އަނބި ޤަބޫލު ކޮއްފިން - 6

Tiny Teen Tiffany Tatum Pussy Forced Big Cock  Blondie Fesser cocks her massive ass threesome sex  pakistani sex video  jmac porn  De Williams  Russian teen Izi Ashley tight ass hole Hard fucked real 18 yearsold Tiny babe  sanny levon xnxx son fuck mom dogstyle thick hairy pussy

"ޔަޝްމު އުޅެނީ މިގޭގަ... އަހަރެން ކައިރީގަ... އިޒް ދެޓް އިނަފް ޒަލް...." އަހަރެން ކައިރިއަށް އަންނަމުން އުނަގަނޑުގައި އަތް އަޅުވާލި ޒެއިޖް ބުނީ ތަންކޮޅެއް ބާރަށެވެ. އެކަމާއި ހައިރާންވީ އަހަންނެވެ. ޒަލިއަން އަދިވެސް ބަލަންހުރީ އަހަރެންގެ މޫނަށެވެ.

"ޔަޝްމު ތައްޔާރު ވާންވީނު..." އަހަރެންގެ މޫނަށް ބަލާލި ޒެއިޖް ބުނެލީ އެހެން ރާގެއްގައެވެ. ހީވީ އެހެން މީހަކު ހެންނެވެ. ޒަލިއަން އެންމެ ތަންކޮޅެއްވެސް ފަހަތަށް ޖެހިނުލައެވެ. އެހުރިތާނގައި ހުރީއެވެ. އަހަރެންގެ މޫނަށް ބަލަހައްޓައިގެން ކުރިއެކޭ އެއްގޮތަށް ހުރީއެވެ.

ޒެއިޖް
ޔަޝްމު ނުގޮތަކަށް އަހަރެންގެ އަތު ތެރެއިން ނެއްޓި ގަނެގެން ދިޔަތަން ބަލަން އަހަންނަށް ހުރެވުނީއެވެ. ޒަލިއަންގެ ނަޒަރު އަދިވެސް ހުރީ ޔަޝްމުއާއި ތަތްވެފައޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. ނިއެރާ ފެނިފައިވެސް ޒަލިއަންއަށް މިވަރުވީ ކަމެއް ނޭނގެއެވެ. ޔަޝްމު ގޮސް ގެއްލުމާއެކު އެނަޒަރު އަނެއްކާ ދަތުރު ކޮއްލީ އަހަންނަށެވެ. އަހަރެން ލޮލުގެ އިޝާރާތުން ކޮޓަރިން ނިކުންނަން ބުނީ ނުރުހުންވެފައެވެ. ނަމަވެސް ޒަލިއަން ހުރިތަނުން ގުޑާވެސް ނުލިއެވެ. އެހުރި ފިޔަވަޅު މަތީގައި ހުރީއެވެ. އެއްބަނޑު އެއްބަފާ ކޮއްކޮއެއް ކަމަކު ޒަލް އަހަންނަށްވުރެ ކުޑައީ އެންމެ އަހަރެކެވެ. އަހަރެން އަނެއްކާވެސް ބުނެލީ އެތަނުގައި ޒަލް ހުންނަން ފެށުމުންނެވެ.

"ޒަލް... ގެޓް އައުޓް..." ރުންކުރުވެފައި އަހަރެން ބުނެލީ ނިކުމެގެން ނުދިއުމުންނެވެ.

"ޔަޝްމު... އެއީ ޔަޝްމުތަ؟ ހައި ކުޑް ޔޫ ބެއްބޭ..." ޒަލިއަން އަހަންނަށް ބަލާލީ ފާޑަކަށެވެ. ޔަޝްމުގެ ހަޤީޤަތް ޒަލިއަންއަށް އެނގުނީ ކިހިނެއް ބާވައެވެ.

"އަހަރެން ކަމެއް ނުކުރަން...."

"ޔަ... އެކަމަކު އަހަރެން ހިއެއް ނުކުރަން ޔަޝްމު އެހާ ރީތި ކަމަކަށް... އަދި ކިރިޔާ މި އެނގުނީ ބެއްބެ ކީއްވެކަން އެއްބަސްވީ..." ޒަލިއަންގެ މޫނަށް ވެރިވީ ނުލަފާ ހިނިތުން ވުމެކެވެ.

"ސީރިއަސްލީ.. އެއީ ރީތި ކަމަކީ..." ފާޑަކަށް ހީގަންނަމުން އަހަންނަށް ބުނެލީމެވެ. ރުޅިއައި ވަރުން އަހަންނަށް ބުނެވުނީ ތަންކޮޅެއް ބާރަށެވެ. އެއަޑު ޒަލިއަންއަށް އިވުނު ހެނެއް ހިއެއް ނުވެއެވެ. އަހަރެން އިތުރަށް ރުޅިއެރީ އެހެން ވެއެވެ.

އަހަރެން ކާރު ނެރެ މަޑުކޮއްލުމާއެކު ޔަޝްމު އަރައި ހަމަ ޖެހިލިއެވެ. އަނެއް ފަރާތު ދޮރު ހުޅުވާލާފައި ޒަލްވެސް ކާރަށް އެރީ އެވަގުތުގައެވެ. އަހަރެން ދަތްކުނޑި ވިކާލާފައި ކުރިއަށް ބަލާލީމެވެ. މިއީ އަހަންނަށް އާ ކަމެއް ނޫނެވެ. ފޯނު ރިންގް ވާންފެށުމާއެކު އަހަރެން ބަލާލީމެވެ. ނިއެރާގެ ނަން ފެނުމުން ވަގުތުން ނަގައި ކަންފަތުގައި ޖަހާލީމެވެ. ކާރު ގޭ ކައިރިއަށް މަޑުކުރާނޭ ވާހަކަ ބުނަމުން އަހަރެން މަގަށް ނަޒަރު ހިންގާލީމެވެ. ހޮސްޕިޓަލަށް ދިއުމުގެ ބަދަލުގައި އަހަރެން ދުއްވާލީ އެގެއާއި ދިމާލަށެވެ. ޔަޝްމުއަށްވެސް ނިއެރާއަކީ އަހަރެންގެ ކާކުކަން އެނގެން ޖެހޭނެއެވެ.

ދުރުން ނިއެރާ ފެނުމާއެކު އަހަރެން އެދިމާލަށް ކާރު މަޑުކޮއްލީމެވެ. ލޯގަނޑުން އެވަގުތު އަހަންނަށް ޒަލިއަންގެ މޫނު ފެނުނެވެ. ހަމަ ޔަޤީނުންވެސް މިވާހަކަ ބައްޕައާއި ހަމައަށް ފޯރާނެއެވެ. ކުރީ ދޮރު ހުޅުވާލާފައި ކާރަށް އެރި ނިއެރާ އަހަރެންގެ ކޮލަށް ދޮނެއްދިނީ ފަހަތަށް ބަލައިވެސް ނުލައެވެ. ވަގުތުން އަހަންނަށް ބަލައިލެވުނީ ޔަޝްމުއަށެވެ. އަހަރެންގެ މޫނަށް ބަލަން އިނދެފައި ޔަޝްމު އިސްޖަހާލީމެވެ. ނިއެރާ މާވަރަކުންނެއް ފަހަތަށް ބަލާކަށްވެސް ނޫޅެއެވެ. އަހަރެން ނިއެރާގެ އަތުގައި ހިފައިލަމުން ހިނިތުން ވެލީމެވެ. އަހަންނަށް މިކުއްޖާ ލިބޭނީ ކޮން ދުވަހަކުން ބާވައެވެ. ނިއެރާ އޮފީހަށް ލާފައި އަހަރެން މިސްރާބު ޖެހީ ހޮސްޕިޓަލާއި ދިމާލަށެވެ.

ހޮސްޕިޓަލަށް ކާރު މަޑުކުރުމާއެކު އެންމް ފުރަތަމަ ފޭބީ ޔަޝްމުއެވެ. ޔަޝްމު ފަހަތުން ޒަލިއަންވެސް ފައިބައިގެން ދިޔައެވެ. ބައެއް ފަހަރު ޒަލިއަންއަކީ ޑޮކްރެއްކަން އަހަރެން ހަނދާން ނެތެއެވެ. ކުރިއަށް ހަރުކޮށް ހިނގާފައި ދިޔަ ޔަޝްމުއަށް ބަލަން އަހަންނަށް ހުރެވުނީއެވެ. އެހެން އަންހެން ކުދިންނާއި މިކުއްޖާ ހާސްތަފާތީ ކީއްވެ ހެއްޔެވެ. އިސްއޮބާލައިގެން ހިނގާފައި ދިޔައިރު ހީވަނީ އަހަރެންދެކެ ރުޅި އައިސްފައި ހުރިހެންނެވެ.

އަހަރެން ސްކްރަބްސް ލައިގެން ނިކުތްއިރު ޔަޝްމު ހުރީ އެހެން ކިޔަވާ ކުދިންނެކޭ އެއްބީދައިން ނިކުމެއެވެ. އެޔުނިފޯމްގައި ޔަޝްމު ފެންނަލެއް ވަރަށް ކުޑައެވެ. އަހަރެން ޔަޝްމުގެ މޫނަށް ބަލާލީމެވެ. މިރޭ ޔަޝްމު ގެއަށް ގެންނާނީ ކީކޭ ކިޔާފައި ހެއްޔެވެ؟ އެހެން ތަނަކަށް ފޮނުވިއްޔާ ޒަލިއަންގެ އިނދަގޫ ޔަޝްމުއަށް ޖެހޭނެކަން ޔަޤީނެވެ. އަހަރެން ހުރިހައޮ ޕޭޝޭންޓުންގެ ވާހަކަ އަހަމުން އައިސް މަޑުކޮއްލީ އުމުރުން ދުވަސްވީ މީހެއް ކައިރީގައެވެ. އެމީހާގެ ވާހަކަ ކިޔައިދިނީ ޔަޝްމުއެވެ. ނަމަވެސް އެނަޒަރުވަނީ އަތުގައިވާ ފައިލާ ގުޅިފައެވެ. އެއްފަހަރުވެސް އަހަރެންގެ މޫނަށް ބަލައެއް ނުލައެވެ. އަހަރެން ޔަޝްމު ކައިރީގައި އަންނަން ބުނަމުން ހިނގައިގަތީ އަހަރެންގެ ކޮޓަރިއާއ ދިމާއަށެވެ.

"ޔަޝްމުއާއި އަހަރެން ވާހަކަ ދައްކާލަން ބޭނުން..." އަހަރެން އެހެން ބުނެލާފައި އިޝާރާތް ކޮއްލީ ކުރިމަތީގައި ހުރި ގޮނޑިއަށެވެ.

"ހޫމް.." ގޮނޑީގައި އިށީންނަމުން ޔަޝްމު ބަލާލީ އަހަރެންގެ މޫނަށެވެ. ހިނދު ކޮޅަކަށް އަހަރެން ބުނަން އުޅުނު ވާހަކަ އަރުތެރޭގައި ތާށިވި ކަހަލައެވެ. ކުޑަ ނަމަވެސް އެބެލުމުގައިވަނީ ހަރު ކަމެވެ. ކަންކަން ވިސްނޭ ކަމެވެ.

"މިއަދު އެއީ ނިއެރާ... މައި ފިއޯންސޭ..."

"އެންޑް އަމް ޔުއަރ ވައިފް...." މޫނަށް ކުލައެއްވެސް އަރުވާ ނުލާ އިނދެ ޔަޝްމު ބުނެލީ ނުރުހުންވެ ހުރެއެވެ. ޔަޝްމު އެހެން ވިއްދާފައި ބުނެފާނޭ ދުވަހަކުވެސް އަހަރެން ހިތަކަށް ނާރައެވެ.

"އާރ ޔޫ ޖެލަސް ވައިފް..." މޫނަށް ވެރިވި ހިނިތުންވުން ސިއްރު ނުކުރެވުމުން އަހަންނަށް ބުނެވުނެވެ.

"އަހަ... ނޫން..." ޔަޝްމު ތިރިއަށް ބަލާލަމުން ބުނެލިއެވެ. އެއަޑުގައިވަނީ ފޫހިކަމެވެ.

"އަހަރެންގެ އަންހެނުންގެ މަޤާމު އަބަދުވެސް ލިބޭނީ ނިއެރާއަށް... ހޭވް އައި އީވެން ޓަޗްޑް ޔޫ..." ރުޅިއައިވަރުން އަހަންނަށް ފިޔަވަޅެއް އަޅާލެވުނީ ކުރިއަށެވެ.

"އޯ.ކޭ... ނިމުނީތޯ ބައްދަލުވުން...." ގޮނޑިން ތެދުވަމުން ހެދުން ރީތި ކޮއްލި ޔަޝްމު އަހަރެންގެ މޫނަށް ބަލާލިއެވެ. ހީވަނީ އަހަރެން ކައިރީގައި އެންމެ ހިނދުކޮޅަކުވެސް ހުންނަން ބޭނުން ނުވާ ހެންނެވެ.

"އެނގޭތަ ކީއްވެކަން މިކައިވެނި ކުރެވުނީ.. ޔަޝްމު އެނގެން ބޭނުންވޭތަ؟...." ހަމަ ޖެހިލަމުން އަހަރެން ބުނެލީމެވެ. އެމޫނުގައި އެއްވެސް ޝައުޤުވެރިކަމެއް ނެތެވެ. ނަމަވެސް އަހަރެންގެ އެސުވާލުން އެލޮލަށް އިތުރު ވިދުމެއް އަތުވެއްޖެއެވެ.

"ނޫން.. އަޅުގަނޑަށް އެނގެނީ އަޅުގަނޑުގެ ނުގަބޫލުގައިކަން ކުރެވުނީ..." އެއްވެސް އިހުސާސެއް ނުވާ ފަދައިން ޔަޝްމު އެހެން ބުނެލިއެވެ. ބައްޕަ ދޮގުހެދީ ކީއްވެ ހެއްޔެވެ. ނޫނީ މިއަންހެނާ އަހަންނަށް ދޮގު ހަދަނީ ނޫންބާވައެވެ.

"އެހެންތަ..." އިތުރަށް ފިޔަވަޅެއް ކުރިއަށް އަޅާލަމުން އަހަރެން ބުނެލީމެވެ. ޔަޝްމު އަތުގައި ހިފައި ގަޔާއި ކައިރިއަށް ދަމާލަމުން އަހަރެން ކުރިއަށް ޖެހިލީމެވެ.
"ޕްލީޒް... މިއީ ހޮސްޕިޓަލް އެކޭ..." ދޮރު ހުޅުވާލާފައި ޒަލިއަން އެތެރެއަށްވަނީ އެވަގުތުގައެވެ. އަހަރެން ބުމަ ކައިރިވެގެން ދިޔައީ ޒަލްގެ ހެވިފައިވާ މޫނު ފެނުމުންނެވެ. ޒަލިއަން ކޮންމެވެސް ބަހަނާއަކަށްފަހު ޔަޝްމު ނިކުމެގެން ދިޔަތަން ބަލަން އަހަންނަށް ހުރެވުނީއެވެ. އަހަންނަށް އިތުރަށް ޔަޝްމު އެނގެން ބޭނުންވަނީއެވެ. އެއީ ހަމަ ޒެއިންގެ ޔަޝްމު ހެއްޔެވެ. ނޫނެކެވެ. ޒެއިންގެ ޔަޝްމުއެއް ނޫނެވެ. ބައްޕަބުނީ ތެދެކެވެ. ޒެއިންގެ ޔަޝްމުއެއް ނޫނެވެ. އަހަންނަށް އޮޅުނީއެވެ. ނޫނީ އެއީ ކުރިން އަހަންނަށް ފެނުނު އަންހެން ކުއްޖާ ބާވައެވެ.

ޑިއުޓީ ނިންމާފައި ގެއަށް ދިޔައިރު ޔަޝްމު އިނީ ސޯފާގައެވެ. އަމްރުއަށް އަންގާފައި ވާގޮތަށް ޔަޝްމުގެ އަންނައުނު ހުރީ ގެއަށް ގެނެވިފައެވެ. އެއީ އަހަރެން ބޭނުންވީ ގޮތްވެސް މެއެވެ. ޒަލްގެ އަނގައިގެ އިތުބާރެއް އެއްވެސް މީހަކަށް ނޯންނާނެއެވެ. ދުރަށް ބަލާލަމުން އަހަރެން ހިނގައިގަތީ މައްޗަށް ދާށެވެ. މިވާ ވިއްސާރައަކުން އަހަރެންގެ އިހްސާސްތަކަށްވެސް އެބަ އަސަރު ކުރެއެވެ. ފާހާނައަށްވަދެ ތައްޔާރު ވެލައިގެން ނިކުތްއިރު ޔަޝްމުއިނީ ބެލްކަނީގައެވެ. ވެހެންދިޔަ ބޯވާރެއަށް ކަޅި ހުއްޓާލައިގެން އިންއިރު އެލޮލުގައިވަނީ ބިރުވެރިކަމެވެ. ކުރިން ރޭގައި ކާރުގައި އިންއިރުވެސް ޔަޝްމު ވާރެއަށް ބަލަމުން ދިޔައީ ހަމަ އެހެންނެވެ.

"ކީއްކުރަން މިގެއަށް ގެނައީ.؟...." ރުޅިވެރިކަން އެކުލެވުނު އެއަޑު އަހަރެން ކަންފަތުގައި ޖެހެމުން ހުއްޓުން އަރާގޮތްވިނަމަވެސް އެކަމެއް ނުދެއްކީމެވެ.

"އެތަން ކުޑަ ވީމަ..." އަހަރެން ދިނީ ކުރު ޖަވާބެކެވެ.

"އަޅުގަނޑަށް އެކަނިވެސް އުޅެވޭނެ ޒެއިޖްގެ އެހީއެއް ނުލިބުނަސް....ތީކާކު އެހެން ނޫނަސް..." އެދުލުން އަހަރެންގެ ނަން ނިކުތީ ތަފާތު ގޮތަކަށެވެ. ނިއެރާއަށްވެސް އެހެން އަހަރެންގެ ނަން ކިޔާކަށް ނޭނގެއެވެ.

"އެހެންތަ؟ އެހާ އަވަހަށް އަހަރެން މަތިން ހަނދާން ނެތުނީ؟..." ވިސްނައިނުލައި އަހަރެން އެހެން ބުނުމުން ކުއްލިއަކަށް ޔަޝްމުއަށް ބަލާލީމެވެ. ޔަޝްމު އަނެއްކާ އަހަރެންމީ ކާކުކަން އެނގިދާނެއެވެ.

"ތިބުނީ..." ޔަޝްމުގެ މޫނުގައިވި ސުވާލުތަކުން ކަމެއް ގޯސްވެއްޖެކަން އަހަންނަށް ޔަޤީނެވެ.

"ޑޯންޓް ޔު ރިމެމްބަރ މީ..." ލޯމަރާލަމުން އަހަރެން ބުނެލީމެވެ. ޔަޝްމު އެހެން ހުރީއެވެ.

"އަޅުގަނޑު ކުޑައިރުގެ އެއްވެސް ހަނދާނެއް ނުވޭ... އެންމެ ދުރު ހަނދާނަކަށް ހުންނަނީ 13ވަނަ އުފަންދުވަސް... ބަޓް އައި ވޯޒް އިން ހޮސްޕިޓަލް..." ހިނިތުންވަމުން ޔަޝްމު ބުނެލިއެވެ. އެކޮލުގައިވި އަޑިކޮޅުން އަހަރެންގެ ހިތަށްވީ އިތުރު ތަދެކެވެ.

7 އަހަރު ކުރި
އަހަރެން މަޑުކޮއްލައިގެން ހުރީ ލޮލީ ވިއްކާ ގޭގެ ކައިރީގައެވެ. ދުރުން ޒެއިން އަންނަތަން ފެނުނީ މެދު އުމުރުގެ އަންހެނަކާއި އެކުގައެވެ. އުމުރުން ވާނީ 35 އަހަރު ކަންނޭނގެއެވެ. އެމީހާގެ އަތުގައި އޮތް ލޮލީގެ މިހާރު ބޭނުމެއް ނެތެވެ. އޭތި އެއްލާލަމުން އަހަރުން ޓިޝޫއަކުން އަތް ފުހެލީމެވެ. ޒެއިން އޭރު ޖެހިގެނ ހުރި ގެޔަށް އެއަންހެންމީހާއާއިއެކު ވަދެއްޖެއެވެ. އަހަރެން ފުންނޭވާއެއް ދޫކޮށްލަމުން އިސްޖަހާލީމެވެ. ނަވާރަ އަހަރުގެ ބޮޑު ފިރިހެނަކު ލޮލީއެއް ހިފައިގެން ކޮންމެ ދުވަހަކު މިހެން ހުންނަންޏާ މީހުން ހީކުރާނީ ކީކޭ ބާވައެވެ. އެގެއަށް ވަތް ގޮތަށް ޒެއިން ނިކުންނާކަށްވެސް ނޫޅުނެވެ.

"ހައި ޒެއިން...." ސިއްސައިގެން ދިޔަވަރުން އަހަރެން އެނބުރެވުނީ ކުއްލިއަކަށެވެ. ކުރިމަތިން ފެންނަންހުރި ކުއްޖާގެ ދެކޮލަށް އޭރު އެއްކޮށް އަޑިވެގެން ހިނގައްޖެއެވެ. މާޝާ ﷲއެވެ. އަހަރެންގެ ހިތުގެ ވިންދު ދިޔައީ އެތަށް ގުނައަކަށް އިތުރު ވަމުންނެވެ.

"އަމް... ޒެއިން..." އަހަރެންމެ މޫނު ކައިރީގައި އަތް ދެކޮޅަށް ހިންގާލަމުން އެކުއްޖާ ބުނެލިއެވެ. އަހަންނާއި ޒެއިން އޮޅުނު މީ ފުރަތަމަ އަންހެން ކުއްޖާއެއް ނޫނެވެ.
ނުނިމޭ

    Please log in or register to bookmark.
    6k

    7 ޚިޔާލު

    1. V reethi vaahaka eh.... maa lahee up vaaleh...Kithah dhuvahuntha mi vaahaka up vaneee...

      11
    2. ކޮބާތަ 7 ވަނަ ޕާޓް ހާދަ ލަހޭ އަޕް ކުރާލެ
      ވަރަށް ރީތި މިޕާޓް ވެސް

    3. Mi vaahaka up vaanee kon dhuvahakunbaaa.... Liyuntheriyaaa kiyuntherinnah angaala dhehvannvee noontho vaahaka upload kuraanee kithah dhuvas fahunn kann...

    4. ކިއުން ތެރިން މިތިބީ އިތުރު ބައެއް އަޕްޑޭޓް ކޮށްދޭނެ ދުވަހެއްގެ އިންތިޒާރުގައި!

    ޚިޔާލު

    Your email address will not be published. Required fields are marked *