ފަތިހުގެ ވަގުތެވެ. އަހަރެން އޮތީ ހުވަފެނީ ޢާލަމަށް ޣަރަޣުވެފައެވެ. ސިއްސައިގެން ގޮސް ހޭލެވުނީ މަންމަ އާލިޔާ "މާދު" އޭ ކިޔާ ގޮވާ އަޑަށެވެެ. މަންމަ އަހަރެންނަށް އެގޮވަނީ ފަތިސްނަމާދަށް ދިޔުމަށެވެ. އަހަރެން ތެދުވެ ފާހާނައަށް ވަދެ ވުޟޫ ކޮށް ހަދައިލާގެން ދިޔައީ މިސްކިތަށެވެ.
މިސްކިތުން ފައިބައިގެން އަހަރެން މަޑުކުރީ އަތޫފާއި އެއްކޮށް ވާހަކަ ދަށްކާލާށެވެ. އަަތޫފަކީ އެންމެ ކުޑައިރުންސުރެ އަހަރެންގެ އެންމެ ގާތް އެކުވެރިޔާއެވެ. "މާދޫ އިގޭތަ! މިއަދު އަހަރެމެން ގެ ކުލާހަށް އަންނާނެ އާކުއްޖެއް" އަތޫފު ބުނެލިއެވެ. އަހަރެންނަކީ އެންމެ ކުޑަ އިރުންސުރެ އައު ރަށްޓެހިން ހޯދުމަށް ޝައުގެވެރިވާ ކުއްޖެކެވެ. އަތޫފާ ވާހަކަ ދަައްކަން ހުރެފާ އަހަރެން ހިގައިގަތީ ގަޑިން ހަޔެއްޖެހުމަށް ކުޑަތަންވުމުންނެވެ.
ދޮރން އެތެރެ ވުމާއެކު އެންމެ ފުރަތަމަ ވެސް އަހަރެން މުޅި ކުލާހަށް ނަޒަރެއް ދިނީމެވެ. އަތޫފު އެބުނި އައު ކުއްޖާ ފެނޭތޯ އެވެ. އެވަގުތު އަހަރެން ގެ ލޮލުގާ އަޅައިގަތީ ކުލާހު އެންމެ ފަހަތު ކަނުގާއިން ފިރިހެން ކުއްޖެކެވެ. އަހަރެން ގޮސް އަމިއްލައަށް ތަޢާރަފްވެލާ ވާހަކަ ދައްކަން ފެށީމެވެ. އެ ކުއްޖާގެ ނަމަކީ ލައިޒަނެވެ. ކެލަޔަށް އައީ ރަގަޅު ތައުލީމެއް ހޯދާށެވެ. ލައިޒަނަކީ މޮޅަދޫއަށް ނިސްބަތް ވާ ކުއްޖެކެވެ. އެކަމަކު އަހަންނަށް ނޭގުނ ކަމަކީ ލައިޒަނަކީ މަސްތުވާތަކެތީގެ އަވައިގައި ޖެހިފައިވާ ކުއްޖެއްކަމެވެ. މި ހަގީގަތް ނޭގެނީސް އަހަންނާއި އަތޫފް އަދި ލައިޒަން މިތުރުންނަށް ވެގެނދިޔައެވެ.
ތިން ހަފަތާ ފަހެވެ. އަހަރެމެން ކޮންމެ ރެޔަކު ހޮޅުއަށްޓަށް ސިގިރޭޓު ބޯންދަމެވެެ. ސިގިރޭޓަކީ އަހަރެންގެ މުޅިހަޔާތުގަ ވެސް ގާތްވާން ބޭނުންވި އެއްޗެއްނޫނެވެ. އެކަމަކު ލައިޒަނާ ބަށްދަލުވި ފަހުން އެއީ އަހަރެންގެ އެންމެ ގާތް މިތުރެވެ. ހާސްވާ ގަނޑިތަކުގައި ސިކުޑިއަށް ފިނިކަން އިހްސާސް ކޮށްދޭ ޝިފާއެވެ. އިސާހިތަކު ސިނގިރޭޓާ ނުލާ އަހަންނަށް ނޫޅެވޭވަރު ވެގެން ދިޔައީ މަދުދުވަސް ކޮޅެއްގެ ތެރޭގައެވެ. އެޔަށް ދެވިހިފީ ލޯމަރާ ލޯހުލުވާލާ މަދު ސިކުންތު ކޮޅުއްގެ ތެރޭގައެވެ.
އަހިވަކާ ޖެހި އަހިވައް ފާވާނެތާއެވެ. ލައިޒަނާ ބައިވެރި ވެގެން އަހަރެން މަސްތުވާ ތަކެތި ވެސް ބޭނުން ކުރަން ފެށީމެވެ. ކޮންމެ ދުވަހަކު ރޭގަނޑު މަންމަމެންގާތުގައި ގްރޫޕްސްޑަޑީޒް ހަދައިށޭ ކިޔާ ހޮޅުއަށްޓަށް ގޮސް ދަންވަރު ގެޔައް އަންނަނީ މަސްތެގެ ހާލަތުގައެވެ. މަންމަމެންނަށް ކަހަރުވަކެކޭވެސް ހީނުވެޔެވެ. ހަމަ އެއާ އެކު ބަށްޕަ ޒަހީނަކީ ވެސް ގިނަވަގުތު ރަށުގައި ނޫޅޭ މީހަކަށް ވާތީ އަހަންނަށް އިތުރު މިނިވަން ކަމެއްލިބިފައިވެއެވެ.
އާދައިގެމަތިން ހޮޅުއަާށީގައި ވަގުތުތައް ގުނަމުންދިޔަ ރެއެކެވެ. ދުނިޔެމަތީގެ އެއްވެސް ހިޔާލެއް ފިކުރެއް ނެތި މަސްތެގެ ދުނިޔެއަށް ބެހިގެން ދިޔައިރު އަހަރެމެން ކުރަމުން ދިޔަ ކަންތައް ވަަރަށް ގާތުން ބަލަން ބަޔަކު ތިބިކަން އަހަރެމެންނަށް ރޭކާވެސް ނުލިޔެވެ. އެރޭވެގެން ދިޔައީ އަހަރެމެންގެ އަދިރި ފަރާތް ކަޝްފުވި ރެޔަށެވެ. ބުޅާ ގޯނިން ނިކުމެ އަހަރެމެން ގެ އެވިޔާނދާ ޢަމަލު މުޅިރަށަށް ބޭޒާރުވި ރެޔަށެވެ.
ޖެހިގެން އައީ ސްކޫލް ބަންދު ދުވަހެއްކަމުން އަހަރެން އޮތީ ޖިންނި ޝައިޠާނުން ދައްކަމުން ގެންދިޔަ ހުވަފެން ބަލާށެވެ. އަހަންނަށް ހުވަފެނީ ދުނިޔެއިން ނިކުމެވުނީ ކޮޓަރިތެރޭ މީހުން އުޅޭ އަޑަށެވެ. އަަހަރެން ދެލޯ އުގުޅަމުން ބަލައިލިއިރު ޕޮލިހުން އަހަރެން ކޮޓަރި ތެރެ ފާސްކުރަނީއެވެ. އަހަރެން ވަރަށް ސުވާލު ކުރުމުންވެސް އެއްވެސް ޖަވާބެއްނުދިނެވެ. އަހަަރެން އެވަގުތު ވަރަށް ބިރުގަތެވެ. ރޭގަ އަހަރެން ގެއަށް ބައެއް މަސްތެވާތަކެތި ގެނައީމެވެ. އެތަކެތި ޕޮލިހުންނަށް ފެންނަން ލަސްތަކެއް ނުވިއެވެ. އެތަކެތި ފެނުމާއެކު ވަގުތުން އަހަރެން ޕޮލިސް ސްޓޭޝަނަށް ގެންދެވުނެވެ. އެވަގުތު އަހަރެން މަންމަ ރޯންހުރިތަން ފެނި ހިތުގައި ރިއްސާލިއެވެ. ފުރަތަމަ ފަހަރަށް ލައިޒަނާމެދު ނުރުހެވުނެެވެ. އޭނާގެ މުޑުދާރު ޢަމަލްތައް ކުށްވެރި ކުރެވުނެވެ.
ޕޮލިސް ސްޓޭށަންގައި ހުުރި ކޮޓަރިއަކަށް އަހަރެން ގެންދެވުނު އިރު އަތޫފް ވެސް ޖެހިގެން އިން ކޮޓަރީގާ އިންތަން ދެކުނީމެވެ. ކަޓަރިޔަށް ގެންގޮސް ޕޮލިސް މީހާ އަހަންނަށް އެތަކެއް ސުވާލެއް ކުރިއެވެ. އަހަރެން އެ ހުރިހާ ސުވާލުތަކަކަށް ޖަވާބު ދިނީމެވެ. އެދުވަހު މެންދުރު ވަގުުތު އަހަރެން ގޭބަންދަށް ލިއެވެ. އަހަންނަށް ޖެހުނީ ދެހަފްތާ ވަންދެން އެއްވެސް ތަނަކަށް ނުގޮސް ގޭގައި ހުންނާށެވެ. އަހަރެން ލިބުނު ފުރުސަތެގެ ބޭނުން ހިފާ ކުރެވުނު ފާފަތަކަށް ތައުބާވީމެވެ. އަލުުން އެފަދަ ކަމެއް ތަކުރާރު މުކުރުމަށް ޢަޒުމް ކަޑައަޅާ އާއިލާގެ އެހީއާ މަދަދާއެކު ސިގިރޭޓާއި މަސްތުވާތަކެތިން މިންޖުވީމެވެ.
=ނިމުނީ=
ނޯޓު: މި ވާހަކަ ލިޔަން ހެލްޕް ވީތީ އަޅުގަނޑުގެ ބެސްޓް ބަޑީ އަށް ތެންކްސް ލަވް ޔޫ ސިސް
ވ. ސަޅި މިވާހަކަ ކީފް އިޓް އަފް
ވ. ސަޅި މި ވާހަކަ. ކީފް އިޓް އަފް
ތޭންކްސް އަންނައުނު
ސަޅި😊❤️
👏👏👏👏👏👏
ތެންކް ޔޫ ސޯމަޗް
ވަރަށް ކަމުދިޔަ ވާހަކައެއް. ހުރިހާ ކުދިންވެސް، ތި ގޮތަށް އެއްފަހަރު ޕޮލިހަށް ގެންދިޔައީމަ ރަނގަޅު ވިސްނުން ވިސްނި ބަދަލުވާނަމަ.😔
އަސްލުވެސް