އަބަދަށްމެ ނޫނަސް - 1

ލިޔޫ އަށް ހޭލެވުނީ އޭނާގެ ސޯނާ ގަޑި ރިންގުވާ އަޑަށެވެ. އަތަށް ބާރެއް ނުލައި އަތް ހޫރާލި ގޮތުން ސޯނާ ގަޑީގައި ޖަހާ އޭތި ނިއްވައި ލިއެވެ. ކަންނެތް ވެފައި އެނދުގައި ލޫދެމުން ގޮސް އޭނާ މަޑުމަޑުން އެނދުން ފޭބިއެވެ. ކޮޅަށް ތެދުވެފައި ދެތިން މިނެޓު އެހެން ހުރެލާފައި މޭޒުމަތީގައި އޮތް އައިނު އަޅާލަމުން މޯޅި އަކަށް ދެމިލިއެވެ. ރަނގަޅަށް ދެލޯ ހުޅުވާލާފައި ފާހާނާ އަށްވަދެ ރަނގަޅަށް ތައްޔާރު ވެލައިގެން އައިސް ފަތިސް ނަމާދު ކޮށް ޒިކުރުތައް ކިޔާލާ ހަދައިގެން ދަބަހަށް ފޮތް އަޅަން ފެށިއެވެ.

އޭނާ އަކީ ކުލާހުން އެންމެ ރަނގަޅު ނަތީޖާ ހޯދާ ކުއްޖާ އަށް ވިޔަސް ކިޔެވުމަކީ އޭނާ އެހާ ބޮޑަށް ޝައުގުވެރިކަން ބަހައްޓާ ކަމެއް ނޫނެވެ.

ސްކޫލަށް ދާން އަދި ބައިވަރު ވަގުތު އެބައޮތެވެ. ލިޔޫ ބަދިގެއަށް ވަދެ ޗޮކްލެޓް މިލްކެއް ތައްޔާރު ކޮށްލިއެވެ. އޭނާގެ މަންމަ ބަދިގެއަށް ސައި ހަދަން ވަތްތަން ފެނުމުން ކުޑަ ވަރެއްގެ ހިނިތުންވެލުމެއް ދިނެވެ.

ފާރުގައި ހުރި ގަޑިއަށް ބަލާލިއިރު މިހާރު ހަތް ގަޑި ބައި ވީއެވެ. ލިޔޫގެ މަންމަ ނާސްތާ ހަދާ ނިންމާލައިފައި އޮފީހަށް ދާން ނިކުންނަމުން ލިޔޫއާ ގޭގެ ތަޅުދަނޑި ހަވާލުކޮށްލިއެވެ. ލިޔޫ ޖަވާބުގައި ހިނިތުންވެލަމުން ވައިގެ ތެރޭ ޓާޓާކިޔާ ގޮތައް އަތް ހޫރައިލިއެވެ.

އޭނާގެ މައިންބަފައިންނަކަށް މަސައްކަތް ދޫކޮށް އާއިލާ އާ އެކު ވަގުތު ހޭދަކުރުމަށް އެހާ ގިނަ ފުރުސަތެއް ނުލިބެއެވެ. ދެން ލިޔޫ މަންމަ އަށް ގެ އަށް އާދެވޭނީ ރޭގަނޑު ހަތެއް ޖަހާއިރު އެވެ. ލިޔޫގެ ބައްޕަ މިހާރުވެސް ވީ ބިޒްނަސް މީޓިންގް އަކަށް ރާއްޖެ އިން ބޭރަށް ފުރާފަ އެވެ.

އަށެއް ޖަހަން ދިހަ މިނެޓަށް ވުމުން ލިޔޫ ދަބަސް އަޅާލައިގެން ސްކޫލަށް ދާން ހިނގައިގަތެވެ. އާދައިގެ މަތިން ހަނި ގޯޅިއެއް ކައިރިން އޭނާ ޝީލާން އާ ބައްދަލު ކުރިއެވެ.

ޝީލާން އާ ލިޔޫ އަކީ ކުޑައިރުއްސުރެ އެންމެ ގާތް އެކުވެރިންނެވެ. ސްކޫލުގައި އެދެކުދިންގެ އެހާ ގިނަ އެކުވެރިންނެއް ނުތިބޭނެ އެވެ. ޝީލާން އަކީ ލިޔޫ އާ ހިލާފަށް ކިޔެވުމާއި ދުރު ކުއްޖެކެވެ.

ދެ ކުދިން އޮލަކޮށް ވާހަކަ ދައްކަމުން ސްކޫލު ގޭޓާ އަރާ ހަމަ ކުރިއެވެ. ލިޔޫ ކުރިމަތީގައި ހިނގާ ކަންކަމަށް ސަމާލުކަން ނުދީ ދަނިކޮށް ކުރިމަތިން ހަރު އެއްޗެއް އައިސް ޖެހިގަތެވެ.އެއީ އެއްޗެއް ނޫނެވެ. އެއީ އިންސާނެކެވެ. ބޮޑަށް ވައްތަރީ ލިޔޫމެންގެ އުމުރާ އެއްވަރު ކުއްޖަކާއެވެ. ނަމަވެސް އެއީ ކޮންކުއްޖެއްކަމެއް ނޭނގުނެވެ. ވާނީ އާ ކުއްޖަކަށެވެ.

"އޯ.އަ.. ވަރަށް ބޮޑަށް ސޮރީ.. އޮޅިގެން.." ލިޔޫ ފިކުރުބޮޑު ރާގަކުން އެކުއްޖާ އާއި މާފަށް އެދުނެވެ.
އެކުއްޖާއަށްވެސް ކުރިމަތީގައި ތިބި ދެކުދިން ފެނުނީ ދެނެވެ. ނަމަވެސް އެކުއްޖާ އެއްޗެކޭ ނުބުންޏެވެ. އެކުއްޖާ އިރުކޮޅެއް ވަންދެން މޫނުމައްޗަށް އެއްވެސް ބަދަލެއް ނުގެނެސް ފޫހި ގޮތަކަށް ލިޔޫގެ މޫނުމައްޗަށް ބަލަން ހުރެފައި ހިނގައްޖެއެވެ.

ލިޔޫ އާއި ޝީލާން ދެކުދިން ދެކުދިންނަށް ސުވާލުކުރާ މޫނަކުން ބަލައިލި އެވެ. ލީޒާ ކޮނޑު އަރުވާލައިފައި ދެކުދިން ހިނގައިގަތެވެ.

ދެކުދިން ތަފާތު ދެ ސްޓްރީމެއް ނަގާފައި ވާތީ ދެކުދިން އެއްކުލާހެއްގައި ބައްދަލުވަނީ ހަމައެކަނި އާޓް، އިސްލާމް ، ފިޒިކްސް އަދި ބައޮލޮޖީގައި އެކަޏްޏެވެ. ލިޔޫ ޝީލާން އަށް ވައިގެތެރޭ ކުޑަކޮށް އަތް ހޫރާލާފައި ދެކުދިން އެކުއްޖެއްގެ ކުލާހަށް ދިޔަ އެވެ.

...ގަޑިން ނުވަގަޑި ސާޅީސް ފަހެއް...

ޝީލާން އާއި ލިޔޫ އިނީ ބަޔޮލޮޖީ ކުލާހުގައެވެ. ޝީލާން ޑެސްކުމަތީ ބޯޖަހައިގެން ނިދި އައިސްފައި އޮތެވެ. ލިޔޫ އިނީ އޭނާ އާއި ޖެހިގެން އިން ސީޓުގައެވެ. ޓީޗަރު ކިޔާ އެއްޗެހި އަޑު އަހަމުން އެއާއެކީ ކުޑަދޮރުން ބޭރުގައި ކުދިންތަކެއް ކުޅެމުންދިޔަ ފޯރިގަދަ ފުޓްބޯޅަ މެޗެއް ބަލާށެވެ.

ޓީޗަރު ކުދިންނަކަށް ފަރުވާލެއް ނުބަހައްޓާ ފިލާވަޅު ނަގައިދެމުން ދިޔައެވެ. " 'ޓެންޑޮންސް'.. ހާރޓް ތެރޭ ގުޅިފަ ހުންނަ ސްޓްރިންގްސްތައް އެއީ.. ބައެއް ހާލަތްތަކުގަ ވަރަށް ހިތާމަވެރި ހާދިސާއެއް ނޫނީ ކޮންމެސް ކަހަލަ ޓްރޯމެޓިކް އިވެންޓް ތަކުގަ ހިތަށް ކުރާ އަސަރުތަކުގެ ސަބަބުން އެ ހާޓް ސްޓްރިންގްސްތައް ކަނޑައިގެންވެސް ދޭ.. މިހެންދިމާވުނުން ހިތަށް އެކަށީގެންވާ ވަރަށް ލޭ ޕަމްޕް ނުކުރެވިގެން ފުރާނަ އަށް ނުރައްކާވާ ހިސާބަށްވެސް ދެ--" ބެލްގެ އަޑު އިވުމާއެކު ޓީޗަރު ދިޔައީ ސިއްސައިގެނެވެ.

ޓީޗަރުގެ މޫނު މައްޗަށް ވީގޮތް ފެނިފައި ޝީލާން އަށް އޭނާގެ ހިނިގަނޑު ހިފަހައްޓައި ލެވުނީ ކިރިޔާއެވެ. ޓީޗަރު ކުދިންނަށް ހޯމްވޯކް ހަވާލު ކޮށްލާފައި ކުދިންތައް ދޫކޮށްލި އެވެ.

ކުލާހުން ނުކުމެގެން ދެކުދިން އެކީ ދިޔައީ ކެފެޓިރިއާ އާ ދިމާލަށެވެ. މިއީ ޝީލާން ސްކޫލުގައި ހޭދަކުރާ ވަގުތުތަކުތެރެއިން އޭނާއަށް އެންމެ ކަމުދާ ވަގުތުކޮޅެވެ. ދެކުދިން ވެސް ނާސްތާ ނަގައިގެން ނަޒަރު ހިންގާލީ އެކުދިން ތިބޭނެ މޭޒެއް ފެނޭތޯ ބަލާށެވެ. ފާރު ކައިރީގައި ހުރި ހުސް މޭޒަކަށް ލިޔޫ އިޝާރާތް ކޮއްލިއެވެ. ދެކުދިން ވައް މޭޒު ދެފަރާތުގައި އިށީނެވެ. ޝީލާން ލަސްނުކޮށް ނާސްތާ ކޮތަޅުގައި ޖަހާފައި އިން ހީރާސްކޮޅު ނައްޓުވައިލައިފައި ކޮތަޅުގެ އެތެރެ ބަލައިލި އެވެ. މިއަދު ހުރީ ޗީޒް ސޭންޑްވިޗް އާއި ޔޯގަޓް އެވެ. "މމމ މައިގެ ފޭވަރީޓް!"

ލިޔޫ ކުޑަ ހިނިގަނޑެއް ޖަހައިލިއެވެ. "ހުރިހާ އެއްޗެއްވެސް ޔޫ ފޭވަރިޓް އެއްނު"

ލީޒާ އަނގަޔަށް ޕާންފޮތި ލައިގެން ވާހަކަ ދައްކަން އުޅުނެވެ. "އެހަމ މްމްމް އުކާތާ ވަރަ ގިއަ އުވަސް އެއްޖޭ". ލިޔޫ އޭނާއަށް ޖެއްސުން ކުރަން ހޭން އިނެވެ.

" ހާއި! " ފިރިހެކުއްޖަކު އެކުއްޖާގެ ނާސްތާ ހިފައިގެން އައިސް ދެކުދިން ގާތު އިށީނެވެ.

  Please log in or register to bookmark.
  1k

  13 ޚިޔާލު

  1. މަވެސް..ހަހަހަހަހަ.......
   ހިގާދޯ ރީތި ތޯ ބަލަން...؟

  2. މާޝާ ﷲ ވވވވވ ސަޅި،ލަވް އިޓް❤️❤️

  ޚިޔާލު

  Your email address will not be published.