އުފަންދުވަސް

Tiny Teen Tiffany Tatum Pussy Forced Big Cock  Blondie Fesser cocks her massive ass threesome sex  pakistani sex video  jmac porn  De Williams  Russian teen Izi Ashley tight ass hole Hard fucked real 18 yearsold Tiny babe  sanny levon xnxx son fuck mom dogstyle thick hairy pussy

އެއީ 2020 ވަނަ އަހަރުގެ އަހަރެންގެ އުފަންދުވަހެވެ. ތި ހީކުރެއްވީ ރަނގަޅަށެވެ. ކިޔައިދޭން މިއުޅެނީ 2020ީ ވަނަ އަހަރުގެ އަހަރެންގެ އުފަންދުވަހުގެ ވާހަކައެވެ. އެއީ އަހަރެންގެ ހަނދާނުން ދުވަހަކުވެސް ފިލައިގެންދާނެ ދުވަހެއް ނޫނެވެ. އެއީއެހާވެސް މަޖާދުވަހެކެވެ.
އެއީ އޮގަސްޓް މަހުގެ ދުވަސްތަކުގެތެރެއިން ދުވަހެކެވެ. އާދައިގެ މަތިން އަހަންނަށް ހޭލެވުނީ ރީތި މަންމަ ( މާމަ ) ގޮވާއަޑަށެވެ. ރީތި މަންމަ އެއީ އަހަރެން އަދި އާއިލާ އެހެންކުދިންވެސް މާމައަށް ކިޔާނަމެކެވެ.

އަހަރެން އަވަހަށްތެދުވެ ފަތިސް ނަމާދުކޮށްލައިގެން ސްކޫލަށް ދާން ތައްޔާރުވެލީމެވެ. އޭރު އަހަންނަށް އެހެން ދުވަސްތަކާއި ހިލާފަށް ތަފާތު އިހުސާސެއް ކުރެވެމުންދިޔައެވެ. ވާނީވެސް އެހެންތާއެވެ. އެއީ އަހަރެންގެ އުފަންދުވަހެވެ. އަހަރަކު އެންމެފަހަރަކު އަންނަ ހާއްސަ ދުވަހެކެވެ. އަހަރު ފެށުނީއްސުރެ ދިގު އިންތިޒާރެއްކުރާ ދުވަހެވެ. އަހަރެން ސްކޫލަށް ދާން ގެއިން ނިކުތީ މަންމައާއި އެކުގައެވެ. ދެތިން މިނެޓުގެ ރާސްތާ ކަޑައްތު ކުރުމަށްފަހު ސްކޫލަށް އާދެވިއްޖެއެވެ. ކްލާހަށް ވަދެފައި އެއްވެސް ކުއްޖެއް ކައިރި އެއީ އަހަރެންގެ އުފަންދުވަސް ކަމެއް ނުބުނަމެވެ. ނަމަވެސް އެކުދިންނަށް ނޭނގި ހުންނާނެ ހެއްޔެވެ؟ އާޒިމް ހުރިހާކުދިންކައިރި މިއީ އީނާޝްގެ އުފަންދުވަހޭ ބުނެފިއެވެ. ކުލާހަށްއައި ކޮންމެ ޓީޗަރެއް ކައިރިވެސް އެހެން ބުންޏެވެ. އާޒިމްއެއީ ކަކުތޯއެވެ؟؟ އެއީ އަހަރެންގެ ކުލާސްކުއްޖެކެވެ. އަވަށްޓެރިއެކެވެ. ތިމާގެ ކުއްޖެކެވެ.އަދި ރައްޓެއްސެއް ވެސް މެއެވެ. މިހާވަރަށް އާޒިމްގެ ވާހަކަމިދައްކަނީ މިވާހަކައިގައި އާޒިމްގެ ރޯލު ވަރަށް ބޮޑުވާނެތީއެވެ. ކޮންމެހަކަސް އަހަރެންގެ ހުރިހާ ކުލާސްކުދިންނާއި ޓީޗަރުންވެސް އަހަންނަށް އުފަންދުވަހުގެ ތަހުނިޔާކިއެވެ.

ސްކޫލްގެ ގަޑިތައް ގަޑިއަކަށްފަހު ގަޑިއެއްނިމެމުން ގެއަށްދާ ގަޑިވެސް ޖެހިއްޖެއެވެ. އަހަރެންހުރީ ގެއަށްގޮސް ނިދާލަށް ނިންމައިގެންނެވެ. މާފަތިހާ ހޭލެވުމުން ނިދި އައިއްސަ ހުރީމައެވެ. އަހަރެން ކޮޓަރިއަށްވަދެ ފެންވަރާލީމެވެ. އަދި މެންދުރުގެ ނާސްތާ ކުރުމަށްފަހު ކޮޓަރިއަށްވަނީ ނިދާލުމަށެވެ. އަހަރެން ކޮޓަރިއަށްވަންއިރު އަހަރެންގެ ދެކޮއްކޮ ވެސް ކޮޓަރީގައި ތިއްބެވެ. އަހަރެން ކޮޓަރިއަށް ވަނުމާއެކު ދެކުދިންވެގެން " ހެޕީ ބާތްޑޭ " ލަވަ ކިޔައިދިނެވެ. އެއީ ވަރަށްވެސް ލޯބި ވަގުތުކޮޅެކެވެ.

ނިދިއަންނަވަރުން އަހަންނަކަށް ނުހުރެވުނެވެ. ވަގުތުން ކޮޓަރީގެ ލައިޓުތައް ނިއްވާލައިފައި ނިދަން އޮށޯތީމެވެ. ނަމަވެސް އަހަންނަށް ރަނގަޅަށް ނުނިދިގެން އުޅެނިކޮށް ކޮއްކޮ އަހަންނަށް ގޮވައިލައިފިއެވެ. " ދޮންތީ!! އާޒިމްބެ އެބަ ހޯދާ "

ކޮއްކޮގެ އެބަސްތަކުން އަހަރެން ފުންމައިގެން ތެދުވީމެވެ. ވާނީވެސް އެހެންތާއެވެ. އާޒިމްއޮތީ އަހަރެން ކައިރި މިއަދު މެންދުރު އަންނާނަމޭ ބުނެފައެވެ.

އަހަރެން ކޮޓަރިން ނިކުތްއިރު އާޒިމް ސޯފައިގައި އިނެވެ. އަހަރެންވެސް ގޮސް އާޒިމްއާއިޖެހިގެންއިން ސޯފާގައި އިށީނދެލީމެވެ. " ކޮބާ ވިސްނިއްޖެތަ ؟ " އަހަރެން ފެށީ އަހަންނާއި އާޒިމްގެ " ޔޫޓިއުބް ޗެނަލްގެ " ވާހަކައެވެ. އަހަރެމެން ދެމީހުން ޔޫޓިއުބް ޗެނަލްއަށް އަޕްލޯޑްކްުރާނެ ވީޑިއޯއަކާއި ބެހޭގޮތުން މަޝްވަރާކުރަންފެށީއެވެ. އެހެންތިއްބާ އެތަނަށް ޝަޔާން އައެވެ. ޝަޔާންއަކީ ވެސް އަހަރެންގެ ކުލާސްކުއްޖެކެވެ. އަދި " ކަޒިން" އެކެވެ. ކޮންމެއަކަސް އެދެމީހުންނާއި ވާހަކަދައްކަން އިނދެފައި ދެން މިދަނީ ނިދާލަންށޭކިޔާފައި ކޮޓަރިއަށް ވަންނަން ހިނގައިގަތީމެވެ. " ތިވަރަށް ނިދާކަށް ނުވަނެ. ނިދިޔަކަ ނުވެސް ދޭނަން " އާޒިމް މަޖާ ރާގަކަށްބުނެލިއެވެ. ތިއެއް ބަލާނަމޭ ކިޔާފައި އަހަރެން ކޮޓަރިއަށް ވަދެ އެނދުގައި ޖައްސާލީމެވެ. އަހަންނަށް ނުނިދިގެން އުޅެނިކޮށް އަނެއްކާވެސް އާޒިމްއާއި ޝަޔާން އައެވެ. ކޮންމެސް އެއްޗެކޭ ކިޔައިގެން ކޮޓަރިން ބޭރަށް ނެރުނެވެ. އަނެއްކާ ވެސް އަހަރެން ބަހަނާއެއް ދައްކާލާފައި ކޮޓަރިއަށް ވަނީމެވެ. ނަމަވެސް ހަމަ އިރުކޮޅަކޮޅާ އަހަރެން ކޮބައިތޯ ބަލަން އެދެމީހުން އާދެއެވެ. އަހަރެން ކޮޓަރީގަވީމާ ކޮއްކޮމެން ކައިރި ތިބެތިބެފައި ހިނގައިދާނެއެވެ. އަހަންނަކަށް މި ވާނުވާއެއް ނޭނގުނެވެ. ނަމަވެސް ހަމަހިލާ އެދުވަހު އަހަންނަށް ނިދޭގޮތެއް ނުވިއެވެ.

ކޮންމެއަކަސް އެދުވަހު ހަވީރު އަހަރެން ރައްޓެހި ކުއްޖެއްގެ ގެއަށް ދިޔައީމެވެ. އަހަންނަށް ގެއަށްއާދެވުނީ އިރުއޮއްސެން ކައިރިވެފައިވަނިކޮށެވެ. އަހަރެން ގެއަށް ވަނުމާއެކު މަންމަ ބުނީ އާޒިމް އަހަރެން ހޯދަންއައި ވާހަކައެވެ. މީ އަޅެ ކިހިނެތް ވެގެން އުޅޭ މީހެއްބާއޭ އަހަރެން ހިތަށް އެރިއެވެ. އެހެންޏާފަހެ މީހަކު ހައިރާނުން ބައިލާހި ހަކުރު ނުކިރާވަރެއް ހެއްޔެވެ. އާޒިމްއަކީ އަހަރެން ހޯދަން އެހާގިނައިން އަންނަ މީހެއް ވެސް ނޫންވިއްޔާއެވެ. މިއަދު ކިހިނެތްވެގެން އުޅޭ ދުވަހެއްބާއޭ އަހަރެން ހިތަށްއެރިއެވެ.

އަހަންނަށް ވިސްނުނުގޮތުގައި އާޒިމް އައީ އަހަރެންހެ ބޮލަށް ބިސްޖަހާށެވެ. އެއީ އަހަރެންގެ އުފަންދުވަސްތާއެވެ. އަހަންނަށް އެގަޑީގައި ގޭގައި ނުހުރެވުންކަން ނަސީބޭ އަހަރެންގެ ހިތަށްއެރިއެވެ. އަހަރެންގެ ކުރީ އުފަންދުވަހު އާޒިމްއާއި އާޒިމްގެ ބޭބެ އަހަންނަށް ކޮށްލިވަރު ހަނދާނެއްނުނެތެއެވެ. ވިއްސާރަވެހުމެގެ ސަބަބުން މަގުމެދުގައި ހެދިފައި އޮތް ފެންގަނޑަކަށް އެރުވާ ބޮލަށް ބިސްޖެހި ހަނދާން އަދިވެސް އެބަހުއްޓެވެ.

ކޮންމެއަކަސް އެކަމާ މަބޮޑަށް އަޅާނުލައި އަހަރެން ކޮޓަރިއަށްވަނީ ބަންގި ގޮވަންފެށުމުންނެވެ. މަޣްރިބް ނަމާދުކޮށްގެން ޤުރުޢާން ކިޔަވާލުމަށްފަހު، ސްކޫލުގެ ފިލާވަޅުތައް ދަސްކޮށްލީމެވެ. އިޝާނަމާދުކޮށް ނިމްމައިގެން އަހަރެން ބޭރަށް ނުކުންނަން ހިނގައިގަތީމެވެ. އަސްތާއެވެ. އަހަންނަށް ބޭރަށް ނިކުމެވޭވަރުވެސް ނުވިއެވެ. އެއްކަލަ އާޒިމް އަހަރެންް ހޯދަން އައިސްއެބަހުއްޓެވެ. ޕެޓްރޯލުކޮޅެއް ލިބުނީޔޯލައެވެ. ޕެޓްރޯލޭ ބުނީމަ އަހަރެން އެހާ ހައިރާނެއް ނުވެއެވެ. ޔޫޓިއުބް ވީޑިއޯއެއް ހަދަން ޕެޓްރޯލް ބޭނުންވާތީއެވެ.

ނަމަވެސް ޕެޓްރޯލް ބޭނުންކޮށްގެން ހަދަންއުޅުނު ވީޑިއޯ ހަދާނިމިއްޖެ ނޫންހޭ، އަހަރެންގެ ހިތަށްއެރިއެވެ. އާޒިމްގެ ހިތުގައި ޕެޓްރޯލްބޭނުންކޮށްގެން އެހެންއެއްޗެއް ވެސް ހަދަން އޮތީއޭ ހިތަށްއަރާ އެކަމަކާއެއްޗެކޭނުބުނެ އާޒިމްއާއި އެކީ ދިޔައީމެވެ.

އާޒިމް އަހަރެން ގެންދިޔައީ ، އަހަރެންގެ ގެއާއި ޖެހިގެން އޮތް އަނދިރި ގޯޅިއަކަށެވެ. އޭރު އެތަނުގައި ޝަޔާން ވެސް ހުއްޓެވެ. އަދި ޝަޔާންއާއި އާޒިމް އަހަރެން ގެންގޮސް ބެހެއްޓީ، އަނދިރިގަނޑުގެތެރޭގައި އިން މެޒެއްގެ ކަރީގައެވެ. އަހަންނަސް މޭޒުމަތީގައި އެއްޗެއް އިންތަން ފެނުނެވެ. ނަމަވެސް އަނދިރިކަމުން އޭގައިި އިނީ ކޮން އެއްޗެއް ކަމެއް އެނގޭވަރެއްނުވިއެވެ. އާޒިމް އެ މޭޒު ހިއްލައިލިއެވެ. އަދި އަހަންރެންގެ ކުރީގައިހުރެގެން މޭޒުހިފައިގެން ހިނގަންފެށިއެވެ. ނޫނެކެވެ. މޭޒުހިފައިގެން، ގޯޅީގައި ޖަހާފައި އިން ހޮޅިދަނޑިއަކާއި ދިމާލަށް ދުއްވައިގަތެވެ. އަހަންނަށް މޭޒުމަތީގައި އިން އެއްޗެއް ފޮރުވަމުން އޭނާ ދުވިއެވެ. ޝަޔާންހެއްޔެވެ؟؟ ޝަޔާންވެސް އާޒިމްއާއި އެއްވަރަސް ދުވަމުން " އާޒިމް ބަލައިގެން ދުވައްޗޭ. ތިޔަ ވެއްޓިދާނޭ" ގޮވިއެވެ. އަހަރެން ހުރީ އެދެމީހުންގެ ފަހަތުގައެވެ. އެހެންކަމުން އަދިވެސް އެ މޭޒުމަތީގައި އިންއެއްޗެއް އަހަންނަކަށް ނުފެނެއެވެ. އަހރންގެ ފަހަތުން އަހަރެންގެ ދ ކޮއްކޮ ވެސ ދުވިއެވެ.

ދެން ވީ، އެކަކުވެސް އުންމީދުކޮށްގެންހުރިކަމެއް ނޫނެވެ. އާޒިމް ދުވެފައި ހޮޅިދަނޑިދަށަށް ދިޔައެވެ. ނަމަވެސް އޭނަޔަށް އަމިއްލަ ހަށިގަނޑު ކޮންޓްރޯލްއެއް ނުކުރެވުނެވެ. ދިޔަ ބާރުމިނުގައި ގޮސް މޭޒު އަރިއަޅައިލިއެވެ. މޭޒުމަތީގައި އިން އެއްޗާއި އެކީގައެވެ. މޭޒުމަތީގައި އިނީ ކޮންމެ އެއްޗަކަސް ، އެ އެއްޗެއްވެސް ވެއްޓިއްޖެއެވެ. އަހަރެން ދުވެފައި ގޮސް އާޒިމް ކައިރި ހުއްޓިލީމެެވެ. އާޒިމް ހުރީ ގަބުވެފައެވެ. ޝަޔާން ހުރެގެން ހެނީއެވެ. އަހަރެން ވެއްޓިފައި އޮތް އެއްޗަށް ބަލައިލީމެވެ. އަހަންނަށް ވެސް ލިބުނީ ސިހުމެކެވެ. ކުރިމަތީގައި ވެއްޔާ މޮޑެވިފައި އެއޮތީ ކޭކެކެވެ. އުފަންދުވަހުގެ ކޭކެކެވެ. ޔަގީނެވެ. އެއީ އަހަރެންގެ އުފަންދުވަހަށް އާޒިމްއާއި ޝަޔާން އަޅައިދިން ކޭކެކެވެ.

އަހަންނަށް ވިސްނުނީ ދެނެވެ. ޝަޔާންއާއި އާޒިމް އަހަރެން ކޮބައިތޯ އިރުކޮޅަކޮޅާ ބެލީ، އެމީހުން ހޯދަން އަހަރެން ދޭތޯއެވެ. އެމީހުން ކުރާކަމެއް އަހަންނަށް އެނގިދާނެތީ، އަހަންނަށްސަމާލުވެގެން އެމީހުން ތިބީތާއެވެ.

ފުރަތަމަ އަަންނަށްހުރެވުނީ، ހޭންވީކަމެއް ރޯންވީކަމެއް ނުވަތަ ރުޅިއަންނަންވީކަމެއް ނޭނގިފައެެވެ. ދެން އަހަންނަށް ވެސް ހޭންފެށުނެވެ. އާޒިމް ހުރި ގޮތުންނެެވެ. ކޭކަށް ވީ ގޮތުންނެވެ. ޝަޔާން ހޭތީއެވެ. ކޮންމެއަކަސް އާޒިމް އާއި ޝަޔާން އަހަންނަށް ދޭންއުޅުނު " ސަޕްރައިޒް " ކާމިޔާބެއް ނުވިއެވެ. ނަމަވެސް އެރެއަކީ އަހަރެންގެ ހަނދާނުން ފިލައިގެން ނުދާނޭ ރެއަކަށްވިއެވެ.

😊 ހުރިހާ ކިޔުންތެރިންނަށް ވެސް ވާހަކަ ކަމުދާނެކަމަށް އުންމީދުކުރަން 😊

    Please log in or register to bookmark.
    7k

    20 ޚިޔާލު

    1. ހެލޯ އީނޫ 👋👋
      ވަރަށް ރީތި އިނގޭ މި ސްޓޯރީ ވެސް ❤😻💖 އެންޑް މިއީ ހަގީގީ ވާހަކަ އެއްތަ ؟؟

      4
      4
    2. އަސްލު ވެސް ވަރަށް މަޖާ😂😂😂

    3. 💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚

      2
      1
    4. ހާދިސާ ރީތި. ސިފަކުރުންތަކާއި ކަންކަން ގުޅުވާލި ގޮތް ރަނގަޅު. ޕްލޮޓް ފުޅާކޮށް ހާދިސާތައް އިތުރުކޮށްލަނިކޮށް ފުރިހަމަ ވާހަކައަކަށް ވެދާނެ.

    ޚިޔާލު

    Your email address will not be published. Required fields are marked *