެހެނަސް އަރްޒަންގެ އެއަމަލުތަކަށް އަސްރާއަށް މިފަހަރު ވެސް ދެވުނީ އިޖާބައެވެ.
ނުނިމޭ
ނޯޓް: އެފެއަރއަކީ އިނދެގެން އުޅޭ ދެމަފިރިންގެ ތެރެއިން ކޮންމެވެސް އެކަކު ކައިވެނީގެ ބޭރުން އެހެން މީހަކާއެކު ގުޅުމެއް ބޭއްވުމެވެ. އެފެއަރއަކީ ހަމައެކަނި ޒިނޭގެ ގުޅުމެއް ނޫނެވެ. ނަމަވެސް އަނގަބަހުން އެފެއަރ ބޭއްވުމާއި ޒިނޭގެ ގުޅުމާއިއެކު އެފެއަރ ބޭއްވުމަކީ ވެސް ހަމަ އެފެއާރއެވެ. އަދި މިއިން ކޮންމެ ވައްތަރެއްގެ އެފެއަރއެއް ވިޔަސް އެފެއަރއަކީ އިސްލާމްދީނުގައި ހަރާމްކަމެއްކަން ހުރިހާ ކިޔުންތެރިންނަށްވެސް ހަނދާންކޮއްދެމެވެ. އަދި މިކަހަލަ ނުބައި ފާހިޝް އަމަލުތަކަށް ނާރައިގަތުމަށް ވެސް ކިޔުންތެރިންނަށް ނަސޭހަތްތެރިވަމެވެ.
ހަމައެއާއެކު ގާރލްފުރނެްޑް ބޯއީފުރެންޑް ގުޅުމަކީ ވެސް އިސްލާމްދީނުގައި ހަރާމްކުރައްވާފައިވާ ކަމެއް ކަމުގައި ހުރިހާ ކިޔުންތެރިންނަށް ވެސް ހަނދުމަކޮށްދެމެވެ.

    Please log in or register to bookmark.
    5k

    5 ޚިޔާލު

    1. އޯމައިގޯޑް.... ދެން ވަނީ ކިހިނެތްބާ.. އޭމް ސޯ ކިއުރިއަސް.. ބައިދަވޭ ވާހަކަ ވަރަށް ސަޅި.. ވެއިޓިނގ 4 ނެކްސްޓް ޕާޓް ކިއުރިއަސްލީ

    2. އަޅޭ ވަރަށް ރީތި.. ތި ކަހަލަ ދީނީ ނަސޭހަތް ކޮޅެއް ފަހަތުގައި ލިޔެފަ އިނީމަ ވަރަށް ހެޕީ ވެއްޖެ.. އާޝް ތި ކުރާ ހިތްވަރަށް ހަމަ ސާބަސް.. ❤️❤️

    3. ވާހަކަ ރީތި އަނެއް ބަޔަށް އިންތިޒާރު ކުރަން ❤️❤️

    ޚިޔާލު

    Your email address will not be published. Required fields are marked *