Views: 2010 69

"އަދިވެސް ޖޯލި ގަތާ ނުނިމެދޯ؟ ވާހަކައެއް އަހާލަންތަ؟"

ސަމީރު ޖޯއްޔެއްގައި އިށީންނަމުން މާލިކްއާ ސުވާލު ކުރިއެވެ. އެހެން ނަމަވެސް މާލިކް ވަކި އެއްޗެއް ނުބުނެއެވެ.

"ބުނެބަލަ! ތިހާ އެއްކޮށް އުޅެފަ ފަހުދު މާލެ ދިޔަ ހިސާބުން ކީއްވެ ދަރިފުޅު ބަދަލުވީ؟ އަހަންނަށް އެނގޭ ފަހުދު ނެތީމަ މާލިކަށް އައި ހެޔޮ ބަދަލު. އަހަންނަށް މިހާރު ޔަޤީންވެއްޖެ ޔުސްރާ ދެކެވެސް މާލިކް ވަރަށް ރުޅި އައިސްފިކަން. ވީގޮތް ބުނެ ދީބަލަ.. ދެން ނުބުނިއްޔާ އަހަރެން މިވާހަކަތަކެއް ނާހާނަން." ސަމީރު މަޑުމަޑުން ވާހަކަ ދެއްކިއެވެ.

"ބައްޕާ! އަހަންނަށް ހުރިހާ ނުބައިކަމެއް ދަސްކޮށްދިން ދެ މީހުންނަކީ އެއީ.. އަހަރެން އޭރު ވަރަށް ކުޑަވާނެ. އަހަރެން ހަނދާން ހުރޭ. ބައްޕައަށް ރުފިޔާ ފައިސާ ނުލިބޭ މީހެކޭ ކިޔާފަ ގެންގޮސް ހަދިޔާ ގަނެދީ ހަދާފަ އަހަރެންގެ ހިތް އެމީހުންގެ މައްޗަށް ލެންބީ.. ބައްޕަތީ ގޯސް މީހެކޭ ކިޔާފަ ވަރަށް ގޯސްކޮށް އަހަންނަށް ވިސްނައިދިނީ. މާމަވެސް ބައްޕައާ އެއްވެސް ގުޅުމެއް ނުބާއްވަނީ ބައްޕަ ވަރަށް ބަސްނާހާ މީހަކަށް ވީމައޭ އޭރު އެމީހުން ބުނަމުން ދިޔައީ. އަދި ބައްޕަތީ ކޮއްކޮވެސް ނުބަލާންވެގެން މާލޭ މީހަކަށް ވިއްކާލި މީހެކޯ..."

"އަފީފާއާ ވާހަކަ ދައްކަންޏާ އަފީފާ ދެކެ ލޯބިވަންޏާ ޔުސްރާއްތަ ހަދިޔާއެއްވެސް ނުދޭނަމޭ ބުނީ. އަދި ބުނި މިވާހަކަތައް ބައްޕަމެން ކައިރި ނުދައްކާ އުޅޭށޭ. ބައްޕަމެނާ ގިނަގިނައިން ވާހަކަވެސް ނުދައްކާ އުޅޭށޭ. އޭރުން މާލިކް އެންމެ ބޭނުންވާ ހުރިހާ އެއްޗެއް ހޯދަދޭނަމޭ. އަހަރެން އޭރު ކުޑަކަމުން ބޭނުންވީ ހަދިޔާއާ އެކި ފާޑުގެ އެއްޗިސް. އެއެއްޗިސް އަހަންނަށް ބަރާބަރަށް ލިބެމުން ދިޔައީ. އެހެންވެ އެކަން ކުރަން އަހަންނަށް ވަރަށް ބޮޑަށް ހިއްވަރު ލިބުނު. އެވަރަށް އެއްޗެތި ހޯދަދޭތީ އޭގެފަހުން އެމީހުން ދައްކާ ކޮންމެ ވާހަކައެއް އަހަންނަށް ވަރަށް ގަބޫލު ކުރެވޭ. ގިނަގިނައިން އެގެއަށް ދެވޭނީ އެގޭގަ ކުޅޭއެއްޗެތި ބަހައްޓައިންނު."

"އަދި ފަހުދު ބުނި ބުނާގޮތް ނުހަދަންޏާ މޫދަށް ގެންދާ ދުވަހަކުން ގަންބާލާނަމޯ. އެހެން ބުނީމަ އަހަރެން އޭގެ ފަހުން މޫދަށް އެރެން ބިރުވެސް ގަނޭ. ވަރަށް ދުވަހު ބިރުން ހުރީން. އެކަމު އަހަރެން ހިތައް އެރީ އަހަރެން ގެނބުމުގެ ކުރިން އަމިއްލައަށް ފަތަން ދަސް ކުރާނިއްޔޭ. ޔުސްރާ މެނަކަށް ނޭނގޭނެ އަހަރެން ފަތަން ދަސްކުރީ ކޮން އިރަކު ކަމެއްވެސް."
ބައެއް ވާހަކަތައް ސަމީރަށް ތަފްޞީލް ކޮށްދެމުން މާލިކް އެވާހަކަތައް ކިޔައިދިނެވެ.

"ދޮންތާ.. އަހަރެން ހަމަ ހައިރާންވި އޭނަ ފެނިފަ. ޕިސް ޕިސް.. އަހަންނަށް ވަރަށް ދުވަސް ފަހުން ވިއްޔަ މި ފެނުނީވެސް އޭނަ. ހަމަ އެ ގަޑީގަ ނޭނގުން ބުނާނެ އެއްޗެއްވެސް. އެކަމަކު ދޮންތައަށް ހަމަ ޔަޤީންތަ އެއީ އޭނަ ކަން؟ މަށަށް ހަމަ ގައިމުވެސް މިހާ ދުވަސް ކޮށްފަ ފެނުނަސް އޮޅުވައެއް ނުލެވޭނެ. އެއީ ހަމަ އެ ހަށިގަނޑު، އެ ސިފަ. ހަމަ އެކަނި ނެތީ އޭރުގަ އެ ހުރި ޒުވާންކަން." ތާނިޔާ އަދިވެސް ވިސްނަމުން ދަނީ އެއިރު ހޮސްޕިޓަލުން ދިމާވި ކަންތަކާއެވެ.

" ދެން މަށަކަށްވެސް ނޭނގެ ތާނިޔާ.. މިހާރު އަހަރެން ވަރަށް ލަދުގަންފި... އެއީ ކާކު ކަން ޔަޤީން ނުކޮށް އިންނަން އެހުނީމަވެސް. ޕިސް ޕިސް.. ކޮންމެސް މޫސަ އެކޯ! ދެން ނޭނގެ. މަށަށް ކުރެވުނު ކަމަކުން ޠާރިޤްވެސް ޝާމް ކުރިމަތީ މަގޭ ފަތިފުށް ކިޔައިދިނީ.. ތާނިޔާ! ދެން މަށަށް ރަނގަޅީ ތި ވާހަކަ ނުދެއްކިއްޔާ."

ލަހުމާއަށްވެސް ވަނީ އޮޅިފައެވެ. މޫސައަކީ ކާކު ހެއްޔެވެ؟ އަނެއްކާ މި ވަނީ ކީއްބާއެވެ؟ ލަހުމާގެ ހިތުގާ އެތައް ސުވާލުތަކެއް އުފެދެމުން ދާން ފެށީ ހައިޖާނެއް ހެނެވެ.

ޠާރިޤް ދެއްކި ވާހަކަތައް އަޑު އެހުމަށްފަހު ޝާމް ރުޅިއައިސްގެން ހޮސްޕިޓަލުން ދިޔަގޮތައް ލަހުމާ ގާތަށް އައީ އެރޭގެ ދިހައެއް ޖަހަން ކައިރިވަނިކޮށެވެ. އޭރު ތާނިޔާ ފޫހިވެފައިވާ ފަދަ ގޮތަކަށް ގޮނޑިއެއްގައި އިނެވެ. ޝާމްގެ މޫނުފެނުމާއެކު ރުޅި އައިސްފާ ވާކަން ލަހުމާއަށް އެނގުނެވެ. ނަމަވެސް ލަހުމާ ހަމަ އެއްވެސް އެއްޗެއް ނުބުންޏެވެ. ބުނެވޭނީވެސް ވަކި ކީކޭހެއްޔެވެ؟ ހަޤީގަތުގައިވެސް ޝާމް ކުޑައިރު ޝާމްއާ ދޭތެރޭ ލަހުމާ ދެކެމުން އައި ގޮތަކީ އެއީކަން ޠާރިޤް ބުނެދިނީ ޝާމްގެ ކުރިމަތީގައެވެ. އެހެންކަމުން ޝާމް މިއަދު ލަހުމާދެކެ އިންތިހާއަށް ރުޅިއަންނާނެކަން ލަހުމާއަށް އެނގެއެވެ.

"އަހަންނަށް ކުރިން ނޭނގުނީ މަންމަ އަހަރެން ބަލަން ބޭނުން ނުވީކަން. މަންމަވެސް ކުޑާވެސް ތި އުޅުނީ އަހަރެންގެ ދޮންބެއެއް ދުނިޔޭގަ ހުރިކަން އަންގާވެސް ނުލާ. އަހަރެން އެހާ ކުޑައިރު މާމަ މަރުވީމަ އޭރު ކަންތައް ވީގޮތް ނޭނގުނަސް އަހަންނަށް މިހާރު އިނގިއްޖެ މަންމައަކީ ވަރަށް ރަޙުމެއް ނެތް މީހެއްކަން. މާމަގެ މައްޗަށް ރަޙުމެއް ނެތީމަ ކަންނޭނގެ އަހަރެންވެސް މަންމަގެ މައްޗަށް ރަހުމެއް ނެތިގެން މި އުޅެނީ."

"އަހަންނާ ދޭތެރޭ ތިގޮތަށް ކަންތައް ވީކަން ކުރިން ކީއްވެ ނުބުނީ؟ އަހަންނައް ކިޔައިދިންހާވެސް އެއްޗަކީ އަހަރެންގެ ބައްޕަވީ މަރުވެފަކަން. ތީގެވެސް ހަޤީގަތެއް ނޭންގެ. ތިހުރިހާ ކަމެއް އަހަންނަށް ފޮރުވިއިރު ކޮބާތަ ބޭނުމަކީ؟ ކޮބާތަ އަހަރެންގެ ދޮންބެ؟ އޭނަވީ ކޮން ތާކުތަ؟"

ޝާމްއަށް ހުރީ ރޮވިފައެވެ. ޝާމް އެތައް އިރެއް ވަންދެން ހިތާމަ ކޮށްފައިވާކަން އޭނާގެ މޫނުވެސް ހެކިދެއެވެ.

"ދަރި..ފުޅާ! މަންމައަށް.. މާފް ކުރޭ.. އަހަރެން.. މިއޮތީ ތި ދަރިފުޅުގެ އެހީތެރިކަން..ވަރަށް ބޭނުންވެފަ.. ޝާމް ނޫނީ ދެން ނެތް..އަހަންނާ އަޅާލާނެ ދަރިޔަކު.. ތިހެން ނުހަދާ.. އަހަރެންގެވެސް އޮންނަނީ..ހިތެކޭ.." ލަހުމާ ގިސްލަ ގިސްލާފައި ވާހަކަ ދެއްކިއެވެ.

"އަހަރެން މިއައީ އެންމެ ފަހުގެ ސަލާމް ކުރަން. އަހަންނަށް ދެން މިތާ ހުރެވޭކަށް ނެތް.. ތިހެން ކަންތައް ކުރީތީ އަހަރެން މިހާރު ދުނިޔެ މަތިން ފޫހިވެއްޖެ. އަހަރެން އަމިއްލަ މަސައްކަތުން ދޮންބެވެސް ހޯދާނަން. ވީތަނަކާ ކުރާ ކަމެއްވެސް ބަލާނަން. އޭނަގެ އިޙްސާސްތަކާ އޭނަ އުޅޭ ހާލު ބަލަން އަހަރެން ބޭނުން. އަހަންނަށް މާފްކުރޭ. ފަހަރެއްގަ އަހަރެން ދެން މަންމައާ ބައްދަލުވާނީ... ބައްދަލުވާނީ... ހީވެސް ނުކުރާ...."

ޝާމް އެ ޖުމްލަ ފުރިހަމަ ކުރަން ބޭނުމެއް ނުވިއެވެ. ލޮލުން ވެއްޓުނު ކަރުނަތައް އަތުގެ ނުފުށުން ފޮހެލަމުން ލަހުމާއަށާ ތާނިޔާއަށް ފަސްދެމުން ހިނގައިގަތެވެ.

"ޝާމް.." ޝާމް ހުއްޓުވުމުގެ ނިޔަތުގައި ތާނިޔާ ވަރަށް ބާރަށް ގޮވާލިއެވެ. އެހެންނަމަވެސް ޝާމްގެ ހަރަކާތަށް މަޑުޖެހުމެއް ނައެވެ.

ހަމަ އެ ވަގުތެވެ. ފާއިދު އިނީ ފަހުދާ ވާހަކަ ދައްކަން ގޭގެ ސިޓިން ރޫމް ސޯފާގައެވެ. ވާހަކަ ދައްކަމުން ދިޔަ އިރު ފާއިދުގެ މަސައްކަތަކީ ދޮއެފައިވާ ފަހުދުގެ އަންނައުނުތައް ފަތްޖެހުމެވެ. އެއީ ފާއިދު ބޭނުންވާގޮތެވެ. ވަގުތެއް ހުސްކޮށްގެން ނަމަވެސް މޫސަގެ އެއްޗެތި ދޮއެ އިސްތިރި ކުރާނީ ފާއިދެވެ. ހަމަ އެފަދައިން ސީމާގެ އެއްޗެސް އަބަދުމެ ދޮއެ އިސްތިރިކޮށްދެނީ ތުގާއެވެ. ފާއިދުގެ އިސްނެގުމަށް ތުގާއާ މަޝްވަރާ ކުރުމަށްފަހު ނިންމާފައިވާ ބައެއް ކަންކަން މި ނޫނަސް ހުރެއެވެ.

"ކީއްވެތަ އަހަރެން އިންނަން އުޅޭ މަންޖެއާ ވާހަކަ ދައްކާނުލާ، ރަނގަޅަށް ނުވެސް ކައި ތެދުވެގެން ދިޔައީ؟" ފާއިދު އަހާލިއެވެ.

"ކަމެއްވެގެން ނޫން.. ކޮންމެ ކަމެއްގަ ސަބަބެއް އޮންނަން ވޭތަ؟." ފަހުދު ދިނީ ކުރު ޖަވާބެކެވެ. އެހެން ބުނުމުން ފާއިދު އެހެން ވާހަކައެއް ފެށިއެވެ.

"ހެހެ.. އެހެން ވިއްޔާ ދެން އަޅާނުލާ. އެކަމަކު ބޭބެ ވާނެ އަހަރެން ކައިވެނީގެ ހެކިވެރިޔަކަށް ވެދޭން އިނގޭ.. ދެން މިދުވަސްކޮޅު މިތާވިއްޔަ ތި ހުރެވުނީވެސް. އަހަރުމެންގެ ކައިވެނީގެ އުފަލުގަ ބައިވެރި ވެލީމަ އަހަރެން ވަރަށް ހިތްހަމަ ޖެހޭނެ."

ފަހުދާ ދިމާލަށް ފާއިދު އެހެން ބުނުމުން ފަހުދު ހީނލިއެވެ. އެހެނަސް އެކަމާ ގުޅޭގޮތުން ފަހުދު ވަކި އެއްޗެއް ނުބުންޏެވެ..

"އަން.. މިހިރީ މޭވާ ތަށި. ފަހުދުބެ ކާންވީނު. އަހަރެން ބުނީމޭ ފަހުދުބެ މޭވާ ކާން އެހާ ބޭނުމެއް ނޫނޭ. އެކަމުވެސް މި ދޮންބެ ގަބޫލެއް ނުކުރި. ބުނީ ފަހުދުބެއަށް ރަނގަޅަށް ކާންދޭން ވާނޭ. ހެހެ." ތުގާ ތަށި ދިއްކޮށްލުމުން ފަހުދު ހިފިއެވެ.

"އަނހަ! ކޮން ވާހަކައެއްގަ؟" ސީމާއާއެކު ސޯފާގައި އިށީންނަމުން މޫސަ އެމީހުންގެ ވާހަކައާ ބައިވެރި ވެލިއެވެ.

"ބޭބެ ކައިރި މިބުނީ ހެކިވެރިޔަކަށް ވެދެއްޗޭ. މާދަން ގެންނާނަން ކައިވެންޏަށް އެދޭ ފޯމް ވެސް." ފާއިދު ވަރަށް ހިނިއައިސްފާ ބުނެލިއެވެ.

"ފާއިދު! ފާއިދުގެ ހަޤީޤީ މަންމައަށާ ބައްޕައަށް ތިކަން ނާނގާނަންތަ؟"

މޫސަ އެހެން ބުނުމާއެކު އެންމެންގެ ލޯތަށް އެއްފަހަރާ އަމާޒުވީ މޫސައަށެވެ. އަދި ދެވަނަ ނަޒަރުގައި ފާއިދުގެ މޫނަށް ބަލައިލިއެވެ.

މޫސަގެ މޫނުމަތީގައި އެއްވެސް ހާސްކަމެއް ނެތެވެ. ޖެހިލުމެއްނެތި މޫސަ ބުނެލި ޖުމްލައިން ފާއިދަށް ހީވީ އޭނާގެ ހިތުގެ އެތަން މިތަނަށް ތޫނުއެއްޗެއް ހަރަމުން ދާހެންނެވެ.. ފާއިދު ވަގުތުން އިސްދަށަށް ޖަހާލިއެވެ. އެހެންނަމަވެސް ފާއިދުގެ އަނގައިން އެ ސުވާލުގެ ޖަވާބު މޫސަ ބޭނުންވަނީ އެންމެންގެ ހާޒިރުގައެވެ.

( ނުނިމެ )

މި ސައިޓަށް އަޅުގަނޑު މިދަނީ މި ވާހަކަ ޤަވައިދުން ސަބްމިޓް ކުރަމުން. އެހެން ނަމަވެސް، ބައެއް ފަހަރު ހޯމަ އަދި ހުކުރު ދުވަހަށް ވާހަކަ ކިޔާލަން ނުލިބި ޑިލޭ ވެގެން ދާތީ ކިޔުން ތެރިންގެ ކިބައިން ނިހާޔަތަށް މަޢާފަށް އެދެން.
އެހެން ނަމަވެސް އަޅުގަނޑު އެދެނީ، ސައިޓުން ވާހަކަ އަޕް ކުރަންދެން ކެތްތެރި ކަމާއެކުު ތިއްބެވުމަށް..

ހުރިހާ ބޭފުޅުންނަށްވެސް  އަމާން ކަމާއި ސަލާމަތްތެރިކަން  ދެއްވުން އެދި ދުޢާ ކުރަން.  މި ހާލަތުގައިި  ކޮންމެެ ބޭފުޅެއްވެސް   އެެބޭފުޅެއްގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކޮށްގެން ތިއްބަވާ.!!!!

  1. Avatar
    moderated

    ޝަލީން ހާލު ކިހިނެތްތަ؟ ސޮރީ މީ ވަރަށް ބިޒީކޮށް އުޅޭތީ ކޮމެންޓް ނުކުރެވެނީ😔! ސްކޫލް ފެޝުނީމަ.. ހޭވް ޓު ގޯ އެންޑް ޓީޗް ދެމް ދޯ؟ ވަގުތު ލިބޭ ވަރަކުން ކިޔާލެވޭތޯ އެބަ ބަލަން މި ވާހަކަ. އެސްފިޔަ އިން ކޮމެންޓް ނުކުރެވޭތީ 50 ވަނަ އެޕިސޯޑް އިން ޝަލީންގެ ނޯޓް ފެނުނީ ހަމަ ދެންމެ.. ޓްރައި ޔުއަރ ބެސްްޓް 👍❤

    1. Avatar

      ގުޑް ހަމަ
      އޯހ!! އިޓްސް އޯކޭ..
      ޓައިމް ވީވަރަކުން ކޮމެންޓް ކޮށްލައްވާ.
      ހެހެ…
      އަދިވެސް ވަރަށް ތޭންކްސް މައި ޑިއަރ 😍

  2. Avatar
    moderated

    ހެއި ޝަލީން….❤

  3. Avatar
    moderated

    ކިހާ ދެރަ ކަމެއްތަ އަޅެ ޝިޔާމާ، ތި ނޫނީ ވާހަކަ ލިޔާ މީހަކު ނޫޅެނީތަ؟ ވާހަކަ ނިމޭ ކޮންމެ ފަހަރަކު ތި ކަނޑާ ފޮނި ތަށް ލިޔުން ހުއްޓާލަބަލަ، ހީވަނި މީހުން ގެ ސަމާލު ކަން ހޯދަން އުޅޭހެން.. ވާހަކަ ރީއްޗަސް ވަރަށް ފޫލިވޭ އެހެންވެ😡

    1
    1
    1. Avatar

      ހައި.. ވާހަކަ ލިޔުމުގެ ހުނަރެއް އެއީ އިނގޭ..
      އަސްލު އަޅުގަނޑު މިގޮތަށް ވާހަކަ ކުރިޔަށް ގެންދާތީ ދެއްތޯ އަނެއް ޕާރޓަށް އިންތިޒާރު ތި ކުރައްވަނީ..
      ހަޤީޤަތުގަވެސް ކިޔުންތެރިންގެ ސަމާލުކަން ހޯދަން އަޅުގަނޑުމެންނަށް ކިޔަވާދޭން ޓީޗަރ ދަސްކޮށްދިނީ.
      ވަރަށް ބޮޑަށް ޝުކުރިއްޔާ ތި ކޮމެންޓް ކޮށްލީމަ ވެސް…
      ވާހަކައަށް އިންތިޒާރު ކުރާނެ ކަމަށާ އުންމީދު ކުރަން.

ޚިޔާލު ފޮނުއްވާ