ވަރަށް ކުރީޒަމާނެއްގައި ވަރަށް ބޮޑު އިލްމުވެރިއަކު މަސްޖިދުއްނަބަވީގެ ފެންޑާގައި އޭނަގެ ދަރިވަރުންނަށް ހަދީޡް ކިޔަވައިދެއްވަމުން ގެންދެވިއެވެ. މި މާތް މިސްކިތަކީ ކީރިތި ރަސޫލާ މަދީނާއަށް ވަޑައިގެން އެރަށުގައި ބިނާކުރެއްވި މިސްކިތެވެ.
މިވާހަކަގައި މިނަންގަނެވުނު މާތް އިލްމުވެރިޔަކީ އިމާމު މާލިކުގެފާނެވެ. އެކަލޭގެފާނަށް މާތް ރަސްކަލާނގެ ދެއްވައިފައިވާ މަތިވެރި ދަރަޖައިވެ ސަބަބުން ނުހަނު ދުރު ހިސާބުގެ ރަށްރަށުން ވެސް ކިޔަވާ ކުދިން އެކަނލޭނގެ ފާނުގެ އަރިހަށް ކިޔަވަން އާދެއެވެ. އަދި އައިސް އިލްމު އުނގެނެއެވެ.
އެކަލޭގެފާނު ލިޔުއްވި ހަދީޡް ފޮތްތަކުގެ ތެރެއިން އެއްފޮތަކީ "މުޢައްޠާ އިމާމު މާލިކު" މިއެވެ. މިފޮތަކީ ދީނުގެ އިލްމު ކިޔަވާކުދިން ކިޔަވަމުން ގެންދަވާ ފޮތެވެ.
އެއްދުވަހަކު އިމާމު މާލިކުގެފާނު މިގޮތަށް، ކުދީންނަށް ހަދީޡް ކިޔަވައިދެއްވަމުން ގެންދަވަނިކޮށް އެކަލޭގެފާނުގެ ހެދުން ކޮޅުގެ ދަށުން އުނަގަނޑުފުޅުގެ މަތީގައި ނަގުލުން ދާއްޓެއް ކަށި ޖަހައިފިއެވެ. ނަގުލުންދާށި ކަށިޖެހީމާ އެކަލޭނގެ ފާނަށް ވަރަށް ތަދުފުޅުވިއެވެ. ނަމަވެސް ހަދީޡަށް އިހްތިރާމް ކުރެއްވުމުގެ ގޮތުން އެވަރުގަދަ ވޭނަށް ކެތްކުރެއްވިއެވެ.
ކޮންމެއަކަސް ނަގުލުންދާށި އެއްފަހަރު ކަށިޖަހައި އަނެއްފަހަރު ވެސް އުނަގަނޑުފުޅުގެ މަތީގައި ކަށި ޖަހައިފިއެވެ. ނަމަވެސް މާލިކުގެފާނު ދެންވެސް ހަމައެއްވެސް ކަހަލަ ކަންބޮޑުވެ ވަޑައިގަތުމެއް ބޭރަކަށް ފާޅު ނުކުރައްވައެވެ. ނަމަވެސް ވީތަދުފުޅުންނާއި ނެގި ވޭނަކުން މޫނުފުޅުގެ ކުލަ ބަދަލުވެގެން ހިނގައްޖެއެވެ. މިކަން އަރިހުގައި ތިބި ކުދިންނަށްވެސް އެނގޭ ވަރުވިއެވެ.
މިހާލުކޮޅުގައި އިންނަވައިގެން، އެކަލޭގެ ފާނު ކުދިންނަށް ފިލާވަޅު ނަންގަވައި ނިންމަވައި ދެއްވިއެވެ. ނިމިވަޑައިގަތުމުން، ކިޔަވާ ކުއްޖަކު ގާތުގައި ވިދާޅުވިއެވެ. އަހަރެންގެ މިހެދުން ހިއްލާލާފައި، އަހަރެންގެ އުނަގަނޑު މަތީގައި މިއުޅެނީ ކޮން އެއްޗެއްތޯ ނިކަން ބަލާދީ ބަލާށެވެ.
ކިޔާވާ ކުއްޖާ، އެހެދުން އުފުލާލިއިރު އެތަނުގައިއ އޮތީ ބޮޑު ނަގުލަން ދާއްޓެކެވެ. އެތަށްތާކަށް ކަށިޖަހާފައި ހުއްޓެވެ. އެކިޔަވާ ކުއްޖާ ހަމަ އެވަގު އޭތި މަރާލައިފިއެވެ. ދެން ކިޔަވާ ކުދިން އިމާމު އަރިހުގައި ބުނުއްވިއެވެ.
"މާތް ސާހިބާއެވެ! އެހާ އުނދަގޫ ހާލުގައިވެސް ކަލޭގެފާނު ފިލާވަޅު ކުރިޔަށް ގެންދެވީއެވެ. އަޅުގަނޑު މެންގެ ގާތުގައި އެވާހަކަ ދެންނެވިނަމަ އެނަގުލުންދާށި ވަގުތުން ހިރާލީމު ނޫންހެއްޔެވެ؟ .."
އެކަލޭގެފާނު ވިދާޅުވިއެވެ.
" އަހަންނަށްވީ އުނދަގުލުގެ ސަބަބުން ތިޔަހެން ހެއްދެވިނަމަ، އެފިލާވަޅު ޖެހޭނީ މެދުކަނޑާލާކަށް ނޫންހެއްޔެވެ. އޭރުން ތިޔަކުދިންނަށް ގެއްލުންވާނެއެވެ. އަދި އެކަން އެހެން އޮތްވާ ތެދުވެރި އިސްލާމެއްގެ ނަބިއްޔާގެ ހަދީޡްފުޅު ތަކާއިމެދު އޮންނަންވީ އިހްތިރާމާއި ގަދަރުވެސް ފޮހެވިގެން ހިނގައިދާނެއެވެ."
ވާވް.. ޖަސްޓް ވާވް.. ވވވވވވވ ސަޅި.. ✨
ހައި ޔަޝްމީ .. ވަރަށް ބޮޑަށް ތެންކްސް އިނގޭ. ޔަޝްމީ ނުގެނެސްދޭނަންތަ މަލްހާ؟ އެވާހަކަ ޑިލީޓް ކުރީމަ ވަރަށް ދެރަ އަސްލު.. ވަަރަށް ރީތި ވާހަކައެއް އެއީ އިނގޭ (:
ހެއި ލިލީ.. އެވާހަކަ ގެނެސްދޭނަން ފަހުން އިނގޭ.. 😉 ✌️
ތޭންކްސް
ވަރަށް ސަޅި އިނގޭ.. ވވވވވވ ރީތި
👍👍
🤗 ވަރަށް ބޮޑަށް ޝުކުރިއްޔާ ރެޑް ރައިޑިން ހުޑް..
🌹🌹
ޝުކުރިއްޔާ ރިމްޝާ💜💜
☺
ވަރަށް ފައްކާ.. ވަރަށް ސަޅި ހެހެހެ
ވަރަށް ބޮޑަށް ތޭންކްސް
😉
ވަރަ ރީތި❤❤❤❤❤❤❤❤❤❤❤❤
ޝުކުރިއްޔާ ސ😊
ވަރަށް ބޮޑަށް ޝުކުރިއްޔާ ☺☺
ވަރައް ވަރައް ސަޅި
ޝުކުރިއްޔާ އެނޮނިމޮސް 🤗
ވަރަށް އިބުރަތްތެރި ދީނީ ވާހަކައެއް
ތެންކިޔޫ
ވަރަށް ރީތި ماشاالله ❤️😍
ތެންކިޔު ޑިޔަރ 🤗💓
ވަރަށް ރީތި މާޝާﷲ
ތޭންކްސް 😍😘😘🤩🤗🙂🙂
ވަރަށް ރީތި މާޝާﷲ އަދި ވަރަށް އީސްޓްރަސްޓިން
ތެންކިޔޫ ރިޝްމީ 😍 😘 😘
އުފާވެއްޖެ ކަމުދިޔައިމަ އަދި ޝައުގުވެރިވެސް ވީމަ .. ހެހެ🙂🙂