މޯލް ތަރިން

މޫސުން ރީތި ދުވަހެކެވެ. ވިލާތައް އުޑުމަތީގައި ސަފުސަފަށް އެތުރިފައި ވެއެވެ. ޖެހިލާ ނަލަ ވައިރޯޅި ތަކުން މުޅި ޖައްވަށް ވަނީ ފިނިކަމެއް ގެނެސްދީފައެވެ. އަހަރެން އިނީ އަހަރެންގެ އުފަންދުވަހު ހަދިޔާ އެއްގެ ގޮތުގައި ލިބުނު އާ ޓެސްލާ ކާރުގައެވެ. މަޑުމަޑުން ދުއްވަމުން ދިޔައީ މޯލް އަކަށް ދިއުމަށެވެ.

ގްރީން ބޭ މޯލް އަކީ ވަރަށް ބޮޑު އިމާރާތެއް ކަމަށް ވުމުން އެތަނުގެ ޕާކިންގ އޭރިޔާ ވެސް އެހާމެ ބޮޑުވެ. ކާރު ޕާކު ކުރާ ތަނުން މޯލް އެތެރެއާއި ހަމައަށް ދެވޭނީ ފަސް ވަރަކަށް މިނެޓު ހިނގައިގެންނެވެ.

"ބީއް-ބީޕް" .އަހަރެން ކާރު ޕާކު ކޮށްފައި އަތުގައި އޮތް ތަޅުދަނޑި އަށް ފިތާލުމުން ކާރު ލޮކު ވިއެވެ. ކޮށްފައި ހުރި އޮލަ މޭކަޕުތައް ހަޑި ވެދާނެތީ އަހަރެން މަޑު ގިނީގައި ފިޔަވަޅުތައް އަޅަމުން ހިނގަމުން ދިޔައީމެވެ. އަހަރެން ހިނގަމުން ދިޔަ އިރު އަހަރެން އަދައިގެން ހުރި ހައި_ހީލުން ގޮވަމުންދިޔަ އަޑުވަނީ އެހިސާބުގައި ފެތުރިފަ އެވެ. ކުރިން އިބެމުން ދިޔަ ތފާތު އުޅަނދުތައް ދުއްވާ އަޑުތައް ވަނީ ގެއްލިފަ އެވެ.

ކުރިމަތިން އަހަރެންގެ ގަޔަށް ޖެހިލާ ކޮންމެ ފަހަރަކު އަހަންނަށް އަހަރެންގެ ނަލަ ކަން އިޙްސާސް ކުރެވެމުންދިޔަ އެވެ. އެހާ ގިނަދުވަސް ކޮށްފައި ބޭރަށް ނިކުމެ އުޅެލާ ހަދާލަން ހަމަ ހީވަނީ މިއުޒިކް ވީޑިއޯ އެއްގައި އުޅެވޭހެންނެވެ. ސްނެޕްޗެޓް ސްޓޯރީ އަށް ލާން ސެލްފީއެއް ނަާގާލަން މިވަގުތު ވަރަށް ސަޅި ވާނެ އެވެ.

ފޯނަށް ގެއްލި ހުރެފައި ފޯނު ތިރިކޮށްލީ ކުރިމަތިން މޯލުން ވިޔަފާރި ކޮށްގެން ނުކުމެގެން އައި ބަޔަކު އަހަންނާ ދިމާއަށް ލޯއަޅާހެން ހީވާތިއެވެ. އެއީ ހީވުމެއް ނޫނެވެ. އެދެމީހުން ކޮންމެ ތިން ސިކުންތަކުން ނުވާކަމަށް ހަދާލައިފައި އަހަރެންނަށް ބަލައިލައެވެ. ހީވަނީ ހަމަ އޭލިއަން އެއް ފެނިގެން އުޅޭހެންނެވެ. އިސާހިތަކު އެމީހުން ފަހަނައަޅައި ގޮސް އަހަރެން މޯލް ދޮރާއި ހަމައަށް ފޯރިއެވެ.

އަހަރެން މޯލްގެ އޮޓަމެޓިކް ދޮރުން އެތެރެއަށް ވަދެވުނުއިރު ގާތްގަނޑަކަށް ފެންނަން ހުރި ހުރިހާ އެންމެން ތިބީ އަހަންނާ ދިމާއަށް ބަލާށެވެ. ގިނައީ ދެލޯ ބޮޑުކޮށްގެން ފިލުމެއް ބަލަން ތިބިހެން ތިބި މީހުނެވެ.

ކުރިންވެސް އަހަންނަށް އެނގުނެވެ. އަހަރެންގެ ރީތިކަން ފެނިފައި އެންމެންނަށްވެސް ވާނީ ހަމަ އެވަރެވެ. އެމީހުން ޖެހޭނީ ހަމަ ސޮނދި ވެއްޓިފަ ތިބޭށެވެ.

އަހަރެން އެތެރެއަށް ފިޔަވަޅު އަޅަމުން ދިޔަ ބަދަލަށް އަހަރެންގެ ބެލުންތެރިން ގިނަވާން ފެށި އެވެ. ބައެއްމީހުން އެކަމު އަހަންނަށް ބަލާފައި އެކަމު އަނެކަކާ ވާހަކަ ދައްކަން ފެށިއެވެ. އަހަރެން ފަހުރުވެރިކަމާ އެކު ހިނިތުންވެލަމުން ތިރިއަށް ބަލައިލީމެވެ. ދެން ފެނުނީ އަހަރެންގެ ހިތް އުފަލުން ފުރިގެން އައި ކަހަލަ މަންޒަރެކެވެ.

މޯލް ތެރެއަށް ދިހަވަރަކަށް ފިޔަވަޅު އެޅުންތަނާ އަހަރެންގެ ގާތަށް ޒުވާން އުމުރުގެ ސްޓާފް މެންބަރަކު އައެވެ. "މޭމް..." އޭނާ އިނގިރޭސިން އަހަންނާ މުހާތަބު ކުރަން ފެށިއިރު އަހަރެން ހުރެވުނީ ދަތްކުނޑި ވިކާލައިގެންނެވެ. އޭނާ އަހަންނަށް ތައުރީފު ކުރާނީ ކީކޭ ކިޔާފަ ބާއޭ އަހަރެންގެ ހިތަށް އެރިއެވެ.

" މާސްކް ނާޅާ މޯލް ގެ އެތެރެއަކަށް ނުއެއް ވަދެވޭނެ. އެއީ މިތާނގެ ޕޮލިސީ އާ މުޅިން-" ސްޓާފް މީހާ ވާހަކަ ދައްކަމުން ދިޔައެވެ. އަހަރެންނަށް ވަމުން އި ކަންތައްތައް ވިސްނުނީ ދެނެވެ. މާސްކު ނާޅާ ބޭރަށް ނިކުމެ ހެދުމަކީ މި ވަގުތުގެ ގޮތުން މަނާ ކޮށްފައި އޮތް ކަމެކެވެ. އަހަރެން ރާސް ޖަހާފައި ދުއްވައިގަތީ އަހަރެން ކާރު ޕާކު ކޮށްފައި ހުރި ދިމާލަށެވެ. ތެޅެމުން ފޮޅެމުން ގޮސް ކަރުތެރެއަށް ވަދެވުނު މުޅި މީހާ ތުރުތުރު އަޅަމުންދިޔައެވެ.

...................................
ހީވާގޮތް އިސްކުރުމުގެ ބަދަލުގައި ކަމުގެ ހަގީގަތް ބެލުން މާ ރަނގަޅު ވާނެއެވެ 🙃
....................................
ނިމުނީ

    Please log in or register to bookmark.
    2k

    4 ޚިޔާލު

    1. ވަވް
      ކީޕް ގޮއަންގް👍❤️👍

    ޚިޔާލު

    Your email address will not be published.