ލޯބިވާ ކޮއްކޮ - 1

ދަންވަރުގެ ހަމަހިމޭން ވަގުތެވެ. ޝައިނާ އިނީ ހަމަ ރޯންށެވެ. އެ ހިތާމަވެރި ހާދިޘާ އަށް ފަހު ޝައިނާ ގެ ކަމަކީ ހަމަ ރުއިމެވެ. މިއަދުވެސް ޝައިނާ އިނީ އޭނާގެ އެ ބަނަ މާޒީގެ ހަނދާން ތަކަށް ގެނބިފައެވެ.

2 މަސް ކުރި ، " ސައި ކޮއްކޮ ނުދުވެބަލަ، ދޮންތަ ވަރުބަލި ވެއްޖެޔޭ ! " ހީހީފަ ދުވަމުން ދިޔަ 8 އަހަރަކަށް ދާ ސައިރާގެ ފަހަތުން ޝައިނާ ދިޔައީ ވަރުބަލި ވެފައިހުރެއެވެ. ސައިރާ އަކީ ނޫ ކުލައިގެ ކަޅިއެއް ލިބިފައިވާ ދޮން ، މަ ޑު ހަންގަނ ޑެއް ލިބިފައިވާ ސަކަ މިޒާޖެއްގެ އަންހެން ކުއްޖެކެވެ. ހަމަ އެގޮތަށް ޝައިނާ އަކީ ވެސް ދޮން ، މަޑު ހަންގަނޑެއް ލިބިފައިވާ ކުއްޖެކެވެ. ޝައިނާގެ ހުންނަ ތަފާތަކީ އެ މަޑު ފެހި ކުލައިގެ ކަޅިއެވެ. އެދެކުދިންނަކީ ވަރަށް ގުޅޭ އެކީ މަޖާކުރާ ، ސަކަރާއި ޖަހާ ދެކުދިންނެވެ. މިއަދަކީވެސް ހަމަ އެކަހަލަ ދުވަހެކެވެ. ސައިރާ އަކީ ޝައިނާ އަށް ވުރެ ކުޑަކުއްޖެއް ކަމުގައިވިއަސް އެތަނުން އެންމެ ބާރަށް ދުވަނީ ސައިރާ އެވެ.

" ސައިރާ ތި ފޮތް ދީބަ ދޮންތި ފިލާވަޅު ހަދަން ވެއްޖެޔޭ ! "

" ނޫން ނުދޭނަންް ދޮންތާ ! ދޮންތަ އަދި މިއަދު ސައިއާ އެއްކޮށް ނުވެސް ކުޅެޔޭ ، ދޮންތަ ތިއިންނަނީ މިއަދު ހަތަރު ދަމުން ތިޔަ ފޮތެއް ނަގައިގެން ފިލާވަޅު ހަދަންށޭ ކިޔާފައެވެ. އަދިވެސް ހަމަ ނުނިމެނީތަ ؟ ނޫޅެން ނުދޭނަން "

ދެން ސައި ތީ ދޮންތި މާދަމައަށް ނިންމަން ޖެހޭ ފިލާވަޅެކޭ ! " ޝައިނާ ބާރަށް ދުވެފަ ގޮސް ސައިރާއާ އެއްވަރު ކުރި އެވެ. ސައިރާ އަތުން ފޮތް އަތުލިއެވެ. " ދޮންތަ ސައި ދެކެ ލޯއެއްބެއް ނުވެ ، ކޮއްކޮ މަރުވިޔަސް ދޮންތަ ދެރައެއް ނުވާނެ "

" ސައި ކޮއްކޮ މަރެއް ނުވާނެއޭ ، އެކަށްކުވެސް މަރެއް ނުވާނެ " " ނޫން ދޮންތާ ކޮންމެ މީހަކުވެސް ކޮންމެސް ދުވަހަކުން މަރުވާނެއެ "

" ޕިސް ، ޕިސް ސައި އަނިއްކާ މިއަދުވެސްް ، ދޮންތަ ބުނީމެއްނު އެކަށްކުވެސް މަރެއް ނުވާނެއެވެ . އެއީ މީހުން ކުދިން ބިރުގަންނުވަން ކިޔާ އެއްޗިއްސޭ ! ދެން ތި ވާހަކަ ނުދައްކާ އާދެ ކާޓޫން ބަލަން "

ޝައިނާ އަކީ 13 އަހަރު ވާ އިރުވެސް އިސްލާމް ދީނާއި ދުރުގައި އުޅޭ ކުއޮޖެކެވެ . މަރަކީ ޝައިނާ އެއްގޮތަކަށްވެސް ޤަބޫލުކުރާ އެއްޗެއް ނޫނެވެ . އެކަމަކު ސައިރާ މިއާ މުޅިން އިދިކޮޅެވެ . ފަރުޟު ފަސް ނަމާދު ބަރާބަރަށް އަދާ ކުރާ ކުއްޖެކެވެ . މަރަކީ ކޮންމެ މީހަކުވެސް ކުރިމަތި ލާންޖެހޭ އެއްޗެއް ކަން ސައިރާ ޤަބޫލުކުރެއެވެ .

" ސައިރާ ، ޝައިނާ އާދޭ މަންމ އާ އެއްކޮށް ނަމާދު ކުރަން . " ސައިރާ އަށް އޭނާގެ މަންމަ ޝިއުނާ ނަމާދަށް ގޮވިކަން އެނގުމުން ޓީވީ ނިއްވާލާފަ ދިޔައީ އަވަހަށް ނަމާދު ކުރާށެވެ . ޝިއުނާ އަކީ ވެސް ނަމާދު ކުރާ އަޙުލާގު ރަނގަޅު މީހެކެވެ . ޝިއުނާ ވެސް މިހާރު ޝައިނާ އަށް އެތަށް ފަހަރެއްގެ މަތިން ވިސްނަދީފިއެވެ
.
-- ނުނިމޭ --

ނޯޓް : މީ އަޅުގަނޑު މި ސައިޓަށް ލާ ފުރަތަމަ ވާހަކަ ކަމުން މި ވާހަކައިގަ އެއްވެސް ކުށެއް ވާނަމަ އަޅުގަނޑު އެ ކުށަށް ކިޔުންތެރިންގެ ކިބައިން ނިހާޔަތަށް މާފަށް އެދެމެވެ. ކިޔުން ތެރިންނަށް މި ވާހަކަ ރީތިވާނެ ކަމަށް އުންމީދު ކުރަމެވެ. މި ވާހަކަ ކިޔުން ތެރިންނަށް ކިޔަން ލިބޭނެ އިރާދު ކުރެއްވިއްޔާ ކޮންމެ ހަފްތާ އެއްގެ ހުކުރު ނޫނީ ހޮނިހިރުދުވަހުއެވެ .

    Please log in or register to bookmark.
    2k

    26 ޚިޔާލު

    1. ވާހަކަ ވަރަށް ރީތި!
      މިހާތަނަށް ކީ އެންމެ ރީތި ވާހަކަތަކުގެ ތެރެއިން އެއް ވާހަކަ މީ!!!
      ގުޑް ޖޮބް އެންޑް ވަންސް އަގޭން ވާހަކަ ވަރަށް ރީތި ❤️

    2. ވަރަށް ރީތި ވާހަކައެއް. ތޫބާ ވާހަކަ ވެސް ލިޔަންތަ. ވަރަށް ރިީތި ވާހަކަ އެއް
      ކީޕް އިޓް އަޕް!

    ޚިޔާލު

    Your email address will not be published.