Views: 846 24

ވަކި ހަމައަކަށް ދެވުނު އިރު އިޒްޔަލް އާއި އާލް ސްކޭޓް ބޯޑުގެ އުކުޅުތައް ދަސްކޮށް އުޅެއެެވެ. އެ ދެކުދިންގެ އިތުރުން އިތުރު ފިރިހެން ކުއްޖެއް ވެސް ހުއްޓެވެ.

ޒިވިލް އެމީހުނަށް ހަނާއަޅައިލަމުން އެކުދިންގެ ކައިރީގައި މަޑުކޮށްލިއެވެ.
*****************

"ހައި ޒިވް. ދިސް އިޒް އަ ނިއު ފްރެންޑް، ނަވީން." އިޒްޔަލް ބުނެލިއެވެ.

"ނައިސް ޓު މީޓް ޔޫ." ޒިވިލް މިހެން ބުނެފައި އަނެއްކާ ވެސް ދުވަން ފެށިއެވެ.

"އެއީ ކޮއްކޮތަ؟" ނަވީން އަހައިލިއެވެ.

"ޔެސް." އާލް ޖަވާބު ދިނެވެ. "ޑޫ ޔޫ ލަވް ދިސް ޕްލޭސް؟"

ނަވީން ފާޑަކަށް ހުއްޓުން އަރާފައި އިރުކޮޅަކު ހުއްޓެވެ.

"އަމްމް… ޔެސް." ނަވީނާ ފާޑަކަށް ޖަވާބު ދިނެވެ.

"ޖަންގަލް އަށް ދަންތަ؟" އާލް ހުރީ އޭނާގެ ބޮލުގައި ފުރި އުތުރި އަރައިފައިވާ ސުވާލުތަކުގެ ޖަވާބު ހޯދަން ކެތް މަދު ވެފައެވެ. ނަވީން ގެ ދެލޯ ބޮޑުވިތަން ފެނުނެވެ.

"ނޫން… ނުދަން. ނުވާނެ އެތަނަށް ދާކަށް." ނަވީން މޫނު އަނބުރައިލިއެވެ.

އިޒްޔަލް އާއި އާލް ދެމީހުން ދެމީހުންގެ މޫނަށް ބަލައިލީ ކަމެއް ގޯސް ވެއްޖޭ އިންޒާރު ދޭ ފަދަ ގޮތަކަށެވެ.

"ވީ ޑިޑް." އިޒްޔަލް އާއި އާލް އެއް ފަހަރާއި ޖަވާބު ދިނެވެ.

"އޭނ…" ނަވީން ބިރުން އެއްލިގެން ދިޔައެވެ. "ބުނަންތަ ވާހަކައެއް. އެ ޖަންގަލް އަށް ކިޔަނީ 'ޒީރޯ ޑެތްސް' ޖަންގަލް. އެ ޖަންގައްޔަށް ވަންނަ މީހަކަށް ނިކުމުވޭ ގޮތެއް ނުވޭ. ކިތަންމެ ޕްރޯ މީހަކުވެސް ހަމަ އެތާ ތާށި ވަނީ."

"ބަޓް ވީ ޑިޑް." އާލް އާއި އިޒްޔަލް އަށް އެއްފަހަރާ ހަޅޭއްލަވައިގަނެވުނެވެ. ނަވީން ޝަހާދަތް އިނގިލި ގެނެސް ތުންފަތުގައި ޖައްސައިލިއެވެ.

"މާތް ކަލާކޯ... ކިހިނެއް!" ނަވީން ދެލޯ ބޮޑުކޮށްލިއެވެ.

އާލް އާއި އިޒްޔަލް ނަވީން އަށް ހުރިހާ ވާހަކަ ތަކެއް ކިޔައިދޭން ފެށިއެވެ. ނަވީންގެ ހައިރާން ކަން އިތުރު ވަމުން ދިޔައެވެ.

"ތިއީ ބޮޑު ކަމެއް. ތިކުދިން ގްރޭމީ ގެ ކައިރިއަށް ދާން އެބަ ޖެހޭ." ނަވީން ބުނެލިއެވެ.

"ގްރޭމީ އަކީ ކާކު؟" އިޒްޔަލް އަހައިލިއެވެ.

"މަގޭ މާމަ. މާމަ ވަރަށް ޕްރޯ ވާނެ. މާމަ ބުނީ ނަވީން ގެ ކައިރީގަ ވެސް އެ ޖަންގައްޔަށް އެކަކު ވެސް ނުވަންނަ ވާހަކަ. އެއީ ތެދެއް. އެކަމް ތި ކުދިންނާ ދިމާވި ލިއަމް އަކީ ކާކު ކަމެއް ނޭނގޭ. އެތާގަ އުޅޭ ކަޅު މީހުންތަކެއް. މާމަ ނުބުނޭ އަންހެން ކުއްޖާގެ ވާހަކައެއް." ނަވީން އިތުރަށް ކިޔައިދިނެވެ.

"މިއަދު ކޮންމެވެސް ގަޑިއެއްގަ ގްރޭމީއާ ދިމާ ކުރާނީ ދޯ. ދެން ދަނީ އޭ ނަވީން." އާލް ބޭނުންވީ އަވަހަށް ގެއަށް ދާށެވެ.

ނަވީންއާއި ސަލާންގަލާން ކުރުމަށް ފަހު ގެއަށް ހިނގައިގަތެވެ. ދެކުދިން ތިބީ ވެސް ބިރުގެންފައެވެ. މަންމަ މާގަސް އިންދައި އުޅޭތީ އާލް ކާޕެޓް ވިނަގަނޑު މަތީގައި އިށީނދެ ފޯނު ހުޅުވައިލިއެވެ. އިޒްޔަލް އިށީނީ އާލް އާއި ޖެހިގެނެވެ.

ފުރަތަމަ ވެސް ލޮލުގައި އަޅައިގަތީ އެއްކަލަ ނުދަންނަ ނަމްބަރުން ކޮށްފައި އިން މެސެޖެވެ.

"އައި ސޭވްޑް ޔޫ… ޝޫޝް. އެކެއް ކައިރީ ވެސް ނުބުނައްޗޭ." އާލް ބާރަށް މެސެޖު ކިޔައިލަމުން އިޒްޔަލް އަށް ދައްކައިލިއެވެ.

"ތި ނަމްބަރަށް ގުޅާބަލަ. އޭރުން އިނގޭނެ ދޯ." އިޒްޔަލް މޮޅު ހިޔާލެއް ދިނެވެ.

އާލް ގުޅާ އައިކޮން އަށް ފިއްތައިލިއެވެ. ފޯނު ރިންގު ވުމާއިއެކު އެކޮޅުން ފޯނު ނަގައިފިއެވެ. ވާހަކަ ދެއްކީ ފަރިހެން ކުއްޖެކެވެ. ނަމަވެސް ނަވީންގެ އަޑަށް ވުރެ މާ ޖާދުވީއެވެ.

"ހަލޯ... ކޭން ޔު ޓެލް ހޫ ޔޫ—" އާލް ބުނި އެތި ނިމުމުގެ ކުރިން އެކުއްޖާ ވާހަކަ ދައްކަން ފެށިއެވެ.

"މަށަކީ ކާކުކަން އެނގުން މުހިންމެއް ނޫން. ޔެސް. ތިމީހުން ސަލާމަތެއް ނުވާނެ. ތިކުދިން މަ ސަލާމަތް ކޮށްދިނީމަ މަ ތިކުދިން ސަލާމަތް ކޮށްދިނީ. ގްރޭމީގެ ކައިރީގަ އެއްވެސް ވާހަކައެއް ނުބުނައްޗެ. އެއީ ބްލެކް ހޫޑީސް އަށް ހެލްޕް ވާ މީހެއް. އެންޑް ދެން މަށަށް އުނދަގޫ ނުކުރައްޗޭ ދެން. ބީޕް." ފޯނު ކެނޑިގެން ދިއުމާއި އެކު އާލް ބަލައިލީ އިޒްޔަލްގެ މޫނަށެވެ.

ސްޕީކަރަށް ލައިފައި އޮތުމުން އިޒްޔަލް އަށް ވެސް އަޑު އިވުނެވެ.

"އިޒްއަށް ހީވަނީ އަ… އަދި އެއްފަހަރު ގުޅަންވީ ހެން." އިޒްޔަލް ބުނެލިއެވެ.

އާލް އަނެއްކާވެސް ގުޅާ އައިކޮން އަށް ފިއްތައިލަމުން ފޯނު ސްޕީކަރަށް ލިއެވެ. ރިންގު ވުމާއިއެކު ހެން އެކޮޅުން ފޯނު ނެގިއެވެ.

"މަ ބުނީމެއްނު އުނދަގޫ ނުކުރާށޭ. މަ މިއުޅެނީ މިޝަން އެއްގަ މިހާ ވެސް. ތިކުދިން އިންޓެރަޕްޓް ކުރީމަ ކޮއްކޮ އެ ވޯލްޑަށް ނުފޮނުވާލެވުނީ. ދެން މަށަކަށް ނުކެރޭނެ އެކަނި މާއެކަނި އެ ޖަންގައްޔަށް ދާކަށް. ބްލެކް ހޫޑީސް ކޮއްކޮ އަތުލަ ދާނެ. މިހާރު މާ ލަސްވެދާނެ. ތިގޭގަ އުޅޭ ޒިވިލް އަށް ނުނިދޭ މިހާރު ވެސް ކޮއްކޮ ރޯ ވަރުން." އެ އަޑުން ބުނެލިއެވެ.

"އައި އަންޑަރސްޓޭންޑް. ތީ ލިއަމް އެއް ނޫންދޯ. ތީ ދޮންތި ތަ؟" އާލް ހިތްވަރު ކޮށްފައި އަހައިލިއެވެ.

"ހައްހައްހާ... . މަށަށް ކިޔަނީ ދޮންތިއެއް ނޫން. ފަހުން ބުނާނަން ނަން." އޭނާ ބުނެލިއެވެ.

"މަ ބޭނުން ހެލްޕް ވަން. މަށާ ހެދި އެހެން ދިމާވީމަ." އިޒްޔަލް ގެ ހިތުގައި ހަމްދަރުދީ އުފެދިގެން ދިޔައެވެ.

"ސޯ ސްވީޓް އޮފް ޔޫ. ބީޕް." ފޯނު ކެނޑުނެވެ.

އާލް މިފަހަރު ވެސް ބަލައިލީ އިޒްޔަލް އާއި ދިމާއަށެވެ. އިޒްޔަލް ހުރީ ވިސްނުމަކަށް ގެއްލިފައެވެ.

"އާލޫ… ކްރައިމް ސްޓޯރީއެއްގަތަ މި އުޅެނީ؟" އިޒްޔަލް އަހައިލިއެވެ. އާލް ވެދާނޭ ކިޔައިފައި އިޒްޔަލް ކޮޅަށް ނެގިއެވެ.

ގޭތެރެއަށް ވަދެގެން ދިޔައިރު އަޒީނާ އާއި މެއިޑް އިޒަބެލާ ސައިހަދައި އުޅެއެވެ. އިޒްޔަލް އާއި އާލް ވަނީ އާލްގެ ކޮޓަރި އަށެވެ.

އެނދުގައި ޖައްސާލަމުން އިޒްޔަލް ފުން ނޭވާއެއް ބޭރު ކޮށްލިއެވެ.

"އައިޑިޔާ އެއް އެބަ އޮތް. ހިނގާ ޒިވިލް ކައިރީގަ އަހަން އޭނައަށް ނުނިދޭތޯ. އެ ގުޅި މީހާ އަކީ ޑެފިނެޓްލީ ދޮންތި." އިޒްޔަލް ބުނެލިއެވެ.

އެ ދެކުދިން އިންތިޒާރު ކުރަމުން ދިޔައީ ޒިވިލް އަންނާނެ އިރަކަށެވެ.

ބޭރުން ޒިވިލް 'ސެންއޮރީތާ' ކިޔަމުން އައި އަޑު އިވުމުން ދެކުދިން ރޭސް ޖަހައިފައި ދުއްވައިގަތީ ޒިވިލް ކައިރިއަށެވެ.

"ޒިވް... ކައިރީގަ... ވާހަކަ… އެއް... ބުނަން." އިޒްޔަލް މާނޭވާ ލަމުން ބުނެލިއެވެ.

"މި އަންނަނީ އިނގޭ ސްވެޓީ އެއްޗެހި ބަދަލުކޮށްގެން… ސްވީޓް އިޒް." ޒިވިލް ގޮސް ވަނީ އޭނާގެ ކޮޓަރިއަށެވެ.

"އައިމް ނޮޓް ސްވީޓް އިޒް." އިޒްޔަލް ތުން އޫކޮށް ލަމުން ގޮސް ޖެހުނީ ގުދަނުގެ ދޮރުގައެވެ. އޭނާ ޖެހުނުތާ ސިކުންތެއް ނުވަނީސް އެތެރެއިން ދޮރުގައި އެއްޗެއް ޖެހުނެވެ.

އިޒްޔަލް ކަރަންޓް ޝޮކެއް ޖެހުނުހެން ކުރިއަށް ދެމީގަތުމަށް ފަހު އެ ދޮރަށް ބަލައިލިއެވެ.

"ސްވީޓް އިޒް… ކިހިނެއް ވީ؟" އާލް އަހައިލިއެވެ.

"އަމްމް… މި ދޮރުގަ ޖެހުނީމަ ހީވީ އެތެރެއިން މީހަކު ޖެހިގަތް ހެން." އިޒްޔަލް ބުނެލިއެވެ.

އާލް ދެލޯ ބޮޑުކޮށްލަމުން އައިސް ދޮރުގައި ޓަކި ތަޅައި ގަތެވެ.

"ޔޫ ސްޓުޕިޑް ކްރޭޒީ… ކްރޭޒީ… ކްރޭޒީ… އިޑިއަޓް." އިޒްޔަލް އައިސް އާލްގެ ގައިގައި ހިފައި ދޮރާއި ދުރުކޮށްލިއެވެ

އެވަގުތު ގުދަނުން އަޑެއް އިވެން ފެށިއެވެ. އާލް އާއި އިޒްޔަލް ކަންފަތް ތޫނު ކޮށްލިއެވެ. އެތެރެއިން އިވުނީ ދަގަނޑު ޗޭނެއްގެ އަޑެވެ.

"ކޭން ޔޫ ހިއަރ އިޓް؟" އިޒްޔަލް ވައި އަޑުން އަހައިލިއެވެ. އާލް ބޯޖަހައިލިއެވެ.

އިރުކޮޅަކުން އެ އަޑު އެއްކޮށް ކެނޑުނެވެ. އެތެރެއިން ތަކުރާރުކޮށް އެއްވެސް އަޑެއް ނީވެއެވެ. ނަމަވެސް އާލް އާއި އިޒްޔަލް ހުރީ އެ އަޑު އަހަން ކެތް މަދު ވެފައެވެ.

ޒިވިލް ކޮޓަރިން ނިކުތް އިރު އާލް އާއި އިޒްޔަލް ހުރީ އިންތިޒާރުގައި ހުރި ހެންނެވެ.

"ކޮން ވާހަކައެއްތަ ދޮންބޭ؟" ޒިވިލް އަހައިލިއެވެ.

"ވަރަށް ބޮޑު ވާހަކައެއް." އާލް ޖަވާބު ދިނެވެ.

"ދެން ބުނާނަންތަ؟" ޒިވިލް އަހައިލިއެވެ.

"ހަމަ ޖެހޭ... ބުނަންށެއްނު މިއުޅެނީ." އާލް ބުނެލިއެވެ. އާލް ހުރީ ފަށާނެ ގޮތެއް ނޭނގިފައެވެ.

"ޒިވް ރޭގަނޑުގަ ނިދާފަ އޮންނައިރު އިވޭތަ އަޑެއް؟ ލައިކް…" އިޒްޔަލް ބުނެނިމުމުގެ ކުރިން ޒިވިލް ބޯ ޖަހައިލިއެވެ.

"ކުޑަކުއްޖަކު ރޯ އަޑު. ތިއްތި އަށް ވެސް އިވެނީތަ؟" ޒިވިލް އަހައިލިއެވެ.

"ނޯން… މި ކިޔައިދެނީ… އަޑު އަހާ." އާލް ކުރިއަށް ޖެހިފައި ހުރިހައި ވާހަކަ ތަކެއް ކިޔައިދިނެވެ. ޖަންގައްޔަށް ދެވުނު ފަހުން ދިމާވި ހުރިހާ ކަމެއްގެ ވާހަކައެވެ. ފޯނު މެސެޖުގެ ވާހަކަ ވެސް މެއެވެ.

ރޭގަނޑުގެ ހަމަހިމޭންކަން ފޫއަޅުވައިލައިފައި އިޒްޔަލް އާއި އާލް ހަޅޭއްލަވައިގަތެވެ. އެކުދިން ސަޕޯޓު ކުރާ ޓީމު ލަނޑެއް ޖެހީއެވެ.

"ދަރިފުޅު މެންނޭ… މިހާރު އެޔޮއް ބާރަ ގަނޑި ބައިވަނީ. ވިއްސާރަ ރެއެއް މީ." އަޒީނާ ޕިސް ތަޅައިލުމަށް ފަހު އޭނާގެ ކޮޓަރިއަށް ހިނގައިގަތެވެ.

"މި މެޗު ނިމެނީ ދޭއް ޖަހާއިރު." އާލް ސޯފާއިން ގޮވައިލިއެވެ. އިޒްޔަލް އިނީ އަނގަ ފުރައި ޕޮޕްކޯން އަޅައިގެންނެވެ.

ޒިވިލް އެނދު ތަންމަތި އަޅައިފައި އޮށޯތީ މިރޭ ވެސް އެ އަޑު އިވޭނެ ކަމުގެ ޔަގީންކަން އޮތުމުންނެވެ. ސްޕީކަރުން 'ލުލަބައި' ޖަހައިގެން އޮއްވައި ނިދުނެވެ.

ޒިވިލް އަށް ހޭލެވުނީ ހެނދުނު އެވެ. އެލާމް ވާ އަޑަށެވެ. އެލާމް ނިއްވައިލިއިރު އިތުރު އެހެން އަޑެއް ވެސް އިވުނެވެ. މީހަކު ގިސްލާ އަޑެވެ. މިފަހަރު ޒިވިލް އެއްވެސް ބިރެއް ނުގަނެއެވެ.

ކަންފަތް ދިއްކޮށްގެން ހުރީ ބެލްކަންޏާއި ދިމާއަށެވެ. ރޭގައި ވެހެމުން ދިޔަ ވާރޭ އަދިވެސް ތުނި ނުކޮށްލައެވެ.
ޒިވިލް ބެލްކަންޏަށް ނިކުންނަ ބިއްލޫރި ދޮރު ނިވާ ކުރަން އަޅައިފައިވާ ފަރުދާ ފޮތިގަނޑު ކަހައިލިއެވެ. ފެނުނު އެއްޗަކުން އޭނާގެ އަތުން ފޮތިގަނޑު ދޫވެގެން ދިޔައެވެ.

އަނެއްކާ ވެސް ޒިވިލް ފޮތިގަނޑު ކަހައިލަމުން ބަލައިލިއެވެ. ބެލްކަނީގައި އިށީނދެގެން އިނީ އޭނާއަށް ވުރެ ފުދޭ ވަރަކަށް އިސްކޮޅުން ދިގު ފާޑު ޖަހާ އަންހެންކުއްޖެކެވެ.

ބްލޮންޑް އިސްތަށިގަނޑުން މުޅި ބުރަކަށި ނިވާވެފައި އޮތެވެ. އެކުއްޖާ ހުރީ ފުރަގަސް ޖަހައިގެނެވެ. ވެހެމުން ދިޔަ ވާރެއިން ތެމެމުން ދިޔައިރު އެއްވެސް ފަރުވާލެއް ނެތެވެ.

ޒިވިލް ހަނދާންވީ އިއްޔެގައި އާލްމެން ކިޔައިދިން ވާހަކައެވެ.

އޭނާގެ ހިތް ވިރެން ފެށިއެވެ. އެކުއްޖާއަށް ހާދަހައި ފިނިވާނެއެވެ.

ބެލްކަނީގެ ދޮރު ކަހައިލަމުން ޒިވިލް ބެލްކަނީގެ ތެރެއަށް ދެމިގަތެވެ. ހިމަ ފޮދު ވާރޭއިން އޭނާ ވެސް ތެމެން ފެށިއެވެ. މަޑު މަޑުން ގޮސް އެކުއްޖާއާއި ދިމާއަށް ތިރިވެލިއެވެ.

ކޮނޑާއި ހަމައަށް ގެންދިޔަ އަތް ވެސް އަނބުރައި އައީއެވެ. ޒިވިލް ތެދުވެ ތަންކޮޅެއް ދުރުވެލިއެވެ.

"އެކްސްކިއުޒް މީ…" ޒިވިލް ވަރަށް މަޑު މަޑުން ބުނެލިއެވެ. އެކުއްޖާ ސިހިގެން ދިޔަކަމަކު އެއްވެސް ބިރެއް ނުގަތެވެ.

ޒިވިލް އާއި ދިމާއަށް އެނބުރުނު އިރު މޫނުމަތީގެ ދެތިން ތަނެއް ޒަހަމް ވެފައި އިނެވެ. ލޮލުން ރޮއްޖަކަށް ކަރުނަ ފައިބަމުން ދެއެވެ.

ހާމައަށް އޮތް އަތުގައި ވެސް އެހައި ޒަހަމް ގިނައެވެ. ޒިވިލް އިތުރަށް ދެރަވެފައެވެ. އާލް މެންގެ ފަރާތުން އެނގުނު ގޮތުގައި މިއީ އެއްވެސް ގެއްލުމެއް ދޭނެ ކުއްޖެއް ނޫނެވެ.

"ކޭން އައި ހެލްޕް ޔޫ؟" ޒިވިލް އަހައިލިއެވެ.

ދެފައި ވަށް ކޮށްލައިގެން އިން ކުއްޖާ އަނެއް ފަރާތަށް އެނބުރުނެވެ. އެކުއްޖާގެ ފައި ކައިރިން ނެނގީ ހުދު ފޮތިގަނޑެވެ. ކޮއްކޮ ލައިގެން ގެންގުޅުނު ހުސް ފޮތިގަނޑެވެ. އޭތި ޒިވިލް އަށް ދައްކައިލުމާއި އެކު އެކުއްޖާގެ ތުންފަތް ފަޅައިލައިފައި މަޑު ގިސްލުމެއްގެ އަޑު އިވުނެވެ.

ޒިވިލް ކަރުނަތައް ހިފަހައްޓައިލުމަށް ފަހު ކޮޓަރީގައި ހުރި ފަސްޓްއެއިޑު ބޮކްސް ހިފައިގެން އައިސް އެކުއްޖާ އާއި ނުހަނު ގާތުގައި އިށީނދެލިއެވެ.

ޒިވިލް ކަފަކޮޅެއް ނަގައިގެން އެކުއްޖާގެ ކަކުލުގައި ވަށައިލެވިފައިވާ އަތުގައި ޖައްސައިލިއެވެ. ލޭތައް ސާފު ކުރަން ފެށުމުން އެކުއްޖާ އަތް ރީއްޗަށް ދައްކައިލިއެވެ.

އާލް އަށް ހެނދުނު ހޭލެވުނު އިރު އަށެއް ޖަހައި ބޮޑުވަނީއެވެ. ގަނޑި ހުއްޓިފައި ހުރިތޯ ޔަގީންކުރަން ފޯނު ހުޅުވައިލިއެވެ.

އޭނާގެ ލޮލުގައި ފުރަތަމަ ވެސް އަޅައިގަތީ ނޮޓިފިކޭޝަން ތަކެވެ. ނޮޓިފިކޭޝަން ތަކުން ފޯނު ފުރިފައި އޮތެވެ.

އަވަހަށް ޕާސްވޯޑު ޖަހައިލުމަށް ފަހު ހުޅުވައިލިއެވެ. ދޮންތިގެ ނަމްބަރުން ސަތޭކަ ތިން ފަހަރު ގުޅައިފައި ވެއެވެ.

އާލް ބޮލުގައި އަތް ބަނދެލިއެވެ. ރޭގައި ތިނެއް ޖެހިފަހުން ހުއްޓައިނުލައި ގުޅައިފައެވެ. މެސެޖުތައް ވެސް އެހައި ގިނައެވެ.

'ސޭވް މީ.' މިތަން ކޮޅު އެއްހާސް ފަހަރު ފޮނުވައިފައެވެ. އާލްގެ ނިދި ވެސް ގަދައީ ކަމަށް އޭނާ ނިންމިއެވެ. ދޮންތި މިވަރަށް ގުޅާނީ ގެއްލުމެއް ވީމަ ކަން ޔަގީނެވެ. އެކަން އެ މެސެޖު ތަކުން ސާބިތު ކޮށްދެއެވެ.

އާލް ގަޔަށް ޓީޝާޓެއް މަހައިލަމުން ދުއްވައިގަތީ އިޒްޔަލް ހޯދާށެވެ. އިޒްޔަލް އޭނާގެ ކޮޓަރިއަކު ނެތެވެ. އާލް ދެލޯ އުނގުޅަމުން ބޭރަށް ނިކުތްއިރު އިޒްޔަލް އިނީ ކުޑަކުއްޖެއް ހެން ޖޯލި ހެއްލާށެވެ.

"އިޒް… ވަރަށް ބޮޑު ކަމެއް ވެއްޖެ!" އާލް ދުވެފައި އައިސް އިޒްޔަލް ގެ ކައިރީގައި ހުއްޓުނެވެ. އޭނާ ފޯނު ދިނީ އިޒްޔަލްގެ އަތަށެވެ.

މެސެޖުތައް ކިޔައިފައި އިޒްޔަލް ވެސް ހުރީ ބިރުންނެވެ.

"އޭނަ އަށް ދެރަ ކަމެއް ވެއްޖެ." އިޒްޔަލް އަސަރާއި އެކު ބުނެލިއެވެ.

"ހިނގާ ޖަންގައްޔަށް އޭނަ ހޯދަން." އާލް އިނގިލި ދިއްކޮށްލީ ޖަންގައްޔާއި ދިމާއަށެވެ.

"ޝޫޝް." އިޒްޔަލް އާލްގެ އަނގަ މަތީގައި އަތް އަޅައި ލަމުން މަގުމައްޗަށް ލޮލުގެ އިޝާރާތެއް ކުރިއެވެ.

އޭރު ނަވީން އައިސް ގޭޓުން ވަންނަނީއެވެ. އާލް އާއި އިޒްޔަލް މޫނުމަތީގައިވާ ހާސްކަން ފިލުވޭތޯ މަސައްކަތް ކުރަމުން ދިޔައެވެ.

"ގްރޭމީ އާ މީޓެއް ނުކުރާނަން ތަ؟" ނަވީން ހެވިފައި ހުރެ އަހައިލިއެވެ. އާލް އާއި އިޒްޔަލް ދެމީހުން ދެމީހުންގެ މޫނަށް ބަލައިލިއެވެ.

"ފަހުން ދޯ ތިކަމާ އުޅެވޭނީ. ނަވީން ކީތަ އެއްވެސް އެއްޗެއް ގްރޭމީ ކައިރީގަ؟" އިޒްޔަލް ހާސްވަފައި ހުރި ފާޑަކަށް އަހައިލިއެވެ.

"ހެހެ ދެން ތިކުދިންގެ ހުއްދަޔަކާ ނުލާ ކީއްކުރަންތަ ކިޔަނީ. އައިމް ޓްރަސްޓީ." ނަވީން މަޖާ ގޮތަކަށް ހީލިއެވެ. "ދަނީ އިނގޭ ދެން. ފެނުނީމަ އަހާލަން ވެގެން އައީ ހަމަ. ސޯ ލަކީ ޓު ހޭވް ޔޫ."

ނަވީނާ ގޭޓު ކައިރި ކޮށްލުމަށް ފަހު މަގުމައްޗަށް ހިނގައިގަތް ތަން ބަލަން ދެކުދިން ހުރެފައި ފުން ނޭވާއެއް ދިއްކޮށްލިއެވެ.

" ގުޅާބަލަ.." އިޒްޔަލް އަހައިލިއެވެ.

"ކާކަށް؟" އާލް ސުވާލުކޮށްލިއެވެ.

"ދޮންތި އަށް." އިޒްޔަލް ޖޯލިން ތެދުވަމުން ޓީޝާޓަށް ދަމައިލިއެވެ.

އާލް ބޯ ޖަހައިލުމަށް ފަހު ދޮންތިގެ ނަމްބަރަށް ގުޅައިލިއެވެ.

ފޯނު ރިންގު ވާން ފެށިއެވެ. އިވްލީން އަތުގައި އޮތް ބޮއްޔެއް ފާޑުގެ އެއްޗަށް ބަލައިލައިފައި މުށް ބާރުކޮށްލިއެވެ.

"ކާކު އެ ގުޅަނީ؟" ޒިވިލް އިވްލީންގެ ފައިގައި ބޭސް އަލަން ހުރެފައި އަހައިލިއެވެ.

"ތިގޭ އާލް." އިވްލީން ބަލިކަށި އަޑަކުން ޖަވާބު ދިނެވެ.

"އީވް އަށް ކިހިނެއް ވީ؟" ޒިވިލް ބޭސް އަޅައި ނިންމައިފައި އަހައިލިއެވެ.

"ކޮއްކޮ… ކޮއްކޮ ގެންގޮސްފި." އިވްލީން ދެލޯ މަރައިލުމާއި އެކު ކަރުނަތައް އޮހިގަތެވެ.

"ކޮން ބައެއް ގެންދިޔައީ؟" ޒިވިލް އެނދުގައި އިން އިވްލީން އާއި ޖެހިގެން އިށީނެވެ.

"ބްލެކް ހޫޑީސް… އެއީ ވަރަށް ނުބައި ބައެއް. އެމީހުން އީވްގެ…" އިވްލީން އަށް އެހިސާބަށް ބުނެވުނު އިރު އޭނާ ހުއްޓުން އެރިއެވެ.

"ކީއްވެ އެމީހުން ކޮއްކޮ ބޭނުން ވަނީ؟" ޒިވިލް އަހައިލިއެވެ.

ނުނިމޭ

 1. Avatar
  moderated

  ވަރަށް ރީތި… ކާންޓް ވެއިޓް ފޯ ނެކްސްޓް… ގެސް ވަޓް؟؟؟އައިމް ޔުއަރ ބިގެސްޓް ފޭން… ހެހެ✌️🤘💖💕💕💜

 2. Avatar
  moderated

  މި ބައިވެސް ހަމަ އެހާމެ ފުރަތަމަ… މާޝާ ﷲ މިބައިވެސް ވަރަށް ސަޅި.. ވަރަށް ރީތި.. ހަމަ ހަބޭސް… 5 ވަނަ ބަޔަށް އިންތިޒާރު ކުރަން…. އާން ސިސް…😜😜😜😜😜😜
  ސްޓޭ ސޭފް..😷😷😷 ސްޓޭ ހޯމް…💒🏡⛪ ބީއަ ހެލްތީ ޕާރްސަން… 😎😎😎ސްޓޭ އިން ޓަޗް… 🙋🙋ލަވް 💖💖💖💖💖💖💖💖💖💖💖💖💖 ޔުއާރ ސްޓޯރީސް… އޮއުސަމް😍😍😍😍😍😍… ފޭބިއުލަސް 😘😘😘😘😘😘😘😘😘😘😘… އައެމް ސްޕީޗްލެސް 🤐🤐🤐🤐🤐🤐🤐🤐🤐… 😁😁😁😁😁😁😁😁😁😁😁😁😁😁….

  1. Ann

   އައި ޑޯންނޯ ހައު ޓު ސޭ ގްރޭސިއަޒް… 😋 😀 😀 💖 ❤️ 💜 😋 ☺️…. އާފްޓަރ ރީޑިން ޔުއަރ ކޮމެންޓް… އައި ވޯޒް ލައިކް…. ތެންކިއު ސޯ ސޯ ސޯ މަޗް ނިއު ސިސް… ☺️☺️☺️☺️☺️☺️☺️☺️☺️. ސްޓޭ ސޭފް ޓޫ… 😮😮😮😮😊😊😊☺️😊☺️😊☺️☺️

 3. Avatar
  moderated

  އަސްލު ވާހަކަ. ކޮމްގެ އެޑްމިން މެން ވަރަށް ފަރުވާ ކުޑަ. ވާހަކަ ފޮނުވާތާ ހަފްތާއެއް ވާއިރު ވެސް އެޕްރޫވް ނުވޭ. މީ ދެން ކޮންކަމެއް. ހެލްޕް ބޭނުން ވަންޏާ އެޑިޓް ޓީމުގައި ތިބޭ މީހުންގެ އަދަދު އިތުރު ކޮށްބަލަ. I am waiting for my story

 4. Avatar
  moderated

  believe me an. i told you earlier today. we must complain for the long time it takes for you the admin to publish the story.

 5. Avatar
  moderated

  Hola.!!! 😜 😜 bonito cuento! Cuando próximo

  1. Ann

   ގްރޭސިއަޒް ޓެން މަޗޯ…. 😋 😀 ރިއަލީ އެންޖޮއިޑް ރިޕްލައި އިން ޓު ދެޓް ލިލް ކޮމެންޓް…

 6. Avatar
  moderated

  ކިއުޓީ…. 😍 ދަސްކޮށްދީބަލަ ސްޕެނިޝް…

 7. Avatar
  moderated

  comment nudhanii keehvegen heyyý ….. kihaa dherakameh …..😕😕😕😕😕😕

ޚިޔާލު ފޮނުއްވާ