kralbetbetturkeyikimislibahis1xbetm.infohipas.infohttps://www.wiibet.com/restbetcdn.com

އިތުބާރު ގެއްލުވާ ނުލާ - 13

Tiny Teen Tiffany Tatum Pussy Forced Big Cock  Blondie Fesser cocks her massive ass threesome sex  pakistani sex video  jmac porn  De Williams  Russian teen Izi Ashley tight ass hole Hard fucked real 18 yearsold Tiny babe  sanny levon xnxx son fuck mom dogstyle thick hairy pussy

‎އެގޭ ތެރެއަށް އަހަރެން ވަނީ ގެއަށް ވަނުމަށް ހަދާފައި ހުރި ބޮޑު ދަގަނޑު ގޭޓު ހުޅުވައިލުމަށްފަހުގަ އެވެ.

********

‎ގެއަށް ވަންނަން ހުރި ދޮރުގެ ބޭރުގައި އިން ބެލް އަޅައިލުމަށްފަހު މިނެޓެއް ނުވަނީސް ދޮރު ހުޅުވިގެން ދިއައެވެ. ދޮރު ހުޅުވައިލި ވަޒްލިފާ ދައްތައަށް އަހަރެން ފެނުމާއިއެކު ހައިރާންކަމާއި އުފާވެރިކަން އެކުލެވިގެންވީ ނަޒަރަކުން އަހަރެންނަށް ބަލަހައްޓައިގެން ހުރީއެވެ. ކުރިއަށް ވުރެން ފަލަވެލާފައި ހުރި ނަމަވެސް، ފަންސާހުގެ އަހަރުތައް ގުނަމުންދާ މީހެއް ހެނެއް ހީއެއް ނުވެއެވެ.

‎"މަލަކޫ ކޮންއިރަކު އައިސްގެން ތިއުޅެނީ....އަވަހަށް ވަދޭ އެތެރެއަށް" އަހަރެންގެ އަތުގައި ހިފައި ކުޑަކޮށް ބައްދައިލުމަށްފަހު، ވަޒްލިފާ ދައްތަ އަހަރެން ގެންގޮސް ބޭންދީ، އެ ބޮޑު ސިޓިން ރޫމުގެ މެދުގައި ހުރި އަޅި ކުލައިގެ ބޮޑު ސޯފާގައެވެ. އަހަރެންގެ ގާތުގައި ދައްތަ އިށީނި ގޮތުންވެސް، ސުވާލު ފައްޗަކާ ކުރިމަތި ލާންޖެހޭނެކަން އަހަރެންނަށް ނަގައިގަނެވުނެވެ.

‎"ވަޒޫ ކާކުތަ އައީ؟" ސިޓިންރޫމުގެ މެދާ ދިމާލަށް ހުރި ބޮޑު ސިޑިން ފައިބައިގެން އައި އާހިމް ބޭބެއަށް ވެސް އަހަރެން ފެނުމުން ވީ އެވަރެވެ.

‎"އަހާ މަލަކް، ކޮންއިރަކު މިކޮޅަށް އައިސްގެން ތިއުޅެނީ ދަރިޔާ؟ ކޮބާ މަންމަމެން، އެންމެން ގަދަ ފަދަ ތަ؟ ބޭބެމެން މިއައީ އިއްޔެ ސިންގަޕޫރަށް ގޮސް އުޅެފަ އެހެންވެ ދަރިފުޅުގެ މަންމަ މެނާ ދިމާ ނުވާތާ ދުވަސްކޮޅެއް ވެއްޖެ" އާހިމް ބޭބެގެ ވާހަކަ ތަކުން އެމީހުނަށް މަންމަގެ ބަލިހާލާއި ބެހޭ އެއްވެސް ހަބަރެއް ލިބިފައި ނުވާކަން އަހަރެންނަށް ނަގައިގަނެވުނެވެ.

‎"ހަމަ މިއަދު ހެނދުނު އައީ" ލުއި ހިނިތުންވުމަކާއި އެކު އަހަރެންނަށް ޖަވާބުދެވުނީ އެވަރަށެވެ. ގޭތެރެއިން ނިކުމެގެން ޝާޔާގެ މަންމައަށް އަހަރެން ފެނިއްޖެއެވެ. "ވަޒޫ ބަލާބަލަ މަލަކު ހިކިފަ ހުރި ވަރު! ރަނގަޅަށް ކައިގެންނު އުޅެން ވާނީ....ކޯސްއެއްކޮށް ނިމުނީތަ؟" މުޒުނާ ދައްތަ އަހައިލީ އައިސް އަހަރެންގެ އަނެއް ފަރާތުގައި އިށީންދެލަމުންނެވެ.

‎"ކޯސް ނިމިއްޖެ އެކަމު އަދި ނަތީއްޖާއެއް ނުލިބޭޭ..." އަހަރެން ޖަވާބު ދިނީމެވެ. "ކީތްވެ ނަތީއްޖާ ލިބެންދެން މަޑުނުކޮށް ތިއައީ؟ ކޮބާ މަންމަ؟" އަނެއްކާވެސް ވަޒްލިފާ ދައްތަ އަހައިލިއެވެ. އެއާއިއެކު އަހަރެންގެ ދެލޯ ފެންކަޅި ވެގެން ދިޔަ މަންޒަރު އެ އެންމެނަށް ވެސް ފެންނާނެ ކަން ގައިމެވެ. "މަންމަ ވަރަށް ބޮޑަށް ބަލިވެގެން ހޮސްޕިޓަލުގަ ބޭއްވީމަ ދެން އެކޮޅުގަ ހުންނަން ބޭނުން ނުވާތީ އައީ"

‎"މަލަކް؟؟؟؟ ވަޓް ކޮންއިރަކު އައީ؟ މަންމައަށް ކިހިނެއްވީ؟" އަހަރެންނަށް އެ އަޑު އިވުނީ ފަހަތުންނެވެ. އޭރު ހުދުކުލައިގެ އޭޕްރޯނެއް އަޅައިގެން އަހަރެންގެ ފަހަތުގައި ހުއްޓި ހުރީ ޝާޔާއެވެ. އޭނާގެ މޫނުމަތީގައި ވީ ހައިރާންކަމާއި ކަންބޮޑުވުން ދެންމެ އަހަރެން ބުނި ޖުމުލަ އޭނާއަށް އަޑުއިވުނުކަމަށް ހެކިދެއެވެ.

‎"ދައްތަ މެނަށް ނުވެސް އިނގޭ! ކޮންއިރަކު އެޑްމިޓު ކުރީ؟ މިހާރު ރަނގަޅުތަ ޔަންލާ؟" ވަޒްލިފާ ދައްތަ އަހައިލިއެވެ. އޭރު މުޒުނާ ދައްތަގެ އިތުރުން އާހިމް ބޭބެ އަދި ޝާޔާގެ މޫނުމަތިންވެސް، އެ ސުވާލުގެ ޖަވާބު އެމީހުން ބޭނުންވެފައި ތިބި މިންވަރު ހާމަވެއެވެ.

‎"ރަނގަޅެއްނޫން، އިއްޔެ މަންމަ އެޑްމިޓްކުރީ....ޑޮކްޓަރ ލަފާ ދެނީ ވީހާވެސް އަވަހަކަށް ބޭރަށް ގެންދަން..." އަހަރެން ކިޔައިދިނީ ވަރަށް އުނދަގުލުންނެވެ. އޭރު ކަރުނަތައް އަހަރެންގެ ދެލޮލަށް ޖަމާވެފައި ވީއިރު، އިތުރަށް އަހަރެންނަށް ވާހަކަ ނުދެއްކޭނެކަން އެ އެންމެނަށްވެސް ނަގައިގަނެވުނީ ކަންނޭނގެއެވެ. އިތުރަށް ސުވާލުނުކޮށް މުޒުނާ ދައްތަ ޝާޔާ ގާތުން އެދުނީ، އަހަރެން ގޮވައިގެން ގޭގެ ފަހަތުގައި އޮންނަ ބަގީޗާއަށް ގޮސްލުމަށެވެ.

‎އެއާއިއެކު ޝާޔާ އަހަރެންގެ އަތުގައި ހިފައިގެން ހިނގައިގަތެވެ. ފަހަތު ދޮރުން ނިކުމެވޭ ހުސްޖާގަ ކޮޅުގައި ބަގީޗާ ގަސްތައް ހައްދައިފައި ހުރީ ނުހަނު ފުރިހަމައަށެވެ. ފިނިފެންމަލުގެ އެކި ކުލަ ކުލައިގެ އިތުރުން ބޯގަންވިލާ، ސައިމާ، މަލިކުރުވާ އަދި މާމެލާ މެލީގެ އެތަކެއް ވައްތަރުތަކެކެވެ. މީހުނަށް
އިށީނދެ ތިބެވޭނެ ގޮތަށް ކުޑަ ހަޓެއް ފަން އަދި ލަކުޑި ބޭނުންކޮށްގެން ހަދާފައ ހުރިއިރު، ނުހަނު ހިތްގައިމެވެ. މާގަސްތަކުން ދުވިމީރުވަހުން ވެސް އަހަރެންގެ ހިތަށް ބޮޑު ލުޔެއް ލިބިގެން ދިއަ ކަހަލައެވެ.

"މަލަކް.... އަހަރެން އަބަދުވެސް ބުނަން ދޯ ތިހެން މާ މަޑުން މަލަކް އިނީމަ ކަމަކު ނުދެޔޭ" ޝާޔާ މަސައްކަތް ކުރީ އަހަރެން ހިތްހަމަހައްސައި ދޭށެވެ. އަހަރެންގެ އުދާސްތަކަށް ލުއިޔެއް ލިއްބައިދޭށެވެ. ނަމަވެސް އަހަރެންނަށް ކުރެވެމުން ދިޔައީ ގޮތް ހުސްވެފައިވާ އެއްވެސް ބާރެއް ނެތް މީހަކަށް ކުރެވޭނެ ފަދަ އިހުސާސެކެވެ. ހުދު ޑަކުޓަރީކަން ކިޔަވައިގެން ހުރިއިރު ވެސް ބަލި އެނދުގައި އޮތް އަމިއްލަ މަންމައަށްޓަކައި އަހަރެންނަށް މިއަދު ކޮށްދެވޭނެ އެއްވެސް ކަމެއް ނެތެވެ.

"މަލަކްއަށް އިނގޭތަ، މެންދުރު އަވިދޭ ގަޑީގަ ހޫނު ވާނެތީ ބޭރަށް ނުނިކުންނަން ވެގެން ކިތަންމެ ވަރަކަށް އަހަރެމެން ބޮޑު ކޮޓަރިއަށް ވަދެ ފިލާ ތިއްބަސް އަވި ދިނުން ހުއްޓައެއް ނުލާނެ.... ހަމަ ކޮންމެ ދުވަހަކު ވެސް އިރު އަރާ، އޭގެ އަވިން ބިން ހޫނުކޮށް އިރު އޮއްސޭނެ...." ވާހަކަ ދައްކަމުން ގޮސް ޝާޔާ ހަޓުގެ ތެރޭގައި ހުރި ލަކުޑި ގޮނޑިއެއްގައި އިށީނި އިރުވެސް، އަހަރެން ހުރީ ކޮއްޅަށެވެ.

"އަވީގަ ނުޖެހެން ކިތަންމެ ވަރަކަށް ފިލިޔަސް، ކޮންމެސް ދުވަހަކުން އެ އަތްވާ އެ ހޫނާ ކުރިމަތި ލާން މަޖުބޫރުވާ ހާލަތެއް އަންނާނެ، މިއަދު މަލަކްގެ ދިރިއުޅުމަށް މިއޮތީ އެދުވަސް އައިސްފަ، މިވީ ހަތް އަހަރު ދުވަހު އެ އަތްވާ އިރާ ދުރަށް ދުވި އިރުގެ ހޫނުކަމުގެ ދަށުގަ މަލަކް މިއަދު ހުއްޓި ތިހިރީ، އެކަމަކު މަލަކް އަނދިރިގަނޑުން ނިކުންނަން ބޭނުން ނުވާހާ ދުވަހަކު މި އައްޔަކަށް ވެސް މަލަކްގެ ދިރިއުޅުން އުޖާލާ ކޮށެއް ނުދެވޭނެ، އަނދިރިން ސަލާމަތެއް ވެސް ނުކޮށްދެވޭނެ....މަލަކް ޖެހޭނީ އެ ފުރުސަތު ދޭން..."

ޝާޔާގެ މާނަ ފުން ބަސްތަކުގެ މާނަ ކިތަންމެ ރަނގަޅަކަށް ދޭހަ ވީ ނަމަވެސް، އެ މަޢުލޫއަށް ވާހަކަދައްކާކަށް އަހަރެންގެ ޒަމީރު އެއްބަހެއް ނުވެއެވެ. ކޮންމެ ދުވަހަކުވެސް އިރުއޮއްސި އަނދިރިވާނެކަން އިނގޭއިރު، ކުޑަ މުއްދަތަކަށް އަލި ކުރުމުގެ ފުރުސަތު އިރަށް ދެނީ ކީތްކުރަން ހެއްޔެވެ.

"ޝާޔާ.... މަންމަ..." އަހަރެންނަށް ގިސްލެވުނެވެ. ދުވަހަކުވެސް މީހެއްގެ ކުރިމަތީ ކަރުނައަޅައި ރޮއެފައި ނުވާ އަހަރެންނަށް ފުރަތަަމަ ފަހަރަށް އަމިއްލަ ހިތުގެ އުދާސްތައް ކަރުނައިގެ ސިފައިގައި ބޭރު ކޮށްލެވުނެވެ.

"މަލަކް ހިތްވަރުކުރޭ....މަލަކްގެ މަންމަ ބޭރަށް ގެންދިއުމުގެ އިންތިޒާމުތައް އިންޝާﷲ ވަރަށް އަވަހަށް ހަމަޖެހޭނެ..." ތެދުވެގެން އައިސް އަހަރެންގެ ދެކޮނޑުގައި ހިފައިލަމުން ޝާާޔާ އަހަރެންނަށް ހިތްވަރު ލައިދިން ނަމަވެސް އެއީ އެހާ ފަސޭހައިން ވާން އޮތް ކަމެއް ނޫންކަން އަހަރެން ދެނެ ހުރީމެވެ. ކުށްވެރިޔަކީ ވެސް ހުދު އަހަރެންނެވެ. އިރުގެ އަވިން ފިލަން ދުވައިގަތް އިރު، އަހަރެންނަށް ހެޔޮއެދޭ ދުވާލުގެ ނޫ ވިލާތަކުގެ މަތިން އަހަރެން ހަނދާން ނައްތައިލީއެވެ.

"ޝާޔާ، ތީ އެހާ ފަސޭހަކަމެއް ނޫނޭ...ދޮންބެމެން ގޭގެ ކުލި ދައްކަމުން އަހަރެންގެ ހަރަދުވެސް ބަލަމުން އުޅޭތީ އެމީހުންގެ އަތަކު އެހާ ގިނަ ފައިސާއެއް ނެތް....އަވަހަށް މަންމަ ގެންދެވިގެން ނޫނީ ރަނގަޅަށް ފަރުވާއެއް ނުދެވޭނެ...." އަހަރެންގެ އާއިލާގެ މާލީ ހާލަތުގައި ހުރި ދަތިކަން އަހަރެން ޝާޔާއާއި ހިއްސާ ކުރީމެވެ. ނަމަވެސް އޭރު އެވާހަކަތައް އަޑު އަހަން ދެވަނަ މީހެއް އެތާގައި ހުރިކަމެއް އަހަރެން ނުދެނެ ހުރީމެވެ.

އިރުކޮޅަކު ވާހަކަ ދައްކައިލަން އިނުމަށްފަހު ޝާޔާ ދިއައީ، އަހަރެންނާއި އެކު ހޮސްޕިޓަލަށް ދިއުމަށް ތައްޔާރުވެގެން އެބަ އަންނަން ކަމުގައި ބުނެއެވެ. އޭނާ ދިއުމާއި އެކު އިށީނދެގެން އިންތަނުން ތެދުވެ، ފިނިފެންމާ ގަސްތަކާއި ދިމާލަށް އަހަރެން ހިނގައިގަތީމެވެ. ރަތް ކުލައިގެ ބޮޑެތި ފިނިފެންމާތައް ހަވީރުގެ ފިންޏަށް ފިޔަތަށް ހުޅުވާލައިގެން ތިބިއިރު، ނުހަނު ޗާލެވެ.

ފަހަތުން ފިޔަވަޅެއްގެ އަޑު އިވުނު ކަމުގެ އިޙުސާސެއް ކުރެވުމުން ފިނިފެންމަލުން ދޫކޮށްލުމަށްފަހު ފަހަތަށް އެނބުރިލާން އުޅުނު އަހަރެންނަށް ކުއްލި ސިހުމެއް ފަހަތުން މީހަކު އައިސް އަހަރެންގެ ކަންފަތް ދޮށުގައި ހަޅޭތް ލަވައިގަތުމުންނެވެ. ތޫލި ހަޅޭކެއް އަހަރެންގެ އަނގައިން ވެސް ބޭރުވެގެން ދިއައިރު ގަތް ބިރާއިއެކު، ފަހަތަށް އެނބުރުނު އަހަރެން ކުރިމަތީގައި ހުރި މީހާގެ ގައިގައި ޖެހި އެމީހަކާއިއެކު ވިނަގަނޑު މައްޗަށް ވެއްޓުނީއެވެ.

އަހަރެންނަށް ތަދު ނުވި ނަމަވެސް، އެމީހެއްގެ ގައިމަތީގައި އަހަރެންނަށް އޮވެވުނު މީހާއަށް ވާނެ ތަދު އިހުސާސް ކުރެވުމާއި އެކު، މަރައި ބާރުކޮށްގެން ހުރި ދެލޯ އަހަރެން ހުޅުވައިލީމެވެ. އަހަރެންގެ އިސްތަށިގަނޑުން ބޮޑުބައެއް އެމީހާގެ މޫނުމައްޗަށް އެޅިފައިވުމާއި އެކު، އިސްތަށިގަނޑު އެއްފަރާތް ކޮށްލަމުން އަހަރެންގެ މޫނާއި ކައިވަތެއް ހައި ދުރުމިނުގައިވީ އެމީހާގެ މޫނާއި ދިމާލަށް ބަލައިލީމެވެ. އެއާއިއެކު އަހަރެންގެ ދެލޯ ބޮޑުވެގެން ދިއައިރު، ލާން އުޅުނު ނޭވާ ވެސް އެތެރެ ހަށީގައި ތާށިވީ ފަދަ އިހުސާސެއް ކުރެވިގެން ދިއައެވެ

މަންޒިލް ތިއޭ މި ހިތް އެދޭ

ނުރުހުން ވެފާ ކަލާ ނުދޭ

އިތުބާރު ގެއްލުވާ ނުލާ

ލޯބިން އެކީގަ ވާނަމޭ

އާދޭސްކޮށްފާ ބުނަންހެވީ

ތިޔަހެން ސަޒާ ހިތަށް ނުދޭށޭ

އެކުގާވާން ބޭނުމޭ، ވަކިވާކަށް ނޭދެމޭ

އަންނާށޭ ދޫކޮށްފާ ނުދާށޭ، ނުދާށޭ

ދޭހުން ދިންހާ އުފާ ކަލާ

ފެނުމުން އާލާވެގެން ދަނީއޭ

ދުނިޔޭން ލިބުމަށް އެދޭ

ތިޔަނޫން އުފަލެއް ނެތޭ

އަންނާށޭ ދޫކޮށްފާ ނުދާށޭ، ނުދާށޭ

މަންޒިލް ތިއޭ މި ހިތް އެދޭ

ނުރުހުން ވެފާ ކަލާ ނުދޭ

އިތުބާރު ގެއްލުވާ ނުލާ

ލޯބިން އެކީގަ ވާނަމޭ

ހޭވެރިކަން ވުމާއިއެކު ފޫކޮޅަށް ކައްޓެއް ހެރުނު މީހެއް ފަދައިން އަހަރެން އަވަހަށް އަކިލްގެ ގައިމަތިން ތެދުވީމެވެ. އެޔާއިއެކު އޭނާވެސް ތެދުވެ ހަށިގަނޑު ސީދާ ކޮށްލިއެވެ. އަހަރެންގެ މޫނުން އޭނާގެ ނަޒަރު ވަކިނުވެ ހުރިއިރު، ސިފައިންގެ ޔުނީފޯމުގައި ހުރުމުން އެއައީ ޑިއުޓީއަށް ގޮސްފައިކަން އަހަރެންނަށް ނަގައިގަނެވުނެވެ.

ދެވަނަ ސިކުންތުގައި ގޭތެރެއަށް ވަންނަން އަހަރެން ހިނގައިގަތީ އިތުރަށް އޭނާގެ ކުރިމަތީގައި ހުންނަން ބޭނުން ނުވުމުންނެވެ. "ސޮރީ، އަހަރެން ހީކުރީ އައިނާ ކަމަށް" އަކިލްގެ އަޑަށް ހިނދުކޮޅަކަށް އަހަރެންގެ ފިޔަވަޅުތައް މަޑުޖެހުނު ނަމަވެސް ޖަވާބު ދިނުމެއް ނެތި އަހަރެން ހިނގައިގަތީއެވެ. އަހަރެން ސިޓިން ރޫމަށް ދިޔައިރު، ޝާޔާއާއި މުޒުނާ ދައްތަ ތިބީ އަހަރެންނާއި އެކު ހޮސްޕިޓަލަށް ދާން ތައްޔާރުވެގެން އައިހެވެ. އަވަހަށް އަހަރެމެން މިސްރާބުޖެހީ އޭޑީކޭ އާއި ދިމާލަށެވެ.

މަންމައާއި އެތައް އިރަކު ވާހަކަދައްކަން އިނުމަށްފަހު މުޒުނާ ދައްތައާއި ޝާޔާ އަނބުރާ ދިއައީ އިރުއޮއްސެން ވެސް ގާތްވެފައި ވަނިކޮށެވެ. އަހަރެން މަންމަގެ ކައިރީގައި ހުންނަން ގަދަހަދާލި ނަމަވެސް، އެންމެފަހުން އަހަރެން ޖެހުނީ ގެއަށް ދާށެވެ. އެރޭ މަންމަގެ ގާތުގައި މަޑުކުރާނީ ބައްޕަކަމުގައި ބައްޕަ ނިންމުމުންނެވެ.

އައު ދުވަހަކަށް އިރުއެރި އިރު، ފަތިސް ނަމާދުކޮށްލައިގެން ނިދި އަހަރެންނަށް ހޭލެވުނި ހެނދުނު 9 ޖެހިއިރު ދޮންބެދައްތަ ގޮވައިލުމުންނެވެ. ފެންވަރާލައިގެން ބޭރަށް ނިކުތުމާއިއެކު، ދޮންބެ ދިން ހަބަރަކުން އަހަރެންގެ ދެލޮލުން އުފާވެރިކަމުގެ ކަރުނަ ނީރާލިއެވެ.

ދޮންބެ ބުނީ މަންމަ އިންޑިއާއަށް ގެންދިއުމަށް ހުރިހައި އިންތިޒާމެއް ހަމަޖެހިއްޖެ ވާހަކައެވެ. އަދި މިއަދު ހަވީރު މަންމަ ގޮވައިގެން ތިއްތިއާއި ތިއްތިދައްތަ އަދި ބައްޕަ ފުރާނެ ވާހަކައެވެ. މަންމަ ގޮވައިގެން ދާން އަހަރެން ބޭނުން ވާހަކަ ބުނުމާއިއެކު ދޮންބެ އެދުނީ މިވަގުތު ބޮޑެތި މީހުންގެ ބަސްއެހުމަށެވެ. އަދި އަނބުރާ ޔޫކްރެއިންއަށް ގޮސް ދަސްވެނިވެގެން އައުމަށެވެ. އަހަރެންގެ ޓިކެޓުވެސް މިރޭގެ ވަގުތަކަށް ހަމަޖެހިއްޖެ ކަމުގައި ދޮންބެ ބުނުމުން އަހަރެންނަށް ލިބުނީ ހައިރާންކަމެކެވެ.

އެހައި އަވަހަށް މި ހުރިހައި ކަމަކަށް ބޭނުންވާ ފައިސާ ހަމަޖެހުނީ ކޮންތާކުން ބާއެވެ. ނަމަވެސް ދޮންބެއާއި ސުވާލުކުރަން ނުކެރުމާއިއެކު، ސައިބޮއެ ތައްޔާރުވެލައިގެން ހޮސްޕިޓަލަށް އަހަރެން ދިއައީ ބައްޕަ ގާތުގައި އަހަން ނިންމައިގެނެވެ.

މަންމަ އޮތް ކޮޓަރީގެ ދޮރުގެ ތަޅުގައި ހިފައި އެތެރެއަށް ވައިން އަހަރެންނަށް ހައިރާންކަމެއް ލިބުނީ، އެތެރޭގައި ތިބި ވަޒްލިފާ ދައްތަ، އާހިމް ބޭބެ، އަކިލް އަދި އޭނާގެ ކޮއްކޮ އައިނާ ފެނުމުންނެވެ.

"އަހާ މިއޮއް އައީނު މަލަކް ވެސް، ދެން ދުވަސްކޮޅަކުން ޑރ. މަލަކް ފާއިޒް އޭ ކިޔަން ޖެހޭނީ ދޯ ޔަންލާ!" އަހަރެންގެ މަންމައަށް ދޯއެއް ދެމުން ވަޒްލިފާ ދައްތަ ބުނެލިއެވެ. ހިނިތުންވެލަމުން އެތެރެއަށް ވަދެ އަހަރެން ބައްޕަގެ ކައިރީގައި ހުއްޓިލީމެވެ.

"އާން އަހަރެމެން ގޭ ޑަކުޓަރޭ މީ....ދެންފަހަރަކު މަ ބަލިވާއިރު ހާސްވާކަށް ނުޖެހޭންނު ދޯ މަލަކް ހުންނާނެ ވިއްޔަ...." މަންމަ ބުނެލުމާއި އެކު ނުރުހިފައި މަންމާއޭ އަހަރެންނަށް ބުނެވުނީ އަނެއްކާވެސް ބަލިވާ ވާހަކަ މަންމަ ދެއްކުމުންނެވެ. އަހަރެންގެ އެ އަމަލާއިއެކު އެންމެންގެ ލުއި ހުނުމުގެ އަޑު އިވިގެން ދިއައިރު، އަކިލްގެ މޫނުމަތީގައިވީ ހިނިތުންވުމާއި، އަހަރެންނާއި ދިމާލަށް ހުއްޓިފައިވީ އޭނާގެ ތޫނު ދެލޯ ފެނި އަނެއް ފަޅިއަށް އަހަރެން މޫނު އަނބުރައިލީމެވެ.

"ދަރިފުޅަށް އިނގޭތަ، ދަރިފުޅުގެ މަންމަގެ ބޭސްވަރުވާގެ ހުރިހާ ހަރަދެއް އަކިލްގެ މަންމަޔާ ބައްޕައޭ އެ ހަދިޔާ ކުރީ..." ބައްޕަ ބުނެލުމާއި އެކު ޤަބޫލުނުކުރެވިފައި ހުރެ އެންމެންގެ މޫނަށް އަހަރެންނަށް ބަލައިލެވުނީއެވެ. އެވަރުގެ ބޮޑު ހަރަދެއް އެމީހުން އަހަރެމެންނަށް އެކޮށްދިނީ ކީއްވެބާއެވެ. އެދުމެއް ނެތި މި ޒަމާނުގައި މީހަކު ވެދުމެއް ކޮށްފާނެ ބާއެވެ. ނޫނީ ބައެއްގެ ރަނގަޅު ކަމާއި ދީލަތިކަމުން އަހަރެން މި ދޭހަ ކުރަނީ ނުބައި މާނައެއް ބާއެވެ.

ނުނިމޭ

  Please log in or register to bookmark.
  4k

  5 ޚިޔާލު

  1. ވަރަށް ކަމުދޭ....އޯލެވެލް އަށް ތައްޔާރުވަމުން ވެސް ވާހަކަ ގެނެސްދޭތީ ޝުކުރިއްޔާ

  2. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛 💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜

  3. އަފާ ހަމަ މޮޅީ އޭ ދޯ....
   ވަރަށް ރީތި⁦❤️⁩⁦❤️⁩⁦❤️⁩

  ޚިޔާލު

  Your email address will not be published.

  Tiny Teen Tiffany Tatum Pussy Forced Big Cock  Blondie Fesser cocks her massive ass threesome sex  pakistani sex video  jmac porn  De Williams  Russian teen Izi Ashley tight ass hole Hard fucked real 18 yearsold Tiny babe  sanny levon xnxx son fuck mom dogstyle thick hairy pussy
  Tiny Teen Tiffany Tatum Pussy Forced Big Cock  Blondie Fesser cocks her massive ass threesome sex  pakistani sex video  jmac porn  De Williams  Russian teen Izi Ashley tight ass hole Hard fucked real 18 yearsold Tiny babe  sanny levon xnxx son fuck mom dogstyle thick hairy pussy