ގޮންޖެހުން - 3

އެދުވަހައްފަހު ސާލިމް އާއި އޭނަގެ އާއިލާގެ މުޅި ދިރިއުޅެނީ ބަދަލުވިއެވެ.
**************************************

"ހޫމް..ކީއްވީތަ ތި ގޮވަނީ ދޮންބޭ؟" 14 އަހަރުގެ މުހާ އޭނަގެ އެއްމާބަނޑު ބޭބެ ދާއިން ގޮވާ އަޑަށް ނިދިން ހޭލެވުނެވެ. "މިއުޅެނީ ދޮންބެ ރައްހުމަތްތެރިންނާ އެކީ މި ރަށު ރައްޔިތުން މި ރަށު ވަލުތެރޭ ގައި މީހުން ކައި އުޅޭ ދިގު މީހެއްގެ ވާހަކަ ކިޔާތީ އެއީ ތެދެއްތޯ ބަލަން ވަލަށް ދާން...މުހާ ވެސް އަންނަން ވީނު..ވަރަށް މަޖާވާނެ...ޔައިޝްގެ ކޮއްކޮ ރައިނާ އާއި އޭނަގެ ރަހުމަތްތެރި ނިއުމާ ވެސް އާދޭ" ދާއިން އޭނާ އާއި އެއްކޮށް ވަލަށް ދިޔުމަށް އެދުނެވެ. "ނޫން ނުކެރޭނެ...ބިރުގަނޭ...މީހުން އެބުނާ ދިގު މީހަކީ އަސްލުއެއްޗެއްހެންނެއް ހިއެއްނުވޭ...އެހެން ނޫނަސް މިވަގުތު ބޭރަށް ދިޔަކަން މަންމަ އިނގިއްޖެއްޔާ މަންމަ ވަރަށް ރުޅި އަންނާނެ" މުހާ ބުނެލިއެވެ. "އެ މީހާ އަކީ އަސްލު އެއްޗަކަށް ވެދާނެއެއްނު...މިހާތަނަށް އައިސް ވަލަށް ވަންނަ ވަރަށް ގިނަ މީހުން ގެއްލޭ...ވަލަށް ދަރު ހޮވަންދާ އަންހެން ކިޔާ ކަޅު ކޯޓެއް ލައިގެން ހުންނަ ދިގު މީހެއް ފެންނަ ވާހަކަ...ނާސިރާ މިސް ވެސް ބުންޏެންނު މިސްގެ މާމަ ވަލަށް ދިޔަދުވަހެއްގައި އެކަހަލަ އެއްޗެއް ފެނުނޯ...އަދި އިތުރު ދެ އަންހެން ޖިންނިތަކެއް ފަދަ އެއްޗިސްތަކެއްވެސް ފެނުނޯ ބުނީ....މޫސަބެ ވެސް އޭނަގެ ރަހުމަތްތެރި އީސާފުޅު އާއި އެކު ވަލުތެރެއަށް ވަދެގެން އުޅެނިކޮށް ދިގު މީހާ އައިސް އަލިފުޅު ޖަހައިގަނެގެން ގެންދިޔަ ވާހަކަ ކިއެއްނު...މޫސަބެ ބިރުން ދުއްވައިގަތީއޯ...މޫސަބެ މިހާރު ހުންނަނީ މޮޔަވެފަ...ފުލުހުން އީސާފުޅައް ވީގޮއް ތަހްގީގު ކުރަނީ...ދޮންބެ ބޭނުންވަނީ މީ ހުރި ހާ ކަމެއްގެ އަސްލު ހޯދަން... ދޮންތިގެ އެއީ އާ ނުލާ ދޮންބެމެންނަކަށް މިކަމެއް ކާމިޔާބު ނުކުރެވޭނެ...ދެން ދޮންބެމެންނާ އެއްކޮށް އާދެބަ" އާދޭހުގެ ރާގަކަށް ދާއިން އަށް އެހީވެ ދިނުމަށް މުހާ ގާތުން އެދުނެވެ. "އޯކޭ..ދޮންބެ އާއި އެއްކޮށް ގޮސްފާނަން...އެހަށް މަޑުކޮއްލާ ކޮއްކޮ ހެދުން ބަދަލު ކޮއްގެން އަންނާނަން" މުހާ ދާއިން އަށް އެހީވެދިނުމަށް އެއްބަސް ވިއެވެ. ދާއިން އުފާވެރި ހިނިތުންވުމަކާއި އެކު މުހާ ގެ ކޮޓަރިން ނިކުމެ މުހާ ހެދުން ބަދަލު ކުރަން ދެން މަޑުކުރިއެވެ. މާ ގިނައިރެއް ނުވެ މުހާ ރީތި ވެލައިގެން އައެވެ. ލަސް ނުކޮށް ދެމީހުން ދެމީހުންގެ ބައިސްކަލުގައި ނައްޓާލިއެވެ.

ދެކުދިން ވަލާ އަރާ ހަމަވިއިރު ދެކުދިންގެ އިންތިޒާރުގައި އެދެކުދިން ގެ ރަހުމަތްތެރިން ތިއްބެވެ. "ހާދަ ލަސްވީ؟ ތި ދެ މީހުންގެ އަންނަން ދެން އަހަރުމެން މިތާ ތިބިތާ އެއް ގަޑި އިރު ވެދާނެކައްނޭނގެ!" ދާއިން އާއި މުހާ ލަހުން އައުމުން ޔައިޝް ހުރީ ހިތްހަމަނުޖެހިފައެވެ. "އެހެންނެންނުވާނީ... މިހިރަ މުހާ އެއްޗިސް ބަދަލު ކުރަން ވެސް އެހާ ގިނައިރު ނަގާ" ދާއިން ބައިސްކަލުން ފައިބަމުން މުހާ އާއި ޖެއްސުންކޮއްލުމަށް ބުންޏެވެ. "ހޫމް...އެއްކަލަ ދޮންބެ...އަހަރެން އެއްޗިސްލާންނެގީ އެންމެ 7 މިނެޓު...ދޮންބެއެއްނު ކޮންމެ ދުވަހަކު މަދަރުސާއިން އައިސް ގިފިލި ތެރޭ ފެންވަރަން 2 ގަޑި އިރު ހޭދަކުރަނީ!" މުހާ ކުޑަ ކޮށް ހިތްހަމަނުޖެހިފައި ބުންޏެވެ. "ދެން ޒުވާބު ކުރަން ނުފަށާ ހިނގާބަ ތިބުނާ މޫނުނެއް ދިގު މީހެއް ހޯދަން ދާން" ކެއްމަދުވެފައި ހުރި ނިއުމާ ބުންޏެވެ. "ތެދެއް، ދެން އިރުއެރުމުގެ ކުރިން ހިނގާބަ އެ މޫނުނެއް ދިގު މީހާ ހޯދަން" ރައިނާ ނިއުމާ އާއި އެއްކޮޅަށް އެރި އެވެ. "އޭ...ޖައިޝަމް ކޮބާ" ދާއިން ކައިރީ ހުރި ޖައިޝަމް ފެންނަން ނެތުމުން ދާއިން ސުވާލު ކުރިއެވެ. "މިހިރީ" ޖައިޝަމް ގޮވާލި އަޑަށް އެންމެން ބަލައިލިއުރު ޖައިޝަމް ވަލުތެރެއަށް ވަދެގެން ދަނީއެވެ. ޖައިޝަމް ގެ ފަހަތުން ދެން ތިބި ފަސް ކުދިން ވެސް ވަލުތެރެއަށް ވަދެގެން ދިޔައެވެ.
...................................................................................................................

"މައްމާ! އަދި ވެސް ބައްޕަ ނާދޭތަ؟" ކައި މޭޒު ދޮށުގައި ބަނޑުހާވެފައި އިން ސުރައްޔާ އާސިޔާ އާއި ސުވާލު ކުރިއެވެ. "ބައްޕަ އަދި ނާދޭ...ކެއްތެރިވޭ ދަރިފުޅާ، އިރުކޮޅަކުން ކޮންމެސް މީހަކު ހިފައިގެން ބައްޕަ އަންނާނެ" އާސިޔާ ސުރައްޔާ އަށް ނަސޭހަތް ދިނެވެ. ސުރައްޔާ އާއި އޭނަގެ އާއިލާ ދިރޭ އުޅެމުން ދިޔައީ ކުރިން ދިރިއުޅުނު އާދައިގެ އުފާވެރި ގޮތަކަށެއްނޫނެވެ. ސުރައްޔާމެން ފެނެއްނުވަރައެވެ. ދަތެއްނޫންގުޅައެވެ. ކައި އުޅެނީ ކަނޑު މަހާއި، މެހި، ކުރަފި ފަދަ ސޫފިތަކެވެ. އެންމެ ގިނައިން ކައި އުޅުނީ އިންސާނުންނެވެ.
ސުރައްޔާމެންނަށް އެންމެ މީރީވެސް އިންސާނުންނެވެ. އިންސާނުން އުޅޭ ގޮތާ ހިލާފަށް ސުރައްޔާމެން އުޅެމުން ދިޔައީ ހަންޑި، ފުރޭތަ ފަދަ އެއްޗިސް ދިރިއުޅޭހެންނެވެ.
..................................................................................................
ދާއިން އާއި އޭނަގެ އެކުވެރިން ސަކަރާތް ޖަހަމުން އަނދިރިކަން ފެތުރިފައިވާ ބިޔަ ވަލުތެރެއިން ޓޯޗު ބައްތިއެއްގެ އަލިކަމުގެ އެހީގައި ހިނގާފަ ދިޔައެވެ. ކުއްލިއަކަށް ގަހަކުން އަޅި ކުލައިގެ ބުޅަލެއް ގަހަކުން ފުއްމާލިއެވެ. ހުރިހާ ކުދިން ސިހިފައި ހަޅޭލަވައިގަތެވެ. މުހާ ގޮތް ބިރުން ހަޅޭލަވަމުން ދާއިން ގެ އުރަށް އެރި އެވެ. އެ ކުދިން ހަޅޭލަވާ އަޑު މާ ދުރުނޫން ހިސާބައް ގައި ހުރި ސާލިމްއަށް އިވުނެވެ. އަވަހަށް އެ ކުދިން ތިބި ދިމާލަށް ދުއްވައިގަތެވެ. "ސާބަހޭ މުހާ!...ހަމަޖެހިބަލަ...އެއީ ކުޑަ ބުޅަލެކޭ" ދާއިން އޭނަގެ އުރުން މުހާ ތިރިކުރަމުން މަލާމާތުގެ ރާގަކަށް އޭނާ މުހާ އާ ދިމާލަށް ބުނެލިއެވެ. ކުއްލިއަކަށް އެކުދިންގެ ފަހަތުން އިވުނީ ބިރުވެރި އަޑެވެ. ހުރިހާ ކުދިން ސިހިފައި އަނބުރާ ފަހަތަށް ބަލައިލިއެވެ. އެ ކުދިން ބިރުން ފިތްކަނޑައިގެން ނުދިޔައީ ކިރިޔާއެވެ. ފަހަތުގައި ހުރީ އިސްކޮޅުން 15 ފޫޓު ހުރި ދިގު ދިގު މީހެކެވެ. ލައިގެން ހުރީ ކަޅުކިލައިގެ ކޯޓެކެވެ. ހަންގަނޑު ހުރީ ހުދުކުލައިގެ އެވެ. މޫނު ގައި ލޮލެއް، އަނގައެއް، ނޭފަތެއް އަދި ދެކަންފަތެއްވެސް ނެތެވެ. ބޮލުގައި އެންމެ އިސްތަށިކޮޅެއްވެސް ނެތެވެ. ބިރުން ހިރިލާންވެސް ނުކެރިފައި އެ ކުދިން ނަށް ބަލަން ހުރެވުނެވެ. މިހެން ބަލަން ތިއްބައި އޭނަގެ ބުރަކަށިން ބޯވާގެ ހުންނަ ކަހަލަ 6 ފައި ނިކުތެވެ. އަނެއްކާ ވެސް އެ މީހާ ބިރުވެރި އަޑެވެ ލައްވާށިއެވެ. ގައިގައި ވީހާ ބާރެއް ލާފައި ހުރިހާ ކުދިން ދުއްވައިގަތެވެ. ނަމަވެސް އެ މީހާގެ ދިގު ފައިތައް ބޭނުންކޮއްގެން ޖައިޝަމް ފިޔަވައި އެހެން ހުރިހާ ކުދިން ހިފައި ހައްޔަރު ކުރިއެވެ. ޖައިޝަމް ވަލުން ނިކުމެ ދުވެފަގޮސް ޕޮލިސް ސްޓޭޝަން އަށް ވަދެ ދިގު މީހާ އޭނަގެ ރަހުމަތްތެރިން އަތުލައިގަންވާހަކަ ފުލުހުންނަށް އެންގިއެވެ.
*********************************************
=ނުނިމޭ=
4 ވަނަ ބަޔަށް އިންތިޒާރު ކޮއްލާ! 🙂

    Please log in or register to bookmark.
    905

    ޚިޔާލު

    Your email address will not be published.