ހަނގުރާމަ - 01

ބާބު 1 - އައިވާ އާއި ފައިރީން

"ތިއީ އައިވްގެ އެއްޗެކޭ! ފައިގެ އެއްޗެއް ނޫނޭ.. ގެނޭ ތީިތި.." ތުންދަމައިގެން ހުރެ ހަތަރު އަހަރުގެ އައިވާ މަސައްކަތް ކުރަމުން ދިޔައީ ފައިރީންގެ އަތުގައި އޮތް ކުޅޭ ކުޅޭ ބަޑި އަތުލުމަށެވެ.
"ނުދޭނަން.. ފައި ނެގީ ދޯ ފުރަތަމަ." އައިވާގެ ބޮލަށް ކުޅޭ ބަޑި އަމާޒުކޮށްލަމުން ފައިރީން ބުނެލިއެވެ. "ހޭންޑްސް އަޕް." އައިވާ ވަގުތުން ދެއަތް މައްޗަށް ނެގިއެވެ. ފައިރީން ވަރުގަދަ ހިނިގަނޑެއް ޖަހާލިއެވެ. ފައިރީން ބަޑި ތިރިކޮށްލުމުން އައިވާ އަތް ތިރިކޮށްލިއެވެ.
އުމުރުން އެންމެ ފަސް އަހަރު ނަމަވެސް މިދެކުދިން އުޅޭ ގޮތުން ހީވަނީ ނުވަވަރަކަށް އަހަރުގެ ދެކުދިން ހެންނެވެ. އެއްމާބަނޑު ދެކުދިންކަމުގައި ވިޔަސް ދެކުދިންގެ މިޒާޖާއި ސިފަ ބިމާއި އުޑާހާ ތަފާތެވެ. އައިވާގެ ހުންނަނީ ކަޅުކަންގަދަ ފަން އިސްތަށިގަނޑެކެވެ. ހަމުގެ ކުލަ އަލި އައިވާއަކީ މެދުމިނެއްގެ ހަށިގަނޑެއް ހުންނަ ކުއްޖެކެވެ. އޭނާއަށް ލިބިފައިވަނީ މަޑު އަޅިކުލައަކަށް ދާކަހަލަ ކަޅިއާއި ބޯ އެސްފިތަކެކެވެ. އޭނާގެ ބޮޑު ދެލޮލާއި ރީތި ފިޔާތޮށި ކުލައިގެ ތުންފަތާއި ހީލުމުން ކޮލަށް އެޅޭ އަޑިކޮޅުން އޭނާގެ ރީތިކަން އިތުރުކޮށްދެއެވެ. އައިވާއަކީ ބަސްއަހާ ތެދުވެރި، މަޑުމައިތިރި މިޒާޖެއްގެ ކުއްޖެކެވެ.
ފައިރީން ހުންނަނީ ބްލޮންޑް ކުލައިގެ ވޭވީ އިސްތަށިގަނޑެކެވެ. ހަމުގެ ކުލަ އަލި ފައިރީންއަށް ވަނީ ދިގު އިސްކޮޅެއް ލިބިފައެވެ. އޭނާގެ ކަޅި އައިވާ އާއި ޚިލާފަށް ހުންނަނީ މަޑު މުށިކުލައެއްގައެވެ. ކުޑަކުޑަ ދެލޮލެއް އިންނަ ފައިރީންގެ ހަނދެއްފަދަ ވައް މޫނުން އޭނާގެ ރީތިކަން އިތުރުކޮށްދެއެވެ. ފައިރާންއަކީ އައިވާއާއި ޚިލާފަށް ހަރުކަށި އަދި ހަލަނި ކުއްޖެކެވެ.

"ދެކުދިން ނުތޮޅެބަލަ.." ޓީވީ ބަލަން އިން އެލީން ފައިރީން އާއި އައިވާއާ ދިމާލަށް ބުނެލިއެވެ. "ސޮރީ މޮމް.." ދެރަވާ ކަމަށް ހަދާލަމުން އައިވާ ބުނެލިއެވެ. އެއާއެކު ފައިރީން ހީގަނެފައި އައިވާގެ ކޮލުގައި ކޮއްޓާލިއެވެ. އައިވާ ފައިރީންއާއި ދިމާލަށް ބަލާލަމުން ލޯ އަޅާލިއެވެ. "ހުއް".. އައިވާ އަނެއްފަރާތަށް އެނބުރި ގޮސް އެލީން ކައިރީގައި އިށީނެވެ. "ފައި އާއި އެއްކޮށެއް ދެން ނުކުޅޭނަން.. ފައި ޝެއަރ އެއް ނުކުރޭ.. " ތުންދަމައިގެން ކުނިމޫނު ހަދައިގެން އިން އައިވާ ފެނި އެލީންގެ ގާތަށް ހިނިއައެވެ.
ޢައިވާއެކޭ އެއްފަދައިން އެލީން ހީލުމުންވެސް ކޮލަށް އަޑިކޮޅެއް އަރައެވެ. އެލީން ގެ އިސްތަށިގަނޑު ހުންނަނީ މެރޫން ކުލައިން ޑައިކޮށްފައެވެ. އެލީން އަކީ ދިވެހިރާއްޖެއަށް ނިސްބަތްވާ މީހެކެވެ. އޭނާގެ ހަމުގެ ކުލަ އެހާ ކަޅުނޫނަސް ދޮނެވެ. ޢެލީންގެ ހުންނަނީ ފައިރީންއެކޭ އެއްފަދައިން މަޑު މުށިކުލައިގެ ކަޅިއަކާއި ކުޑަ ލޮލެކެވެ. ފައިރީން ހީވަނީ ހަމަ އެލީން ކުޑަ ކޮށްލާފައި ހުންނަހެންނެވެ. އެހާވެސް ވައްތަރެވެ.
ދޮރުގައި ބެލް އަޅާތީ އެލީން ގޮސް ދޮރު ހުޅުވާލިއެވެ. ކުރިމަތީގައި ހުރީ ޖެކްއެވެ. ފައިރާން އާއި އައިވާގެ ބައްޕައެވެ. "ހޭއި" ޖެކް އެތެރެއަށް ވަންނަމުން ބުނެލިއެވެ. "ޑެޑީ.." ދެއަތް ދެއަތަށް ޖަހާލަމުން ކުނިމޫނު ހަދައިގެން އިން އައިވާ ފުންމައިގެން ތެދުވިއެވެ. އެއާއެކު ފައިރީންވެސް ތެދުވިއެވެ. ދެކުދިން ދުވެފައި ގޮސް ދެފަރާތުން ޖެކްގެ ގައިގައި ބައްދާލިއެވެ.
ޖެކްއަކީ ސައިންސްޓިސްޓެކެވެ. އޭނާއަކީ އެމެރިކާއަށް އުފަން މީހެކެވެ. ޖެކްއަށް ވަނީ ދިގު އިސްކޮޅަކާއި ކަޅުކަންގަދަ އިސްތަށިގަނޑެއް ލިބިފައެވެ. ހަމުގެ ކުލަ ދޮންވެފައި ޖެކްގެ ކަޅީގެ ކުލަ އަކީ އަޅި ކުލައެވެ.
ޖެކްއާއި އެއްކޮށް ވަގުތުކޮޅެއް ހޭދަކޮށްލުމަށްފަހު އައިވަ އާއި ފައިރީން ވަނީ ކޮޓަރިއަށެވެ. އޭރު ގަޑިން ފަސްގަޑި ބައިވީއެވެ. އައިވާ އިނީ ފޮތެއްގައި އެއްޗެއް ކުރަހާށެވެ. ފައިރީން އިނީ ފިލާވަޅު ހަދާށެވެ. ފަންސުރުގެ އެއްކޮޅު އަނގައަށް ލައިގެން ހަފަމުން ދިޔައެވެ. އޭނާގެ ނަޒަރު ހުއްޓިފައިވަނީ ހަދަމުން ދިޔަ ފިލާވަޅަށެވެ..
"ފައި... މިރޭ އައިވް ނުނިދާނަން. މާދަން ބަންދުވީމަ." އައިވާ ކުރަހަން އިން އެތި މެދުކަނޑާލަމުން ބުނެލިއެވެ. އެއާއެކު ފައިރީން ހަފަމުން ދިޔަ ފަންސޫރު ހެފުން ހުއްޓާލލުމަށް ފަހު އައިވާ އާއި ދިމާލަށް ބަލާލިއެވެ. "ޔެއަހް.. ފައިވެސް ނުނިދާނަން.."
ފައިރީންގެ ޖަވާބު އިވުމުނުން އައިވާ އަނެއްކާވެސް ކުރަހަން ފެށިއެވެ. އައިވާ އިތުރަށް އެއްޗެކޭ ނުބުނުމުން ފައިރީންވެސް ފިލާވަޅު ހެދުމައިގެން ކުރިއަށް ދިޔައެވެ.
ވަގުތު ފާއިތުވަމުން ގޮސް ރޭގަނޑު އަށްގަޑި ބައިވެއްޖެއެވެ. އައިވާ އާއި ފައިރީން ކައިގެން ކޮޓަރިއަށް ވަނީ އަރާމު ކޮށްލާށެވެ. ބަނޑުގައި އަތް ކާއްތަމުން ފައިރީން ގޮސް އެނދުގައި އޮށޯތެވެ. އައިވާ ގޮސް އޭނާގެ ޓެބު ހުޅުވާލައިގެން އެއަށް ގެއްލިފައި އިނެވެ.
"އައިވްއަށް އިނގޭތަ ކަރާޓޭ!" ފާޑުފާޑުގެ ގޮތްތަކެއް އަތަށާއި ފަޔަށް ހަދަމުން ފައިރީން ތެދުވިއެވެ. "ޔެއަހް.." އައިވާ އެއަކަށް ޝައުގުވެރިކަމެއް ނެތެވެ. އެހެންކަމުން ފައިރީން ދައްކަމުން ދިޔަ 'ބޭކާރު' ވާހަކަތަކަށް ހޫން ލައްވަމުން ދިޔައީ ފައިރީން އެކިޔަނީ ކީކޭކަން ނޭނގި ހުރެއެވެ.
ދެކުދިން އެކަކު އަނެކަކާ ވާހަކަދައްކަން ތިބީ ގަޑި ހިނގަމުން ދާ ވަރުވެސް ނޭނގި ހުރެއެވެ. "ކިހާވަރެއްތަ ގަޑިން؟ ފައި ނިދިއައިއްސި؟" ފައިރީން އާފުރެމުން ބުނެލިއެވެ. އައިވާ އޭނާގެ ޓެބު ހުޅުވާލާ ގަޑި ބަލާލިއެވެ. އެއާއެކު އޭނާގެ ދެލޯ ބޮޑުވެގެން ދިޔައެވެ.
"ބާރަ ޖެހީ!"
=ނުނިމޭ=
ދެވަނަ ބަޔަށް އިންތިޒާރުކޮށްލައްވާ!👍

  Please log in or register to bookmark.
  2k

  17 ޚިޔާލު

  1. 👋👋👋
   ވަރަށް ރީތި އިނގޭ މިބައި ވެސް 😍❤
   ގުޑް ލަކް އޮން ދި އަދަރ ޕާރޓްސް🙃
   އެންޑް رمضان المبارك✨❤ ޓު ޔޫ އެންޑް ޔުއަރ ފެމިލީ 😄😊

  2. ޕާޓު 2 ގެނެސްދޭންވެސް 1 އަހަރު ނަގާނެތަ؟؟؟

   1
   4
  3. އޮހް! މިވާހަކަ ނުފެނުނީ..😅....ވަރަށް ރީތި އިނގޭ..❤️😘

   18
  4. މިހާރު ކޮން ދުވަހެއްތަ ވަރަށް އަވަހަށް އަޕް ކުރާނަމޭ ބުނިތާ؟؟؟؟؟؟؟؟؟؟؟؟؟؟ ތިޅާ ކޮން މޮޔައެއް އަރައިގެންތަ ތިއުޅެނީ؟؟؟؟؟؟؟؟؟ އޭ ބަކައްޓާ މިއަށް ވުރެން އަވަހަށް ވެސް އަޕްކުރެވިދާނެދޯ...ަަަަ
   ތިޅާގެ 'އޭސް ހޯލް'😡🖕😠

   3
   2
   • ދޮގެއްވާނޫން މިއަށް ވުރެން އަވަސް ކުރެވިދާނެދޯ؟؟؟ ބިޒީއާވެސް ބުނީމަދޯ އިނގޭނީ؟؟؟ އަވަސް ކޮއްބިއަ 😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡 í hate you

    2
    2
  5. މިދުވަސްކޮޅު އަޅުގަނޑުގެ ޓެސްޓުތައް އޮތުމުގެ ސަބަބުން ވާހަކަ ނުގެނިވި ލަސްވި ކަމަށްޓަކައި ކިޔުންތެރިންގެ ކިބައިން ނިހާޔަތަށް މައާފަށް އެދެން.. ކުރިއަށް އެޕްސޯޑް އިންޝާﷲ ވަރަށް އަވަހަށް ގެނެސްދޭނަން..❤️😁

  ޚިޔާލު

  Your email address will not be published.