ރާހަ - 16

އެކިކަހަލަ ފިކުރުތަކާއި އެކުވެސް ލާއިސް ކޮޓަރީގެ ދޮރު ހުޅުވާލީ ކާކުތޯ ބަލާލުމަށެވެ. ދޮރު ހުޅުވާލާފައި ބަލާލިއިރު ދޮރު ކުރިމަތީގައި ހުރި އޭނާހެ މަންމަ ފެނިފައި ލާއިސްގެ ގާތަށް ލާނެތް ހިންޏެއްއައެވެ. މި އޮތް ދަންވަރު ގަޑީގައި މަންމަ އޭނާ ހޯދަން އަންނާނީ ކޮންމެވެސް ކަމަކާކަން އެނގޭތީ ލާއިސް ސުވާލު ކޮއްލި އެވެ. " މަންމަ! މިގަޑީގަ ކީއްކުރަން ތިއައީ!" ފިކުރުތަކުން އެއްކިބާ ވެލުމައްފަހު ލާއިސް ސުވާލު ކުރިއެވެ. " މަންމަ މިއައީ ދަރިފުޅު ގާތު ވާހަކައެއް ބުނަން ވެގެން! މާދަމާ ފަތިސް ނަމަދު ކޮއްގެން ދާންވަނެ މަންމަ އާ އެކު ތަނަކަށް! ދަރިފުޅަށް ވަރަށް ބޮޑު ސިއްރެއް އެއީ! ދަރިފުޅު ކުޑައިރު ވަރަށް އަހާނެ އެސުވާލު! މާދަމާ ޖަވާބު ލިބޭނެ! ދެން ދޭ ނިދަން! މަންމަ އަންނާނަން ފަތިސް ނަމާދަށް ގޮވަން! " މަންމަ އެހެން ބުނުމައްފަހު ދޮރު ލެއްޕުމައްފަހު ހިނގައިގަތީ މަންމަގެ ކޮޓަރި އާއި ދިމާއަށެވެ.

އެނދުގައި އޮށޯވެ އޮތް ލާއިސް ދިޔައީ މަންމަ ދެންމެ އޭނާ ގާތުގައި ބުނި ވާހަކަ އާއި މެދު ފިކުރުކުރަމުންނެވެ. " އަނެއްކާ ކޮންކަހަލަ ސިއްރެއް ބާ؟ " ލާއިސް ހިތާ ހިތުން ކިޔަމުން ދިޔައެވެ. އެ ފިކުރުތަކުގައި އޮވެ ލާއިސް އަށް ނިދުން އިރު މެންދަމު ތިނެއް ޖަހަނީއެވެ.

* * * * * * * * * * * * *

ތާދިލް އިނީ އައިއޯ ބިލްޑިންގް ގެ މަތީބައިގައިއެވެ. ފިނިކޮއްލުމުގެ ނިޔަތުގައި އެވެ. ބެލްކަނީގައި ކޮޅަށް ހުރި އިރު އެއް އަތުގައި ކޮފީ ތައްޓެއް ހުއްޓެވެ. ވަގުތަކީ މެންދަމު ވަގުތެވެ. ކުއްލިއަކަށް އަކަށް އޭނަގެ ލޮލުގައި އަޅައިގަތީ ބާރު ސުފީޑެއްގައި ދުައްވާފައި ދިޔަ ސައިކަލެކެވެ. މި އޮތް ދަންވަރު ވަގުތު ސައިކަލު ދުއްވަނީ ކާކުބާ އޭ ތާދިލް ހިތަށް އެރިއެވެ. ކުއްލިއަކަށް ޕޮލިސް އެލާމް އަޅާ އަޑު އިވެން ފެށިއެވެ. އެލާމް އަޅާ ދިމާ ބަލާލިއިރު އެ ސައިކަލު ފަހަތުން ޕޮލިސް ކާރެއް އެލާމް އަޅަމުން ވަރަށް ބާރަށް އާދެއެވެ. ތާދިލް އެދިމާއަށް ބަލަން ހުއްޓައި ޕޮލިސް ކާރު ގޮސް އެ ސައިކަލު ކުރިމަތީގައި މަޑުކޮއްލިއެވެ. އެ ސައިކަލަށް ކޮންޓްރޯލް ވީ ހަމަ ކިރިޔާ އެވެ. ވަގުތުން ޕޮލިސް މީހުން ނިކުމެ އެ ސައިކަލު ދުއްވަން އިން މީހާ ހިފަހެއްޓޭތޯ މަސައްކަތް ކުރަންފެށިއެވެ. ތާދިލް ވެސް ބިލްޑިންގް އިން ނިކުމެ އެދިމާއަށް މިސްރާބު ޖެހީ އެ އުޅެނީ ކީއްވެގެން ތޯ ބަލާލުމަށެވެ.
އެ ދިމާއަށް ދިޔައިރު ޕޮލިހުން އެމީހާ ހިފަހައްޓައިގެން އުޅެއެވެ. ސައިކަލު ދުއްވަން އިން މީހާ މޫނަށް ތާދިލް ބަލާލީ ކާކުތޯ ބަލާލުމަށެވެ. ތާދިލް މޫނުމައްޗަށް ހައިރާންކަން ލިބުނީ އެއީ އޭނާގެ މުވައްޒަފު އަރުތަން ކަން އެނގުމުންނެވެ. އަވަސް އަވަހަށް ތާދިލް މަސައްކަތް ކުރީ އަރުތަން ސަލާމަތް ކުރެވޭތޯ އެވެ. " އޭ އޭނަ ދޫކުރޭ! މަ ދީފާނަން ކަލޭމެން ބުނި ވަރަކަށް ލާރި!" ތާދިލް ޕޮލިހުން ގާތުގައި ބުނެލިއެވެ. ތާދިލް އެހެން ބުނީ މިޒަމާނުގައި ލާރިން ކޮންމެ މީހަކު ވެސް ގަނެވޭނެކަން އެނގޭތީއެވެ. " އޭނާ ދޫކުރާނަން އަޅުގަނޑު ބުނާ ވަރަށް ފައިސާ ދީފިއްޔާ! ފަސް ހާސް ރުފިޔާ ދީ! އޭރުން ދޫކޮށްލާނަން އޭނާ!" މިދެ ޕޮލިހުންނަކީ ލާރިއަށް ބޫތު ކައިފައި ހުރި ދެމީހުންކަން އެނގުމުން ތާދިލް ގާތަށް އައީ ހިންޏެވެ. " އަން މިއޮތީ ފަސް ހާސް ރުފިޔާ! ދެން ގެނޭ ތީނަ! މިވާހަކަ އެކަކު ކައިރީގައި ވެސް ނުކިޔާތި " ތާދިލް ޖީބުން ފަސް ހާސް ރުފިޔާ ނަގައި އެ ޕޮލިސް މީހާ އަށް ދިއްކޮއްލުމުން އަރުތަން ތާދިލް އާއި ހަވާލު ކުރުމަށް ފަހު ކާރަށް އަރައިގެން ދެ ޕޮލިހުން ނައްޓާލިއެވެ.
އަރުތަން އާއި ތާދިލް ވާހަކަ ދެއްކީ އައިއޯ ބިލްޑިންގް އަށް ގޮސް އެންމެ މަތީބަޔަށް އަރާފައިއެވެ. " އެމީހުން ކައެ ހައްޔަރު ކުރަން އުޅުނީ ކީއްވެގެންތަ!" ތާދިލް ސުވާލު ކުރީ އަރުތަން އާއި އެވެ. " ވީގޮތަކީ މަގޭ ގެ ކައިރީ ގައި ހުރި ފަޅު ގެއެއްގެ ތެރޭ ފުޅިއެއް ބޯލަން އިންދަ މިމީހުންނަށް ފެނުނީ މަ! ދެން އެމީހުންނަށް އައީ މަ އަތުލަން ވެގެން! މަ ދުއްވާ ގަންފިން ސައިކަލަށް އަރަން! ސައިކަލަށް އަރާ ދެއްވާލިއިރު އެމީހުން އާދެ ކާރުގައި! ނަސީބެއް ކައެ އަށް ފެނުން ކަން ވެސް! ސުކުރިއްޔާ ސަލާމަތް ކޮއްދިނީމަ! " އަރުތަން ވީގޮތް ކިޔައިދިނެވެ. " ދެން ވެސް ތަންތަނަށް ވަދެގެނެއް ނޫން ތިކަން ކުރާނީކީ! މިތާ އެކަން ކުރާނީ! ހަނދާން ބަހައްޓާތި! ބަސްޓުވެއްޖިއްޔާ ނިމުނީ! " ތާދިލް އިންޒާރެއް ދިނެވެ.
* * * * * * * * * *
ފަތިސް ނަމާދު ބަންގީގެ އަޑަށް ލާއިސްގެ މަންމަަ ލާއިސް ކޮޓަރީގެ ދޮރު ޓަކިޖެހުމަށް ފަހު ލާއިސް އަށް ގޮވިއެވެ. އެނދުގައި އޮތް ލާއިސް ތެދުވީ މަންމަ ދިއުމުންނެވެ. އޭރު ގަޑިން ފަތިހު ފަސްގަޑި ބައިވަނީ އެވެ. އަވަހަށް ތެދުވެ ފާޙާނަ އަށް ވަދެ ފެންވަރާ ވުޝޫ ކޮއްގެން ނިކުމެ ރީތި ވެގެން ނަމާދު ކުރަން ފެއްޓިއެވެ. ނަމާދު ކޮށް ނިމިގެން ލާއިސް ހިނގައިގަތީ މަންމަ ކޮޓަރިއާއި ދިމާއަށެވެ.
ދޮރު ޓަކި ތަޅާލުމުން މަންމަ ކޮޓަރިން ނިކުމެ ލާއިސް އާއި ދެމީހުން ގެއިން ނުކުތެވެ. ލާއިސް ހިނގަމުން ދިޔައީ މަންމަ ފަހަތުންނެވެ. މަންމަ ގޮސް މަޑުކޮއްލީ ބަނދަރު ކައިރީގައި އެވެ. އޭރު އިރު އަރަނީ އެވެ. ލާއިސް ލޮލުގައި އަޅައި ގަތީ ނެރުން ވަދެގެން އަންނަ ބޮޑު ބޯޓެކެވެ. ލަންމަ ފަހަތުން ލާއިސް ވެސް ހިނގައިގަތީ އެ ދިމާއަށެވެ.
ލާއިސް މަންމަ ގޮސް މަޑު ކޮއްލީ އެބޯޓު ލެފި ދިމާއަށެވެ. އޭރު ވެސް ލާއިސް ހުރީ ވާނުވާގައެވެ. ކަންތައް ވަމުންދާ ގޮތެއް އަދިވެސް ސާދަ އަހަރުގެ އެސިކުނޑި އަކަށް ނަގައެއް ނުގަނެވެއެވެ. ތިން ހަތަރު ވަރަކަށް މިނެޓް ފަހުން މީހުންތައް ފައިބަން ފެށިއެވެ. އިރުކޮޅަކުން ލާއިސް މަންމަ ހިނގައިގަތީ އެތާ ހުރި ފިރިހެނެއްގެ ކައިރިއަށެވެ. މަންމަ ފަހަތުން ލާއިސް ވެސް ދިޔައެވެ. ލާއިސްގެ މަންމަ ދިޔަ ގޮތަށް އެމީހާ ވާހަކަ ދައްކަން ފެއްޓިއެވެ. ލާއިސް ގެ ހަށިގަނޑަށް ސިހުން ގެނުވީ އެ ފިރިހެން މީހާ ބުނެލި އެއްޗަކުންނެވެ.
"ކޮބާ މަގޭ ދަރިފުޅު ލާއިސް! ވަރަށް ބޮޑު ވެފަ ދޯ މިހާރު ހުންނާނީ!" އެ ފިރިހެން މީހާ އެހެން ބުނުމުން ލާއިސް ގެ ބަލައިލީ ލާއިސް އާއި ދިމާއަށެވެ. ބަލާލިގޮތުން ހީވަނީ އާދެބަލާށޭ ބުނާހެނެވެ. ލާއިސް މަޑު ހިނގުމެއްގައި ގޮސް މަންމަ އާއި އެ ފިރިހެން މީހާ ކުރިމަތީގައި ހުއްޓިއެވެ. " ހިޒްޔަމް! މިހުރީ ލާއިސް!" ލާއިސް މަންމަ އަނގައިން މިބަސް ބޭރުވި ހިނދު ލާއިސް އަށް ނަގައިގަނެވުނީ އެތާ އެހުރި ފިރިހެން މީހަކީ އޭނާގެ ބައްޕަ ކަމެވެ. ލާއިސް އަށް ބޭއިޚްތިޔާރުގައި ބައްޕާއޭ ކިޔާ އެ ފިރިހެން މީހާ ގައިގައި ބައްދާގަނެވުނެވެ. ހިޒްޔަމް އަށް ވެސް އަުފަލުން ލާއިސް ގައިގައި ބައްދާލިއެވެ. މި މަންޒަރު ފެނުމުން ލާއިސްގެ މަންމަ ވެސް ލާއިސް ބުރަކަށީގައި މަޑުމަޑުން ފިރުމާލިއެވެ.
* * * * * * * * * *
ކޮޓަރީގެ އެނދު މަތީގައި އޮތް އަތޫފް އޮތީ ކަމަކާ ވިސްނާށެވެ. އޭނާ ވިސްނަމުން ދިޔައީ ރިދަން ފޮނުވާލާނެ ގޮތަކާއި މެދު މެދުގައެވެ. ވިސްނާ ވިސްނާ އަތޫފް ގެ ސިކުނޑި އަށް އައީ ރިދަން ފޮނުވާލެވޭނީ ލާއިސް އަށް ކަމަށެވެ. އެހެން ވިސްނާލުމައްފަހު ކައިރީގައި އޮތް ފޯނު ނަގައި ލާއިސް ނަމްބަރަށް ޑައިލް ކޮއްލިއެވެ.
ލާއިސް އޭނާގެ މަންމަ އާއި ބައްޕައާއި އެކު ގެއަށް މަގުމަތީގައި އެންމެންގެ ހިތަށް ސިހުން ގެނުވީ ލާއިސް ފޯނު ރިންގް ވިއަޑަށެވެ. ލާއިސް އަވަހަށް ޖީބުން ފޯނު ނަގައި ބަލާލިއިރު ގުޅަނީ އަތޫފް އެވެ. މި ވަގުތު ރަނގަޅު ވާނީ ފޯނު ނުނެގިއްޔާ ކަމަށް ހިތް ބުނަމުން ދާތީ ލާއިސް އަަވަހަށް ފޯނު ނުނަގާ އަލުން ޖީބަށް ލިއެވެ . " ކިހާ ދެރަ ކަމެއް! ފޯނެއް ވެސް ނުނެގިޔޭ މީނައެއް!" އަތޫފް ހިތާ ހިތުން ކުދި ކިޔާލިއެވެ. ލާއިސް ގެއަށް ދާން ކަމަށް ފޯނު ޖީބަށް ލުމައްފަހު ލާއިސް ގެއާ ދިމާއަށް މިސްރާބް ޖެހިއެވެ.
ލާއިސް އޭނާ އާއިލާ ގެއަށް އައި މަގުމަތީގައި ހިޒްޔަމް އަށް ކުރިމަތިން ތާދިލް ފެނުމުން ހިތް ގަރަގުވީ މާޒީ ތެރެއަށެވެ.
( މީގެ 21 އަހަރު ކުރި )
ތާދިލް އަކީ ހިޒްޔަމް އާއި ތާރާ އަށް ލިބުނު ހަމަ އެކަނި ދަރިއެވެ. ތާދިލް ގެ މަންމަ ވަނީ ތާދިލް އުމުރުން ފަނަރަ އަހަރުގައި މަރުވެފައެވެ. މަރުވީ ކަމެއް މަރާލީ ކަމެއް ނޭނގެއެވެ. ލާާއިސް އަކީ އޭގެ ފަހުން ހިޒްޔަމް އާއި ލާއިސްގެ މަންމަ ފާތުން ކައިވެނި ކޮއްގެން ލިބުން ދަރިއެވެ. ތާދިލް އަށް ލިބިފައިވާ ދެ ފަންގިވިލާ ހިމެނޭ ބޮޑު ގެއަކީ ހިޒްޔަމްގެ މިލްކެކެވެ. ހިޒްޔަމް އަކީ ލާއިސްގެ އިތުރުން ތާދިލްގެވެސް ބައްޕައެވެ.
ހިޒްޔަމް އަށް މާޒީގެ ހުވަފެނުން ހޭލެވުނީ ލާއިސް އޭ ބައްޕާއޭ ކިޔާ ގޮވާލި އަޑަށެވެ. ކަމެއް ނުވެޔޭ ބުނެ ހިޒްޔަމް ކުރިމަތިން ދިޔަ ތާދިލް އަށް ބަލާލުމައްފަހު އާއިލާ އާއި އެކު ގެއަށް ވަނެވެ. ތާދިލް އަށް ހިޒްޔަމް ފެނުމުން ވަރަށް ދަންނަ މީހެކޭ ހިތަށް އެރިއެވެ. ނަމަވެސް އަޅާ ނުލާ ކުރިއަށް ހިނގައިގަތެވެ.
މަންމަ އާއި ބައްޕަ ކޮޓަރިއަށް ވަދުމުން ލާއިސް ވެސް ގޮސް ކޮޓަރިއަށް ވަދެ އެނދުގައި އޮށޯވެލިއެވެ. ފޯނު ހުޅުވާ ބަލާލިއިރު އަތޫފް މެސެޖެއް ކޮއްފައި އިނެވެ. އަވަހަށް މެސެންޖާ އަށް ވަންނަން އުޅެނިކޮށް ދޮރު މީހަކު ތަޅާ ގަތެވެ. ބައްޕަ ކަމަށް ހީކޮށް ދޮރު ހުޅުވާލައި ބަލާލިއިރު ކުރިމަތީގައި އަތޫފް ހުރީ ވަޅި ދިއްކޮޮއްގެން ރުޅި އައިސް ފުފިފައެވެ. އަތޫފް ވަޅި ދިއްކޮއް ލާއިސް މެޔާ ދިމާއަށް ވަޅި މަޅައި ގަތެވެ.
__ ނުނިމޭ __

    Please log in or register to bookmark.
    1k

    3 ޚިޔާލު

    ޚިޔާލު

    Your email address will not be published.