ޓްވިންސް

"ހަމަ މިހާރު ޓީވީ ނިއްވާލާ." އުޝްވާ އަޑުކޮޅަށް ހަޅޭއްލަވައިގަތެވެ.

"ބެހޭކަމެއް ނޫން… މިއީ ގުރުއާން. ބުންބެރެއް ނޫން." ލުޝާން އެއަށް ވުރެން ބާރަށް ހަޅޭއްލަވައިގަތެވެ.

އުޝްވާ ދުވެފައި އައިސް ޓީވީ ބޮޑު ފިތުން ނިއްވައިލިއެވެ. ލުޝާން އައި ރުޅީގައި އުޝްވާ ކުރަހަން އިން ފޮތް ވީދައިލިއެވެ. އުޝްވާ ރޮވެން ހުރި ފާޑަކަށް އައިސް ލުޝާން ގެ ގައިގައި ޖެހިއެވެ. ލުޝާން ވީދިފައި އޮތް ފޮތުން އުޝްވާގެ ގައިގައި ޖެހިއެވެ.

ދެކުދިންނަށް ހޭވެރިކަމެއް ވީ އެކުދިންގެ މަންމަ ޝާރާ އައިސް ދެކުދިން ދުރުކުރުމުންނެވެ.

"ދެކުދިން ކައިރި ކިތައް ފަހަރު ބުނީ ތޮޅިގެން ނުވާނެއޭ. ތީ މިހާރު ކުޑަކުދިންނެއް ނޫނެއްނު. ދެކުދިންނަށް މިހާރު ދިހަ އަހަރު ވީ." ޝާރާ ދެމުން ދިޔައީ އެއް ނަސޭހަތެކެވެ. "ދެންވެސް އާދޭ ކާން."

ލުޝާން ތުން އަނބުރައިލަމުން ގޮސް ބަދިގެއަށް ވަނެވެ. އުޝްވާ އައީ އިރުކޮޅެއް ފަހުންނެވެ. މޫނު ބަނަވެފައި ހުރި ވަރުން ލުޝާން އަށް ބޭއިޙްތިޔާރުގައި ހެވުނެވެ.

"ކޮންތާކަށް އަންނަ މަހު ޗުއްޓީ ހޭދަކުރަން ދާނީ؟" އެކުދިންގެ ބައްޕަ އަނިލް އާދައިގެ މަތިން އެކުދިންގެ ހިޔާލު ހުރިގޮތް ބަލައިލާން އެއްސެވެ.

"ރިސޯޓަށް." ލުޝާން އަވަހަށް ބުނެލިއެވެ.

"ރިސޯޓުގަ ފުރައި މީހުން އުޅޭނެ ބަންދުތަކުގަ. މާލެއަށް ދާނީ." އުޝްވާ ތިރީ ތުންފަތުގައި ދަތް އަޅައިގެން ހުރެފައި ބުންޏެވެ.

"ދެއާޒް ނަތިން ނިއު އިން މާލެ. ހަމަ ކުރީ ފަހަރު ދިޔަ ތަންތަން. ބޯރިންގ." ލުޝާން ދެލޯ ކުޑަކޮށްލިއެވެ.

"ރިސޯޓު މާ ބޯރިންގ. ލުޝާން ދަންޏާ އެކަނިން ދޭ. މަށެއް ނުދާނަން." އުޝްވާ ސަމުސާ ވައްޓައިލުމަށް ފަހު ގޮނޑިން ތެދުވެގެން ހިނގައިގަތެވެ.

"މަ ނޫޅެމޭ އުޝްވާ ގެންދާކަށް." ލުޝާން ހަމަޖެހިފައި ހުރެ ގޮވައިލިއެވެ.

ހަފްތާއަކަށް ފަހު ހަފްތާއެއް ފާއިތު ވެގެން ދިޔައީ ލޮލުފިޔަ ޖަހައިލާހާ އަވަހަށެވެ. އުޝްވާ އާއި ލުޝާން ކުދި ކުދި ކަންތައްތަކާއި ދެބަސްވެ ގަޔަށް އަތްލައި ތަޅާނެއެވެ. މިއީ ޝާރާ އާއި އަނިލް އަށް އާ ކަމެއް ނޫނެވެ. ކިތަންމެ ވަރަކަށް ނަސޭހަތް ދިނެއް ކަމަކު އެކުދިން އިސްލާހެއް ނުވެއެވެ.

އުޝްވާ އާއި ލުޝާންގެ އުޅުމުން އެއީ އެއް މާބަނޑު ދެކުދިންނޭ ނުވެސް ބުނާނެއެވެ. އެހައި ވެސް ތަޅާފޮޅުން ގިނައެވެ.

މަސްތައް ފާއިތު ވަމުން ގޮސް ޑިސެމްބަރު މަސް ޖެހިއްޖެއެވެ. އަނިލް ހުރީ ޗުއްޓީއަށް އެއްވެސް ތާކަށް ދާ ގޮތަކަށް ނޫނެވެ. ދެކުދިންނަށް ދެބަސްވެ ތަޅާފޮޅުމުން ރަނގަޅު ފިލާވަޅެއް ދޭށެވެ.

އުޝްވާ އާއި ލުޝާން ދުވަސްތައް ގުނަމުން ދިޔައީ ފޫހިކަން މަތީގައެވެ. ނަމަވެސް އެދެކުދިންގެ މެދުގައި އޮންނަ ޒުވާބު ކުރުމާއި ތަޅައިފޮޅުން މަދެއް ނުވެއެވެ.

މިފަހަރު ޝާރާ ވަރަށް ކިޔައިގެން އެ ކުޑަ އާއިލާ ދަތުރު ދިއުމަށް ނިންމިއެވެ. ދަތުރު ގޮސް ވެސް އެ ދެކުދިންގެ ވަޒީފާ އަދާކުރަމުން ދިޔައެވެ. ދަތުރުގައި ހިނގާ ކުދި ކުދި ކަންތައްތަކާ މެދު ޒުވާބު ކުރެއެވެ.

މޫދަށް އެރޭ ގަނޑި ޖެހުމުން އުޝްވާ އާއި ލުޝާން ވެސް މޫދަށް އެރުނެވެ. ޝާރާ ވެސް ޕިސް ތަޅައިލަމުން ފުން ހިސާބަކަށް ފީނައިލިއެވެ. އުޝްވާ އާއި ލުޝާން ތަންކޮޅެއް ތިލަ ހިސާބެއްގައި ފަތަމުން ދިޔައެވެ.

"ދީ ދެން މަށަށް. މިހާރު ލުޝާން މާ ގިނައިރު ވެއްޖެ." އުޝްވާ ލުޝާންގެ އަތުގައި އޮތް ރިންގު އަތުލަން އުޅުނެވެ. ލުޝާން ވަރަށް ގަދަ ދައްކައިފައި ވެސް އެންމެ ފަހުން ދޫކޮށްލީއެވެ.

ލުޝާން އަށް އެއްލި ކަޅިއަކުން ފެނުނީ މަރަށް ގެނބެމުންދާ ޝާރާއެވެ. އަނިލް ހުރީ ވަރަށް ދުރުގައި ކަމުން އަނިލް އަކަށް ނުފެނުނެވެ.

ލުޝާން ބެލީ އުޝްވާގެ އަތުން ރިންގު އަތުލެވޭތޯއެވެ. މަންމަ ސަލާމަތް ކުރެވޭނީ ރިންގު އޮތީމަ ކަން ޔަގީނެވެ.

"ނުދޭނަން. އަހަރެންގެ ޗާންސް އަންނައިރަށް ޖެހޭތަ އަތުލަން ކޮންމެ ފަހަރަކު." އުޝްވާ ދުރަށް ފީނައިލިއެވެ.

"މަންމަ ގެނބެނީއޭ." ލުޝާން ހަލޭއްލަވައިގަތެވެ.

"ހެވޭ މަންމަ ގެނބުނަސް. މީ މަގޭ ޗާންސް. ނުދޭނަން." އުޝްވާ ބަދަލުގައި ބުންޏެވެ.

"ބައްޕާ!!!!!" ލުޝާން އޭނާއަށް ލެވުނު ހާ ބާރަކަށް ހަޅޭއްލަވައިގަތީ އުޝްވާ ރިންގު ނުދޭނެކަން އެނގޭތީއެވެ.

އަނިލް ފީނަން އޮވެފައި މޫދުން ބޯ ހިތްލައިލީ ލުޝާން މާ ބާރު ބާރަށް ހަޅޭއްލަވާތީއެވެ. އޭނާއަށް ފުރަތަމަ ވެސް ފެނުނީ ކޯވަރަކަށް ފަހު ކޯވަރެއް ބޮމުން ދިޔަ ޝާރާއެވެ. އަނިލް ފަތައިގަތް އިރު ފެނެން އޮތީ ޝާރާގެ އަތް އެކަންޏެވެ.

އަނިލް ބާރު މިނުގައި އައިސް ޝާރާ ނަގައި މައްޗަށް އުފުއްލައިލިއެވެ. ޝާރާގެ މަސްގަނޑު އެއްގަމަށް ގެނައި އިރު ލުޝާންއަށް ރޮވެމުން ދިޔައެވެ. އުޝްވާއަށް ވީ ގޮތް ރެއަކާއި ލީ ވެސް މާ ފަހުންނެވެ.

ޝާރާއަށް އަވަސް ފަރުވާ ދިނުމަށް ގެންދިޔައީ އަތޮޅު ހޮސްޕިޓަލަށެވެ. އަވަސް ފަރުވާދޭ ކޮޓަރީގައި ޝާރާ ހޭއެރުވޭތޯ މަސައްކަތް ކުރަމުން ދިޔައިރު ބޭރުގައި އުޝްވާއާއި ލުޝާން އަޑުން އަޑު ނަގައި ރޮމުން ދިޔައެވެ. މިކަމަކަށް އަނިލްގެ އެއްވެސް ފަރުވާލެއް ނެތެވެ.

އަނިލް ފާރުގައި ބޯޖައްސައިލައިގެން ހުރިއިރު ބޭއިޙްތިޔާރުގައި ލޮލުން ކަރުނަ އާދެއެވެ. ލޯބިވާ އަނބިމީހާ ބީވެގެން ދާ ކަމުގެ ހިތި އިހްސާސް ވަމުން ދިޔައެވެ.

އެއްޗެކޭ ބުނެވޭވަރަށް ވުރެ ބޮޑަށް އުޝްވާގެ ހިތުގައި ޖެހިފައި ވެއެވެ. އެއީ އޭނާގެ ކުށްކަމަށް ގަބޫލު ކޮށް އަމިއްލަ މީހާއަށް އޭގެ ސަޒާ ދޭނެ ގޮތަކާއި މެދުވެސް ވިސްނަންފެށިއެވެ. ދެކުދިން ދެބަސްވެ އަރައިރުން ވުމާއި ޒުވާބު ކުރުމުގެ ހިތި ނަތީޖާ މިއަދު މި އޮތީ ފެންނާށެވެ.

އުޝްވާ ބަލައިލީ އޭނާގެ ކައިރީގައި މޫނު ފޮރުވައިގެން ރޯން ހުރި ލުޝާން އަށެވެ. އުޝްވާ ކަރުނަތައް ހިފަހައްޓަމުން ދިޔައިރު ވެސް ކޯތާފަތް މަތިން ފައިބައިގެން ދެއެވެ.

"ލު… ޝާން." އުޝްވާ ބެދިފައިވާ އަޑުން ގޮވައިލިއެވެ. ލުޝާން މޫނުމަތިން އަތް ނެގި އިރު ރޮއިފައިވާ ވަރު އެ ދެލޯ މަތިން ފެނެން ހުއްޓެވެ. ދެލޯ އެއްކޮށް ރަތް ވެފައި ވީ އިރު ލޮލުން ތިރިއަށް ކަރުނަ ފައިބަމުން ދިޔައެވެ.

"އިޓްސް… އޯލް މައި ފޯލްޓް." އުޝްވާ ރޮވިފައި ހުރި އަޑަކުން ބުނެވުނެވެ.

"އިޓްސް… އޯލް އަވާ ފޯލްޓް. އަހަރެމެންގެ ކުއަރެލް ތަކުގެ ސަބަބުން މަންމަ މިދުނިޔެ އާއި އެ ވަކިވެގެން ދަނީ." ލުޝާން އަށް ބުނެވުނެވެ. އެދެކުދިންނަށް ވަނީ އެންމެ އަކަށޭނެ ފިލާވަޅު ދަސްވެފައެވެ. ނަމަވެސް ހެޔޮ ވިސްނުނު ކަމުގައި ވިއަސް ވަގުތު އޮތީ ފާއިތު ވެފައެވެ.

އަވަސް ފަރުވާދޭ ކޮޓަރީގެ ދޮރު ހުޅުވައިލައިފައި ނިކުތީ ޑޮކްޓަރެކެވެ. އަނިލް ލޮލަށް އެއްވެފައި ހުރި ކަރުނަތައް ފޮހެލަމުން ދުއްވައިގަތީ ޑޮކްޓަރާއި ދިމާއަށެވެ.

"ކޮބާ ޝާރާ؟ ޝާރާ ރަނގަޅުތަ؟" އަނިލް ގެ ލޮލުން ހިފެހެއްޓުމެއްނެތި ކަރުނަތައް ހޯސްލައިފައި ފައިބައިގަތެވެ.

"ޕޭޝަންޓްގެ ހާލު ރަނގަޅު. ހޭއަރަން އިރުގަނޑެއް ނަގާނެ." ޑޮކްޓަރު ގެ މި ޖުމްލަ އާއި އެކު އަނިލް އަށް ހިތްހަމަ ޖެހުމެއް ލިބުނެވެ. ފަސް އެނބުރި އޭނާގެ ދެކުދިންނަށް ބަލައިލިއެވެ. އެކުދިންނަށް ޑޮކްޓަރުގެ ބަސް އަޑު އިވުނެވެ.

އަނިލް ދުވެފައި ގޮސް އުޝްވާ އާއި ލުޝާން ގެ ގައިގައި ބައްދައިގަތެވެ.

ހޭ އެރުމާއި އެކު ޝާރާ ދެފަރާތަށް ބަލައިލިއެވެ. ވަށައިގެން ތިބި ދެދަރިންނާއި ފިރިމީހާގެ ލޮލުން އޮހިގަތީ އުފާވެރި ކަމުގެ ކަރުނައެވެ.

"މަންމާ… ރަނގަޅުތަ؟" އުޝްވާ އަހައިލިއެވެ. ޝާރާއަށް އެންމެ ފަހުން ފެނުނު މަންޒްރަކީ އެދެކުދިން ތުޅެމުން ދިޔަ މަންޒަރެވެ.

"މި އަންނަނީ މަންމަ އަށް ކާއެއްޗެއް ގަނެގެން. އުޝްވާ ކޯއްޗެއް ގަންނަން ވީ؟" ލުޝާންދޮރާއި ދިމާއަށް ރޭސް ޖަހަމުން އަހައިލިއެވެ.

"ނޫޑްލްސް. ލުޝާން އަށް ރަނގަޅު އެއްޗެއް ގެނައިމަ ރަނގަޅު ވާނެ." އުޝްވާ ޖަވާބު ދިނެވެ.

"ގްރޭޓް އައިޑިއާ. ހީވަނީ ނޫޑްލްސް ހަމަ ފައްކާ ވާނެހެން." ލުޝާން ތަމްބްސް އަޕެއް ދެމުން ހިނގައިގަތެވެ.

ޝާރާ އާއި އަނިލްގެ ލޮލުން ފެންނަމުން ދިޔައީ އުފާވެރިކަމުގެ ކަރުނަ އެވެ. ދެންމެ މި ފެނުނު މަންޒަރުން އެއީ އުޝްވާ އާއި ލުޝާން ކަން ޔަގީން ކުރަން ވެސް ދައްޗެވެ.

ނިމުނީ

    Please log in or register to bookmark.
    4k

    52 ޚިޔާލު

    1. ފުރަތަމަ ވާހަކައާއި ބަލާފައި ހަމަ ވަރަށް ރީއްޗޭ ބުނެވޭނީ.. ގުޑް ލަކް ވިތް އަދަރ ސްޓޯރީސް އޮފް ޔުއަރސް. ކީޕް އިޓް އަޕް. އެންޑް ރަމަޟާން މުބާރިކް ބްރޯ❤

    2. Yaaayyy !!! Yun the gorgeous boy..... love you yun....❤💋👄💓💜💛💚💙❤👍👍

      3
      1
    3. 😃😃😃😃😃😃😃😁😁😁😁💝💝💝💝💝💝

    4. Wow! Vvvv gadha ingey YUN brw..
      Nikki buni yun innaaneyy vaahaka ehh liyefa twin kiyaa..
      Whnve kiyaa lee vvvv reethi
      BTW can you be my close close friend..
      I'm in isdhoo + nikki aai haimy aa vv friend vaane quran kulaahun dhimaavaa thii
      Can you give your mail plz
      Dhekunin yun ge mail nikki ge youtube channel inn ekm aslu mail neyyngeyy thii mail nukureveyy can you give me ur mail

    5. Ýûň ťhìś śťóřý íş àmàźíńğ II love it wow and love you too Jun your story is perfect for mެ😽❤️

    6. :I love that story Jun and keep it up boy 🥀❤️

    ޚިޔާލު

    Your email address will not be published.