ހަމައެކަނި ރަހުމަތްތެރިޔާ

ދުންފަތުގެ ނުރައްކަލަކީ ތިމާގެ ދިރިއުޅުން ނެތިކޮށްލެވޭހާ ނުރައްކާތެރި ކަމެއްތޯބަލަން މީހެއްކައިރީ ސުވާލުކުރިޔަސް އެނގޭނެއެވެ. ޑްރަގާއި ދުންފަތުގެ ވަބާއިގައިޖެހި ދުނިޔެ ދޫކުރާމީހުންގެ އަދަދުވެސް މަދެއްނޫނެވެ. ނަމަވެސް އަހުމަދާއި، މުހަމްމަދު މީހެއް ދައްކާ ވާހަކައަކަށް އަޅައެއް ނުލާނެއެވެ. އެމީހުން ކޮންމެ ކަމެއް ނިންމަނީ ހިތުހުރިހާގޮތަކަށެވެ.

އުމުރުން 15 އަހަރުގެ އަހުމަދާއި، އޭނާގެ ރަހުމަތްތެރިޔާ، މުހަމްމަދު ހިމޭންކަމާއެކު އެއްވެސް އަޑެއް ނުއިއްވާގޮތަށް ފިހާރައަކަށް ދިޔައެވެ. ރޭގަނޑު ދަންވަރުވަގުތެވެ. ރަށުގަ ގިނަ މީހުން ނިދާފައިތިބި ވަގުތުގައެވެ. ސުވާލަކީ މިވަގުތު ފިހާރައަށް ދިއުމުގެ ބޭނުމަކީ ކޮބާތޯއެވެ. ރަނގަޅު ކަމަކަށްނޫނެވެ. ފިހާރައަށް ދިޔައިރު ރަށުގެ ޒުވާންކުދިބައެއް ވިޔަފާރި ކުރަމުންދިޔައެވެ. އަހުމަދު ޖީބުން ރުފިޔާނަގައިގެން ދިއްކޮއްލިއެވެ. އޭގެ ބަދަލުގައި ނެގީ ސިގިރެޓި ފޮއްޓެކެވެ. ގެއާއި ދިމާއަށް ދިއުމުގެ މަގުމަތީގައި އަހުމަދު ސިގިރެއްޓެއް ނަގައި ދެތުންފަތުން ހިފަހައްޓައި އޭގެ ކޮޅުގައި ލައިޓަރެއް ބޭނުންކޮއްގެން އަލިފާން ރޯކޮއްލިއެވެ. މުހަމްމަދުވެސް ހަމައެގޮތަށް ހެދިއެވެ. "މާދަންވެސް މިސަރަހައްދަށް މިވަގުތުދޯ އަންނާނީ، މީހުން ނިދާފަ ތިބޭއިރު..؟" އަހުމަދު މުހަމްމަދު ކައިރީ ބުންޏެވެ. "އާން، ވަރަށް ބަލައިގެން އުޅޭތި". މުހަމްމަދު ޖަވާބުދިނެވެ. ކުއްލިއަކަށް ކައިރިން ހިޔަންޏެއް ދިޔަކަން ހީވެގެން އެކަން ސަމާލުކަމަށް ދިޔައެވެ. "މާދަން އަންނާނަން..ދެން ދަނީ". މުހަމްމަދު މިހެން ބުނެފައި ދެކުދިން ދެދިމާލަށް މިސްރާބުޖެހިއެވެ.

ދަންވަރު ވަގުތު، އަހުމަދާއި މުހަމްމަދު ދުންފަތުގެ އިސްތިއުމާރުކުރާތާ މިއީ ދެވަނަ ދުވަހެވެ. އެހެންދުވަސްތަކާއި އެއްގޮތަށް ދެ ރަހުމަތްތެރިން ވާހަކަދައްކައި، ހީސަމާސާކުރުރަމުން ގެންދިޔައެވެ. "އަހުމަދު..؟" އިދްރީސްބެ ސުވާލައެއްގެ ރާގަކަށް ގޮވައިލިއެވެ. ދެކުދިންގެ ކަޅި ހުއްޓުނީ އިދްރީސްބެއަށެވެ. "ތިކުރަނީ ރަނގަޅުކަމެއް ނޫންކަން އިނގެއެއްނު. ރޭގަނޑު ދަންވަރު ވަގުތު މީހުން ނިދާފަތިބޭއިރު ސިއްރުންތިކަންކުރަނީ ކީއްވެ؟ މީހުން ތިކަން ހުއްޓުވާނެއެއްނު ތިކަމަކީ ރަނގަޅުކަމަކަށް ނުވާތީ.. ބޭބެ ބޭނުމެއްނޫން ތިކުދިންނަށް ގެއްލުމެއްވާކަށް. ނަސޭހެތުގެ ބޭނުން ހިފަންބޭނުންނަމަ ހިފާތި، ގޮތް ނިންމާނީ ތިކުދިން." ވަރަށް ނުރުމާއެކު ބުނެފައި ބޭބެ ދުރަށް ދިޔައެވެ. އިދްރީސްބެއަކީ އަހުމަދުގެ އާއިލާއާއި ރަހުމަތްތެރި ބޭބެއަކަށްވާތީ އަހުމަދަކީ އިދްރީސްބެ ދަރިއެއްގެގޮތުގައި ދެކޭމީހެކެވެ. އެހެންނަމަވެސް އަހުމަދާއި މުހަމްމަދަށް ނަސޭހަތް ކޮންމެ މީހަކު ދިންކަމުދައިވިޔަސް ގޮތްދޫނުކޮށް ކުރާކަންތައް ކުރިޔަށް ގެންދިޔައެވެ.

ޖެހިގެންއައި ހުކުރު ހޮނިހިރު ނިމުމުނުއިރު އަހުމަދަށް މުހަމްމަދުގެ ހަބަރެއް ނުލިބެއެވެ. ފޯނަކަށްވެސް ޖަވާބެއް ނުލިބެއެވެ. އަހުމަދު ނިންމައިގެންހުރީ މުހަމްމަދު މަސައްކަތް ބުރަވީކަމަށެވެ. އާދީއްތަ ދުވަހު ސުކުލަށް ދިޔައީ މުހަމްމަދާއި ބައްދަލުކުރުމުގެ އުމްމީދުގައެވެ. ނަމަވެސް އަހުމަދު ފެންނާކަށް ނެތެވެ. ޓީޗަރެއް ކައިރީ ސުވާލުކުރުމުން މޫނުގެ ކުލަވަރު ބަދަލުވިއެވެ. ވެފައި އަހުމަދަށް ޖަވާބުދިނެވެ. ލިބުނު ހަބަރުން ހިތް ހުއްޓުނު ކަހަލައެވެ. މުހަމްމަދު ހޮސްޕިޓަލުގައި އެޑްމިޓްކޮއްފައިވާ ވާހަކައެކެވެ. ފުއްޕާމެއަށް ވަރަށް ބޮޑަށް ގެއްލުންވެފައިވާ ހިތާމަވެރި ހަބަރެކެވެ.

ސުކޫލު ނިމުނުތަނާ އަހުމަދު މަޑުނުކޮށް ހޮސްޕިޓަލާއި ދިމާއަށް ދިޔައެވެ. ހޮސްޕިޓަލުގެ ކޮޓަރިއަށްވަދެ މުހަމްމަދު ބާއްވާފައިއޮތް އެނދުކައިރީ މަޑުކޮށް މުހަމްމަދުގެ އަތުގައި ހިފާލިއެވެ. ހޮސްޕިޓަލް ހުދު ބެޑްޝީޓްލައިފައިހުރި އެނދުގައޮތް މުހަމްމަދުގެ ހަށިގަނޑާއިވަނީ މެޝިނަކާއި ގުޅާފައެވެ. އެއަށް ޖާނާއިމާލު ގުޅިފައިވާކަހަލައެވެ. މުހަމްމަދު ވަރަށް އުނދަގުލުން ދެއްކި ވާހަކައިން އެންގުނީ މީގެ ސަބަބަކީ އެ ސިގިރެޓެވެ. ޑޮކްޓަރު ބުނިގޮތުން އެ ސިގިރެޓަކީ 'ބެންޒީން' ނަމަކަށް ކިޔާ އެންމެ ނުރައްކާތެރި ވައްތަރުގެ ދުންފަތެވެ.

އަހުމަދު ބޯހިއްލާލުމުން ދޮރުކައިރިން ފެނުނީ އިދްރީސްބެއެވެ. ބުނަންއުޅޭވާހަކަ މޫނުމަތިންވެސް އިނގެއެވެ- ނަސޭހަތުގެބޭނުން ވަގުތުގައި ހިފުމަކީ ވަރަށް މުހިންމު ކަމެކެވެ. ނޫނީ އޭގެ ނަތީއްޖާ ރަނގަޅެއްނުވާނެއެވެ- މުހަމްމަދުގެ ހަށިގަނޑާއި ގުޅާފައިހުރި މެޝިނުން އަޑެއްކިޔާފައި އަޑު ބަދަލުވިއެވެ. އަހުމަދު ހިފަހައްޓައިގެންހުރި މުހަމްމަދުގެ އަތް ވެއްޓުނެވެ. ހިތުން ވިންދެއް ނުޖަހައެވެ. މުހަމްމަދު ދުނިޔެ ދޫކޮއްފިއެވެ. އެއީ ކުޑައިރުއްސުރެ އަހުމަދުގެ ރަހުމަތްތެރިޔާއެވެ. ހިތާމައާއި އުފަލުގެ ބައިވެރިޔާއަކީވެސް މުހަމްމަދެވެ. އެއީ މުހަމްމަދުގެ އެންމެ ގާތް ރަހުމަތްތެރިޔާއެވެ. ހަމައެކަނި ރަހުމަތްތެރިޔާއެވެ..

***ނިމުނީ***
______________________________
🥱🥱🥱
☆މިއީ އަސްލު ދިވެހި ފިލާވަޅަށް ލިޔުނު ވާހަކަ...
♡މި ވާހަކަ ރީތިތަ؟🤔
♢ކޮމެންޓްކޮށް ޝެއާ ކޮއްލާތި🤗🤗🤗
🖤🖤🖤

  Please log in or register to bookmark.
  2k

  11 ޚިޔާލު

  1. މަށަށް މި ވާހަކަ ވަރަށް ރީތި ވެއްޖެ.. މާޝާ ﷲ މި އަސްލުވެސް ވަރަށް ފުރިހަމަ.. ބުނެވޭނީ އަދި މިކަހަލަ އިތުރު އެހެން ވާހަކައެއް ކިޔަން ލިބޭނެކަމަށް އުއްމީދު ކުރަން.. 😁 😁 😁

   • އަދި ލިޔާނަން މިކަހަލަ ވާހަކައެއް. ޢަސްލު މިއީ ލިޔުނު އެންމެ ފުރަތަމަ ދިވެހި ވާހަކަ. ކުށް ތިބޭނެ😅 ދެން ލިޔާ ވާހަކަތައްވެސް ކިޔާނެކަމަށް އުންމީދުކުރަން🖤

  2. ވަރަށް ތަފާތު ވާހަކައެއް❤

  3. ވަރަށް ރީތި ވާހަކައެއް. 🖤
   މިއީ އަހަރެން ދަންނަ ކުއްޖެއް ލިޔުން ވާހަކައެއް. އަހަރެން އުއްމީދު ކުރަނީ އާ ވާހަކަ ތަކައް🖤

  4. ވާހަކަ ވަރަށް ރީތި އަދި އެހާމެ ޢިބުރަތްތެރި!
   އެކަމް މިވާހަކައިގައި ކުޑަ ކުށެއް އެބައިން... 'މުހައްމަދު' ލިޔެފަ އިން އިރު 'އް' ލިޔަން ޖެހޭ ތަނަކަށް 'މް'
   ލިޔެފަ ވާކަމަށް ފާހަގަކޮށްލެވުނު!!!
   ހަމަ ބުނެލީ އިނގޭ... 🙂

  5. ރީތި.... ދިވެހި ބަހުގެ ޤަވާއިދަށް ވިސްނުން ބެހެއްޓީމަ އަދި އިތުރަށް ފުރިހަމަ ވާނެ.

  6. ވަރަށް ފުރިހަމަ އެހާމެ މުހިއްމު މެސެއްޖެވެސް ލިބިއްޖެ. އިތުރު ލިޔުމެއް ކިޔާލަން ލިބޭނެ ކަމުގައި އުއްމީދު ކުރަން.

  7. ވަރަށް ރީތި އިބްރަތްތެރި ވާހަކައެއް👌👏👏👏

  ޚިޔާލު

  Your email address will not be published.