ރައްޔާން - 5

"އޭނަ މިގެއަށް ނުވައްދާތި...!!!"
އަލްޔާގެ ކޮއްކޮ ބުނި އެއޗެއް އެނގުނު ވަގުތު ރައްޔާންގެ ގައިން ހީބިހި ނަގައިގަތެވ. އެކުއްޖާ އެދައްކަނީ އޭނާގެ ވާހަކަ ބާވައޭ އަމިއްލަ ހިތާ ސުވާލު ކޮށްލެވުނެވެ. ޔަގީން ކުރަން ބޭނުންވި ވަރުން އަވަހަށް ގޮސް ދޮރުމަތީ ހުއްޓުނުއިރު އަލްޔާ ކޮއްކޮ އަރާ އިނީ އެނދުގެ ކަނުގައެވެ. އަލްޔާ މަންމަ އެކުއްޖާގެ އަތުގައި ހިފާ ދަމާއިރުވެސް އެމީހާއަށް ވުރެ އެކުޑަކުޑަ އަންހެން ކުއްޖާ ވަރުގަދައެވެ.
"ހަމަ މިހާރު ނިކުމޭ! ދުރަށް ދޭ! ކަލޭ ނުވައްނާތި މިގެއަށް !" އަލްޔާ ކޮއްކޮ ލޯ އަޅާފައި މުޚާތަބު ކުރީ ސީދާ ރައްޔާން އަށެވެ. ރައްޔާންއަށް ވީގޮތަކީ އަޖައިބުވެފައި ބަލަން ހުރެވުނީއެވެ.
"ރައްޔާން އިހައްދޭ މާޔާއަށް ނުފެއްނަ ހިސާބައް!" އަލްޔާ މަންމަ އާދޭހާއެކު އެދުނެވެ. ރައްޔާން ބޯޖަހާލައިފައި ނިކުންނަން ވެގެން އެންބުރުނު ވަގުތު ޝައްކެއްވިއެވެ. އޭނަ ދެވަނަ ފަހަރައް އެންބުރި ބަލައިލުމާއެކު ފައިދަށުން ބިންގަނޑު ދެމިގަތްހެން ހީވިއެވެ. ރައްޔާން އައް ފެނުނީ ދެފަހަރު މަތިން ފެނުނު ކަޅު ފިރިހެން ކުއްޖާ މާޔާގެ ކޮނޑަށް އަރައި އިންދައެވެ. ރައްޔާންއަށް ޔަޤީންވީ އެހެން އެކަކަށްވެސް އެމަންޒަރު ނުފެންނަކަމެވެ. އެވަގުތު އޭނާވެސް ހެދީ އެމަންޒަރު ނުފެންނަ ކަމަށެވެ. ކޮޓަރިއަށް ފުރަގަސްދެވުނުހާ އަވަހަކަށް ދެފަޔަށް ލެވުނުހާ ބާރެއްލައިފައި ގޮސް އެގޭ ގޯތިތެރެއިން ނިކުތެވެ. އަލްޔާ ނިކުމޭތޯ މަޑުކޮށްލައިގެން ހުއްޓާ ދުވަމުން އަންނަތަން ފެނުނެވެ. ރައްޔާންގެ މޫނުގައި ވި ހާސްކަން ފިލުވާލައި ހަމަޖެހިލެވޭތޯ މަސައްކަތް ކުރިއެވެ.
"ސޮރީ ރައްޔާން. އަހަރެންނަކަށް ނޭނގޭ ކޮއްކޮ މިއަދު ސަކަރާތްވެފަ ހުރި ކަމެއް. މަންމަ ބުނި ރައްޔާން ކާފަ ނިޔާވަންދެން މިނޫނީ މިކަހަލަ ކަމެއް ނުވެއޭ. އެހެންވެ ނޭނގުނީ. ވަރަށް ބޮޑަށް ސޮރީ.! އަލްޔާ ދެރަވެފައި ވާހަކަ ދެއްކިއެވެ.
"އެއީ އެވަރު ކަމެއްނޫން." ރައްޔާން ހީލިއެވެ. ފަހުން ބައްދަލްވާނެ ވާހަކަ ބުނެފައި އޭނާ ދެން މިސްރާބު ޖެހީ ގެއަށް ދާށެވެ. ޔުނީފޯމް ބަދަލުކޮށްގެން އެނދުގައި އޮތީ ވިސްނާށެވެ. ކާފަ މަރުވުމާއެކު އާދަޔާ ޚިލާފް ސޫރައެއް އޭނައަށް ފެންނަން ފެށީ ކީއްވެ ކަމެއް ވިސްނާ ވިސްނާ ނޭގުނެވެ. އަދި ކުރިން ޖިންނި މޮޔަވެފައި ހުރި މާޔާގެ ފަހަތުން އަނެއްކާ ޖިންނި އަވަލެވި ސަބަބެއްވެސް ނޭނގުނެވެ. އެކި ގޮތް ގޮތަށް ޚިޔާލު ކޮށްފައި ރައްޔާން ނިންމީ ކާފަ ކޮޓަރިއަށް ވަނުމަށެވެ. މަންމަ ކޮބައިތޯ ބަލައިލިއިރު ކޮޓަރީގައި އުޅެނީ މެންދުރު ނަމާދު ކުރާށެވެ. ރައްޔާން ސިއްރު ސިއްރުން ކާފަ ކޮޓަރި ދޮރު ހުޅުވާާލައިފައި އެތެރެއަށް ވަދެއްޖެއެވެ. ރީތިކޮށް އެނދު ތަންމަތި އަޅާފައި އޮތްއިރު އެނދުގައި މަދީ ކާފަ އެކަންޏެވެ. ނިޔާވުމުގެ އެތައް ދުވަހެއް ކުރީއްސުރެ ކާފަ އޮތީ އެނދުގައެވެ. އަންނަ މީހުންނަށް ބޭސް ފަރުވާ ކުރަނީވެސް އެގޮތަށް އެނދުން ނުތެދުވެ އެނދުގައި އޮވެގެންނެވެ. ރައްޔާން ވަށައިގެން ނަޒަރު ހިންގާލުމަށްފަހު މޭޒުމަތީ ހުރި ފޮތްތައް ނަގައިގެން ގޮސް އެނދުގައި އިށީނދެލިއެވެ.
އޭގައި ހުރީ މުޅިންވެސް ދީނީ ފޮތްތަކެވެ. ތަފާތު ދުޢާ ތަކާއި ހެޔޮ ސަވާބު ލިބޭ އަޅުކަން ކަމުގެ ވާހަކަ ހާމަކޮށްފައި ހުރި ފޮތް ތަކެވެ. ރައްޔާން ފަހަރަކު ފޮތެއް ގަނޑު އުކާލުމަށްފަހު ގެންގޮސް ކުރިން އޮތް ތަނުގައި ބޭއްވިއެވެ. ދެން އޭނާ ގޮސް ހުއްޓުނީ އަލަމާރި ކައިރިއަށެވެ. އަލަމާރި ހުޅުވާލިއިރު އެތެރެ އޮތީ ހުސްކޮށެވެ. ރައްޔާން
މާޔޫސްވީ އެވަގުތުއެވެ. ކާފަ ގެންގުޅުނު ބޭސް ފަރުވާގެ ފޮތެއް ނަމަވެސް ފެންނާނެ ކަމުގައި ކުރެވުނު އުންމީދު ފެނަށް ވުމުން އަލަމާރި ލައްޕާފައި ދާންވެގެން ހިނގައިގަތެވެ. ދެފިޔަވަޅެއް އަޅާފައި ހިތަށް އެރި އެއްޗަކުން އަނެއްކާވެސް ހުއްޓެވުނެވެ.
ރައްޔާން ތިރީގައި ކުޑަކަކޫ ޖަހާލައިފައި އަލަމާރީގައި ހުރި ދަމާ ވަތްގަނޑުތައް ޗެކްކުރަން ފެށިއެވެ. ކޮންމެ ވަތްގަނޑެއް ހުޅުވާލާއިރު އެހެން ތަންތަން ފަދައިން ހުހެވެ. އެކަމަކު އެންމެ ފަހު ވަތްގަނޑު ހުޅުވާލުމުން ދެލޯ ވިދައިގަތެވެ.
ރައްޔާން އަށް ފެނުނީ..........
-ނުނިމޭ-

    Please log in or register to bookmark.
    1k

    7 ޚިޔާލު

      • 6 ވަނަ އެޕިސޯޑައް އެބަ އިންތިޒާރު ކުރަން

    1. ރީތި 6 ވަނަ ބަޔަ އިނތިޒާރު ކުރަނ

    ޚިޔާލު

    Your email address will not be published.