ލޯގަނޑު - 12

"އާނ.. ދަނީ.. ތި މީހުން ޓެސްޓު އަންނަން އުޅޭ ދުވަސްކޮޅު މާ ގާތް ވެގެން އުޅެންޏާ ކަޑަ ވާނެއްނު." އައިކިން ގޮސް ތަށި ދޮވެލިއެވެ.

**************

މޫނު ކުނިކޮށްލައިފައި ޝަޔަކް ތަށި ބަހައްޓާފައި ކޮޓަރިއަށް ހިނގައިގަތެވެ. މަލްކާ އާއި ކައިލީ ތަށިތައް ނަގައި ތެލިތަކާއި އެއްޗެހި ދޮވެފައި ބަންޑުން ޖެހިއެވެ.

އައިކިން ދިއުމުން ހޫދު ހުރީ ދޮރުމަތީގައެވެ. ހީވަނީ މަލްކާ ނައިސްގެން ހުންނަ ހެންނެވެ.

ކައިލީ އާއި އެކު ސަކަރާތް ޖަހައިލުމަށް ފަހު މަލްކާ ގެއިން ނިކުންނަން ހިނގައިގަތެވެ. ދޮރުމަތީގައި ހޫދު ހުރިތަން ފެނިފައި އަވަހަށް އިސްތަށިގަނޑު ރީތި ކޮށްލިއެވެ.

ހޫދު ފުރަގަސް ޖަހައިގެން ހުންނަ އިރު އެ ރީތި ކަން ދެ ގުނަވެއެވެ. އިތުރަށް ބައިމަތި ފުޅާ ކަމަށް ވެސް ދައްކައެވެ. މަލްކާ ހުރީ އިތުރު ފިޔަވަޅެއް ވެސް ކުރިއަށް އަޅަން ނުކެރިފައެވެ. މީގެ ކުރުން ދުވަހަކު ވެސް ނުގަންނަ ލަދާއި ޖެހިލުންވުން މިއަދު އެބަ ފެނެއެވެ.

ހޫދު ބަލައިލީ މަލްކާ ކަރުކެހިލި އަޑަށެވެ. ބޭރަށް ދެމިގަންނަމުން މަލްކާ އަންނަން ތަން ދެއްކިއެވެ.

"ވަޓްސް ރޯންގް މަލް؟ ހިނގާ ދާން.. މިހާރު ވަރަށް ލަސް ވެއްޖެ ދޯ." ހޫދު ބެލީ ވަރަށް އާދައިގެ ގޮތަކަށް ވާހަކަ ދެއްކޭތޯއެވެ. އޭރުން އޭނާގެ މަގުސަދު ވެސް ފުރިހަމަ ވާނެއެވެ.

"ނަތިން.. ހިނގާ ދާން.." މަލްކާ ވެސް މަޑުމަޑުން އައިސް ހޫދު އާއި އެއްހަމަ ކުރިއެވެ. މަގުގެ ވަކި ހަމައަކަށް ދެވުނު އިރު ވެސް ދެކުދިން ކުރެ އެއްކުއްޖެއް ވެސް ވާހަކައެއް ނުދައްކައެވެ.

"މަލް… ވާހަކައެއް އެހިއަސް އޯކޭތަ ؟ މަލް ރުޅި ނާންނައްޗޭ.. އޯރ އެލްސް އައި ވިލް ކްރައި.." ނުހަނު ސީރިއަސްކޮށް ހޫދު ބުނެލިއެވެ. މަލްކާއަށް ހީވީ އޭނާގެ މުޅި ދިރިއުޅުން ގަނޑުވި ހެންނެވެ. ފިޔަވަޅު މަތީގައި ގަނޑުވެ ހުރެ ހޫދުގެ މޫނަށް ބަލައިލިއެވެ.

"ކީކޭ؟" ގަބޫލު ނުކުރެވިގެން މަލްކާ އަހައިލިއެވެ. އެއީ ދުވަހަކު ވެސް ހޫދު ވާހަކަ ދެއްކި ގޮތެއް ނޫނެވެ. އެ ސަކަ މިޒާޖެއް ވެސް ނެތެވެ.

"ސުވާލެއް ކޮށްލިޔަސް އޯކޭ ހެއްޔޭ.. މަލް އަހަރެން ދެކެ ރުޅި ނާރައްޗޭ.. އިފް ވީ ވޮނަ ސްޓޭ އެސް ފްރެންޑްސް.. ވީ ކޭން.. ސޯ.. ދަ ކުއިޝަން އަކީ." ހޫދު ދެ ޖީބަށް އަތް ޖަހައިލިއެވެ. މަލްކާ ހުރީ ބޮޑު ޝޮކެއްގައެވެ. އަނގަ ހުޅުވި ގޮތަށް ލައްޕަން ނޭނގިފައެވެ.

"ސުވާލަކީ… މަލް އަހަރެންގެ—"

"އޭ ހޫދޫ… ކީއްތިކުރަނީ މިހާ ދަން ގަޑިއެއްގަ.. އެވެސް މަންޖެ އަކާ އެކީގަ.." ޝަޔާން ގެ އަޑު ނުހަނު ކައިރިން އިވުމުން ހޫދު އާއި މަލްކާ ދިޔައީ ސިއްސައިގެންނެވެ.

"އަ.. އަހަރެން.. ނުކުރަން ކަމެއް… އެއީ މި މަލްކާ ގެއަށް ލައިދޭން މި ދަނީ.. ދޯ މަލް.." ހޫދު އަވަހަށް މައުޟޫޢު އޮޅުވައިލިއެވެ. މަލްކާ ފުންނޭވައެއް ލިއެވެ.

"އެހެންތަ؟ ހިނގާބަލަ މަށާއެކީ.. މަވެސް މި ދަނީ ތި ތަންގަނޑަށް." ޝަޔާން ބައިވެރިވުމުން ދެކުދިންނަށް ދެކޮޅު ހަދާކަށް ނުކެރުނެވެ. ޝަޔާން ހުރުމުން މަލްކާ އެއްވެސް ވާހަކައެއް ނުދައްކައެވެ. ވާހަކަ ދައްކަމުން ދިޔައީ ހޫދު އާއި ޝަޔާން އެވެ.

"ވީ ވިލް ޓޯކް އެބައުޓް އިޓް ލޭޓަރ." މަލްކާ ގެއަށް ވަންނަން ދިއުމުން ހޫދު ވައި އަޑުން ބުނެލިއެވެ. ބޯޖަހައިލައިފައި މަލްކާ އެތެރެއަށް ވަންނަން ދިޔައެވެ.

ނިދައިފައި އޮތް ކައިލީ އަށް ހޭލެވުނީ ކަރުހިއްކައިގަނެގެންނެވެ. ބެޑްސީޓު ކަހައިލުމަށް ފަހު މޭޒުމަތީގައި ހުރި ފެންފުޅި ނަގާށެވެ. ނަސީބު ދިމާކުރި ގޮތުން އެ ފުޅީގައި އެންމެ ފެންފޮދެއް ވެސް ނެތެވެ.

"ޝިޓް.." އޭނާ ހިނގައިގަތީ ބަދިގެއާއި ދިމާއަށެވެ. ކިތަންމެ ޖެހިލުން ވިޔަސް މި ޖެހެނީ ދާށެވެ. ކައިލީ ދޮރު ހުޅުވައިލައިފައި ދެފަރާތް ބަލައިލިއެވެ. ކޮޓަރީގެ ދޮރު ނުލައްޕައި ކުރިއަށް ހިނގައިގަތެވެ.

ފަނޑު އަލީގައި އެ ގޯޅި ފެންނަގޮތް ނާމާނެވެ. ކުއްލިއަކަށް ކައިލީ އަށް ފެނުނީ ކުއްޖަކު ކުރި ކަނޑައިލިތަނެވެ. ސިހިފައި އޭނާ މޭގައި އަތް އަޅައިލިއެވެ. ނިދިފައި ހުރުމުން ވި ވަހުމެއް ކަމަށް ނިންމައިފައި ކައިލީ ހިނގައިގަތެވެ. ނަމަވެސް ފައި ތުރުތުރު އަޅަމުން ދިޔައެވެ.

ސިޓިންރޫމަށް ނިކުމެވެން އުޅެނިކޮށް ވާތް ފަރާތުން ދަބަރު އަޑު އިވުނެވެ. ކަނާތު ފާރާއި ލައި ތަތް ވެލައިގެން ކައިލީ އެދިމާއަށް ބަލައިލިއެވެ. ގުދަނޭ ކިޔާ ކޮޓަރީގެ ދޮރު ހުރީ އެއްކޮށް ހުޅުވިފައެވެ.

"ދަރިފުޅާ.. ނޫން.. އަހަރެންގެ ދަރިފުޅު.. ނޫން އެކުއްޖާ ނެރެދީ އެތަނުން.." އެތެރެއިން އިވުނީ ރުއިމާއި އެކުވެގެން އައި އަންހެން އަޑެކެވެ. އެއަށްފަހު ބަރު އަޑެއް ކިޔައިފައި ބިއްލޫރި އެއްޗެއް ތަޅައިގެން ދިޔަ އަޑު އިވުނެވެ.

ބިއްލޫރި ކޮޅުތައް ވިއްސިގެން އެތިކޮޅެއް ކައިލީގެ ފައިގެ ކައިރިއަށް ޖެހުނެވެ. ކައިލީ އޭތި ކޮޅަށް ރަނގަޅަށް ބަލައިލިއެވެ.

"ލޯގަނޑު…" އޭނާ އެއަށް ބަލަން ހުރެފައި ބުނެވުނެވެ. އެއިން ލޭގެ އަސަރު ވެސް ފެންނަން ހުއްޓެވެ. ކައިލީ ގެ ދުލަށް އައި ހައި ހެޔޮ އެއްޗެއް ކިޔަން ފެށިއެވެ. ދާހިތްލައިފައި ވުމުން ނިދާ ހެދުން ވަނީ ގައިގައި ތަތްލުވާފައެވެ.

"ކައިލީ... .." ވައި އަޑަކުން ގޮވައިލުމުން ކައިލީ އިސްއުފުލައި ބަލައިލިއެވެ. އެވަގުތު އޭނާގެ މޭގަނޑު އަނގަޔަށް ނައީ ކިރިޔާއެވެ. ބޭއިޙްތިޔާރުގައި ބާރަށް ހަޅޭއްލަވައިގަނެވުނެވެ. ކުރިމަތީގައި ހުރީ ކުޑަ ފިރިހެން ކުއްޖެކެވެ. އެކުއްޖާގެ ދެއަތް ކުރެން އަތެއް ނެތެވެ. ލައިގެން ހުރި ޓީޝާޓު ތަތްތެޅިފައި ވަނީ ލެއިންނެވެ.

ހަޅޭއްލަވަމުން ކައިލީ ކޮޓަރިއާއި ދިމާއަށް ދުއްވައިގަތެވެ. އޭރު އޭނާއަށް ހުރެވުނީ ރޮވިފައެވެ. ކޮޓަރީގެ ދޮރު ގެ ތަޅުގައި ހިފައިލިއިރު ހުރީ ތަޅުލައިފައެވެ. ނަމަވެސް އެއީ އޭނާ ދެންމެ ހުޅުވައިފައި ދިޔަ ދޮރެކެވެ.

"ޝަޔާ.. ޝަޔާ.. މި ދޮރު ހުޅުވަބަލަ.. ހެޔޮ ނުވާނެ." ކައިލީ ތެޅުނު ހާ ބާރަކަށް ދޮރު ގައި ތަޅަން ފެށިއެވެ. އޭނާ ހުރީ އެ ބިރުވެރި ސޫރަ ފެނުނު ދިމާއަށް ބަލަން ވެސް ނުކެރިފައެވެ.

އިރުކޮޅަކުން ޝަޔަކް އައިސް ތަޅުގައި ހިފައި އަނބުރައިލި އަޑު އިވުނެވެ. ކައިލީ ﷲއަށް ހަމްދު ކުރިއެވެ.

"މީ ދެން ކިހާ ދެރަ ކަމެއް ދޯ.. މީހަކަށް ނިދާވެސް ނުލެވޭ މި ބީތާ އަކާ ހެދި." ނިދިމަތީގައި ހުރެ ޝަޔަކް ހަޅޭއްލަވައިގަތެވެ. އެ ދެ ޖުމްލަ ވީ ކައިލީގެ ހިތް ފުނޑު ފުނޑު ކޮށްލި ދެ ޖުމްލައަށެވެ. އެންމެ ގާތް މީހާ އެހެން ބުނުމުން ލޮލުން ކަރުނަ ނީރައިލިއެވެ.

"ޝަ.. ޝަ.. ޝަޔާ… ދެންމެ މިތާގަ ހުރި.. އެއްޗެއް." ކައިލީ އެދިމާއަށް އިޝާރާތް ކޮށްލިއެވެ. ކުޑަކޮށް ލޯބޮޑު ކޮށްލައިފައި ޝަޔަކް ބޭރަށް ބޯ ދިއްކޮށްލިއެވެ.

"ކޮން ޗެޗެޗެކޭ ކިޔާކަށް.. މަ ބިރުގަންނަވަން އުޅޭނެ ކަމެއް ނެތޭ.." ޝަޔަކް ބުމަ ތިރިކޮށްލިއެވެ. "ދެން ވެސް ހުންނަނީތަ މިތާގަ.. ވަންނަން އުޅޭ.."

ކައިލީ އެދިމާއަށް ބަލައިލިއެވެ. އެއްވެސް ހިލަމެއް ނެތެވެ. ގުދަން ކޮޓަރީގެ ދޮރު ހުރީ ލައްޕާފައެވެ. އޭރު ފެނުނު ކުދި ކުދި ލޯކޮޅުތައް ވެސް ފެންނާކަށް ނެތެވެ. އަޖައިބު ވެފައި ހުރެ އޭނާ ކޮޓަރިއަށް ވަދެ އެނދާއި ދިމާއަށް ދިޔައެވެ.

ތުން އޫކޮށްގެން ހުރެ ޝަޔަކް އައިސް ގޮދަނޑި އަށް ވެއްޓިގަތެވެ.

****

ހެނދުނު އިރު އެރީއްސުރެ ކުނާލް އުޅުނީ ފޮށި ތައްޔާރު ކުރުމުގައެވެ. އަލަމާރިން ފަހަރަކު އަންނައުނެއް ނަގައި ފާޑު ކިޔުމަށް ފަހު ފޮއްޓަށް ލާތަން ބަލަން އަމަން ހުރީ ހިޔާލެއްގައެވެ.

"އަމަން.. މި ޖިންސުތެ؟ ނޯނުއްވާ މީތި ތެ؟ ކޮންއެއްޗެއް ގެންދާން ވޫ؟" (އަމަން.. މި ޖިންސްތަ؟ ނޫނީ މީތި ތަ؟ ކޯއްޗެއް ގެންދަންވީ.) ކުނާލް އަތަށް ކަޅު ޖިންސަކާއި ނޫ ޖިންސެއް ލައިގެން ހުރެ ކިޔަމުން ދިޔައެވެ.

"އިނބަ ބޭނުން އެއްޗެއް ގެންގޮހޮއި." (ކައެ ބޭނުން އެއްޗެއް ގެންދޭ..) އަމަން ޖަވާބު ދިނެވެ.

ކުނާލް ނޫކުލައިގެ ޖިންސް ފޮއްޓަށް ލުމަށް ފަހު ކަޅު ޖިންސް އަލަމާރިއަށް ލިއެވެ.

"ދޮންބޭ…" ބޭރުން ކުޑަކުއްޖަކު ދުވަމުން އައިސް ކުނާލް ގެ ގައިގައި އޮޅުލައިގަތެވެ.

"ޔާން.." ކުނާލް ކަޔާން އުރައިލިއެވެ.

"ދޮންބެ ދަނުތެ؟"( ދޮންބެ ދަނީތަ؟) ހިމަ އަޑަކުން ކަޔާން އަހައިލިއެވެ. ޖަވާބުގައި ކުނާލް ބޯޖަހައިލިއެވެ.

***

ނަވާލް ގެއިން ނިކުތީ ބުރުގާ ރީތި ކޮށްލަމުންނެވެ. އޭރު ޖޯލި ފަތީގައި މަލްކާ އާއި ހޫދު ގެ އިތުރުން އައިކިން ތިއްބެވެ.

"ކޮބާ ފައިނަލް ޕްލޭން އަކީ؟" ނަވާލް ޖޯއްޔަކަށް ވެއްޓެމުން އަހައިލިއެވެ. އެވަގުތު މަލްކާގެ މޫނުމަތީގައި ވިހަ ހިނިތުންވުމެއް ކުޅެލިއެވެ.

"އާދޭ.. ކިޔައިދޭނަމޭ." މަލްކާ ނަވާލްގެ މުލައްދަނޑީގައި ހިފައި ނަގައިގެން ތަންކޮޅެއް ދުރަށް ގެންދިޔައެވެ. ހޫދު މަލްކާ އާއި ދިމާއަށް ބޮޑުވައިއިނގިލި ދިއްކޮށްލިއެވެ.

"ކޮބާ..ކޮބާ… ކަލޭ ކުރަން ޖެހޭ ކަންތައް ކުރޭ.." ހޫދު އައިކިން ގެ ކޮނޑުގައި ޖަހައިލިއެވެ. އެވަގުތު އައިކިން ކަރަންޓް ޖެހުނުހެން ތެދުވެގެން ހިނގައިގަތެވެ.

"ދެން ހަމަ ދާން ވީތަ؟" ވަކި ހަމައަކުން މަޑުކޮށްލައިފައި އައިކިން އަހައިލިއެވެ.

"އާނއެކޭ ދާށޭ… އެންޑް ގުޑް ލަކް ބްރޯ.." ހޫދު އެއްލޯމަރައިލިއެވެ.

އަނބު ގަސްދޮށުގެ ވަށައިގެން ރާނައިފައިވާ ތިން ފޫޓު ފާރުބުރީގައި ކައިލީ އިށީނދެގެން އިނީ ފިލާވަޅު ދަސްކުރާށެވެ. މެންދުރުގެ ހޫނު ގަދަ ވަގުތު ކަމުން އިންތިހާއަށް ހޫނު ވަމުން ދިޔައެވެ.

އެހައި ދުރު ނޫން ހިސާބެއްގައި މަދު ފަޅަން ހައްވަދައިތަ އިނެވެ. ކުރީ ރޭގައި ވި ކަންތަކުގެ ސަބަބުން ހައްވަދައިތަ ގެ މޫޑު އެހައި ރަނގަޅެއް ނޫނެވެ. މިއަދަކީ އާދަޔާ ހިލާފަށް ދަރިފުޅު މަތިން ހަނދާން ވާ ދުވަހެކެވެ. ކައިލީ ގެ މޫނު ފެނުމުން ވެސް އިތުރަށް ދެރަވެއެވެ. އެހެނީ ކައިލީ އާއި ލޫކް މޫނުމަތިން އެއްގޮތް ކަމެއް ހުރެއެވެ.

ސަލާމް ގޮވައިލުމަށް ފަހު އައިކިން ވަދެގެން އައިސް ވަށައިގެން ނަޒަރު ހިންގައިލިއެވެ.

"ކޮބާ ޝަޔާ؟" އައިކިން އަށް ސީދާ ކައިލީގެ ވާހަކަ ބުނަން ނުކެރޭތީ ޝަޔަކް ގެ ވާހަކަ އެހިއެވެ.

"ވެއްޖެ ކޮޓަރީގަ.." ހައްވަދައިތަ ހިނިތުން ވެލައިފައި ގޭތެރެއަށް އިޝާރާތް ކޮށްލިއެވެ.

އައިކިން ގޭތެރެއަށް ވަދެގެން ދިޔައީ ތިރީ ތުންފަތުގައި ދަތް އަޅައިގެން ހުރެއެވެ. ޝަޔަކް ގެ ކޮޓަރީގައި ދެތިން ފަހަރަކު ޓަކި ދިން އިރުވެސް އެއްވެސް އަޑެއް ބަޑެއް ނީވެއެވެ. އެންމެ ފަހުން އޭނާ ދޮރުހުޅުވައިލިއެވެ.

ބަންޑުން ޝަޔަކް އޮތީ ދެ ކަންފަތަށް ހެޑްސެޓް ގުޅައިގެންނެވެ. މިފަހަރު ސިއްސުވައިލާނަމޭ އައިކިން ވަދެގެން އައިސް އެނދަށް ވެއްޓިގަތެވެ. އެވަގުތު ޝަޔަކް އެއްލިގެން ދިޔައެވެ.

"ހޭ އައިކިން…" ލަވަ ޕޯޒް ކޮށްލުމަށް ފަހު ޝަޔަކް އެނދަށް ކޮޅަށް އެރިއެވެ. އައިކިން އެނދުގައި ޖައްސައިލައިގެން އޮތީއެވެ.

"ހޫމް… ކީއްކޮށްލަނީ.. ކޮބާ ލިލީ؟" އައިކިން އަހައިލިއެވެ.

"ކަލަޔާ ނުލާގެ ލިރިކްސް ދަސްކުރަނީ.." އައިކިންގެ ކައިރީގައި އޮށޯވެލަމުން ޝަޔަކް މޫނު ހަދައިލިއެވެ. އެހާ އަވަހަށް ކައިލީ ގެ ވާހަކަ އެހުމުންނެވެ.

"އެހެންދޯ.. ލިލް ކޮބާ؟" އައިކިން އަނެއްކާވެސް ސުވާލު ތަކުރާރު ކޮށްލިއެވެ. ޝަޔަކް ދެ ކޮނޑު އަރުވައިލިއެވެ.

"ދެން އައިކޫ… މިހާ ކިއުޓް ކޮށް ތިއްބާ ކީއްވެ ކައިލީގެ ވާހަކަ ތި ދައްކަނީ ؟؟؟" ޝަޔަކް ހިތުން ހަޅޭއްލަވައިގަތެވެ.

ފޮތް ހިފައިގެން ކައިލީ އައީ ކޮޓަރިއަށެވެ. ދޮރުމައްޗަށް އެރުނު ވަގުތު ފެނުނު މަންޒަރަކުން ފިތްކަނޑައިގެން ދިޔައެވެ. ނޭނގޭ ކަމަށް ހަދައިފައި އަވަހަށް ދާން ހިނގައިގަތެވެ. އޭރު ބޮލަށް ހުރީ ފާޑެއްގެ ގޮތެއް ވެފައެވެ. މިއީ އޭނާ ދުވަހަކުވެސް ފެންނަން ބޭނުންވި މަންޒަރެއް ނޫނެވެ.

ކައިލީ ބޭރަށް ނިކުންނަން ހަދައިލި ވަގުތަކީ ހޫދު އާއި މަލްކާ ވަންނަން އުޅުނު ވަގުތެވެ. ކައިލީ ގޮސް ޖެހުނީ މަލްކާގެ ގައިގައެވެ.

"އުޕްސް…" ވެއްޓުނު ފޮތް ނަގައިގެން ބީރައްޓެހި ގޮތަކަށް ކައިލީ ނިކުމެގެން ދިޔައެވެ. މަލްކާ ހޫދުއަށް ބަލައިލައިފައި ކޮނޑު އަރުވައިލިއެވެ.

"އެ ވެދާނެ ޖެހުނު ގޮތަކުން ތަދުވީ ކަމަށް ވެސް… ނޫނީ އެހާ މޫޑެއް ނެތީ ކަމަށް ވެސް." ހޫދު ބުނެލިއެވެ.

"އެޔެއް ނޫނޭ.. މިމީހުން އައީ ޝަޔަކް ކައިރީ އެވާހަކަ ދައްކާށެއްނު.." މަލްކާ އެތެރެއަށް ވަދެގެން ދިޔައެވެ.

މަލްކާ ޝަޔަކް ގެ ކޮޓަރީގެ ކުރިމައްޗަށް އެރެވުނު ވަގުތު ފެނުނު މަންޒަރަކުން ދެފަރާތަށް ބޯ ހޫރައިލިއެވެ.

"ޕިސް ޕިސް… މި ދެމީހުން އެއްފަދަ ބޭބީ ތަކެކޭ.." މަލްކާ އެތެރެއަށް ވަދެގެން ދިޔައެވެ. ހޫދު އައިސް ބޯދިއްކޮށްލިއިރު ޝަޔަކް އާއި އައިކިން ދެކުދިން ދެކުދިންނަށް ބާލީސް ހޫރުވަނީއެވެ.

"މަ ވެސް ލައްވާ.." ހޫދު ގޮވައިލިއެވެ.

"ކިހިނެއްވީ ލިލީ އަށް.. ވަރަށް ފާޑަކަށް ނިކުމެގެން ދިޔައީ.." މަލްކާ ގޮނޑީގައި އިށީނަމުން އަހައިލިއެވެ.

"ކޮންތަނަކުން ނިކުތީ.." އައިކިން ހާސްވީ ވަކި މިންވަރަކަށް ނޫނެވެ.

"މި ކޮޓަރިއިން ކަން ނޭނގެ… ތި މީހުން ތުޅޭތީ ހާޑްވީ ދޯ." ހޫދު ބާލީސް ހޫރައިލަމުން ބުނެލިއެވެ.

އައިކިން އަށް ހީވީ މީހަކު ބޮލުގައި ގާގަނޑަކުން ޖެހިހެންނެވެ. ބޭއިޙްތިޔާރުގައި ދެލޯ ބޮޑު ކޮށްލެވުނެވެ. ޝަޔަކް ސިއްރުން ހިނިތުން ވެލިއެވެ. އޭނާގެ މަގުސަދު ހާސިލް ވަނީއެވެ.

ނުނިމޭ

ސޮރީ ފޯރ ދި ލޭޓް އަޕްލޯޑް ގައިޒް... 😋

  Please log in or register to bookmark.
  2k

  14 ޚިޔާލު

  1. އޭން ގެ އީމެއިލް ފޮނުވާލަދީބަލަ 😊އެންޑް ބައިދަވޭ ވާހަކަ ވަރަށް ރީތި

  2. ބިރެއް ނުގަނޭ އަޅުގަނޑެއް
   ރޯދަމަހުގެ ވެސް ވާހަކަ އަޕްލޯޑު ކޮއްދެއްޗޭ

   2
   1
  3. ހައި އާން

  ޚިޔާލު

  Your email address will not be published.