ކައިވެނި 3 - 1

މާލޭގެ މަގުތަށް ފުރިބާރުވެފައިވީ ވަގުތެކެވެ. ހެނދުނުގެ 9 ޖެހީއެވެ. ބާރު ދުވެލީގައި ދުއްވާ އެއްޗެހި ދުއްވަމުންދިޔައެވެ. ޝާއިރާވެސް ދުއްވުނު އެންމެ ބާރަކަށް ސައިކަލު ދުއްވަމުން މަސައްކަތް ކުރީ އަވަހަށް އޮފީހަށް ދިއުމަށެވެ. ކަޅު ގަމީހަކާއި ކަޅު ޖިއްސެއް ލައިގެން ޝާއިރާ ހުރި އިރު ހީވަނީ އޮފީހެއްގެ ބޮޑެއް ހެންނެވެ. ބޯ މައްޗަށް އެއްލާފައި އޮތް ޝޯލް ވަޔާ ވިހުރެމުން ދެއެވެ. އޮފީހަށް ވައިން ގޮތަށް ޝާއިރާ އަވަސްވެ ގަތީ މަސައްކަތްތައް ފެށުމަށްށެވެ.

"ހާދަ ލަސްވީ މިއަދު؟ އަހަރެން މިހާރު ފޫހިވެގެން ހަލާކުވެއްޖެ ޝާއިރާ ނައިސްގެން" ޝާއިރާގެ ކައިރީގައި އިން އަސްމާ ބުނެލިއެވެ.

"ލަސް ވާނޭނުން ... ހީވަނީ ބަކަރިތަކެއް ކޮށިން ދޫކޮށްލައިން އުޅޭހެން.. މަގުމަތިފުރިފަ... އެހާ އަވަހަށް ނިކުތީމަވެސް މީ ވީ ވަރަކީ" ހިނިގަނޑެއް ޖަހާލަމުން ޝާއިރާ ބުންޏެވެ.

" އަހަރެން ނަސީބު މިތާ ކައިރީގަ ގެ އިންނަކަން" އަސްމާ ބުނެލި އެވެ.

"ޔެސް... ލަކީ ޔޫ..."

ކޮންމެއަކަސް އެންމެން ވެސް އުޅުނީ އެންމެންގެ މަސައްކަތަކައިގެން އަވަދި ނެތިއެވެ. ޝާއިރާގެ މަސައްކަތްތައްވެސް އޭރު ހުރީ ފުނި ޖެހިފައެވެ. ލަހެއް ފަހެއް ނުކޮށް ބެލީ މަސައްކަތްތައް ނިންމާލެވޭތޯއެވެ. ސިއްސައިގެން ގޮސް ބަލާލެވުނީ ޝާއިރާގެ ކޮނޑުގައި އަސްމާ ޖަހާލީމައެވެ.

"ތެދުވޭ" ވަރަށް ސިއްރުން އަސްމާ ބުނެލިއެވެ. ޝާއިރާ ތެދުވި އިރު އޮފީހަށް ކޮންމެވެސް މީހަކު އައިސްގެން އުޅެއެވެ. އޮފީހަށް ޖޮއިން ކުރި ފަހުން އަދިވީ އެންމެ މަހެއް ކަމުން އެއީ ކާކު ކަމެއް ޝާއިރާއަކަށް ރޭކައިވެސް ނުލައެވެ. ކޮންމެވެސް މަތީ މީހެއްކަން އިނގެއެވެ. ރީތި ހަށިގަނޑެއްގެ ވެރިއެކެވެ. ރީތިކަމުގެ ލާމަސީލު އިންސާނެކެވެ.

" ރީތި ބިޓެއްދޯ... ލިބޭ ނަމަ ކޮން ފަދައެއް!" އަސްމާ ސިއްްރު ސިއްރުން ހިނިގަނޑެއް ޖަހާލާފައި ބުންޏެވެ.

އެމީހަކު ޝާއިރާއާއި ދިމާލަށް ބަލައިލިއެވެ. އެވަގުތު ޝާއިރާގެ ހިތަށްވެސް ގޮތެއްވި ކަހަލައެވެ.

"ކޮން ނަމެއް ކިޔަނީ؟ ހިތް ހަމަ ޖެހޭތަ މިތަން؟" އެމީހަކު އަހާލިއެވެ.

"ޝާއިރާ ކިޔަނީ... ވަރަށް ހިތްހަމަ ޖެހޭ ހަމަ"

އެވަގުތު ފަހަތުން ކޮންމެވެސް ބޮލީވުޑުގެ އިޝްގީލަވައެއް އިވުނު ކަހަލައެވެ. އެމީހާ ދިޔުމުން ޝާއިރާ އަސްމާ ކައިރިއަށް ގޮނޑި ދަމަމުން ދިޔައެވެ.

" އޭ ހަމަ އަސްލު... ހާދަ މޭންލީ މީހެކޭ.. އޭނަ އަގައިން ބުނި އިރަށްވެސް ހީވި ބޮލީވުޑްގެ ލަވަތައް ބެކްގުރައުންޑުގައި ގުގުމާލިހެން... ވަރަށް ފިޓް މީހެއްދޯ..ކާކުތަ އެއީ" ޝާއިރާ އަސްމާ ގާތުގައި އަހާލިއެވެ.

"ސާބަސް ދަރިޔާ.. އެއީ އޭނުން ބޮސް އަކީ... އެ އައީ ބޭރުގައި އުޅެފައި އެހެންވެ ކުރިން ނުފެންނަނީ މިތަނުން.. ދެން ފެންނާނެ ..ކުރަޝްވީތަ އަނެއްކާ؟" އަސްމާ ހޭން ފެށިއެވެ.

"ލޯބިވެސް ވެވިއްޖެ" ޝައިރާ ސަމާސާ ރާގަކަށް ބުނެލިއެވެ.

އިއްތިފާގު ދިމާކުރިގޮތުން އޭގެ ދެ މަހެއްހާ ފަހުން އާ އަހަރު ފެށުނެވެ. އޮފީސް އެންމެން ނިންމައިގެން ހުރީ ކައިރި ރަށަކަށް އޯވާ ނައިޓަށް ގޮސްލާށެވެ. އެރޭ އޮފީސް މީހުން ފުރީ 11 ވެސް ޖެހި ފަހުންނެވެ. ކަނޑު ގަދަކަމުން ރަށަށް ދެވުނު އިރު ބާރަ ޖަހާކަށް މާ ގިނަ އިރެއްވެސް ނެތެވެ. ޝާއިރާއަކީ ކަނޑު މައްޗަށް ބަލި މީހެއް ކަމުން އޭރު ހުރީ ބޮލަށް އެނބުރުން ވެސް އަރާފައެވެ. ރަށަށް ޖައްސާފައި މާ ގިނަ އިރުތަކެއް ނުވަނީސްވެސް 12 ޖަހައިފިއެވެ. 12 ޖެހުމާއި އެކު މުޅިރަށް ގުގުމާލީ ބަޑި ބޭހުގެ އަޑުފައްގަނޑުންނެވެ. މީހުންތައް ލަވަ ޖަހާ ނަށަމުން ދިޔައެވެ. އަހަރެމެން ގޮސް ފޭބީ އަތިރި މައްޗަށްށެވެ. ބާބަކިއު ހެދުމަށް އެއްޗެހިތައް ތައްޔާރު ކުރުމުގައި އެންމެން އަވަދި ނެތި އުޅުނެވެ. އެންމެން އެންމެންނަށް ސަކަރާތް ޖަހާ އާ އަހަރުގެ އުފާ ފާޅު ކުރަމުންދިޔައެވެ. ޝާއިރާ އޭރުވެސް ހަމައަކަށް ނޭޅެއެވެ. ބޯ ގުޑާފައި ހުރުމުން އެންމެންނާއި ތަންކޮޅެއް ދުރުގައި އިން ޖޯލިއެއްގައި ޖައްސާލައިގެން އިނެވެ.ކުޑަކޮށް ރަގަނޅު ވެލަންދެންނެވެ. އެހެން އިންދާ މީހަކު އައިސް ޝާއިރާގެ އަތުގައި ހިފާއިގެން ގަސްތަކު ފަހަތައް ވަނެވެ. އަނދިރިކަމުން ކާކު ކަމެއް ނޭނގެއެވެ. ލިބުނު ސިހުމަކުން ހަޅޭ ލަވައިގަންނާން ޝާއިރާ ތައްޔާރުވިއެވެ. އެހެން ނަމަވެސް އެމީހަކު ޝާއިރާގެ އަގަމަތީގައި އަތް އެޅިއެވެ.

"ޝުޝް.. އަޑު ގަދަ ނުކުރާތި.. ވަރަށް ހާލުން މި ފުރުސަތު މި ހޯދީ.." ޝާއިރާގެ ކުރިމަތީގައި ހުރީ ބޮސްއެވެ.

"ބޮސް..ކި..ކިހިނެއްވީ؟" އޭރު ޝާއިރާގެ ހިތް ދިޔައީ އޭގެ އެންމެ ބާރު މިނުގައި ތެޅެމުންނެވެ"

" ބޮސްއެއް ނޫން..މުނާޒް.. މުނާޒް ކިޔަސް އޯކޭއޭ.. އެހާ ފޯމަލް ނުވެބަ.. ކޮންސިޑާ މީ އޭޒްއަ ފްރެނޑް... "

ހަމަ އެވަގުތައް އަސްމާ ޝާއިރާމެން ހުރި ދިމާލަށް ފޭބިއެވެ.

"އަޅެ ހާދަ ހޯދާފީމޭ... މިތާ މަޑުކޮށްލަބަ އަހަރެން ފެގެއް ބޯލަންދެން އަހަންނާއި އެކީން.. ބޮސް އޯކޭތަ؟" އަސްމާ އަހާލިއެވެ.
"ހޫމް ...ކުރިއަށް ގެންދޭ" މުނާޒް ހިނިތުން ވެލަމުން ބުނެލިއެވެ.

ތިން މީހުން ވެލިގަނޑު މަތީގައި އިށީދެލައިގެން އިނެވެ.

"މިކަހަލަ ތަން ތަނަށް ޓްރެވަލްކުރަން ބޮސް އެހާ ލައިކެއް ނުވޭ ދޯ؟" އަސްމާ އަހާލިއެވެ.

"އެކީއްވެ ލައިކް ނުވާންވީ... މިއަށް ވުރެން ވަކި ރީތި، ހިތްހަމަޖެހޭ ތަނެއް އަހަންނަކަށް ނުހުންނާނެ" މުނާޒް ޝާއިރާއަށް ނަޒަރު ހިންގާލަމުން ބުންޏެވެ.

"އަޅުގަނޑު މިހެން މިބުނީ ދަތުރު އައި ފަހުން ދުރު ދުރުން އުޅޭތީވެ... ހީވަނީ ފޫހިވެގެން އުޅޭހެން..."

"ނޫނޭ... އެކަނިވެލަން ވެސް ޖެހޭނޭނު ބައެއް ފަހަރު"

"ހިނގާދޯ އެކޮޅަށް ދަމާ... އެމީހުން ފޫހިވާނޭނު އަހަރުން މިހެން ދުރު ދުރުން އުޅެންޏާ" ޝާއިރާ ބުންޏެވެ.

" އާން ތެދުވޭ.." އަސްމާ ބުންޏެވެ.

އޭރު އަސްމާ ހުރީ ޝާއިރާއާއި މުނާޒްއަށް ވުރެން ތަންކޮޅެއް ކުރީގައެވެ. މުނާޒް ޝާއިރާގެ އަތުގައި ހިފެހެއްޓިއެވެ. ސިއްސައިގެން ގޮސް ޝާއިރާ މުނާޒް އާއި ދިމާލަށް އެނބުރުނެވެ. އޭރު މުނާޒްގެ މޫނު މަތީގައިވަނީ ހިނިތުންވުމެވެ. ޝާއިރާ ޖެހިލުންވެ ފުން ނޭވައެއް ލާ ހިން ދިރުވާލިއެވެ. އޭރު ޝާއިރާގެ ހިތް ދިޔައީ އޭގެ އެންމެ ބާރު މިނުގައި ތެޅެމުންނެވެ.
އެ ވަގުތައް ޝާއިރާގެ ފޯނު ރިންގު ވާން ފެށިއެވެ. އެއީ ހަޒްބެންޑް ޖަހާފައި އިން ނަމްބަރ އެކެވެ. ޝާއިރާގެ ފޯނު ފެނުމާއި އެކު މުނާޒްގެ މޫނުމަތީގެ ކުލަވަރު ބަދަލުވިއެވެ. މުނާޒް ޝާއިރާގެ އަތުން ދޫކޮށްލިއެވެ.
ޝާއިރާ ތަންކޮޅެއް ދުރަށް ޖެހިލިއެވެ.

"ހަ..ހަލޯ؟" ޝާއިރާ ފޯނަށް ޖަވާބުދިނެވެ.

"މާދަން ދޯ މާލެއަށް ދަނީ.. އެއްޗެއް ކައިގެންތަ ތިއުޅެނީ މިހާރު؟" ޝާއިރާގެ ފިރިމީހާ އާލިމް އަހާލިއެވެ.

"ހޫމް.. އާލިމް ކޮން އިރަކުން މާލެ އަންނަނީ؟ މިހާރު މަހެއް ވަނީ ދިޔައި ފަހުން.. އަހަރެން ހާދަ އެކަނިވެރިވެޔޭ އާލިމް... ގުޅާވެސް ތިލަނީ ހާހަކުން ފަހަރަކު.. ގުޅާ އިރު ފޯނު ވެސް އޮންނަނީ ނިއްވާލާފަ"

" އެއްކަލަ ޝާކުވާތައް ކުރަން ފެށީއެ.. އަހަރެން އެހެންވެ ނުގުޅަނީވެސް ... ގުޅައިފިއްޔާ ފައްޗަކަށް އަމުނާނެ ޝަކުވާތައް... ޝާއިރާ އަށް ހަމަ ރަގަނޅަށް އިނގޭނެ އަހަންނަކީ ބިޒީ މީހެއް ކަން... ދަތުރު ކުރަން ޖެހޭ މީހެއް ކަން... އަހަރެން ވެސް ބޭނުންވޭ ރެސްޓް ކޮށްލަން... އެކަމު މި ހުރިހާ މަސައްކަތެއް މިކުރަނީ ހަމަ އަހަރެމެންގެ ދިރިއުޅުމަށްށޭ...ތެޔޮތަކު ތެރޭ އުޅެ އުޅެ ހުންނަނީ މީހާ ބޯ ގޮވާފަ "

"ތި ހުރިހާ ފައިސާއަށް ވުރެން ވެސް އަހަރެން މިއަދު ބޭނުންވަނީ އާލިމްގެ ލޯބިއޭ... އެހެންވޭ ޝަކުވާ ކުރެވެނީ...ޕްލީޒް އާދެބަ ދެން.."

" ތީ މާ ގިނައިން ފިލްމު ބަލާތީ ކިޔާ އެއްޗެހި... އެޔެއް ނޫނޭ...އަހަރެން ބުނީ މި ހަފްތާ ތެރޭ އަހަރެންގެ މަންމަ މެން ދާނެ މާލެއަށް ހަފްތާއެއް ވަރު މަޑު ކޮށްލާނެ... އަހަރެން ބުނިން އަހަރެންގެ ގޭގައި ހުރެވޭނެޔޭ... މަންމަ މެންނާ އެކީން ޑރ އަށް ދައްކާ ހަދާއިރު ދާތި... ގުޅާނަން ފަހުން..."

"އާ..އާލިމް މަޑުކޮށްބަ.."
..... އާލިމް ފޯނު ކަނޑާލިއެވެ. މާޔޫސް ކަން މަތީގައި ޝާއިރާ ކަންފަތުން ފޯނު ނެގިއެވެ.

"ފިރިމީހާ އަންނަނީތަ މާލެ؟" އަސްމާ އަހާލިއެވެ.

"ނޫން... އޭނަ މަންމަމެން އަންނަނީ ...އެ ވާހަކަ އެ ބުނި....އޭނަ ހާދަ ޗޭންޖް ވެއްޖޭ..." ޝާއިރާ ބުންޏެވެ.

"އެއީ މި ފިރެހެން ވެރީންގެ ވައްތަރު... ނުލިބޭ އިރު ހަނދު ކީއްކުރަން ...އިރުވެސް ނަގާފަ އަތައް ދޭނެ...ލިބުނީމަ ނޫޅޭނެ އެވަރަކުން " އަސްމާ ބުންޏެވެ.

" ތި ވާހަކަ ބާއްވާ ދެން.... މުނާޒް ދިޔައީ ދޯ" ޝާއިރާ އަހާލިއެވެ.

"ހޫމް.. ފާޑާކަށް ހުރެފައި އެ ދިޔައީ... އަހަންނަށް ހީވަނީ އޭނަ ޝާއިރާ ދެކެ ލޯބި ވާހެން"

"ހޫމް ... ވަރަށް ބަލާ... އެންޑް ވަރަށް ފްލާޓްވެސް ކުރޭ....މުއްސަނދިންނަކަށް ނޭނގޭނެ ލޯބިވާކަށް.. އެމީހުންނަށް ފައިސާ ނޫން އެއްޗެއް ނުފެންނާނެ... އެ އުޅެނީ އެހެން ކަމަކުހެން އަހަންނަށް ހީވަނީ"

"ނޫން... ތިހީކުރާހާ ގޯސް މީހެއް ނޫން އެއީ... އައި ނޯ ހިމް ޕާސަނަލީ... ވަރަށް ރަގަނޅު މީހެއް އެއީ... ދުވަހަކުވެސް ނާހަން އޭނަ މީހަކަށް ލަނޑެއް ދީގެން އުޅޭ ވާހަކައެއް އަހަރެމެންނާއި އެއްކޮށް ބޮޑުވި މީހެކޭ އެއީ..."

"އެއީ އަސްމާމެން ރަށު މީހެއްތަ؟"

" ޔާހް... ރަށު މީހެއް އެއީ... ވަރަށް ރަގަނޅު ސޮރެއް އެއީ ސެޓު ކޮށްބަލަ!"

"އަތްޗި... އަހަރެން މީ މީހެއްގެ އަންބެކޭ" ޝާއިރާ އަސްމާގެ ކޮނޑުގައި ޖަހާލާފައި ބުންޏެވެ.

"ނަމަކަށް ދޯ"

އަސްމާގެ ބަސްތަކާއި އެކު ޝާއިރާގެ މޫނުމައްޗަށް ވެރިވީ ހަމަ ހިމޭން ކަމެވެ. އެ ހިތަށް ކޮންމެވެސް ފުން އަސަރެއް ކޮށްފި ކަން ޔަގީނެވެ.

=ނުނިމެ=

  Please log in or register to bookmark.
  3k

  6 ޚިޔާލު

  1. އެއްކަލަ ވާހަކަ..އަބަދު އޮންނަނޯ ދެ ނޭވާ ދޭތެރެއިން އާލިމް ބަދަލުވެފަ 🤦‍♀️

   10
   2
  2. ވަރަށް ރީތި އެކަމް މާ ލަހީ ނެރޭލެއް❤️

  ޚިޔާލު

  Your email address will not be published.