ގޮންޖެހުން - 2

ކައިވެނިކުރިތާ 2 އަހަރު ނުފުރެނީސް ސާލިމް އާއި އާސިޔާއަށް ރީތި އަންހެން ދަރިއެއް ލިބުނެވެ. އެކުއްޖާގެ ނަމަކަށް ކީ 'ސުރައްޔާ' އެވެ. މި އާއިލާ އުފާވެރިކަމުގައާއި ހިތްހަމަޖެހުންމަތީ ދިރިއުޅެމުންދިޔައެވެ. ނަމަވެސް އެ އުފާވެރި ކަމާ ވަކިވާން ޖެހުނީ އެ އާއިލާ އަށް ހިތްދަތި ގޮންޖެހުމަކާއި ކުރިމަތިލާން ޖެހުމުންނެވެ.
***************************************

ދުވަހަކީ އުޑުމަތި ސާފު އަވިގަދަ ހޫނު ދުވަހަކަށް ވީ ނަމަވެސް ނަލަ ފިނި ވައި ރޯޅިތައް މުޅި ރަށުތެރެއަށް ޖެހެމުން ދިޔައެވެ. ސުރައްޔާ ވީ އޭނައިގެ މައިންބަފައިން އާއި އެކު ސުރައްޔާ ގެ މާމަ ސާމިރާ ކެންސަރު ބަލީގެ ޝިކާރައަކަށްވެ އިންޑިއާއަށް ދާންޖެހޭތީ އެއަރޕޯޓަށްދާން ބަނދަރަށްގޮސް ފެރީއަށް އަރުވަން ގޮހެވެ. ސުރައްޔާގެ ކާފަ ޝަރީފް ވަނީ ސުރައްޔާ އަށް 2 އަހަރު ފުރުނު އަހަރު ވީނުވީއެއް ނޭންގި ގެއްލިފައެވެ. "މާމާ...މާމަ ދިޔާމަ އަޅުގަނޑު ވަރަށް ދެރަވާނެ" ސުރައްޔާ ސާމިރާ އާއި ސަލާމް ކުރިމަތީ ފަރު ބުނެލިއެވެ. "ދަރިފުޅާ.. އިންޝާﷲ މާމަ ރަނގަޅުވާނެ.. ދަރިފުޅު މާމަ ރަނގަޅުވޭތޯ ދުޢާ ކުރާތި" 7 އަހަރުގެ ސުރައްޔާ ކޯތާފަތް މަތީ ފައިބާފަހުރި ކަރުނަތައް ފޮހެލަމުން ސުރައްޔާ ހިތްހަމަ ޖައްސާލުމަށް ސާމިރާ ބުނެލިއެވެ. ހީލަމުން އާއެކޭ ބުނުމުގެގޮތުން ސުރައްޔާ ބޯޖަހައިލިއެވެ. "ދެން މާމަ މިދަނީ..ސުރައްޔާ ހިތްހެޔޮކުރާތި...އާސިޔާ ވެސް ހިތްހެހޮކުރާތި" ފެރީއަށް އެރުމުގެ ކުރިން ސާމިރާ އާސިޔާ އާއި ސުރައްޔާ އަށް ބަލައިލަމުން ބުނެލިއެވެ. ސާމިރާ އިންޑިއާއަށް ދާން ފުރުވުމަށްޓަކައި އެއަރޕޯޓަށް ދާން ސާމިރާ އާއި އެކު ސާލިމް ފެރީ އަށް އެރި އެވެ. އެންމެން ގެ ލޮލުން ކަރުނަތައް ފައިބަމުން ދިޔައެވެ. ކެންސަރު ބަލީގައި ސާމިރާ މިދުނިޔެ ދޫކޮށް ދާނީކަމެއް ނުވަތަ އެބަލިން ޝިފާ ލިބި ރަނގަޅު ވާނީ ކަމެއް އެކަކަށްވެސް ނޭންގެއެވެ. އެކަން ދެނެވޮޑިގަންނަވާނީ ހަމައެކަނި މާތް ﷲ އެވެ. ފެރީ އެއަރޕޯޓަށް ދާން ލެފުމުން އާސިޔާ އާއި ސުރައްޔާ މިސްރާބު ޖެހީ ގެޔާ ދިމާލަށެވެ.

ދުވަސްތަކާއި އަހަރުތައް ފާއިތުވެގެން ދިޔައެވެ. ސުރައްޔާ އަށް 15 އަހަރު ފުރިއްޖެއެވެ. ސުރައްޔާ އާއި އޭނަގެ ބައްޕަ ސާލިމް އާއި އެއްކޮށް ބާޒާރު ކުރަންވެގެން މީހުން އުޅޭ ހިސާބަށް ދިޔައެވެ. ގިނަ ވަގުތައް ވަން ދެން ބާޒަރު ކޮށް ނިމިގެން ގެޔަށް ދިޔަ އިރު އިރުއޮއްސިގެން ދަނީއެވެ. ގެޔާ އަރާ ހަމަވިއިރު ދެމީހުން ހުރީ ވަރުބަލިވެފައެވެ. ބައްޕަ އަތުގެއި އޮތް ތަޅުދަނޑި އައްލާފައި ތަޅު ލާފައި ހުރި ގޭގެ މައިދޮރާށި ހުޅުވައި މައްމަ ގެ ކޮޓަރިއަށް ދުއްވައިގަތެވެ. މަޣްރިބް ނަމާދު ބަންގި ގޮވަން ކައިރިވެފަވާތީ ގެޔަށް ނުވަދެ ސާލިމް ދިޔައީ މިސްކިތަށެވެ. މިސްކިތުން ނިކުމެ މަޑު ހިނގުމެއްގައި ސާލިމް ގެޔަށް ދިޔައެވެ. ގެޔަށް ގޮސް ދޮރު ހުޅުވަން ތަޅުގައި ހިފިތަނާ އިވުނީ އާސިޔާ އާއި ސުރައްޔާ ހަޅޭލަވައިގަން އަޑެވެ. އަވަހަށް ދޮރު ހުޅުވައި އާސިޔާގެ ކޮޓަރިއަށް ވަން އިރު އާސިޔާ އާއި ސުރައްޔާ އޮތީ ބިންމައްޗައް ވެއްޓިފައެވެ. ކުޑަދޮރު ގެ ބިއްލޫރިގަނޑު ވަނީ ތަޅައިގެން ގޮސްފައެވެ. ކުދިކުދި މުށި ކޮޅުތައް މުޅި ތަޅުން ގަނޑުމަތީގައި އޮތެވެ. ސާލިމް ގެ ދެ ލޯ ފެންކަޅިވިއެވެ. ހަމައެވަގުތު ކޮންމެސް އެއްޗެއް ވަރަށް ބާރަށް ސާލިމްގެ ބޮލުގައި ޖެހިފައި ބިންމައްޗައް ވެއްޓި އޭނަގެ ހޭވެރިކަންނެތިގެން ފިލައިގެން ދިޔައެވެ.

"ބައްޕާ!.. ބައްޕާ!"ސުރައްޔާ ގޮވާ އަޑަށް ސާލިމް އަށް ހޭލެވުނެވެ. ސާލިމް ހޭލައި ބިންމަތިން ކޮއްޅަށް ތެދުވެ ފައި ގައިފޮޅައިލައިފަ ބިއްމަތީގައި އިށީންދެގެން އިން ސުރައްޔާ އާއި އާސިޔާގެ މޫނަށް ބަލައިލިއެވެ. ސުރައްޔާގެ ބިރުވެރި ސިފަފެނިފައި ސާލިމް ބިރުން ފިތްކަނޑައިގެން ނުދިޔައީ ކިރިޔާއެވެ. ސުރައްޔާގެ ހަންގަނޑު ވަނީ ހުދު ކުލައަށް ބަދަލުވެފައެވެ. އޭނަގެ ދެލޯލޮލުގެ ކަޅިއެއްނެތެވެ. ލޯ ވަށާ ވަނީ އެއްކޮށް ކަޅުވެފައެވެ. އޭނާ ލައިގެން ހުރީ ދިގު އައްކެނޑި ހުދުކުލައިގެ ނިދާ ހެދުމެކެވެ. އާސިޔާގެ ހަންގަނޑު ވަނީ ގަދަ އަޅި ކުލައަކަށް ބަދަލުވެފައެވެ. އޭނައިގެ ނުރަވެފައި އިސްތަށިގަނޑު ވަނީ މުޅިން ނުރަވެފައެވެ. އާސިޔާގެ ލޮލުގައި ވެސް ކަޅިއެއްނެތެވެ. ލައިގެން ހުރީ ދިގު ކަޅުކުލައިގެ އަތްދިގު ހެދުމެކެވެ. އަތުގެ ދިގު ތޫނު ވަކިތައްވެއެވެ. "ކި ކި.. ކިހިނެއްވެފަމިއޮތީ؟!" ސާލިމް ކުރާ ސުވާލެއް ދޭން ޖަވާބެއްނޭންގުމުން އާސިޔާ ކޮނޑުއަރުވައިލިއެވެ. ދެ މައިންނަށް ބަލަންނުކެރި ސާލިމް ފަހަތަށް އެނބުރުނުތަނާ އޭނާ ފަހަތުގައި ހުރި ޑުރެސިން ޓޭބަލްގެ ލޯގަނޑުން އޭނައިގެ ސޫރަ ފެނި ހަޅޭލަވައިގަތެވެ. އޭނަގެ ހަންގަނޑު ހުދުކުލައިގެ ބަދަލުވެފައި ވީ އިރު މޫނު ގައި ނޭފަތެއް، އަނގައެއް، ކަންފަތެއްވެސް ނެތެވެ. ބޮލުގައި އެންމެ އިސްތަށި ކޮޅެއްވެސްނެތެވެ. އިސްކޮޅުން 15 ފޫޓައް އަރައި އޭނާ ހަށިގަނޑުވަނީ ހިކިފައެވެ. "ބިރުނުގަނޭ ސާލިމް" ބިރުން ސާލިމް ތުރުތުރު އަޅަންފެށުމުން އާސިޔާ ސާލިމް ގެނެސް އެނދުމަތީ ބައިންދާފައި އޭނާ ހަމަޖައްސައިލެވޭތޯ ބެލިއެވެ. "އާސިޔާ!... އަހަރުމެންނަ ކީއްވެފަމިތިބީ؟" ތުރުތުރު އަޅަމުން ސާލިމް ސުވާލުކުރިއެވެ. "ނޭންގޭ ސާލިމް...އަޅުގަނޑާއި ސުރައްޔާ މިތާ އިންދައި ކުޑަދޮރު ތަޅާލައިފައި ފޮތިގަނޑަކުން މޫނު ފޮރުވައިގެން ހުރި މީހަކު ވަދެ އަޅުގަނޑުމެންގެ ބޮލުގައި ފިލާގަނޑަކުން ޖެހީ....އެއަށްފަހު ވީގޮތެއް ނޭންގޭ" އާސިޔާ ޖަވާބުދިނެވެ.

އެދުވަހައްފަހު ސާލިމް އާއި އޭނަގެ އާއިލާގެ މުޅި ދިރިއުޅެނީ ބަދަލުވިއެވެ.

    Please log in or register to bookmark.
    975

    8 ޚިޔާލު

    ޚިޔާލު

    Your email address will not be published.