އަނބި ޤަބޫލު ކޮއްފިން - 8

Tiny Teen Tiffany Tatum Pussy Forced Big Cock  Blondie Fesser cocks her massive ass threesome sex  pakistani sex video  jmac porn  De Williams  Russian teen Izi Ashley tight ass hole Hard fucked real 18 yearsold Tiny babe  sanny levon xnxx son fuck mom dogstyle thick hairy pussy

"ޔަޝްމު..." އަތަށް ވެގެންދިޔަ ތަދާއިއެކު އަހަރެން ލޯ ހުޅޫވާލީމެވެ. ކުރިމަތީގައި ހުރި ޒެއިޖް ފެނުމުން އަހަރެން އެ ކަރުގައި އަތް އަޅުވާލެވުނީ ބޭއިޙްތިޔާރުގައެވެ. ޒެއިޖް ކުރީ ސީޓްގައި ހުރެފައި އަހަރެންގެ ކައިރިއަށް އައީ ކިހިނެއް ހެއްޔެވެ. އަހަންނަށް މިވަނީ ކިހިނެއް ހެއްޔެވެ. ނޭނގޭ އާދަޔާ ހިލާފު ބާރުމިނަކުން މިހިތް މިތެޅެނީ ކީއްވެ ހެއްޔެވެ. ކުރިއަށް އޮތް ވިލާގަނޑުގެ ބާރުމިން އެނގެނީ ބާވައެވެ. އަހަންނަށް ގިސްލެވެމުން ދިޔައިރު ޒެއިޖް އެހަރެންގެ އަތް ނައްޓުވާލާކަށް ނޫޅުނެވެ. އަހަރެން ހަމައަކަށް އެޅުމުން މަޑުމަޑުން ދުރަށް ޖެހިލަމުން ސީޓްގައި ހަމަޖެހިލަމުން އަހަރެންގެ މޫނަށް ބަލާލިއެވެ.
އަދިވެސް އެހުރި ގޮތަށް ޒެއިޖް ހުރީއެވެ. އަހަރެންގެ އަތުން ދޫކޮށްލަމުން ފޯނަށް ބަލާލީ ނުރުހުންވެފައެވެ. ނަމަވެސް ދެވަނަ ނަޒަރެއް ނުދިނެވެ. އެހެން ހުރެފައި އަނެއްކާވެސް ބަލާލީއެވެ. އަހަރެން އިސްދަށަށް ޖަހާލަމުން އަތަށް ބަލާލީމެވެ. އަތުގެ ކަށި އިނގިލީގައި އަޅާފައި އޮތް އަނގޮއްޓީގައި ފިރުމާލަމުން އަހަރެން ފުންނޭވާއެއް ދޫކޮށްލީމެވެ. ދުރަށް ބަލާލަމުން އަހަރެން ކާރުގެ ދޮރު ހުޅުވާލީމެވެ. ޒެއިޖް ކުއްލިއަކަށް އަހަންނާއި ކައިރިވަމުން ދޮރު ލައްޕާލީ ރުޅި އައިސްފައެވެ.

"ކޮންތާކަށް ދާކަށް؟..." އިސްތަށިގަނޑު ތެރެއަށް އަތް މަހާލަމުން ޒެއިޖް ބުނެލީ ރުޅި އައިސްފައެވެ. އަހަރެން އެވާހަކަ އަޑު އަހާކަށް ބޭނުމެއް ނުވިއެވެ. ފައިބައިގެން ވާރޭގައި އެޅި ފުރަތަމަ ފިޔަވަޅާއެކު މުޅި މާހައުލުވެސް ހުއްޓުނު ކަހަލައެވެ. ހިތުގައި އުފެދުނު ބިރުވެރިކަން ދެތިން ހަތަރު ގުނަ އިތުރަށް ބުރަވީ ޒެއިޖް އަހަރެންގެ އަތުގައި ހިފުމުންނެވެ.

"ލީވް މީ..." ރުޅި އައި ވަރުން އަހަރެން އަތް ފޮޅާލަމުން ގެއާއި ދިމާލަށް ދުއްވައި ގަނެވުނީއެވެ. ނަސީބު ކަން ދިމާކުރިގޮތުން ތެމޭ ގޮތެއް ނުވިއެވެ. ގެއަށް ވަދެގެން ދިޔައިރު އަހަރެންގެ ރުޅި މައިތިރި ވާގޮތެއް ނުވިއެވެ. އަހަރެންގެ ބައްޕައާއި އަޅުވާފައި ކިޔަން އެއީ ކާކު ހެއްޔެވެ. ނުވި ތާކަށް އަހަރެންގެ ފޯނުވެސް އެއައީ ބައްޕަ އަތަށް ދީފައެވެ.

"ޔަޝްމު..." ޒެއިޖްގެ އަމުރުވެރި ގޮވުމުން މިފަހަރު އަހަރެން ހުއްޓެން މަޖުބޫރު ކުރުވިއެވެ. ފަހަތަށް ބަލާލިއިރު ޒެއިޖް ހުރީ ދޮރު މަތީގައެވެ. ކުޑަކޮށް ތެމިފައި ހުރިއިރު ގައިގައި ގަމީސްވަނީ ތަތްލާފައެވެ. އަހަރެން ބަލަން ބޭނުން ނުވި ނަމަވެސް އެހެން ދިމާލަކަށް ކަޅިއެއް ނުދިޔައެވެ.

"ހޫމް..." އެހެންހުރެ މަޑުމަޑުން އެހެން ބުނެވުނު އިރު ޒެއިޖްގެ މޫނަށް ހިނިތުން ވުމެއް ވެރިވެއްޖެއެވެ. އެރީތި ދެލޯ ދެގުނައަށް ވިދާލި ކަހަލައެވެ.

"ޔަޝްމު ނިއެރާއާ ޖެލަސްވަނީތަ؟..." އަހަރެން ކައިރިއަށް އަންނަމުން ޒެއިޖް ބުނެލީ މަޖާވާ ކަހަލަ ތޮގަކަށެވެ. ދެންމެ އަހަރެންދެެކެ ރުޅި އައިސްފައި ހުރިމީހެކޭވެސް ނުބުނާއެވެ ބުމަ ކައިރި ކޮއްލަމުން އަހަރެން އަވަހަށް ނޫނެކޭ ބުނެލީމެވެ.
"އޯކޭ... އަހަރެން ބުނެލީ ހަމަ..." އަހަރެން ކުރިއަށް ހިނގައި ގަތުމުން އަނެއްކާވެސް ޒެއިޖް ފަހަތުން ބުނެލި އަޑު އިވުނެވެ. އެންމެންނާއި ހިލާފަށް އަހަރެންގެ މިހިތުގައި އާދަޔާ ހިލާފު ވިންދެއް ޖަހަން ފަށައިފިކަން ޔަޤީނެވެ.

ރޭވިހެން ވިއްސާރަވެސް ހުއްޓާކަށް ނޫޅުނެވެ. ކޮޓަރީގެ އޭސީ ނިއްވާލާފައި އަހަރެން މަޑު ކޮއްލައިގެން ހުރީ ބެލްކަނީގައެވެ. ޒެއިޖްގެ ވީތަނެއްވެސް އަހަންނަކަށް ނޭނގެއެވެ. ބޮޑު ބެލްކަނީގެ އެއް ފަރާތުގައި ބަހައްޓާފައިވާ ހުދު ސޯފާ ގޮނޑީގައި އިށީންނަމުން އަހަރެން ލޯ މަރާލީމެވެ. ކޮޓަރިން ގެނައި ރަޖާގަނޑު ގައިމަތީގައި އަޅާލަމުން އަތުގައި އިން ކޮފީ ބެހެއްޓީ ކުޑަ މޭޒުމަތީގައެވެ. އަހަރެންގެ އުޅުމަށް ކުރިންއައި ކަހަލަ ބަދަލެއް އަތުވެއްޖެއެވެ. ކުޑައިރު އަހަންނަށް ވަމުން އައިގޮތްތައް އަނެއްކާވެސް އެބަ ތަކުރާރުވެއެވެ. މިހާރަކަށް އައިސް މިފެންނަނީ ހުވަފެނެއް ނޫންކަން ޔަޤީނެވެ. ހޭލައި ހުންނައިރު އެހެންނާ ނުފެންނާނެ ނޫން ހެއްޔެވެ. ކާރު ތެރޭގައި ހަމަ ގައިމުވެސް އަހަރެން އިނީ ނިދާފައެއް ނޫނެވެ. އަހަންނަށްހީވީ އެހެން ދުނިޔެއަކަށް ދެވުނީ ހެންނެވެ. ނަމަވެސް އެއީ ކާކު ހެއްޔެވެ. ދަންނަ މީހެކެވެ. އަހަރެންގެ ހިތުގައި ހާއްސަ މަޤާމެއް ދެވިފައި އޮތް މީހެއްކަން ޔަޤީނެވެ.

މަޑުމަޑުން ވާރެއަށް ނަޒަރު ހިންގާލައިގެން އަހަރެން އިނީއެވެ. އަހަރެންގެ ކައިވެނި ކުރެވުނީ ގަދަކަމުންނެވެ. އަހަރެންގެ މަންމަގެ ކަރުގައި ވަޅި ޖައްސައިގެންނެވެ. ޒެއިޖްއަށް ހީވެފައި އޮންނަނީ އަހަރެން ހަމަ ހުރެލާފައި އަހަންނަށްވުރެ އުމުރުން ބޮޑު ފިރިހެނަކާއި ކައިވެނި ކުރީކަމުގައެވެ. މިއުޅެނީ އެހެންނާ މޮޔަ ވެގެން ހެއްޔެވެ. ކުރާނެ ކަމެއް ނެތަސް އެކަހަލަ ފިރިހެނަކާ އަހަރެން އިންނާކަށް ބޭނުމެއް ނުވެއެވެ. އެކަމަކުވެސް ކުރާނީ ކީއްހެއްޔެވެ. ދެން އޭނާ އަނބި ޤަބޫލު ކުރީމަ އަހަރެންވާނީ އަނބި މީހާއަކަށް ނޫންހެއްޔެވެ.

"އަހަންނަށްތަ ތި އެއްޗެހި ކިޔަނީ؟..." ކައިރިން އިވިގެން ދިޔަ ޒެއިޖްގެ އަޑުން ދިޔައީ އަހަރެން ސިއްސައިގެންނެވެ. އަނެއްކާ އަހަންނަށް މިހެން މިކިޔެނީ ބާރަށް ހެއްޔެވެ.

"މޫނު ހަދައިގެން ތިއިންނަނީ ކިހިނެއް ވެފަ؟" ހަމަޔަޤީނުންވެސް އަހަރެން އަނގައަކުން އެއްޗެއް ނުބުނަމަވެ. ދެން ޒެއިޖްއަށް އަޑުއިވުނީ ކިހިނެއް ހެއްޔެވެ.

"ނުކިޔަން އެއްޗެއް...؟" ގޮނޑިން ތެދުވަމުން އަހަރެން ހިނގައިގަތީ ކޮޓަރިއާއި ދިމާލަށެވެ. ނަމަވެސް ޒެއިޖް ކުރިމައްޗަށް ހުއްޓެމުން ހަށަން ބަނދެލީއެވެ.

"އަހަރެން ވާހަކައެއް އަހަންވެފަ އެބްއޮތް؟... އަހަރެން ހީކުރަން ޔަޝްމު ތެދަށް އަހަންނަށް ޖަވާބު ދޭނެކަމަށް..." ސީރިއަސްކަން މޫނުން ދައްކަމުން ޒެއިޖް އިށީނީ ކުރިމަތީގައި ހުރި ގޮނޑީގައެވެ. ކޮޓަރިއަށް ވަނުމުގެ ބަދަލުގައި އަހަރެންވެސް އިށީނީމެވެ.

"ކީއްވެ އަހަންނާއި ކައިވެނި ކުރީ؟ ކީއްވެ ނިއެރާއާއި އަހަރެންގެ ވެޑިން ޕާޓީއަށް ޔަޝްމު އަންނަން ޖެހުނީ..." ޒެއިޖެގެ އެޖުމްލައިން އަހަރެންގެ ހިތުގެ ވިންދު ދެގުނައަށްދިޔަ ކަހަލައެވެ. އެއީ ނިއެރާއާއި ޒެއިޖްގެ ކައިވެނި ޕާޓީހެއްޔެވެ. އެތާނގައި ތިބި މެހެމާނުންގެ މޫނުން ފެނުނު ހާސްކަން މިނަގައިގަނެވުނީ އަދި ކިރިޔާއެވެ. އެމީހުން އުންމީދުކޮއްގެން ތިބޭނީ ނިއެރާ ފެންނާނެ ކަމުގައެވެ.

"ބައްޕަ.... ބައްޕަ މަންމަގެ ކަރުގަ ވަޅިއެއް ޖެއްސީ..." އަހަރެންގެ މޫނަށް އައްސިވެގެން ދިޔައީ ކުއްލިއަކަށެވެ. މޫނުން އޮއްދާ ހިއްލަން ފެށީ ގަތް ލަދެއްގެ ސަބަބުންނެވެ. މިހުރިހާ ދުވަހު އަހަރެން ހީކޮއްގެން އިނީ ގަދަކަމުން ނަމަވެސް އެއީ އަހަރެންގެ ކައިވެނި ޕާޓީ ކަމުގައެވެ. އަހަރެން ލައިގެން ހުރި ހެދުމާއި އެއްޗެހި އެއީ އަހަރެންގެ އެއްޗެހި ކަމުގައެވެ.

"ތި އަނގޮއްޓި... ތީ ނިއެރާގެ..." ނުބުނަން ހުރެފައި ޒެއިޖް ބުނެލީ މަޑުމަޑުންނެވެ. އހަރެން އަވަހަށް އެނަގައި މޭޒުމަތީގައި ބާއްވާލަމުން އެތަނުން ތެދުވެގެން ހިނގައިގަތީމެވެ.

"އަހަރެން ބައްޕަ މަންމައަށް އެހެން ނުހެދިނަމަ މިގެއަށް ނާންނާނަން..." ހުއްޓިލާފައި އެހެން ބުނެފައި އަނެއްކާވެސް އަހަރެން ދިޔައީއެވެ. ކަން ދިމާކުރި ގޮތުން ނިދަން އެރި ފަހުންވެސް ޒެއިޖް އަހަންނާއި ވާހަކަ ދައްކާކަށް މަސައްކަތެއް ނުކުރިއެވެ. ކުރީގެ ރުޅި މޫނު ދައްކައިގެން އޮތީއެވެ. އަހަރެންވެސް އެހައި ވަރަކުން ނޫޅެވެ. އަނެއް ފަރާތަށް އެނބުރި ލައިގެން އޮތީއެވެ. މާދަމާ ޑިއުޓީއަށް ނިކުންނަށް ޖެހޭނެތާއެވެ.

ހެނދުނު ހެނދުނާއި އަހަރެން އަމްރުއަށް ގުޅައިގެން ކާރުގައި ނައްޓާލައިފީމެވެ. ޒެއިޖްގެ މޫނު ބަލަން ހުރުމުގެ ބޭނުމެއް ނެތެވެ. އެހެން ނޫނަސް ޒެއިޖް އަންނާނީ ޑޮކްޓަރުންނާއި އެކުގައެވެ. ހެނދުނު ރައުންޑުގައި އާންމުކޮށް އެއީ އެންމެ ބިޒީ ރައުންޑެވެ. އަހަރެން އަވަސް ކޮއްލަމުން އަތް ސެނެޓައިޒް ކޮއްލީމެވެ. އަހަންނަށް އަދިވެސް އަހަރެންގެ ފިރިމީހާއަކީ ކޮންދާއިރާއަކުން ހާއްސަ މީހެއް ކަމެއް ނޭނގެއެވެ. ހަމަގައިމުވެސް ހިތުގެ ހާއްސަ މީހަކަށް ވެގެނެއް ނުވާނެއެވެ. މީހުންގެ ހިތުގައި ޖައްސަން އެހައި މޮޅު މީހެއް މިދުނިޔެ ތެރޭގައި އުޅޭނެ ހެނެއް ހިއެއް ނުވެއެވެ. އެކަހަލަ މީހަކަށް ހިތުގެ އޮޕަރޭޝާނެއްވެސް ހިތުގައި އިތުރު ލޯވަޅެއް އަޅައި ނުލައި ނުކުރެވޭނެއެވެ. އިސްތަށިގަނޑު ހުޅިއެއް ޖަހާލަމުން އަހަރެން އަވަހަށް ދިޔައީ ހެދުން ބަދަލު ކޮއްލާށެވެ. އަވަސް ކޮއްގެން ނިކުތްއިރު ހުރިހައި ނަރުހުންނާއި ޑޮކްޓަރުން ތިބީ ރައުންޑަށް އައިހެވެ.

އަހަރެންވެސް އައިސް ހުއްޓިލީ އެންމެންގެ ފަހަތުގައި ކަހަލަ ގޮތަކަށެވެ. ދުރުގައި ހުރި ޒެއިޖްއަށް އަހަންނަށް ބަލާލެވުނީ ބޭއިޙްތިޔާރުގައެވެ. ބަލިމީހާގެ ވިންދު ބަލާލާފައި ދެން އޮތް މީހާ ކައިރީގައި ޒެއިޖް މަޑުކޮއްލަމުން ހިނިތުންވެލިއެވެ. މިއީ ކަށީގެ އެކި މީހުން އޮޕަރޭޝަން ކޮއްގެން ބާއްވާފައިވާ ބައެވެ. ރަނގަޅެވެ. ކަށީގެ މީހަކަށްވީކަންވެސް ނަސީބެއް ނޫން ހެއްޔެވެ.

"ހުރިހާ ކުދިންވެސް އަޑު އެހީމަ އެނގޭނީ ވާނުވާ... ހިޔާލީ ދުނިޔޭގައި ތިބޭ މީހުންނަކަށް ނޭނގޭނެ..." އަހަރެން އަވަހަށް އަޑުއައި ދިމާލަށް ބަލާލީމެވެ. އޭރު ޒެއިޖް ހުރީ ބުމަ ކައިރި ކޮއްލައިގެން އަހަންނަށް ބަލާށެވެ. އަވަހަށް ނޯޓް ޕެޑް ނަގަމުން އަހަރެން ލިޔަން ފެށީމެވެ.

"ކޮލިފައި ވެގެން ކިޔަވަން އައިސްތިބި ބައެއްތަ މީ؟..." އެންމެންގެ ތެރޭގައި އަހަންނަށް އިޝާރާތް ކޮއްލަމުން ޒެއިޖް ބުނެލީ ރުޅި އައިސްފައެވެ.

"ކޮންކަމަކާ ފިރިމީހާ މާ ރުޅިގަދަ ވެފަ އެހުރީ... ކައިރީގައި އައިސް ހުއްޓެމުން ޒަލިއަން ބުނެލީ ހަމަ ޖެހިލަމުންނެވެ. އަހަންނަށް ވަށައިގެން ބަލާލެވުނީ ކައިރީގައި މީހަކު ހުރިތޯއެވެ.

"ބާރަށް ނުކިޔަބަލަ... މީހަކަށް އަޑު އިވުނިއްޔާއޯ...." ލޯ ބޮޑުކޮއްލަމުން އަހަރެން ބުނެލީމެވެ.

"ދެން.... ޔަޝްމުގެ ފިރިމީހާއެއް ނޫންތަ އެއީ... ހާސްނުވެބަލަ... އޭނާ ނިއެރާ ގޮވައިގެން އުޅެން އޭރުން ފުރުސަތެއް ނުލިބޭނެ އެއްނު..." ޒަލިއަން ހީގަންނަމުން ދުރަށް ހިނގައިގަތީ އެއްލޯ މަރާލަމުންނެވެ. އަހަންނަށްވެސް ހީގަނެވުނީ ބޭއިޙްތިޔާރުގައެވެ. އެއްބަނޑު އެއްބަފާ ދެބެން މިހައި ތަފާތު ވެދާނެ ކަމަކަށް އަހަރެން ހިއެއްވެސް ނުކުރަމެވެ.

"ޔަޝްމު... ޑރ.ޒެއިޖް އެބަ ހުންނަވާ ހެލްޕްއެއް ބޭނުން ވެގެން... އަޅުގަނޑު ކައިރީގައި ބުނި ކުއްޖަކު ފޮނުވަން.... ދެންމެ އެހާ ޔަޝްމުދެކެ ކޯފާވެފައި ހުންނެވީމަ ހިތަށް އެރީ ޔަޝްމު ފޮނުވާނީއޭ..." މެންޓޯރ ހިނިތުންވަމުން އެހެން ބުނުމުން އަހަރެން ގަތީ އަމަށަކު ބިރެއް ނޫނެވެ. އޮޅިގެންވެސް އަހަރެން އެމީހާއާއި ކުރިމަތިލާކަށް ބޭނުމެއް ނޫނެވެ.

ނުދާން ފޫ ވިއްދައިގެން އިނދެފައިވެސް އަތަށް ޓްރޭ ނަގައިގެން އަހަރެން ހިނގައިގަތީމެވެ. އަމިއްލަ ކޮޓަރިއަށް ގެންދާނީ ވަރަށް ގާތްމީހަކު އައީމަ ކަންނޭނގެއެވެ. ނޫނީ ކާކުގެ ކަށި ސާފު ކުރަން ކަމެއްވެސް ނޭނގެއެވެ. ކޮޓަރީގެ ކުރިމައްޗަށް އަރަމުން ޓަކި ޖަހާލީމެވެ. އަދި މަޑުމަޑުން ވަންނަމުން ޓްރޭ ކައިރީ ހުރި މޭޒު މަތީގައި ބެހެއްޓީމެވެ. ކޮޓަރިއަށް ވަނީ ކާކުތޯވެސް ޒެއިޖް ބަލައެއް ނުލައެވެ. އަތް ދިއްކޮށްލަމުން ބުނީ ގޯޒް ދިނުމަށެވެ.

"ޒެއިޖް އަމް ފައިން... ބަލާބަ..." ނިއެރާ ހިނިތުންވަމުން ޒެއިޖްގެ މޫނަށް ބަލާލިއެވެ. ނަމަވެސް ޒެއިޖްގެ ނަޒަރު ހުއްޓިފައި ހުރީ ނިއެރާގެ އަތަށެވެ.

"އަބަދުވެސް ބުނަން ދޯ ބަލައިގެން އުޅެން.. މިތާނގަ ލަކުނެއް ލައިފިއްޔާ އޯ..." އަދިވެސް ޒެއިޖްއަށް އަހަރެން އެތާނގައި ހުރިކަމެއް ނޭނގެއެވެ. ފަރުވާތެރި ކަމާއެކު ނިއެރާގެ އަތުގައި ބޭސްއަޅަމުން ދިޔައިރު ޒެއިޖް ނިއެރާދެކެ އިންތިހާއަށް ލޯބިވާކަން އެނގެއެވެ. އަހަރެންދެކެވެސް އެވަރަށް ލޯބިވާނޭ މީހަކު ވާނެ ނަމައެވެ. އިސްޖަހާލަމުން އަހަރެން ޓްރޭ ތެރެއިން ކަތުރު ނަގައިގެން ކައިރިއަށް ޖެހިލީމެވެ. ހިތަކީވެސް ހާދަ ތަފާތު އެއްޗެކެވެ. ޒެއިޖްއާއި ނިއެރާއާއި އެކުގައި ފެނިފައި އަހަރެން މިހައި ދެރަވާނެއޭ ދުވަހަކުވެސް ހިތަކަށް ނާރައެވެ.

ޒަލިއަންއާއި އާއި ރާދިން އައިސް ކޮޓަރިއަށް ވަތްއިރުވެސް ޒެއިޖްހުރީ އެހެން ބޭސްއަޅާށެވެ. ހިނދުކޮޅަކަށް ޒަލިއަންގެ މޫނުން ހިތްހަމަ ނުޖެހުނުކަން އަހަންނަށް ފާހަގަވިއެވެ. ނަމަވެސް އަވަހާއި އެކަން ޒަލިއަން ފޮރުވައިފިއެވެ. އަހަރެން އުޅުނީ އަވަސް ކޮއްފައި އެތަނުން ދެވޭތޯ ބަލާށެވެ. ނަމަވެސް ކަންވީ މުޅިން އެއާއި ހިލާފަށެވެ. އަހަރެންގެ އަތުގައި އޮތް ކަތުރުގެ ކޮޅުވަނީ ނިއެރާގެ އަނެއް އަތަށެވެ.

"އާހް..." ތަދުވީ ވަރުން ނިއެރާއަށްވެސް ބުނެވުނީ ބާރަށެވެ. އަހަރެން އިތުރަށް ހާސްވީއެވެ. އަވަހަށް ގޯޒްފޮތިކޮޅެއް ނަގަމެއް އުޅުނީ އެތަނުގައި ޖައްސާށެވެ.

"ކަލޭ... ގަސްތުގަ ދޯ ނިއެރާގެ އަތަށް ތިހެން ތި ހެދީ..." އަހަރެންގެ ކޮނޑުގައި ހިފައި ދުރަށް ޖައްސާލަމުން ޒެއިޖް ބުނެލީ ވަރަށް ބާރަށެވެ. އެކަމާއި ނުވިސްނާ ހުރިވަރުން އަހަރެން ފަހަތަށް ގޮސް ޖެހުނީ ޒަލިއަންގެ ގައިގައެވެ. ދެލޯ ބޮޑުކޮށް ލައިގެން ހުއްޓައި ލޯއަނދައިގަތީ ލޮލަށް ކަރުނަ ޖަމާވާން ފެށުމުންނެވެ. އަހަންނަށް އެއްވެސް ކަމެއް ރަނގަޅަށް ނުކުރެވެނީ ބާވައެވެ. އިސް ޖަހާލަމުން އަހަރެން އުޅުނީ އަހަރެން އަތިން ތިރިއަށް ވެއްޓުނު ޓްރޭ ނަގާށެވެ.

"ނުލަފާ އަންހެނެކޭ އަދި..."

"ނިއެރާ ހިނގާ އަހަންނާއެކު ޓަޓްނަސް ޖަހަން...." ރާދިންއަށް ކޮންމެވެސް ކަމެއްވީކަން އިހްސާސް ކުރެވުނީ ކަމެއް ނޭނގެއެވެ. ނިއެރާ ގޮވައިގެން އެތަނުން ނިކުމެގެން ހިނގައްޖެއެވެ. ޒެއިޖް އަދިވެސް ހުރީ އެހުރި ފިޔަވަޅު މަތީގައެވެ. ޓްރޭއަށް އެއްޗެހި އަޅަމުން ދިޔައިރު އަހަރެންނަށް ރޮވެން ފަށައިފިއެވެ. ރޯން ބޭނުން ނުވާއިރުވެސް މިރޮވެނީއެވެ. ނަމަވެސް އަނގައިން އެންމެ އަޑެއްވެސް ބޭރުކޮށް ނުލާނަމެވެ.

"ޔަޝްމު..." ކައިރިން އިވުނީ ޒަލިއަންގެ އަޑުކަމެއް ނޫނީ ޒެއިޖްގެ އަޑުކަމެއް އަހަންނަކަށް ނޭނގުނެވެ. ޓްރޭ ނަގަމުން އަހަރެން ލޯވެސް ފުހެލީމެވެ. އަހަރެން ތެދުވުމާއެކު އަހަރެންގެ އަތުގައި ހިފީ ޒަލިއަންއެވެ. އެތަނުގައި މަޑުކޮއްލުމެއް ނެތި އެތަނުން ނިކުމެގެން އައިސް މަޑުކޮއްލީ ބޭރުގައެވެ.

"ވެއިޓް ހިއަރ...." އެންމެ ދެލަފްޒެވެ. އަހަރެން ބޭނުމީ މަޑުކުރާށެވެ. މިހާރު އާއިލާގެ މީހަކަށްވެސް ހުރީ އެމީހުންނެވެ.

ނަމަވެސް އެތަނުގައި މަޑު ކުރެވުނީ އިރުކޮޅަކަށެވެ. ޒެއިޖް އައިސް އަހަރެންގެ އަތުގައި ހިފައިގެން އައިސްވަނީ ހޮސްޕިޓަލްގައި ހުންނަ ލޯންޑްރީއަށެވެ. ދޮރުތަޅުލަމުން އަހަންނާއި ކައިރިވެލީ ރުޅިއައިސްފައެވެ. އަހަރެން ދުރަށް ޖެހިލަން އުޅުމުންވެސް އެކަމެއް ނުވިއެވެ. މިއަދު ޒެއިޖް އެހުރީ ރުޅި އައިސްފައެވެ. އަހަންނާއި ކައިރިވަމުން ޒެއިޖް އަހަރެންގެ މޫނު ދެފަރާތުގައި ހިފައި ކައިރިކޮއްލީ އެރުޅި މަތީހުރެއެވެ. އަދި އަހަރެން މަތިން ލައިގެން ހުރި ގަމީހުގެ ގޮށްތައް ނައްޓާލަމުން އޭތި އަހަރެންގެ ހަށިގަނޑާއި ވަކި ކޮއްލިއިރުވެސް އަހަންނަށް ހުރެވުނީއެވެ.

ނުނިމޭ

    Please log in or register to bookmark.
    5k

    7 ޚިޔާލު

    1. ވާހަކަ ވަރަށް ރީތި.މިއައްވުރެ އަވަހަށް ގެނެނެސް ދޭނަމަ

    2. ކީއްވެ މިވާހަކަ މިހާލަހުން ގެނެސް ދެނީ... މި ވާހަކަ ވަރަށް ރީތި❤ތަންކޮޅެއް އަވަސްކޮށް ގެނެސް ދީބަ ޕްލީޒް... މިއަށް ވުރެ ދިގުކޮށް😊ވަރަށް ކިޔާ ހިތްވާ ވާހަކަ އެއްމީ

    3. ވަރަށް ރީތި 🥰🥰🥰
      ދެން އިން ބައި އަވަހަށް އަޕް ކޮއްދީ ބަ

      1
      1
    4. ވަރަށް ރީތި😍😍😍😍😍😍😍😍😍😍😍😍😍😍
      ދެން އިން ބައި އަވަހަށް

    5. ވަރަށް ރީތި މިބައި ، ކިއުރިއަސްލީ ވެއިޓިންގް ދެން އޮތް ބަޔަށް
      މިއީ ވަަރށް ކިޔާލާ ހިތުން ކިޔާ ވާހަކައެއް ، އުންމީދު ކުރަން މި ވާހަކަ އެއްކޮށް ކިޔާލަން ލިބޭނެ ކަމަށް 💕💕💕😘👍👌

    Leave a Reply to ހައި X

    Your email address will not be published. Required fields are marked *