ވެމްޕަޔާ - 4

* ވާރޭ އިހުނަށްވުރެ ބޯކުރަމުން ދިޔައެވެ ކުއްލިއަކަށް އީވާ ސިއްސާގެން ދިޔައެވެ. އެވަގުތު އިވާ ގެ އަގައިން ތޫލި ހަޅޭކުގެ އަޑު މުޅި ފަޒާގެ ތެރެއިން ގުގުމަމުން ދިޔަ އެވެ. އީވާ ފަހަތަށް އެނބުރި ބަލާލިއިރު ދެ ފިރިހެނުން އީވާ ގެ މޫނާ ޖެހޭ ނުޖެހޭ ހިސާބުގައި ތިއްބެވެ. *

އެތަނުން އިސްތަށިގަނޑު ހާވާލައިގެން ހުރި ޒުވާނާ އެއަންހެން ކުއްޖާ އަށް ދަހިވެތިކަމުގެ ނަޒަރަކުން ބަލާލުމަށްފަހު ވާހަކަދައްކަން ފެއްޓިއެވެ. " ހެއި ބޭބް ކޮންނަމެއް ކިޔަނީ ؟ މިތާގަ އެކަނި ތިހުރީ ކީއްވެ ؟ އަނެއް ކާ ބްރޭކް އަޕް ވީ ތަ ؟ އޯ އެންޑް މަށަށް ކިޔަނީ އަދްހަމް މަ ދެކެ ލޯބިވާ މީހުން މަށަށް ކިޔާނީ ހާމް މީ މަގޭ ފްރެންޑް ރީޒާމް އެކަމް މަންޖެ އަށް އަނގަ ފަސޭހަކަށް ކީ ދާނެ ރިއްޒެ"

އެދެ ގޮއްނޭންގޭ ޒުވާނުން އީވާ އާ ސުވާލަކަށް ފަހު ސުވާލެއް ކުރަމުން ދިޔައެވެ. ވާރޭ ތުނި ކޮއްލުމުން އީވާ އެތަނުން ދިޔުމަށް ހިންގާ ގަތެއެވެ. ކުރިއަށް ފިޔަވަޅެއްވެސް ނޭޅި ގެން އުޅެނިކޮށް އީވާ ގެ އަތުގައި ވަރަށް ބާރަށް އަދްހަމް ހިފާލިއެވެ. އީވާ އަދްހަމް މެން ވީފަރާތައް
އެނބުރި ބަލާލިއިރު އަދްހަމް ގެ ލޯ ރަތް ކުލައިގެ ދެ ބޮކި ހެން ދިއްލިފަ ހުރިތަން ފެނުމުން އެއީ އިންސާނެއް ނޫންކަން އީވާއަށް އެނގިގެން ދިޔައެވެ.

އާއެކޭ އެއީ ވެމްޕަޔާއެކެވެ. ވެމްޕަޔާ ގެ އެކިބާވަތްތައް ހުރެއެވެ. އެއީ ރަނގަޅު ވެމްޕަޔާސް އާއި ނުލަފާ ވެމްޕަޔާސް އެވެ. ރަންގަޅު ވެމްޕަޔާ ތަކުގަ ހުންނާނީ ވިލުނޫކުލައިގެ ކަޅިއެވެ. ނުލަފާ ވެމްޕަޔާސް ގެ ހުންނަނީ ރަތް ކުލައިގެ ކަޅިއެކެވެ.

ރީޒާމް އީވާގެ ދެއަތުގަ ހިފަހައްޓަމުން އީވާ ގެ ކަރާ ދިމާއަށް ގުދުވެލިތަނާ ވަރަށް ދުރުން މީހަކު ހަޅޭލަވައިގަތުމުން އަދްހަމް އާއި ރީޒާމް އެއްފަހަރާ ކަހަލަ ގޮތަކަށް ބަލާލެވުނީ ދުރުން އަންނަ ފިރިހެނަކާ ދިމާލަށެވެ. ބަލާބެލުމުން އެއީ ތޭރަ ނޫނީ ސާދަ އަހަރުގެ ކުއްޖަކާ ވައްތަރު ފާޑު ޖަހައެވެ.

އެ ފިރިހެން ކުއްޖާ އައިސް އީވާ މެންނާ ހަމަ ވުމަށް ފަހު ސުވާލެއް ގެ ނަޒަރަކުން ބަލަން ފެށުމުން އީވާ އެ ފިރިހެން ކުއްޖާ އާ ދިމާލަށް ބަލާގެން ހުރުމަށް ފަހު " ސޭވް މީ " އޭ ކިޔާ އާދޭސް ކުރަން ފެށުމުން އެ ފިރިހެން ކުއްޖާ އަދްހަމް އަށްށާއި ރީޒާމް އަށް ބަލާލިއެވެ.

އެވަގުތު ރީޒާމް އައިސް އެ ފިރިހެން ކުއްޖާ ގާތު މަޑުކުރުމަށް ފަހު ބުނެލި އެވެ. " އޭ ބަރޯ" ރީޒާމް ގެ ޖުމްލަ ނުނިމި ގެން އުޅެނިކޮށް އެ ފިރިހެން ކުއްޖާ ވާހަކަ ދައްކަން ފެށިއެވެ " އިޔާން" އެހެން ބުނުމުން ރީޒާމް މޫނަށް ގޮތެއް ހަދާލުމަށް ފަހު އަނެއްކާވެސް ވާހަކަ ދައްކަން ފެށިއެވެ.

" ޗިލް ބްރޯ އަމް އިޔާން އަސްލު ވެގެން މިއުޅޭ ގޮތަކީ އޭނާގެ ގާލްފްރެންޑް ބޮޑާ ދައްކަނީ ގެއަށް ނުދާން ވެގެން….. ދެން ކައޭ އަށް ވެސް އެނގޭ އެއް ނު އަންހެން ކުދިން ގެ މިޒާޖު ދޯ"

ރީޒާމް އެހެން ބުނުމުން އިޔާން އީވާއާ ދިމާއަށް ބަލަާލުމުން އީވާ އެއީ ދޮގެކޭ ބުނުމުގެ ގޮތުން ދެފަރާތަށް ބޯ ހޫރުވާލިއެވެ.

އިރުކޮޅެއް ވަންދެން އީވާ ގެ ހަރަކާތްތަކަށް ބަލަން ހުރެފަ އިޔާން ހިނިގަނޑެއް ޖަހާލިއެވެ އަދި އެއަށްފަހު ބުންޏެވެ.

" ޑޫޑް ކޮންހާ ދޮގެއް ތިހަދަނީ މަގޭ ގާލްފްރެންޑް އެ ކާޅުހާލިގެ ގާލްފްރެންޑް އަށް ވާންވީ ސަބަބެއް ބުނެބަ؟…… އެހެން ނޫނަސް ކަލޭއަށް އެނގޭތަ ތި އަންހެން ކުއްޖަކީ ކާކުކަން ؟….. އަދި ކާކުގެ ދަރިއެއް ކަން "

އެހެން ބުނުމުން އަދްހަމް އާއި ރީޒާމް އެކަކު އަނެކަކަށް ބަލާލުމަށް ފަހު ކޮނޑު އަރުވާލިއެވެ.

އަނެއްކާވެސް އިޔާން ހިނިގަނޑެއް ޖަހާލަމަށް ފަހު ވާހަކަ ދައްކަން ފެށިއެވެ. " ތީ ޒިމާމް ގެ ހުރި ހަމައެކަނި އަންހެން ދަރި…. އީވާ.. ށޯޓް ކޮށް ބުނާނަމަ ސްޓްރައި ހުޑް ގެ ޕްރިންސެސް "

އިޔާން އެހެން ބުނި އިރު އޭނާގެ މޫނު މަތީގާވަނީ މަކަރުވެރި ހިނިތުންވުމެކެވެ.

"ބްރޯ ކައެ ދޮގު ނުހަދަބަލަ " ރީޒާމް އެހެން ބުނުމުން އިޔާން އެއް ބުމަ ހިއްލާލުމަށް ފަހު ބުނެލި" ކަލޭމެން ވެސް ތީ ވެމްޕަޔާސް ޗެކް ކޮއްބަ " އަދި އެއަށް ފަހު ހަށަން ބަނދެލައިގެން އީވާ އާ ދިމާއަށް ބަލަން ހުއްޓެވެ.

އިޔާން އެހެން ބުނުމުން ރީޒާމް ހިންދިރުވާލުމަށްފަހު އީވާއަށް އިރުކޮޅެއް ވަންދެން ބަލަން ހުއްޓެވެ. އެއިރު ރީޒާމް ގެ ލޯ ހުރީ އިހުނަށްވުރެ ގަދު ރަތް ކުލައެއްގައެވެ. އިރުކޮޅަކަށްފަހު ބިރުން ތުރުތުރު އަޅާ ހާލުގަ އަދްހަމް އަށް ބަލާލުމަށްފަހު އެއީ ތެދެކޭ ބުނާ ފަދައިން ދެލޯބޮޑު ކޮށްލިއެވެ. ރީޒާމް ގެ ހަރަކާތްތަކަށް ފެނިފަ އެއީ ތެދެއް ކަން އެނގުމުން އީވާގެ އަތުން ދޫކޮށްލުމަށް ފަހު މަންމަ އޭކިޔާފަ ދުއްވާގަތެވެ.

ވަމުން ދާގޮތް ބަލަން ހުރެފަ އީވާ ކުޑަކޮށް ހިނި އައެވެ. އަދި ހަމަ އެހާމެ ހައިރާން ވިއެވެ. ދެން އެ ފިރިހެން ކުއްޖާ ހުރި ދިމާލަށް ބަލާލުމަށްފަހު ސުކުރު އަދާކުރިއެވެ.

" ތޭންކްސް ތީނަ ނެތް ނަމަ އަހަރެންގެ ދުވަސް ދިޔައީސް" އީވާ އެހެން ބުނުމުން އިޔާން އީވާއާ ދިމާއަށް ބަލާލުމަށް ފަހު ސުވާލެއް ކޮއްލިއެވެ.

" ސްޓްރައި ހުޑް ގެ ވޭރިޔާ ގެ ހަމައެކަނި ހުރި އަންހެން ދަރި ރަސްފަންނުގަ ކީއްކުރަނީ ؟ އިޔާން ދެލޯ ކުޑަކޮށްލިއެވެ.

އެ ފިރިހެން ކުއްޖާ އެހެން ބުނުމުން އީވާ ހިނިގަނޑެއް ޖަހާލަމަށް ފަހު ބުނެލި އެ " ބޯއި ޔޫ ގޮޓް އިޓް އޯލް ރޯންގް އައި އެމް ނޮޓް ހިސް ޑޯޓާ އަހަރެން މީ ފްލެއާ ސަހަރުގެ ވެރިޔާގެ ހުރި ހަމައެކަނި އަންހެން ދަރިފުޅު. "

" އެހެން ވެއްޖިއްޔާ އެ މީހުން ކީއްވެ ބިރުން އެދިޔައީ ؟ " އެ ފިރިހެން ކުއްޖާ އެހެން ބުނުމުން އީވާ ކުޑަކޮށް ނަމަވެސް އެކަމާ ވިސްނާލަން ޖެހުނެވެ. " އެއީ ކިހިނެއް ވާ ނެގޮތެއް އީވާ މީ ހިޔުމެން ވިއްޔާ" " އައި ތިންކް ސަމްވަން ޑިޑް ސަމްތިން ޓު ޔޫ އީވާ"

އެ ފިރިހެން ކުއްޖާ އެހެން ބުނުމުން އީވާ ދެލޯ ބޮޑުކޮށް ލާފަ ދެއަތް ހަށިގަނޑުގައި ވަށާލިއެ އަދި ސުވާލުކުރިއެވެ.

"ވަޓް……. ކީއްވެ ؟ ކާކު ؟ކީއްކުރަން ؟…." އީވާ އެއްފަހަރާ އެތައް ސުވާލެއް ކުރަމުން ދިޔައެވެ އެވަގުތު އެ ފިރިހެން ކުއްޖާ ބުނި އެއްޗަކުން އީވާ އުފަލުން ފުންމަން ފެށެނެވެ.

" ސަބަބެއް ނޭނގެ އެކަމް އީވާ ބޭނުމިއްޔާ އަހަރެން އީވާ ޕާވާސް ތައް ހީލް ކޮކްދީފާނަން" އިޔާން އެހެން ބުނުމަށް ފަހު އީވާ ވީދިމާލައް ލަސްލަހުން ފިޔަވަޅު އަޅަމުން ގޮސް އީވާ ގެ މޫނާ ޖެހޭ ނުޖެހޭ ހިސާބުގައި ހުއްޓުނެވެ.

އެވަގުތު އީވާ ގެ ހިތުގެ ވިންދު އަވަސްވަމުންދިޔައެވެ އަދި އެ ފިރިހެން ކުއްޖާ އާ ދިމާއަށް ބަލާލިއެވެ. އެވަގުތު އޭނާގެ ކަޅުކަންގަދު ފުން ކަނޑެއް ފަދަ ލޮލުގެ ޖާދޫގަ އީވާ އަށް އެއްވެސް އިޚްތިޔާރަކާ ނުލާ ގެނބެމުންދެވުނެއެވެ.

-- ނުނިމޭ---

----------------------------------

މިބާ ލަސް ވީތީ ވަރަށް ބޮޑަށް މާފައަށް އެދެން 😞🙏🏻
ދިގު ކުރޭވޭތޯ ބެލިން އެކަމް އެގޒާމް ފެށުނީމަ ވަރަށް ބޮޑަށް ސޮރީ 😟
އަދި ކިޔުންތެރިންނަށް ކަމުދާނެ ކަމަށް އުންމީދުކުރަން 😊 ☺️

    Please log in or register to bookmark.
    1k

    3 ޚިޔާލު

    ޚިޔާލު

    Your email address will not be published.