މަލަކް ލިއަމްގެ ވާހަކަ ބުނުމާއެކު މިންނާގެ މޫނުމައްޗަށް އެރި ކުލަވަރު ބަލަން ހުރި ކޮންމެ މީހަކަށްވެސް އިނގޭނެއެވެ.
***************
"ސުބުހާނަﷲ! ދަރިފުޅާ ތީ އެއްގޮތަކަށްވެސް ކުރަންވާނެ ވަރުގެ ކަމެއް ނޫން..ބަލާބަލަ އޭނަ އުޅޭ ގޮތް..އަބަދު ބޭރުގަ ރައްޓެހިން ގޮވައިގެން ..އެހެރަ ބޮލެއްވެސް ..ނުވިތާކަށް މީހުން ކިޔާ އޭނަ އަކީ މަސްތުވާ އެއްޗެހި ބޭނުން ބޭނުންކުރާ ކުއްޖެކޭވެސް. .މަންމަ ހިއެއް ނުކުރަން ދަރިފުޅު ތީ ތިހާ ނުވިސްނޭ ކުއްޖެއް ކަމަކަށް . މަންމަ ދޭ ނަސޭހަތެއް އަޑުއަހަންޔާ އަވަހަށް ތިކަން ހުއްޓާލާ..މި ޒަމާނުގަ މީހަކު ބަދަލް ވެދާނެ ކަމަށް ބަލައިގެން އުޅެން ހެޔޮނުވާނެ.. މަންމަ އަށް އިނގޭ ދަރިފުޅަށް ތި ވިސްނުނީ ކިހިނެއްކަން ..އެކަމް މަންމަގެ ތަޖުރިބާއަށް ބަލާފަ މަންމަ ނުބުނާނަން ތިކަން ކުރާކަށް.." ނުރުހުން ވެފައިވި ނަމަވެސް މިންނާ ވާހަކަ ދެއްކީ މަޑުމައިތިރިކަމާ އެކުއެވެ . މަލަކް އަށް ކުރެވުނީ ބީރައްޓެހި އިހުސާސެކެވެ ..މީގެ ކުރިން ދުވަހަކުވެސް މަލަކްގެ ހިތްހަމަޖެހުމަށް ކުރި ކަމަކާ މަންމަ އެވަރަކަށް ނުރުހުމެއް ނުވެއެވެ.. ހުރި ހަމަ އެކަނި ދަރިފުޅަށް ވެފައި އެ ދަރިފުޅު ހިތާމަ ކުރާތަން ދެކޭކަށް މިންްނާ ބޭނުމެއް ނުވެއެވެ.. ދުވަސްތައް ވޭތުވަމުން ދިޔައިރު މިންނާ ހީކޮށްގެން ހުރީ މިންނާގެ އެދުމަށް މަލަކް އެކަންތައް ހުއްޓާލާނެ ކަމަށެވެ.. ނަމަވެސް ކަންތައްވީ އުންމީދު ކުރި ގޮތާ މުޅިން ޙިލާފަށެވެ.. މަލަކް އާ ލިޔަމްއާ ދޭތެރޭ އޮތް ގުޅުން އޮތީ މިންނާ އަށް ފަރުދާ ކުރެވިފައެވެ . ނަމަވެސް މިއަދަކީ މަލަކްގެ މަައްޗަށް މިންނާ ކުރި އިތުބާރު ފުނޑު ފުނޑުވެ ވިއްސި ވިހާލި ވެގެން ދިޔަ ދުވަހެވެ .
****
އަސުރުން ތިރިވީ ވަގުތެވެ . މަލަކް އާ ލިއަމް އިނީ މައިޒާނުގައި ވާހަކަ ދައްކާށެވެ . މަލަކް އިނީ ނުހަނު އުފާ ވެފަ އެވެ.. އަށްޓެއްހެން ވަކަރުން ހަދާފައި ހުރި އެއްޗެއް މަތީ ދެމީހުން އިށީންދެލައިގެން ތިބީ ހިއްސާ ނުކުރެވި ހުރި ވާހަކަތައް ހިއްސާ ކުރާށެވެ.. ލިއަމްގެ ބޮޑު އަތްތިލައިގެ ތެރޭގައި މަލަކްގެ އަތް ފޮރުވާލެވިފައި އޮތް އިރު މަލަކް ހީވަނީ ލިއަމްގެ ހިމާޔަތް ލިބިގަނެގެން އިން ހެންނެވެ..ލިއަމްގެ ކޮނޑުގައި ބޯ ޖައްސާލައިގެން އިން އިރު އެ ފިރެހެންވަންތަ ވަސް ނޯށުގައި ހިފާފައިވެެއެވެ ..ލޮޅުމެއް އަންނަން އުޅޭ ކަމުގެ ހިލަމެއް ގައިމުވެސް މަލަކް އަކަށް ނުވެއެވެ..
2 މިނެޓެއް ފަހެވެ..ފިހާރައިން ނިކުމެގެން ވަލުމަގުން ގެއަށް އަންނަން އައި މިންނާގެ ލޮލުގައި އަޅައިގަތީ މައިޒާނުގައި އަތް ޖޯޑު ކޮށްގެން ތިބި ދެމީހުންނެވެ.. ހީނުކުރިޔަސް އެއީ މަލަކް ކަން އެނގުމާއެކު މިންނާ ހިނގައިގަތީ ހަރު ކޮންނެވެ..މީހަކު ކައިރިއަށް އަންނަހެން ހީވެގެން މަލަކް އަށް ބަލައިލެވުނެވެ.. ލިއަމް އަވަސް އަވަހަށް ތެދުވެގެން މިންނާ އާ ދުރަށް ހިބގައިގަތެވެ . މަލަކްގެ ހިތް ބާރަށް ތެޅެން ފެށިއެވެ.." އަހަރެން ހިޔެއް ނުކުރަން މަލަކް އަހަރެންގެ ބަސް ކަނޑާފަ ގޮސް އޭނައާ އެއްކޮށް އުޅެން ހިޔާލުވެސް ކުރާނެ ކަމަކަށް . މަލަކް އަށް ދުވަހަކުވެސް އިހުސާސް ނުވާނެ އަހަރެން މަލަކް ބަލާބޮޑުކުރި ހާލެއް . އަދި މަލަކް އަށް ދެރައެއް ލިބިގެން އަހަރެން ވާނެ ދެރައެއްވެސް . އަމިއްލަ ދަރިފުޅު އަމިއްލަ އަތުން އަނދަވަޅަކަށް ލާން އެއްވެސް މައެއްގެ ހިތެއް ނޭދޭނެ . އެހެންނޫނަސް އަދި ތިވަރުގެ ނިންމެއް ނިންމަން މަލަކް މާވެސް ކުޑަ . މަލަކް ތީ މީގެ ކުރިން ތިކަހަލަ ހިޔާލެއްވެސް ހުރި ކުއްޖެއް ނޫން . ތީ އެ ޒާޔާ މެންނާ އެކީ ގޮސްގެން ކުރަން ދަސްކުރި ކަމެއް ދޯ؟ ނުވާނެ ދެން އެ ގުރޫޕާއެކީ ގޮސްގެން . ހިނގާ ދާން ގެއަށް ." މިންނާގެ ވާހަކަ ތަކުން ގައިމުވެސް މަލަކްގެ ހިތަށް ވަރަށް އަސަރު ކޮށްފިއެވެ .އެތަށް ގުރްބާނީއެއްވެގެން ހޯދި މަންމަގެ އިތުބާރު ސިކުންތު ކޮޅެއް ތެރޭ ފުނޑު ފުނޑު ވީމައެވެ . ގެއައް ވަނުމަށްފަހު ފުރަތަމަ ކަމަކަށް މަލަކް ފޯނު ޖީބުން ނެގިއެވެ.. އަދި ލިޔަމްގެ ޗެޓަށް ވަނުމަށްފަހު ލިޔަން ފެށިއެވެ.. މިގުޅުމަށް މަންމަގެ ރުހުން ނުލިބުނު ވާހަކައެވެ . ލިޔަމް އޭ ކޔައިގެން ރަށުތެރޭ ދެކެވޭ ވާހަކަ ތަކުގެ ސަބަބުން ކަމެވެ .ލިޔަމް ގެ އުޅުމާމެދު މަންމަ ހިތްހަމަ ނުޖެހޭ ވާހަކައެވެ . ދިގު މެސެޖްގެ ޖަވާބުގައި ލިޔަމް ބުނީ ލިޔަމްވެސް އެކަމާ ދެރަ ވާ ވާހަކައެވެ.. އަދި މިވަގުތައް ވަކިވާން ޖެހުނަސް މަލަކް ދޫނުކޮށްލާނެ ކަމުގެ ޔަގީންކަން ދިނެވެ . "ލިޔަމް ޗޭންޖް ވާނަމޭ މަލަކް .. ހަމަ މަލަކް އަށްޓަކާ . އަދި އިރާދަކުރެއްވިއްޔާ ލިޔަމް ޗޭންޖް ވެގެން މަލަކް މަންމަގެ ކުރިމައްޗށްވެސް އަންނާނަން . ބޯ ވެސް ކޮށާނަން ، ފަށް ވެސް ނަގާނަން ، ނަމާދުވެސް ކުރާނަން . ބޭބީ ޑޯންޓް ވޮރީ އައި ވިލް ކަމް ބެކް .. އެކަމް ލިއަމް އަށް ފެންނަނީ މިހާރަށް މި ގުޅުން ނިންމާލަން . ސޯ ދިސް އިސް އޯވަރ . ދެން އަހަރުމެން ވާހަކަ ވެސް ނުދައްކަމާ .." ލިޔަމް ގެ ވާހަކަ ތަކުން މަލަކް އިންތިހާ އަށް ދެރަ ވިއެވެ.. ނުރޯން ހުއްޓާ ނޯށުން ރޮއްވާލި ކަހަލައެވެ.. ލިއަމްގެ ވަކިވުންވީ ފޫނުބެއްދޭ ވަރުގެ ބޮޑު ހިތާމައަކަށެވެ.. ދިރިއުޅުމަށް އައި ލޮޅުމާއެކު ލިޔަމްގެ ހަނދާންތަކާ ދުރަށް ދިޔުންވީ މަލަކްއަށް ކުރިމަތިލާން ޖެހުނު ބޮޑު އިމްތިހާނަކަށެވެ. އެދުވަހަށްފަހު މަލަކް ޒާޔާ މެންނާ އެކުވެސް ދިޔަކަ ނުދެއެވެ. މަލަކްގެ އެކަނިވެރިކަން މަލަކް އަށް އިހުސާސް ކޮށްދިނީ އެ އަނދިރި ދުވަސްތައްކަން ގައިމެވެ .
**********************
ލިއަމްއާ މަލަކް އާ ދެމެދު ވީ ގުޅުން ނިމުނުތާ މިއަދަށް 2 މަސް ވީއެވެ ... ސްކޫލްވެސް ނިމި ބޮޑު މީހަކަށް ވީ އެވެ . ނަމަވެސް މަލަކްގެ ހިތުގައި ލިޔަމްއާ ދޭތެރޭ އޮތް ލޯތްބަށް ކުޑަވެސް ބަދަލެއް ނާދެއެވެ . މަލަކްގެ ރައްޓެހިންގެ ތެރެއިން މަލަކްއަށް ކުޑަކޮށްވެސް ގުޅުން ބޭއްވެނީ ޔަނާލް އާއެވެ. އެއީ ޔަނާލްގެ ގޭ ކައިރިވެފައި ޔަނާލް މީހަަކާ ރައްޓެހިވި ވާހަކަ މިންނާ އަށް އަޑު ނީވޭތީ ކަމަށް ވެދާނެ އެވެ . އެހެންކަމުން މި ފަހަކަށް އައިސް މަލަކް ގިނަ ވަގުތު ހޭދަ ކުރަނީ ޔަނާލް އާ އެކުއެވެ . އެކަނިވެރިކަން އިހުސާސްވިޔަ ނުދިނުމަށާ ހިތުގެ އުދާސްތައް ބޭރުކޮށްލާށެވެ . ލިޔަމްގެ ވާހަކަ ވަރަށް ގިނައިން މަލަކް އަށް ޔަނާލް ގާތު ދެއްކެއެވެ. މަގުމަތިން ފެނުނަސް އައިސް ކިޔާނެ އެވެ. މިހެން އެއްދުހު ހަވީރު ޔަނާލް އާއެކު އިންދާ މަލަކްގެ ސަމާލްކަން ހޯދީ ..--
(ނުނިމޭ)
