ފުއާފް - 12

Tiny Teen Tiffany Tatum Pussy Forced Big Cock  Blondie Fesser cocks her massive ass threesome sex  pakistani sex video  jmac porn  De Williams  Russian teen Izi Ashley tight ass hole Hard fucked real 18 yearsold Tiny babe  sanny levon xnxx son fuck mom dogstyle thick hairy pussy

" ޒާން...؟ ކީއްވެހޭ މަގޭ މަންމަ ގެންގުޅުނު އެއްޗެއް ނަގާފަ މިހިރީ؟ ކީއްވެހޭ މީތި؟ ކޮންތާކުން މި ހޯދީ ވެސް؟ " އަޙްމަދުގެ އަޑު ބާރުވިއެވެ.
---
ޓެރަހަށް އެރި އިބްރާހީމް ހިނގައިގަތީ ހިޔާކޮއްފައިވާ ބިއްލޫރި ގެއަށެވެ. އެގެއަށް ވަތްއިރު ރީތިވަށް ހުދު މޭޒަކާއި ހަތަރު ހުދު ގޮނޑި ޖަހާފައިވެއެވެ. އަދި މަތީ ފުރާޅުގަޔާއި ބިއްލޫރި ފާރުގައި މޫ ހުންނަ ގަސްގަހުގެ ކުރިތައް ދުވެފައި ހުއްޓެވެ.
އިބްރާހމް މޭޒުމަތީގައި ހުސްކޮށް އިން ވާސް ނަގައިގެން ހިނގައިގަތް ވަގުތު ފެއްސާއި ރަންކުލައިގެ ކެވެލިކޮޅެއް އޭނައާ މާދުރުނޫން ހިސާބެއްގައި އޮއްވައި ލޮލުގައި އަޅައިގަތެވެ. މަޑު ހިނގުމެއްގައި ގޮސް އޭނަ އެކެވެލިކޮޅު ނެގިއެވެ.
" މިއީ ކާކުގެ އެއްޗެއްބާ؟ ހަމަގައިމުވެސް އަފްޝާއާ ލީންގެ އެއްޗެއް ނޫން... " އިބްރާހީމް އަމިއްލަ ނަފްސާ ސުވާލުކޮއްލިއެވެ.
" އަނެއްކާ ތީބާގެ އެއްޗެއްބާ..؟ " އިބްރާހީމް ރީތިކޮށް އެކެވެލި ފަށަށް ބަލާލިއެވެ. ރަންކުލައިގެ ވިދުންގަދަ އެކެވެލީގައިވާ ކޯމަސްތަކުގެ ލޮލުގައިވާ ފެހިކުލައިގެ ޑައިމަންޑްތައް ނިވިދިއްލެމުން ދިޔައީ ބޮތްކެއް ހެންނެވެ.
" ތިހަލާކުކޮއްލާ... " ފަހަތުން ކުރަކި އަޑެއް އިވިގެން ދިޔައެވެ. ސިހިފައި އިބްރާހީމް ފަހަތަށް އެނބުރި ބަލާލިއިރު މުޅި އެތަނުގައިވަނީ ފުސްކަމެވެ. އެކި ދިމަ ދިމާލުން އެ ބަސްކޮޅު އެކޯއެއްހެން ތަކުރާރުވަމުން ދިޔަ ވަރަކަށް އިބްރާހީމްގެ ހިތަށް ބިރުވެރިކަން ވަންނަމުން ދިޔައެވެ. އަދި އަވަސް އަވަހަށް ކުރުސި ކިޔަމުން ދުންތަކުގެ ތެރެއިން މަގެއް ހަދައިގެން ޓެރަހުން ފޭބިއެވެ.
" އަލްހަމްދުލިﷲ " އިބްރާހީމްއަށް ހަމަޖެހުމުގެ ނޭވާއެއް ލެވުނީ ދެނެވެ.
---
" ޒާން މަށަށް ޖަވާބު ދީބަލަ!!! " އަޙްމަދުގެ ރާގު ހަރުކަށިވެގެން ދިޔައެވެ.
" ކުރިން ދުވަހަކު ރޯގާ ވައްތަރު ވާތި ތިތަން ސާފުކުރަނިކޮށް ތީތި ފެނުނީ.. ދެން މިހިތަށް އެރީ އަބާންއަށް މަސް ލާން ތީތި ދޭނީއޭ... " ފައިޒަން ދެއަތް ދެއަތާ އުނގުޅަމުން ދިޔައިރު އަޑުގައި ތުރުތުރު އެޅުމެއް ހުއްޓެވެ.
" މިއީ ފައިޒަންގެ އެއްޗެއްތަ؟ މިއީ ފައިޒަންގެ ގޯއްޗެއް ނޫނޭ އެހެން މީހުންގެ އެއްޗެހި ނަގައިގެން ހާވާކަށެއް.. އެހެން ނޫނަސް މަމީ އަބާންގެ ބައްޕަ. އޭނަ ބޭނުންވާ އެއްޗެހި ހޯދަ ދޭނީ މަ... ސުންޕާ އެތި.. " އަޙްމަދު އަތުގައި އޮތް ބައުލް ނަގާ ބިންމައްޗަށް ޖެހިއެވެ. ވަގުތުން ތަޅައިގެން ދިޔަ ބައުލްގެ ބިއްލޫރިކޮޅުތައް އެކި ދިމަ ދިމާއަށް ބުރައިގެން ދިޔައެވެ.
" މި.. މިއީ ލީން ކުޑައިރު ގެންގުޅު ކެވެލިކޮޅުތަ؟ " ތަޅައިގެން ދިޔަ ބައުލްގެ ބިއްލޫރި ތަކެއްގެ ދަށުގައި އޮތް ކެވެލިކޮޅު ފެނިފައި އަޙްމަދު އަހާލިއެވެ.
" ހޫމް.. ތިއީ އަހަރެން ދިން އެއްޗެއް..." ފައިޒަން ނުލާހިކު ރަނގަޅަށް އެދުވަސް ހަނދާނުގައި އެބަހުއްޓެވެ. އެކެވެލިކޮޅަކީ އަލައިނާއަށް ހައަހަރުވި ދުވަހު ފައިޒަންގެ ސިފައިގައި އަޙްމަދު އާއި އެކު އަލައިނާ ގާތަށް ދިޔަ ދުވަހު އޭނަގެ އަތުން އަލައިނާގެ އަތުގައި އަޅުވައިދިން ކެވެލިކޮޅެވެ. އެންމެ ފުރަތަމަ ފެނިލުމާއެކު ވެސް އަލައިނާދެކެ އޭނަޔަށް ލޯބިވެވުނެވެ.
" މިއީ ޒާން ބޮޑުބެ ކައިރި އާދޭސްކޮއްގެން ހޯދި ކެވެލި ކޮޅުދޯ..؟ " އަޙްމަދު ނިއްއަރުވާލަމުން އަހާލިއެވެ. ފައިޒަން ބޯޖަހާލިއެވެ.
" ތީގަ އަތްނުލާތި! " ފައިޒަން އެކެވެލިކޮޅު ނަގަން އުޅުމުން އަޙްމަދު ވަގުތުން އެކަން މަނާކުރިއެވެ.
" ތިއީ ރޫހާނީ ކަމަކާ ގުޅިފައިވާ އެއްޗެއް... ތީގައި އަތްލައިފިއްޔާ ޖިންނި މޮޔަވާނެ.. އަލައިނާ ވެސް ސަކަރާތްވީ އެހެންވެ.. ބިއްލޫރިތަކާ އެއްކޮށް ތީގައި އަތްނުލާ ގެންގޮސް ކުނިގޮނޑަށް އެއްލާލާ... ނަމަ ނަމަ ތީގައި އަތްނުލާތި! " އަޙްމަދު އަމުރުކުރިއެވެ. ފައިޒަންގެ ދެބުމަ ގޮށްޖެހިގެން ދިޔައެވެ. ޖިންނި މޮޔަވާނެއޭ ބުނުމުން އޭނަގެ ގާތަށް ރުޅި ސަވާރުވިއެއްކަމަކު އޭނަ އެއްޗެކޭ ނުބުންޏެވެ. އެހިސާބުން އަޙްމަދަށް އޭނަގެ ހަޤީޤަތް އެނގިއްޖެނަމަ އޭނަގެ ލޯތްބާ ދުރަށް އަވަހަށް ދާން ޖެހިދާނެއެވެ.
" އާދޭ ކާން.. މިރޭ މިވީ ކަންތައް ނުވާކަމެއް ކަމުގައި ހަދާ... " ކުރުސި ކިޔަވާ މީހާ ހަމަޔަކަށް އެޅުމަށް ފުންނޭވާ ލުމުން އަޙްމަދުގެ ރުޅި އިސާހިތަކު ފިނިވެގެން ދިޔައެވެ. އަދި ބިއްލޫރިކޮޅުތައް ނެތް ހިސާބު ބަލަމުން ކޮޓަރިން ނިކުތް އިރު އިސްޖަަހައިގެން އިން ފައިޒަން ރުޅިއައިސްގެން ގޮސް ދެލޯވަނީ ފެހިކުލައިން ދިއްލިފައެވެ.
---
" އައްސަލާމް ޢަލައިކުމް... " ގޭޓުން ވަދެގެން އައީ ހުސެންއާއި އޭނަގެ އާއިލާއެވެ.
" ވަޢަލައިކުމުއްސަލާމް... އަހަން އާދޭ އަވަހަށް... " ގެއަށް ވަންނަން ދިޔަ އަޙްމަދު އެއާއިލާއަށް މަރުހަބާކިއެވެ. އެއެންމެން އެކުގައި އަޙްމަދު އެތެރެއަށް ވަތް އިރު ދެން ތިބި މީހުން އެމިހުންގެ އިންތިޒާރުގައި ތިއްބެވެ.
" ކާކު މިތަނުން ދޮށީ..؟ " ހުސެންގެ އެއްމާބަނޑު ދިހައަހަރުގެ ފިރިހެންކުދިންގެ އަތުގައި ހިފާ އިބްރާޙިމްގެ ގާތަށް ގެނެސް ސުވާލުކުރިއެވެ.
" މިއީ ހައިޝަމް. ދެން މިއީ ރަޔާން... މިތަނުން ދޮށީ ރަޔާން ދޯ؟ ދެން މިހިރީ އަންހެނުން އަރޫޝާ.. މިހިރީ މަގޭ ކޮއްކޮ ހުސްނާއާއި އޭނަގެ ފިރިމީހާ އާދިލް. ދެން އެދެމަފިރިންގެ ހުރި ހަމައެކަނި ދަރިފުޅު އާލާ.. އާލާއަށްމިވީ ސިކްސް އިއަރ ސް ދޯ؟ " ހުސެން އޭނަގެ ދެކުދިންނާއި އަންހެނުންނާއި ކޮއްކޮގެ އާއިލާ ތައާރަފް ކޮއްދިނެވެ.
" އިބްރާހީމްވެސް ތަންކޮޅެއް އަވަހަށް ދަރިން ހޯދި ނަމަ މިވަރުވާނެ " ހުސެން މާބޮޑަށް ވިސްނާލުމެއްނެތި ބުނެލި އެއްޗެކުން އިބްރާހީމްގެ އާއިލާގެ ނަޒަރު ހުސެންއަށް ހުއްޓުނެވެ. އިބްރާޙީމްއަށް ދެން ބަލާލެވުނީ އިސްޖަހައިގެން ހުރި އަފްޝާއަށެވެ. މީގެ ބާރަ އަހަރު ކުރިން އަފްޝާ ކުދިން ހޯދުމަށް އޭނަ ގާތުގައި އާދޭސްކުރި ހަނދާން އޭނަ އެބަހުއްޓެވެ. އެހެނަސް އަލައިނާގެ ބަލި ހާލު ހުރި ގޮތުން ކުއްޖަކު ހޯދައިގެން ގެންގުޅެން ދަތިވާނެތީ އޭނަ އެތައް އާދޭހެއް ކޮއްގެން އަފްޝާ ހަމައަކަށް އެޅުވިއެވެ. އެފަހުން ތޭރަ އަހަރުވާން އުޅެނިކޮށް ކުއްޖަކު ހޯދަން ނިންމީ އަފްޝާގެ އުމުރުން މަތިވެ ދަރިން ހޯދުމަށް އުނދަގޫވާނެކަމަށް ޑޮކްޓަރ ބުނުމުންނެވެ.
" ލަތީފާއްތަ ކިހިނެތްތަ؟ " މައުލޫ ބަދަލުކޮއްލުމުގެ ގޮތުން އިބްރާޙީމް ވާހަކަދެއްކީ ހުސެންގެ މަންމަ ލަތީފާއާއެވެ.
" އަލްހަމްދުލިﷲ ހަމަ ރަނގަޅު.. މިހިރީ ދޯ އަލައިނާ؟ ހާދަ ބޮޑުވެއްޖެޔޭ.. ހަމަ މަންމަޔާ ވައްތަރީ " ލަތީފާއަށް ވަގުތުން އަލައިނާ ފެނުމާއެކު ގެނެސް އޭނަ މޭގައި ޖައްސާލިއެވެ. ސިހިފައި އަލައިނާ ބަލާލީ އޭނަގެ ދޮންބެއާ ދިމާއަށެވެ. އިބްރާޙީމް ވަކި އެއްޗެކޭ ނުބުނެ ހީލިއެވެ.
" ކޮބާ އާދޭ ކާން އަވަހަށް.. " ތީބާ އޭނަގެ ދެދަރިން ސޯފާގައި ބައިންދަމުން ހުސެންގެ އާއިލާ ގާތު ކާކޮޓަރިއަށް ވަނުމަށް ދައުވަތު ދިނެވެ.
" މާދަން އަންނާތި ދައްތަ ގެޔަށް އިނގޭ... " ލަތީފާ އަލައިނާގެ ބޮލުގައި ފިރުމާލާފައި ހީލަމުން ކާކޮޓަރިއަށް ވަނެވެ.
އަލައިނާ އެތަނުގައި މަޑުކުރަން ނަހަދާ ވަނީ ކޮޓަރިއަށެވެ. ލަތީފާ ފެނުމާއެކު ކުރީގެ މާޒީ ހަނދާންވެދާނެތީ އޭނަ ބިރުގަތީއެވެ.
ފައިޒަން މަތިން ހަނދާންކުރަމުން އޭނަ ވަނީ ފާހާނައަށެވެ. އަދި ނިދުމަށްޓަކައި ބުރުހުގައި ބޭސް ޖެހިއެވެ. އެއާއެކު ދެވަނަ ސިކުންތުގައި އޭނައަށް ފެނުނީ އޭނަގެ އަތުގެ ހުރިހާ އިނގިލިތަކުގެ ނިޔަފަތިގަނޑު ދަށުން ލޭ އަންނަމުން ދިޔަ މަންޒަރެވެ. ވަގުތުން އަސްރާގެ ހިޔާލުތައް ސިކުނޑީގައި ދުވެލިއެވެ. އަސްރާ ނުކުރަން ބުނި ކަމެއް ކޮއްގެން ލޭ އަންނަ ވަރަށް ނިޔަފަތިކަނޑާ ދަތިން ނިޔަފަތި ކެނޑި މަންޒަރެވެ. އަދި އެހާލަށް އޭނަ ދޫކޮއް އަސްރާ ގެއިން ނިކުމެގެން ދިޔަ މަންޒަރެވެ.
އެހިސާބުން އަލައިނާއަށް އޭނަގެ ކުރިމަތިން ފެންނަމުން ދިޔަ މަންޒަރު ފުސްވާން ފެށިއެވެ. ބޮލަށް ތަދުވާން ފެށީ ކެތްނުކުރެވޭ ވަރަށެވެ. ހަމަ އެވަގުތު މާޒީގެ އެހެން ތަންކޮޅެއް އޭނަގެ ސިކުނޑީގައި އުތުރިގަތެވެ. އަސްރާ ގެއިން ނިކުމެގެން ދިޔަ ފަހުން އޭނަގެ ގާތަށް އައިސް މަޑުކުރި ޒުވާނެކެވެ. އެމީހަކު އޭނަ ގެން ގޮސް ބަގީޗާއެއް ތެރެއަށް ގެންދިޔަ މަންޒަރެވެ. އޭނަ އުފާކޮއްދޭން މަސައްކަތްކުރި މަންޒަރެވެ. ސޫރަ ހަނދާން ވަނިކޮށް އަލައިނާ ހޭނެތިގެން ފާހާނަ ތެރެއަށް ވެއްޓުނީއެވެ.
ނުނިމޭ

    Please log in or register to bookmark.
    5k

    3 ޚިޔާލު

    1. އަލައިނާއަށް އަމިއްލައަށް ދިފާއުވާންވެސް ނޭނގެނީތަ؟؟ ނުދަންނަ މީހަކު ބޭނުންގޮތަކަށް އަތްލާން ހަމަ އޯކޭތަ؟؟ މަމީ އަލައިނާނަމަ ބޭއިޚްތިޔާރުގަ އަތް އަނބުރާލެވޭނެ!!

      1
      2

    ޚިޔާލު

    Your email address will not be published. Required fields are marked *