ފޯނު ނެގި ގޮތަށް މަލަކް ލިއަމްއަށް މެސެޖް ކުރަން ފެށިއެވެ." ލިއަމް އައިއެމް ސޮރީ އައިއެމް ރިއަލީ ސޮރީ" . "ފޯ ވަޓް؟؟." ލިއަމްގެ ސުވާލުން މަލަކްގެ ހިތް ނުތަނަވަސްވިއެވެ .ނަމަވެސް އިނގިލި ތަކަށް ބާރުލައި މަލަކް ލިޔަން ފެށީ ގައިގާ ނެތް ހިތްވަރެއް ލައިގެންނެވެ. "ލިޔަމް އައިއެމް ސޯ ސޯ ސޮރީ .ޔުސްރާ ކައިރީ މަލްއަށއ ކިޔެއްޖެ ލިއަމްއޭ ކިޔާފަ އެއްޗެއް.އަސްލު ޔަނާލް ބުނެގެން އެހެން ކީ ..އެއްވެސް ވަރަކަށް ހިއެއް ނުކުރަން ލިއަމް ރުޅި އަންނާނެ ކަމަކަށް..މާފަހުން ޔައްލު ބުނީމަ އިނގުނީ ހިތްހަމަ ނުޖެހޭނެކަން..އެކަމަކުވެސް މަލް ބޭނުމެއް ނޫން ދޮގު ހަދާ އޮޅުވާލާކަށް އެހެންވެ މިބުނީ ." " ކީކޭ ކީ ޔުސްރާ ކައިރީ؟؟.." މިފަހަރުވެސް ލިއަމްގެ މެސެޖްއިން މަލަކް އިތުރަށް މޭތެޅޭ ގޮތްވިއެވެ .ނަމަވެސް ހިތްވަރު ކޮށްފާ ކީ އެއްޗެއް ތެދަށް ކިޔައިދޭން މަލަކް ގަސްތު ކުރިއެވެ . " ލިއަމް ސީރިއަސް ކޮށް މިބުނީ މަލް އަކަށް ނޭންގޭ ލިޔަމް ރުޅި އަންނާނެ ކަމެއް.. މަލް ބުނިން ލިއަމް އަށް ވެސް ހަމަ ޔުސްރާ ދެކެ ލޯބި ވެވިދާނުންހޭ ކީއްވެހޭ ނުވެވޭންވީ . އަދި ލިއަމް ޔުސްރާ ދެކެ ލޯބިވާހެން ހީވޭ ވެސް ބުނިން . ލިއަމް އައިއެމް ސޮރީ . މަލް ގަބޫލު ކުރަން މަލަކް ކުރީ ކުރަން ޖެހޭ ކަމެއް ނޫންކަން . ލިއަމް އައި ވިލް ނެވާ ރިޕީޓް ދިސް" ."ކޮންހާ ބޭކާރު އަނގައެއްތަ ތި އަރުވަނީ މީހުން ކައިރިއަށް ގޮސް؟ . ނުވެބެ މަށާ ދެން ." .ލިއަމްގެ އެ މެސެޖް ކިޔާލުމަށްފަހު މަލަކް ހައިރާންވިއެވެ. ދެރަ ވިއެވެ. ލިއަމްގެ އެ މެސެޖް އަށްފަހު މަލަކް ކުރި އެއްވެސް މެސެޖް އެއް ޑެލިވާ އެއް ނުވިއެވެ. މަޢާފަށް އެދި ފޮނުވުނީ ކިތައް މެސެޖް ކަމެއް ވެސް ނޭންގެއެވެ. ކިތަންމެ ދެރަ ވިޔަސް ކުރާނެ ކަމެއް ނެތެވެ. ދެމީހުންގެ ދެމެދުގާ ލިޔަމް ރޭނި ފާރު ފޫއަޅުވާލާނެ ހިިތްވަރެއް މަލަކްގެ ނެތެވެ. ހުރިހާ އެއްޗަކުން މަލަކް ބްލޮކް ކުރީއެވެ. މަަލަކް އަށް ވީއެތި ރޭކާލީ ލިޔަމްގެ ފޯނަށް ގުޅަން އުޅެ އުޅެ ވެސް ގުޅޭ ގޮތެއް ނުވުމުންނެވެ. މަަލަކް ގެ ހަތަރެސްފައިން ދާހިތްލާ ތުރުތުރު އަޅަން ފެށިއެވެ. ކުރެވުނު ކަންތަކާ ދޭތެރޭ ވިސްނާ ވިސްނާ މަލަކްގެ ބޯ ގޮވަން ތައްޔާރު ވެއްޖެ އެވެ. ވާންވީ ދެރަ ކަމެއް އުފާ ކަމެއް މަލަކް އަކަށް ނޭންގުނެވެ. ރޯންވެސް މަަލަކް ހަނދާން ނެތް ކަހަލައެވެ.. ދިރިއުޅުން އެމީހަކާއެކު އާރާސްތު ކުރުމަށް ގަސްތު ކުރި މީހާ އަމިއްލަ އަތުން ގެއްލުނީ ކަން މަލަކްގެ ސިކުނޑި އަށް ވަންނަން ފެށިއެވެ. ބެލްކަނިން ކޮޓަރި ތެރެއަށް ވަދެ މަލަކް ގައިގާ އޮތް ހެދުން ބަދަލް ކޮށްލިއެވެ. އަދި ފާހާނާއަށް ވަދެ ލޯގަނޑުން ރަތްވެފައިވާ ދެލޮލަށާ މިލާފައިވާ މޫނަށް ބަލައިލިއެވެ.. އަދި ފެންގޮށްޓެއް ނަގާ މޫނު ދޮވެލުމަށްފަހު ކޮޓަރިއަށް ވަދެ އޮށޯވެލިއެވެ.
ފަތިސް ނަމާދު ބަނގީގެ އަޑަށް މަލަކް އަށް ހޭލެވިއްޖެ އެވެ. ނިދިން ހޭލެވުމާއެކު ހަނދާނަށް އައީ ރޭގާ ހިނގާ ދިޔަ ކަންތަކެވެ. އެއާއެކު ހެޑްބޯޑް މަތީ އޮތް ފޯން ނަގާ ލިއަމްގެ އެއްވެސް ހަބަރެއް ވެފައި އޮތްތޯ ބަލާލިއެވެ. ކުރި އުންމީދު ވީ ފުނޑު ފުނޑެވެ. މާޔޫސްވެ ވަގުތު ބޭކާރު ކުރުމުގެ ބަދަލުގާ ތެދުވެގެން ފާހާނާ އަށް ވަދެ ވުޟޫ ކޮށްލިއެވެ. އަދި އައިސް ނަމާދު ކޮށްލިއެވެ. ދެއަތް އުފުލައިގެން އިނދެ އާދޭހާއެކު ދުޢާ ކުރިއެވެ. މަލަކްގެ އުފާވެރި ދިރިއުޅުން އަނބުރާ ގެނެސްދެއްވުމަށާ ލިޔަމް އަށް ހެޔޮ ވިސްނުން ދެއްވާތޯއެވެ. އެ ހިތްދަތި ވަގުތުގާވެސަ މަލަކް ކެތްތެރިކަން އިސްކުރިއެވެ.
އަރައިގެން އައި އިރާއެކު މަލަކްއަށަ ދުވަސް ފެށުނީއެވެ. ފުޅިތަކަށް ފެން އަަޅަން އިން މަލަކް ފޯން ނެގީ ޔަނާލް ގުޅާތީއެވެ. "މަލް ގޮސް ލިއަމް ގާތު ބުނީ ދޯ އެވާހަކަ؟. ވަރަށް އެއްޗިހި ކިޔާފަ މަވެސް ބލޮކް ކޮށްލައިފި." ވާހަކަ ދެއްކީ ޔަނާލްއެވެ. " .."ހަވީރު ދާނަން ތިގެއަށް އައިއެމް ނޮޓް ފީލިން ވެލް . ގޮސް ތިވާހަކަ ދައްކާނީ ." އަންނައްޗޭ ބުނަމުން ޔަނާލް ފޯނު ބޭއްވިއެވެ.
އަސުރުން މީހުން ފޭބި ވަގުތެވެ. ވަގުތު އޮއްވާ މަލަކް ހިނގައިގަތީ ޔަނާލްމެން ގެއަށް ދާށެވެ. ހިޔާލަތަކުގާ ހުރެ އެގޭ ދޮރާށިން ވަދެވުނު އިރުވެސް މަލަކް އަކަށް ނޭންގުނެވެ. " އާދޭ އިށީންނަން . އޭ ދެން ދެރަ ނުވެބާ . މަށަށް ފެންނަނީ މަލް ދެން ލިއަމް މަތިން ހަނދާން ނައްތާލަން . އެވަރު ކުޑަ ކުޑަ ކަމަކާ އެހެން ހަޑި ކޮށް އެއްޗެހި ކިޔާފަ މީހަކު ބްލޮކް ކުރޭތަ؟ . އެހެންނޫނަސް އަދި މަލް ގެ ލައިފްއަށަ މީހަކު ޑިސައިޑް ނުކުރެވިފައެއް ނެތެންނު . މަލް އަށް ވާނެ ލިޔަމް އިސްތައްޓަކަށް ނަހަދާހާ ރަނގަޅު މީހުން ". .ޔަނާލް އަށް ފެންނަ ގޮތް ޔަނާލް ކިޔައިދިނީ ކަންވީގޮތުން ހިތްހަމަ ނުޖެހިގެންނެވެ. މަލަކް ދެއްކި އެއްވެސް ވާހަކަ އަކަށް ދޭނެ ޖަވާބެއް މަލަކް އަކަށް ނޭންގުނެވެ. އިނގޭހާވެސަ އެއްޗަކީ މަލަކް އަދި ލިޔަމް ދޫކޮށްނުލާނެ ކަމެވެ. "ދެން ތިހެން އަނގައިން ނުބުނެ އިނދެގެން ކީއްތަ ކުރާނީ . ހިނގާބަ ޝިފްޓީ މެން ގެއަށް . ލިޔަމް ވަރަށް ގިނައިން ދާނެ އެގެއަށް ،ޝާނު ކައިރިއަށް .ދެން ހިނގާބާ . ފަހަރެއްގަ ދިމާވެސަ ވެދާންނުން .". . އާދޭހުގެ ރާގެއްގާ ޔަނާލް ވާހަކަަ ދެއްކި އިރު ހީވަނީ މަލަކް އަށްވުރެ ބޮޑަށް މަލަކްގެ ދިރިއުޅުމާ ދޭތެރޭ ވިސްނާ މީހަކީ ޔަނާލް ހެންނެވެ. "ހިނގާބަ އަޅެ ދާން ދެން އިނގެދާނުން . ޝިފްޓީ މެން ގެއަށްވެސް ނުދެވޭތާ ވަރަށަ ދުވަސަ ވެއްޖެ. ފާތުން ދައްތަ ވެސް ވަރަށް ޝަކުވާކުރޭ އެގެއަށް ނުދާތީ. އަދި ޒާ އާ ވެސް ބައްދަލް ކޮށްލަން ދާންވާނެ މިއަދު. ޒާ ވަރަށް ދެރަ ވާނެ މިކަަން އެނގިއްޖިއްޔާ. އައިއެމް ގެޓިން ނާވަސް. . އެންމެންވެސް ބްލޭމް ކުރާނީ މަލް ." .އެތަށް އިރަކު ހިންދާލައިގެން ހުރި ވާހަކަތައް އަޅައިގަތުމެއްނެތި މަލަކް އަތުރާލިއެވެ. އެހެން ބުނުމާއެކު ޔަނާލްވެސް ހިނގައިގަތީ މަލަކް އާ އެކު ޝިފާ މެން ގެއަށް ދާށެވެ. އެގޭ ތެރެއަށް ނުވަދެވެ ހުއްޓާ ދުވަމުންހެން ޝިފާ އައިސް ދެމީހުން ގައިގާ އެއްކޮށްހެން ބައްދާލިއެވެ. ހިނިތުންވެލާފައި ދެމީހުންގެ މޫނަށް ވަކިން ޝިފާ ބަލައިލިއެވެ "އައި މިސްޑް ޔޫ ގާއިސް . ދޯސް ހެޕީ މެމޮރީސް ." . ޝިފގެ ލޮލުނަ އައި އުފާވެރިކަމުގެ ކަރުނަތައް ފޮހެލުމަށްފަހު އެތެރެއަށް ވަނުމަށް ދަޢުވަތް ދިނެވެ. " މަންމާ ބަލާބަލަ މިއޮއް އައީ މަލް އާ ޔައްލު އާ . މަލް؟ ކިހިނެއްވެފަ ތީނީ ހާދަ ފާޑަކަށް. މޫނުމަތިންވެސް އެހެން ކަހަލަ ގޮތެއް ހީވަނީ .ތިދެމީހުންނަކަށް ފާހަަގައެއް ނުވޭތަ؟ ." މަލަކްގެ މޫނު މަތި މިލާފައިވާކަމަށް އެންމެންވެސް އެއްބަސްވިއެވެ. "ދަރިފުޅާ ޝިފާ ގުޅާބަލަ ގުޅާބަލަ ޒާޔާ އަށް . ތި ގުރޫޕް ހަމަވާން މަދީ ޒާޔާ އެކަނި . " ގިނަ ދުވަސް ތަކަކަށް ޝިފާވެސް ބޭރަށް ނުގޮސް ރައްޓެހިންނާ ދިމާނުވެ ހުރުމުން ފާތުންވެސް ބޭނުންވީ މިއަދު ޝިފާވެސް އޭނާގެ ރައްޓެހިންނާއެކު މަޖާ ކޮށް ހިތްހަމަޖައްސާލާށެވެ. "މިގުޅަނީ ޒާ އަށް . އާދެވޭނެބާ ." . ފޯނު ނަގާ ޔަނާލް ގުޅީ ޒާޔާ އަށެވެ. ފާތުން ބުނި ބުނުމަށް ތާއީދު ލިބުމުންނެވެ. " މި އަންނަނިޔޯ. " .ފޯނަށް ވާހަކަ ދެއްކުމަށްފަހު ޔަނާލް ބުންޔެވެ. ފާތުންނަކީ މީހުންނާ ގުޅޭ މީހެއްކަމުން އެކުދިން ގޮވައިގެން އަނގަމަޖާ ނަގަން ސޯފާގާ ތިބި އިރު އެއީ އެއުމުރު ކުއްޖެއް ނޫން ކަމެއް އަޑު އިވޭ މީހަކަށް ނޭންގޭނެއެވެ. ވާހަކަ ފޯރީގައި ތިއްބާ އެމީހުންނަށް ހޭވެރިކަން ވީ ޒާޔާ އައިސް ދޮރުމައްޗަށް އަރާ ސަލާމް ގޮވާލުމުންނެވެ. ހައިރާންވީ އެކަމަކާ ނޫނެވެ. އެންމެން އަޑު މަޑު ކޮށްލި ގަޑީ މަލަކް ދުވެފާ ގޮސް ޒާޔާ ގައިގާ ބައްދައިގަތުމުންނެވެ.
(ނުނިމޭ)
if you like the story please leave
a feedback
ނައިސް ސްޓޯރީ 👍😘
ވެއިޓިން ފޯ ދަ ނެކްސްޓް ޕާޓް 🤗
Ñîçē story
♡Appreciated
ماشاء الله ވަރަށް ރީތި 😍😍😍
🦋Thanks
ކޮންމެ ދުވަހުވެސް ނެކްސްޓް އެޕިސޯޑް އަޕްވާނެ ދުވަހެއްގެ ތާރީހް ޖަހާލީމާ ކިޔުންތެރިންނަށް ވަރަށް ފަސޭހަ ވާނެ
އެނީވޭސް ސްޓޯރީ ވަރައް ރީތި
🦋Thanks
ވަރަށް ވެސް ފުރިހަމަ👍
ޝުކުރިއްޔާ♡
ނެކްސްޓް އެޕިސޯޑް އިންޝާﷲ މާދަން ގެނެސްދޭނަން.
ވަރަށް ރީތި ♥️
ނެކްސްޓް އެޕިސޯޑު ޕްލީސް
ތޭންކްސް ރީޑާސް
ލަސްވީމަ ވަރަށް ބޮޑަށް މަޢާފަށް އެދެން އައި ވޯސް ޓޫ ބިޒީ..
ނެކްޓް އެޕިސޯޑް މާދަން ރޭ އިންޝާﷲ❤