ސައިރެން - 14

"ވަޓް އާރ ޔޫ ޓޯކިންގް އެބައުޓް ޒައިކް؟ ހީ އިޒް ނޯ މޯރ. ހައު އިޒް އިޓް..." ޒައިނީ އެހެން ބުނެ ނުނިމެނީސް ޒައިކާންގެ ފައިން ދޮރުގައި ޖެހުމުން އެދޮރު ބިންދައިގެން ދިޔައެވެ.

ލިބުނު ސިހުމާއިއެކު ޒައިނީއަށް ނިކާންގެ ގައިގައި ބައްދައިގަނެވުނެވެ. މިކަމަށް ތައްޔާރުނުވެ ހުރި ނިކާންއަށް ހީވީ ބޮޑު ބޯވައެއް އޭނާގެ ގައިގައި ބައްދައިލިހެންނެވެ. ނިކާންއަށް ތެޅިގަނެފައި ދުރަށް ޖެހެވުނެވެ. ޒައިނީ ލަދުން އިސްޖަހައިގެން ހުރުމަށްފަހު އިސްހިއްލައިލީ އެއްވެސް މީހަކު ވާހަކަ ނުދެއްކުމުންނެވެ. ޒައިނީއަށް ފެނުނު މަންޒަރާއިއެކު ހަޅޭނުލަވައިގަނެވުނީ ކިރިޔާއެވެ.

"ބައްޕާ!" "ނިހާން!" ނޫރީންއަށާއި ނޫރާއަށް އެހންް ބުނެވުނީ އެއްފަހަރާއެވެ.

"ނިހާން!" ނޫރާ ދުވެފައިގޮސް ނިހާން ކައިރީގައި އުޑުފައިން އިށީނެވެ.

ނިހާންގެ ހަށިގަނޑުގެ އެތަން މިތަނުގައި ލޭހުރިއިރު އޭނާއަށްހުރީ އަނިޔާކޮށްފައިކަން ވަރަށް ރަނގަޅަށް އެނގޭނެވެ. އޭނާގެ ފިޔަގަނޑު އެކަށް އިރައިލައިފައިވީއިރު އޭނާއަށް ކިރިޔާ ނޭވައިލެވޭކަމެވެ.

"ބައްޕާ! ބައްޕާ! ލޯ ހުޅުވައިބަލަ. މިހުރީ ބައްޕަގެ ނޫރީ އައިހޭ!" ނޫރީންވެސްގޮސް ނޫރާ ކައިރީގައި އުޑު ފައިން އިށީނދެ އަތުގައި ހިފައިލިއެވެ.

"ޒައިކް.... ކޮބާތަ ބައްޕަ؟" ޒައިނީ އަހައިލިއެވެ.

ޒައިނީ އެހެން އެެހުމާއިއެކު ޒައިކާން ޒައިނީގެ އަތުގައި ހިފައިގެންގޮސް މަޑުކޮށްލީ ނިހާން ލެނގިލައިގެން އިން ފާރު ކުރިމަތީގައެވެ.

"އަހަރެންނަށް ގައިމުވެސް ފެނުނު ބައްޕަ މިތާހުރި ތަން. އެކަމަކު ދެން ވީގޮތެއް ނޭނގޭ!" ޒައިކާން ފާރަށް ބަލަމުން ބުންޏެވެ.

"ސީރިއަސްލީ ޒައިކް؟ ޒައިކް ތިބުނީ ބައްޕަ މިތަނުން ފެނުނިއްޔޭތަ؟ ކަމް އޯން! އަހަރެެމެން އެންމެންނަށްވެސް އިނގޭ ބައްޕަ ވަނީ ނިޔާވެފަކަން. ދެން... ދެން ހައު އިޒް އިޓް ޕޮސިބަލް؟ ތިވާނީ ޒައިކްއަށް ހީީވިގޮތް ކަމަށް." ޒައިނީ ބުންޏެވެ. ޒައިކާން ފުން ނޭވާއެއް ދޫކޮށްލުމަށްފަހު ނިހާންއަށް ބަލައިލިއެވެ.

"ނިހާން!" ނިހާންގެ ދެލޯ މަޑުމަޑުން ހުޅުވެން ފެށިއެވެ.

"ނޫރާ؟ މިތާ ކީތް ކުރަނީ؟" ނިހާންގެ އަޑު ނިކުތީ ކިރިޔަކިރިޔާއެވެ.

"ނޫރީން؟ ދަރިފުޅާ؟" ނިހާންއަށް ނޫރީން ފެނުމުން ލިބުނު އުފާ ބަޔާންކޮށްދެންވެސް ދައްޗެވެ.

"ނިކާން ކޮބާ؟" ނިހާންއަށް ނިކާން ނުފެނުުމުން އަހައިލއެވެ.

"މިހުރީ ބައްޕާ!" ކަރުނައިން ފުރިގެންވީ ދެލޮލަކާއިއެކު އައިސް ހުއްޓުނު ނިކާންއަށް ނިހާން ބަލައިލީ ހިނިތުންވުމަކާއިއެކުއެވެ.

"ހާދަ ބޮޑުވެއްޖެއޭ މިހާރު؟ ބައްޕަ އާއި ހަމަ އެއްވެސް ތަފާތެއް ނެތް." ނިހާން ނިކާންގެ ފައިން ފެށިގެން ބޮލަށް ބަލައިލުމަށްފަހު ހީލަމުން ބުނެލިއެވެ.

"ނިހާންބޭ!" ޒައިކާން ނިހާން ކޮޅަށް ތެދުވަން އެހީވެދިނެވެ.

"ޒައިކް؟ ޒައި؟ ޒާބިޔާ؟ ތިންމީހުންވެސް؟" ނިހާންއަށް އަހައިލެވުނެވެ.

"ނިހާންބޭ! ނިހާންބެއަށް މިހާރު ތިހުރީ ވަރަށް އަނިޔާވެފަ. މަންމައާއި ނޫރައްތަ އާއިއެކު ދޭ!" ޒައިކާން ބުނެލީ މިހެންނެވެ. ޒާބިޔާއަށް ޒައިކާން އެކުރަން އުޅޭ ކަންތައް އެނގުމާއިއެކު ނިހާން އާއި ނޫރާ އާއިއެކު އެތަނުން ނިކުންނަން ދިޔައެވެ.

"ސޯ..... ވަޓް ނާއު؟" ނިކާން އަހައިލިއެވެ. "އަވިއާނާ!" ޒައިކާން އާއި ޒަފްރުލްއަށް އެހެން ބުނެވުނީ އެކުއެކީގައެވެ. ޒައިކާން އާއި ޒަފްރުލް އެކަކު އަނެކަކަށް ބަލައިލީ އެކަކު އަނެކަކަށް ނުލަފާ ހިނިތުންވުމެއް ދެމުންނެވެ.

ނޫރީންމެން ފާރަވެރިންނށް ނުފެންނާނެހެން ގޯޅިގޯޅިން ދިޔައެވެ. މިހެން ދަމުން ވަރުބަލި ފިލުވައިލަން ވަނީ ޒަފްރުލްގެ ކޮޓަރިއަށެވެ.

"އައިމް ސްޓާރވިން!" ނިކާން ކޮޓަރިއަށް ވަތް ގޮތަށް އެހެން ބުނުމުން ޒައިކާންއަށް ނުލަފާ ވައްތަރަކަށް ހީލެވުނެވެ.

"ނިކާން!" ޒައިކާން އަތުގެ އިޝާރާތުން އޭނާގެ ކައިރިއަށް އައުމަށް އެދުނެވެ.

ޒައިކާން ނިކާން ކައިރީގައި ސިއްރުން އެއްޗެހިތަކެއް ކިޔުމާއިއެކު ނިކާން ބަލައިލީ ނޫރީން އާއި ވާހަކަ ދައްކަންހުރި ޒައިނީއަށެވެ. ނިކާން ފާޚާނާއަށް ވަންނަންކަމަށް ބުނެ ފާޚާނާއަށްވަނެވެ.

"ޒައި އާދެބަލަ މިއިން ފެން ދޫކުރާގޮތް ކިޔައިދެން." ޒައިނީ ސިހިގެން ދިޔައީ ނިކާން ގޮވައިލުމުންނެވެ.

"ކަމިންގް!" ޒައިނީ ނިކާންއަށް އަޑު އިވޭވަރަށް ގޮވައިލިއެވެ.

"ޒަފްރުލް! އަހަރެންނަށް ކަމެއް ކޮށްދީބަލަ! ޒަފްރުލްއަށް އެކަނި ކެރޭނެދޯ ނޫރީންގެ ފަށް ބަލައި ދާން؟ އަވަހަށްގޮސް ފަށް ހިފައިގެން އާދޭ." ޒައިކާން ޒަފްރުލް އާއި ކައިރިވެލުމަށްފަހު ބުންޏެވެ.

ޒަފްރުލް ބޯޖަހައިލުމަށްފަހު ދޮރު ހުޅުވައިފައި ނިކުތެވެ. ހަމަ އެވަގުތު ޒައިނީ ފާޚާނާއަށްވަނެވެ. ޒައިނީ ފާޚާނާއަށް ވަނުމާއިއެކު ޒައިކާންއާއި ނޫރީން ކޮޓަރީގައި އެކަނިވިއެވެ. ޒައިކާން ގޮސް ދޮރު ރަނގަޅަށް ތަޅުލައި ނޫރީން ކުރިމަތީގައި މަޑުކޮށްލިއެވެ. ނޫރީންގެ ހިތް ތެޅެމުން ދިޔަ ހާލު ޒައިކާންއަށް ބަލައިލިއެވެ. އެވަގުތު ދެމީހުންގެވެސް ހަތަރުކަޅި ހަމަވެގެން ދިޔައެވެ. ދެހިތުގެ ވިންދު އަވަސްވެ ނޭނގޭ ބާރުމިނެއްގައި ހިތް ތެޅެމުން ދިޔައެވެ. ޒައިކާންގެ އަތް ނަގައި ނޫރީންގެ މޫނުގައިހިފައި ކައިރިކޮށްލިއެވެ. އެެއިރުވެސް ދެމީހުންނަށް ތިބެވުނީ އެކަކު އަނެކަކުގެ ދެލޮލަށް ގެއްލިފައެވެ.

***

"މީ...ކިހިނެތްވީ؟" ޒައިނީ ފާޚާނާއަށް ވަދެފައި ފުރަގަސްދީގެންހުރި ނިކާންއަށް ސުވާލުކުރިއެވެ.

"މާބޮޑު ކަމެއް ނުވޭ. ހަމަ ގޮވައިލީ..." ނިކާން ހަމަޖެހިލައިފައި ބުންޏެވެ. ޒައިނީގެ ދެބުމަ ގޮއްޖެހުނެެވެ.

"ދެން ކީއްވެ އަހަރެންނަށް ގޮވީ؟ އަހަރެން ދަނީ!" ޒައިނީ އެހެން ބުނެ ދޮރާއި ދިމާއަށް ހިނގައިގަތެވެ.

ނަމަވެސް އެއަށްވުރެ މާކުރިން ނިކާންގޮސް ދޮރު ތަޅުލިއެވެ. ޒައިނީ ދެލޯ ބޮޑުކޮށްލުމަށްފަހު ނިކާންއަށް ބަލައިލިއެވެ.

"ދެން ދާނީ ކޮންތާކަށް؟" ނިކާން އެއްމިޔަނަކުން ހިނިތުންވެލުމަށްފަހު އެއްސެވެ.

އަދި ޒައިނީ ކައިރިއަށްގޮސް ކަމެއް ކުރެވުމުގެ ކުރިން އޭނާގެ ކަރާއި ދިމާއަށް ގުދުވެލިއެވެ. ޒައިނީއަށް އެކުރަން އުޅޭ ކަންތައް އެނގިގެން ދެލޯ ބޮޑުކޮށްލެވުނެވެ.

"ނިކާން ނޯ!" ޒައިނީ އެހެން ބުނެ ނުނިމެނީސް ނިކާން ޒައިނީގެ ކަރުގައި ދަތް އެޅިއެވެ.

***

- ނުނިމޭ -

'ސައިރެން' ގެ 15ވަނަ ބަޔަށް އިންތިޒާރުކުރައްވާ!

  Please log in or register to bookmark.
  1k

  8 ޚިޔާލު

  1. ވަރަށް ރީތި މި ބައި ވެސް! ދެން އިންނަ ޕާޓް ގައި ތަންކޮޅެއް ދިގު ކޮއްލައްޗޭ! ވެއިޓިނގް ފޯދި ނެކްސްޓް ޕާޓް!
   ❤️💛💚💙💜❤️💛💚💙💜

  2. ވަރަށް ސަޅި. ވެއިޓިން ފޯ ނެކްސްޓް ޕާޓް.

  3. ވަރަށް ރީތި މާޝާ ﷲ... އަނެއް ބަޔަށް އިންތިޒާރު ކުރަން... 💟😍😊❤️

  4. ވާހަކަ.ކޮމް އަށް އަޕްލޯޑް ކޮއްފަ ހުންނަ ވާހަކަތައް އެސްފިޔަ ސައިޓް އަށް ލާނެ ގޮތެއް ކިޔާ ދީބަލަ ކޮންމެވެސް ކުއްޖަކު
   ******************************
   ބައިދަވޭ މި ޕާޓް ވ.ސަޅި

  5. ލަވް ދިސް ޕާޓް.......
   ވާހަކަ.ކޮމް އަށް އަޕްލޯޑް ކޮއްފަ ހުންނަ ވާހަކަތައް އެސްފިޔަ ސައިޓް އަށް އަޕްލޯޑް ކުރާނީ ކިހިނެއްތަ؟؟؟

  ޚިޔާލު

  Your email address will not be published.