އާދިއްތައިން ބުދައަށް ކަލަންޑަރުގެ ތާރީޙުތައް ބަދަލުވެގެން ދިއައިރު، ބައެއްފަހަރު ގަޑި މާ އަވަހަށް ހިނގާހެންވެސް އަހަރެންނަށް ހީވެއެވެ. ކައިވެންޏަށް ވަގުތު ކުޑަތަން ވަމުން ދިޔަ ވަރަކަށް ނުތަނަވަސްކަން ދިއައީ އަހަރެން ވަށާލަމުންނެވެ.
******************
"މަލް ހާދަ ލޯތްބޭ! އަކިލްއަށް ދަރިފުޅުހާ ރީތި ކުއްޖެއް ގައިމު ނުލިބޭނެ" ރީތި ވުމަށްޓަކައި އަހަރެން މަޑު ކޮށްލައިގެން ހުރި ކޮޓަރިއަށް އައި ވަޒްލިފާ ދައްތަ ބުނެލީ އަހަރެންގެ ރީތި ކަމަށް ތަޢުރީފު ކޮށްލަމުންނެވެ. ކައިރީގައި ހުރި އަހަރެންގެ މަންމަގެ މޫނު މަތީގައިވީ ހިނިތުންވުން ފެނި އަހަރެންނަށް ހިނިތުންވެލެވުނީ ބޭއިޙްތިޔާރުގައެވެ.
"ވާއު މަލަކޫ! ރީތިކަމާއެވެ." އެ ކޮޓަރީގެ ތެރެއަށް ވަދެގެން އައި ޝާޔާ އައިގޮތަށް އައިސް އަހަރެން ލައިގެން ހުރި ހުދު ކުލައިގެ ބޮޑު ހެދުން ރީތި ކޮށްލަމުން ބުނެލިއެވެ. "ތެދެއް! ޔަޤީން ދޮންބެ މިރޭ ހޭނެތޭނެ..." ޝާޔާގެ ފަހަތުން ވަދެގެން އައި އައިނާ ބުނެލުމާއި އެކު، އެންމެންގެ ލުއި ހުނުމުގެ އަޑު އިވިގެން ދިއައެވެ.
ކައިވެންޏަށް އަހަރެން ތައްޔާރު ކުރުވި މީހުން އެމީހުންގެ މަސައްކަތް ކޮށްފައިވަނީ ނުހަނު ފުރިހަމައަށެވެ. ފަސްބަޔަށް ދިގު ރޭނދަލުން ޖަރީ ކޮށްފައިވާ ހުދު ކައިވެނީގެ ހެދުން އަހަރެންގެ ދޮން ހަންގަނޑާ ނުހަނު ގުޅެއެވެ. މޫނުމަތީގައި ކޮށްފައިވަނީ، ލުއި އެހެންނަމެވެސް ތަފާތު މޭކްއަޕެކެވެ. ތުންފަތް މަޑު ފިޔާތޮށި ކުލަޔަކުން ފަވާލެވިފައި ވީއިރު، އަހަރެންގެ ފަން އިސްތަށިގަނޑު ވަނީ ހުޅިޔަކުން ހައްޔަރު ކޮށްލެވިފައެވެ. ހުދު ކުލައިގެ ބޮޑު ފިނިފެންމަލެއް އަހަރެންގެ ހުޅިއަށް ޖަހާލެވިފައި ވީއިރު ނުހަނު ޗާލެވެ.
ގަޑި ޖެހެނީ ކަމުގައި ޝާޔާ ބުނުމާއި އެކު، އެ ކޮޓަރިން ނިކުމެ ކައިވެނި ކުރެވޭ މާލަމަށް އަހަރެން ގޮވައިގެން ދިއުމަށް މަންމައާއި ވަޒްލިފާ ދައްތަ އަވަސްވެގަތެވެ.
ބޮޑު ހޯލެކެވެ. މުޅި ތަން ޒީނަތްތެރި ކުރެވިފައިވީ، މަޑު ނުލަކާއި ހުދު ކުލަޔުންނެވެ. ހުދު ކުލަޔާއި ނޫކުލައިގެ ފިނިފެންމަލުގެ ގުލްދަސްތާ ތަކެވެ. ހުދު ކުލައިގެ އަލިން މުޅި ތަން ޖަރީކޮށްދޭ ބޮކިފަތި ތަކާއި ޗާންދަލިއާރ ތަކެވެ. ބަލައިލަން ނުހަނު ރީއްޗެވެ. ފުރިހަމައެވެ. ހިތްގައިމެވެ. ނަމަވެސް މިއިން އެއްވެސް ކަމަކުން އަހަރެންގެ ހިތަކަށް ހަމަޖެހުމެއް ނުލިބެއެވެ. ނުވީތާކަށް ހައްތަހާވެސް ވަނީ ނުތަނަވަހެވެ.
އެ މާލަމަށް އަހަރެން ވަނީ މަންމައާއި ވަޒްލިފާ ދައްތަގެ ދެމެދުގައި ހުރެއެވެ. ވަގުތުން އެންމެންގެ ނަޒަރު އަހަރެންނަށް ހުއްޓިގެން ދިއައެވެ. އަދި ހަފްލާ ނުފެށޭތީ އައިސް ތިބީ ހަމައެކަނި ދެފަރާތުގެ އާއިލާގެ މީހުނެވެ.
އެ މާލަމުގެ އެއްފަރާތުގައި ހުރި ހުދު ފޮތި ގަނޑު އަޅައިފައިވީ މޭޒުގައި އަހަރެންގެ ބައްޕަ އާއި، ދެ ހެކިވެރިންގެ އިތުރުން ގާޒީއާއި އަކިލް އިށީނދެ އިންތަން ފެނުމާއި އެކު އަހަރެން އަވަހަށް އިސްޖަހައިލީމެވެ. އެދިމާލަށް ބަލަން ބޭނުން ނުވާތީއެވެ. އަޅި ކޯޓު ފަޓުލޫނުގައި ހުރި އަކިލްގެ ތޫނު ނަޒަރު އަހަރެންނަށް ހުއްޓިފައި ވީތަން ފެނުމާއި އެކު އަހަރެން ވީ ފޫއްސެވެ.
މަންމަމެން އަހަރެން ގެންގޮސް އަކިލްއާއި ޖެހިގެން އިން ގޮނޑީގައި ބޭންދުމާއި އެކު އަހަރެންނަށް ބަލައިލެވުނީ ދުރުގައި ހުރި ތިއްތިއާއި ދިމާލަށެވެ. ތިއްތިގެ މޫނު މަތީގައިވީ ހިތާމަވެރިކަން ފެނި، އޭނާ އަދިވެސް އަމިއްލަ ނަފްސު ކުށްވެރި ކުރާކަން އަހަރެންނަށް ދެނެގަނެވުނެވެ. ވަގުތުން އަހަރެން މޫނު މައްޗަށް ޕްލާސްޓިކް ހިނިތުންވުމެއް ވެރިކޮށްލީމެވެ. އަހަރެންގެ ސަބަބުން އާއިލާގެ އެއްވެސް މީހަކު ދެރަވާން ނޭދޭތީއެވެ.
ކައިވެނީގެ ހުތުބާ ފެށި، އަކިލްގެ އަނގައިން " އަނބި ގަބޫލުކޮށް ފިން" އެ ތިން ބަސް ނިކުންނަން ދެން އަހަރެންނަށް އިނދެވުނީ ގަނޑުވެފަ ކަހަލަ ގޮތަކަށެވެ. އެއްވެސް ހަރަކާތެއް ކުރަން ނޭނގި ޖެހިތާ އިން ބުދެއް ހެން އަހަރެން އިނީ، ހުތުބާގައި ކީ ހުރިހާ އެއްޗެއްމެ އަހަރެންނަށް އެއްޗެއް ވިސްނައިދިނީ ތީއެވެ.
ނަމަވެސް، އަހަރެންގެ މަޤުސަދަކަށް ގުޑުމެއް އަޔަކަ ނުދޭނަމަވެ. ކައިވެނީގެ މަތިވެރި ގުޅުން އަކިލް ފަދަ މީހަކާއި އެކީ ކުރިއަށް ގެންދާކަށް އަހަރެން ބޭނުމެއް ނޫނެވެ. އިތުބާރު ނުކުރެވޭ މީހަކާއި އެކު ދިރިއުޅުން ވޭތު ކުރާނީ ފަހެ ކިހިނެއް ހެއްޔެވެ.
ކައިވެނީގެ ހަފްލާ ފެށިގެން ދިއުމާއި އެކު މެހެމާހުން އަންނަން ފެށީ އެހެނެއް ބަލާފައެއް ނޫނެވެ. ހިސާހިތަކު މުޅި މާލަން ފުރުނެވެ. ކޮންމެ މީހެއް ވެސް އައިސް ކައިވެނީގެ ތަހުނިޔާ އަދާކޮށް ފޯޓޯއެއް ނަގައިފައި ދާއިރު، ފޮޓޯ ނަގަން އެ ހޭދަވާ މަދު ވަގުތު ކޮޅުގައި ވެސް އަކިލްއާއި ގާތް ވާން ޖެހުން ވެގެން ދިއައީ އަހަރެންނަށް ބޮޑު ވޭނަކަށެވެ.
އޭނާގެ އަތް އަހަރެންގެ އުނަގަނޑުގައި ބީހިލާ ކޮންމެ ފަހަރަކު ދުރަށް ޖެހިލެވެނީ ބޭއިޙްތިޔާރުގައެވެ. ނަމެއްގެ ގޮތުން ބުނާ ނަމަ މިހާރު އެއީ އަހަރެންގެ ފިރިމީހާއެވެ. ނަމަވެސް އޭނާގެ ކޮންމެ ބީހިލުމަކުން ވެސް އަހަރެންނަށް ވަމުން ދިޔައީ އުނދަގުލެވެ.
ކެތްކޮށްލައިގެން އަހަރެން ހުރީ ޕާޓީ ނިމޭ ގަޑި ޖެހޭތޯ ބަލަބަލަ އެވެ. އައި މެހެމާނުން އަނބުރައި ގޮސް ހަފްލާ ނިމުމާއި އެކީ، ވެފައި ހުރި ވަރުބައްޔާއި އެކު އަހަރެން ބޭނުންވީ އަވަހަށް ގެއަށް ދާށެވެ. އަކިލްގެ އެކުވެރިން އޭނާ އަވަހަށް ދިޔަ ނުދިޔޭނެތީ ޝާޔާއާއި ވަޒްލިފާ ދައްތައާއި އެކު އެމީހުންގެ ގެއަށް އަހަރެން މިސްރާބުޖެހީމެވެ.
ގެއަށް ދެވުމާއި އެކު އަހަރެންގެ އަތުގައި ހިފައިގެން އަކިލްގެ ކޮޓަރިއާއި ހިސާބަށް އަހަރެން ގެންގޮސް ދިނީ އައިނާއާއި ޝާޔާއެވެ. ކޮޓަރީގެ ދޮރާއި ހަމައަށް ގެންގޮސް ދިނުމަށްފަހު އެދެމީހުން ދިއައީ، އަހަރެންނަށް އަރާމު ކޮށްލުމުގެ ފުރުސަތު ދެމުންނެވެ.
އަކިލްގެ ކޮޓަރި ހުންނަނީ އެ ބޮޑު ގޭގެ އެންމެ މަތީ ފަންގިފިލާގައެވެ. ކޮޓަރިއަށް ވަނުމަށްފަހު ދޮރު ލައްޕައިލަމުން، އެ ބޮޑު، ޝާހީ ކޮޓަރިއަށް އަހަރެންގެ ނަޒަރު ދަތުރު ކުރިއެވެ.
ފުރަތަމަ ވެސް އަހަރެންގެ ލޮލުގައި އަޅައިގަތީ، ބިއްލޫރި ބޮޑު ކުޑަދޮރެއް ކަހާލައިފައި ނިކުމެވޭ ގޮތަށް ހުރި ބޮޑު ޓެރަހެއް ފަދަ ބެލްކަންޏެވެ. އެ ބެލްކަންޏާއި އިންވެގެން ކަޅު ކުލައިގެ ލެދާރ ސޯފާ ސެޓެއް ބެހެއްޓިފައި ހުރި އިރު، ސޯފާ ސެޓާއި ކުރިމަތި ވާގޮތަށް ހުރި ބިތުގައި ހަރު ކުރެވިފައި ވަނީ ބޮޑު ފަތި ޓީވީ އެކެވެ.
ކޮޓަރީގެ އަނެއް ފަޅީގައި ބޮޑު ކިންގް ސައިޒުގެ އެނދެއް ބެހެއްޓިފައި ހުރި އިރު، ފޮތް ހަރު ގަނޑެއް ފިޔަވައި އިތުރު އެހެން އެއްވެސް ފަރުނީޗަރެއް ނެތެވެ. މުޅި ކޮޓަރި ފަރުމާ ކުރެވިފައި ވަނީ މަޑު ނުލަކާއި ކަޅު ކުލައިންނެވެ. ކައިވެނީގެ ކުލައަކަށް ނޫކުލަ ހަމަޖެހުނީ ކީތްވެކަން ވަގުތުން އަހަރެންނަށް ވިސްނުނެވެ.
ޓީވީ ހުރި ފަޅީގައި ހުރި ދޮރުން އެތެރެއަށް އަހަރެން ވަނީ އެއީ ފާހަނާ ކަމުގައި ހީކުރަމުންނެވެ. ނަމަވެސް ވަދެވުނީ އަދި މުޅިން އެހެން ކޮޓަރިއަކަށެވެ. ހިމަ ދިގު އެ ކޮޓަރީގެ ތެރޭގައި ވަނީ ބޮޑު ލޯގަނޑަކާއި ރީތިވާ މޭޒެކެވެ. އަދި އަކިލްގެ އަންނައުނާއި، ބޫޓުތަކާއި އަތުގަ އަޅާ އެކި ބްރޭންޑުގެ ގަޑިތަށް ވަނީ ކަބަޑުތަކުގައި ރީތިކޮށް އަތުރާލެވިފައެވެ. އަކިލްގެ އަންނައުނު ތަކާއި އިންވެގެން ކޮނޑުތަކުގައި އަޅުވާލެވިފައި ހުރީ އަހަރެންގެ އަންނައު ތަކެވެ.
ލަސްކުރަން ނަހަދައި ނިދާ ހެދުމެއް ހިފައިގެން އެ ކްލޯސެޓުގެ ތެރޭގައި ހުރި ފާހަނާއަށް އަހަރެން ވަނީ ވެފައި ހުރި ވަރުބައްޔާއި އެކު ތާޒާ ވެލަން ބޭނުން ވެފައި ހުރިލެއް ބޮޑު ކަމުންނެވެ.
ފެންވަރާލައިގެން ބޯހިއްކަމުން ފާހަނައިން ނިކުތް އަހަރެން ސިއްސައިގެން ދިއައީ، ދޮރު ހުޅުވާލައިފައި ކޮޓަރިއަށް ވައިން އަކިލް ފެނުމުންނެވެ. އޭނާ ފެންނަ ކަމަށް ވެސް ނަހަދައި އަނެއް ފަޅިއަށް މޫނު އަނބުރައިލަމުން އަހަރެން ގޮސް ކުޑަދޮރުގެ ކައިރީގައި ހުއްޓިލުމާއި އެކީ، އިވުނީ އަހަރެންގެ ނަމުން އޭނާ ގޮވާލިއަޑެވެ.
"މަލަކް" އަހަރެންގެ ކުރިމަތީގައި އައިސް ހުއްޓެމުން ދެވަނަ ފަހަރަށް އޭނާ ގޮވާލުމާއި އެކީ އަހަރެން އޭނާއާއި ދިމާލަށް ބަލައިލީ، ރުޅިވެރިކަމާއި ނަފްރަތު އެކުލެވިގެންވީ ނަޒަރަކުންނެވެ.
"މަލަކް، އަހަރެން ދެކެ ރުޅި އައިސްފަތަ؟ ނޫނީ ކަމަކާ ހިތްހަމަ ނުޖެހިފަތަ؟ އަނެއްކާ މަލަކްގެ ރުހުމުގަ ތަ މި ކައިވެނި ކުރެވުނީ؟" ތިން ސުވާލު އޭނާ ކޮށްލީ އަހަރެން އެންމެ ސުވާލަކަށް ވެސް ޖަވާބު ނުދީ ހުންނަން ފެށުމުންނެވެ.
"ވާއު، އަކިލްއަށް އަދިކިރިޔާތަ ތިހެން ވެސް އަހާލަން އިނގުނީ؟ ހަމަގައިމު ރަން ކީ ދުވަހާ ކައިވެނި ކުރަން އުޅޭ ވާހަކަ އިއުލާނު ކުރި ދުވަހުން ފެށިގެން މިއަދާ ހަމައަށް، މަލަކްގެ މޫނު މަތިން އެކަނި ވެސް އަކިލްއަށް އިނގޭނެ ކަންނޭނގެ މަލަކްގެ ރުުހުމުގަ ނޫންކަން މި ކައިވެނި މި ކުރެވެނީ!" ރުޅިގަނޑު މަތަކުރަން ދަތި ވަމުން ދިޔައިރު، އަހަރެންނަށް ވާހަކަ ދެއްކުނީ ވެސް ބާރަށެވެ.
"މަލަކް، އައި ތޯޓް މަލަކް އެއްބަސް ވެގެން ކަމަށް މަންމަމެން ހުރިހާ ކަމެއް ހަމަޖައްސާ...." "ޖަސްޓް ޝަޓް އަޕް އަކިލް، އަކިލްއަށް ހީވޭތަ ދުވަހަކު ވެސް މަލަކް ހިތުން ރުހުމުން އަކިލްއާ އިންނަން އެއްބަސް ވެދާނޭ! ޔޫ ކްލިއާރލީ ނޯ ހައު މަޗް އައި ޑިސްލައިކްޑް ޔޫ ފްރޮމް ދަ ސްޓާރޓް.....ހެހެ މަލަކް ހީކުރީ ހަތް އަހަރު ވޭތު ވެގެން ދިއައިރު، ކުޑަ ނަމަވެސް ބަދަލެއް އައިސްފައޭ ހުންނާނީ އަކިލްގެ އުޅުމަށް، އެކަމް މިހާރު އިނގިއްޖެ ތީ ހަމަ އެ އެހެން މީހުންގެ ފީލްގްސް އާ ދޭތެރޭ ނުވިސްނާ، ހަމައެކަނި އަމިއްލަ ނަފްސާ މެދު ވިސްނާ އަމިއްލަ އެދުން ބޮޑު އަކިލް ކަން!"
އަހަރެން އެ ހުރިހައި އެއްޗެއް ކިޔަމުން ދިޔައިރު، ހައިރާންވެ ހުރެ، އަހަރެންގެ ވާހަކަތައް އަޑު އަހަން އަކިލް ހުރީ ޖެހި ބުދެއް ފަދައިންނެވެ.
"މަލަކްއަށް ވެސް އިނގޭ އަކިލްގެ މައިންބަފައިން މަލަކްގެ މަންމަގެ ބޭސްފަރުވާއަށް ބޮޑު ހަރަދެއް ކޮށްދިންކަން..... އެންޑް އައި އޭމް ވެރީ ތޭންކްފުލް ފޯރ ދެޓް..... ބަޓް އޭގެ މާނަޔަކީ، ތި އާއިލާއިން ކޮށްދިން ހަރަދު، އޯރ ލެޓް މީ ޖަސްޓް ސޭ، ދިން ލޯނުގެ ޕޭބެކް އެއް ގޮތުގަ މަލަކް ޔޫޒް ކުރާނީ އޭ! އައި އޭމް ނޮޓް އޭން އެސެޓް އަކިލް! މަލަކް މީ މުދަލެއް ނޫނޭ ދެއާއިލާ ދެމެދުގަ ޓްރޭޑް ކުރާކަށް! އެކަމް މިއަދު މަލަކް އަށް އިހުސާސް ކުރެވެނީ މަލަކް މީ އަކިލްގެ މައިންބަފައިން އަކިލްގެ ހިތްހަމަޖެހުމަށް ގަނެލާފަ ދިން ކުޅޭ އެއް ގޮތުގަ!" ހިތަށް އައިހައި އެއްޗެއް އަހަރެން އަކިލްއާއި ދިމާލަށް ކިޔަމުން ދިޔައިރު، އަހަރެންގެ ލޮލުން ދިއައީ ކަރުނަ އަންނަމުންނެވެ.
"މަލަކް.... މަލަކްގެ ނަޒަރުގަ އަހަރެންނަކީ އަބަދުވެސް، އަންހެން ކުދިން ކުޅޭ އެއްޗެހީގެ އުސޫލުން ގެންގުޅޭ މީހެއްތަ؟ މިވީ ހަތް އަހަރު ތެރޭ އަހަރެންނަށް އައިސްފަ ހުރި ބަދަލު މަލަކްއަށް ހަމަ ނުފެންނަނީ ތަ؟ އަހަރެން ޤަބޫލުކުރަން މި ކައިވެނި މިއީ އެންމެ ރަނގަޅު ގޮތުގަ ކުރެވުނު ކައިވެންޏެއް ނޫންކަން....އެކަމް އަހަރެންނަށް އިތުބާރު ކުރޭ މަލަކް، އައި ޑިޑިންޓް ނޯ ދެޓް ޔޫ ވާރ އަގެއިންސްޓް ދިސް! އިނގުނު ނަމަ އަހަރެން ވެސް ދެކޮޅު ހެދީމުސް! އެކަމު މަލަކްގެ މަންމައާ ބައްޕަ އައިސް އަހަރެން ކައިރީ މަލަކް އެއްބަހޭ ބުނީމަ..."
"އިތުބާރޭ؟؟؟؟ އަކިލްއަށް އިތުބާރު ކުރި ކޮންމެ ފަހަރަކު މަލަކްއަށް އަކިލް ހަދާފަ އޮތީ ދޮގު، އަމިއްލައަށް މީގެ ހަތް އަހަރު ކުރިން އެ އިތުބާރު އަކިލް ގެއްލުވާލީ..... ގެއްލިއްޖެ އެއްޗަކީ އަނބުރާ ގެނެވޭނެ އެއްޗެއް ނޫނޭ އަކިލް! އަކިލްއަށް މިވީ ހަތް އަހަރު ތެރޭ ކިތަންމެ ބަދަލެއް އައިސްފަ ހުއްޓަސް މަލަކްއަށް އެބަދަލުތައް ނުފެންނަނީ ވެސް މިހެންވެ! އައި ކެނޮޓް އެންޑް ވިލް ނެވާރ ރިޕީޓް ދަ މިސްޓޭކް އޮފް ޓްރަސްޓިންގް ޔޫ!
އެންޑް އަކިލް ހީ ނުކުރާތި މި ކައިވެނި މަލަކް ޤަބޫލުކުރާނެ ކަމަށް.... މަަލަކްއަށް މި ކައިވެންޏަކީ ޑީ ދެ އާއިލާގެ ދެމެދުގަ ކުރެވުނު ޑީލްއެއް! އެންޑް އިޓް ވިލް ބީ ދަ ސޭމް ބިޓްވީން އަސް، ދުވަހަކު ވެސް ތީ މަލަކްގެ ފިރިމީހާ ކަމަކަށް މަލަކް ޤަބޫލެއްވެސް ނުކުރާނަން އެންޑް ޑޯންޓް އެކްސްޕެކްޓް މީ ޓު ހެޕިލީ ބީ ޔުއާރ ވައިފް! ކޮޒް ދެޓްސް ނެވާރ ގޮނަ ހެޕަން! ރަނގަޅުވާނީ އަކިލް، މަލަކްގެ ފަރާތުން އެއްވެސް ކަމަކަށް އުންމީދު ވެސް ނުކުރިއްޔާ! އަމިއްލަ އުފާތަށް ގުރުބާން ކޮށްފަ މި ކައިވެނި މި ކުރީ ހަމައެކަނި މަލަކްގެ މަންމައާ ބައްޕައަށް ޓަކާ.... ތެންކިޔޫ ފޯރ ރުއިނިންގް މައި ލައިފް"
ލޮލުން ފައިބަމުން ދިޔަ ކަރުނަތައް ފޮހެލަމުން އަހަރެން ދުރަށް ހިނގައިގަތީމެވެ. އޭރު އަކިލްގެ ލޮލުންވެސް ކަރުނަ އަންނަމުން ދިޔަ އިރު، އޭނައަށް ބެލުމެއް ނެތި އެނދުމަތިން ބާލީހެއް ހިފައިގެން ގޮސް ސޯފާގައި އަހަރެން އޮށޯތީ، އަކިލްއާއި އެން އެނދެއްގައި ނިދަން ވެސް ބޭނުން ނުވާތީއެވެ. އެހައި ވެސް މިއަދު އޭނާއަށް އަހަރެން ނަފްރަތު ކުރަމެވެ.
އިރުކޮޅެއްފަހުން ނިދީގެ ފުން ކަނޑަކަށް އަހަރެން ގެނބިގެން ދިއައިރު، ދެން ހޭލެވުނީ، ފަތިސް ނަމާދުގެ ބަންގީގެ އަޑަށެވެ. މަޑު މަޑުން ދެލޯ ހުޅުވާލި އަހަރެންނަށް ހައިރާންކަމެއް ލިބުނީ، ހުސްކޮށް އޮތް އެނދާއި، އަހަރެންގެ ގައި މަތީގައި އަޅާފައި އޮތް ރަޖާގަނޑު ފެނުުމުންނެވެ.
ނުނިމޭ
ވަރަށް ރީތި މިބައިވެސް
ޝުކުރިއްޔާ ނާ💗
Afyyyyyyy.. Dhn avahah esfiya ah up kuraa vaahaka up kobbalaaaaaaaa.. "Inthihaa" vaahaka up veytho vs eba jehey inthihaa ah inthizaaru kuran.. Afy esfiya ID ga massalaeh jehuniyya dhn ehn ID eh hulhuvaigen nama vs up kuran v ennu dhn.. Pls pls pls pls pls 😭😭😭😭😭😭😭😭
ޝުކުރިއްޔާ....ކުރިން ވެސް ބުނެލާފަ އިންނާނީ ދެން އެސްފިޔައަށް ވާހަކަ އަޕްލޯޑު ނުކުރާނެ ވާހަކަ، އަދި މިއީ އަޅުގަނޑުގެ އޯލެވެލް އަދި މޮކް އެގްޒާމް ދުވަސްކޮޅަށް ވީމަ ވާހަކަ ލިޔަން ވަގުތު ނުވާތީ އަދި ކިޔެވުމަށް އިސްކަން ދޭން ބޭނުންވާތީ، ގިނަ ވަގުތު އަޅުގަނޑު ހޭދަކުރަނީ ކިޔެވުމަށް....އެހެންވީމަ ވާހަކަ އަޕްނުވެ ގިނަ ދުވަސް ލަސްވުން އެކަށީގެންވޭ....ނިހާޔަތަށް މަޢާފަށް އެދެނެ....އަޅުގަނޑުގެ އޯލެވެލް ނިމުނު ހައި އަވަހަކަށް އިންތިހާ ވާހަކަ ވެސް ކިޔުން ތެރިންނާ ހަމައަށް ގެނެސް ދޭނަން.....އުންމީދުކުރަން އަންޑަސްޓޭންޑް ވާނެ ކަމަށް
ދެން އިންނަ ބައި ތަންކޮޅެއް އަވަހަށް ގެނެސްދެއްޗޭ.... ބައި ދަ ވޭ މި ބައި ވެސް ވ ރީތި
ކުރިއަށް އޮތް ދެ ހަފްތާއަކީ އަޅުގަނޑުގެ މޮކް އެކްޒާމް ހަފްތާ ވީމަ ވާހަކަ ގެނެސްދިނުން ލަސްވެދާނެ....ޝުކުރިއްޔާ
އަކިލް ހާދަ ދެރަވީ؟ ހަމަ ތެދު ވާހަކަ މަލަކް އެދެއްކީ
މަލަކްއަކީ ވަރަށް ހިތުތެރޭގަ އެއްޗެހި ފޮރުވައިގެން ގެންގުޅޭ ކުއްޖެއް ނޫންވީމަ ދިމާލަށް ބުނެލީމަ ކަންނޭނގެ ދޯ އަކިލް ދެރަވީ😂💗
😙😙😙😙😙😙😘😘😘
އަސްލު މިވާހަކަ ވަރަށް ރީތި ވަރަށް ކިޔާ ހިތުން ކިޔާލެވޭ.......އެކަމް އަޕްވާލެއް ލަސް ކަމުން ވަރަށް އިންތިޒާރު ކުރެވޭ....... އަޕްވޭނެ ދުވަހެއް ޖަހާލާނަމަ....
ކުރިއަށް އޮތް ދެ ހަފްތާއަކީ އަޅުގަނޑުގެ މޮކް އެގްޒާމް ދުވަސްކޮޅު ކަމުން ވާހަކަ އަޕް ނުކުރެވިދާނެ އަދި އޯލެވެލްއަށް ތައްޔާރުވަމުން އަންނާތީ ވަގުތު ނުލިބުމާއި، ކިޔެވުމަށް ހުރިހާ ވަގުތެއް ހުސްކުރާތީ ވާހަކަ ލިޔަން ފުރުސަތެއް ނުލިބޭ....އެކަމުވެސް ވީވަރަކުން އަޕްކޮށްދެވޭތޯ ބަލާނަން....އުންމީދުކުރަން އަންޑަސްޓޭންޑް ވާނެ ކަމަށް....ޝުކުރިއްޔާ💗
Yess yess yess.. Dhen oih bai avahah genesdhyba please.. Varah salhi
ޝުކުރިއްޔާ...ވަގުތު ވީވަރަކުން ވާހަކަ ލިޔެ ސަބްމިޓް ކޮށްދޭނަން
ވާވް މާޝާ ﷲ މި ޕާރޓް ވެސް ވ ވ ރީތި ސިސް...😍😍😍😍 އަޅޭ އަކިލް ހާދަ ބޮޑަކަށްށޭ ޗޭންޖް ވީ..☺️☺️ ހަމަ މަލަކް އަށް ޓަކާތަ.. މަލަކް ވެސް ބުނީ ރަނގަޅު ވާހަކައެއް..😊 އަކިލް އަމިއްލައަށް ދޯ އިތުބާރު ގެއްލުވާލީ.. 😟😟ކޮންމެ ދުވަހަކު ވެސް ބެލޭ މި ޕާރޓް އަޕް ވެފަ އިންތޯ.. ސިސް ދެން ހަމަ އިންތިހާ ކިޔާލާކަށް ނުލިބޭނެތަ.. ވ މިސް ވޭ އިންތިހާ ސްޓޯރީ މަތިން.. ލަވް ޔޫ.. ސްޓޭ ސޭފް ސިސޫ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
ސޮރީ ލަމް....މީ ސިސްގެ މޮކް އެގްޒާމް އެންޑް އޯލެވެލް ދުވަސްކޮޅު، އެހެންވީމަ ދެވާހަކަ އެއްކޮށް ގެނެސްދެވޭކަށް ނެތް، އަދި މިވާހަކަ ވަގުތު ވީވަރަކުން ގެނެސްދޭނަން، ތެންކިޔޫ❤️
🙌🏼♥️
🥰
ކޮންއިރަކުން އަނެއްބައި ކިޔާލަން ލިބޭނީ ވަރަށް ސަޅި މާޝާﷲ
ކުރިއަށް އޮތީ އަޅުގަނޑުގެ ކިޔެވުމުގެ ވަަރަށް ބުރަ ދުވަސްކޮޅަކަށް ވީމަ ލަސްވެދާނެ އެކަމް ވީ އެންމެ އަވަހަކަށް ގެނެސްދެވޭތޯ ބަލާނަން....ޝުކުރިއްޔާ💗
ކިޔާ މީހުންނަށް ވެސް ވިސްނެން ވާނެ ކަންނޭނގެ އަފާއަކީ މިއަހަރު އޯލެވެލް ހަދާ ކުއްޖެއްކަން. އޭނަ ވެސް ކިޔެވުމުގަ ވަރަށް ބުރަކޮށް މިދުވަސް ކޮޅު އުޅޭނީ…. އެހެންވީމަ ވާހަކަ މެދު ކަނޑާ ނުލާ ގެނެސްދޭ ކަމަށް ޝުކުރުކޮށްގެން ކެތްތެރިވެގެން ހުރެލުން އެދެން
ވަރަށް ބޮޑަށް ޝުކުރިއްޔާ
ވަރަށް ރީތި!!!
ވީހާވެސް އަވަހަކަށް ދެން އޮތް ބައިި ކިޔާލަން ލިބޭނެކަމަށް އުއްމީދު ކުރަން!!!😌
ޝުކުރިއްޔާ
Avas kohlabala pls…..kon irukun tha 17 vana bai nereyny
އަޅެ ފަހެ އޭނަގެ މޮކް ދުވަސްކޮޅޭ ބުނެފަ އެއޮތީ އަނދިރީތަ؟ ނޫނީ ކެތްތެރިކަމުގެ ކަންފުޅެއްވެސް ނެތީތަ
😒އައި ޑޯންޓް ބިލީވް ނަފްރަތަކީ ލޯބީގެ ފެށުން ކަމަށް
އެހެން ވެއްޖެ ނަމަ މިހާރު އަހަރިން އެންމެ ނަފްރަތު ކެރަން މީހާ އެއޯ މަ ބޯއީފްރެންޑެއް
މުޅި ދުނިޔޭ ފިރިހެނުން ހުސްވިޔަސް އެސޮރާ ވާވެސް ނޭޅޭނަން😠 ހަމަ ބުނެލީއިގޭ
އަފާގެ ހުރިހާ ސްޓޯރީ ކީން ކޮމެންޓް ނުކުރިޔަސް އެންޑް ދިސްއިޒް މައި ފޭވް
ލަވް ދިސް ސްޓޯރީ ކީޕް އިޓް އަޕް ☺️ ❤️❤️
އެންޑް ތަންކޮޅެއް އަވަހަށް ނެކްސްޓް ޕާރޓް އަޕް ކޮއްފާނަންތަ އައޭމް ޑައިން ޕްލީސް ވަރަށް ބޮޑު ރިކުއެސްޓް މީ
އެންޑް ވަން މޯތިނގް މި ވާހަކައިގަ މި އިންގޮތައް ރިޔަލް ކޮއްވެސް ނަފްރަތަކީ ލޯބީގެ ފެށުން ކަމަށް ވިއްޔާ މަލަކް އަށް ވީގޮތް މަށައް ނުވެޖިއްޔާ ރަންގަޅު 😅
އެގެއިން ލަވް ދިސް ސްޓޯރީ ❤️
ހެހެހެ، ނަފްރަތަކީ ލޯބީގެ ފެށުމޭ މުސްކުޅިން ބުނެ އުޅޭ އެކަމު ކޮންމެ ހާލަތެއްގަ އެހެން ނުވެ ވެސް ދާނެ ދޯ! ވަރަށް ބޮޑަށް ޝުކުރިއްޔާ💗
17 ވަނަ ބައި ވާނީ ސަބްމިޓް ކުރެވިފަ....
ސޮރީ އަފާ ބަޓް، އައި ކާންޓް ސީ 17 ވަނަ ބައި!!!
ބަލަގަ މޮޔަޔާ އޭނަ އެބުނީ ސަބްމިޓް ކޮށްފައޭ....އެ އަޕްލޯޑު ކުރާނީ މި ސައިޓުގެ އެޑްމިން! އަޕްލޯޑު ކުރި އިރަކުން ކިޔަން ލިބޭނީވެސް ފެންނާނީ ވެސް....ސާބަސް
މީހުންނަށް މޮޔަ އޭކިޔާކަށް ނުވާނެ!!!
އަޅުގަނޑަށް ކުރެވޭނީ ސަބްމިޓް، ކިޔުންތެރިންނަށް ކިޔާލަން ލިބޭނީ ސައިޓުން އަޕްލޯޑު ކުރި އިރަކުން🙂
ވަރަށް ރީތި މިބައިވެސް
ޝުކުރިއްޔާ
ވަރަށް ރީތި މިބައި ވެސް. އެކްޗަލީ ހުރިހާ ބައެއް ވެސް ވަރަށް 😊