ރައްޔާން - 2

" ކީއްވެ ފާޑަ ކަށް ތިބަލަނީ ؟" ޒިވާން ހައިރާން ވެފައި އެހިއެވެ..
ނޭޭޭޭޭޭޭގޭޭޭޭޭޭތަ ރައްޔާން ކާފަ އަކީ ބޭސްވެރިއެއް ނޫން ކަމެއް. ދެން ކީއްވެ ރައްޔާން އެހެން އެކިޔަނީ؟" އަލްޔާ ހުރީ ހައިރާންވެފައެވެ. އެއަޑު އަހާފައި ރައްޔާން އަށް ލިބުނު ހައިރާން ކަން އޭގެ ދެގުނައެވެ. " ކޯއްޗެ ކޭ ތި ކިޔަނީ؟" ރައްޔާން އޮޅުންފިލުވައިދޭން އެދުނެވެ.
" އަހަރެން މަންމަ ކިޔާތީ އިވުނީ ރައްޔާން ކާފައަކީ ބޭސްވެރިއެއް ނޫނޭ. އެއީ ފަންޑިތަ ހަދައި ރޫޚާނީ ކަން ކަމުން މީހުންނަށް ފަރުވާ ދިން މީހެކޭ. އަދި ހަމައެ ކަނި ކާފައެއް ނޫން. ރައްޔާންގެ މުނި ކާފައާ ހޫރު ކާފައަ އަކީވެސް އެރޮނގުގައި މަޝްހޫރު މީހުން. އެ ކަމަކު ކާފަ ނިޔާވުމުން އެއާއިލާއިން އައިސް ހުރި އެއިލްމު އެނގޭ ފަހު މީހާ ނެތިގެން ދިޔައީ. އަޑުއެހިންްްްްްްްްްްްްްްްްް ރައްޔާން ބައްޕައަށް އެފަދަ އިލްމެއް އަދި ބާރެއްވެސް ލިބިފައި ނުވާކަމަށް." އަލްޔާ ތަފްސީލާއެކު ކިޔައިދިނެވެ. ރައްޔާން އިނީ އަނގަ ހުޅުވި ގޮތަށް ލައްޕަން ނޭނގިފައެވެ. ދުވާލަކު އެތައް ފަހަރަކު އެގެއައް އައިސް ގޮސްްްވި މީހުންނަކީ ރޫޚާނީ ކަންކަމުން ޝިފާ އެދިގެންއައި މީހުން ހެއްޔެވެ؟ އަލްޔާމެންް ދިއުމުން ރައްިޔާން އެވާހަކަތަކާމެދު ވަރަށް ވިސްނިއެވެ. ބައްޕަމެނާއި ސުވާލު ކުރަން އުޅެފައި އެޚިޔާލު ދޫކޮށްލީއެވެ. ބައްްޕަމެން ކައިރީ އަހައިފިނަމަ އެމީހުން ކަންބޮޑުވެދާނެތީ ޖެހިލުންވީއެވެ. އަނެއްކޮޅުން އޭނާއަށް އެނގުނު ގޮތެއް ބަލަންވެސް އެމީހުން ބޭނުންވާނެއޭ ހިތަށް އެރިއެވެ.
އެރޭ ނިދާފައި އޮތްވާ ރައްޔާންއަށް އާދަޔާ ޚިލާފް ހުވަފެނެއް ފެނުނެވެ. ހުވަފެނުގައި ފެނުނީ އޭނާ އަނދިރީގައި ހުއްޓާ ހުދުކުލައިގެ މީހުންތަކެއް އައިސް އޭނާގެ ކުރިމަތީ ކުރުނީސް ކުރަނިކޮށެވް. ހޭލެވުމުން ރައްޔާން ފުންކޮށް ވިސްނިއެވެ. އެކަމަކު އެ ހުވަފެނުން ލިބިދޭ ތައުބީރަކީ ކޮބައިކަމެއް ނިންމާކަށް ނޭގުނެވެ.
ހެނދުނު ސުކޫލަށް ދިޔަތަނާ އަނެއްކާވެސް އަލްޔާއާ ބައްދަލުވިއެވެ. އަލްޔާ ގަނޑުކޮޅެއް ފޮނުވާފައި އެދުނީ ކުލާސް ނިމިގެން ވާހަކަދައްކާލުމަށެވެ. ރައްޔާން ދުރުގައި އިނދެގެން ބޯޖަހައިލިއެވެ. މުދައްރިސް އައުމުން އޭނާ އުޅުނީ ފިލާވަޅަށް ސަމާލުކަން ދެވޭތޯއެވެ. ނިމުނު ގަޑީގައި އަލްޔާއާ ދެކުދިން ބައްދަލްކުރީ ސުކޫލް ގޯތިތެރޭ ހުރި ހިލަގޮނޑީގައި ތިބެގެންނެވެ.
" ކިހިނެއްވީ؟ ކޮން ވާހަކައެއް ދައްކަން ބައްދަލް ކުރާށޭ ބުނީ؟" ރައްޔާން ޝައުޤުވެރިވެފައި އެހިއެވެ.

ނުނިމޭ......

    Please log in or register to bookmark.
    3k

    16 ޚިޔާލު

    1. މި ވާހަކަ ވަރަށް ރީތި އިނގޭ😍😍އެކަމަކު ނެކްސްޓް ޕާޓް ތަންކޮޅެއް ދިގުކޮއްލާތި ! އޭރުން މިއަށް ވުރެން ރީތި ވާނެ
      ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

      3
      1
    2. މި ބައި ވެސް ވ. ރީތި ❣️ ކޮންއިރަކު 3 ވަނަ ބައި.

    3. ވާހަކަ ވަރަށް ރީތި😀😀😀😀
      ނެސްޓް ޕާޓް ދިގު ކޮއް ލައްޗޭ🤔🤔🤔

    ޚިޔާލު

    Your email address will not be published.