ފުއާފް - 16

Tiny Teen Tiffany Tatum Pussy Forced Big Cock  Blondie Fesser cocks her massive ass threesome sex  pakistani sex video  jmac porn  De Williams  Russian teen Izi Ashley tight ass hole Hard fucked real 18 yearsold Tiny babe  sanny levon xnxx son fuck mom dogstyle thick hairy pussy

" ސުބުހާނަﷲ " އަކްރަމް އެހެން ބުނެލި އިރު އެންމެންގެ މޫނުމަތިންވެސް ފެންނަމުން ދިޔައީ ބިރުވެރިކަމެވެ. އަކްރަމް ހިތަށް އެރި އެއްޗެއް ދެން ތިބި ދެމިހުނަށްވެސް އެނގިގެން ދިޔަ ކަހަލައެވެ.
" އިބްރާހީމް... އަޙްމަދު.... މިގޭގައި އެއުޅެނީ ފައިޒަންއެއް ނޫން.. ފައިޒަންގެ ސިފައިގައި އުޅޭ ޖިންނިއެއް.. މީގެ ކަމެއް މަށަށް ވަރަށް ކުރިން ދިމާވި.. " އަކްރަމް ފުންނޭވާއެއް ދޫކޮއްލަމުން ބުނެލިއެވެ. އަލައިނާއަށް ލިބުނީ ސިހުމެކެވެ. ފައިޒަންއާމެދު ޝައްކުވެފައި ހުއްޓާ އެކަން ޔަޤީންވާ ޖަވާބު ލިބިގެން ދިޔައީ ތައްޔާރުނުވެ ހުއްޓައެވެ.
އިބްރާހީމްއާއި އަޙްމަދުވެސް ދެމިހުން އެކަކު އަނެކަކަށް ބަލާލި އިރު މޫނުމަތިން ފެނިގެން ދިޔައީ ހައިރާންކަމާއި ބިރުވެރިކަމެވެ. މިޔޮތް ހުރިހާ ދުވަހު އިންސާނެއްކަމަށް ހީކޮއްގެން އުޅުނު ފައިޒަންއަކީ ޖިންނިއެއްކަން އެނގުމުން އެދެމިހުންނަށް ބުނާނެ އެއްޗެއްވެސް ނޭނގުނެވެ.
" އާން ތިބުނީ ރަނގަޅަށް... " ފައިޒަން އައިސް ކޮޓަރިއަށްވަނީ އެވަގުތުއެވެ.
" ކަލޭ ކީއްވެ މި އަންހެންކުއްޖާއާ އަޅައިގަތީ؟ ކަލެޔަކަށް ނޭނގޭތަ ދެނަސްލުގެ މީހުން އުޅެން ޖެހޭނީ ވަކިން ކަމެއް..؟ " އަކްރަމް ހަރުކަށި ރާގަކަށް އަހާލިއެވެ.
" އެނގޭ... އޭނަޔާ ވަރަށް ދުރުގައި ހުންނަން މަ ވަރަށް މަސައްކަތް ކުރިން. އެކަމަކު މަށަށް ތިއަންހެންކުއްޖާދެކެ ހަޤީޤީ ލޯބިވެވުނީ.. ލޯބިވުމަކީ ކުށެއްކަމަށް މަށެއް ނުދެކެން.. " ފައިޒަން ބަލާލީ އަލައިނާއަށެވެ. އަލައިނާ ބިރުގަނެފައި އިބްރާހީމްގެ އަތުގައި ހިފަމުން އޭނަގެ ފުރަގަހަށް ވަނެވެ. ފައިޒަން ހިތްދަތިވެފައި އިސްޖަހާލިއެވެ. އެންމެ ފަހުން އަލައިނާ ވެސް އެބޭނުންވީ އޭނަގެ ކައިރިން ދުރަށް ދާށެވެ. އާނއެކެވެ. އޭނައަށް ޖެހޭނީ އެލޯތްބަށް އަލްވަދާޢު ކިޔާށެވެ.
" ތިހެންވީ އިރު އޭނަގެ... " އަކްރަމްއަށް ޖުމްލަ ފުރިހަމަ ނުކުރެވިގެން އުޅެނިކޮށް ފައިޒަން އޭނަގެ އަތް އުފުލާލާ އެކަން ހުއްޓާލުމަށް އިޝާރާތްކުރިއެވެ.
" އަހަރެންނަށް އިންޒާރު ނުދިނަސް ގޮސްދާނަން. އެކަމަކު ކަލެމެން މީގެ ތޭރަ އަހަރު ކުރިން ހިނގާދިޔަ ކަންތައް އެނގެން ބޭނުންތަ؟ އަސްރާ އަލައިނާއަށް ސިހުރު ހަދަން އުޅުނީ ކީއްވެކަން ބޭނުންތަ؟ މަ ކިޔާ ދީފާނަން ކަންތައް ވީގޮތް! އަޑުއަހާ... " ފައިޒަން އެހެން ބުނި އިރު އޭނަގެ ދެލޯވަނީ ދިއްލިފައެވެ.
***
އަސްރާގެ މަންމަ އަސްރާގެ ކޮއްކޮ ވިހެއުމުގެ ތެރޭގައި އެކޮއްކޮއާއެކު މިދުނިޔެ ދޫކުރުމުން އަސްރާ އުޅެމުން ދަނީ އޭނަގެ ބައްޕައާ އެކުގައެވެ. މަސައްކަތުގެ ގޮތުން އަސްރާ ބެލުމަށް އަސްރާގެ ބައްޕަ މޫސާއަކަށް ފަސޭހައެއް ނުވިއެވެ. މޫސަގެ މައިންބަފައިން ދުނިޔޭގައި ނެތުމާއެކު އެއްބަނޑު އެއްބަފާ މީހުން މާލޭގައި ހެން އަބަދު އުޅެ އެމިހުން ދަރިން ބެލުމާއި މަސައްކަތުގައި އުޅުމުން އެމިހުންނަށް އަސްރާ ނުބެލޭނެކަން އެނގެއެވެ. ވުމާއެކު މޫސަ މަސައްކަތް ކުރާ ވަގުތު ދިއްގަރުގޭ ލަތީފާގެ މަންމަ ހުސްނާއާ އަސްރާ ބެލުމަށް ހަވާލުކުރިއެވެ. ހުސްނާގެ ކިތަންމެ ކުދިން ގިނަ ކަމާއެކު ވެސް ހުސްނާ އެކުދިންނަށް ސަމާލުކަން ދޭތީ އެކުދިން އޭނަގެ ލޯމަތީގައި އުޅެ ނުގެއްލޭނެކަން މޫސާ ދަނެއެވެ. އެވަރު އޭނައަށް ފުދެއެވެ. އަސްރާއަކީ އެހާ ތުއްތު ކުއްޖެއް ނޫނެވެ. އަނިޔާއެއް ނުވާހާ ހިނދަކު އެގޮތަށް އެކަނި އޭނައަށް އުޅެވޭނެއެވެ.
---
އެއީ ހަމަ އާދައިގެ ރީތި ހިތްގައިމު ދުވަހެއްގެ އިރުއޮއްސެމުން ދިޔަ ވަގުތެވެ. އަށްއަހަރުގެ އަސްރާ އޭނަގެ ގެޔާ ޖެހިގެން ހުރި ދިއްގަރުގޭ ލަތީފާއާއި އެހިސާބުގަނޑުގެ އެމިހުނާ ދާދި އެއްއުމުރުގެ ކުދި ބަޔަކު ދިއްގަރުގޭގެ މެދުގޯތީގައި ހަވީރުއްސުރެ ކުޅެ ހަދަމުން ދިޔަ އިރު އެމިހުންނަށް ވަގުތު ދިޔަ ގޮތް ވެސް ނޭނގުނެވެ.
" ހިނގާބަލަ މޫދު ބަލާލަން ދާން. މަގޭ މަންމަ ބުނީ މިގަޑީގައި މޫދު ވަރަށް ސަޅިވާނޭ " އަށްއަހަރުގެ ލައިތް އޭނަގެ އަތަށް ލިބުނު ބޯޅައިގައި ހިފަހައްޓާލަމުން ބުނެލި އިރު މޫނުމަތިން ދާތިކިތައް ފާޅުވޭވޭ ހުއްޓެވެ.
" މިގަޑީގައި މޫދަށް ދަންޏާ ޖިންނި އަވަލާނެ " ހަމަ އެއުމުރުގެ އަޖްވަދު ބުންޏެވެ.
" އަހަރެން ބޭނުން ބަލާލަން.. ހިނގާބަލަ ގޮސްލާފައި އަންނަން. މަންމަމެންނަކަށް ނެނގޭނެ. " ވަސީމް ވެސް ލައިތްގެ ބަހާ އެއްބަސްވިއެވެ. ވަސިމްއާއި ލައިތްގެ ބަހަށް ހައަހަރުގެ ޖާވިދުއާއި ހަތްއަހަރުގެ ޔާމީން ވެސް އެއްބަސްވިއެވެ.
" މަވެސް ބޭނުން ދާނަން.. " އަސްރާ ވެސް އެއްބަސްވިއެވެ.
" މަންމަ ރުޅިއަންނާނެ.. " އަސްރާއާ އެއްވަރުގެ ލަތީފާ ވަގުތުން އެކަމާ ދެކޮޅު ހެދިއެވެ.
" ލަތީފާ ބިރުގަންނަންޏާ ހުރެބަލަ. ހިނގާ ލައިތް ދާން.. " އަސްރާ ގޮސް ލައިތްގެ މުލައްދަނޑިގައި ހިފާލިއެވެ. އަޖްވަދާއި ލަތީފާ ނުދާށޭ ގޮވަ ގޮވަ އޮއްވާ ދެން ތިބި މީހުން މަންމަމެންނަށް އެނގުމުގެ ކުރިން މޫދަށް ނައްޓާލި އިރު މަޤްރިބް ނަމާދަށް ގޮވުމަށް ގާތްވަނީއެވެ.
" ކޮބާ ކިހާ ސަޅި؟ " ލައިތް ދެއުކުޅުގައި އަތްވިއްދާލަމުން ބުނެލިއެވެ.
އިރުގެ އޮރެންޖާއި ރަތްކުލައިގެ ސަތަހަ ކަނޑުގެ ލޮނުގަނޑަށް އެޅިފައިވާތަން ފެނުމުން އަސްރާގެ ހިތްވެސް އެކަމަށް ލޯބި ޖެހިގެން ދިޔައެވެ. ކަނޑުން އެއަންނަމުން ދިޔަ ހިތްގައިމު ވައި އޭނަގެ ހަށިގަނޑުގައި ބީހެމުން ދިޔައިރު މީހާ ހުރީ ފާޑަކަށް ހީގަނެފައެވެ. ކުއްލިއަކަށް މީހާގެ ހަށިގަނޑު ހޫނުވެގެން ދިޔައެވެ. ހީވީ މީހަކު އޭނަގެ އެފިނި ހަށިގަނޑު ހީގަނެނަ ނުދޭން ބައްދާލި ހެންނެވެ. އަސްރާ ސިހިފައި ފަރާތް ފަރާތަށް އެނބުރި ބަލާލި އިރުވެސް މީހަކު ފެންނާކަށް ނެތެވެ. މާބޮޑު ކަމަކަށް ނުހަދާ އަސްރާ ގޮސް ރާޅު ޖަހާ ފަށުގައި މަޑުކޮއްލިއެވެ. ސިޔަން ކުލައިގެ މޫދުގެ ލޮނުގަނޑު ހީވަނީ ބިއްލޫރި ގަނޑެއްހެންނެވެ. އެހާ ސާފުކޮށް އޮތް މޫދުގެ ލޮނުގަނޑަށް ބަލަހައްޓައިގެން އާޝޯހުވެފައި އަސްރާ ހުއްޓާ ލޮލުގައި އަޅައިގަތީ ކަޅާއި ފެހި ރޮނގުދެމި ކުޑަ މަހެކެވެ. އެމަހުގެ ހުނބުޅުތަކުން އަންނަމުން ދިޔަ ވިދުމުން އަސްރާއަށް އެމަސް ރީތިވެގެން ގެޔަށް ގެންދާ ހިތްވިއެވެ. އެމަސް އޮތީ ކިރިޔާ ފެނަށް އެރިލާތާ ހިފޭ ގޮތަށް ކަމުން ހުރިހާ ފިރިހެންކުދިންނަށް ފެނުމުގެ ކުރިން އޭނަ އެއްގަމުން އެމަސް ނެގޭނެ ފުޅި ބުރިއެއް ހޯދަން ފެށިއެވެ.
އަވަސް އަވަހަށް ފަރާތް ފަރާތް ބަލަމުން ދަނިކޮށް އެތަނުގެ ގަސްތަކުގެ ކައިރިއަށް ވެއްޓިފައި އޮތް ފުޅި ބުރިޔެއް ހިފައިގެން އަވަސް އަވަހަށް ދުވަމުން އައިސް އަސްރާ އެމަސް ހިފަން އުޅެގަތެވެ. ފައިގެ ކުޑަ ހުޅާ ހަމަޔަށް މޫދަށް އެރުނު އިރު ގައިގައި ހިފާލައިފައިވާ ފިނިގަނޑު އިހުނަށްވުރެ ގަދަވެގެން ދިޔައެވެ. އެހެނަސް އެއަށްވުރެ އޭނަ ބޭނުންވީ އެމަހެވެ.
އަސްރާ އެމަހާ ގާތްވި އިރު ވެސް އެމަސް އެއްތަނަކު ހުންނަން ފެށުމުން އަސްރާ އަވަހަށް އެފުޅިބުރި މޫދުގެ ފެންގަނޑުގެ ތެރެއަށް ކޮއްޕާލުމަށްފަހު އެމަސް ހިފިއެވެ. އެހާ ފަސޭހައިން އަދި ފުރަތަމަ ފަހަރަށް އަމިއްލައަށް މަހެއް ހިފުމުން އަސްރާ ހުރީ އުފަލުން ފޮޅިފައެވެ. އަދި އަވަސް އަވަހަށް ފިރިހެންކުދިންނަށް ނުފެންނަނީސް ގެޔާ ދިމާއަށް މިސްރާބު ޖެހީ އެމިހުން އެމަސް ބޭނުންވެގެން އުޅެދާނެތީއެވެ.
***
" ދެން ކުޅެ ނިންމާފަ އަތްފައި ދޮވެ ހަދައިގެން އާދޭ ނަމާދުކޮއްގެން ކާން.. " ހުސްނާ އޭނަގެ އެންމެ ހަގު ދަރި އެއްއަހަރުގެ އަލްމާ ގޮވައިގެން ގޯތިތެރެއަށް ބޯދިއްކޮއްލިއެވެ.
" ކޮބާ އެންމެން؟ " ހުސްނާއަށް ގޭގެ މެދުގޯތީން އެއްވެސް ކުއްޖެއް ނުފެނުމުން ސުވާލުކޮއްލިއެވެ.
" އެމިހުން ގޮއްސި ގެޔަށް.. " ލަތީފާ ދޮގު ހަދަމުން ފައި ދޮވެގެން އައިސް އެތެރެއަށް ވަންނަން އައެވެ.
" އަސްރާ ވެސް ދިޔައީތަ؟ " ހުސްނާ އަލްމާ ބިންމަތީގައި ބަހައްޓާލަމުން ލަތީފާއަށް ފެން ރުނބައިން ފެންތައްޓެއް ނަގާފައި ދިއްކޮއްލިއެވެ.
" ހޫމް.. އަސްރާ ބައްޕަ މިއަދު އަވަހަށް ގެޔަށް އައީމަ ގޮއްސި " ހުސްނާ ރުޅިއައިސްފާނެތީ ލަތީފާ ދޮގު ހަދަމުން ހުސް ތަށި ދިއްކޮއްލިއެވެ.
" އެހެންތަ؟ ލަސްނުކޮށް އަވަހަށް ދޮންތައާއެކު ނަމާދަށް އަރަންދޭ ފެންވަރައިގެން. ގިފިލީގައި މާގިނައިރު ނުކުރާތި! " ހުސްނާ އަލްމާ ގޮވައިގެން އޭނައަށް ކާންދޭން އެތެރެއަށް ހިނގައިގަތެވެ.
---
" ދަރިފުޅު ހާދަ އަވަހަށް ގެޔަށް އައި ދުވަހެއް؟ " މޫސަ މަސައްކަތުން އައިސް އެތެރެއަށް ވަތް އިރު އަސްރާ އިނީ ފެންޑާ މަތީގައި ބައްޕަގެ އިންތިޒާރުގައެވެ.
" ހޫމް.. މިއަދު ބައްޕަ އަންނަންވާއިރަށް ހަމަ ގެއަށް އަންނަ ހިތްވީ.. " އަސްރާ ތެދުވެ ދެއަތް ފޮޅާލަމުން ހީލިއެވެ. އަސްލު އޭނަ ގެޔަށް އައީ އެމަސް މީހަކަށް ފެނުމުގެ ކުރިން ފޮރުވާށެވެ.
" ބާރަކަށްﷲ.. ބައްޕަ މިކޮޅު ގިފިއްޔަށް މިދަނީ ފެންވަރަން. ދަރިފުޅު ކުޅެ ނިންމާފައި އައި ގޮތަށް ފެންވަރައިފިންތަ؟ " މޫސަ އޭނަގެ އަތުގައި އޮތް ވަދުތައް ބޮޑުއަށި މަތީގައި ބަހައްޓާލިއެވެ. އަސްރާ ނޫނެކޭ ބުނެ ބޯހޫރުވާލިއެވެ.
" އަވަހަށް ދޭ ފެންވަރަން. ބައްޕަ ބުނީމެއްނު އިރުއޮއްސެން ވާއިރަށް އަވަހަށް ފެންވަރަން ވާނޭ... އަވަހަށް ދޭ... " މޫސަ ގިފިއްޔަށް ހިނގައިގަތެވެ. އަސްރާ އާނއެކޭ ބުނެ ހީލާފައި މެދު ގޭގައި ރޯނެއްގައި ހުރި ތުވާލި ހިފައިގެން ހިނގައިގަތީ ގިފިއްޔަށެވެ.
އެންމެ އެތެރޭގައި ހުންނަ ގިފިލީގެ ފާރު ހުންނަނީ ހަމައެކަނި ފަނުން ހަދާފައެވެ. މަތި ހާމަޔަށް އޮންނަ ގިފިއްޔަށް ވަންނަ ދޮރުގައިވަނީ އާދައިގެ ފިލާގަނޑެކެވެ. ރޯނުން ދޮރުގެ ތަޅު އެޅުވެން ހުންނަ ގިފިއްޔަށް އަސްރާ ވަތް އިރު އުޑުން އަންނަ ވަރަށް ކުޑަ ކުޑަ އަލިކަމެއް ފިޔަވާ އިތުރު އަލިކަމެއް އެތާކު ނުވެއެވެ.
އަސްރާ އޭނަގެ ކޮނޑުގައި އޮތް ތުވާލި ގެންގޮސް ރޯނުގައި އަޅާލަމުން ބޭރަށް ގޮސް ފާނޫޒެއް ހިފައިގެން އައިސް ދޮރު ލައްޕާލިއެވެ. އަދި ފާނޫޒު އަލިވާތާ ދުރުގައި ބެހެއްޓުމަށްފަހު އަންނައުނު ބާލާ ކުޑަ އެލުމިނިއަމް ބާލީއްޖަކަށް މޫސަ އަޅައިދީފައިވާ ފެނަށް ފެންނަގާ ކުޑަ ތައްޓަކުން ފެންވަރަން ފެށިއެވެ.
ސައިބޯނި ލާން އުޅެނިކޮށް ކުއްލިއަކަށް ހީވީ އަސްރާގެ ހާމަޔަށް ހުރި ހަށިގަނޑުގައި މީހަކު ބީހިލި ހެންނެވެ. ސިހިފައި ފަރާތް ފަރާތަށް ބަލާލި ވަގުތު އެއްލި ކަޅިއަކުން ފެނުނު އެއްޗެއްގެ ސަބަބުން މީހާގެ ހަރަކާތްތަކަށް ހުއްޓުމެއް އަރައިގެން ދިޔައެވެ.
ނުނިމޭ

    Please log in or register to bookmark.
    4k

    10 ޚިޔާލު

    1. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞

    2. ފައިގަ ކުޑަހުޅެއް ނީންނާނެ!! ފައިގަ އިންނާނީ ތަނބިކަށި!!

      2
      1
    3. ވަރަށް ރީތި ވާހަކައެއް
      ❤️❤️❤️❤️❤️

      • އިން ޝާ ﷲ ވަގުތެއްވީމައި އަޕް ކޮއްދޭނަން. މިދުވަސްކޮޅު އަޅުގަނޑު ބިޒީކޮށް އުޅޭތީ އަޕްނުކުރެވިގެން މިއުޅެނީ.. ސޮރީ ފޯރ ދަ ޑިލޭ 🥺

    ޚިޔާލު

    Your email address will not be published. Required fields are marked *