ލޯގަނޑު - 11

ކުއްލިއަކަށް މަލްކާ ހޫދު މަތިން ހަނދާން ވިއެވެ. އަވަހަށް ތެދުވެ ފޯނު ނަގައި ހޫދު ގެ ނަންބަރަށް ޑައިލްކޮށްލިއެވެ.

***********

ދެތިން ފަހަރަކު ރިންގުވިތަނާ ފޯނު ނަގައިފިއެވެ. ހަމަ ޖެހުމުގެ ނޭވާއެއް ލައިފައި މަލްކާ ފޯނު ކަންފަތުގައި ޖަހައިލިއެވެ.

"ހަލޯ.. މިހާރު ކޮންއިރެއް އިރުއޮއްސިގެން ގޮސްފި އަދިވެސް ހޫޑީ އަށް އާދެވޭ ކަމަކަށް ނުވި." މަލްކާ އެއްނޭވާ އިން ޝަކުވާތައް އޮއްސައިލިއެވެ.

"އެކްސްކިއުޒް މީ! މަ ސިޓިންރޫމުގަ ހުންނަތާ ކޮންއިރެއް." ހޫދު ޖަވާބު ދިނެވެ. ދެފަރާތަށް ބޯ ހޫރައިލަމުން މަލްކާ ކޮޓަރިއިން ނިކުތެވެ.

ސިޓިންރޫމަށް ދިޔައިރު ހޫދު ސޯފާގައި އިނެވެ. އަތުގައި ހަތަރު ނޫޑްލްސް ޕެކެޓާއި ޕެއިންކިލާރ ކާޑެއް އޮތެވެ.

"މީތި ހަވާލު ކުރޭ ޝަޔަކް އާ. ހައްވަދައިތަ މަށާ މީތި ހަވާލު ކޮށްފަ ދިޔައީ ކޮންމެވެސް ތަނަކަށް." ހޫދު ޕެއިންކިލާރ ކާޑު ދިއްކޮށްލިއެވެ.

"އާނ.. ހޫޑީ ދެން ދޭ ނަމާދަށް.." މަލްކާ ކާޑާއި ނޫޑްލްސް ޕެކެޓުތައް ހިފައިގެން ދިޔައެވެ. ނޫޑްލްސް ޕެކެޓުތައް ބަދިގެއަށް ލައިފައި ޕެއިންކިލާރ ކާޑު ހިފައިގެން ކޮޓަރިއަށް ދިޔައެވެ.

****

ރޭގަނޑުގެ ވަގުތެވެ. ގޭގެ ދޮރުން ނިކުމެގެން ކުނާލް ސައިކަލަށް އަރައި އިސްޓާޓު ކޮށްލިއެވެ. މާބޮޑު ކުލަވަރެއް އެ މޫނުން ފެންނަން ނެތް ކަމުގައި ވިޔަސް އެއްވެސް ހިތްހަމަ ޖެހުމެއް ނެތް ކަން ފާހަގަވެއެވެ.

ބާރު ދުވެއްޔެއްގައި ކުނާލް ދިޔައީ ބަނދަރާއި ދިމާއަށެވެ. މާލެއަށް ދޯންޏެއް ފުރަން އުޅޭތީ މީހުން އެއްވަމުން ދިޔައެވެ. އެކަމަށް އެއްވެސް ސަމާލުކަމެއް ނުދީ އޭނާ ދިޔައީ ތޮށިގަނޑާއި ދިމާއަށެވެ.

ޖެހެމުންދާ ވައިރޯޅި ތަކާއެކު އޭނާގެ ފަން އިސްތަށިގަނޑު ވިހުރެމުން ދިޔައީ އެޔެއް މިއެއް ބަލައިފައެއް ނޫނެވެ. ކުނާލް އަކީ ދިގު އިސްކޮޅެއްގެ ވެރިއެކެވެ. ހަމުގެ ކުލަ އެހައި އަލި ނޫނަސް ކަޅު ކުއްޖެކޭ އެއް ނުބުނެވޭނެއެވެ. އޭނާގެ ރީތިކަމަށް އިތުރު ދިރުމެއް ގެނެސްދެނީ އެ އަޅި ލޮލުންނެވެ.

ގެއްލިފައިވާ މީހެއް ހެން ކުނާލް ގޮސް މޫދަށް ފައި ލައިގެން އިށީނެވެ. އަނދިރި ގަނޑުގެ ތެރެއިން މި މަންޒަރު ފެންނަ މީހަކަށް ބިރުވެރި ކަން އިހްސާސް ކުރެވޭނެ އެވެ.

އިރުކޮޅަކުން އެދިމާއަށް އެހެން ސައިކަލެއް އައިސް މަޑުކޮށްލިއެވެ. އަޅައިވެސް ނުލައި ކުނާލް އިނީއެވެ.

"ނޫލް.. އިނބަ ކިޔެއް ތެއް ކެރަނު މިތާ؟" (ނޫލް.. ކޭ ކީއް ތި ކުރަނީ މިތާގަ؟) އަމަން އައިސް ކައިރީގައި އިށީނެވެ. ހިޔާލީ ދުނިޔެއިން ބޭރުވަމުން ކުނާލް ހީލިއެވެ.

"މިޔޮ މާ ބޮޑެ ކަމެއް ނޯނޭ. މާދަން ހަވީރޮ އޮމަދު އަށް ފުރަން." (މީ މާބޮޑު ކަމެއް ނޫން. މާދަމާ ހަވީރު އޮމަދު އަށް ފުރަން.) ކުނާލް ޖަވާބު ދިނީ މާބޮޑު ކަމަކަށް ނަހަދައެވެ. ނަމަވެސް އަމަން ގެ މޫނު މަތިން ފެނުނީ ހައިރާންކަމެވެ.

"އަލިފު ދާލު އޮމަދޫ ތެ؟ އެޔޮ ކިއެއްކެރާން އެތާ ދުރަށް ދަނޫ؟ އެއްވެސް ދަންނަ މީހެކޮ ހުރި ރަށެއް ނޯން… އާރ ޔޫ ޓްރައިން ޓު ގެޓް ލޮސްޓް؟" (އަލިފް ދާލު އޮމަދޫ ތަ؟ އެ ކީއްކުރަން އެތާ ދުރަށް ދަނީ؟ އެއްވެސް ދަންނަ މީހެއް ހުރި ރަށެއް ނޫން… އާ ޔޫ ޓަރއިން ޓު ގެޓް ލޮސްޓް؟) އަމަން ދެކޮޅު ހަދަމުން ދިޔައެވެ. އަމަން އަކީ ކުނާލް ގެ ރައްޓެއްސެކެވެ.

"ކައި ވަނޫ އެރަށޮ އޭ… ކައި އައި ވާހަކަ ވެސް ދައްކައި ނުލެވެއި އެރަށަށް ދިއެފަހުން." (ކައި ވަނީ އެރަށުގަ އޭ… ކައި އާ ވާހަކަ ވެސް ދައްކާ ނުލެވޭ އޭނަ ދިޔަފަހުން.) ކުނާލް އަތުގެ އިނގިލި ތަކާއި ކުޅެމުން ދިޔައެވެ.

"ވާހަކަ ދައްކާން ބޭނުން ނުވަންނާ ވާހަކަ ނުދެއްކޭޅެއްނޮ. އިނބަ ތިޔޯ ކައިލީ މިރަށޮ އޮޅެނެ އިރޮ ވެސް މާ ގާތްކޮށް އޮޅެނެ މީހެއް ނޯނެއްނޮ. ސިބްލިންސް… އެކަމަކޮ ހީވަނޫ ދެ ޕްލެނެޓޮ ހުރި ދެ ބީރައްޓެހިން ހެން." (ވާހަކަ ދައްކަން ބޭނުން ނުވަންޏާ ވާހަކަ ނުދެއްކޭނެއްނު.. ކޭ ތީ ކައިލީ މިރަށުގަ އުޅުނު އިރުވެސް މާ ގާތްކޮށް އުޅުނު މީހެއް ނޫނެއްނު. ސިބްލިންސް.. އެކަމް ހީވަނީ ދެ ޕްލެނެޓެއްގަ ހުރި ދެ ބީރައްޓެހިން ހެން.) އަމަން ޖޯކު ޖަހައިލިއެވެ. ކުނާލް އަކީ މީގެ ކުރިން ދުވަހަކުވެސް ކައިލީ އަށް ހެޔޮއެދުނު މީހެއް ނޫނެވެ. ކުޑައިރުއްސުރެ އޭނާ ކައިލީ ދެކެނީ ވަރަށް ދަށް މީހެއްގެ ގޮތުގައެވެ.

"އައި ރިއަލައިޒްޑް ލޭޓަރ.. ކައި ކައިރީ މާފަށް އެދޭން ވެސް ބޭނުން ކުރުން ކަންތެއް ކެރުވެނި ގޮތުން." (އައި ރިއަލައިޒްޑް ލޭޓަރ.. ކައި ކައިރީގަ މައާފަށް އެދެން ވެސް ބޭނުން ކުރިން ކަންތައް ކުރެވުނު ގޮތުން.) ކުނާލް ގެ މޫނު މަތިން ފެންނަނީ ސީރިއަސް ކަމެވެ.

" މަ ވަކި ކޮޅެއް ނަގާކަށް ނެތިން. އިނބަ އަންމައި ހުއްދަޔައި އެއްކޮށް ދާން ބޭނުމުއްވާ ގޮހޮއި. ކައި އަށް ސަލާމް ބޮނެއްޔެ. އައިމް އޯލްވޭޒް ވިތް ޔޫ." (އަހަރެން ވަކި ކޮޅެއް ނަގާކަށް ނެތިން. ކޭ މަންމަގެ ހުއްދައާއެކު ދާން ބޭނުން ނަމަ ދޭ. ކައި އަށް ސަލާމް ބުނައްޗޭ. އައިމް އޯލްވޭޒް ވިތް ޔޫ.) އަމަން ކުނާލް ގެ ކޮނޑަށް އަތް ވައްޓައިލިއެވެ.

***

މަލްކާ އައިސް ޝަޔަކް އަށް އޭނާގެ ފޮތް ތައް ދިނެވެ.

"ތޭންކްސް މަލޫ.." ޝަޔަކް އަވަހަށް މަލްކާ ގެ ފޮތުގައި ދީފައިވާ ނޯޓްސް ތައް އޭނާގެ ފޮތަށް ނަގަން ފެށިއެވެ.

"އެނީ ޓައިމް… މީ ޓެސްޓު އައި ބައިތައް.. ދެން މި ޓޭބަލް ވެސް ނަގައްޗޭ. އެއިން ޓެސްޓު އަންނާނެ ނެކްސްޓް މަންޑޭ ގަ." މަލްކާ ކިޔައިދެމުން ދިޔައެވެ. "މީ ނަވާލް ކިޔައިދިން ގޮތް.. މަލް އަކަށް ނޭނގޭނެ ދޯ.."

"ނާލް ހާދަ ބިޒީ އޭ ދޯ." މާދަމާ ބަންދު ދުވަހެއް ކަމުން ކައިލީ އިނީ ހަމަޖެހިގެންނެވެ.

"މިހާރު ނުވައެއް ޖަހަނީ… ތި ދެމީހުން ދޭ ނޫޑްލްސް ކައްކަން.. އަހަރެން ނޯޓަސް ނަގައި ނިމިގެން ދާނަން." ޝަޔަކް ބުނެލިއެވެ.

ކައިލީ އާއި މަލްކާ ބަދިގެއަށް ހިނގައިގަތެވެ. އެކުދިން ތިބީ ހައްވަދައިތަ ކައިރީގައި އެރެއަށް ނުކައްކާށޭ ބުނެގެންނެވެ. އާދައިގެ މަތިން ހައްވަދައިތަ އިނީ ޓީވީ އިން ދައްކަމުން ދިޔަ ހިންދީ ޑްރާމާ ބަލާށެވެ.

"ދައްތާ ކޮބާ ވަޅިތައް؟ އެންމެ ވަޅިއެއް ވެސް ފެނެން ނެތް." ކައިލީ އައިސް ހައްވަދައިތަ ގެ ކައިރީގައި އަހައިލިއެވެ.

"ރަނގަޅަށް ބަލާބަލަ.. ހަރުގަ އަޅުވާފަ ވާނެ.. ކޮބާ ޝަޔަކް ؟ އޭނަ އެކަނި ބައިދާފަތަ؟" ޓީވީގެ އަޑު މަޑު ކޮށްލަމުން ހައްވަދައިތަ އަހައިލިއެވެ.

"ހެހެ އެއީ ބޮޑުވެފަ ހުރި މީހެއް ނޫންތަ؟" މަލްކާ ހީލިއެވެ. އެވަގުތު ހައްވަދައިތަ ގެ ބޮލުގައި ކުރީގެ ހިޔާލުތައް އެނބުރެން ފެށިއެވެ.

"ދަރިންނޭ.. ތި ހީކުރަނީ މުޅިން އިދިކޮޅަށް.. ދައްތަ އެ ކަންތައްތައް ތަކުރާރު ވުމަކަށް ނޭދެން." ހައްވަދައިތަ ދިޔައީ ކަރުނައާއި ހަނގުރާމަ ކުރަމުންނެވެ. ކިތަންމެ ކެތް ކުރިއަކަސް ރޮވޭނެއެވެ. "ދައިތަ މި އަންނަނީ އާސިޔާ މެން ގެއަށް ގޮސްލާފަ."

ފާޑަކަށް ހައްވަދައިތަ ނިކުތުމުން ކައިލީ ހުރީ ބަލަހައްޓައިގެން ނެވެ. ހައްވަދައިތަ ބުނި 'ތަކުރާރު ވުމަކަށް ނޭދެން' ގެ މާނަ ނަގާނެ ގޮތެއް ނޭނގިފައި ހުރެވުނީއެވެ.

މަލްކާ އަނބުރައި ބަދިގެއަށް ދިޔައެވެ. ކައިލީ ވެސް ފިރުކެމުން ކަހަލަ ގޮތަކަށް ދިޔައެވެ.

"އަސްލު އަހަރެން ހިތަށް އަރާ އެއީ ހާދަ ކެތްތެރި އަދި ހިތްވަރުގަދަ ދައްތަ އެކޭ." މަލްކާ ތަޢުރީފު ކޮށްލިއެވެ. ކައިލީ އަށް ހުރެވުނީ އޭގެ މާނަ ނަގާނެ ގޮތެއް ނޭނގިފައެވެ. ކަމެއް ފޮރުވާހެން ޔަގީން ވިއެވެ.

"ކޮބާ ރީޒަން އަކީ؟" ކައިލީ ހަރުން ވަޅި އެއް ނަގައިގެން އައިސް އަހައިލިއެވެ. މަލްކާ ސީދާ ކައިލީގެ މޫނަށް ބަލައިލިއެވެ.

"އިނގޭތަ؟ މިގޭގަ ވަރަށް ބޮޑުކަމެއް ހިނގައިފި.. ބޮޑު މިސްޓަރީއެއް." މަލްކާ އެ ވާހަކަ ކިޔައިދޭން ރެޑީ ވެލިއެވެ. ބޮޑުކަމެކޭ ބުނުމުން ކައިލީ ހީކުރީ ނާމާން ކަމެއް ކަމަށެވެ.

"ޓެލް މީ.. ޕްލީޒް." ކައިލީ ހުރީ އަޑުއަހާ ހިތުން ކެތްމަދު ވެފައެވެ.

"އޯކޭ.. ރެޑީތަ؟ މަލްކާ ދަ ސްޓޯރީ ޓެލާރ އިޒް ހިއަރ." މަލްކާ ގޮނޑިއެއްގައި އިށީނެވެ. ސައުގުވެރިކަމާއި އެކު ކައިލީ ވެސް އިށީނެވެ. "ވީ ގޮތަކީ… މިގޭ ދައްތަ ގެ ޓްވެންޓީސް ގަ ހުންނާނެ ވަރަށް ލޯބި ފިރިހެން ކުއްޖެއް. ނަމަކީ… ލޫއިސް އޯރ ލޫކަސް އޯރ ސަމްތިން.."

"ދެން.. ކޮބާ އެކުއްޖާ ؟" ކައިލީ ރުންކުރު ވެފައި އަހައިލިއެވެ. އޭނާ ދަންނަ ގޮތުގައި އެ ދެމަފިރިންނަކީ އެއްވެސް ދަރިއެއް ނުހުންނަ ދެމަފިރިންނެވެ. ނަމަވެސް މިހާރު ކުއްޖެއް ހުންނަ ކަން އެނގުނެވެ.

"އެކުއްޖާ ކުޑައިރުގަ… އެކުއްޖާ ކުއްލިއަކަށް ގެއްލުނީ.. ދެން އެކުއްޖާ އެއް ނުފެނޭ.. ހައްވަދައިތަ އެ ހަނދާންތަކާ ދުރަށް ދާން ވެގެން އެކުއްޖާގެ ކޮޓަރި އެއްކޮށް ބަންދު ކޮށްފަ އެހުންނަނީ.. ދަ އެންޑް.. " މަލްކާ ނިންމައިލިއެވެ.

ކައިލީ ހުރީ ބިރުގެންފައެވެ. އެވަގުތު އޭނާ އަށް ދޮރުކައިރީގައި މީހަކު ބަލަން ހުރިހެން ހީވިއެވެ. އަވަހަށް އެނބުރި ބަލައިލިއކރު އެތާގައި އެކަކު ވެސް ނެތެވެ. އޭނާގެ ސިކުނޑި ފީނައިގަތީ އެއްދުވަހަކު ބަބުކެޔޮ ގަސްދޮށުގައި ކުނިކަހަން އޮއްވައި ދިމާވި ހާދިސާއެވެ. އެދުވަހަކީ އަލަށް އައިކިން ފެނުނު ދުވަސްވެސް މެއެވެ.

"އައިމް ސްކެއާރޑް.. އާންމުކޮށް ފިލްމު ތަކުގަ މިހެން ވާނީ.." ބިރުންހުރި ކުޑަ މީދަލެއް ހެން ކައިލީ ބުނެލިއެވެ.

"އިޓްސް އޯކޭ ލިލީ.. ދެއާޒް ނަތިން ޓުބީ ސްކެއާޑް އޮފް." މަލްކާ ހީލައިފައި ކޮޅަށް ތެދުވިއެވެ. "މަންމަ ކިޔައިދިން ވާހަކައެއް މީ.. ޝަޔަކް އަށް އިނގޭނެ ހެނެއްވެސް ހިއެއް ނުވޭ."

"ކައިލީ…….." ބޭރުން އައި ބަރު އަޑުގެ ސަބަބުން ކައިލީ އަށް ހަޅޭއްލަވައިގަނެވުނެވެ. މަލްކާ އަށް ވެސް ވީހަމަ އެވަރެވެ. ދެކުދިން ބިރުން ހުރެ ބަލައިލީ ބަދިގޭގެ ދޮރާއި ދިމާއަށެވެ.

"ވަޓް؟…" ހޫދު ހުރީ ވެސް ބިރުގެންފައެވެ. ކައިރީގައި އައިކިން ވެސް ހުއްޓެވެ.

"ޔޫ ސްކެއަރޑް މީ ޓު ޑެތް.. ލޮލް.." މަލްކާ މޭގައި ފިރުމައިލިއެވެ. އެއްލި ކަޅިއަކުން އައިކިން ފެނުމުން ކައިލީ ލަދުން ރަތްވިއެވެ. އިސްޖަހައިލިއިރު ދެކޯ ހީވަނީ ލޭކޮޅެއް ހެންނެވެ.

"ހައި މަލް… ހޭ ލިލީ… ލިލީ ކޮބާ ޔޫގެ ބޯއިފްރެންޑް.." ހޫދު ވަދެގެން އައިސް ކައިލީ އާއި ދިމާކޮށްލިއެވެ. އައިކިން ތެދެއްހޭ އަހާ ފަދަ ގޮތަކަށް ހޫދުގެ މޫނަށް ބަލައިލިއެވެ.

"ނޭނގެ… ވާނެ ދޯ ކޮންމެވެސް ތަނެއްގަ. އައި ތިންކް ހީ އިޒް ސްޓޭންޑިން އިންފްރޮންޓް އޮފް މީ." ކައިލީ ވެސް ޖެއްސުން ކޮށްލިއެވެ. އޭނާއަށް ވެސް ހޫދުގެ ބަސްމަގު ފަރިތައެވެ.

ހޫދު ވަގުތުން ސީރިއަސް ވިއެވެ. އޭނާ ހުއްޓިގެން އެހުރީ ކައިލީގެ ކުރިމަތީގައެވެ. މަލްކާ ދެކުދިންގެ މޫނަށް ބަލަން ފެށިއިރު އޭނާގެ މޫނަށް ކުލަވަރު ތަކެއް އަރަމުން ދިޔައެވެ. އައިކިން އަށް ވެސް ވީ މަލްކާ އަށް ވީ ހެންނެވެ.

އަނގައިން ބުނަން ބޭނުންނުވި ކަމުގައި ވިއަސް މަލްކާ ވަނީ ހޫދު އާއި ވަރަށް ބޮޑަށް ގަޔާވެވިފައެވެ. ހޫދު ގެ ކޮންމެ ސިފައަކަށް ލޯބިކުރެއެވެ.

"ޖަސްޓް ކިޑިން… ދެން ހޫދު މީ ހަމަ މަލް ގެ ލަވް ލަވް ހޫޑީއެއް ނޫންތަ.." ކައިލީ އެންމެންގެ މޫނު ދިރާސާ ކޮށްލައިފައި ބުނެލިއެވެ.

އެވަގުތު ހޫދު ބަލައިލީ މަލްކާ އާއި ދިމާއަށެވެ. މަލްކާ ވެސް ހުރީ ހޫދު އާއި ދިމާއަށް ބަލާށެވެ. އެވަގުތު ދެމީހުންގެ ހަތަރު ކަޅި އެއްވަރުވިއެވެ. އެ މެސެޖު ރައްދު ކުރުމަށް ހޫދު އެތައް ފަހަރަކު ވަށް ބަހުން މަސައްކަތް ކޮށްފައި ވެއެވެ.

"އެހެމް…" އައިކިން ކަރުކެހިލުމުން މަލްކާ އަވަހަށް ނޫޑްލްސް ޕެކެޓު ތައް ހިފައިގެން ހިނގައިގަތެވެ. ކައިލީ ވެސް ބަދިގެއަށް ގޮސް ނޫޑްލްސް ކެއްކުމުގައި އުޅުނެވެ.

ފިލާވަޅުތައް ހަދައި ނިންމައިފައި ޝަޔަކް ވެސް އައެވެ. ފުރަގަސް ޖަހައިގެން އައިކިން ހުރިތަން ފެނުމުން ދެފައި އޮޅޭ ގޮތްވިއެވެ. އަޅައިގަންނަ ކަހަލަ ގޮތަކަށް ހިނގައިފައި ގޮސް އަތް ގާތް ކޮށްދޭން ފެށިއެވެ.

"ޝަޔާ… ރަނގަޅު ތަ މިހާރު؟" އައިކިން އަހައިލިއެވެ. އެވަގުތު ޝަޔަކް ގެ ހިތުގައި އާ ޖޯޝެއް އުފެދުނެވެ.

"އަހަރެން ރަނގަ.. ރަނގަޅު.. އަ.. އައިކިން ކިހިނެއް.. ތަ މިހާ.. ރު؟" ދޫ އޮޅެމުން ޝަޔަކް އަހައިލިއެވެ. ވަޅިން މިރުސް ކޮށަން ހުރިއިރު ހީވީ އިނގިލިތައް ބުރިބުރި ވާން އުޅޭ ހެންނެވެ.

"ފައިން… މި ބުނީ ޝަޔާ ގެ ހުންގަނޑު ގެ ވާހަކަ." ޝައުގެއް ނެތް ގޮތަށް އައިކިން ބުނެލިއެވެ.

"ނެތޭ ހިކަނދިފަތެއް ވެސް.. ލިލީ ދޭބަލަ މިގޭ ބިއްދޮށުގަ ހުރި ގަހުން ނައްޓަން." އައިކިން ގެ ސަމާލުކަން ބޭނުންވުމުން ޝަޔަކް ގޮވައިލިއެވެ.

"ކައި އެކަނިތަ؟ ނުކެރޭނެ ދާކަށް.. އާދެބަލަ ކޮންމެވެސް މީހަކު ކައި އާ އެއްކޮށް ދާން." ކައިލީ އިޝާރާތް ކޮށްލީ މަލްކާއަށެވެ.

"އަހަރެން ގޮސްފާނަން." މަލްކާ އެއްޗެކޭ ބުނުމުގެ ކުރިން އައިކިން ބުނެލިއެވެ. ހީވީ ފުރުސަތަކަށް ބަލަ ބަލައި ހުރި ހެންނެވެ.

"ތެދެ އައިކިން ގެންދެބަލަ." ޓަސްލައިފައި މަލްކާ ބުންޏެވެ. އިސްތަށިގަނޑު ރީތި ކޮށްލަމުން ކައިލީ ހިނގައިގަތެވެ. ފަހަތުން އައިކިން ދިޔައެވެ. މިތަން ބަލަން ޝަޔަކް ހުރީ މޫނު ކުނިކޮށްލައިގެންނެވެ.

ބޭރަށް ނިކުމެފައި ކައިލީ އައިކިން ކުރިއަށް އެރުމަށް ތަންދިނެވެ. އައިކިން ޖީބަށް އަތްޖަހައިލުމަށް ފަހު ކުރިއަށް އަރައި ހިނގައިގަތެވެ. މަލްކާ ދެއްކި ވާހަކައިގެ ސަބަބުން ކައިލީ ހުރީ ބިރުގެންފައެވެ. ވަށައި ބަލަމުން ދިޔައީ އައިކިން އާއި ވީހާ ވެސް ގާތުގައި ހުރެގެންނެވެ.

"ލިލީ.. އާ ޔޫ ސްކެއާރޑް؟" އައިކިން ފަހަތަށް އެނބުރިފައި އެއްކޮލަށް ހީލިއެވެ.

"ކައި ތަ؟ ނެވަރ." ކައިލީ ހަތަރު ކަޅި ހަމަކޮށްލަމުން މޮޅުވެލިއެވެ. ފޯނުގެ ފްލޭޝް ޖައްސައިގެން އައިކިން ދެތިން ހިކަނދިފަތް ބިނދެފައި ކައިލީގެ އަތަށް ދިނެވެ.

ޝަޔަކް ފެންބޯ ބިއްލޫރި ތަށީގައި ބާރަށް ހިފަހައްޓައިގެން ހުރި ވަރުން ތަށިން އަޑުކިޔައިގެން ދިޔައެވެ. އޭނާގެ ހިތުގައި ރޯވެ އަނދަމުން ދިޔައީ ހަސަދައިގެ އަލިފާނެވެ. އެ އަލިފާނުން އޭނާގެ މުޅި ސިކުނޑި އާއި ހިއްސުތައް އަނދައި އަޅިއަށް ވާން ފެށިއެވެ.

"ކައިލީ މިއަދު ހުރޭ ތިހެން.. އެކަމަކު ތިއީ މާ ކުޑަ ހިނދުކޮޅެއް.. ޔުއަރ ލައިފް ޑިސްޓްރޯއީ ވާކަށް މާ ގިނަދުވަހެއް ނުނަގާނެ." ޝަޔަކް ހިތަށް އިވޭވަރަށް ބުނެލިއެވެ. "ސްޓޭ އަވޭ ފްރޮމް މައި އައިކް."

އިރުކޮޅަކުން ކައިލީ ހިކަނދިފަތް ހިފައިގެން އައެވެ. އައިކިން ވަދެގެން އައި އިރު މޫނު މަތީގައި ވަނީ ނުފިލާނެ ހިނިތުން ވުމެކެވެ.

ކެއްކި ނޫޑްލްސް އިން މަލްކާގެ މޮޅު ހުނަރު ހަމަ ރަނގަޅަށް ފެނެއެވެ. ހޫދު އަށް މަލްކާ އަށް ތައުރީފު ނުކޮށެއް ނުހުރެވުނެވެ.

"ދިސް އިޒް އޯވްސަމް.." ހޫދު އެއްލޯ މަރައިލިއެވެ. ކޯކު ތަށީގައި ތުން ޖަހައިގެން ހުރެފައި މަލްކާ ކުށި އަރާގޮތްވިއެވެ. ދެތިން ފަހަރަކު ބުރަކަށީގައި ޖަހައިލައިފައި އޭނާ ހަމަޖެހިލިއެވެ.

"ތޭންކްސް ހޫޑީ." މަލްކާ ބެލީ ފުރަތަމަ ވެސް ހޫދު އަށް ސުކުރު އަދާކުރެވޭތޯއެވެ. މިއަދު ހޫދު އާދަޔާ ހިލާފަށް ބަސްމަދުކަން މަލްކާއަށް ފާހަގަވިއެވެ.

"ޓާމް ޓެސްޓު ފެށެނީ.. ވަރަށް ވޯކް ކުރަން ޖެހޭނެ ދޯ." ހަމަހިމޭންކަން ނަގައިލަމުން ޝަޔަކް ވާހަކަދެއްކިއެވެ. އެވަގުތު އައިކިންގެ ތޫނު ކަޅި އަމާޒު ވުމުން އޭނާ ރަތް ވިއެވެ.

"އަހަރެމެން ސަލާމް.. ގްރޭޑް ޓެން ނިންމީ ވަރަށް ޕީސްކޮށް ދޯ." ހޫދު އައިކިން ގެ ކޮނޑުގައި ޖަހައިލިއެވެ.

"ޕީސް އަކަސް އެހާ ބޮޑަށް ޕެނިކް ވާކަށް ނުވާނެ.. ހޫދު ވެސް ހޯދި ދެ އޭ އާ ހަތަރު ބީ އާ ދެން ހުސް ސީ." އައިކިން އަނގަޔަށް ފުރައި ކާއެއްޗެހި އަޅައިގެން ހުރެ ބުނެލިއެވެ.

"ދެން ހޫދު ކީއްވެ ޖޮބަކަށް ނުދަނީ؟" އާދައިގެ ގޮތަކަށް މަލްކާ އަހައިލިއެވެ.

"މަލް އާ އެކީ ގަ ދާން.. ރަނގަޅެއް ނޫންތަ؟" ހޫދު ސީރިއަސް ވެލިއެވެ. "ޔޯރ މައި ބެސްޓީ.. ބެސްޓީ އަށް ކެއަރ ކުރަން ޖެހޭނެއްނު."

“ހޫމްމް…" މަލްކާ އިސްދަށަށް ޖަހައިލިއެވެ. ހޫދު އޭނާ ބަލަނީ ހަމައެކަނި އެންމެ ގާތް އެކުވެރިޔާގެ ގޮތުގައި ކަމަށް ހީވާ ކޮންމެ ފަހަރަކު ހީވަނީ މެޔަށް ހަންޖަރެއް ވައްދައިލާ ހެންނެވެ.

"އާނ.. ދަނީ.. ތި މީހުން ޓެސްޓު އަންނަން އުޅޭ ދުވަސްކޮޅު މާ ގާތް ވެގެން އުޅެންޏާ ކަޑަ ވާނެއްނު." އައިކިން ގޮސް ތަށި ދޮވެލިއެވެ.

ނުނިމޭ

ހޯޕް ޔޫ އެންޖޯއި ދިސް.. 😊

  Please log in or register to bookmark.
  939

  10 ޚިޔާލު

  1. Cutie............. u r Anntastastic ehahe. You are cute plus awesome. I miss your cute pp. Anyways the story rocks! 😀😍😘😚

   • އޯހްހް ގްރޭސިއަޒް..... 😋 😀 ޔާ ޕީޕީ ބަދަލު ކޮށްލާނަން.... ❤️😊😙ލަވްސް ފްރޮމް މީ ހަނީ... 😋

  2. ދަރިޔާ ކަލްކީ އެއް ލިބޭތަ 20 ރފ އަށް.އައި ތިންކް އޭތި އެންމެ ކުޑަކޮށް ވެސް ހުންނާނީ 800+ ވަރުގަ

   • ހެހެ އަސްލު އޭން އަކަށް ވެސް ނޭނގޭ.... 😋 ދެން ހިތަށް އެރި އެއްޗެއް ޖަހައިލީ..... ގްރޭސިއަޒް ފޯރ ކަރެކްޓިންގ.... ނެކްސްޓް ޓައިމް އޭން ވިލް ތިންކް އެބައުޓް ޕްރައިސް އެންޑް ސްޓަފް..... ❤️❤️❤️💝

   • އޭން ވިލް ސަބްމިޓް އިޓް ރައިޓް ނައު.... އެޑްމިން އެޕްރޫވް ދިނީމަ އަޕްވާނެ ދޯ...... ކީޕް ވެއިޓިން ލަވް..... 😋 😀 😀 💖 ❤️

  ޚިޔާލު

  Your email address will not be published.