Views: 1468 72

ރޭގަނޑުގެ ވަގުތެވެ. ފަޒާގައި ވަނީ ތެތްފިނިކަމެވެ. ހަނދުވަރުގެ ރީތި އަލިކަމުގެ ބަދަލުގައި މިރޭ ދުނިޔެމައްޗަށް މަރުހަބާ ކިޔާފައިވަނީ ކަޅު ވިލާތަކުންނެވެ. އީވާން ހުރީ ގޭޓް ކައިރި ފޯނާ ކުޅޭށެވެ. ގަޑިން ނުވަގަޑި ބައިވި ނަމަވެސް މަގުމަތިން މީހެއްގެ ހިލަމެއް ވަނީ މަދުފަހަރަކުއެވެ. އާއްމުކޮށް މިގަޑީ މާލޭ މަގުތަކުން މީހުން ވަރަށް މަދު ނުވާނެއެވެ. ފަޒާގައި އުފެދިފައިވާ ތެތްފިނިކަމުން އެންމެންވެސް އަވަހަށް ރަޖާ އެޅީކަންނޭނގެއެވެ. އެލީންވެސް ބޭރުން އައިގޮތަށް ބޮލުގައި ރިއްސަނީއޭ ބުނެ ކޮޓަރީގައި އޮތުމުން އީވާން ހުރީ ފޫހިވެފައެވެ. އެހެން ހުރިއިރު މަގުމަތިން ދާހާ މީހެއްގެ ނަޒަރު އޭނާ އަށް ހުއްޓެމުން ދިޔައެވެ. ހާއްސަކޮށް އަންހެން ކުދިން ބަލަމުން ދިޔައީ ލޯބިން ފުރިގެންވާ ނަޒަރަކުންނެވެ. އީވާން ދެނެހުރިކަމަށްވެސް ނަހަދާ ފޯނާ ކުޅެން ހުރިއިރު ދޭތެރެއަކުން ވައިރޯޅިތަކުގެ ލުއި ސަމާސާއިން އޭނާގެ އިސްތަށިގަނޑު ހާވާލައެވެ.

"އެކްސްކިއުޒް.." ދާދި ކައިރިން އަންހެން ކުއްޖެއްގެ އަޑު އިވިގެން އީވާން އިސްއުފުލައިލި އިރު ދަންނަ ވައްތަރެއް ޖަހާ ކުއްޖެއް ގާތުގައި ހުއްޓެވެ.

އެކުއްޖާ ދެއަތްދެއަތާ މޮޑެމުން ދިޔަ ގޮތުންނާއި މޫނަށް ވެރިވެފައިވާ ފަނޑު ރަތްކުލައަކުން އެކުއްޖާ ހުރީ ލަދުގަނެ ޖެހިލުންވެފައިކަން އީވާންއަށް އެނގުނެވެ. "ޔެސް..؟" އީވާން އެއް ބުމަ އަރުވާލުމުން އެކުއްޖާ އަދި އިތުރަށް ލަދުގަތްހެން ހީވިއެވެ. "މީ....ލީންއަށް ގޮވާލަދީބަ...ބުނޭ މަލް އޭ.." އެކުއްޖާ އެހެން ބުނުމުން އީވާންގެ މޫނަށް ހައިރާންކަން ވެރިވެފައި ދެވަނަ ސިކުންތުގައި ތުންފަތްމައްޗަށް ލާނެއް ހިނިތުންވުމެއް ވެރިވިއެވެ. އެލީން އެ ބުނާ މަލް އަކީ މިއީތާއެވެ. އެންމެ ފަހުން މި ބައްދަލުވީއެވެ. "ލީން ބޮލުގައި ރިއްސާތީ މިރޭ ވަރަށް އަވަހަށް ނިދައިފި...ލީންއަށް ގުޅިންތަ...؟" އީވާންގެ ބަރު އަޑު ޖެހުމުން މަލީކާގެ ގައިން ހީބިހި ހަލުވައިލިއެވެ.

"ގުޅިން...ފޯނެއް ނުނަގާ.." ހިނިތުންވެލުމާއެކު މަލީކާ ހިނގައިގަންނަން އުޅުނެވެ. ާާާެާާާާާާެާާާާާާެާާާާާާެާާާާާާެާާާާާާެާާާާާާެާާާާާ ދެފައި ތަތްވީ އީވާން ވާހަކަ ދެއްކުމުންނެވެ. "ލީން ނިދާފަ އޮތަސް ލީންގެ ބްރޯއާ ޓޯކްކޮށްލަން މަޑުނުކޮށްލެވޭނެތަ...؟" މަލީކާ ލަސްލަހުން އެނބުރުނު ވަގުތު އީވާން ރީތި ހިނިތުންވުމެއް ދިނެވެ. މަލީކާވެސް ރައްދުގައި ހީލަމުން ވަޔާއިއެކު ހޫރެމުން ދިޔަ އެ ބުޅި އިސްތަށިގަނޑު ކަންފަތް ކައިރިއަށް ލައްވާލި ވަގުތު އީވާން ހުއްޓުން އެރިއެވެ. ފުރަތަމަފަހަރަށް މަލީކާގެ ރީތިކަން އޭނާއަށް ފާހަގަ ކުރެވުނީއެވެ.

"މަލް ދޯ ކިޔަނީ...؟ ޕްލީޒް ކަމް އިން..." އީވާން ހަމަޖެހިލަމުން ގޭޓުން އެތެރެއަށް ވަންނަން މަލީކާއަށް ދަޢުވަތު ދިނެވެ. މަލީކާ ލަދުން މަރުވާވަރުވެފައި ހުރެ އެތެރެއަށް ވަނެވެ. އޭނާއަށް އީވާން ފެނުނީއްސުރެ ހިތް ހީވަނި އޮބިނޯވެގެން އުޅޭހެންނެވެ. ނަމަވެސް އީވާންގެ އަޑުގައި ހުރި ގާތްކަމުން ހިތަށް ވަނީ ބުނެދެން ނޭނގޭ ހަމަޖެހުމެއް ލިބިފައެވެ.

އީވާން ތަންކޮޅަކަށް ހިނގާލާފައި ގޮސް ބެންޗާ އަރާ ހަމަވުމާއެކު ބެންޗަށް އިޝާރަތްކޮށްލުމުން މަލީކާ ލަދުން ހުރެފައިވެސް އިށީނެވެ. އީވާންވެސް ބެންޗްގެ އެއްކޮޅުގައި އިށީނެވެ. އެ ދެމެދުގައި އަދި އެކަކަށް އިށީނދެވޭނެހާ ޖާގަ ހުއްޓެވެ. މާހައުލު ތެތްފިނިކޮށް އޮތްކަމުގައި ވިޔަސް އީވާންއާއި އެކު އެކަހެރިކޮށް އިންނަން ޖެހުމުން މަލީކާގެ އެތެރެހަށިވަނީ އުދާސްވެފައެވެ.

"ލީން ހޯދަންތަ މިއޮއް ފިނިގަދަ ރޭ ތިއައީ..؟ ނަސީބެއްނު ވަޔާއެކީ ތިއޮއް ސްލިމް ކުއްޖާ އުދުހިގެން ނުދިޔަކަން..." މަލީކާއަށް މަޑުމަޑުން އީވާން ބުނި އެއްޗަކަށް ހީލެވުނެވެ. އީވާން އިނީ ހަމަ ރަނގަޅަށްވެސް އެ އަޑުގެ ޖާދޫގައި ޖެހިފައެވެ. އެލީންގާތު މަލީކާ ހޯދާނަމޭ އޭނާ ބުނީ ހަގީގަގުގައި ެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެ އެކަން ކުރާކަށް ނޫނެވެ. އެއީ އޭނާ ކުރަން ހިޔާލުވެސް ކުރި ކަމެއް ނޫނެވެ. ނަމަވެސް މިހާރު އެގޮތް ބަދަލުވެއްޖެއެވެ. އެކަން ނުކޮށް ދެން ހިތަށް ހަމަޖެމެއް ލިބޭނެކަމެއް ނޭނގެއެވެ. "އަސްލު އައީ ދައްތަމެން ގެޔަށް..ދެން ގެއަށް ދާން އުޅެފަ ހިތަށް އެރީ މި ހިސާބަށް އާދެވުނީމަ ލީން ގާތަށް ވަދެލާފައޭ ދާނީ..." މަލީކާ މަޑުމަޑުން ވާހަކަދެއްކިއެވެ.

"ރިއަލީ...؟ އާއްމުކޮށް މިގަޑީ ގާލްސް އެކަނި ނުކުމެ އުޅޭނީ ބިއެފްއާއި މީޓްކުރަން...މަލްގެ ބީއެފް ކޮބާ..؟" އީވާން ގަސްތުގައި މަލީކާ ލަދުގަންނުވައިލިއެވެ. އެ މޫނު ރަތްވެގެން އައިތަން އޭނާއަށް ފެނުނެވެ.

"ހެހެ...އަދި ތިކަހަލަ ކަމެއް ނުކުރަން...ބީއެފްއެއް ނެތް..." މަލީކާއަށް އީވާން އެސުވާލު ކުރި ސަބަބެއް ނޭނގި ހަމަޖެހިލަމުން ޖަވާބު ދިނެވެ. އޭނާ ހީކުރީ އީވަން ސަމާސަ ކުރަނީ ކަމަށެވެ.

"އޯވްހް...ތިހާ ރީތި ކުއްޖަކު ސިންގަލްތަ ހަމަ...؟ ހެހެ...ގްރޭޓް..." އީވާން ގަޑިއަށް ބަލާލިއެވެ. "އޯހ ނޯ...އޯލްމޯސްޓް ޓެން...މެޗް ފެށޭ ގަޑި ޖެހެނީ..." އީވާން ބެންޗުން ތެދުވުމާއެކު މަލީކާވެސް ތެދުވިއެވެ.

"ގިވް މީ ޔޯރ ނަމްބަރ..." މަލީކާއަށް ސިހުމެއް ލިބުނެވެ. އޭނާ ގަބޫލު ނުކުރެވިފައިވާ ގޮތަކަށް އީވާންއަށް ބަލައިލުމާއެކު އީވާން އެ ޖުމްލަ ތަކުރާރު ކޮށްލިއެވެ. މަލީކާ ހީލަމުން ނުކެރިފައި ހުރެ ނަމްބަރ ކިޔައިދިނެވެ.

"ތޭންކްސް..ދައްކަން ބޭނުންވާ ގިނަ ވާހަކަތައް ނުދެއްކި މި ދިޔައީ...އަދި ވާނެ ދޯ މީޓްވާން...އެންޑް ތޭންކްސް ތިހާ އަވަހަށް ޓްރަސްޓް ކޮށްފަ ނަމްބަރ ދިނީތީ..." އީވާން ވާހަކަދެއްކުމުން މަލީކާ ހިނިތުންވެލައިފިއެވެ. އަދި ފޯނުން ޓެކްސީއަކަށް ގުޅައިލިއެވެ. ޓެކްސީ އަންނަންދެން އީވާން އެކި އެކި ވާހަކަ ދައްކަމުން މަލީކާ ގާތު މަޑުކުރިއެވެ. ފަސް މިނެޓް ފަހުން ޓެކްސީ ބަރުގޮނު އަޅައިލި އަޑު އިވުނެވެ.

"ޓޭކް ކެއަރ..." މަލީކާ ނުވިސްނާ ހުއްޓާ އީވާން އޭނާގެ ފިނިފިނި ތުންފަތުން މަލީކާގެ ކޮލަށް ލުއިކޮށް ބޮސްދިނެވެ. ހަގީގަތުގައި އެއީ އީވާންއަށް ކެތްނުވެގެން ބޭއިހްތިޔާރުގައި ކުރެވުނު ކަމެކެވެ. އޭނާގެ އަމާޒަކީ އަދި ކޮލެއް ނޫނެވެ. އީވާންގެ ލޮލުގައިވާ އަސަރުތައް ދެނެނުގަނެވުނީ މަލީކާގެ ނަސީބު ދެރަކަމުން ކަންނޭނގެއެވެ. އީވާން ގަބޫލުކުރިގޮތުގައި އެއްވެސް އަންހެން ކުއްޖަކަށް އެ ޒުވާން ހިތާ ހަމަޔަށް ވާސިލުވުމަކީ އެހާ ފަސޭހައިން ވާނެ ކަމެއް ނޫނެވެ. ނަމަވެސް މިރޭ މަލީކާ އާއި އެކު ހޭދަކުރެވުނު ވަގުތަށްފަހު އެ ވިސްނުން ބަދަލު ކުރުވުމަށް ހިތް މަޖުބޫރު ކުރުވީ އީވާންގެ އަމިއްލަ ސިކުނޑީގައިވެސް ވަރުގަދަ ހަނގުރާމައެއް އުފައްދަމުންނެވެ. އީވާންގެ އެ އަމަލުން މަލީކާ ލަދުން މަރުނުވީ ކިރިޔާއެވެ. ލާނެއް ހިނިތުންވުމަކާއެކު އީވާން ގޭތެރެއަށް ވަނީ މަލީކާ އެރި ކާރު ދުއްވައިލުމުންނެވެ.

ނުނިމޭ

  1. flame Gurl
    moderated

    މިބައިވެސް ހަމަ ވވވވ ސަޅި.. ވެން އިޒް ދި ނެކްސްޓް؟ 🙂

  2. Avatar
    moderated

    23 ވަނަ ބައި ނެރެބަލަ ޕްލީޒް

ޚިޔާލު ފޮނުއްވާ