ލޯގަނޑު - 10

"ލިލީ.." އަޑުކޮޅަށް އޭނާ ގޮވައިލީ ކައިލީ ފެންނަން ނެތުމުންނެވެ.

"އައިކޫ.." ފަހަތުގައި އޮތް ބޮޑު ލޮރީ ފެނިފައި ކައިލީ ހުއްޓިފައި ގޮވައިލިއެވެ. އޭނާއަށް އައިކިން ގެއްލުނީއެވެ.

*********************

ލޮރީގެ އަނެއް ފަރާތުން އައިކިން ގޮތް ހުސްވެގެން އެނބުރޭތަން ފެނިފައި ކައިލީ ފުންނޭވާއެއް ލިއެވެ. އައިކިން އުޅޭ ގޮތުން ހިނިވެސް އައެވެ. މޫނުމަތީގައި ހުރި ފެންތައް އަތުގެ ނުފުށުން ފޮހެލުމަށް ފަހު ގެއަށް ހިނގައިގަތެވެ.

އިސްޖަހައިގެން ހުރެ ގޭގެ ދޮރާށިން ވަދެފައި ކައިލީ ހުއްޓުން އެރީ ފެނުނު މަންޒަރަކުންނެވެ. ގޭގެ ތެރެއަށް ވަންނަ ދޮރު ކުރިމަތީގައި ފުދޭ ވަރަކަށް ކުޑަ ކުއްޖަކު ހުއްޓެވެ. ގާތްގަނޑަކަށް ތިން ވަރަކަށް އަހަރުގެ މިކުއްޖާ ހުރީ ވާރޭ ގަނޑަށް އަތް ލައިގެންނެވެ.

ގަބޫލު ނުކުރެވިގެން ކައިލީ ދެލޯ ފޮހެލިއެވެ. އެގޭގައި ކުޑަކުއްޖަކު ހުންނަންވީ ކީއްވެ ހެއްޔެވެ. ދެން ދެލޯ ހުޅުވައިލިއިރު އެތަން ހުރީ ފަޅަށެވެ. އެއްވެސް ކުއްޖަކު ނެތެވެ.

ކުޑަ ނަމަވެސް ބިރުވެރިކަމެއް ކައިލީގެ ބޮލުގައި އުފެދުނެވެ. އަނބުގަސްދޮށާއި ދިމާ އޮތީ ވަރަށް ނާމާންކޮށް އަނދިރިކޮށެވެ. އެތާގައި މީހަކު ފާރަލަން ހުންނަހެން ވެސް ހީވެއެވެ.

ބަޑިތަޅަމުން ކައިލީ ގޮސް ގޭތެރެއަށް ވަނެވެ. ނަމަވެސް ތެމިފައި ހުރުމުން ދޮރުކައިރީގައި މަޑުކޮށްލައިގެން ހުރެވުނީއެވެ.

"ދަރިޔާ.. ތެމިގެން ތަ؟ އަވަހަށް ދޭ ފެންހިއްކަން މާ ބޮޑަށް ފިނި ނުވަނީސް." ޓީވީ އަށް ގެއްލިފައި ހުރެ ހައްވަދައިތަ ގޮވައިލިއެވެ. ފައިގެ ކޮޅު ޖައްސައިގެން ދުވަމުން ކައިލީ ކޮޓަރިއަށް ވަނެވެ.

މަޑުފިޔާތޮށި ކުލައިގެ ތުވާލި ހިފައިގެން ފާހާނާއަށް ވަދެ ތެތް އެއްޗެހި ބޭލިއެވެ. މާގަނޑުން އަންނަމުން ދިޔަ ފެން ފިނި ކަމުން ހީޓަރ ޖައްސައިލިއެވެ. ފުދޭ ވަރަކަށް ހޫނު ވުމުން ފެންވަރައިގެން ނިކުތެވެ.

"އައްސަލާމް އަލައިކުމް." ދޮރުމަތިން ކުއްޖަކު ގޮވައިލިއެވެ.

"ވަޢަލައިކުމުއް ސަލާމް." ހިންދީ ސީރީޒް އަށް ގެއްލިފައި ހުރެ ހައްވަދައިތަ ޖަވާބުދިނެވެ.

"މީ އަނޭ.. ކަ.. ކައި.ލީ.. އޭނަ އަތަށް މީތި ދީބަލަ." އައިކިން އަތުގައި އޮތް ކޮތަޅަށް އިޝާރާތް ކޮށްލިއެވެ. ބޭރުން ބޯދިއްކޮށްގެން އޭނާ ހުރީ ތެމިފައި ވުމުން އެތެރެއަށް ނުވަންނާށެވެ.

"ކައިލީ ދޯ.. އޭނަ އެބަ އުޅޭ ކޮޓަރީގަ.. ކޮއްކޮ ދޭބަލަ." ޓީވީއަށް ގެއްލިފައި ހުރުމުން ހައްވަދައިތަ ބުނެލިއެވެ.

"އަމް.. މަ މިހިރީ ތެމިގެން." އައިކިން އަށް ފަސްޖެހެވުނެވެ.

"ކައިލީ ވެސް އެދިޔައީ ތެމިގެންނޭ.." ހައްވަދައިތަ މިފަހަރު ބަލައިލައިފައި ހިނިތުން ވެލިއެވެ. ލޫކް މެން ވަރުގެ ކުއްޖަކު ފެނުމުން ދެރަވިއެވެ. އެކުއްޖާ މިހާރު ހުރި ނަމައޭ ހިތަށް އެރިއެވެ.

ލަދުން ބޯ ކަހައިލައިފައި އައިކިން ކޮޓަރިތައް ހުންނަ ގޯޅިގަނޑަށް އެޅިއެވެ. އޭނާގެ ހިތް ތެޅެމުން ދިޔައެވެ. ކުރިން ޝަޔަކް އާއި އެކީ އައިސް ވަދެ އުޅޭ ކޮޓަރީގެ ދޮރުމަތީގައި ހުއްޓިލީ ޓަކި ދޭން ޖެހިލުން ވެފައެވެ. ކައިލީ އާއި އެކީގައި ހިނގި އެ ކަމުގެ ސަބަބުން އޭނާ ލަދުގަންނަނީއެވެ.

ފުން ނޭވާއެއް ނަގައިފައި ދެތިން ފަހަރު ޓަކި ދިނެވެ. އެކޮޅުން ކައިލީ ވާހަކަ ދައްކާތީ އައިކިން ދޮރުގައި ކަންފަތް ޖަހައިލިއެވެ.

"ވެއިޓް ވެއިޓް… ހެދުން ލައިގެން މި ހުޅުވަނީ އޭ ދައްތާ.. ނޫނީ ޝަޔާ.. ޝަޔާތަ؟" ކައިލީ އެތެރެއިން ވާހަކަ ދައްކަމުން ދިޔަ ގޮތުން އައިކިން އަށް ހެވުނެވެ. އިރުކޮޅަކުން ކައިލީ އައިސް ތަޅުގައި ހިފައި އަނބުރައިލިއެވެ.

އައިކިން ހުރީ ކައިލީ ގެ މޫނު ބަލަން ޖެހިލުން ވެފައެވެ. ކައިލީ އައީ ރުޅިއަރައިގެންނެވެ. ނޫނީ ލަދު ގަނެގެންނެވެ.

"އޯހް.. އިޓްސް ޔޫ އެގެއިން.." މަޑުމަޑުން ކައިލީ އަށް ބުނެވުނެވެ.

"މަޑުކޮށްބަލަ.. މަ އައީ މި ދޭން.. އެހެން ކަމަކު ނޫން.. މަށަށް އިނގޭ ޔޫ ވޯންޓް އަ ކަލްކީ ސޯ ބޭޑްލީ." ވިސްނައިދޭން އުޅޭހެން އައިކިން ބުނެލިއެވެ.

"ވަދޭ އެތެރެއަށް." އައިކިން އަށް ފިނި ވާކަން އިހްސާސް ވުމުން ކައިލީ ބުނެލިއެވެ. ސިހިފައި ހުރެ އައިކިން އެތެރެއަށް ވަދެގެން ދިޔައެވެ. ދޮރުލައްޕައިލައިފައި ކައިލީ ގޮސް ތުވާލި ނަގައިގެން އައިކިން އާއި ދިމާއަށް އެއްލިއެވެ. "ފެން ހިއްކާ."

އައިކިން ތުވާލިން އޭނާގެ މޫނު ފޮހެލިއެވެ. އައިކިންގެ މޫނަށް ބަލައިލުމާއިއެކު ކައިލީއަށް ހީވީ ލޫކް ސިފަވި ހެންނެވެ. އައިކިން ގެ އިސްތަށިގަނޑު ތެމިފައި އޮތުމުން އޮތީ ލޯމައްޗަށް ވެއްޓިފައެވެ. ޓީޝާޓު އޮތީ ގައިގައި ތަތްލުވާފައެވެ.

" ހޭ.. މިހާރު ވާރޭ ހުއްޓައިފި.." ކުޑަދޮރު ހުޅުވައިލަމުން ކައިލީ ގޮވައިލިއެވެ.

"ތޭންކްސް ފްލޭޝް." ތުވާލި އެނދު މައްޗަށް ޖަހައިފައި އައިކިން އައިސް ކުޑަދޮރު ކައިރީގައި ހުއްޓިލިއެވެ.

ކައިލީ ހިނިތުން ވެލިއެވެ. އޭނާ އެ ރަށަށް އައި ތަނާ ހެން އައިކިން އެހެން ގޮވި އަޑު އިވުނެވެ. މިރެއާއި ހަމައަށް ކައިލީ އުޅުނީ އައިކިން ދެކެ ފޫހިވެގެން ނެވެ. އައިކިން އުޅުނީ 'ހޭޓް-ލަވް' ވެގެންނެވެ.

"އޯހް ތޭންކްސް ޓޯޓޯ.. ދެން މިވަރަށް އެހެން މީހަކަށް ހެލްޕެއް ވެސް ނުވެވޭނެ ދޯ." ރަކި ގޮތަކަށް ކައިލީ ކުޑަދޮރުން ބޭރު ބަލައިލިއެވެ. އައިކިން ކުޑަދޮރު މައްޗަށް އަރައިގެން ބޭރަށް ފުންމައިލިއެވެ.

ވަކި ހަމައަކަށް ގޮސްފައި އަތުން ބައި ކިޔައިލައިފައި ކުރިއަށް ހިނގައިގަތެވެ. އޭރު އޭނާގެ ހިތް އުފަލުން ތެޅި ފޮޅެނީއެވެ.

ކައިލީ ކުޑަދޮރު ކައިރީގައި އައިކިން އަށް ބަލަހައްޓައިގެން ހުއްޓައި ޝަޔަކް ވަދެގެން އައެވެ. ކައިލީ ސިހުނެއް ކަމަކު ހިންދައިލިއެވެ.

"ކާކުތަ ތިތާގަ ހުރީ؟" ޝަޔަކް ސަމާސާ ކޮށްލީ އެއްވެސް ވަރަކަށް ވިސްނައިވެސް ނުލައެވެ.

"އައިކް…" ފިލްމީ ގޮތަކަށް ކައިލީ ޖަވާބު ދިނެވެ.

"އޭނ؟؟؟" ޝަޔަކް ގެ އަތުން ފޮތްތައް ދޫވެގެން ވެރުނެވެ. ހިތުގައި ގަދަޔަށް ރިއްސައިލިއެވެ. ހިތުން ބާރު ބާރަށް 'ނޫނެކޭ' ގޮވަން ފެށިއެވެ. ފޮތްތައް ދޫކޮށްލައިފައި އޭނާ އައިސް ކުޑަދޮރުން ބޭރު ބަލައިލިއެވެ.

އައިކިން ހިނގައިފައި އެގޭ ދޮރާށިން ނިކުންނަނީއެވެ. ކައިލީ ހެދީ ތެދެއް ކަން ޔަގީން ވުމުން އޭނާ ގެ ހިތުގައި އެތަކެއް ސުވާލު ތަކެއް އުފެދުނެވެ. ދެރަވެ ރުޅިވެސް އައެވެ. އޭނާ ވިސްނާ ގޮތުގައި އައިކިން އަށް އޭނާ ލޯބިން ގޮވާ ނަމަކުން އެހެން މީހަކަށް ނުވެސް ގޮވައިލެވޭނެއެވެ. އޭނާ ގެ ހިތުގައި ރޯވެފައިވާ ހަސަދަ ވެރިކަމުގެ އަލިފާންގަނޑު ދުރަށް ފެތުރިލިއެވެ.

"އައިކިން… އޭނާ ކީއްކުރަން މިގޭ ގޯތި ތެރޭގަ އެއުޅެނީ؟" އަޅައިގަންނަމުން ޝަޔަކް އައިސް ބިންމަތީގައި ހުރި ފޮތް ތައް ހޮވަން ފެށިއެވެ.

"އޭނާ ދެންމެ މި ކޮޓަރީގަ ހުރީ.. ތެމިގެން އައިމަ ކައި އޭނަ ފެން ހިއްކަ ދިނީ.. ދެން ސްވީޓްކޮށް ޓޯކް ކޮށްލާފަ ކުޑަދޮރުން އަރައިގެން އެ ދިޔައީ." ޝަޔަކް ގެ އިޙްސާސް ތައް ނޭނގި ހުރެ ކައިލީ ބުނެލިއެވެ.

ޝަޔަކް އައި ރުޅީގައި އަތުގައި އޮތް ފޮތް ބާރަށް ފިއްތައިލިއިރު ހީވީ ކަރުދާސް ގަނޑެއް ހެން ބޮޑި ކޮށްލަން އުޅޭހެންނެވެ. ބުމަ ގޮތް ޖަހައިލިއިރު ދެލޮލަށް ކަރުނަ ޖަމާވަމުން ދިޔައެވެ.

އޭނާ ތެދުވީ އިސްޖަހައިގެން ހުރެއެވެ. ކަރުނަތައް ފޮރުވަމުން ފޮތްތައް މޭޒުމަތީގައި ބަހައްޓާފައި އަވަހަށް ފާހާނާއަށް ވަދެ ތަޅުލިއެވެ. މޫނު ދޮންނަ ތަށި ކައިރިއަށް ދެވުނު އިރު ރޮވިއްޖެއެވެ.

"ކަމް އޯން ޝަޔާ.. ޕޮޒިޓިވް ކޮށް ތިންކް ކޮށްބަލަ.. ވެދާނެ.. ވެދާނެ އެ އައިކު ޝަޔާ ހޯދަން އައީ ކަމަށް ވެސް... ... ނޫން ނޫން… އޭނަ ހަމަ ކައިލީ އާއެކު…" ޝަޔަކް އޭނާގެ އަމިއްލަ ނަފުސާއި ވާހަކަ ދައްކަމުން ދިޔައެވެ. ". އާހްހް ވަޓް އެވަރ.. އެކަމް ވެސް އައިކް އެއައީ ހަމަ ޝަޔާ ހޯދަން.. ދެން.. ދެން ކައިލީ އޭނަ ސްޓީލް ކޮށްލީ."

ޝަޔަކް މޫނު ދޮވެ ލައިގެން ފާހާނާއިން ނިކުތް އިރު ކައިލީ ފިލާވަޅު ހަދަނީއެވެ. އޭނާ އައީ ކައިލީ ކައިރީގައި އެކަން އޮޅުން ފިލުވަން ހިތުއަޅައިގެންނެވެ.

"އޭ ކައިލީ.. އަނޭ.. އައިކް އައީ ޝަޔާ ހޯދަން ދޯ." އާދައިގެ ގޮތަކަށް އަހައިލައިފައި ޝަޔަކް ގޮސް އެނދުގައި އިށީނެވެ.

"ނޫން… އައިކް އައީ ކައި ހޯދަން ކޯޒް މީ އެކްޓެޑް ލައިކް ކިޑްސް އިން ޝޮޕް." ކައިލީ ޖަވާބު ދިނީ ފިލާވަޅަށް ގެއްލިފައި ހުރެގެންނެވެ.

ހިތަށް ހަމަޖެހުމެއް ހޯދަން ކުރި ސުވާލުން ވެސް ހިތަށް ތަދުވުން ނޫންކަމެއް ނުވިއެވެ. ޝަޔަކް ބެލީ އަވަހަށް ބެޑުޝީޓު އަޅައިގެން އޮވެވޭތޯ އެވެ. އޭރުން އޭނާ ދަންވަރުގައި އެކަކަށް ވެސް ނޭނގޭނެ ހެން ރޮއިލީމައި ފުދޭނެއެވެ.

ކައި ނިންމައިގެން ކައިލީ ވެސް އެނދަށް އަރައި ދެލޯ މަރައިލިއެވެ. އައިކިން އާއެކު ހިނގި ކަންތައްތައް ހަނދާން ކޮށްލައިފައި ލަދުގަނެއެވެ. މަޑުމަޑުން އޭނާގެ ހިތް ލެބެން ފެށިއެވެ.

ނިދިފައި އޮވެ ކައިލީ އުނދަގޫ ވެގެން ފުރޮޅެން ފެށިއެވެ. އެވަގުތު ތޫލި އަޑެއް ކިޔައިފައި މޭޒު މަތީގައި ހުރި ލޯގަނޑު ތެޅުނެވެ. ދެލޯ ބޮޑު ކޮށްލައިފައި ޝަޔަކް ތެދުވިއެވެ. ތަޅައިގެން ގޮސްފައިވާ ލޯގަނޑަށް ވުރެ ބޮޑަށް އޭނާ ގެ ސަމާލު ކަން ލިބެނީ ކޮޓަރީގެ ދޮރުދަށަށެވެ.

ބޭރުގައި މީހެއް ހުއްޓިގެން ހުރިހެން ދޮރުދަށަށް ހުރީ ހިޔަނި އެޅިފައެވެ. ޝަޔަކް ބިރުގަތެވެ. އޭނާ އެ ގިލަންވެރިކަމާއި އަލުން ކުރިމަތިލަނީއެވެ. މިގެއަށް ސަވާރު ވެގެން އުޅޭ ޝައިތާނެއްގެ ނުބައި ކަމާއެވެ.

ކުޑަކުޑަ އިރުގެ ހަނދާން ތައް ހިތް ކިލަނބު ކުރަމުން ދިޔައެވެ. އެ ނުބައި ތޫފާނީ ކޮޅިގަނޑު އައިސް މުޅި މީހާ ވަށައިލައިފިއެވެ. އެއާއެކު ޝަޔަކް ގެ ހަނދާނަށް އެކަން ސިފަވަމުން ދިޔައެވެ.

****
ދިހަ އަހަރު ކުރި

ބިންމަތީގައި އަޅައިފައިވާ ކުނަލުގައި އިށީނދެގެން އިން ކުޑަ ކުޑަ ޝަޔަކް އިނީ ބިރުން މާނޭވާ ލެވި ލެވި އެވެ. ހިތްތެޅެމުން ދިޔައިރު ހީވަނީ މޭ ފަޅައިލައިފައި އުދުއްސައިގެން ހިނގައިދާނެ ހެންނެވެ. ދަލުން ތެމި ދަތްދޮޅިން ތިކި ޖަހަމުން ދިޔައިރު ވެސް އެ އަޒުމަކަށް ބަދަލެއް ނާދެއެވެ.

ހައަހަރުގެ ހިތަށް ވަމުންދާ ތަދު ބަލައިލި ކޮންމެ މީހަކަށް ވެސް ނަގައިގަނެވޭނެއެވެ. ނަމަވެސް އެކުއްޖާގެ ވަށައިގެންވާ ޝައިތާނުންނަކީ ހިތެއް ވެސް ހުރި ބައެއް ނޫނެވެ.

ދޮރުގައި ޓަކި ދިނުމުން އެކުއްޖާއަށް ރޮވެން ފެށިއެވެ. ތުންފަތް ފަޅައިލައިފައި މަޑު ގިސްލުމެއްގެ އަޑު އިވެން ފެށިއެވެ. އަނދިރި ކޮށް އޮތް ކޮޓަރީގައި އެކުއްޖާ ވަށައި ބަލަން ފެށީ ހިތަށް ސަވާރު ވަމުން ދިޔަ ބިރަކުންނެވެ.

"ޝަޔަކް… ހަމަ މިހާރު މި ދޮރު ހުޅުވާ.. ނޫނީ ދެގުނައަށް އިތުރު ވާނެ. މި ބުނީނު ހުޅުވާށޭ." އެ ރުޅިވެރި އަޑު ޖެހުމުން އެކުއްޖާ ފިތްކަނޑައިގެން ދިޔައެވެ. ގައިގެ ވާގި ދޫވާން ފެށުމުން މަޑުމަޑުން ކުނަލުގައި ބޯ އަޅައިލިއެވެ. އެ ވަގުތު ދޮރު ދަށުން ފެންނަމުން ދިޔަ ފައިގެ ހިޔަނި ފެނި ބިރުން ރޮއިގަނެވުނެވެ.

********

ފަތިސް ނަމާދުގެ ބަންގި ދިން އިރު ވެސް ޝަޔަކް ކަރުނަ އަޅަ އަޅައި އިނީއެވެ. އައްތަޙިއްޔާތަށް އިށީނދެގެން އިންނަ ގޮތަށް އިން އިރު ހަށިގަނޑުން ފެންނަމުން ދިޔައީ ވަރުބަލި ކަމެވެ.

ކައިލީ ހޭލާ ހެން ހީވުމުން ޝަޔަކް ގޮދަޑި އަށް ވެއްޓިގަތެވެ. އޭނާ ބޭނުންވަނީ މިއަދު ސުކޫލަށް ނުގޮސް މަޑު ކުރާށެވެ. ކައިލީ ތެދުވެފައި ނިދާ އެކްޓް ޖައްސައިގެން އޮތް ޝަޔަކް އަށް ބަލައިލިއެވެ. ޝަޔަކް ގެ މޫނުން ކަރުނަ ނުހިކި ހުއްޓެވެ.

"ޝަޔާ…" ކައިލީ ގޮވައިލަން ހަދައިފައި ޝަޔަކް ގެ ގައިގައި އަތްޖައްސައިލިއެވެ. އޭނާ ސިހުނީ ޝަޔަކް ގެ ހަށިގަނޑު ހޫނު ކަމުންނެވެ. އާވި އަރާ ހެން ވެސް ހީވެއެވެ.

ފަތިސް ނަމާދު ކޮށްގެން ކައިލީ ގޮސް އެ ހަބަރު ހައްވަދައިތަ އަށް ދިނެވެ. އޭނާ ސުކޫލަށް ދާން ރެޑީ ވަމުން ދިޔައިރު ހައްވަދައިތަ އައިސް ހުން މަޑު ކުރެވޭތޯ އުޅުނެވެ.

ޝަޔަކް ސުކޫލަށް ނުދާތީ މިއަދު ކައިލީ ދިޔައިރު އެކަނި ވިއެވެ. ނަސީބަކުން ކުލާހަށް ވަތް އިރު ފަޅު ފިލުވައިދޭން ނަވާލް ހުއްޓެވެ. މަލްކާ އުޅެނީ ގްރޭޑް ނުވައެއްގައެވެ. އެހެން ކަމުން ބޭރަށް ދާ ގަޑި ތަކުގައި ނޫނީ މަލްކާ އާއި ދިމައެއް ނުވެއެވެ.

"ހުވާ އެ އެކައުންޓް ޓެސްޓް ހާދަހާ ވާ އުނދަގުލޭ." ނަވާލް ކުސް ތަޅައިލިއެވެ. "ޝަޔަކް އެހުރީ ސަލާމަތް ވެގެން."

"ދެން ކީކޭ ދޯ ބުނާނީ؟ ތަ އަމިއްލަ އަކަށް ބިޒަނަސް ސްޓްރީމް ނެގީއެއްނު." މަލްކާ ދެފަރާތަށް ބޯ ހޫރުވައިލިއެވެ. ތިން ކުދިން ސްކޫލް ނިންމައިފައި ގެއަށް އަންނަ މަގުމަތީގައެވެ.

"ދެން ދަނީ އޭ.. ޝަޔާއަށް ސަލާމް ބުނެދެއްޗޭ." މަގުގެ ވަކި ހަމައަކުން ވަކި ވެގެން މަލްކާ ހިނގައިގަތެވެ. ނަވާލް އާއި އެކު ދިޔައިރު ނަވާލް އެއްވެސް ވާހަކައެއް ނުދައްކައެވެ.

ނަމަވެސް ގެއަށް ވަނުމުގެ ކުރިން ވަދާއީ ސަލާމް ކޮށްލިއެވެ. ކައިލީ ގެއަށް ވަތް އިރު ޝަޔަކް އުޅެނީ ޑޮކްޓަރަށް ދައްކަންދާން ރެޑީ ވާށެވެ. ހުންގަނޑު މައިތިރި ނުވާތީ ހައްވަދައިތަ ވެސް ކިޔަން ފެށިއެވެ.

ޝަޔަކް އާއި ހައްވަދައިތަ ކާރަކަށް ގުޅައިގެން ދިއުމުން ކައިލީ އެކަނިވިއެވެ. އެއްޗެހި ބަދަލު ކޮށްލައިގެން ހަމަޖެހިލި ތަނާހެން މީހަކު ވަދެގެން އައި ކަމުގެ އިހްސާސެއް ކުރެވުނެވެ.

"ކާކު؟" ހައިރާން ވެފައި ކައިލީ ކޮޓަރިން ނިކުމެގެން ދިޔައެވެ. ސިޓިން ރޫމުގެ ސޯފާގައި އިށީނދެގެން ލޫކް އިނެވެ. "ހޭ ލޫކް."

"ލިލް… މިހާރު ހަބަރެއް ވެސް ނުވެޔޭ ދޯ. ހުސް އައިކިން އާއެކު އުޅެނީ ލޫކް މަތިން ފޫހިވީ." ސަކުވާ ތައް އަމުނައިލައިފައި ލޫކް ތުން އޫކޮށްލިއެވެ.

"ހާދަހާ ގިނަ ދުވަހެއް ކޮށްފަ ތި ފެނިލީ.. އައި މިސްޑް ޔޫ.. މި ބުނީ ފްރެންޑްޝިޕް މަތިން މިސްވި ވާހަކަ." ކައިލީ ތުއި ވެލަމުން ގޮސް ލޫކް އާއި ޖެހިގެން އިށީނެވެ. "އެހާ ގިނައިރު ވަންދެން ލޫކް އަކަށް ނީނދެވޭނެ. ކޮޒް ދައްތަ އެހާ އެހާއެއް ނޫން ކަން ނޭނގެ ހުއްދަ ނުހޯދާ ގޭތެރެއަށް ބޯއިސް ވައްދަން."

"ރޭގަ އައިކިން ވެއްދީމެއްނު ކޮޓަރިއަށް. ލޫކް ވައްދަން ވީމަ މައްސަލަ އަކަށް ވަނީ. " ކިތަންމެ ކުޑަކޮށް ނަމަވެސް ނުރުހުމުގެ އަސަރު ލޫކްގެ މޫނުމަތިން ފެނުނެވެ. އެހެން ކަމުން ކައިލީ ފާޑަކަށް ދެރަވިއެވެ.

"ކިހިނެއް އެނގުނީ އައިކިން ވެއްދިކަން؟" އަޖައިބު ވެފައި ކައިލީ އަހައިލިއެވެ.

"ލޫކް އަށް އެނގޭ ހުރިހާ އެއްޗެއް.. ހެހެ އެއީ މަޖާ.. އެނގޭނެ ގޮތްގޮތް ހުންނާނެ ދޯ.." ލޫކް މާބޮޑު ކަމަކަށް ނަހަދައި ހިނިގަނޑެއް ޖަހައިލިއެވެ.

"ދެން… އަސްލު ލޫކް ތި އައީ ކީއްކުރަންތަ؟ ކޮންރަށަކު އުޅެފަ ތިއައީ؟" ކައިލީ މޫނުމައްޗަށް ވެއްޓިފައިވާ އިސްތަށިކޮޅު ރީތި ކޮށްލިއެވެ.

"ކުރިން ވެސް ބުނީމެއްނު ލޫކް އުޅެނީ އެހެން ރަށަކު އޭ.. ކޮބާ ޝަޔާ؟" ފަރިތަކޮށް ޖަވާބުދެމުން ލޫކް ކައިލީގެ މޫނަށް ބަލައިލިއެވެ.

"ޝަޔާ ބަލިވެ ގޮސް… އެކަމް ރޭގަ ވެސް ވަރަށް ރަނގަޅަށް ހުރީ ހެނދުނު ހޭލިއިރު އެއްގޮތް ހުނު ސައިކުރައެކޭ."ކައިލީ ކަންބޮޑުވެފައި ހުރެ ބުނެލިއެވެ. ޝަޔަކް މެން ލަސްވާތީ ގުޅަންވީ އޭ ހިތަށް އެރިއެވެ. ނަމަވެސް އޭނާގެ އަތުގައި ފޯނެއް ނެތީތީ ދަތި ވާ ތަންވަޅުތައް ވެސް އާދެއެވެ.

"ލޫކް.. ޔޫ ގެ ފޯނު ދީބަލަ. ޝަޔާ މެން މިހާރު އުޅޭ ގޮތެއް ވެސް ނޭނގެ.. ހޮސްޕިޓަލުގަ އެޑްމިޓް ކުރީ ކަންނޭނގެ." ކައިލީ ލޫކް ގެ ޖީބަށް އިޝާރާތް ކޮށްލިއެވެ.

"ނެ ނެތޭ ފޯނެއް… ގޭގަ ބޭއްވި… ނޫން ނޫން.. ނުގެންގުޅެން ފޯނު.. ފޯ.. ފޯނު ތެޅިއްޖެ." ފާޑަކަށް ލޫކް ޖަވާބު ދިނެވެ.

"އޯކޭ… އަންނާނެއްނު.. ލޫކް ބަނޑުހައިތަ؟ ހިނގާ ކާން." ކައިލީ ލޫކް ސޯފާއިން ނެގިއެވެ.

"ބަނޑު ހައެއް ނޫން.. ފުލްކޮށް މިހިރީ.. ދެން ދަނީއޭ.. ލިލް ދޭ ކޮޓަރިއަށް. މަން— ނޫން މިގޭ ދައްތަ އެބަ އާދޭ." ކަންބޮޑުވެފައި ލޫކް ބެލީ ފިލޭނެ ގޮތެކެވެ. ކައިލީ އިރުކޮޅަކު ހުއްޓުން އަރާފައި ހުއްޓެވެ.

"ޔޫ އޯކޭ ތަ؟ ލޫ… ކިހިނެއް އެނގުނީ ދައްތަ އެބަ އަންނަ ކަން؟" ލޫކް ގެ ބަސްމަގު ހުންނަ ގޮތުން ކައިލީ ބައެއް ފަހަރު ސިހޭ ގޮތް ވެއެވެ. ލޫކް އުޅުނީ ގަޔަށް ހިނިއަރައިގެން އުޅޭހެންނެވެ.

"ސީރިއަސް ލީ… ލޫކް އޯކޭ.. ލިލް ހިނގާބަލަ ކޮޓަރިއަށް ވަރަށް އަވަހަށް." ކައިލީ ގެ އަތުގައި ހިފައިގެން ދަމައިފައި ކޮޓަރިއަށް ވެއްދިއެވެ. އަތް އުރައިލައިގެން ކައިލީ ހުރީ ސުވާލު މާކުތަކެއް އުފެދިފައެވެ.

ގައިގައި އަލިފާން ރޮއިވެގެން އުޅޭ ހެން ލޫކް ތެޅެމުން ދިޔައެވެ.

"ސޮރީ ލިލް." ލޫކް ކައިލީ ގެ މޭގައި އަތްއަޅައި އެނދަށް ކޮއްޕައިލިއެވެ. ނުވިސްނައި ހުރުމުން ކައިލީ ހަޅޭއްލަވައިގެންފައި އެނދަށް ވެއްޓުނީއެވެ.

ލޫކް ހަމަ ނޭވާއެއް ލީ ވެއްޓުނު ގޮތަށް ކައިލީ ދެލޯ މަރައިގެން އޮތުމުންނެވެ. ކައިލީ އަށް އޮތީ ނިދިފައި އޮތް ހެންނެވެ. އެއް ފަހަރު ކައިލީ އަށް ބަލައިލުމަށް ފަހު ލޫކް ކޮޓަރިއިން ނިކުމެގެން ދިޔައީ އެވެ.

ދެތިން އިންޖެކްޝަން ޖަހައިފައި ހުރުމުން ޝަޔަކްގެ ހުން ވަނީ މައިތިރި ވެފައެވެ. ގަޔަށް ކުޑަކޮށް ވަރުޖެހެމުން ދިޔައެވެ.

މަޑު މަޑުން ހިނގައިފައި ޝަޔަކް އައިސް ކޮޓަރިއަށް ވަނެވެ. ހިއްކަން އަޅައިފައި އޮތް އެއްޗެއް ހެން އެނދުމައްޗަށް އެއްލައިލެވިފައި ކައިލީ އޮތެވެ. ކައިލީ އަށް ނުގޮވައިލައި ޝަޔަކް ބަލައިލީ މޭޒާއި ދިމާއަށެވެ. ތެޅިފައި އޮތް ލޯގަނޑު މިހާރު ނުވެސް ނެތެވެ.

ކައިލީ އަށް ހޭލެވުނީ ހަވީރު ވާން ގާތްވެފައި ވަނިކޮށެވެ. އޭރު ޝަޔަކް ބަންޑުން އެނދުމަތީގައި އޮތެވެ.

"ޝަޔާ؟ ރަނގަޅު ތަ؟" މޯޅިއަކަށް ދެމިލަމުން ކައިލީ ޝަޔަކްގެ ބުރަކަށީގައި ކޮއްޓައިލިއެވެ.

"ރަނގަޅު.. ކުޑަކޮށް ބޮލަށް ތަދުވެފަ ހުރީމަ މިއޮތީ.. ދައްތަ ވެއްޖެ ޕެއިން ކިލާރ ގަންނަން ގޮސް." ކުޑަކޮށް ބޯ ހިތްލައިލައިފައި ޝަޔަކް ޖަވާބު ދިނެވެ

ފާހާނައަށް ވަދެ މޫނު ދޮވެ ހަދައިގެން ކައިލީ ބޭރަށް ނިކުތެވެ. ގޯތިތެރެ އޮތީ ވަރަށް ހަޑިކޮށެވެ. ފަތްތައް އެތަން މިތަނަށް ވެރިފައެވެ. ހިތަށް އުނދަގޫ ވެގެން އެންމެ ފަހުން އިލޮށިފަތި ހިފައިގެން ކުނިކަހަން ހިނގައިގަތެވެ.

އޭނާ ކުނިތައް ޑަސްބިނަށް އަޅަން ހުއްޓައި މަލްކާ އާއި ހޫދު ވަދެގެން އައެވެ. މަލްކާގެ އަތުގައި ދެތިން ފޮތެއް އޮތެވެ.

"ކޮބާ ޝަޔާ؟ ރަނގަޅު ދޯ މިހާރު.." މަލްކާ އައީ ގެއްލުނު ފިލާވަޅުތައް ހިފައިގެންނެވެ. ކައިލީ އަވަސްކޮށްލައިފައި އެ ދެކުދިން ގޮވައިގެން ކޮޓަރިއަށް ދިޔައެވެ. ޝަޔަކް އިނީ ތެދުވެއެވެ.

މަލްކާ ފެނުމުން ނޯށް ދަމައިލުމަށް ފަހު އުނދަގޫ ގޮތަކަށް ހީލިއެވެ.

"އަނހަ މަލް.. ކޮބާ ހޫޑީ؟" ޝަޔަކް ވަށްކަޅިން ދޮރަށް ބަލައިލުމަށް ފަހު އަހައިލިއެވެ. މަލްކާ އަކީ ދާ ކޮންމެ ތަނަކަށް ކަހަލަ ގޮތަކަށް ހޫދު ގެންދާ ކުއްޖެކެވެ. އެ ދެކުދިންނަކީ 'ބެސްޓްފްރެންޑްސް' ކަމުގައި ބުންޏަސް ދޮގަކަށް ނުވާނެއެވެ.

"ހޫޑީ ވަނީ ބޭރަށް ގޮސް ދެތިން ނޫޑްލްސް ޕެކެޓު ގަންނަން.. މަންމަ ކައިރި ބުނެފަ މިރޭ ދިހައެއް ހާއިރު ގެއަށް ދާން ކަމަށް އައީ." މަލްކާ އެނދުގައި އިށީނދެލިއެވެ. "ލިލީ އާ މާކުރިން ޑިސްކަސް ކޮށްފީމޭ.. މިރޭ ޝަޔާ ބަލިވެ އުޅޭތީ ރަނގަޅު ވާނީ ސޫޕް ކޮޅެއް ވިއްޔަ."

"ވަރަށް ފޫހި ދޯ.. ހިނގާ ލެޕުން މާރކް އޭންޖަލް ކޮމެޑީސް ބަލަން." ޝަޔަކް ގޮސް އަލަމާރި އިން އަޅިކުލައިގެ އެޗްޕީ ލެޕްޓޮޕް ނެގިއެވެ.

"އަސްލު ހާދަ ރަނގަޅޭ ދޯ ޝަޔާގެ މަންމަ މެން.. ލެޕެއް ވެސް ފޮނުވައިފި ވިއްޔަ." މަލްކާ ކައިލީގެ އަތުގައި އުޅަބޮށިން ކޮއްޓައިލިއެވެ. އެވަގުތު ހަތަރު އުދަރެސް ފެނު ޖެހުނު ހެން ބަލަން ޝަޔަކް ހުއްޓެވެ.

"ތި މީހުން ރަނގަޅު ވަކި ކުރަނީ އެހެން ގޮތަކަށް ދޯ.." ޝަޔަކް މޫނުމަތީގައި ވާ ކުލަވަރު ފޮރުވައިލުމަށް ފަހު މާނަ ފުން ގޮތަކަށް ބުނެލިއެވެ.

"ބޭނުން އެއްޗެހި ގަނެދެންޏާ މަށަށް ޔަގީން ނުލާހިކު ރަނގަޅު ވާނެކަން. ނުލާހިކު ކެއާ ކުރާނެކަން." މަލްކާ އަށް ޝަޔަކް ގެ މާޒީ އާއި ބެހޭގޮތުން އެކައްޗެއް ވެސް ނޭނގެއެވެ. އެ ސިއްރު ވަނީ ޝަޔަކް ގެ ހިތުގެ އެންމެ ފުނުގައި ވަޅުލައިފައެވެ.

"އޯހް.. ވަޓް އެވަރ.." ޝަޔަކް ލެޕްޓޮޕުގެ ކޯޑު ޖަހައިލުމަށް ފަހު ކޮމެޑީ އެޕިސޯޑެއް އަޅުވައިލިއެވެ.

ތިންކުދިން ފައި ދަމައިލުމަށް ފަހު ފިލްމެއް ބަލަން އުޅޭހެން ރެޑީ ވެލިއެވެ. ދެތިން އެޕިސޯޑް ނިމިގެން ދިޔައިރު އޭގަ އުޅޭ ކުޑަކުއްޖާ ސްމާޓް ކަމުން ތިން ކުދިން ތިބީ ހީހީ ވަރުބަލިވެފައެވެ.

ކުއްލިއަކަށް މަލްކާ ހޫދު މަތިން ހަނދާން ވިއެވެ. އަވަހަށް ތެދުވެ ފޯނު ނަގައި ހޫދު ގެ ނަންބަރަށް ޑައިލްކޮށްލިއެވެ.

ނުނިމޭ

  Please log in or register to bookmark.
  2k

  17 ޚިޔާލު

  1. ޕްލީޒް ސެންޱް ދި އޮތާރް ޕާރްޱް
   އައި ލަވް ޔޯ ސްޱޯރީޱް އަލޮޱް

  2. hun ais gen meehaku dhe thin injection jahaatha..? Varah gaboolu kuran dathi

  3. މިޕާޓް ވެސް ވަރަށް ރީތި❤️❤️❤️
   އާން ކޭން ވީ ބީ ފްރެންސް؟؟؟؟؟

  4. Ann Curie avahah up kurey anihbai u r my favourite! da best😆☺😊

  5. އައި އޭމް އަ ބިގް ފޭން ވެން ނެކްސްޓް

  ޚިޔާލު

  Your email address will not be published.