ރައްޔާން - 3

* "ކިހިނެއްވީ؟ ކޮން ވާހަކައެއް ދައްކަން ބައްދަލްކުރާށޭ ބުނީ؟" ރައްޔާން ޝައުޤުވެރިވެފައި އެހިއެވެ.
"އިއްޔެ ދެއްކި ވާހަކަތަށް ރައްޔާން އަށް ޤަބޫލް ނުކުރެވުނުހެން ހީވާތީ." އަލްޔާ އޮޅުންފިލުވައިދިނެވެ.
"ދެން ކިހިނެއްވީ؟" ރައްޔާންއަށް އަދިވެސް އަލްޔާގެ މަގްސަދު ސާފެއް ނުވިއެވެ.
" އަހަރެންގެ އާއިލާގައި އެބަހުރި ރައްޔާން ކާާާާާާާާާާާާާާާފަ ފަރުވާ ދީގެން ރަނގަޅު ކުރި ކުއްޖަކު . ރައްޔާން އެގޮތާއި އެއްބަހިއްޔާ އަހަރެން ބޭނުން އޭނަޔާ ރައްޔާން ބައްދަލު ކުރުވަން . އޭނަ ރައްޔާން
ގެ ހުުރިހާ ސުވާލަކަށް ޖަވާބު ދޭނެ " . އަލްޔާ އިތުރު ތަފްސީލް ދިނެވެ.
" ހަވީރުން ދޯ. " . ރައްޔާން ދެބަހެއްނެތި އެއްބަސްވި އެވެ .
ހަވީރުވެގެން އައި އިރު ރައްޔާން ތައްޔާރުވީ ދަނޑަށް ފުޓުބޯޅަ ކުޅެން ދިއުމަށެވެ. ކުޅެންދާ ޓީޝާޓާއި ސޯޓު ލައިގެން ނިކުމެ ބޫޓަށް އަރަން ގޮނޑި އެއްގައި އިންދާ މަންމަ ދޮރު ހުޅުވާލާފައި ވަނެވެ .
" ދަރިފުޅު އަލްޔާ އައިސ އެބަހުރި." މަންމަ ބުނެލިއެވެ. ރައްޔާން ހަނނދާާާާންވީ އެވަގުތު އެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެވެެެެެެެެެެެެެެެެެެެ. ހަވީރު އަލްޔާމެން ގެއައް ދާން އެއްބަސްވެފައި އޭނާ ހުންނާނީ ހަނދާން ނައްތާލައިގެންނެވެ.
"އަލްޔާ އަހަރެން ކުޑަކޮންވެސް ހަނދާން ނެތް ތިގެޔަށް ދާން ބުނެވުނު ކަމެއް. އެހެންވެ ފުޓުބޯޅަަަ ކުޅެންދާން މިތައްޔާރުވީ." ރައްޔާން ގޭ ދޮރުމައްޗަށް ނިކުމެފައި އަލްޔާ ފެނިގެން ވާހަކަދެއްކިއެވެ.
"ދެން ކިހިނެއް ހަދާނީ؟ ފަހުން ދާނީތަ؟" އަލްޔާ ރައްޔާން އެދޭ ގޮތް އެހިއެވެ.
"އެހެން ދުވަހަކުން." ރައްޔާން ޖަވާބުދިނެވެ. ކުޅޭ ހެދުމުގައި ހުރެ އެގެއަށް ދާކަށް އޭނާ
ހިންހަމައެއް ނުޖެހުނެވެ. އަލްޔާ ވަދާޢުގެ ސަލާމް ކޮށްލާފައި ގޮސް ގެއްލުމުން ރައްޔާން ގޮސް ބައިސްކަލަށް އަރައި ދުއްވާލިއެވެ.
ދަނޑު ހުންނަ ސަރަހައްދަށް ދެވުނުއިރު އެއުމުރުގެ ގިނަ ކުދިންތައް ކުޅޭ ގަޑިއަށް އެތަނަށް ޖަމާާވަމުން އައެވެ. ޓީމު ހަމަނުވާތީ ނުފެށިފައި ހުންނަން ޖެހުނީ ފަސް މިނެޓެއްހާއިރެވެ.
ފޯރީގައި ކުޅުނު މެޗް ނިމުނުއިރު އިރު އޮއްސި ބަންގި ގޮވަން ފަށައިފިއެވެ.
"މާދަންވެސް ވާނެ އިންގޭ އަންނަން ." ވަރުބަލި ފިލުވާލަން ވެގެން ވިނަގަނޑުމަތީ ތިބެފައި އެކުވެރިއަކު ބުނެލިއެވެ. ރައްޔާން ބޯޖަހާލާފައި އޭނާ ގެންގުޅުނު ފެންފުޅިން ކަރުހިއްކުން ފިލުވާލުމަށްފަހު ކައިރީ ކޮޅަށް ހުރި އެހެން އެކުވެރިއަކަށް ދިނެވެ.
" ދެން ހިނގާ ދާން!" ލަސްވާން ފެށުމުން ރައްޔާން ތެދުވިއެވެ. ފެންފުޅީގައި ބާކީހުރި ފެންފޮދު އޭނާ އޮއްސާލީ ބޮލަށެވެ.
އެހެން ހުރިހާ ކުދިން ގޮސް ހުސްވިފަހުން އެގުރޫޕްގައި ތިބި ތިން ކުދިންނާއެކު ރައްޔާން ބައިސްކަލަށް އަރައިގެން ދުށްވާލިއެވެ. އެހިސާބުގަނޑު އޮތީ އަނދިރިވާން ފަށާފައެވެ. އަވަށްގަނޑާއި ދުރުގައި އޮންނަ ދަނޑަށް އާދެވުނީ ބޮޑު ރަނިކަ ގަހެެއް ހުރަސްކޮއްފައެވެ. އެ ގަހާ އަރާ ހަމަވިއިރު ކުރިއަށްވުރެ ބޮޑަށް އަނދިރިއެވެ.ރަނިކަ ގަސް މަތިމައްޗަށް ފެތުރިފައި އޮންނަ ގޮތުން އުޑެއް ނުފެނެއެވެ.
ގަސް ފަސްދެނިކޮށް ރައްުޔާންއަށް އަޑެއް އިވުނުހެން ހީވެގެން ހުއްޓެވުނެވެ. ހީވީ އެދިމާ ކައިރިން ގަސްތަކުތެރެއިން މީހަކު ހީގަތް ހެންނެވެ. އެހެން ކުދިންނަށް ފާހަންގަ ނުވާނެހެން ރައްޔާން އެނބުރި ބަލައިލިތަނާ މެއަށް ފިނިވެގެން ދިޔައެވެ. ހަވީރުގެ އެގަޑީގައި ރަނިކަގަސް ބުޑުގައި ހުރީ ހުސްގަޔާ ހުރި ކުޑަ ފިރިހެން ކުއްޖެކެވެ. ހަމުގެގެ ކުލަ ދެލިހާ ކަޅެވެ. ސުވާލު އުފެދިފައި ހުރެގެން ރައްޔާން އެނބުރި އައީ ގެއަށެވެ.
"މިއަދުވެސް ބަންގި ގޮވާ ނިމުނީމައެއްނުން ތިއައީ. މަންމަ ކިތަށްފަހަރު ބުނީމަ ރައްޔާންއަށް އަޑު އިވޭނީ؟" ބޫޓު ބާލަންވެގެން ބޭރުގައި ހުރި އަށްޓެއްގައި އިށީނދެ އިންދާ މަންމަޔަށް ފެނިގެން ހިންހަމަނުޖެހިފައި ވާހަކަދެއްކިއެވެ.
"ކޮންވާހަކައެއްތަ މަންމަ ؟" ރައްޔާން ފަރުވާކުޑަ ގޮތަކަށް ސުވާލު ކުރިއެވެ. މަންމަ އެދައްކަނީ ކޮން ވާހަކައެއްކަމެއް އޭނާ ކުޑަކޮށްވެސް ހަނދާނެއް ނެތެވެ.
"ބުނީމެއްނުން ބަންގި ގޮވުމުގެ ކުރިން ފެންވަރައިގެން ހުންނާށޭ. ދެ ނަމާދު ދޭތެރޭ ނުވާނެ ފެންވަރާކަށް ." މަންމަ ހަނދާންކޮށްދިނެވެ. ރައްޔާން ކޮންޑު އަރުވާލައިފައި ފެންވަރަން ވެގެން އެތެރެޔަށް ވަނެވެ. ބޭލި އެއްޗިހި ރޯނަށް އެއްލާލާފައި ގޮސް ވަޅަށް ފުރަތަމަ ދާނި ގަންބާލިތަނާ މީހަކު ގޮވައިލިހެން ހީވިއެވެ. ރައްޔާން އެނބުރި ބަލައިލިއަރި ފާރުކައިރީ ބިޔަކޮށް ހެދިފައިވާ ހިކަނދިފަތް ގަސްތަކުތެރެ އޮތީ އަނދިރިކޮށެވެ. އެހެން ނޫނަސް އެތަނުގައި މީހަކު ނުހުންނާނެ ނޫން ހެއްޔެވެ.
ރައްޔާން އެވަރުންވެސް އެއީ ބޮޑު ކަމަކަށް ނުހެދިއެވެ. އޭނާ ނިންމީ އެއީ ހީވި ގޮތެއް ކަމަށެވެ. ވަހުމެއް ކަމަށެވެ. ފެންވަރާލައިގެން ނިކުމެ ނަމާދަށް އެރީ ގެއަށެވެ. ޖަމާއަތަށް ލައްވާނުލާނެތީ ނުދިޔައީއެވެ. ދެ ނަމާދު ދޭތެރޭ ކޮއްކޮއަށް ކިޔަވައިދޭން މަންމަ ދިއުމުން ރައްޔާން ފޫހިވެގެން ކުޅެންފެށީ ގޭމެކެވެ. އިރުކޮޅެއް ވީތަނާ ކޮންްމެވެސް މީހަކު އައިސް ދޮރުފަތުގައި ޓަކި ޖެހިއެވެ. ރައްޔާން ގޮސް ދޮރު ހުޅުވާލިއިރު އެކަކުވެސް ނެތެވެ.
"ކާކު ސަމާސަ ކުރަނީ؟...............

-ނުނިމޭ-

  Please log in or register to bookmark.
  2k

  6 ޚިޔާލު

  1. ހާދަ މަކަރުވެރި މީހެކޭދޯ.މިއީ ކިނާން ވާހަކަ. ޖާދޫގެ ވާހަކަ ސީރީޒްގެ ވާހަކައެއް.

  2. މާޝާ ﷲ ޔޫ ސޯ ގޫޑް.... ވެރީ ގޫޑް. އަވަހައް އިސްތިއުފާ ދީފަ ގެއައް ދޭ.. ޔޫ އައް ވީ ވަރު ތިހުރީ ވެފަ... އަލްހަމްދުލިﷲ... އަވަގައް ގެއައްދޭ... ޖަސްޓް ކިޑިން

   2
   4

  ޚިޔާލު

  Your email address will not be published.