"މަލް އޭ މަލް..ކިހިނެއްތަ ވީ؟ކަމެއް ކަޑަ ވީތަ؟ ރޮނީތަ؟"މަލަކް ގޮސް ޒާޔާގެ ގައިގާ ބައްދައިގެން ގޮތަށް ދޫނުކޮށްލުމުން ޒާޔާ ޖެހިލުންވިއެވެ.. ކޮންމެވެސް ކަމެއް ގޯސް ވެއްޖެ ކަން އިހުސާސްވިއެވެ. މަލަކްގެ ދަތްދޮޅީގާ ހިފާ މޫނު ނަގަން އުޅެ އުޅެވެސް ނެގޭ ގޮތެއް ނުވިއެވެ. "ހިނގާބަލަ ބޭރަށް.. ޔައްލު، ޝިފްޓީ ޕްލީސް ނެވާމައިންޑް އިނގޭ . އެންމެ ފަސޭހައިން މަލަކްއަށް ވީ ގޮތް އިނގޭނީ ކިހިނެއްކަން ޒާޔާ ދެނެގަތެވެ. އަދި އަވަސް އަވަހަށް މަލަކް ގޮވައިގެން ބޭރަށް ނުކުތުމަށް ހިނގައިގަތެވެ. ވީ އެއްޗެއް ނޭންގިގެން އުޅެނީ ޝިފާއެވެ. އައުރާފް ރޮއިގަތުމުން ފާތުން ކޮޓަރިއަށް ވަންނަން ހިނގައިގަތުމުން ޔަނާލް އަވަސްވެގަތީ ޝިފާ ކުރަމުން އައި ސުވާލުތަކަށް ޖަވާބު ދިނުމަށެވެ. ޝިފާމެން ގޭން ނިކުމެގެން މަލަކް ގޮސް މަޑުުކޮށްލީ އަތިރި ކައިރީ ހުރި ޖޯލިފައްޗެއް ކައިރީގައެވެ. " އައި އެމް ޑަން ވިތް ދިސް ފޭކް ވޯލްޑް.. ހަމަ އަމިއްލަ އަތުން އަމިއްލަ އުފާތައް މި ގެއްލުވާލީ..ހަމަ މިދެއަތުން.." ..ލޮލުން ފައިބަމުން އައި ކަރުނަ އަކަށް ނުބަލާ މަލަކް ވާހަކަ ދައްކަން ފެށީ ވާހަކަ އިތުރަށް ކުރިއަށް ގެންދާނެ ހިތްވަރެއް މަލަކްގެ ގައިގާ ހުރެދާނެ ކަމަށް ހީކޮށެއް ނޫނެވެ.. "މިތާ އިށީންދެފަ ހަމަ ޖެހިގެން ވީ ގޮތް ކިޔައިދީބަލަ . އައިއެމް ހިއާ ޓު ލިސަން . އެންޑް ޕްލީސް ޑޯންޓް ކްރައި.. ވީ މެޓް އާފްޓާ އަ ލޯންގް ޓައިމް އެންޑް އައިއެމް ސޭޑް ޓު ސީ ޔޫ ލައިކް ދިސް .." މަލަކްގެ ދަތްދޮޅީގައި ހިފާ ހިތްލާލުމަށްފަހު ޒާޔާ ވާހަކަ ދެއްކި އިރު މަލަކްގެ މައްޗަށް އެހިތުގާ ހަމްދަރުދީވިކަން ބަލަންހުރި ކޮންމެވެސް އިނގޭނެއެވެ.. "އެއީ އިއްޔެ ރޭ، މަލް އާ ޔައްލު އާ ތިބީ ޔައްލުމެން ގޭ ކައިރީ ހުރި ޖޯލިފަތީގަ .. އެތާ ތިއްބާ ޔުސްރާ ފެނިގެން ޔައްލު ބުނީ ހިނގާބަލާށޭ އޭނައާ ދިމާކޮށްލަން .. އޭނަ ހުންނަނީ ލިއަމްއާއި އަޅައިގަންފައޭ .. ކިޔާފަ ގޮއްސަ އޭނަ ކައިރީ ކީ ލިއަމް ވާހަކަ.. މަލްވެސް ކީން. ކިޔާނެ އެއްޗެއްކިޔާ ނނިންމާފަ ޔައްލު ބުނީ ރުޅިއަންނާނޭ ލިއަމްއަށް އެނގިއްޖިއްޔާ.. ދެން ބުނި ކޮންމެސް ކޮންމެސް ނުބުނައްޗޭ.. އައި ފެލްޓް އަންކޮމްފޯޓަބްލް.. ހިތައްއެރި މިވެސް ހަމަ ފާޑަކަށް ޗީޓް ކުރެވެނިއްޔޭ. އެހެންވެ ގޮސް
ލިއަމް ކައިރީގައި ވީގޮތް ރީއްޗަށް ކިޔައިދީފަ މާފަށް އެދުނީ. ބަޓް އިންސްޓެޑް އޮފް އެކްސެޕްޓިންގް ދަ ސޮރީ ހީ ބްލޮކްޑްމީ އެންޑް ތްރިއު މީ އައުޓް.. “"ސީރިއަސްލީ. އެއީ މީހަކު ބްލޮކްކޮށްލާ ގުޅުންކަނޑާ ވަރު ކަމެއްތަ؟ ޑޯންޓް ވޮރީ.. މަ ބަލާނަން ޝާނުކައިރީ ބުނެގެން އޯކޭވޭތޯ. ވީ ގޮތް މަލަކް ކިޔައިދިނުމުން ޒާޔާއަށްވެސް އިނީ ގަބޫލްކުރަންދަތިވެފައެވެ. ލިއަމްގެ ފަރާތުން އެފަދަ ކަމެއް އުންމީދު ނުކުރެވޭތީ ކަމަށްވެސް ވެދާނެއެވެ. "މިއަދު މިގެއަށްވެސް މިއައީ ޔައްލު ކިޔައިގަނެގެން ލިއަމްއާ ދިމާވޭތޯ.. ޔައްލު ވެސް ގުޅާނެ އިރު އިރުކޮޅުން އަންބްލޮކް ކުރީހޭ ކިޔާފަ.. އޭނަވެސް އިނީ ބްލޮކް ކޮށްލާފަ.. " ..މަލަކް ބޭނުންވީ ހިތުގާ ބަންދުވެފައި ހުރި އުދާސްތަށް ބޭރުކޮށްލާ ހިތަށް ހިތްހަމަޖެހުމެއް ހޯދާށެވެ. ނަމަވެސް މަލަކްގެ ވާހަކަތަކުން ޒާޔާގެ ހިތުގާ އުފެދުނީ ޖަވާބް ނޭންގޭ އެތަށް ސުވާލުތަކެކެވެ. "ކީއްކުރާށޯ އެވަރަކުން މަލް އަންބްލޮކް ކުރޭތޯ ޔަނާލް ބަލަނީ؟ ..މަލް އަށް ލިއަމް ދައްކަން މަލް މިގޭ ކައިރިއަށް ގެނައީ؟ .. ލިއަމް ރުޅި އަންނަކަން އެނގި ހުރެ މަލް ލައްވާ ޔުސްރާ ކައިރީ ލިއަމް އޭ ކިޔައިގެން އެއްޗެހި ކިޔުވީ؟ އަޅެ މަލް އަކަށް ހިއެއް ނުވޭތަ މީގަ ގޯހެއް އުޅޭހެންނެއް؟ މަށަށް ޔަގީން އެބައުޅޭކަން މީގަ ކޮންމެސް ކަންތައްގަނޑެއް. ޔަނާލް އަކީ އަދި ކިތަންމެ އެއްކޮށް އުޅުނަސް، އަހަރުމެންނަކަށް މާބޮޑު ހިތެއް އޮންނަ މީހެއް ނޫން ..މަށަކަށް ނުކުރެވޭ ޔަނާލްއަކަށް ޓްރަސްޓެއް.. " ..ޒާޔާ ދެއްކި ވާހަކަތަކުން މަލަކްގެ ހިތް ނުތަނަވަސްވިއެވެ.. ކޮންމެވެސް ރޭވުމެއްގެ ވަސް ދުވަން ފަށައިފިއިއެވެ.. "ދެން ނޭންގެ ތިހުރިހާ އެއްޗެއް ..އިނގޭހާވެސް އެއްޗަކީ ލިއަމް އެނބުރި މަލްގެ ލައިފްއަށް އަންނަން މަލް ވަރަށް ބޭނުންކަން ..ލިއަމް ރަނގަޅު މީހަކަށް ހަދައިގެން ނަމަވެސް ލިއަމް އާ އެއްކޮށްކަން އުޅެން ބޭނުމީ .. މަަލް ބޭނުންވީ ހަމައެކަނި ލިއަމް މަލްގެ މީހަކަށް ހަދާކަށް ނޫން .. ލިއަމްގެ އެ އުޅުން ރަނގަޅު ކުރުވަން .. ލިއަމް އަކީ ކާކުކަން އެނގުނު ހިސާބުން ހިތުގަ ހަމްދަރުދީ އުފެދުނީ .. އެ ލޯބި ލޯބި ވާހަކަތައް މަތިން ވަރަށް ހަނދާންވޭ ... އެކަމް ފަހަކަށް އައިސް ފެނުނީ އެހެން ލިއަމްއެއް.." . މޫދައް ބަލަހައްޓައިގެން އިން މަލަކް އަށް ހިލަންވީ ކަރުނަތައް ލޮލުގާ ބޮނޑިވެ ވާހަކަ އިތުރަށް ކުރިއަށް ގެންދަން އުނދަގޫ ވުމުންނެވެ.
*************************************
2 ދުވަސް ފާއިތު ވެގެން ދިޔައީއެވެ. މަލަކްގެ ހިމޭންކަމަކަށް ބަދަލެއް ނާދެ އެވެ. ހަމަ އެގޮތަށް ހާލަތަކަށްވެސް ބަދަލެއް ނާދެ އެވެ . މަލަކްގެ ނަޒަރުގާ ލިބުނު ކުރިއެރުމަކީ ޒާޔާގެ މަސައްކަތުން ފަރުދާގެ ފަހަތުގައިވާ ކަންކަން އެނގެން ކައިރި ވީ ކަމެވެ. ނަމަވެސް އުފެދޭ ސުވާލަކީ ޒާޔާ އަށް އިނގެން އެއުޅެނީ ކަމުގެ ހަގީގަތް ބާއެވެ؟ ..ނުވަތަ އެއީ ކުރެވިގެން އުޅޭ ކުއްހިއެއް ބާއެވެ؟ .. ހަމަ އެގޮތަށް ހަގީގަތާ ކުރިމަތިލާނެ ހިތްވަރެއް މަލަކްގެ ގައިގާ ހުރެދާނެ ބާއެވެ.؟ ދާން އުޅުނު މަންޒިލަށް ނުދެވެނީސް ހަޔާތުގެ ވާހަކަ ކުރުކޮށްލަން ޖެހެނީ ބާއެވެ.؟
(ނުނިމޭ)

ޜީތި❤️👍👌
🦋thankyou
👇👇👎👎👎👎👎👎👎👎👎
👍👍👍👍👍
ތެންކިޔު ރީޑާސް
އަންޑަސްޓޭންޑިން އަށް 💯 ދޭވަރުވޭ !❤
ވަރަށް ރީތި
ވަރަަަށް ރީތި💖👍