ރައްޔާން - 1

ހަނދާން ހުއްނަން ފެށީއްސުރެ ކާފަ ހޯދަން ގެޔަށް މީހުން އައިސް ގޮސް ނުވާ އިރެއް ރައްޔާން ނުދެކެއެވެ. ކާފަގެ ހުރި މޮޅުކަމުން ފަރުވާ ހޯދަން އަންނަ އެންމެން ކަހަލަ ގޮތަކަށް ނިކުމެގެން ދަނީ އުފާވެރި މޫނަކާއިގެންނެވެ. ރައްޔާން ދުށް ގޮތުގައި އެއަށްވުރެ މޮޅު ބޭސްވެރިކަމުގެ އެދުވަސްވަރު ރަށަކު ނެތެވެ. ދެން އައީ ކާފަ މުސްކުޅި ބަލީގައި އެނދުގައި އޮށޯންނަން ޖެހުނު ދުވަސްވަރެވެ. އެއައްފަހު ކާފައައް ދެވަނަ ފަހަރައް އެނދުން ތެދުވާކައްވެސް ނުލިބުނެވެ. ކާފަ ނިޔާވީ ދެތިން ހަތަރު މަސް ވަންދެން އެހެން އެންދުގައި އޮވެފައެވެ.
ކާފަ ނިޔާވި ދުވަހަކީ ރައްޔާންގެ ހަޔާތައް އައި އެއްމެ ހިތާމަވެރި ދުވަހެވެ. ރޮއިރޮއި ދެލޯ ހުރީ ދުޅަވެފައެވެ. އެއްޗެއް ކާހިތެއް ބޯހިތެއް ރައްޔާން ނުވިއެވެ. ކާފަ ވަޅުލާފައި އައިއިރު ވަރަށް ބޯކޮށް ވާރޭ ވެހެއެވެ. ތެތް އެއްޗިހި ބަދަލުކޮށްގެން ރައްޔާން އޮތީ އެނދަށް އަރައެވެ.
ނުކައި ހުރުމުގެ ސަބަބުން ވަރުބަލި ވެގެން ރައްޔާން އައް ނިދުނީއެވެ. ހުވަފެނުގައި ފެނުނީ ކާފަގެ ހިނިތުންވެފައިވާ މޫނެވެ. ނުހަނު ލޯބިން އައިސް ބޮލުގައި ފިރުމާލައިފައި ބުނީ ދެރަ ނުވުމަށެވެ. ވަގުތު ޖެހުމުން ކޮންމެ އިންސާނަކުވެސް ނިމިގެންދާނެއެވެ. އަހަރުމެން ޖެހޭނީ އެކަން ޤަބޫލު ކުރަން ކަމުގައެވެ. ރައްޔާން ކާފަގެ ބަސް އަހައިގެން ބޯ ޖަހައިލިއެވެ.
ހޭލެވުނުއިރު މަންމަ އައިސް ކާން ހިނގާށޭ ކިޔާފައި ގޮވަނީއެވެ. ރައްޔާން ކާން ދިޔައިރު ބައްޕަވެސް އިނެވެ. މަންމައާއެކު ދެބަފައިން އެކުގައި ކައިގެން ނިދަން ކޮޓަރިއަށް ވަންއިރު ވިއްސާރަ ކުރިއަށްވުރެ ވަރުގަދަ ވެއްޖެއެވެ. ޖެހިލާ ވައިރޯޅިން ފުރާޅުތައް ހީވަނީ އެއްލައިލަފާނެ ހެންނެވެ. ނިކަން ބާރު އަޑުފަށްގަޑެއް އިވިގެން ބެލިއިރު ގޭ ދޮރުމަތީގައި ހުރި ގަހެއް އޮތީ ވީދައިގެން ގޮސް ވެއްޓިފައެވެ. ހެނދުނު ހޭލިއިރު މުޅި ރަށަށް ވަނީ ވިއްސާރައިގައި ގެއްލުން ލިބިފައެވެ. އެގެއްލުން ތަކުގެ ވާހަކަ ހިފައިގެން މަންމައާ ބައްޕަ ކައުންސިލް އިދާރާއަށް ދިޔައީ ރައްޔާން ގޭގައި ބައިންދާފައެވެ. ސުކޫލަށް ދާ ގަޑި ނުޖެހޭތީ ރައްޔާން އިނީ ފިލާވަޅުތައް ނިންމާށެވެ. އިރުކޮޅެއް ފަހުން މީހަކު އައިސް ދޮރުގައި ޓަކި ޖަހާއަޑު އިވެން ފެށިއެވެ ރައްޔާން ގޮސް ބެލިއިރު ކުލާސް ކުއްޖެކެވެ. ޒިވާން އައިސް ހުރީ އަލްޔާ ގޮވައިގެންނެވެ. އަލްޔާއަކީ އަވަށްޓެރިއެކެވެ. މާލޭގައި އުޅެފައި އެރަށަށް އައިތާ އަދި ވިނަ ދުވަހެއް ނުވެއެވެ.
"އަހަރުމެން މިއައީ ރައްޔާން އަށް ތައުޒިޔާ ކިޔަން އިއްޔެ މާ އަވަދިނެތި އުޅޭނެތީ ނައީ." އަލްޔާ ވާހަކަދެއްކިއެވެ. ރައްޔާން ހީލާފައި އެކުދިން އިށީންނަން ތަން ދެއްކިއެވެ.
"ރައްޔާން ކާފަ ނިޔާވީމަ މިރަށަށް އެލިބުނީ ވަރަށް ބޮޑު ގެއްލުމެއް ދޯ." އަލްޔާ އިންދެފައި ބުނެލިއެވެ. "އާ ވަރައް ގިނަ މީހުންގެ ބަލިތަކަށް ކާފަ ފަރުވާކުރި." ރައްޔާން ރައްދު ދިނެވެ. އެއަޑު އަހާފައި އަލްޔާ ބަލާލީ ޒިވާން އަށެވެ.
"ކީއްވެ ފާޑަކަށް ތިބަލަނީ؟ ޒިވާން ހައިރާންވެފައި އެހިއެވެ
"ނޭނގޭތަ ރައްޔާން ކާފަޔަކީ ބޭސްވެރިއެއް ނޫންކަމެއް.............. ެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެ ެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެ

- ނުނިމޭ -

  Please log in or register to bookmark.
  3k

  10 ޚިޔާލު

  1. މީ ކިނާން ކިޔާ ވާހަކަ އެއްގެ ކޮޕީއެއް ދޯ
   އެކަމަކު ވެސް ވަރަށް ރީތި

  2. ފަސްޓް ވާހަކަ އާއި ބާލާފައި ވަރަށް ރީތި😍😍

   5
   1
  3. ވަރަށް ރީތި...ކީޕް އިޓް އަޕް! 👏🏻👏🏻

  ޚިޔާލު

  Your email address will not be published.