kralbetbetturkeyikimislibahis1xbetm.infohipas.infohttps://www.wiibet.com/restbetcdn.comSupertotobetSahabetTarafbetMatadorbetTipobet365Deneme BonusuBetvoleMariobethack forumxumabetgiris.com

ތިޔަ ލޯބީގައި - 41

Tiny Teen Tiffany Tatum Pussy Forced Big Cock  Blondie Fesser cocks her massive ass threesome sex  pakistani sex video  jmac porn  De Williams  Russian teen Izi Ashley tight ass hole Hard fucked real 18 yearsold Tiny babe  sanny levon xnxx son fuck mom dogstyle thick hairy pussy

ކައިވެނީގެ ޚުތުބާ ދެމީހުންވެސް އަޑުއަހަމުންދިޔައީ ޝައުގުވެރިކަމާއެކުއެވެ. ކައިވެނީގެ ޚުތުބާނިމި ނުހައިކް އަނބި ގަބޫލުކޮށްފީމޭ ބުނި ވަގުތުކޮޅު ޝަޔަމްގެ ހިތުގައި މަޑު ހީލިކެރުވުމެއް އުފެދުނެވެ. އުފަލުންގޮސް ދެލޯ ފެންކަޅިވިއެވެ. އެވަގުތުކޮޅު އެކުރެވުނު ފޮނިފޮނި އިހުސާސުން ހިނިތުންވެވުނީ ނުހަނު ބޮޑަށެވެ. ނުހައިކްގެ މޫނުމަތިންވެސް ފައުޅުވަމުންދިޔައީ އިންތިހާ ދަރަޖައިގެ އުފާވެރިކަމެވެ. އެތައްހުރަސްތަކަށްފަހު އެންމެފަހުން އެހިތުގެ ލޯބި ކާމިޔާބުވީއެވެ. މޭޒުދަށުން ނުހައިކްއަށް ޝަޔަމްގެ އަތުގައި ހިފައިލަމުން އެމަޑު ފުށްކޮޅެއްފަދަ އަތަށް ފިތައިލެވުނެވެ. އެއީ ހަމައެކަނި އޭނާގެ މީހެކެވެ. އޭނާގެ ލޯބިވާ އަނބިމީހާއެވެ. ދެން އެދެމެދަށް އިތުރު ހުރަސްތަކެއް މެދުވެރިނުކުރެއްވުންއެދި ދުޢާކޮށްލެވުނެވެ.

ދެފަރާތުންވެސް ރުހުނީ އާދައިގެ ގޮތަކަށް ކައިވެނީގެ ވަލީމާ ބޭއްވުމަށެވެ. އާއިލާ އާއި ގާތް އެކުވެރިންގެ އިތުރުން އޮފީހުގައި އެއްކޮށް މަސައްކަތްކުރާ މުއައްޒިފުންނަށް ދައުވަތު އެރުވުނެވެ. ދެމަފިރިން ތިބެން ހަމަޖެހިފައިވި ތަނުގައި ނުހައިކް އާއި ޝަޔަމް ހުއްޓިތިބިއިރު އަލަތު ދެމަފިރިންނަށް ޕާޓީއަށް އަންނަމުންދިޔަ މީހުންގެ ފަރާތުން ތަހުނިޔާ އޮހެމުންދިޔައެވެ.

ނުހައިކް އާއި ސަލާމް ކޮށްލި ހިޔާމްގެ މޫނުމަތިންވެސް ފެންނަމުންދިޔައީ ފުޅާ ހިނިތުންވުމެކެވެ. ނުހައިކްއާއި ދިމާކޮށްލުމުގެ ގޮތުން ލާނެތް އެއްޗެކޭ ބުނެލުމަށްފަހު ހިޔާމް އެތަނުން ދިޔައެވެ. ދެގަޑިއިރަށް ދެމިގެންދިޔަ ޕާޓީއަށްފަހު މަޑުމަޑުން މީހުން ހުސްވަމުންގޮސް ޕާޓީ ނިމުމަކަށް އައިރިރު ޝަޔަމްގެ މޫނުމަތިން ވަރުބަލިކަން ފައުޅުވަމުން ދިޔައެވެ. ކުރިއަށްއޮތް ހަފުތާ އެދެމީހުން ހޭދަކުރަން ހަމަޖެހިފައިވަނީ ރިސޯޓެއްގައި ކަމުން އެތަނަށް ދިއުމަށްޓަކައި އާއިލާގެ މެމްބަރުންނާއި ސަލާމްކުރުމަށްފަހު އެދެމަފިރިން ކާރަށް އެރިއެވެ. އާދައިގެ ދުވެއްޔެއްގައި ކާރުގޮސް މަޑުކޮށްލީ ޝަޔަމްގެ ޕްރައިވެޓް ލާންޗް އޮތް ދިމާއަށެވެ. އެެއާއެކު ކާރުން ފައިބައިގެން އައިސް ޝަޔަމް ފޭބުމަށް ނުހައިކް އެހީވެދިނެވެ. އޭރު އާދިލް އެމީހުންގެ ލަގެޖްތައްް ލާންޗްގެ ފަޅުވެރިއަކާއި ހަވާލުކުރުމަށްފަހު އައިސް ކާރު ކައިރީގައި މަޑުކޮށްލަނީއެވެ. ހިނިތުންވެފައި ޝަޔަމްއާއި ނުހައިކްއަށް މަރުހަބާ ކިޔަމުން އަމާން ދަތުރަކަށް އޭނާ އެދުނެވެ.

ހަނދުވަރުގެ ރިހިއަލީގައި ވިދަމުންދިޔަ ކަނޑުގެ ލޮނުގަނޑު ކަފަމުން ލާންޗް އައިސް އެމީހުންގެ މަންޒިލަށް މަޑުކޮށްލިއިރު ޝަޔަމް އާއި ނުހައިކްގެ މޫނުމަތިން ހިނިތުންވުން ނުފިލައެވެ. އޭރު އެމީހުންގެ އިސްތިގުބާލުގައި ރިސޯޓްގެ ދެތިން މުއައްޒިފަކު މަޑުކޮށްލައިގެން ތިއްބެވެ. އެމީހުނަށް ޚާއްސަކުރެވިފައިވި ކޮޓަރިއާއި ހަމައަށް ދެވުނުއިރު މުޅި އެހިސާބުވަނީ ވަރަަށް ފުރިހަމައަށް ތައްޔާރުކޮށްލާފައެވެ. އެމީހުނަށް ޝުކުރު އަދާކުރަމުން ނުހައިކް ޝަޔަމް ގޮވައިގެން ކޮޓަރިއަށް ވަނެވެ. ވަށައިގެން ނަޒަރު ހިންގައިލި ޝަޔަމްގެ ދެލޮލުގެ ވިދުން ގަދަވެގެން ދިޔައީ އެކޮޓަރީގެ ފުރިހަމަކަމުންނެވެ. ވަށައިގެން އެކިދިމާލުގައި އުއްބައްތި ދިއްލައިފައިވީއިރު ވިރެމުންދިޔަ އުއްކޮޅުގެ ސަބަބުން މަޑުމަޑު މީރުވަހެއް ކޮޓަރިތެރޭގައި ހިފައިލައިފައި ހުއްޓެވެ. އެނދުމަތިވެސް ވަނީ މިރެއަށްޓަކައި ޚާއްސަކޮށް އެދެމަފިރިންނަށް ތައްޔާރުކޮށްލައިފައެވެ. ތާޒާ ފިނިފެންމަލުގެ ފިޔަތަކުން އެނދުމަތި ފަޅުފިލުވައިލައިފައިއޮތް އިރު ކޮޓަރީގައިވި ވަހާއި ފިނިފެންމަލުގެ ވަސްވަނީ ގުޅިލައިމެހިފައެވެ. ދެލޯ މަރައިލަމުން ޝަޔަމްއަށް ފުންނޭވާއެއް ލެވުނުއިރު ދުރުގައި ޝަޔަމްގެ ހަރަކާތްތަކަށް ބަލަން ނުހައިކް ހުރީ ހިނިތުންވެފައެވެ. މަޑުމަޑުން ދެލޯ ހުޅުވައިލި ޝަޔަމް އާއި ނުހައިކްގެ ދެލޯ އަމާޒުވީ ހިނދު ދެހިތުގެ ތެޅުން އިންތިހާއަށް އަވަސްވެގެން ދިޔައެވެ. ހިންދިރުވައިލި ޝަޔަމް އިސްޖަހައިލިއިރު ނުހައިކް ހުރީ އެނޫން ދިމާއެއް ބަލަން ބޭނުންނުވެފައެވެ.

ޝަޔަމްގެ ގާތަށް ޖެހިލަމުން އޭނާގެ އިސްއުފުލައިލުމަށްފަހު އެނިތުގައި ނުހައިކް ލުއިކޮށް ބޮސްދިނެވެ. އަދި ތާޒާވެލައިގެން އައުމަށް ނުހަނު ލޯބިން އެދުނެވެ. އޭނާ މިއައު ބާބު ފަށަން ބޭނުންވަނީ އެންމެ ރިވެތިގޮތުގައިކަމަށް މަޑުމަޑުން ބުނެލިއެވެ. ނުހައިކްގެ އަޑުގައިވި އަސަރުން ޝަޔަމްގެ ލޯލިތައް ކޮޅަށް ޖެހިގެންދިޔައެވެ. މަޑުމަޑުން ބޯޖަހައިލަމުން ފާޚާނާއި ދިމާއަށް ޝަޔަމް ހިނގައިގަތެވެ.

އަލަތު ކައިވެނީގެ ރޭ ދެމަފިރިން ފަށައިގަތީ ކުރެވުނު ދެރަކުއަތުގެ ސުންނަތް ނަމާދަކުންނެވެ. ނަމާދަށްފަހު ކައިވެނީގައި ބަރަކާތްލެއްވުން އެދި ދެމީހުން އެކުގައި ދުޢާކުރިއެވެ. އަދި އެއަށްފަހު ޝަޔަމްގެ ނިތުގައި އަތް ބާއްވައިލަމުން ނުހައިކް ލޯތްބާއެކު ދުޢާކުރުމަށްފަހު އެނިތުގައި ބޮސްދެމުން ޖަންބުކުލަ އަރަމުންދިޔަ އެމަޑު ކޯތާފަތުގައި ފިރުމައިލިއެވެ.

ޝަޔަމް އަޅައިގެންހުރި ދޮޅިއާއި ފަޔަށް މަހާލައިފައިވި އިސްޓާކީނު ބާލައިދެމުން މުސައްލަ ގެންގޮސް އަލަމާރީގެ ތެރެއަށް ނުހައިކް ލިއެވެ. އޭރު ކޮޅަށް އިސްޖެހިފައި ޝަޔަމް ހުރީ ލަދުވެތިގޮތަކަށެވެ. ބާރު ހިނގުމެެއްގައި އައިސް ނުހައިކްއަށް ޝަޔަމްގެ ގައިގައި ބައްދައިލެވުނީ އެތައް ދުވަހެއްގެ ދިގު އިންތިޒާރެއް ނިމުމަށް އައުމުން އެކަމަށް ހަމްދުކުރާ ހާލުއެވެ. ދުވަހަކު ޝަޔަމް ދޫކޮށްނުލާނަމޭ ބުނެލާފަދަ ގޮތަކަށެވެ. ނުހައިކްގެ މޭގައި މޫނު ފޮރުވައިލަމުން ޝަޔަމް އެހަށިގަނޑުގައި ބައްދައިލިއެވެ. އެތައްް ދުވަހަކު ކެތްތެރިކަމާއެކު ކުރި ދިގު އިންތިޒާރުގެ ނިމުން އައި އިރު ދެހިތްވަނީ އެކަކު އަނެކަކަށްޓަކައި ލޯތްބާއި ކުލުނުން ފުރިފައެވެ.

މަޑުމަޑުން ޝަޔަމް އުރައިލަމުންގޮސް ނުހައިކް އޭނާ އެނދުމަތީގައި ބާއްވައިލިއެވެ. އޭރުވެސް ލަދުގަނެފައި ނުހައިކްގެ މޭގައި މޫނު ޖައްސައިލައިގެން ޝަޔަމް އޮތީ ގުޑިލަންވެސް ނުކެރިފައެވެ. އެތަން ފެނުމުން ނުހައިކްގެ ތުންފަތުގައި ލާނެތް ހިނިތުންވުމެއް ދުވެލިއެވެ. ޝަޔަމްއާއި ގާތްވެލަމުން އިތުރަށް ލަދުގަންނަވައިލައި ލާނެތް ސަމާސާއެއްކޮށްލުމަށް ހިތްއެދުނެވެ. އެމޫނުގައި ފިރުމައިލަމުން ނުހައިކް ގާތްވެލިވަގުތު ޝަޔަމް ދެލޯ މަރައިލީ ނުހައިކްއަށް ފުރުސަތުދެމުންނެވެ. ކޮޓަރީގައި ރަސްކަންކުރަމުންދިތަ އުއްބައްތި ތަކުގެ އަލި ފަނޑުވަމުންދިޔަ ވަގުތު ފާރަށް އެޅިފައިވި ދެމަފިރިންގެ ހިޔަނި އެކަތިގަނޑަކަށްވީ ދުވަހަކު ވަކިނުވުމަށް އެކި އަހުދާއި ވައުދު ވަމުންނެވެ. އަބަދުމެ އެކުގައި ދެދުނިޔޭގައިވެސް ލެއްވުމަށްއެދި ދުއާކުރަމުންނެވެ. އުފަލާއި ހިތްހަމަޖެހުމާއެކު ހަޔާތުގައި ހުޅުވިގެންމިދިޔަ އައު ބާބަށް މަރުހަބާ ކިޔަމުންނެވެ.

*****

ޖެހިގެން އައި ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ޒާއިންގެ އާއިލާ މެލޭޝިއާއަށް ދިއުމަށް ފުރީ ނަޒީމްއަށް އިތުރު ފަރުވާ ހޯދުމުގެ ބޭނުމުގައެވެ. ސާރާ އާއި ބައްދަލުކޮށްލުމަށްފަހު ލަމްޔާ ދިޔައިރު އެމީހުނަށް ކާމިޔާބު ދެއްވުންއެދި ސާރާ ދުޢާ ކުރިއެވެ. އެކަނި ގޭގައި ހޭދަކުރަން ޖެހުނަސް ސާރާގެ ފަރާތުން އެއްވެސް ޖެހިލުންވުމެއް ނުވަތަ ނުތަނަވަސްކަމެއް ނުފެނުނީ އެގޮތަށް އެކަނި ދިރިއުޅުން ވޭތުކުރަންވެސް އޭނާ އާދަވެފައި ހުރީމައެވެ. ނުހައިކްމެން އެނބުރި އައުމުން ގޭތެރޭގެ ފަޅުފިލާނެކަން އެނގޭތީ އެކަމުން ހިތްހަމަ ޖައްސައިލައިގެން ސާރާ އިނީއެވެ. އޭނާގެ ދެދަރިންނަށްވެސް އެކުދިން ބޭނުންވިފަދަ ދިރިއުޅުމެއް ހޯދައިދެވުމުން ހިތްހަމަޖެހިފައެވެ. އަބަދުވެސް އެކުދިންގެ ހަޔާތުގައި އުފަލާއި ހިތްހަމަޖެހުންވުމީ އޭނާގެ ހިތުގެ ދުޢާއެވެ.

*****
ދެއަހަރު ފަސް..
*****

ކުރިމަތީގައި ހުރި ލެޕްޓޮޕްގެ ސްކްރީނަށް ބަލަހައްޓައިގެން ޝަޔަމް އިނީ ފުންވިސްނުމެއްގައެވެ. ދެއަހަރު ދުވަސް ފާއިތުވެގެން ދިޔައިރު ކޮންމެ ދުވަހަކުވެސް އޭނާ ގަވައިދުން އަޒްހަރަށް މެއިލްކޮށް ހަދައެވެ. ބައްޕަދެކެ ލޯބިވާ ވަރާއި ހަނދާންވާވަރު ހާމަކޮށްދެއެވެ. އެމެއިލް ތަކުގެ އެއްވެސް ޖަވާބެއް ނުލިބޭނެކަން އެނގޭ އިރުވެސް އޭނާ ވަރުބަލިކަމެއްނެތި އިންތިޒާރުކުރެއެވެ. އަޒްހަރު ވިސްނިގެން އެނބުރި އަންނާނެނަމައޭ އޭނާގެ ހިތަށް އަރައެވެ. ނުބުނި ނަމަވެސް ސައިނާގެ ދިރިއުޅުން ފަޅުވެފައިވާކަން ޝަޔަމްއަށް ވިސްނެއެވެ. އަލުން އޭނާގެ މައިންބަފައިން ވިސްނިގެން ލޯބިން ގުޅިގެން އުޅުމަށް އެދެވެމުންދިޔައެވެ. ތަކުރާރުކޮށް ބައްޕައަށް ހެޔޮވިސްނުން ދެއްވުން އެދި ޝަޔަމް ދުޢާކުރަމުންދިޔައެވެ. މީހުނަށް ސިއްރުން އެހިތާމަ އުފުލަމުން ދިޔައިރު ދުވަސްވަމުންދިޔަވަރަކަށް އެހިތުގައިވި މާޔޫސްކަން އިތުރުވަމުންދިޔައެވެ.

ތުންފަތުގައި ދަތްއަޅައިލަމުން ލޮލުން ވެއްޓުނު ކަރުނަތިކި ޝަޔަމް ފުހެލިއެވެ. އަޒްހަރު ކަންތައްކުރިގޮތުން ދެރަވި ނަމަވެސް ވިސްނިގެން އައިސްފިނަމަ އޭނާ ހެޔޮހިތުން އެބައްޕައަށް މައާފުކުރާނެއެވެ. އެހެނަސް އެފަދަ ދުވަހެއް އަތުވެދާނެކަމާމެދު ޝަޔަމް ވަނީ ސުވާލުއުފެދިފައެވެ. އަޒްހަރުގެ އެއްވެސް ޚަބަރެއް ނުވާއިރު އޭނާވީ ހާލެއްވެސް ޝަޔަމްއަށް ނޭނގެއެވެ.

ވިސްނުމަކަށް ގެއްލިފައިއިން ޝަޔަމް ސިހުނީ ކޮޓަރީގެ ދޮރު ހުޅުވައިލަމުން ނުހައިކް ވަނުމުންނެވެ. ލައިގެންހުރި ކޯޓު ބައިލައި އަތްމަތީގައި ބާއްވައިލައިފައި ވީއިރު ކަރުގައިއޮތް ޓައީވެސްވަނީ ކުޑަކޮށް ދޫކޮށްލައިފައެވެ. ނުހައިކް ފެނުމުން ހިނިތުންވެލަމުން އިންތަނުން ޝަޔަމް ތެދުވަން އުޅުނެވެ. އެތަންފެނި އަވަސް އަވަހަށް ނުހައިކް އައިސް ޝަޔަމްގެ އަތުގައި ހިފައިލިއެވެ.

"ޝަޔޫ ގާތު ބުނީމެއްނު މިދުވަސްކޮޅު އުޅެން ޖެހޭނީ ވަރަށް ބަލައިގެންނޭ.. ތިހެން އިނދެފަ ކުއްލިއަކަށް ނުތެދުވެބަލަ.." ލޯތްބާއެކު ބޮޑުވެފައިވި ޝަޔަމްގެ ބަނޑުގައި ނުހައިކް ފިރުމައިލިއެވެ. ނުވަމަސްވާން ގާތްވެފައިވީއިރު ހެލިފެލިވެ އުޅެން ޝަޔަމްއަށްވަނީ ދަތިވެފައެވެ.

"އަހަރެން ރަނގަޅޭ.. ނުހައިކް މާ ކަންބޮޑުވަނީ.." ނުހައިކްގެ އަތުގައި ޝަޔަމް ފިރުމައިލިއެވެ. އެވަގުތު ހުޅުވިފައިވި ލެޕްޓޮޕްގެ ސްކްރީނަށް ނުހައިކްގެ ނަޒަރު ދަތުރުކޮށްލިއެވެ. އަޒްހަރަށް ޝަޔަމް ކޮށްފައިވި އެކި މެއިލްތަކުން ސްކްރީން ފުރިފައިވިއިރު އެއިން އެއްވެސް އެއްޗަކަށް އަޒްހަރު ޖަވާބުދީފައި ނުވާކަން އޭނާއަށް އެނގެއެވެ. އޭނާ ގާތުގައި އެޝަކުވާ ނުކުރިނަމަވެސް ޝަޔަމް އެހިތާމަ އުފުލާކަން އޭނާއަށް ސިއްރުވެފައެއް ނެތެވެ.

"އަދިވެސް ބައްޕަ ނުރުހުންވެފަކަންނޭނގެ.. އެއްވެސް ޖަވާބެއް ނުލިބޭ.." ހިތުޖެހިފައި ޝަޔަމް ނުހައިކްގެ މޭގައި ލައްވެލިއެވެ. މާބަނޑު ވީއްސުރެ ކުދިކުދި ކަންކަމާއި ނިކަން ފަސޭހައިން ޝަޔަމް ދެރަވެ ހިތުޖެހެއެވެ. އެފަދަ ކޮންމެ ވަގުތެއްގައި ލޯތްބާއެކު ނުހައިކް ޝަޔަމްގެ ގާތުގައި ހުރެދެއެވެ. އޭނާގެ ހިތްވަރަަށް ވެދެއެވެ. މިފަހަރުވެސް ނުހައިކް ނަސޭހަތްތެރިވީ އެކަމާއި މާބޮޑަށް ނުވިސްނައި ކެތްތެރިވުމަށެވެ. ކޮންމެވެސް ދުވަހަކުން އަދި ބައްޕައަށް ވިސްނޭނޭ އޭނާ ބުނެލީ އޯގާތެރިކަމާއެކު ޝަޔަމްގެ ބޮލުގައި ފިރުމައިލަމުންނެވެ. ލަސްލަހުން ބޯޖަހައިލަމުން ޝަޔަމް ހިނިތުންވެލިއެވެ. އެހިނިތުންވުން ނުހައިކްގެ ހިތަށް ފިނިކަން ގެނެސްދިނެވެ.

ޝަޔަމް މާބަނޑުވީ ދުވަހުން ފެށިގެން އޮފީހުގެ ހުރިހައިކަމެއް އޭނާ ވަނީ ނުހައިކްއާއި ހަވާލުކޮށްފައެވެ. ގޭގައި ހުރެ އޭނާގެ ފިރިމީހާ އާއި ލިބެން އުޅޭ ދަރިފުޅުގެ ޒިންމާ އެންމެ ފުރިހަމަގޮތުގައި ނަގަން އޭނާ ބޭނުންވީއެވެ. އޮފީހަށް ނުދިޔައެއްކަމަކު ގޭގައިހުރެ އޮފީހުގެ ހުރިހައި ކަމެއްގައި ޝަޔަމް ނުހައިކްއަށް އެހީތެރިކަން ފޯރުކޮށްދެއެވެ. އަދި ސާރާގެ ގާތުން ގޭތެރޭގެ ހުރިހައިކަމެއްކަހަލަ ގޮތަކަށް ދަސްކޮށް އެކި ކަންކަމުގައި ސާރާއަށްވެސް އެހީތެރިކަން އޭނާ ފޯރުކޮށްދެއެވެ. ސާރާގެ ހިތުގައި ޝަޔަމްއަށްވީ އަމިއްލަ ދަރިއަކަށް ހުންނާނެފަދަ ލޯތްބާއި ކުލުނެވެ. ދެމީހުން އެކުގައި ގޭތެރޭގައި ހަރަކާތްތެރިވެފައި އުޅޭއިރު އެމާހައުލުން އަބަދުމެ ފެންނަމުންދަނީ އުފާވެރިކަމާއި ހަމަޖެހުމެވެ.

*****

ބަދިގޭގައި ހަރަކާތްތެރިވަމުންދިޔަ ލަމްޔާގެ ގައިގައި ފަހަތުން އައިސް ޒާއިން ބައްދައިލަމުން އެބަނޑުގައި މަޑުމަޑުން ފިރުމައިލިއެވެ. ކުރަންހުރި މަސައްކަތް ހުއްޓައިލަމުން ލަމްޔާ މަޑުމަޑުން މޫނު އަނބުރައިލި ވަގުތު އެކޯތާފަތުގައި ޒާއިން ބޮސްދިނެވެ.

"އަހަރެންގެ ލޯބި އަނބިމީހާ އާއި ކުޑަކުޑަ ދަރިފުޅުމަތިން ހަނދާންވާވަރުން މިއައީ.." ހަމަސްފުރެން ގާތްވެފައިވި ލަމްޔާގެ ބަނޑުގައި އަނެއްކާވެސް ޒާއިން ފިރުމައިލިއެވެ. ލުއި ގޮތަކަށް ހީލަމުން ޒާއިންގެ ބޮލުގައި ލަމްޔާ މަޑުމަޑުން ޖަހައިލިއެވެ.

"ކޮބާ މަންމަ އާއި ބައްޕަ..؟" އަނެއްކާވެސް ކުރަންހުރި މަސައްކަތަށް އެނބުރިދަމުން ލަމްޔާ އަހައިލިއެވެ.

"އެބައުޅޭ ބަގީޗާ ތެރޭ.. އަލަށް އިންދަން ގެނެސްފައިހުރި ގަސްތައް އިންދުމުގަ.. މިހާރު މަންމައާހެދި ބައްޕަވެސް އެހުރީ ރަނގަޅަށް އެކަމަށް ހިތްޖެހިފަ.." ހިނިގަނޑެއް ޖަހައިލަމުން ޒާއިން ބުނެލިއެވެ. ފުރިހަމަ އެއްއަހަރު ދުވަހު ނަޒީމްއަށް ފަރުވާ ދިނުމަށްފަހު ﷲ ގެ ހެޔޮ ރަހުމަތުން އޭނާ އަށް މިހާރު ހިނގައިބިނގައިވެ އުޅެވެއެވެ. އޭނާގެ އެންމެބޮޑު ހިތްވަރަކަށްވީ ތޮއިބާ އާއި ޒާއިންއެވެ. އެމީހުންގެ ފަރާތުން ލިބެމުންދިޔަ ހިތްވަރާއި އެހީތެރިކަމެވެ. ހީވެސްނުކުރާފަދަ ގޮތަކަށް ހަޔާތް ބަދަލުވެގެންދިޔައިރު ނަޒީމްގެ މޫނުމަތިން އަބަދުމެ ފައުޅުވަނީ ހިތްހަމަޖެހުމުގެ ކުލަވަރެވެ. މުސްކުޅިވީ ދުވަހު އޭނާގެ ވިޔަފާރި ބެލެހެއްޓުމަށް ޒާއިން ހަވާލުވުމުން މިހާރު އޭނާ ވިސްފައި ފިކުރުކުރަންޖެހޭ އެއްވެސްކަމެއް ނޯވެއެވެ. އޭނާގެ ގިނަވަގުތު ހުސްކުރަނީ ލޯބިވާ އަނބިމާހާއަަށްޓަކައެވެ. އެފަދައިން ތޮއިބާވެސް ގޭތެރޭގެ މަސައްކަތްތަކުން އަވަދިވުމުން ނަޒީމް އާއި އެކުގައި ގިނަ ވަގުތު ހޭދަކުރުމަށް އިސްކަންދެއެވެ. ދެމެދުގައިވި ލޯބި ފުންވެފައިވީ އެހެންވެއެވެ.

ލަމްޔާ އެނބުރި ކުރަންހުރި މަސައްކަތަށް ރުޖޫއަވުމުން ޒާއިންވެސް އެކި ކަންކަމުގައި ލަމްޔާއަށް އެހީތެރިކަން ފޯރުކޮށްދެމުން ދިޔައެވެ. ދޭތެރަކުން ކޮށްލާ ކުދިކުދި ސަމާސާތަކުން ދެމެދުގައިއޮތް ލޯބީގެ ފުންކަން ހާމަވެއެވެ. ޒާއިންގެ ލާނެތް ކުދި ގޯނާތަކުން އެތަނުގައި ލަމްޔާގެ ހުނުމުގެ އަޑު ގުގުމައިގެންދާއިރު އެއަޑުން ޒާއިންގެ ހިތަށް ލިބިފައިވީ ބަޔާން ނުކުރެވޭފަދަ ހަމަޖެހުމާއި އުފާވެރިކަމެވެ. ދިރިއުޅުން ފުރިހަމަވެއްޖެކަމުގެ ފޮނި އިހުސާސުން އެހިތް ފުރިގެންދެއެވެ. އަބަދުވެސް ލަމްޔާ އެގޮތުގައި ހިނިތުންވެފައި ހުރުމަށް އެދެވެއެވެ.

*****
ގޭގެ ބޮޑު ދޮރު ހުޅުވައިލަމުން އަޒްހަރު އެތެރެއަށް ވަތްއިރު އެބޮޑު ގޭގެ ތެރެއިން ފައުޅުވަމުންދިޔައީ ފަޅުކަމެވެ. ހަމަހިމޭންކަން ރަސްކަންކުރަމުންދިޔަ އެބޮޑުކޮޓަރިއަށް ނަޒަރު ހިންގައިލި އަޒްހަރުގެ މޫނުވަނީ މިލައި މޯޅިވެފައެވެ. މުޅި މީހާގެ ނަފުސަށްވެސްވަނީ ނޭނގޭ ހަމަހިމޭންކަމެއް ވެރިވެފައެވެ. މޫނުމަތީގައި އަތް އުނގުޅައިލަމުން ލެޕްޓޮޕް ދަބަހުގައި ހިފައި ބާރުކޮށްލަމުން އަޒްހަރު އެތެރަށް ވަނެވެ. ދެތިން ފިޔަވަޅު އަޅައިލިއިރު ދެ ނޯކަރަކު ގޭގެ ބޮޑު ބަދިގޭގައި ހަރަކާތްތެރިވަމުންދިޔަތަން ފެނުނެވެ. އިރުކޮޅަކު އެދިމާއަށް ބަލަން ހުރުމަށްފަހު ފުންނޭވާއެއް ދޫކޮށްލަމުން އަޒްހަރު ހިނގައިގަތެވެ.

ހަމަނިދި ނުލިބި ގިނަދުވަސްވެފައިވުމުން އޭނާގެ މޫނުމަތިން ފައުޅުވަމުންދިޔައީ ވަރުބަލިކަމެވެ. ރަތްވެފައިވި ދެލޯވެސް ހެކިދެމުން ދިޔައީ އެހަށިގަނޑަށް އަރާމުބޭނުންވާކަމެވެ. އެހެނަސް އެހަށިގަނޑަށް އަރާމެއް ދިނުމަކީ މިއަދު އޭނާއަށް އެންމެ ދަތިވެފައިވާ ކަންތައް ކަހަލައެވެ. އެއްވެސް ހުއްޓުމެއްނެތި ހަލަބޮލިކަމާއެކު ސިކުނޑި މަސައްކަތްކުރަމުން ދާއިރު އޭނާއަށް އަރާމެއްލިބޭނީ ކޮންފަދައަކުން ހެއްޔެވެ؟

ސައިނާ އާއި ޝަޔަމް ވަކިވެދިއުމަށްފަހު އޭނާގެ މުޅިހަޔާތްވަނީ ބަނަވެފައެވެ. އެމީހުންގެ ކުރިމަތީގައި އެދުވަހު ގަދަބަަސް ބުނި ނަމަވެސް އެކަމާ ދެރަވެ ހިތާމަނުކުރާ އެންމެ ދުވަހެއް އެފަހުން ފާއިތުވެ ގޮސްފައެއްނުވެއެވެ. ހިތަށް ލިބިފައިވި ހުސްކަން ފިލުވާނެގޮތެއް އޭނާއަކަށް ނުވިސްނުނެވެ. އަތުން ގެއްލިގެންދިޔައީ ކޮންފަދަ އަގުބޮޑު ޖަވާހިރުތަކެއްކަން އޭނާއަށް އިހުސާސުވީ އެމީހުނާއިވަކިން ދިރިއުޅުން ވޭތުކުރަން ފެށީމައެވެ. ކެއުން ބުއިމާއި ދުރުވެ އަބަދު ފުންވިސްނުމެއްގެ ތެރެއަށް ގެއްލިފައި އިނދެވެނީ ކިހައިއިރެެއް ވަންދެންކަމެއްވެސް ޚުދު އޭނާއަށް ނޭނގެއެވެ. އަނަރޫފަވަމުންދިޔަ ހަށިގަނޑާއި ވަޅުވަދެފައިވިދެލޮލުން އޭނާ ކުރަމުންދިޔަ ހިތާމައިގެ ފުންކަން ސާބިތުކޮށްދެއެވެ. އެދެމައިންނާއިއެކު ގޭގެ އުފާވެރިކަމާއި ހަމަޖެހުން ގެއްލި ގޮސްފިއެވެ. އެހާދިސާއަށްފަހު އެގޭގައި އުޅެން ބޭނުންނުވެ ކެނޑިގެންދިޔަ ނޯކަރުންގެ އަދަދުވެސް މަދެއްނޫނެވެ. ބަލައިލި ކޮންމެ ދިމާއަކުންވެސް ފެނިގެންދަނީ ހަމަހިމޭންކަމެވެ. ކިތަންމެ ފަހަރަކު އޭނާގެ ގޮތްދޫކޮށް ލޯބިވާ ހަޔާތުގެ ބައިވެރިޔާއާއި ދަރިފުޅުގާތަށް ގޮސް މައާފަށް އެދުމަށް ހިތް ބުނެއެވެ. އެހެނަސް އެމީހުނާއި ދޭތެރޭގައި ކަންތައްކުރެވުނު އިހާނެތިގޮތް ހިތަށް އަރައިފައި އެފަދަ ކަމެއްކުރާނެ ހިތްވަރެއް ނުލިބެއެވެ. ހިތާމަކޮށްކޮށް ގޮސް އަމިއްލަ މީހާ ބަލިވަމުންދިޔައިރުވެސް އަޒްހަރު ހުރީ އިސްވެ އެމީހުންގެ ގާތަށް ދާން ނުކެރިފައެވެ. މިގޮތުގައި ހުއްޓައި ހަޔާތުގެ ދުވަސްތައް ބޭކާރުވެ އެމީހުނާއި ބައްދަލުނުވެދާނެތީވެސް އޭނާ ފިކުރުބޮޑުވެއެވެ. ވިސްނެއެވެ. ނަމަވެސް ކުރިއަށް ފިޔަވަޅު އެޅުމަށް ހަމަޖެހިލުންވަނީއެވެ. އެދެމައިން އޭނާއަށް މައާފުނުކޮށްފިނަމަ ދެންކަންތައްވާނެ ގޮތެއް ޚުދު އޭނާއަށްވެސް ބުނެދޭކަށް ނޭނގެއެވެ.

އެޚިޔާލުތައް ނަފުސު ވަށައިލުމާއެކު އަޒްހަރުގެ ލޮލުން ކަރުނަ ތިއްކެތް ވެއްޓުނެވެ. ހަމައެކަނި ހުރި ލޯބިވާ ދަރިފުޅުދެކިލުމަށްވެސް އެހިތް އެދެމުންދިޔައީ އިންތިހާއަށެވެ. ޝަޔަމް އޭނާގެ ހަޔާތް ވޭތުކުރާނެ ގޮތަކާއިމެދުގައި ވިސްނެއެވެ. ޝަޔަމް އުފަލުން ހުރުމަށް ހިތް އެދެއެވެ. ދުލުން އެބަސްތައް ބޭރުނުވިއަސް އެހިތުގެ އެދުންކަމުގައި ވެފައިވީ އޭނާގެ ލޯބިވާ ދަރިފުޅު އުފަލުން ހުރުމެވެ.

ތުންފިއްތައިލި އަޒްހަރު ލެޕްޓޮޕް ނަގައި ސްޑަޑީ ޓޭބަލް މަތީގައި ބަހައްޓަމުން ހުޅުވައިލިއެވެ. ތުރުތުރުއަޅަމުންދިޔަ އަތުން އޭނާގެ މެއިލް ހުޅުވައިލުމާއެކު ޝަޔަމްގެ ފަރާތުން އެކި ދުވަސްމަތިން ލިބިފައިވި މެއިލްތައް އެލޮލުގައި އަޅައިގަތެވެ. ކީއްވެކަން ނުވިސްނުނަސް މިއަދު އެދަރިފުޅު މަތިން ހަނދާންވަނީ އިންތިހާއަށެވެ. އަޒްހަރު އަދި އަލަށްވެސް އެއިން އެއްވެސް މެއިލްއެއް ނުބަލައެވެ. އެއެއްޗެހި ކިޔައިގެން އޭނާގެ ހިތްވަރުއެލިދާނެތީ އޭނާ ކަންބޮޑުވެއެވެ. އެމެއިލް ތަކުގެ ސަބަބުން އޭނާގެ ހަމަޖެހުން އިތުރަށް ގެއްލިދާނެތީ ވިސްނެއެވެ. އެހެނަސް މިއަދު... މިއަދު އޭނާ ޝަޔަމް މަތިން ހަނދާންވަނީ ހާދަހައި ބޮޑަށެވެ. އެނޫން އެއްވެސްކަމަކާއި މެދުގައި އޭނާއަށް ޚިޔާލެއް ނުކުރެވެއެވެ. އެދަރިފުޅުގެ ހާލު އެނގިލަން ބޭނުންވަނީ އިންތިހާއަށެވެ.

ލޯފުސްވެގެންދިޔަ ކަރުނަތައް އަތުން ފުހެލަމުން ފުރަތަމަ ފަހަރަށް ހިތްވަރުކޮށްފައި އަޒްހަރު ލަސްލަހުން އެތަނުން އެއް މެއިލް ހުޅުވައިލިއެވެ. އަދި ފަރުވާތެރިކަމާއެކު ކިޔަންފެށިއެވެ. ޝަޔަމް ބަޔާންކޮށްފައިވަނީ އޭނާދެކެ ލޯބިވާ ވަރާއި ހަނދާންކުރާވަރެވެ. އޭނާގެ މައާފުލިބޭނެ ދުވަހަކަށް އިންތިޒާރުކުރާކަމެވެ. އޭނާގެ ދުޢާ ތަކުގައި އަބަދުވެސް އަޒްހަރު ހިމަނާކަމެވެ. އެމެއިލް ކިޔައި ނިމުނުއިރު އަޒްހަރުގެ ލޮލަށްވަނީ ތާޒާ ކަރުނަ ޖަމާވެފައެވެ. ތުންފަތް ފޫއަޅުވައިލުމަށްފަހު މަޑު އާހެއް ބޭރުވީއިރު އޭނާ ދެވަނަ މެއިލްވެސް ހުޅުވައިލައިފިއެވެ. މެއިލް އަކަށްފަހު މެއިލް އެއް ކިޔަމުންދިޔައިރު އަޒްހަރުގެ ލޮލުން އޮހޮރެމުންދިޔަ ކަރުނަތަކުން އެމުޅި މޫނުމަތި ތެންމައިލައިފިއެވެ. ދެލޯ ރަތްވެ ދުޅަވެއްޖެއެވެ. ހިނދެއް ހިނދަކަށް ބާރުވަމުންދިޔަ ގިސްލުމުގައިވީ ވޭނާއި ހިތާމައެވެ. ކުރެވުނު ކުށުގެ ބަރުކަމެވެ. ކުށްވެރި އިހުސާސަކުން ނަފުސު ބަނދެވިގެންދިޔައިރު އެވޭނަށް ކެތްކުރާނެ ގޮތެއް ނޭނގި އަޑުން އަޑުނަގައި ރޮއިގަނެވުނެވެ.

ހުރިހައި މެއިލް އެއްކިޔައި ނިމުނުއިރު އަޒްހަރަށް ހަމަ ރަނގަޅަށްވެސް ރޮވިއްޖެއެވެ. މިއަދު އެގިސްލުމުގެ އަޑު ސިއްރު ކުރާކަށްވެސް އޭނާ ބޭނުންނުވާކަހަލައެވެ. މުޅި ދުނިޔެއަށް ސިއްރުން ލައްކަ ދުވަހު އޭނާ ހިތާމަކޮށްފިއެވެ. އޭނާއަށް ކުރެވުނު ކުށް ކިތަންމެ ރަނގަޅަކަށްވެސް މިއަދު އިހުސާސުވެއްޖެއެވެ. ލައްކަ ދުވަހު އޭނާގެ ހަޔާތުގައިވި އެންމެ ލޯބިވާ ދެފަރާތާއި ވަކިން ދުވަސްތައް ހޭދަކޮށްފިއެވެ. އެމީހުނަށް ބޭނުންވިއަސް އެކަން ނުދައްކައި ހިތްވަރުކޮށްފިއެވެ. އެހެނަސް މިއަދު.. އާހް.. މިއަދު ޝަޔަމްގެ ކޮންމެ ލަފުޒަކުން އެހިތް ތޮރުފައިލީ ހީވެސްނުކުރާފަދަ ގޮތަކަށެވެ. ހިތުގައިވި ވޭން ފުންކުރުވައިފިއެވެ. އެދަރިފުޅު މަތިން ހަނދާންވަނީ އިންތިހާއަށެވެ. ސައިނާގެ ހާލު އެނގޭ ހިތުންވެސް ކެތްވަނީއެއްނޫނެވެ. އަދިވެސް ޝަޔަމް އޭނާއަށް ބޭނުންވާކަން ވިސްނުނު ވަގުތު ހުރިހައިކަމެއް ހަނދާންނައްތައިލަމުން އޭނާގެ ދަރިފުޅު ގާތަށް ދިއުމަށް ހިތް އެދުނެވެ. ކުރެވުނު ހުރިހައި ކުށަކަށް މައާފަށްއެދި އެއިން ކޮންމެ ކަމެއް ރަނގަޅުކުރަންވީ ވަގުތު ޖެހިއްޖެކަން ނަފުސު އަންގައިދިނެވެ. އަޒްހަރުގެ ނަފުސު ބަލިކަށިވެގެން ދިޔަވަގުތު އެހިތަށް ދާންވީ ރަނގަޅު މަގު ވިސްނިއްޖެއެވެ. އެތައްއިރަކު ރުއިމަށްފަހު ނޯއްދަމައިލަމުން އަޒްހަރު މޫނުމަތީގައި އަތް އުނގުޅައިލިއެވެ. އަދި މަޑުމަޑުން ޖީބުގައިއޮތް ފޯނު ނަގަމުން ނަމްބަރަކަށް ގުޅައިލުމަށްފަހު ކަންފަތުގައި ފޯނު ޖައްސައިލިއެވެ. އަމިއްލަ ނަފުސުގެ ޤަދަރާއި އިއްޒަތް ދޫކޮށްލުމަށްފަހު މިއަދު އޭނާ އެހުރީ އޭނާގެ ލޯބިވާ ދަރިފުޅަށްޓަކައި ގުރުބާންވާންވެސް ތައްޔާރަށެވެ. ވަގުތު ފާއިތު ނުވަނީސް އޭނާ އެކަން ޝަޔަމް އާއި ސައިނާއަށް ކޮންމެހެންވެސް އަންގަން ބޭނުމެވެ. އެޚިޔާލުން ލުއި ހިނިތުންވުމެއް އެތުންފަތުގައި ދެމިލިއެވެ. ބާރު ބާރަށް ތެޅެމުންދިޔަ ހިތަކާއެކު އޭނާގެ ޚިޔާލާއި އެއްގޮތަށް އަމަލުކުރުމަށް އަޒްހަރު އަވަސްވެގަތެވެ.

*****

ނުހައިކް ގުޅައިފައި ޝަޔަމްގެ ބަނޑުގައި ރިއްސާތީ ހޮސްޕިޓަލުގައި ބޭއްވިވާހަކަ ބުނުމާއެކު އަވަސް އަވަހަށް ތައްޔާރުވެލައިގެން ސައިނާ ހޮސްޕިޓަލަށް ދިއުމަށްޓަކައި ގެއިން ނުކުތުމަށް އައެވެ. އާދިލްއަށް ގޮވައިލަމުން ހަލުވި ހިނގުމެއްގައި އައިސް ގޭގެ ބޮޑު ދޮރު ހުޅުވައިލި ވަގުތު ހުރިފިޔަވަޅު މަތީގައި މީހާ ގަނޑުވިކަހަލައެވެ. ގޭގެ ބެލް ޖެއްސުމަށް އުފުލައިލި އަތް އަޒްހަރު ތިރިކޮށްލީ ސައިނާއަށް ފަރުވާތެރިކަމާއެކު ބަލަން ހުރެއެވެ. މަޑުމޮޅިކަން ފައުޅުވަމުންދިޔަ އެމޫނަށް ސައިނާއަށްވެސް ބެލެމުންދިޔައީ ލިބުނު ސިހުމެއްގެ ބޮޑުކަމުންނެވެ. ފުރިހަމަ ދެއަހަރު ދުވަހަށްފަހު އަޒްހަރު ފެނުމުން އޭނާއަށް ކުރެވުނީ ބަޔާންކުރަންވެސް ދަތި އިހުސާސުތަކެކެވެ. މުހުސިނާގެ ހިތްވަރުން އަޒްހަރު މަތިން ހަނދާން ނައްތައިލުމަށްފަހު ދިރިއުޅުމާއިގެން ކުރިއަށް ދިއުމަށް އޭނާ މަސައްކަތްކުރިއެވެ. އަދިވެސް އެކަމުގައި ކާމިޔާބު ނުވިނަމަވެސް އެހަށްކުރި ހިތާމަތަށް މިއަދު ވަނީ ކޮންމެވެސް ވަރަކަށް ލުއިވެފައެވެ.

"ސައިނާ.." ހިންދިރުވައިލި އަޒްހަރު މަޑުމަަޑުން ގޮވައިލީ ލޮލަށް ބޮނޑިވެގަތް ކަރުނަތަކާއެކު ސައިނާ އިސްޖަހައިލުމުންނެވެ. ބުނާނެ އެއްޗެއް ނުވިސްނި ހަމަހިމޭންކަމުގެ ކުޑަ ހިނދުކޮޅެއް ވޭތުވެގެން ދިޔައިރު އެސްފިޔަ ޖަހައިލަންވެސް ހަނދާންނުވެފައި އަޒްހަރު ސައިނާއަށް ބަލަމުންދިޔައެވެ. ލައިގެންހުރި ކަޅު އަބާޔާއާއި އަޅައިފައިވާ ކަޅުކުލައިގެ ޝޯލްގެ ސަބަބުން ސައިނާގެ ރީތިކަން އިތުރުވެފައިވާހެން އޭނާއަށް ހީވިއެވެ. ފަނޑު ހިނިތުންވުމެއް ވެރިވެގެންދިޔައީ އަމިއްލައަށް އޭނާގެ ވިސްނުން ބަދަލުވެފައިވާ މިންވަރު ހިތަށް ވެރިވުމުންނެވެ. ކުރިން އެފަދަ ހެދުންދެކެ ގަޔާނުވެވުނަސް މިއަދު އޭނާއަށް ސައިނާ ހެދުންއަޅައިފައިވާގޮތް ހާދަ ހިތްގައިމުވެއްޖެއެވެ.

"ސައިނާ.." ޖަވާބެއް ނުލިބުމުން ދެވަނަ ފަހަރަށްވެސް އަޒްހަރު ގޮވައިލިއެވެ. މިފަހަރު އިސްއުފުލައިލަމުން ކަރުނަވީ ދެލޮލުން ސައިނާ އަޒްހަރަށް ބަލައިލިއެވެ.

"އަހަރެންނަށް މައާފުކުރޭ ސައިނާ... އަހަރެން.. އެނބުރި މިއައީ ތިޔައިގެ ދެމައިންގެ.. ކިބައިން މައާފަށް އެދެން.. އަހަރެން ގަބޫލުކުރަން.. އޭރު އަހަރެންނަށް ކަންތައް ކުރެވުނީ ރަނގަޅަށްނޫންކަން.. ހަޔާތުން ތިދެމައިން ވަކިވެ ދިއުމުން އަހަރެންނަށް އިހުސާސުވި އަހަރެންގެ އަތުން ބީވެގެން ދިޔައީ ކޮންފަދަ އަގުބޮޑު ދެނިޢުމަތްކަން.. ބުނެ އެއްނު.. އަތުގައި އެއެއްޗެއް އޮތްހައި ދުވަހު އެއެއްޗެއްގެ އަގުވަޒަންކުރަން ނޭނގުނަސް އަތުން ބީވެދިއުމުން ހަގީގަތުގަ އެއެއްޗެއްގެ އަގު ވަޒަން ކުރެވޭނޭ.. އަހަރެންނަށްވެސްވީ އެފަދަ ގޮތެއް.. އެހެނަސް.. މިއަދު އަހަރެންނަށް ހެޔޮވިސްނުން ލިބިއްޖެ.. ކުރެވުނު ބޮޑު ކުށުގެ އިހުސާސުވެއްޖެ.. އާދޭސްކުރަން... އަހަރެންނަށް މައާފުކޮށްދީ..." ސައިނާގެ ކުރިމަތީގައި ދެއަތް ޖޯޑުކޮށްލަމުން އަޒްހަރު މައާފަށް އެދުނެވެ. އެލޮލުގައި ވިދަމުންދިޔަ ކަރުނައާއި އެއަޑުގައިވި މަޑުމައިތިރިކަމުން އަޒްހަރުގެ ވާހަކަތަކުގައިވި ތެދުވެރިކަން ސައިނާއަށް ވިސްނުނެވެ. އަތުގެ ނުފުށުން އޭނާގެ ލޮލުން ފައިބަމުންދިޔަ ކަރުނަތައް ފުހެލަމުން އަޒްހަރާއި ހަތަރުކަޅި ސައިނާ ހަމަކޮށްލިއެވެ.

"އަހަރެންގެ ހިތުގަ އަޒްހަރާއި މެދު އެއްވެސް ބުރަކަމެއް ނެތް.. އަހަރެންގެ ހިތަަށްދިން އަނިޔާއަށްވުރެ ބޮޑު އަނިޔާއެއް އަޒްހަރުގެ ސަބަބުން ތަހައްމަލުކުރި މީހުން އެބަތިބި.. ހަގީގަތުގަ އަޒްހަރު މައާފަށްއެދުން އެންމެ ހައްގުކަންބޮޑީ އެމީހުންގެ ކިބައިން.." ތުންފަތުގައި ދަތްއަޅައިލަމުން ސައިނާ ފުންނޭވާއެއް ދޫކޮށްލިއެވެ. ހިތުގައި ޝަކުވާވިއެއްކަމަކު ވިސްނިގެން އަޒްހަރު އައުމުން ސައިނާ އުފާވިއެވެ. ކިތަންމެ ހިތްނުރުހޭކަން ދެއްކިއަސް އެހިތުގައި އަޒްހަރަށްވީ ލޯބި އަދިވެސް އޭގެ އެންމެފުރިހަމަ ގޮތުގައި އެބައޮތެވެ. ސައިނާގެ ވާހަކަތަކާމެދު އެއްބަސްވަމުން އަޒްހަރު ބޯޖަހައިލިއެވެ. މިއަދު އޭނާ އައިސްއެހުރީ އަނިޔާވެރިވެވުނު ކޮންމެ މީހެއްގެ ކިބައިން މައާފަށް އެދޭށެވެ. ފާއިތުވެ ގޮސްފައިވީ ކަންތައް ބަދަލުކުރުމުގެ ބާރެއް އޭނާގެ ކިބައިގައި ނުވެއެވެ. އެހެނަސް އޭނާ އުއްމީދުކުރަނީ ހެޔޮ މުސްތަގުބަލަކަށެވެ. އެކަމަށްޓަކައި ކޮންމެފަދަ ކަމެއް ކުރަން ޖެހުނަސް އޭނާ ފަހެއްނުޖެހޭނެއެވެ.

"ޝަޔަމް.." ނުކެރިހުރެފައި އަޒްހަރު އަހައިލިއެވެ. ޝަޔަމްގެ މެއިލްތަކުން އޭނާ ބަނޑުބޮޑުކަން އެނގުނުހިނދު ހިތުގައި ޖަހައިލީ ތަފާތު ވިންދެކެވެ. ނުވެސް އެނގި ހުއްޓައި އޭނާ ކާފައަކަށް ވަނީއެވެ. އެކަން ހިތަށް ވެރިވުމާއެކު އަޒްހަރަށް ހިނިތުންވެވުނެވެ.

"އަޒްހަރު ތިއައީ އެންމެ ރަނގަޅު ވަގުތު.. ބަނޑަށް ތަދުވާތީ ޝަޔޫ އެބައޮތް ހޮސްޕިޓަލުގައި އެނދުމަތިކުރެވިފައި.. އަހަރެންވެސް މިދަނީ އެތަނަށް ދާން.. އަޒްހަރުވެސް އަންނަންވީނު.. ޝަޔަމްގެ ހަޔާތަށް އައި އެންމެ އުފާވެރި އެއްހިނދުކޮޅުގައި އަޒްހަރަށް ބައިވެރިނުވެވުނު.. ދެވަނަ ހިނދުކޮޅުވެސް އެފަދައިން ވުމަކަށް އަހަރެން ނޭދެން.." ލުއިކޮށް ހިނިތުންވެލަން ސައިނާ މަސައްކަތްކުރިއެވެ. ބޯޖަހައިލަމުން އަޒްހަރު އަވަސް އަހަށް ހިނގާށޭ ބުނެލީ ކެތްތެރިކަން ކުޑަވެފައި ހުރެއެވެ. އާދިލް ހުއްޓިހުރި ކާރާއި ދިމާއަށް އިޝާރާތްކޮށްލަމުން ސައިނާ ހިނގައިގަތުމާއެމު އަޒްހަރުވެސް ފަހަތުން ހިނގައިގަތީ ހިތް އަވަސްވެފައިހުރެއެވެ.

*****

ހޮސްޕިޓަލުގެ އެނދުމަތީގައި އޮތް ޝަޔަމްގެ ބޮލުގައި ފިރުމަން ގާތުގައި ނުހައިކް އިންއިރު އެމޫނުމަތިން ފައުޅުވަމުން ދިޔައީ ހާސްކަމެވެ. ތަދުއަރާ ވަގުތު ޝަޔަމް އުޅޭ ހާލު ފެނުމުން ނުހައިކްގެ ހިތުގައި ރިއްސައިގަންނަނީ ކެތްނުވާވަރަށެވެ. އެވޭން ޚުދު އޭނާގެ ގައިގައިވެސް އަޅާ ފަދައެވެ. އެނދުގެ އަނެއްފަރާތުގައި ޝަޔަމްގެ އަތުގައި ހިފަހައްޓައިލައިގެން ސާރާވެސް އިނީ ކަންބޮޑުވެފައެވެ. އެނދުގެ ފައިލާކޮޅާއި ދިމާލުގައި ޒާއިންއާއި ލަމްޔާ ހުއްޓިތިބިއިރު އެތަނުގައި ރަސްކަންކުރަމުންދިޔައީ ހަމަހިމޭންކަމެވެ.

ކުއްލިއަކަށް އެތަނަަށް ވަދެގެންއައި ސައިނާއަށް އެންމެންގެ ނަޒަރު ހުއްޓުނުއިރު އޭނާގެ ފަހަތުގައިހުރި އަޒްހަރު ފެނިފައި ސާރާއަށް ދެލޯ ބޮޑުކޮށްލެވުނެވެ. ވާންމިއުޅެނީ ކިހިނެއްބާއޭ ހިތަށްއަރައި އިންތަނުން އޭނާއަށް ތެދުވެވުނީ ބޭއިޚުތިޔާރުގައެވެ. އަޒްހަރުގެ ނުރައްކާތެރިކަމާއި އިންޒާރުތައް އޭނާ ވަށައިލިއެވެ. ނުހައިކްއަށްވެސްވީ އެފަދަ ގޮތެކެވެ. ހުއްޓުންއަރައިފައި އިނދެވުނުއިރު އެނިތަށް ކުދި ރޫތައްް ޖަމާވަމުންދިޔައެވެ.

އެންމެންގެ މޫނަށް ވަކިވަކިން ބަލައިލި އަޒްހަރު ޝަޔަމްއަށް ނަޒަރު ހުއްޓައިލިއެވެ. ޖެހިލުންވެފައިހުރެ އައިސް ޝަޔަމްގެ ގާތުގައި އެނދުކައިރީގައި މަޑުކޮށްލަން އުޅުމުން ސާރާ ދުރަށްޖެހިލީ ގަތްބިރުންކަމެއް ނޫނީ އަޒްހަރަށް ތަންދިނުމަށްކަމެއް ނޭނގެއެވެ. އެނދުގައިއޮތް ޝަޔަމްވެސް ދެލޯ ބޮޑުކޮށްލައިގެން އޮތީ ފެންނަމުންމިދަނީ ހުވަފެނެއްތޯ ނޫނީ ހަގީގަތެއްތޯ ނުވިސްނިފައެވެ.

ޝަޔަމްގެ ބޮޑު ދެލޮލަށް ބަލައިލި އަޒްހަރުގެ ދެލޮލުން ހޯސްލައިފައި ކަރުނަ ފައިބައިގަތެވެ. އެއްވެސް ޖެހިލުންވުމެއްނެތި ގިސްލަ ގިސްލައިފައި އޭނާ ރޯންފެށިއިރު ގުޑިލަންވެސް ނުކެރިފައި އެންމެންތިބީ ހިލައިގެ ބުދުތަކެއް ފަދައިންނެވެ.

ބައްޕަގެ ވޭންދެނިވި ގިސްލުމުން ޝަޔަމްގެ ހިތްވެސް ރޮއްވައިލައިފިއެވެ. އެމަޑު ތުންފަތް ފޫއަޅުވައިލުމަށްފަހު ގިސްގެއަޑު ބޭރުވީ ކެތްނުވުމުންނެވެ. އެއާއެކު އަޒްހަރު ދެފަރާތަށް ބޯހޫރުވައިލީ ނުރޯށޭ ބުނާފަދަ ގޮތަކަށެވެ. ކުޑައިރުކޮޅެއް ބަހެއްނުބުނެ ރުއިމުގައި ވޭތުވެގެން ދިއުމަށްފަހު އެންމެފަހުން އަޒްހަރު ތަކުރާރުކޮށް މައާފަށް އެދެން ފެށިއެވެ. އެންމެންގެ ހާޟިރުގައި އޭނާގެ ކުށަށް އިއުތިރާފުވަމުން މައާފަށް އެދެމުންދިޔައިރު ކޮންމެ މީހެއްގެ ލޮލަށްވެސް އެމަންޒަރުން ކަރުނަ ޖަމާވަމުންދިޔައެވެ. ޝަޔަމްއާއި ސައިނާ އޭނާގެ ހަޔާތުން ދިއުމުން އޭނާއަށް ކުރެވުނު ކުށުގެ އިހުސާސުވެއްޖެކަމާއި އޭނާއަށް މައާފުކޮށް ދެވަނަ ފުރުސަތެއް ދިނުމަށް އެދުނެވެ. ޝަޔަމްގެ މެއިލްތައް ކިޔުމަށްފަހު އޭނާއަށް އިތުރަށް އެމީހުނާއި ދުރުގައި ކެތްނުވި ވާހަކަ އަޒްހަރު ބުނެލީ އަސަރާއެކުއެވެ. އަމިއްލަ އަތުން ހަލާކޮށްލެވުުނު ދިރިއުޅުން އާބާދުކުރަން ބޭނުންވާވާހަކަ އަޒްހަރު ބުނެލީ އިސްޖަހައިލަމުންނެވެ. ލަދުވެެތިކަމާއި ޖެހިލުންވުމާއެކު އަޒްހަރު ސާރާގެ ކިބައިން އަތްޖޯޑުކޮށް ތަކުރާރުކޮށް ދެވުނު ކޮންމެ އަނިޔާއަކަށް މައާފަށްއެދުނެވެ. އަޒްހަރަށް ހެޔޮވިސްނުން ލިބުމުން މައާފު ނުކުރަންވީ އެއްވެސް ސަބަބެއް ސާރާއަކަށް ނުވިސްނުނެވެ. އެހެންނޫނަސް އޭނާއަކީ އެއްއިރެއްގައިވެސް މީހުނާއި މެދުގައި ހިތްނުބައި މީހެއްނޫނެވެ. އޭނާގެ ދަރިންނަށްވެސް އޭނާ ދަސްކޮށްދިނީ އެއާދައެވެ. މީހަޖު ދެރައެއްދިނަސް އެކަމުގެ ބަދަލު ނުހިފުމަށެވެ. ވިސްނިގެން އަތުވެއްޖެނަމަ މައާފުކޮށްދިނުމަށެވެ. އެކަމެއްގެ ބަދަލު ﷲ އެމީހަކަށް ދެއްވާނެއެވެ. މާފަށް އެދޭމީހާއަށްވުރެ ހެޔޮހިތުން މައާފުކުރާ މީހެއްގެ ދަރަޖަ އުފުލިގެންވެއެވެ.

މައާފަށް އެދުމާއި މައާފުކުރުމުގެ އެވަގުތުކޮޅު ދެމިގެންދިޔައީ ހިނދުކޮޅަކަށެވެ. ޝަޔަމްގެ ބަނޑަށް ކުއްލިއަކަށްއެރި ތަދާއިއެކު އެނދުގެ ބެޑްޝީޓްގަނޑު ތެމިގެންދިޔަފަދަ އިހުސާސެއްކުރެވުނެވެ. ނުހައިކްއަށް އެކަން ފާހަގަވުމާއެކު އަވަސްވެގަތީ ޑޮކްޓަރާއި ނަރުހުންގެ ސަމާލުކަމަށް އެކަން ގެނައުމަށެވެ.

ވިއްސާކޮޓަރިއަަށް ޝަޔަމް ވެއްދިވަގުތަކީ ނުހައިކްގެ ހިތުގެ ތެޅުން އިންތިހާއަށް އަވަސްވެގެންދިޔަ ވަގުތުކޮޅެކެވެ. ދުވަމުންކަހަލަ ގޮތަކަށް އެވަގުތު ތޮއިބާ އާއި ނަޒީމްގެ އިތުރުން އަބްދު ﷲ އާއި ރަޔާންވެސް އެތަނަށް އައެވެ. ޒާއިންގެ ގާތަށް އެމީހުން ލެފިލަމުން ޝަޔަމްގެ ހާލު އޮޅުންފިލުވިއެވެ. ޒާއިންގެ އާއިލާއަށް ނުވަތަ ގާތްމީހަކަށް ކަމެއްޖެހޭ ކޮންމެ ވަގުތަކު އަބަދުވެސް އަބްދު ﷲ އާއި ރަޔާންގެ އެހީތެރިކަމާއި ހިތްވަރު އޭނާއަށް ލިބެއެވެ. ޒާއިންގެ ކޮނޑުގައި ޖަހައިލަމުން ލަމްޔާއަށް ބަލައިލައި އޭނާގެ ހާލު ރަޔާން އޮޅުންފިލުވައިލިއެވެ.

އެންމެނާއި ތަންކޮޅެއް ދުރުގައި ހާސްކަމާއެކު މަޑުކޮށްލައިގެންހުރި ނުހައިކް ފެނުމުން ލަސްލަހުން އަޒްހަރު އެދިމާއަށް މިސްރާބުޖެހިއެވެ. އޭނާގެ ގާތުގައި މީހަކު ހުއްޓިލިކަމުގެ އިހުސާސުކުރެވި އިސްއުފުލައިލަމުން ނުހައިކް ބަލައިލިއެވެ. ކުރިމަތީގައިހުރި އަޒްހަރު ފެނުމުން ހައިރާންވިއަސް އެއްވެސް އެއްޗެއް ނުހައިކް ނުބުންޏެވެ.

"އަހަރެންނަށް މައާފުކުރޭ.. އެންމެންގެ ކިބައިން ވަކިވަކިން މައާފަށް އެދުނުއިރުވެސް ނުހައިކްއާއި ކުރިމަތިލާނެ ހިތްވަރެއް ނުލިބުނު.. އަހަރެންގެ އަނިޔާވެރިކަން އެންމެ ބޮޑަށް ތަހައްމަލުކުރަން ޖެހުނީ ނުހައިކްއަށް.. އެނގޭ ކުރެވުނީ މައާފު ހައްގުނޫން ކުށެެއްކަންވެސް.. އެހެންވިއަސް.. އަހަރެންގެ ބޮޑާކަމާއި ކިބުރުވެރިކަން ދޫކޮށް މިއައީ ނުހައިކްއާއި ތިއާއިލާގެ ކިބައިން މައާފަށް އެދެން ބޭނުންވާތީ.. ޝަޔަމްގެ ކޮންމެ އުފަލަކަށް ރުހޭ ހާލު.. އޭނާގެ ހޮވުން ބަލައިގަންނަން ތައްޔާރަށްހުރި ހާލު.. ހިތުން ރުހުމުން ތިދެކުދިން އެކުގައިވުމަށް އެދެނީ.." ނުހައިކްގެ ގާތުގައި ފާރުގައި ލެގިލަމުން އަޒްހަރުވެސް ދުރަށް ނަޒަރު ހުއްޓައިލިއެވެ.

އެއްވެސް އެއްޗެއް ނުބުނާނެހެން ހީވާހައި އިރުގަނޑެއް ފާއިތުވުމަށްފަހު ނުހައިކް މަޑުމަޑުން ވާހަކަދައްކަން ފެށިއެވެ. "ހަގީގަތުގައި ތިއަނިޔާވެރިކަން އެންމެ ބޮޑަށް ޖެހުނީ އަހަރެންގެ މަންމައަށް.. އެހެނަސް.. އެމަންމަގެ ހިތް ހަލާލު ލިބިއްޖެނަމަ އަހަރެން ރުޅި އިސްކުރަންވީ އެއްވެސް ސަބަބެއްނެތް.. އެމަަންމަ ތެދުހިތުން މައާފުކޮށްފިނަމަ އެއީ އަހަރެންގެ މައާފުވެސް ލިބުންފަދަ.. ތިއީ ޝަޔަމްގެ ބައްޕަ.. ޚުދު އަހަރެންގެ ބައްޕައަށް ކުރާފަދަ ޤަދަރާ އިހުތިރާމު އަހަރެން އަހަރެންގެ އަނބިމީހާގެ މައިންބަފައިންނަށްވެސްކުރަން.. ބައްޕަމަތިން ޝަޔަމް ކޮންމެ ދުވަހަކު ހަނދާންކުރޭ.. ބައްޕައަށްޓަކަައި ހެޔޮދުޢާކުރޭ.. ބައްޕައަށް ވިސްނި އެނބުރިއައިސް މައާފަށް އެދުމުގެ ފުރުސަތު ލިބުނީ އެދުޢާތަކުގެ ސަބަބުންކަމަށްވެސް ވެދާނެ.. ޝަޔަމްގެ ހިތުގައި ބައްޕައަށްވީ ލޯބީގެ ސަބަބުންކަމުގައިވެސް ވެދާނެ.. އަހަރެންގެ ލޯބިވާ މަންމައާއި އަނބިމީހާގެ ހައްގުގައި.. ވެދިޔަތަން ހަނދާންނައްތައިލުމަށްފަހު އަހަރެން ހިތް ހަލާލުކޮށްފިން.." ދެމީހުންގެ މޫނުމަތީގައި ފަނޑު ހިނިތުންވުމެއް ރަސްކަންކުރަމުންދިޔައިރު އެމަންޒަރުބަލަންހުރި ސައިނާއަށް އެތަނަށް އައިސް ހުއްޓުނު މުހުސިނާގެ އަތުގައި ބާރަށް ހިފައިލެވުނެވެ. އެވަގުތު ވިއްސާކޮޓަރީގެ ދޮރު ހުޅުވައިލަމުން ނަރުސްކުއްޖަކު ބޯދިއްކޮށްލިއެވެ. ނުހައިކް އެދިމާއަށް އަވަސްއަވަހަށް އައިސް ހުއްޓެމުން ޝަޔަމްއާއި ދަރިފުޅުގެ ހާލު އެހިއެވެ.

"މަރުޙަބާ.. އަންހެން ކުއްޖެއް ލިބުނީ.. އިރާދަފުޅުން ދެމައިންގެ ހާލުވެސް ރަނގަޅު.." ހިނިތުންވެލަމުން ނަރުސްކުއްޖާ ބުނެލުމާއެކު އެންމެނަށް ހަމްދުއެޅުނީ ލިބުނު އުފަލެއްގެ ބޮޑުކަމުންނެވެ. ޒާއިން ހުރީ ކުރީބައިގައި ޝަޔަމްއަށްޓަކައި ޕްރިވެޓް ކޮޓަރިއެއް ހަމަޖައްސައިފައިކަމުން އެކަމާއި އިތުރަށް އުޅޭކަށް ނުޖެހުނެވެ. އެންމެން ހަމަޖެހިލިވަގުތު މަޣްރިބް ނަމާދުގެ ބަންގީގެ އަޑު ކަންފަތުގައި ޖެހުނެވެ. ޝަޔަމް ނެރެން ވަގުތުކޮޅެއް ވާނެކަމުން ހުރިހައި ފިރިހެންވެރިން މިސްކިތަށް ދިއުމަށް އަވަސްވެގަތެވެ. އެވަގުތު އަޒްހަރު ނުހައިކްއަށް ގޮވައިލަމުން ނުކެރިހުރެފައިވެސް އޭނާވެސް އެމީހުނާއި ބައިވެރިވާން ބޭނުންވާހަކަ ބުނެލިއެވެ. ފުޅާހިނިތުންވުމެއް ނުހައިކްގެ ތުންފަތަށް ވެރިވެގެންދިޔައިރު އަވަހަށް ބޯޖަހައިލީ އަންނާށޭ ބުނަމުންނެވެ. ރޮވިފައި އެތަންދެކެންހުރި ސައިނާގެ ކޮނޑުގައި ސާރާ ބާރަށް ހިފަހައްޓައިލިއެވެ. ދެން ﷲ ގެ އިރާދަފުޅުން ހުރިހައިކަމެއްވެސްދާނީ އެންމެ ރަނގަޅަށޭ ބުނެލާކަހަލައެވެ.

ޝަޔަމް ޕްރައިވެޓް ކޮޓަރިއަކަށް ބަދަލުކުރެވުމާއެކު ހުރިހައި މީހުން އެތަނަށްވަނީ ޝަޔަމްއާއި ނުހައިކްއަށް މަރުހަބާކިޔަމުންނެވެ. އެތުއްތު ދަރިފުޅު އުރައިލެވުނު އެންމެ ފުރަތަމަ ވަގުތުކޮޅުވެސް ނުހައިކްގެ ހިތަށް ލިބުނީ ބަޔާންނުކުރެވޭފަދަ ފޮނިކަމެކެވެ. މިއިން ދުވަހަކުވެސް އެފަދަ އިހުސާސެއް ކުރެވުނުކަމެއް ނޭނގެއެވެ. ހިނިތުންވެފައިއޮތް ޝަޔަމްގެ ނިތުގައި ބޮސްދެމުން އެތުއްތު ތުއްތު ފުށްގަނޑެއްފަދަ ދަރިފުޅުގެ ނިތުގައިވެސް ނުހައިކް ބޮސްދިނެވެ.

ދުރުގައިތިބި ސައިނާ އާއި އަޒްހަރާއި ދިމާއަށް ޝަޔަމް އަތްދިއްކޮށްލުމުން އެމީހުން އައިސް ޝަޔަމްގެ އެނދުގެ ދެފަރާތުގައި މަޑުކޮށްލިއެވެ. އެވަގުތު ދެމީހުނަށް ބަލައިލަމުން އެދެމީހުންގެ އަތްގެނެސް ޝަޔަމް ގުޅުވައިލީ އެއަމަލުން އެހިތުގެ އެދުން ހާމަކޮށްދެމުންނެވެ. ސިހިފައި ސައިނާ އަޒްހަރަށް ބަލައިލިއިރު އަޒްހަރުވެސް ހުރީ ސައިނާއަށް ބަލާށެވެ. ޝަޔަމްގެ އެއެދުން ދެމީހުނަށްވެސް ވިސްނުނެވެ. ކައިވެނީގެ މަތިވެރިގުޅުމުން ސައިނާ އޭނާއާއި އަލުން ގުޅިފާނަންތޯ އަޒްހަރު އަހައިލުމާއެކު ދެލޯބޮޑުކޮށްލަމުން ސައިނާ އިސްޖަހައިލިއެވެ. އަޒްހަރުގެ އެޖެހިލުންކުޑަކަމުން ސައިނާގެ މޫނު ލަދުން ރަތްވެގެންދިޔައިރު އެންމެންގެ ހުނުމުގެ އަޑު އެކޮޓަރީގައި ގުގުމައިލިއެވެ. ލަދުގަތްނަމަވެސް ލަސްލަހުން ސައިނާ ބޯޖަހައިލީ އަޒްހަރުގެ އެދުން ގަބޫލުކުރާކަން އަންގައިދެމުންނެވެ.

ޝަޔަމް ހޮސްޕިޓަލުން ދޫކޮށްލިތާ ހަފުތާއެއްތެރޭ އަޒްހަރާއި ސައިނާގެ ކައިވެނި ކޯޓުގައި ކުރެވުނެވެ. އެކަމުން އެންމެ ބޮޑު ހަމަޖެހުމެއް ގެނުވީ ޝަޔަމްއަށެވެ. މަންމައާއި ބައްޕަ އަލުން ގުޅުމުން އޭނާގެ ސަބަބުން ވަކިވި އާއިލާ ފުރިހަމަވީފަދަ އިހުސާސެއް ކުރެވުނެވެ. ދުވަސްކޮޅަކު އެމީހުންގެ ގާތުގައި މަޑުކުރުމަށްފަހު އެނބުރި ސައިނާ އާއި އަޒްހަރު އަލުން އޮސްޓްރޭލިއާއަށް ދާގޮތަށް ހަމަޖެހުނެވެ. އުފާވެރިކަން ޝަޔަމްގެ މޫނުމަތިން ފެންނަމުންދިޔައިރު އެހިތުގެ ދުޢާ މާތް ރަސްކަލާނގެ އިޖާބަ ކުރެއްވީތީ އެކަލާނގެއަށް ހަމްދުކޮށް ޝުކުރުވެރިވެވުނެވެ.

ވާރޭގެ އެތައްހާސްތިކިތަކުން މާހައުލުގައި އުފައްދައިފައިވަނީ ހިތްގައިމު ރީތިރާގެކެވެ. ހިތްތަކަށް ހަމަޖެހުން ލިއްބައިދޭފަދަ މަޑު ފިނިކަމެއް ފަޒާގައި ހިފައިލައިފައިހުރީ ޖެހެމުންދިޔަ ފިނި ރޯޅިތަކުންނެވެ.

ޝަޔަމްގެ އުނގުގައި ނިދިފައިއޮތް ތުއްތު އަލްޔާ އުރައިލަމުން ނުހައިކް އައިސް ކުޑަ އެނދުގައި ބާއްވައިލީ ނުހަނު ލޯބިންނެވެ. ކުދި ބާލީސްތައް ކައިރިކޮށްލުމަށްފަހު ހިންދެމިލަމުން ލަސްހިނގުމެއްގައި އައިސް ޝަޔަމް ގާތުގައި އިނށީނެވެ. އަދި ލޯބިން އަނބިމީހާގެ މޫނަށް ބަލައިލަމުން އޮށޯވެ އެއުނގައި ބޯއެޅިއެވެ. ނުހައިކްގެ އިސްތަށިގަނޑުގައި މަޑުމަޑުން ފިރުމަމުންދިޔަ ޝަޔަމް ލޯތްބާއެކު ނުހައިކްއަށް ބަލައިލަމުން ވާހަކަދައްކަން ފެށިއެވެ.

"ދިރިއުޅުން މިއަދު ފުރިހަމަވެއްޖެކަމުގެ އިހުސާސުކުރެވިއްޖެ.. އެހުރިހައި ހުރަސްތަކަކާއެކުވެސް އަހަރެމެން ގުޅުއްވުމަށް މިންވަރު ކުރެއްވި ރަސްކަލާނގެއަށް ހަމްދުހުރި.. ނުހައިކް.. ތެދަށް ބުނާނަމަ.. އަހަރެންގެ ދިރިއުޅުމުގައި މިހިސާބަށް މިއާދެވުނީ ނުހައިކްގެ ސަބަބުން.. އަހަރެންނާ ނުހައިކް ބައްދަލުނުވިނަމަ މިއަދުވެސް އަހަރެން ވީހީ ޣާފިލް ކަމުގެ ތެރޭގައިކަންނޭނގެ.. އެކަލާނގެ އަހަރެންނަށް ހިދާޔަތްދެއްކެވުމަށް މިންވަރު ކުރެއްވީ ނުހައިކް.. ތި ލޯބި.. އާން.. "ތިޔަ ލޯބީގައި" އަހަރެންނަށް އަހަރެންގެ ވެރި ރައްބަކީ ކޮންފަރާތެއްކަން އެނގުނީ.. އެފަރާތަށް ފުރިހަމައަށް ކިޔަމަންވެ ހިދާޔަތުގެ މި އަލިކަމަށް ލޯހުޅުވުނީ.. ޣާފިލްކަމުގެ ނިދިން ހޭލައްވައި މިހިސާބަށް އައުމަށް ހިތްވަރަކަށްވީ.. އަހަރެން ކިހިނެއް ކޮންގޮތަކަަށް ޝުކުރުވެރިވާނީ؟ އެކަލާނގެ އޯގާވަންތަކަމުން އަހަރެންނަށް ތިފަދަ އޯގާތެރި ފިރިއެއް މިންވަރުކުރެއްވީ.. ﷲ ގަންދީ ބުނަން.. އެކަލާނގެ ހިދާޔަތުގެ އަލި ނޫރަށްފަހު މިދިރިއުޅުމުގައި ލެއްވި އެންމެ އަގުބޮޑު ނިއުމަތަކީ ތީކަން ޔަގީން.. އިރާދަކުރެއްވިއްޔާ ދުވަހަކުވެސް އަހަރެމެން ދެން ވަތްކެތްނުވާނެ.. އެހާވެސް ލޯބިވޭ.." ޝަޔަމްގެ ލޮލުން ވެއްޓުނު ކަރުނަތިކި ނުހައިކްގެ ކޯތާފަތުގައި ބީހިލުމަށްފަހު އެލޮލުން ފައިބަމުންދިޔަ ކަރުނައާއި އެކުވިއެވެ. ގުދުވެލަމުން ނުހައިކްގެ ނިތުގައި ޝަޔަމް ބޮސްދިނެވެ. އެއާއެކު އެއުނގުން ތެދުވަމުން ނުހައިކް ޝަޔަމް ގަޔާއި ގާތްކޮށްލީ ދުވަހަކުވެސް ދޫކޮށްނުލާނަމޭ ބުނެލާފަދަ ގޮތަކަށެވެ. ޝަޔަމްގެ މޫނުގެ އެތަން މިތަނުގައި ބޮސްދެމުންދިޔައީ އެހިތުގެ ޖަޒުބާތުތައް ބުނެދޭނެ އެހެންގޮތެއް ނުވިސްނިފައި އިނދެއެވެ. ކޮންމެ އަމަލަކުން ވާލޯބި ހާމަކޮށްދެމުންނެވެ.

*****

ކޮޓަރީގެ ހުޅުވައިފައިވާ ކުޑަދޮރުގެ ކައިރީގައި ހުއްޓި ލަމްޔާ ހުރިއިރު ދޫކޮށްލައިފައިވާ ފަންދިގު އިސްތަށިގަނޑުގައި، ޖެހެމުންދިޔަ ރޯޅިތައްް ކުދިކުދި ސަމާސާ ކުރަމުންދިޔައެވެ. ހިނިތުންވެފައި ވެހެމުންދިޔަ ރަހުމަތުގެ ވާރެއަށް ނަޒަރު ހުއްޓައިލައިގެންހުއްޓައި ފަހަތުން އައިސް ޒާއިން ލަމްޔާގެ ގައިގައި ލޯބިން ބައްދައިލިއެވެ. ވައިރޯޅިއާއެކު ވިހުރެމުންދިޔަ އެއިސްތަށިގަނޑު އެއްފަރާތްކޮށްލަމުން ލަމްޔާގެ ބޮލުގައި ލުއިކޮށް ބޮސްދިނެވެ.

"ޒާން.." ލޯބިން ލަމްޔާ ގޮވައިލިއެވެ. ހޫން ލައްވައިލަމުން އަނެއްކާވެސް ޒާއިން ލަމްޔާގެ ބޮލުގައި ބޮސްދިނެވެ. އަދި ލަމްޔާގެ ބޮޑުވެފައިވި ބަނޑުގެ ދެފަރާތުން އަތްވަށައިލަމުން ވާރޭގެ ކުދި ތިކިތަކަށް ނަޒަރު ހުއްޓައިލިއެވެ.

"އަހަރެންގެ ދިރިއުޅުން ދުވަހަކުވެސް މިހައި ފުރިހަމަވެދާނެކަމަަށް ހިއެއްނުކުރަން.. ދުވަހެއްގެ ކޮޅުންވެސް އަހަރެންގެ އެއަނދިރި ދިރިއުޅުން ދޫކޮށް މިފަދަ ދިރިއުޅުމެއް ޚިޔާރުކޮށްފާނޭ ހިތަށްވެސް ނާރާ.. އެކަމަކު.. ލަމްއާ ދިމާވި ހިސާބުން އަހަރެންގެ މުޅި ދިރިއުޅުން ބަދަލުވެއްޖެ.. ހެވާއި ނުބައި ވަކިވެ ދާންވީ ރަނގަޅު މަގު ޚިޔާރުކުރަން އެނގިއްޖެ.. ދިރިއުޅުމުގެ ހަގީގީ މަގުސަދު ވިސްނިއްޖެ.. ލަމް.. މިއަދު އަހަރެން ހަގީގަތުގައި މީހަކަށްވެފަ މިހުރީ، އަދި ދިރިއުޅުމުގައި މިހިސާބަށް އާދެވިފައި މިހުރީ ތި ލޯބީގެ ސަބަބުން.. "ތިޔަ ލޯތީބައި" އަހަރެންގެ ވީރާނާވެފައިވި މުޅި ދިރިއުޅުން ބަދަލުވެއްޖެ.. އަހަރެންގެ ދިރިއުޅުން އާބާދުވެއްޖެ.. ކަނިވެ ނިވެމުންދިޔަ އުއްމީދުގެ ހުޅުކޮޅު ބޮޑުވެއްޖެ.. އަހަރެންނަށް ހިތްހަމަޖެހޭ އުފާވެރި އައު ހަޔާތެއް ލިބުނީ "ތިޔަ ލޯބީގައި".. ދުވަހަކުވެސް ދޫކޮށްލާކަށް ނެތިން.. އުމުރަށް އެދެނީ އެކުގައި ވުމަށް.. އިރާދަކުރެއްވިއްޔާ މަރުވެ ދާނީވެސް "ތިޔަ ލޯބީގައި".. ޖަންނަތުގައިވެސް ވުމަށްއެދެނީ ލަމްއާ އެކު.. އައި ލަވް ޔޫ މައި އެންޖެލް.." ލަމްޔާގެ ކޮލުގައި ބޮސްދެމުން އެބަނޑުގައި ޒާއިން ފިރުމައިލިވަގުތު ދަރިފުޅު ތޮޅިލިއެވެ. އެކަން އިހުސާސުވެ ލަމްޔާވެސް ޒާއިންގެ އަތްމަތީގައި އޭނާގެ އަތްތިލަ ބާއްވައިލިއެވެ. ލޮލުން ފައިބަމުންދިޔަ އުފާވެރިކަމުގެ ކަރުނަތަކާއެކު މަޑުމަޑުން ޒާއިންއަށް ގޮވައިލެވުނީ، ޒާއިންގެ ވާހަކަތަކުން ހިތަށް އަސަރުކުރިވަރުންނެވެ. ބުނާނެ އެއްޗެއް ލަމްޔާގެ ދުލުކުރިއަށް ނައުމުން އިތުރަށް ޒާއިންގެ ގައިގައި ޖެހިފިތިލިއެވެ. ޒާއިންވެސް ލަމްޔާ އިތުރަށް އެމެޔާލައި ބޮނޑިކޮށްލަމުން އަނެއްކާވެސް އެބަނޑުގައި ލޯބިން ފިރުމައިލިއެވެ. އެހިނދު އެތުއްތު ދަރިފުޅު ތޮޅިލުމާއެކު ދެހިތަށް ލިބުނީ ބަޔާންކުރަންދަތި އުފަލެކެވެ. މަންމަ އާއި ބައްޕަގެ ހިތުގައިވި ތެދުވެރިލޯބި އެތުއްތު ދަރިފުޅަށްވެސް އިހުސާސުކުރެވުނީ ކަހަލައެވެ. ކަރުނައިގެ ތެރެއިން ހިނިތުންވެލަމުން ލަމްޔާ އެނބުރި ޒާއިންއަށް ބަލައިލިއެވެ. އެވަގުތު ޖެހިލި މަޑު ވައިރޯޅިއަކާއެކު ކުޑަދޮރުގައި އެލުވައިފައިވާ ތުނި ފަރުދާ އެދެމީހުން ފޮރުވައިލީ ވަޔާއެކުގައި އައި ވާރޭގެ ތިކިތަކުން ސަލާމަތްކުރުމަށް ކަހަލައެވެ. އެތުނި ފަރުދާއަށް އެޅިފައިވި ދެމަފިރިންގެ ހިޔަނި ދާދި ކުޑައިރުކޮޅެއްގެ ތެރޭގައި އެކަތިގަނޑަކަށްވެގެންދިޔައީ ދެހިތަަށް ހަމަޖެހުން ގެނުވަމުންނެވެ. ލޯބި އިތުރުކޮށްދެމުންނެވެ. އަބަދުމެ އެކުގައި ވުމަށް އެތައްވައުދަކާއި އަހުދެއް ވަމުންނެވެ.

(ނިމުނީ)

  Please log in or register to bookmark.
  5k

  14 ޚިޔާލު

  1. އޯއެމްޖީ ވވވވވވވވވވވވވވވވވވވވވވވވވވ ވވވވވވވވވވވވވވވވވވވވވވވވވވބވވ ވެސް ރީތި އަދި ވެސް މިކަހަލަ ރީތި ވާހަކަ ގެނެސްދޭނެ ކަމައް ަަުަަުްމިދު ކުރަން

  2. ޢައްސަލާމު އަލައިކުމް ނައު. ކިހިނެއްތަ ހާލު؟ މާޝާﷲ ވާހަކަ ވަރަށް ރީތި އިނގޭ. މި ވާހަކަ ނިމުނަސް މިޔޫ އުއްމީދު ކުރަން އަދިވެސް އިތުރު ވާހަކައެއް ކިޔާލަން ލިބޭނެ ކަމަށް. ލަވް ޔޫ ސޯ މަޗް ސިސް.

   14
   • ވަޢަލައިކުމް ސަލާމް މިޔޫ.. އަލްހަމްދުލިއްލާޙް.. ވަރަށް ރަނގަޅު.. މިޔޫ ކިހިނެއްތަ؟ ތެންކްސް އަލޮޓް ޑިއަރ.. ޔެސް އިންޝާ ﷲ.. ލަވް ޔޫ ޓޫ ޑިއަރ..🥰💖

  3. ވާއު! ވާއު! ވާއު 💖 މާޝާ ﷲ! ވަރަށް ވަރަށް ވަރަށް ވަރަށް ވަރަށް ރީތި 💖💝 ހައު އައި ކުޑް ޑިސްކްރައިބް ދިސް ސްޓޯރީ 💞❤ މާޝާ ﷲ! ހަމަ ސްޕީޗްލެސް 💕 ރީން ހިތަށް އެރި އޭ މިބައި ދިގުކަމުން ފަހުބައޭވެސް.. ދެން ހަމަ ނުބަލާ ނުހުރެވިގެން ބަލައިލިތަނާ (ނިމުނީ) އޭ އިނީމަ ލައިކް މައި އައިސް ވޯސް ފުލް ވިތް ޓިއަރސް 😢😓🙇
   ފައިނަލީ އަޒްހަރް އަށް ވިސްނިއްޖެ 😊 ޝަަޔަމް އެން ނުހައިކްގެ ބައި ވެސް ހަމަ ކީކޭ ބުނާނީ ލައިކް ހަމަ ވަރަށް ރީތި! 💕❤ ( "ދިރިއުޅުން މިއަދު ފުރިހަމަވެއްޖެކަމުގެ އިހުސާސުކުރެވިއްޖެ.. އެހުރިހައި ހުރަސްތަކަކާއެކުވެސް އަހަރެމެން ގުޅުއްވުމަށް މިންވަރު ކުރެއްވި ރަސްކަލާނގެއަށް ހަމްދުހުރި.. ނުހައިކް.. ތެދަށް ބުނާނަމަ.. އަހަރެންގެ ދިރިއުޅުމުގައި މިހިސާބަށް މިއާދެވުނީ ނުހައިކްގެ ސަބަބުން.. އަހަރެންނާ ނުހައިކް ބައްދަލުނުވިނަމަ މިއަދުވެސް އަހަރެން ވީހީ ޣާފިލް ކަމުގެ ތެރޭގައިކަންނޭނގެ.. އެކަލާނގެ އަހަރެންނަށް ހިދާޔަތްދެއްކެވުމަށް މިންވަރު ކުރެއްވީ ނުހައިކް.. ތި ލޯބި.. އާން.. "ތިޔަ ލޯބީގައި" އަހަރެންނަށް އަހަރެންގެ ވެރި ރައްބަކީ ކޮންފަރާތެއްކަން އެނގުނީ.. އެފަރާތަށް ފުރިހަމައަށް ކިޔަމަންވެ ހިދާޔަތުގެ މި އަލިކަމަށް ލޯހުޅުވުނީ.. ޣާފިލްކަމުގެ ނިދިން ހޭލައްވައި މިހިސާބަށް އައުމަށް ހިތްވަރަކަށްވީ.. އަހަރެން ކިހިނެއް ކޮންގޮތަކަަށް ޝުކުރުވެރިވާނީ؟ އެކަލާނގެ އޯގާވަންތަކަމުން އަހަރެންނަށް ތިފަދަ އޯގާތެރި ފިރިއެއް މިންވަރުކުރެއްވީ.. ﷲ ގަންދީ ބުނަން.. އެކަލާނގެ ހިދާޔަތުގެ އަލި ނޫރަށްފަހު މިދިރިއުޅުމުގައި ލެއްވި އެންމެ އަގުބޮޑު ނިއުމަތަކީ ތީކަން ޔަގީން.. އިރާދަކުރެއްވިއްޔާ ދުވަހަކުވެސް އަހަރެމެން ދެން ވަތްކެތްނުވާނެ.. އެހާވެސް ލޯބިވޭ..") ޝަޔަމް ބުނި ބަސްތަކުން ރީންއަސް ހަމަ ރޮވުނު! އިޓްސް އިމޯޝަނަލް 😔😭 އެން (އަލްޔާ) ނައިސް ނޭމް 💝💖
   ލަމް އެން ޒާންގެ ބައިވެސް ހަމަ ވަރަށް އިމޯޝަނަލް 😯😢 އަދި މިވާހަކަ ފެށިގެން ނިމެންދެންވެސް ކިޔުނީތީ އުފާކުރަން.. 😊 ވަރަށް މޮޅު ހުނަރުވެރި ލިޔުންތެރިއެއް 💕 އަދި ނައު ސިސްގެ އެހެން ވާހަކައެއް މި ސައިޓުން ފެންނާނެކަމަށް އުންމީދުކުރަން 😊💖💖

   ސިސް މިހާރު ކިހިނެއްތަ؟ އުންމީދުކުރަނީ ދުޅަހެޔޮ ސިއްހަތެއްގައި ހުރި ކަމަށް 😊😊 އައިމް ހަަމަ ފައިން 😊 އަލްހަމްދުލިއްލާހް 😊 އެންޑް ސިސްގެ (ބުނާށެ ލޯބި ނުވަނީ ހޭ އެން ހިތް އެކީ ދެވިއްޖޭ ވާހަކަވެސް ވަރަށް ވަރަށް ރީތި 💖💝 ސްޕްޝަލީ *ބުނާށެ ލޯބި ނުވަނީ ހޭ* ހެހެ 😂😊
   ޔޫ ވިލް ބީ އޯލްވޭސް އިން މައި ފޭވް އޯތާރސް ލިސްޓް 💖 އައި ވިލް އޯލްވޭސް ސަޕޯރޓް ޔޫ ޑިއަރ 💝💖 ލަވް ޔޫ ސޯ ސޯ ސޯ ސޯ ސޯ ސޯ މަޗް ޑަރލް 💕💖 ސްޓޭ ސޭފް އެންޑް ޓޭކް އަ ވެރީ ގުޑް ކެއަރ 💖 ލަވް ޔޫ ލޯބިކޮޅޫ 💞❤💖💕💕

   29
   • ސޯ ސޯ ސޯ ހެޕީ ޓް ސީ ޔުއަރ ކޮމެންޓް ޑިއަރ.. ހެެހެ.. ހާދަ ދިގޭ ދޯ.. ވަރަށް އުފާވެއްޖެ.. ލައިކް އައި އެމް ސްޕީޗްލެސް ހަމަ.. ތެންކް ޔޫ ސޯ ސޯ މަޗް ޑިއަރ.. ފޯ ދި ސަޕޯޓް އެންޑް ލަވް ޔޫ ހެވް ގިވަން އޯލްވޭސް..

    އައި އެމް ހަމަ ގުޑް. އަލްހަމްދުލިއްލާޙް.. ހޮޕް ޔުއަރ ޑްއިން ވެލް ޓޫ.. ވަރަށް އުފާ ވެއްޖެ ނައުގެ އެހެން ވާހަކަތައްވެސް ކަމުދިޔަކަން އެނގުނީމަ.. ރިއަލީ.. ތެންކްޔޫ ސޯ މަޗް ޑިއަރ.. ލަވް ޔޫ ސޯ މަޗް ޑިއަރ.. އެންޑް އޯލްވޭސް ސްޓޭ ސޭފް.. ޓޭކް ގުޑް ކެއަރ.. 🥰❤😘

    14
    • ޔުއަރ ވެލްކަމް މައި ޑިއަރ 💕💖💌 ހެހެ.. ކކމެންޓް ދިގު ވާން ޖެހޭނެއްނު ފަހުބައި ވީމަ 😊😂 ހަމަ އެންމެ ފަހު ކޮމެންޓް ވީމަ 😆 ހެހެ.. 🔥

     14
  4. Lam mihaathanah kii ehmme emotional story miakii..😭❤️ hama iru iru kolhaa rovunu fahun ai chapters thah kiyaigen ❤️ yuh are the best 👍🏻✨

  ޚިޔާލު

  Your email address will not be published. Required fields are marked *

  Tiny Teen Tiffany Tatum Pussy Forced Big Cock  Blondie Fesser cocks her massive ass threesome sex  pakistani sex video  jmac porn  De Williams  Russian teen Izi Ashley tight ass hole Hard fucked real 18 yearsold Tiny babe  sanny levon xnxx son fuck mom dogstyle thick hairy pussy
  Tiny Teen Tiffany Tatum Pussy Forced Big Cock  Blondie Fesser cocks her massive ass threesome sex  pakistani sex video  jmac porn  De Williams  Russian teen Izi Ashley tight ass hole Hard fucked real 18 yearsold Tiny babe  sanny levon xnxx son fuck mom dogstyle thick hairy pussy