kralbetbetturkeyikimislibahis1xbetm.infohipas.infohttps://www.wiibet.com/restbetcdn.com

އިތުބާރު ގެއްލުވާ ނުލާ - 18

Tiny Teen Tiffany Tatum Pussy Forced Big Cock  Blondie Fesser cocks her massive ass threesome sex  pakistani sex video  jmac porn  De Williams  Russian teen Izi Ashley tight ass hole Hard fucked real 18 yearsold Tiny babe  sanny levon xnxx son fuck mom dogstyle thick hairy pussy

‎އޭރު ގަރާޖުން ކާރު ނެރެ، އަހަރެންގެ އިންތިޒާރުގައި އަކިލް ހުއްޓެވެ. ބަހެއް ބުނުމެއް ނެތި އަހަރެން ގޮސް ކާރަށް އެރީ ހިތްހަމަނުޖެހި ހުރެއެވެ. "މަލަކްއަށް ހެޔޮ އަކިލް ކޮންމެހެން މަލަކް ލައިދޭން ނުދިޔަސް" ކާރަށް އަރައި ހަމަޖެހިލަމުން އަހަރެން ބުނެލީ ހިތްހަމަނުޖެހުން އެކުލެވިގެންވާ ރާގެއްގައެވެ.

‎އަހަރެން ސިއްސައިގެން ދިއައީ، އަހަރެން އެހެން ބުނުމާއިއެކު، އަކިލް އަހަރެންނާއި ކައިރިވާން ފެށުމުންނެވެ. ޑްރައިވަރުގެ ސީޓުގައި އިނދެ، ޖެހިގެން އިން އަހަރެންގެ ސީޓާ އޭނާ ކައިރިވަމުން ދިޔައިރު، އޭނާގެ ކަޅު ދެލިކޮޅެއްފަދަ ތޫނު ދެލޮލުގެ ނަޒަރު ސީދާވެފައި ވަނީ، އަހަރެންގެ ދެލޮލަށެވެ. ނުރުހުމުގެ ގޮތުން އެއްޗެއް ބުނުމަށްޓަކައި އަހަރެން ހުޅުވައިލި އަނގަ ލައްޕައިލަން ޖެހުނީ، އަކިލް ދެން ކޮށްލި ޢަމަލުގެ ސަބަބުންނެވެ.

އަހަރެންގެ ވައަތު ކޮނޑާއި ދިމާލުން ސީޓްބެލްޓް ދަމައިލަމުން އަޅުވައިދިނުމަށްފަހު އަކިލް ދުރުވެލުމާއި އެކު، އެ ހުރިހައި އިރު ހިފަހައްޓައިގެން އިން ނޭވާ އަހަރެންނަށް ދޫކޮށްލެވުނެވެ. އޭނާގެ ސީޓްބެލްޓް އަޅުވައިލަމުން އަކިލް ކާރު ދުއްވައިލިއިރު، އެ މޫނުމަތީގައި ވަނީ ނުސިޔާނު ހިނިތުންވުމެކެވެ.

ކްލިނިކަށް ދެވެންދެން އަހަރެމެން ދެމީހުންގެ ދެމެދުގައި އެއްވެސް ވާހަކައެއް ނުދެކެވުނު އިރު، ކާރުގެ އެ ހަމަހިމޭންކަމުން ދެމީހުނަށްވެސް އުނދަގޫ ނުވީ، ރޭޑިއޯއިން އަންނަމުން ދިޔަ އަލީ ރަމީޒުގެ ރީތި ލޯބީގެ ލަވައިގެ ސަބަބުން ކަންނޭނގެއެވެ.

ނޭނގި ވެވޭ އިހުސާސެއް މިއީ

ލޭގަ ހިނގާ ޖަޒުބާތެއް މިއީ

ހާސިލް ވުމަށް އެދި ހިތް ރޮނީ

ޔާރާ ވިސްނާށޭ، އިންސާނެއް މިއީ

ނަން އިވޭ ހިނދު ތެޅިލަޔޭ

ހިތް ވެސް އޮޔާ ބެހިގެން ދެޔޭ

ނުނިދޭކަން ވިސްނޭތީ، ނުހަނު ލޯތްބަށް ހިތް އެދޭތީ

ލޯތްބަށް އަދާ ޖަހަމޭ ސަލާމް

ބޭނުން ޖަވާބެއް ދީ ކަލާ

މި ހިތް ވަނީ ބޭގަރާރޭ

މީ ނިމުން ނެތް، އިންތިޒާރެއް

ނޭނގި ވެވޭ އިހުސާސެއް މިއީ

ލޭގަ ހިނގާ ޖަޒުބާތެއް މިއީ

ހާސިލް ވުމަށް އެދި ހިތް ރޮނީ

ޔާރާ ވިސްނާށޭ، އިންސާނެއް މިއީ

ލަވަ ނިމުނުއިރު ކްލިނިކާއި ހަމައަށް ވެސް އާދެވިއްޖެއެވެ. ލަސްކުރަން ނަހަދައި އަހަރެން އަވަހަށް ކާރުން ފޭބީމެވެ. ފަހަތަށް ބެލުމެއްނެތި އަވަސް ހިނގުމެއްގައި ގޮސް ލައިލެކްގެ ތެރެއަށް ވަނީ އިސްޖަހައިގެން ހުރެއެވެ. ކުރިމަތިން އައި ދިގު ޒުވާނާ އަހަރެންނަށް ނުފެނުނީ އެހެންވެގެންނެވެ.

މީހެއްގެ ގައިގައި ޖެހެވުނު ކަމުގެ އިހުސާސް ކުރެވުނު އިރު މާ ލަސްވެއްޖެއެވެ. އަރި އަަޅައިލައިގެން އަހަރެން ވެއްޓެން ދިއައިރު، ހިތާ ހިތުން އަރައިގެން އާދެވުނު އުސް ތަނބޮށިީ ފައިވާނާއި ދިމާލަށް އެއްޗެހި ކިޔަމުން ދެލޯ މަރައި ތަގުޅި ކޮށްލީމެވެ. ޑިއުޓީގެ ފުރަތަމަ ދުވަހު ބޯ ފަޅައިގެން ގޮސް، އެނދުމަތިކޮށް ފަރުވާ ދޭންޖެހޭނީ އަހަރެންނަށް ކަންނޭނގެއެވެ.

އަހަރެންނަށް ދެލޯ ހުޅުވައިލެވުނީ، އަހަރެންގެ އުނަގަނޑުގައި ހިފަހައްޓައި، ވެއްޓުނަ ނުދީ ސަލާމަތްކޮށްދިން ބާރުގަދަ ދެއަތުގެ އިހުސާސް ކުރެވުމުންނެވެ. އަވަހަށް ތެދުވެ ހަށިގަނޑު ސީދާކޮށްލަމުން، އެ ޒުވާނާއަށް ޝުކުރުވެރިވުމަށް އަވަސްވެގަތީމެވެ.

"ތެންކި...." އަހަރެންގެ ދެލޯ ބޮޑުވެގެން ދިއައިރު، ބުނަން އުޅުނު ބަސް ފުރިހަމަ ނުކުރެވި އަރު ތެރޭގައި ތާށިވި ކަހަލައެވެ. އިސްކޮޅުން ދިގު ވެލާފައި ހުރިއިރު، ހަމުގެ ކުލަ އިހުނަށްވުރެން އަލިހެން ހީވިއެވެ. ތުނިކޮށް ފަޅާފައި ހުރި ތުނބުޅި މަތިމަހުގެ ސަބަބުން އެ ފިރިހެން ވަންތަކަން އިތުރު ވެފައި ވީއިރު، ކަސްރަތީ ހަށިގަނޑު އޭނާގެ ޝަހުސިއްޔަތު ވަރުގަދަ ކުރުވައެވެ. ކަޅުކުލައިގެ ގަމީހަކާއި، ހަމަ އެކުލައިގެ ފަޓުލޫނުގައި ހުރި އިރު، ހަރުދަނާކަން އެ ހިތްގައިމު މޫނު ތަފާތު ކުރުވިއެވެ. ހިތްކަތިލާފަދަ އެ ރީތި ހިނިތުންވުމަށް ބަދަލެއް ނާންނަ ނަމަވެސް، އެ ހިނިތުންވުން މިފަހަރު އަހަރެންގެ ހިތާއި ހަމައަށް ވާސިލުވުމުގައި ވީ ނާކާމިޔާބެވެ.

"ޒައިކް" އެނަން އަހަރެންގެ ދުލުން ބޭރުވެގެން ދިއުމާއިއެކީ، ކުރިމަތީގައި ހުރި ޒައިކްގެ ހިނިތުންވުން ފުޅާ ވެގެން ދިއައެވެ. އާއެކެވެ. އެއީ ހަމަ އެ ސޫރައެވެ. އެއް އިރެއްގައި އަހަރެންގެ ހިތުގެ ހަމަޖެހުމެވެ. ފުރަތަމަ ފަހަރަށް އަހަރެންގެ ހިތާއި ކުޅެލުމުގައި ކާމިޔާބު ހޯދި ފަރާތެވެ. އަހަރެންގެ ސުކޫލު ދައުރާއި، ހަޔާތުގެ ވެސް ފުރަތަމަ ލޯތްބެވެ.

"މަަލަކް!!! ލޯންގް ޓައިމް، ކިހިނެއްތަ؟" އަހަރެންނާއި އެއްވަރަކަށް ހިނގަމުން ޒައިކް އަހައިލިއެވެ. "ރަނގަޅު، ޒައިކް މިތާގަ ކޮންކަމެއް؟" ރިސެޕްޝަންސް ޑެސްކާއި ދިމާލަށް ހިނގައިގަންނަމުން އަހަރެން ސުވާލުކޮށްލީމެވެ. އަހަރެންގެ ސުވާލާއިއެކު ޒައިކް އިޝާރާތް ކޮށްލީ، އޭނާގެ ވައަތް މަތީގައި އޮތް ހުދު ކުލައިގެ ކޯޓަށެވެ. "މިހާރު އަހަރެންވެސް މީ ޑރ. އިސްމާއިލް ޒައިކް އޭ"

އެތަށް އަހަރެއް ފަހުން ދިމާވިއިރު، ޒައިކް ޑަކުޓަރީކަން ކިޔަވައިފާނެކަމީ ހިޔާލަކަށް ވެސް އަހަރެން ވިސްނައިފައިވާ ކަމެއް ނޫނެވެ. ސުކޫލުގައި އުޅުން އިރު، ބަސްނާހާ ކުދިންގެ ލިސްޓުގެ އެއްވަނައިގައި ވަރިކަން ކުރާ ޒައިކް، މިފަދަ ދާއިރާއެއް އިހްތިޔާރުކޮށްފާނެ ކަމީ މީހަކު ހިތަށް ވެސް ނާރުާނެ ފަދަ ހައިރާންކުރަނިވި ކަމެކެވެ. "ޝޮކްޑް ދޯ؟ އެހެންނު ވާނީ މަ ފޭސްބުކުން ކީތްކުރަން އިންސްޓަގްރާމުން މަލަކްއަށް ރިކުއެސްޓު ފޮނުވީމަ ވެސް އެކްސެޕްޓު ކުރީކީ ނޫން.... ދެން އެކަކު އުޅޭ ގޮތް އަނެކަކަށް ކިހިނެއް އިނގޭނީ؟"

ޒައިކްގެ ވާހަކައަށް ހިނިތުންވެލަމުން، ރިސެޕްޝަނުގައި އިން ކުއްޖާކުރެން އަހައިލުމަށްފަހު، ޑިއުޓީއަށް ދާންޖެހޭ ފަންގިފިލާއަށް ދިއައީ އަހަރެމެން ދެމީހުން އެކުއެކި ކަހަލަ ގޮތަކަށެވެ.

**************

ދުވަސްތައް އޭގެ ހަލުވިމިނުގައި ފާއިތުވަމުން ދިއައިރު، ވޭތުވެދިޔަ ތިން މަސް ދުވަސް ތެރޭގައި މަސައްކަތުގެ މާހައުލަށް ހޭނި، ފަރުވާތެރުކަމާއިއެކު އަހަރެންގެ ވާޖިބު އަދާކުރަމުން ދިއައީމެވެ. ދޭތެރެއަކުން މަންމައާއި ބައްޕަގެ ގާތަށް ގޮސްލަނީ، ކޮންމެ ގޮތަކަށް ކަންވެދިޔައަސް، އަހަރެންގެ ހިތުގައި އެމީހުންނަށް ޓަކައި ވީ ލޯބި އުނި ނުވާނެތީއެވެ.

ކައިވެންޏަށް ތިން މަސް ވެގެން ދިއައިރު، އަހަރެންގެ ޑިއުޓީއާއި އަކިލްގެ ޑިއުޓީގެ ގަޑި އޮންނަ ގޮތުގެ ސަބަބުން ދެމީހުން އެއްތަން ވަނީ މަދު ފަހަރަކުއެވެ. އައިންބެއްގެ ހައިސިއްޔަތުން އަދާކޮށްދެންޖެހޭ އެއްވެސްކަމެއް އަހަރެން އަކިލްއަށް ނުކޮށްދިން ނަމަވެސް، އޭނާގެ ފަރާތުން ނުރުހުމުގެ އެންމެ ލަފުޒެއްވެސް އަހަރެންނަކަށް އަމާޒެއްނުވެއެވެ. ހައިރާންވެސްވެއެވެ. ލިބޭ ކޮންމެ ފުރުސަތެއްގައިމެ، އަކިލްއަށް އުނގުލެއް ކޮށްލުމުގައި އަހަރެން ފަސްނުޖެހޭ އިރު، އެ ހުރިހައި ކަމަކަށް އޭނާ ކެތްކުރާތީއެވެ.

ކޮފީއެއް ގިރަން ޖެހިއްޖެނަމަ ބޯންނުކެރޭ ވަރު ކުރަމެވެ. ގަމީހެއް އިސްތިރިކޮށްދޭން ޖެހިއްޖެ ނަމަ ވިރުވައިލަމެވެ. ވައްބަހުން ޖަހާނެ ފުރުސަތެއް ލިބިއްޖެ ނަމަ، އަހަރެންގެ ހިތުގައި އުފެދިފައިވާ ހުރިހައި ޝަކުވާތަކާއި ރުޅީގެ ހޫނުކަން އަކިލްއަށް އަމާޒުކޮށްލަމެވެ. އޭނާ ހިތްހަމަނުޖެހޭ ކަމެއް އިނގިއްޖެނަމަ، ޖެއްސުމަށްވެސް އެކަމެއް ކުރުމަކީ އަހަރެންގެ އާދައެކެވެ.

ހިނިތުންވުމަކުން ފުއްދާލައިގެން އަކިލް ހުންނަ އިރު، އޭނާގެ އެ ކެތްތެރިކަން އަހަރެންނަކަށް ކަމަކުނުދެއެވެ.

ކްލިނިކުގައި އެކުގައި މަސައްކަތް ކުރަންޖެހުމުގެ ސަބަބުން އަހަރެންނާއި ޒައިކްއާއި ދެމެދުގައި އެކުވެރިކަމުގެ ފާއްލަމެއް އެޅިގެން ދިއައެވެ. އަހަރެންގެ ކައިވެނީގެ ވާހަކަ ޒައިކްއަށް އިނގޭ ހެނެއް ހީއެއް ނުވެއެވެ. ޒާތީ ވާހަކަ އަހަރެން އޭނާއާއި ހިއްސާ ނުކުރި ނަމަވެސް، އޭނާގެ ދިރިއުޅުމުގެ ގިނަ ވާހަކަތަކަކީ އަހަރެންނަށް މިހާރު އާ ވާހަކަތަކެއް ނޫނެވެ.

ދުވަހަކީ ހޫނު ދުވަހެއްކަމުން ހެނދުނުގެ ޑިއުޓީ ނިންމައިލުމަށްފަހު، ކާރެއް ހޯދުމަށް މަގުމަތީގައި ހުރި ވަގުތުކޮޅުގެ ތެރޭގައިވެސް އަހަރެންގެ މޫނުމަތިން ދާތިކިތައް ވިދަންފެށިއެވެ. ބޮލަށް ބަރުވަމުން ދިއައިރު، އިހުސާސް ކުރެވެމުން ދިއައީ، އިންތިހާ ވަރުބަލިކަމެވެ.

"މަލަކް، ހިނގާ އަހަރެން ގެއަށް ލައިދޭނަން...." އަހަރެންގެ ކުރި މައްޗަށް ސައިކަލުގައި އައިސް މަޑުކޮށްލި ޒައިކް އެދުނު އިރު، އަވަހަށް ގެއަށް ދިއުމަށްޓަކައި ޒައިކްގެ ސައިކަލު ފަހަތަށް އަހަރެން އެރީ، ފަސޭހައިން ޓެކްސީއެއްގެ ހިސާބު ވެސް ނުލިބޭނެކަން އިނގޭތީއެވެ. މީގެ ކުރިންވެސް އޭނާއާއި އެކު ދިއުމަށް ޒައިކް އެތައް ފަހަރަކު އެދިފައިވީ ނަމަވެސް، އަހަރެން ކޮށްފައިވާނީ އިންކާރެވެ.

މަގުތަކުގެ ކާރު ބާރު ބޮޑުކަމުގެ ސަބަބުން، ސައިކަލުގެ ބުރަކި ޖައްސައިލާ ކޮންމެ ފަހަރަކު އަހަރެންގެ ހަށިގަނޑު ގޮސް ޒައިކްގެ ހަށިގަނޑުގައި ޖެހޭއިރު، އޭނާގެ ކޮނޑުގައި އަހަރެން ހިފަހައްޓައިލީ، އަމިއްލަ ސަލާމަތަށްޓަކައެވެ.

ސައިކަލުގައި އޭނާ ގޮސް، ގޭގެ ކުރިމަތީގައި މަޑުކޮށްލުމާއި އެކު، ފައިބައި ގެއާއި ދިމާލަށް ހިނގައިގަތް އަހަރެންގެ ފިޔަވަޅުތައް މަޑުޖެހިލީ، ގޭޓުގެ އެތެރޭގައި ހުރި އަކިލް ފެނުމުންނެވެ. އޭނާގެ މޫނުމަތީގައި ނުރުހުމުގެ އަސަރު ވީއިރު، ޔުނީފޯރމުގައި ހުރުމުން އެއައީ ޑިއުޓީ ނިންމާފައި ކަން ހާމަވެއެވެ.

ފަހަތަށް އެނބުރި އަހަރެންނަށް ބަލައިލެވުނީ، ޒައިކް ހުރިތޯއެވެ. އޭރު ސުވާލުގެ ނަޒަރަކުން އަހަރެންގެ މޫނަށް ބަަލަހައްޓައިގެން ޒައިކް ހުއްޓެވެ.

އަހަރެންނަށް ކުއްލި ސިހުމެއް ލިބުނީ، ގޭޓުން ބޭރަށް އައިސް އަހަރެންގެ އަތުގެ މުލައްދަނޑީގައި ހިފައި ގޭތެރެއަށް ހިނގައިގަތް އަކިލްގެ ކުއްލި ޢަމަލުގެ ސަބަބުންނެވެ. އަތަށް ތަދުވަމުން ދިއުމާއިއެކީ، ދެތިން ފަހަރަކު އަކިލްގެ ނަމުން އަހަރެންނަށް ގޮވައި ވެސް ލެވުނެވެ. ނަމަވެސް، އަހަރެންގެ އަޑަށާއި، ސިޓިންރޫމުގައި ތިބި މަންމަމެންގެ އަޑަށް ވެސް ބީރު ކަންފަތެއް ދެމުން، އަކިލް އަހަރެން ގޮވައިގެން ދިއައީ އަހަރެމެންގެ ކޮޓަރިއަށެވެ.

ކޮޓަރިއަށް ވަދެ ދޮރު ތަޅުލަމުން އަހަރެންގެ އަތުން އޭނާ ދޫކޮށްލިއިރު، އަތުގަައި އަހަރެންނަށް ފިރުމައިލެވުނެެވެ. "ވަޓް އިޒް ރޯންގް ވިތް ޔޫ އަކިލް؟ މަންމެމެން އެންމެން ކުރިމަތީގަ އަހަރެންގެ އަތުގަ ހިފައިގެން ތިއައީ... ކީކޭ އެމީހުން ހިތައް އަރާނީ؟" ކޮޓަރިތެރެއަށް ހިނގައިގަންނަމުން އަހަރެން ވާހަކަދެއްކީ ހިތްހަމަނުޖެހި ހުރެއެވެ.

"މަލަކްއަށް އަދިވެސް އަހަރެންތަ ގޯސްވަނީ؟ ހިލޭ ފިރިހެނުންގެ ސައިކަލު ފަހަތުގަ މުޅި މާލެ ތެރޭ ދުއްވާފަ އަންނަ އިރު ހިތަކަށް ނާރާތަ ތީ މީހެއްގެ އައިންބެކޭ؟" އަކިލްގެ ބާރު އަޑާއި އެކު އަހަރެންގެ ގައިން ހީބިހި ނަގައިގެން ދިއައިރު، ދެލޯ ބޮޑުކޮށްލަމުން އަހަރެން އޭނާއާއި ދިމާލަށް ބަލައިލީމެވެ.

"ކައިވެންޏަށް މިވީހައި ދުވަހު މަލަކް އަހަރެންނަށް އެއްކަމެއް ނުކޮށްދިނަސް އަހަރެން އެންމެ ޝަކުވާއެއް ވެސް ކޮށްފައެއް ނޯންނާނެ، ނުވީތާކަށް މަލަކްގެ ހުރިހައި ޖެއްސުންތަކަކަށް އަހަރެން ކެތް ވެސް ކުރިން... އެކަމަކު ޒައިކްއާއެކު ތި ގަންނަ ގަނޑު ގަންނަތަން ބަލާކަށް އަހަރެންނަކަށް ނުހުރެވޭނެ!" އަކިލްގެ ދުލުން ބޭރުވަމުން ދިޔަ ޖުމުލަތައް އަހަރެން އާޝޯހު ކުރުވި އިރު، އަހަރެންގެ ބޮލުގައި އޭނާ އަޅުވަމުންދިޔަ ހުތުރު އިލްޒާމުތައް އަހަރެންނަކަށް ބަރުދާސްތެއް ނުކުރެވުނެވެ.

"އިނަފް އަކިލް! މަލަކް އެއްޗެކޭ ނުބުނެ ހުންނާތީ އޭގެ މާނައަކީ އަކިލް ހިތުހުރިހައި އެއްޗެއް މަލަކްއާ ދިމާލަށް ކިޔާނީއޭ އެއް ނޫން..... ޒައިކްއަކީ މަލަކްގެ ކޮލީގެއް.. އޭނަ މަަލަކްއަށް ޓެކްސީއެއް ނުލިބުނީމަ ގެއަށް ލައިދޭން އައުމުގަ އެއްވެސް މައްސަލައެއް މަލަކްއަކަށް ނުފެނޭ! އެންޑް ލެޓް މީ ރިމައިންޑް ޔޫ! ބޭވަފާތެރިވުމަކީ އަކިލްގެ ފިތުރަތުގަ ހުންނަ ސިފައެއް..... ކިތަންމެ ނުރުހުނަސް މި ގުޅުމަށް މަލަކް ބޭވަފާތެރިވެފައެއް ނޯންނާނެ! ކީޕް ޔުއާރ ޖެލަސީ އިން ޔުއާރ ޕޮކެޓް....އަކިލްއަކަށް އެއްވެސް ހައްގެއް ނޯންނާނެ މަލަކްގެ މައްޗަކަށް.... ރިމެމްބާރ ދެޓް"

ޝަހާދަތް އިނގިލި އަކިލްއާއި ދިމާލަށް ދިއްކޮށްލަމުން އަހަރެން ބުނެލީމެވެ. ރުޅީގެ ސަބަބުން އަހަރެންނަށްވެސް ވާހަކަ ދެއްކުނީ ބާރަށެވެ. އަކިލްގެ މޫނުމަތިން މާޔޫސްކަން ފެނިލި ނަމަވެސް، ރުޅީގެ އަސަރު އެ ދެލޮލުން ވިދަމުން ދިއައެވެ. އަކިލްއަށް ފުރަގަސްދީ ހިނގައިގަތް އަހަރެންނަށް ކުއްލި ސިހުމެއް ލިބުނީ، އަހަރެންގެ އުނގަނޑުގައި ހިފައި އަނބުރައިލަމުން ގޮސް، ކުޑަދޮރުގެ ބިއްލޫރި ގަނޑާއި، އޭނާއާއި ދެމެދު އަކިލް އަހަރެން ފިއްތައިލުމުންނެވެ.

ހައިރާންކަމާއިއެކު، އަކިލްގެ މޫނަށް ބަލައިލި އަހަރެންގެ ހިތް ތޮޅިލީ، އަކިލްގެ ތޫނު ދެލޮލާއި، މޫނުމަތީގައިވީ އަސަރެއްގެ ސަބަބުންނެވެ. އަވަސް ހަރަކާތަކާއިއެކު، އަހަރެންގެ ތުންފަތާއި އޭނާގެ ތުންފަތް އަކިލް ޖޯޑުކޮށްލި އިރު، އޭނާ ދުރުކުރުމަށްޓަކައި އަހަރެން ކުރަމުން ދިޔަ މަސައްކަތް ނާކާމިޔާބުވީ، އަހަރެންގެ ދެއަތް ބިއްލޫރިގަނޑުގައި ޖައްސައި އޭނާގެ އަތުތެރޭގައި އަކިލް ހައްޔަރު ކޮށްލުމުންނެވެ.

ހިނދުކޮޅަކަށް ދެމިގެންދިޔަ، އެ ވަގުތުކޮޅަށް ނިމުން އައީ، އަތް މިނިވަންކޮށް އަހަރެން އަކިލް ކޮއްޕައިލުމުންނެވެ. ދެވަނަ ފަހަރަށް އޭނާ ކައިރިވާން މަސައްކަތް ކުރުމާއިއެކީ، އަހަރެންގެ އަތުގެ ހޫނު ހަމަލާއެއް، އޭނާގެ ކޯތާފަތަށް އަމާޒުކޮށްލީމެވެ.

އަހަރެންގެ ދެލޮލުން ކަރުނަ އަންނަމުން ދިއައީ، އެފަދަ ދަށު ދަރަޖައިގެ އަމަލެއް އަކިލް ކުރީތީއެވެ. އަހަރެންގެ ނުރުހުމުގައި، އަހަރެންގެ ހަށިގަނޑުން އުފާ ހޯދަން މަސައްކަތް ކުރީތީއެވެ.

އަހަރެންނާއި ހަތަރު ކަޅި ހަމަކޮށްލަމުން، އޭނާގެ ކޯތާފަތްމަތީގައި އަކިލް އަތް އަޅައިލީ، އޭނާއަށް ކުރެވުނު ކަންތައް އިހުސާސް ކުރެވެމުން ކަންނޭނގެއެވެ.

"މަލަކް..." އަކިލް ވާހަކަދައްކަން ފެށުމާއިއެކު، އަތުން އެކަން މަނާކުރަމުން، ދުވެ ގޮސް ކްލޯސެޓުގެ ތެރެއަށް ވަދެ އެތެރެއިން ތަންޑު އެޅުވީމެވެ.

"މަލަކް.... އައި އޭމް ސޮރީ..... މަލަކް ދޮރު ހުޅުވަބަލަ އަހަރެން ގަސްތުގަ ކުރި ކަމެއް ނޫނޭ އެއީ..... ރުޅި ކޮންޓްރޯލް ނުކުރެވުނީ އިޓްސް މައި ފޯލްޓް މަލަކް ޕްލީސް....." އަކިލްގެ އާދޭސްތަކުގެ އަޑު އިވިއިވި ހުރިއިރު، ދޮރު ބުޑުގައި އިށީނދެއިން އަހަރެންގެ ލޮލުން ހޯސްލާފައި ކަރުނަ އަންނަމުން ދިއައެވެ.

އިރުކޮޅަކުން އަކިލްގެ އަޑު ކެނޑުނު އިރު، އެއްވެސް ހަރަކާތެއް ނުކޮށް، އެހެން އިންދައި އަހަރެންނަށް ނިދުނީއެވެ.

ދެން އަހަރެންނަށް ދެލޯ ހުޅުވައިލެވުނީ، މޫނުގައި ފިނި އެއްޗެއް ޖެހުނު ކަމުގެ އިހުސާސް ކުރެވުމުންނެވެ. އޭރު އަހަރެންނަށް އޮވެވުނީ އެނދުގައެވެ. ކައިރީގައި ޝާޔާއާއި، އަކިލް ތިބި އިރު، ޝާޔާ ދިއައީ ފެން ރުމާ އަަހަރެންގެ މޫނުގައި ހާކަމުންނެވެ. އަހަރެންގެ ހަށިގަނޑުގެ ހޫނުކަންވެސް އަހަރެންނަށް އިހުސާސްކުރެވުނީ ދެނެވެ.

ވާހަކަ ދައްކަން އަކިލް އަނގަ ހުޅުވައިލުމާއި އެކީ އަނެއް ފަޅިއަށް އަހަރެން މޫނު އަނބުރައިލީމެވެ. ޝާޔާއާއި އަހަރެންނަށް ވަގުތު ކޮޅެއް ދެމުން އަކިލް ބޭރަށް ދިއުމާއިއެކީ، ހިފަހައްޓައިގެން ހުރި ކަރުނަތައް އެއްވެސް ހުއްޓުމެއް ނެތި އޭގެ މަގާމު ދޫކޮށް، އަހަރެންގެ ކޯތާފަތުގައި ރޮނގު ދަމައިލިއެވެ.

"މަލަކް، މީ ތި ދެމަފިރިންގެ ދޭތެރޭގެ ކަމެއް ވީމަ އެއްޗެކޭ ބުނާކަށް އަހަރެން ބޭނުމެއް ނޫން. އެކަމަކު މަލަކްއަށް ވެސް ވިސްނެންވާނެ އަކިލްއަކީ ވެސް އިންސާނެއްކަން، އޭނައަށް ވެސް ކެތްކުރެވޭނީ ވަކި ވަރަކަށް، އަހަރެން ނުބުނަން އަކިލް އެކުރީ ރަނގަޅު ކަމެކޭ އެއް، އޭނަ އެކުރި ކަންތައް ކިތަންމެ ހާވެސް ގޯސް، އެކަމުގަ އަހަރެންވެސް އޭނަޔާ ދެކޮޅު، އެކަމު ލޯބިނެތް މި ގުޅުމުން ތި ދެމީހުނަށް މިންޖުވެވެން ނެތް އިރު، އެކަކު އަނެކަކަށް އިޙުތިރާމުކޮށްގެން ރަނގަޅަށް އުޅޭށޭ އަހަރެން ބުނާނީ. ބާކީ އޮތީ ތި ދެމީހުންގެ އަތްމަތީގަ..."

ޝާޔާ ދޮރުން ނިކުމެގެން ދިއައިރު ވެސް، އޭނާގެ ވާހަކަތައް އަހަރެންގެ ސިކުނޑީގައި ކަށިހިއްޕައި އެނބުރެމުން ދިއައެވެ. ތެދުވެ އެނދުގެ ހެޑް ބޯޑުގައި ލެގިލަމުން ފުން ނޭވާއެއް ދޫކޮށްލީމެވެ.

އިތުބާރާއި ލޯބި އަހަރެންނާއި އަކިލްގެ މެދުގައި ނެތް އިރު، ދުވަހަކުވެސް އަހަރެންގެ ހިތުން އަކިލްއަށް ޖާގައެއް ދެވިދާނެ ބާއެވެ. އުމުރު ދުވަހު އަހަރެމެން ދެމީހުން ތިބެންވީ މި ކަސްތޮޅުގައި ބަނދެވިފައި ހެއްޔެވެ. އަހަރެމެންގެ މި ގުޅުމުގެ މުސްތަޤުބަލެއް އެބަ އޮތް ބާއެވެ.

އެތައް ސުވާލުތަކެއް ސިކުނޑި ހިސޯރު ކޮށްލި ނަމަވެސް، އެއިން އެއްވެސް ސުވާލެއްގެ ޖަވާބެއް ހުދު އަހަރެންނަކަށް ވެސް ނޭނގެއެވެ. ހިޔާލުތަކުގެ ކަނޑުގައި އަރަޤު ވެފައި އިން އަހަރެންނަށް ހޭވެރިކަންވީ ދޮރު ހުޅުވުނު އަޑަށެވެ.

"މަލަކް.... އަހަރެންނަށް އިނގޭ އަހަރެންނަށް ކުރެވުނީ މަޢާފު ނުލިބޭ ވަރުގެ ކުށެއްކަން އެކަމުވެސް" "މަޢާފުކޮށްފިން" އަކިލްގެ ވާހަކަ މެދު ކަނޑައިލަމުން އަހަރެން ބުނެލުމާއި އެކީ، ހައިރާންކަމުން ފުރިގެންވީ ނަޒަރަކުން އޭނާ އަހަރެންނާއި ދިމާލަށް ބަލައިލިއެވެ.

"އަކިލްގެ އެއްވެސް ކުށެއް ނެތި މިއޮއް ހުރިހާ ދުވަހު މަލަކް އަކިލްއަށް އަދަބު ދިނީ، މި ކައިވެންޏަކީ މަންމަމެންގެ އެދުމަށް ކުރެވުނު ކައިވެންޏެއް، އައި ޑޯންޑް ނޯ އަވާރ ފިއުޓާރ، އެކަމް ރުޅި މޫނު ހަދައިގެން އެކަކު އަނެކަކު ދެކެ ރުޅި އައިސް ތިބެގެން މި ގުޅުމަކުން އެކަކަށް ވެސް ހަމަޖެހުމެއް ނުލިބޭނެ. އަކިލްއަކަށް ވެސް، މަަލަކްއަކަށް ވެސް އަދި ދެ އާއިލާއަކަށް ވެސް.... އިވެން އިފް ވީ ޑޯންޓް ހޭވް އެނީތިންޖް ބިޓްވީން އަސް، ވީ ކޭން ކޯރޕަރޭޓް ދޯ؟ އާއިލާގެ އުފާވެރިކަމަށް ޓަކާ؟"

ސަލާމަށް އަކިލްއާއި ދިމާލަށް އަތް ދިއްކޮށްލަމުން އަހަރެން އަހައިލީމެވެ. އެއީ އަހަރެންނަށް ވިސްނުނު އެންމެ ރަނގަޅު ގޮތެވެ. އަހަރެންގެ ވާހަކަ ތަކާއި އެކު އަކިލްގެ މޫނު މަތީގައި ލުއި ހިނިތުންވުމެއް ދުވެލި އިރު، އައިސް އެނދުގެ މަގަތުގައި އިށީންނަމުން އަހަރެންގެ އަތުގައި ހިފައި ސަލާމްކޮށްލަމުން އޭނާ ބޯޖަހައިލިއެވެ. ބޭއިހްތިޔާރުގައި އަހަރެންނަށް ވެސް ހިނިތުންވެވުނެވެ.

އެއްވެސް ހަމަނުޖެހުމަކާއި ނުލައި، ރިވެތި ގޮތުގައި އަކިލް މި ގުޅުން ކުރިއަށް ގެންދާނޭ އަހަރެންގެ ހިތް ބުނަމުންދިޔައެވެ. ލޯބި ނެތަސް، ދޭންޖެހޭ ޤަދަރު އޭނާ މިގުޅުމަށް ދޭނެކަމުގެ ފުރިހަމަ އިތުބާރު އަހަރެންނަށް ކުރެވުނެވެ. ނެތްހިތްވަރު ކުރަމުން އަހަރެން މިކުރި އިތުބާރު އަކިލް ދަމަހައްޓާނެ ބާއެވެ؟ އަކިލް އަހަރެންގެ އިތުބާރު ގެއްލުވައި ލައިފާނެ ބާއެވެ؟

މަންޒިލް ތިއޭ މި ހިތް އެދޭ

ނުރުހުން ވެފާ ކަލާ ނުދޭ

އިތުބާރު ގެއްލުވާ ނުލާ

ލޯބިން އެކީގަ ވާނަމޭ

އާދޭސްކޮށްފާ ބުނަންހެވީ

ތިޔަހެން ސަޒާ ހިތަށް ނުދޭށޭ

އެކުގާވާން ބޭނުމޭ، ވަކިވާކަށް ނޭދެމޭ

އަންނާށޭ ދޫކޮށްފާ ނުދާށޭ، ނުދާށޭ

މަންޒިލް ތިއޭ މި ހިތް އެދޭ

ނުރުހުން ވެފާ ކަލާ ނުދޭ

އިތުބާރު ގެއްލުވާ ނުލާ

ލޯބިން އެކީގަ ވާނަމޭ

ނުނިމޭ

  Please log in or register to bookmark.
  6k

  33 ޚިޔާލު

  1. ހެއި.. މިބައިގައި ކުޑަ މިސްޓޭކެއް އެބައިން. އައިންބެއް އިނީމަ ނުބައި.. އަސްލު އިންނަން ޖެހޭނީ އަންބެއް ކަމަށް ބިންމާ އިބްރާހީމް ވަހީދުވެސް ވިދާޅުވެފައިވަނީ..، އަސްލު މިވާހަކަ ވަރަށ ވަރަށް ރީތި... ވަރަށ ޝައުގުވެރިކަމާއެކު ކިޔަމުން ދާއިރު ސަސްޕެންސް ހިފެހެއްޓިފައިވާކަން ފާހަގަ ކުރެވޭ... ފައިނަލީ މަލަކްއަށް ވިސްނިއްޖެ... އަނެއް ބަަޔަށް ވަރަށް ބޮޑަށް އިންތިޒާރު ކުރެވޭ.. ސްޓޭ ސޭފް ސިސީ💞💞♥❤

   21
   1
  2. ވާވް މާޝާ ﷲ މި ބައި ވެސް ވ ވ ރީތި ސިސް.. ❤️ސިސް ކިހިނެއްތަ.. ހެހެހެހެހެ މަލަކް އަށް ވެސް އެންމެ ފަހުން ވިސްނުނީ ދޯ.. ކޮންއިރަކުން އަނެއް ބައި ކިޔާލަން ލިބޭނީ.. ވ ކިޔާހިތްވޭ އެބަ ނެކްސްޓް ޕާރޓް.. ސްޓޭ ސޭފް އެން ޓޭކް ކެޔަރ ސިސޫ.. ލަވް ޔޫ❤️❤️😘

   • ތެންކިޔު ލަމް♥️އައި އޭމް ގުޑް.....ވަރަށް ބިޒީ ދުވަސްކޮޅެއް.... ލިޔެވުނު އެންމެ އަވަހަކަށް ވާހަކަ ގެނެސް ދޭނަން...

  3. މާޝާ ﷲ! މިބައިވެސް ވަރަށް ރީތި 💖 ހަހަ.. ސީޓް ބެލްޓް ދޯ އެ އަޅުވައިދިނީ... އައި ތިންކް ހީ ކިސްޑް ހާ ކަމަަށް 😂😎 ހެހެ.. 😂ނަސީބެއް ހަމަ މަލަކްއަށް ވިސްނުނުކަން 😍✌ ދެންއިންބަޔަށް އިންތިޒާރުކުރަން 😊❤ ސްޓޭ ސޭފް 💙💜 ލަވް ޔޫ 💖💖
   رمضان مبارك💫🖤

   11
  4. މައި ސެކަންޑް ގެސް ވޯޒް ކަރެކްޓް ދޯ.. އެހެހެ.... ވ.ވ.ވ ރީތި މިބައިވެސް... އަޅެ މިއޮތް ލޯބިިލޯބި ސްޓޯރީ ނިމުމަކާއި ގާތްވަނީތަ މި؟؟؟؟

  5. ހަލޯ ސިސް ❤️❤️
   ލޯންގްޓައިމް ދޯ ❤️❤️
   ބައިދަވޭ ރަމަޟާން މުބާރިކް އިނގޭ ސިސް❤️❤️
   އެން ސްޓޯރީ ހަމަ ވަރަށް ވެސް ސަޅި ❤️❤️. ސްޕީޗްލެސް 🌹❤️. މާޝާﷲ❤️❤️
   މަލަކް އެންޑް އަކީލް ފްރެންޑް ވީ ދޯ މިހާރު އެގެން . ❤️❤️❤️ވަރަށް ރީތިވާނެ ތާ ދޯ ދެން އެދެމީހުން ދެން އެކަކު އަނެކަކު ދެކެ ލޯބިވާނެ އިރަކަށް ވެއިޓިން ހެހެެހެހެެހެ❤️❤️😅😅
   ވޯވް ޒައިކް އެންޓްރީ ކޮށްލީ ދޯ އަނެއް ކާ .❤️❤️ ދެން ކިހިނެތް ބާ ވަނީ އަނެއްކާ ޒައިކް މަލަކް އަށް ހިތް ކިޔަން ފަށާފީ އާ ކަޑަ ދޯ . ދެން އެކަމަކު ވެސް ސްޓޯރީ ރީތިވާނެ.❤️❤️❤️❤️
   ދެން އިން ބަޔަށް ވެއިޓިން އިނގޭ ސިސް ❤️❤️
   އެންޑް ސޮރީ ކޮންމެ ބަޔަކަށް ކޮމެންޓު އެތް ނުކޮށްލެވޭތީ
   ލަވް ޔޫ❤️❤️
   ސްޓޭސޭފް އެން ޓޭކް ކެއަރ ❤️❤️

   10
  6. ހަހަ.. ނަސީބެއްނު.. ވެން ނެކްސްޓް؟

  7. ވަރަށް ސަޅި ވާހަކައެއް....... ހަމަ ސްޕީޗްލެސް........ މަލަކް އެންޑް އަކިލް... ފްރެންޑް ވީ ދޯ... ދެން ބަދަލު ވާނީ ލޯބި ގެ ގުޅުމަކައް ކަންނޭ.......... އެނީ ވޭސް ލަވް ދީ ސްޓޯރީ😉😘😍😘😍💋💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜😘😘😘😘😘🙂🙂🙂🙂🙂😉😉😉😉😉😉😉😉😉😉

  8. އަފީގެ އޯލެވެލް ދުވަސްކޮޅު ވީމަ ދޯ ލަސްވަނީ🥺

  9. ޫEyyy aphxxx sisoooooo 🙋 🙋 🙋 🙋 👋👋👋👋mee ehkala NooR Eyyy.... Kiihve thr Inthihaa up nukuranee... Ivaan brw aa vx dhimaa nuve ey šis netheema 😒😒kihineh thr sisoooo... Kaifin thr boefin thrrr???? Kon irakah thr Inthihaa up kuraaneeeeee??. Vvv miss eyyyy
   Love you sisoooooo ❤️💙💚💚💛💜🖤🖤💜💜💛💛💚💚💙❤️❤️❤️💙💙💙💚💛💛💜🖤🖤

  10. އެއް މަސް ވީ ކޮބާ އަނެއް ބައި؟ 🤠
   އެއް ކޮއް ލިޔެފަ އަޕް ކުރާނަމަ މިހެންނެއް ނުވާނެ ދޯ. ☹️

   3
   1
  11. ހޭ ސިސޫ.. ކޮބާތަ ނެކްސްޓް ޕާރޓް.. ސިސް ގެ އޯލެވެލް ދުވަސްކޮޅު ވީމަ ދޯ ލަސްވަނީ.. އަވަހަށް ގެނެސްދެއްޗޭ

   3
   1
   • އާން ވެދާނެ ދޯ ރީޝް.. އެ ސޮރު އެބަ އުޅޭ.. ހިތް ކީދޯ.. ބުނެބަލަ.. އޭރުންނު ސެޓު ކޮށްދެވޭނީ ވެސް

  12. ނެކްސްޓް ބައި ކޮން އިރަކުން ގެނެސްދެވޭނީ....

  13. އަވަހަށް އަޕް ކޮއްބަ.. ވަރަށް ސަޅި އިނގޭ... އަމް ވެއިޓިން

  14. އިތުބާރު ގެއްލުވާނުލާށޭ ކިޔާފަ. މިހާރު އެއޮއް އިތުބާރު ގެއްލެނީ އަފީ . ޕްލީސް އަޕް ކޮށްދީބަލަ އަވަހަށް . މިހާރު ހީ. ސީވެސް ނިމިއްޖެއްނު. ޕްލީސް ޕްލީސް.ޕްލީސް.

   13
   2

  ޚިޔާލު

  Your email address will not be published.

  Tiny Teen Tiffany Tatum Pussy Forced Big Cock  Blondie Fesser cocks her massive ass threesome sex  pakistani sex video  jmac porn  De Williams  Russian teen Izi Ashley tight ass hole Hard fucked real 18 yearsold Tiny babe  sanny levon xnxx son fuck mom dogstyle thick hairy pussy
  Tiny Teen Tiffany Tatum Pussy Forced Big Cock  Blondie Fesser cocks her massive ass threesome sex  pakistani sex video  jmac porn  De Williams  Russian teen Izi Ashley tight ass hole Hard fucked real 18 yearsold Tiny babe  sanny levon xnxx son fuck mom dogstyle thick hairy pussy