ގޮންޖެހުން - 1

ޙެނދުނުގެ ވަގުތެވެ.ދޫނިތަށް އެސޮރުމެންގެ މިއުޒިކީ އަދުން ލަވަ ކިޔަމުން ދެއެވެ.މަދު ވައި ރޯޅިތަކުން ގަސްތަކުގެ ފަތްތައް ނަށަމުން ދެއެވެ.އަންހެންވެރިން ނުކުމެ ކުނި ކެހުމުގައި އުޅެއެވެ.މަސްވެރިން މަހައް ދާން ފުރަނީއެވެ.މަސްވެރިން މަހަށް ފުރާ ތަން ބަލަން އަތިރިމަތީގެ ހިމުން ފަސްގަނޑު މަތީގައި އިށީންދެގެން 21 އަހަރުގެ ނާޔާ އިނެވެ.އޭނާގެ ސިކުނޑީގައި އެނބުރެމުން ދިޔައީ މީގެ 9 އަހަރު ކުރިން އޭނާއަށް ދިމާވި ކަމުގެ ހަނދާނެވެ.

***9 އަހަރުގެ ކުރި***
ނާޔާއަށް ހޭލެވުނީ އޭނާގެ ދޮން މަންމަ ފާތުމަ އޭނާ ސުކޫލަށް ދާން ގޮވުމުންނެވެ.މޯޅިއަކަށް ދެމިލާފައި ކުނި މޫނު ހަދައިގެން ފެންވެރުމަށް ފާޙާނައަށް ވަނެވެ.ދަތް އުނގުޅާ ފެންވަރައިގެން ނުކުމެ ޔުނީފޯމު ލައިގެން ދިޔައީ ކާ ގެއަށެވެ.ކާގެއަށް ވަދެ ކާ މޭޒު ކައިރީ އިން ގޮނޑިއެއްގައި އިށީނެވެ.ފާތުމަ ނާޔާއަށް ސައި ތަށްޓެއް ގިރާދިނެވެ.ނާޔާއަށް އޭނާގެ ދޮން މަންމަ ދެކެ ވަރަށް ރުޅި އާދެއެވެ.ނާޔާދެކެ ނާޔާގެ ދޮން މަންމަ ރުޅިއަންނާނެކަން އެނގެއެވެ.
ވާނީވެސް އެހެންތާއެވެ.ނާޔާގެ މަންމަ ނާޔާއަށް އެންމެ 4 އަހަރުގައި ވަނީ ދުނިޔެއަށް އަލްވަދާއު ކިޔާފައެވެ. ނާޔާއަށް މަންމައެއްގެ ލޯބި ނުލިބި ބޮޑު ވާކަށް ނާޔާގެ ބައްޕަ ބޭނުމެއް ނުވިއެވެ.އެހެންކަމުން ނާޔާގެ ބައްޕަ ފާތުމައަށް ކައިވެނި ކުރިއެވެ.ކައިވެނި ކުރިތާ 1 އަހަރު ނުވަނިސް ނާޔާ ބައްޕަ ނިޔާވިއެވެ.އޭގެފަހުން ފާތުމައެށް ނާޔާ ބަލަން ޖެހުނީ އެކަނި މައި އެކަންޏެވެ.އޭނާ ވަރަށް ބުރަކޮށް މަސައްކަތް ކޮށްފައި ގެޔަށް އައިސް ނާޔާ ބަލާފަ ބިލުތައްވެސް ދައްކަން ޖެހެއެވެ.މިކަމާ މީހަކު ރުޅިނައިސް ހުރެވޭނެ ހެއްޔެވެ؟
ނާޔާ ސައި ބޯން އިންދާ ކުއްލިއަކަށް މީހަކު ސަލާން ގޮވާ އަޑު އިވުނެވެ.ނާޔާއަށް އެ މީހާ ފެނިފައި މޫނު މައްޗަށް ހިނިތުންވުމެއް ފާޅުވިއެވެ.
(ނުނިމޭ)

2 ވަނަ ބަޔަށް އިންތިޒާރު ކޮށްލައްވާ😊

    Please log in or register to bookmark.
    934

    ޚިޔާލު

    Your email address will not be published.