މެންދަން - 1

އުޑުމަތި ރީތި ދުވަހެކެވެ. މާދަމާއަކީ ލަމްހާ އާއި ލަމްހާގެ އާއިލާ އެހެން ގެއަކައް ބަދަލުވާ ދުވަހެވެ. އެކަމަކު މިފަހަރު ބަދަލުވަނީ މާލޭގައި ހުންނަ ގެ އަކައްށެނޫނެވެ. މިފަހަރު ލަމްހާމެން ބަދަލުވަނީ ދެ ތިން ގެ ހުންނަ ރަށެއްގައި ހުންނަ ގެއަކައްށެވެ. ފުރުމުގެ ކުރިން ލަމްހާ ރައްޓެހިން ގާތައް ގޮސްލާ މަޖާކޮއްލިއެވެ. އަދި ލަމްހާގެ ތިމާގެ މީހުން ގާތައް ގޮސް މަޖާ ކޮއްލާ ހެދިއެވެެ. ފުރަން އޮތްރޭ ލަމްހާ ނިދީ ވަރައް އަވަހައްށެވެ. އެއީ ވަރައް ފަތިހު ފުރަންޖެހޭތީއެވެ.

ފަތިހު 00؛04 [ހަތަރެއް] ޖެހިއިރު ލަމްހާ ހޭލައިގެން ، ފެންވަރައިގެން ، ދަތްއުނގުޅައިގެން ، ރީތި ވެގެން ލަމްހާ ލޯންޗު ކައިރިއައް ދިޔައެވެ. ލޯންޗައް އަރައިގެން ފުރިއިރު ލަމްހާ ހުރީ ވަރައް ދެރަވެފައެވެ. އެއީ ދެން ލަމްހާ އުޅެން ޖެހޭނީ ރައްޓެހިންނާއި ތިމާގެ މީހުންނާއި ދުރުގަައިކަމައްވާތީއެވެ. ފަސް ގަޑިއިރު ފަހުން ރަށާހަމައައް އަދެވުނެވެ. އާދެވުނުއިރު ހުރީ ވަރައް ވަރުބަލިފެފައި ކަމުން ގެއައް ގޮސް ފެންވަރާލައިގެން ވަރުބަލިކަން ފިލުވާލަން އެނދުގައި އޮށޯވެލިއެވެ. އިރުކޮޅަކުން ޓީވީ އިން ބަންގި ގޮވާއަޑު އިވިގެން ލަމްހާގެ މަންމަ ފާތުމަ ލަމްހާ ކައިރީގައި ނަމާދުކުރާށޭ ބުނަންދިޔައިރު ލަމްހާ އޮތީ ނިދާފައިއެވެ. އެހެންކަމުން ލަމްހާ ހޭލައްވާފައި ނަމާދުކޮއްގެން ކާން އަންނާށޭ ބުނެފައި ކޮޓަރިން ނިކުމެގެން ދިޔައެވެ. ލަމްހާ އިރުކޮޅެއް ފަހުން އެނދުން ތެދުވެގެން ގޮސް ބޯރީތި ކޮއްލައިގެން ނަމާދު ނުކޮއް ކޮޓަރިން ނިކުމެގެން ކާންހިނގައްޖެއެވެ.

ކައިނިމިގެން ލަމްހާ ދިޔައީ ލަމްހާގެ ބޭބެ ޒުބެއިރު އާއެއްކޮއް އަތިރި މައްޗައްށެވެ. އަތިރިމައްޗައް ގޮސް އެތާގައި އިން ޖޯއްޔެއް ފެނުމުން ލަމްހާ އަވަހައް ލަމްހާގެ ބޭބެ އައް ނުފެންނަނިސް ދުވެފައިގޮސް ޖޯލީގައި އިނށީންދެއްޖެއެވެ. ޒުބައިރު ލަމްހާ ކައިރީގައި ޖޯލިދޭށޭ އާދޭސްކުރިއަސް ލަމްހާ ބުނަނީ ނޫނެކެވެ. އެހެންވެ ޒުބައިރު އައް ޖެހުނީ ހުދު ދޮންވެލިގަނޑު މަތީގައި އިށީންނާށެވެ. އިށީންނުމައް ފަހު ދެ ކުދިން އާދެއިގެ މަތިން ލަމްހާ އާއި ޒުބައިރު ގެ ސިއްރުތައް ކިޔައިދޭން ފަށާއިފިއެވެ. ވާހަކައިގެ ތެރެއައް ގެއްލިފައި އިންދާ ލަމްހާއައް މީހަކު ލަމްހާއައް ގޮވާއަޑުއިވުނުހެން ހީވާތީ ލަމްހާ ސިހުނެވެ. ލަމްހާ ބޭބެ ކައިރީގައި ލަމްހާއޭ ގޮވި އަޑު އިވުނުތޯ އެހީމަ ޒުބައިރު ބުނީ ނުނެކޭއެވެ. އޮޅުން އަރައިފައި ހުރި ޒުބައިރު ލަމްހާ ކައިރީގައި ކިހިނެއްވީތޯ އެހީމަ ލަމްހާ ބުނީ ''ދެންމެ ލަމްކޮ އައް މީހަކު ގޮވިހެން ހީވީމަ އަހާލީ. ވަރައް ބިރުވެރި އަޑަކުން ގޮވިއަޑު އިވުނީ''. ޒުބައިރު އެއީ މާސީރިއަސް ކަމަކައް ނަހަދައި ''އެއީ ލަމްކޮ އައް ހީވިގޮތެއް ކަންނޭގެ. ލަމްކޮ ބިރުގަންްނަންޔާ ހިނގާ ގެއައް ދާން. މިހާރު އުޅޭނެ އަސުރު ނަމާދައް ބަންގިގޮވަން. ނަމާދުކޮއްގެން ވާނެ ބައްޕަ އާއެއްކޮއް ރަށުތެރެ ބަލައިލާންދާން''. މިހެން ބުނެފައި ދެކުދިން ގެއާދިމާލައް މިސްރާބު ޖެހިއެވެ.

ގެއައް ދެވުނުއިރު ބަންގިގޮވައިފިއެވެ. އެހެންކަމުން ދެ ކުދިން ކޮޓަރިއައް ވަދެފައި ފެންވަރާލައިގެން ނަމާދުކޮއްލައިގެން ބޭރައްދާން ރީތިވެލިއެވެ. އެކަމަކު ލަމްހާ ނަމާދެއް ނުކުރެއެވެ. ރީތިވެނިމިގެން ޒުބައިރު އާއި ލަމްހާ ދިޔައީ ލަމްހާ މެންގެ ބައްޕަ އަހްމަދު އާއިއެއްކޮއް ރަށުތެރެ ބަލައިލާންށެވެ. އެންމެ ފުރަތަމަ ދިޔައީ ވަރައް އާސާރީ ވަޅެއް ހުންނަތަނަކައްށެވެ. އެވަޅުތެރޭގައި ހުރީ ހުސް ފެހި ޖަހައިފައެވެ. ލަމްހާ ވަޅުތެރެއައް ބަލައިލި ވަގުތު ލަމްހާ ސިއްސައިގެން ގޮސް ނުވެއްޓުނީ ކިރިޔާއެވެ. ލަމްހާއައް ވަރައް ބާރައް ހަޅެއިލަވާގަނެވުނެވެ.

ލަމްހާއައް ފެނުނީ ކޯއްޗެއްބާ؟

މިއީ އަޅުގަނޑު ލިޔާ ފުރަތަމަ ވާހަކަ ކަމުން ކުޑަކޮއް ކުރުވެދާނެއެވެ. އެކަމަކު ދެން އިންނަ ބައި ދިގުކޮއްލަން މަސައްކަތް ކުރާނަމެވެ.

  Please log in or register to bookmark.
  2k

  16 ޚިޔާލު

  1. ވާރަށް ރީތި ވާހަކައެއް ވަރަށް ތަނަވަސް ހިޔާލެއް 👍

  2. ވަރަށް ރީތި ވާހަކައެއް ވަރަށް ތަނަވަސް ހިޔާލެއް ދެން ވާނީކިހިނެއް ބާ؟

  3. ވަރައް ރީތި ވާހަކައެއް. ކީޕް އިޓް އަޕް ތުއާ.❤️

  4. ވަރައް ބޮޑައް ސޮރީ މެންދަން ގެ 2ވަނަ ބައި ލަސްވާތީ. އެއީ އިންޓަނެޓް މައްސަލައެއް ދިމާވެގެން. ވީހާވެސް އަވަހަކައް އިންޓަނެޓް ލިބުނު ހާ އަވަހަކުން 2ވަނަ ބައި ލިޔަން ފަށާނަން.
   ނޯޓް:𝕥𝕙𝕚𝕤 𝕚𝕤 𝕋ℍ𝕌𝔸 𝕚𝕟 𝕒𝕟𝕠𝕥𝕙𝕖𝕣 𝕕𝕖𝕧𝕚𝕔𝕖

  5. އަދި ކިރިޔަ އިންޓަނެޓް ލިބުނީ. މިހާރު އިންނާނީ ވާހަކަ ލިޔަން ފަށާފައި. ވީހާވެސް އަވަސްކޮއްލަދޭނަން. 3>

  6. މަށަކީވެސް ބަހުގައި އެކުލެވޭ އެއްޗަކީމޭ. 😡😡

  ޚިޔާލު

  Your email address will not be published.