Views: 4126 185

އަހަރެންގެ ޚިޔާލު އެންމެންނަށްވެސް ކަމުދިޔައެވެ. އެންމެން ނުކުންނަށް ހިނގާގަތްވަގުތު ނަރުސް ކުއްޖެއް އައިސްވަނީ އަހަރެންގެ އަދި ބޭބީގެ ބައެއް ޓެސްޓްތައް ހައްދަން ލޭ ނެގުމަށެވެ. ލޭނަގައިގެން ނަރުސް ކުއްޖާ ދިޔުމާއިއެކު އަހަރެންނާއި ބޭބީ އަދި އިޖާޒް އެކަނިވިއެވެ. އިޖާޒް އިނީ އެ ފަދަ ވަގުތުކޮޅަކަށް އެދިއެދިކަން އަހަރެންނަށް އެނގުނެވެ.
"އާޔާ ތެންކިޔު." އިޖާޒް އައިސް އަހަރެން ނިއްކުރީގައި ދޮނެއް ދިނެވެ. އަހަރެން ހީލީމެވެ.
އަހަރެމެން ދެމީހުން ދަރިފުޅަށް ކިއާނޭ ނަމަކާއިމެދު މަޝްވަރާކުރީމެވެ. "އަލިފަކުން ފެށޭ ކޮންމެ ނަމެއްވެސް އޯކޭ. ނަންކިޔަންވާނީ އާޔާ. ބޭބީގެ ނަމުގެ ފަހަތުގަ އިންނާނީ އަހަރެންގެ ނަމެއްނު" އިޖާޒް ބޭނުންވީ އަހަރެން ދަރިފުޅަށް ނަންކިޔާށެވެ.
"އަމަތުﷲ އިރާމް އިބްރާހިމް އިޖާޒް" އަހަރެންނަށް އިޚްތިޔާރަކާއި ނުލާ ބުނެވުނެވެ/
"އައްދެ! ނަންވެސް ވިސްނައިގެން ދޯ ތިހިރީ މާކުރިން. އަމަތުﷲ އިރާމް.. ވަރަށް ރީތި ނަމެއް. " އިޖާޒް ވާހަކަ ދައްކަމުންގޮސް ދަރިފުޅު އުރާލިއެވެ. އޭރު ދަރިފުޅު އޮތީ ހޭލައެވެ.
"މި ބައްޕަގެ އީރާ! ދޯ ދަރިފުޅޫ!" ދަރިފުޅާއި ވާހަކަ ދައްކަމުން އެނދާ ކައިރިވެ ފޯނު ނެގުމަށްފަހު ތިން މީހުންގެ ފޮޓޯއެއް ނަގާލިއެވެ. އަދި އިރުކޮޅަކު ދަރިފުޅާ ވާހަކަ ދައްކާލުމަށްފަހު ގެންގޮސް ބޭއްވިއެވެ.
އަހަރެން ހޮސްޕިޓަލުން ދޫކޮށްލީ 5 ދުވަސް ފަހުންނެވެ. ލޭ މަދުވެގެން ލޭއަޅަން ޖެހުމާއިއެކު އިތުރު ދުވަސްތަކަކަށް ބޭއްވީއެވެ. ހޮސްޕިޓަލުން ދޫކޮށްލުމާއިއެކު އަހަރެމެން އަވަސްވެގަތީ ރަށަށް ދިޔުމަށެވެ. ދޮންދައްތަ ވަރަށް ރުޔެވެ. އަހަރެންގެ ދަރިފުޅުދެކެ ދޮންދައްތަ އަމިއްލަ ދަރިއެއްފަދައިން ލޯބިވާކަން އަހަރެންނަށް އެނގެއެވެ. ރަށަށް ދިޔުމާއިއެކު ދަރިފުޅަށް ނަންކިޔުމުގެ ކަންކަމާއިގެން އަވަސްވެގަތެވެ. އަހަރެން ދިން ނަން ހުރިހާ އެންމެންނަށްވެސް ވަރަށް ކަމުދިޔައެވެ.
"ކޮންމެ ނަމެއް ކިޔަސް މީ ބައްޕަގެ ކަނބުލޮ! " އަހަރެންގެ ބައްޕަ ދަރިފުޅު އުރާލަމުން ބުނެލިއެވެ. އަހަރެންގެ މަންމަ އާއި ބައްޕަ އަދި އިޖާޒްގެ މަންމަމެންވެސް ދަރިފުޅަން ކިއަނީ ކަނބުލޮއެވެ. އެހެން އެންމެންކީ އިޖާޒް ކީހެން އީރާ އެވެ. ވިހެއުމާއިއެކު އަހަރެން އޮފީހުގެ ވަޒީފާއިންވަކިވީމެވެ. އަހަރެންގެ ހުރިހާ ވަގުތެއް ދަރިފުޅަށް ހުސްކުރަން ބޭނުންވާތީއެވެ. އެވިސްނުމާއި އިޖާޒްވެސް ދެމީހުންގެ މައިންބަފައިންވެސް ރުހި ޤަބޫލުވިއެވެ.
މާލެއިން ލައިތް ފެނުމާއިއެކު ލައިތް ރާއްޖެއައިކަން އަހަރެންނަށް ކަށަވަރުވިއެވެ. ނަމަވެސް އެއްވެސް ޚަބަރެއް ނުވާތީ އަހަރެން ހިތްހަމަޖެހުނެވެ. ލައިތް އައިސް އަހަރެން ހޯދަން އައިސްދާނެތީ އަހަރެން ހުރީ ވަރަށް ބިރުންނެވެ. އަހަރެންނަށް ހީކުރެވުނީ ލައިތް މާލެ އަންނަގޮތަށް އަހަރެން ހޯދަން އަންނާނޭކަމަށެވެ. އަހަރެންނާ ނުލާ ލައިތް ދިރިއުޅެން ދަސްކުރިކަން އެނގުމުން އަހަރެންވެސް އުފާވިއެވެ.
އީރާ ގެ އުފަންވުމާއިއެކު ގޭތެރެއަށް އިތުރަށް ދިރުން ގެނުވިއެވެ. އަހަރެންނަށް އީރާ އުރާލަން ލިބެނީ އެކުއްޖާ ބަނޑުހައިވީމައާއި ރޭގަނޑު ނިދަންވީމައެވެ. އެހެން ހުރިހާ ގަޑިއެއްގައި އީރާ ގެންގުޅެނީ ދެ މާމައިންނެވެ. އިޖާޒް ވެސް ކުރިއަށްވުރެވެސް އަހަރެންނަށް އަޅާލަން ފެށިއެވެ. ބައެއް ރޭރޭ ދަންވަރު އީރާ ހޭލުމުން އަހަރެންނަށް ނިދިފައި އޮތްނަމަ އަހަރެންނަށް ނުގޮވަ ނެޕީ ބަދަލުކޮށް ހަދައެވެ. ފުރަތަމަކޮޅު އެހެން އިޖާޒް އުޅެނިކޮށް އަހަރެންނަށް ހޭލެވުމުން ބަލަން އޮންނައިރު ވަރަށް ހިނި އަންނަ ކަންކަންވެސް ކުރެއެވެ. އީރާއާއިއެކު އަހަރެންގެ ހަޔާތަށް ބަޔާން ކުރަންނޭގޭހާ އުފާވެރިކަން ގެނުވިއެވެ. ނަމަވެސް އަހަރެން ވިހައިގެން ރަށަށް އައިތާ ދެވަނަ ހަފްތާ އިޖާޒް އަށް ޕޮލިހުން ޗިޓްއެއް އައީ އެއްމަސްދުވަހަށް މާލެ ދިޔުމަށެވެ. އަހަރެންހުރީ އިޖާޒް އާއިއެކު މާލެ ދިޔުމަށް ތައްޔާރަށެވެ. ނަމަވެސް ދެމީހުންގެ މައިންބަފައިންވެސް އަހަރެން ފޮނުވަން ދެކޮޅު ހެދިއެވެ. އަދި ވިހާ ގަދަ ނުވާތީ އާއި އިޖާޒް ބިޒީކޮށް އުޅޭއިރު އަޅާނުލެވިދާނެތީއެވެ. އިޖާޒް ގޮތްދޫކޮށް މާލެ ފުރައިގެން ދިޔައީ ވަރަށް ދެރަވެގެން ހުރެއެވެ.
އިޖާޒް ދިޔަނަމަވެސް އަހަރެންނަށް މާ ބޮޑު ދައްޗެއް ކުރިމައްޗެއް ނުވެއެވެ. މަންމަ މެންނާއި ބައްޕަމެން އަބަދުވެސް އަހަރެން ކައިރީތިބެއެވެ. އިޖާޒް ނެތް ދުވަސްކޮޅު މައިދައިތަ ނިދީވެސް އަހަރެން ކޮޓަރީގައެވެ. ބައެއް ރޭރޭ މަންމަވެސް ނިދަން އާދެއެވެ. އަހަރެންނަށް ލިބުނު ނިޢުމަތްތަކަށް އަބަދުވެސް އަހަރެން ހަމްދުކުރަމެވެ.
އިޖާޒް ދިޔަތާ ދޮޅުމަސްފަހުން އެނބުރި ރަށަށް އަންނަ ޚަބަރުދިނެވެ. އޭނާ އައުމަށް ހަމަޖެހިފައި އޮތީ ރޭގަނޑު 7:30 ގެ ފްލައިޓުންނެވެ.އަހަރެން ބަދިގެއަށް ވަދެއުޅެން މައިދައިތަ ހިތްހަމަ ނުޖެހޭތީ ވަރަށް ޝަކުވާ ކޮށްގެން ބަދިގެއަށް ވަދެ އެރޭ ޚާއްސަ ކެއުމެއްވެސް އަހަރެން ތައްޔާރު ކުރީމެވެ. އީރާ ނިދަން ރެޑީކޮށް ގާތުންދޭން އޮއްވައި އަހަރެންނަށް ނިދި ޖެހުނެވެ. އަހަރެންނަށް ހޭލެވުނީ އިޖާޒް އައިސް އީރާ އުރާލުމުންނެވެ. އަހަރެން ތެދުވެ ގަޑި ބަލާލީމެވެ. ގަޑިން އޭރު އަދި 8:15 އެވެ.
"ބައްޕަގެ ދޫނީ! އައި މިސްޑްޔޫ!" ކޮލުގައި ބޮސްދެމުން އިޖާޒް ވާހަކަ ދެއްކީ އީރާއާއެވެ. އަދި ގުދުވެ އަހަރެން ނިއްކުރި މައްޗަށް ބޮސް ދިނުމަށްފަހު
" އައިމިސްޑް ޔޫޓޫ އީރާ ގެ މަންމާ" އޭ ބުނެލިއެވެ
" ވީ މިސްޑް ޔޫ ޓޫ ޑެޑީ" އަހަރެން އީރާގެ މަތިން ބުނެލީމެވެ. ހިނގާ ކާންދާން ބަނޑުހައިވެއްޖެ އެއްނު"
"ދޭ ކާން ހަދާދޭން. ވަރަށް ބަނޑުހައި. މަންމަވެސް އެބައުޅޭ ކަންނޭނގެ ބަދިގޭގަ. ދެ މީހުންނަށް ކާންހަދައްޗޭ ރަށްޓެއްސެއްވެސް ގޮވައިގެން މިއައީ. އަހަރެން ދާނަން އީރާ ނިންދަވާފަ" އިޖާޒް އީރާ ގޮވައިގެން އެނދުގައި ޖައްސާލިއެވެ.
އަހަރެން ގޮސް އީރާ އެނދު ކައިރީ އިން ބޭބީ މޮނިޓަރ އޮންކޮއްލީ ފަހަރުގަވެސް އިޖާޒް ހަނދާން ނެތިއްޖަނަމަ އީރާ ރުޔަސް ނޭނގޭނެތީއެވެ. މޮނިޓަރ އޮންކޮށްލުމުން ބަދިގެއަށް އަދި ސިޓިން ރޫމަށްވެސް އީރާ ރޯއަޑު އިވޭނެއެވެ.
އަހަރެން ބަދިގެއަށް ވަތްއިރު މަންމަވެސް ކާންހަދަން އުޅެއެވެ. ސިޓިން ރޫމްގައި އިތުރު މީހަކު ނެތުމުން މަންމަ ކައިރީ އަހަރެންނަށް އަހާލެވުނެވެ.
"އިޖާޒް ބުނި ރައްޓެއްސަކު އައިވާހަކަ؟ ކާކު ގޮވައިން އައީ؟ " އަހަރެން އެހެން އަހާލީ އިޖާޒް އަކީ މާ ރަށްޓެހިންވެގެން އުޅޭ މީހެއް ނޫންވީމައެވެ. އޭނަގެ މަސައްކަތު ގަޑި ފިޔަވާ ހުރިހާ ގަޑިއެއްވެސް ހޭދަކުރަނީ ގޭގައެވެ.
" އާން ކުއްޖަކު ގޮވައިގެން އަންނަ ވާހަކ ބުނި ކުރިންވެސް. ވަޒީފާއަށްދާ ކުއްޖެކޯ. ކުއްޔަށްތަނެއް ހޯދާތީ ހުސްކޮށް އެހެރަ ކޮޓަރީގަ ބަހައްޓަން ގެނައީއޯ" މަންމަ އަހަރެންނަށް ތަފްސީލް ދިނެވެ.
" އަނެއްކާ އަންހެން ކުއްޖެއްތަ މަންމާ" އަހަރެން ހެމުން ހެމުން އެހެން ބުނެލީމެވެ.
"ނޭގެ ދަރިފުޅާ މަންމަވެސް ނުދެކެން އަދި. އަންހެން މަންޖެއެއްވެއްޖެއްޔާ ތިގެއަށް ބަދަލުކޮށްލަ ފާނަމޭ. ހާސްނުވޭ" މައިދައިތަވެސް އަހަރެންނާ އެއްބައިވެލާ ސަކަރާތްޖަހާލިއެވެ.
ކާން ހަދާ ނިމުމުން މަންމަ ދިޔައީ ބައްޕަ ހޯދަން އަހަރެމެންގެއަށެވެ. އަހަރެންވެސް އިޖާޒް ބަލާ ކޮޓަރިއަށް ދިޔުމަށް ދޮރުން ނުކުމެ ނުކުމެ ހުއްޓައި ގޯތިތެރެއިން އެތެރެއަށް ވަންނަން އައިމީހެއްގައިގައި ބާރަކަށް ލައިގަތެވެ. ހަމަ އެވަގުތު "އައުޗް އޭ" އަހަރެންނަށް ބުނެވުނެވެ. އެމީހަކު ސޮރީއޭވެސް ބުންޏެވެ. އެކަމަކު ހަމަ އެ ސިކުންތުކޮޅު ތެރޭގައި އެމީހާގައިން އެ ދުވިވަސް އަހަރެންނަށް ދެނެގަނެވުނެވެ. ހިތް ތެޅެންފެށީ އޮބި ނޯންނަހާ ބާރަށެވެ. އިސްނަގާ ބަލާލަންވެސް އަހަރެން ބޭނުންނުވިއެވެ. ދެ އަހަރަށް ވުރެ ގިނަދުވަސް ފަހުން ދިމާވިއިރުވެސް ސެންޓު ބަދަލެއް ނުވެއެވެ. އިޖާޒް ޔަޤީނަށްވެސް ޓޮމް ފޯޑް ނުޖަހާނެއެވެ. އޭނާއަކީ ހޫގޯ ގެ މާ ބޮޑު ފޭން އެކެވެ. އެހެން ނޫނަސް އެ ބީހުން، އެހަށިގަނޑު އަހަރެންނަށް އޮޅޭނޭ ހެއްޔެވެ. އަހަރެންގެ ހިތުގެ އެންމެ ފުންމިނުން ލޯބިވި ހަމަ އެކަނި އިންސާނަކީ އެއީއެވެ. އަހަރެންގެ ދަރިފުޅު ފިޔަވައެވެ.
އިސްދަށަށް ޖެހިގޮތަށް އަހަރެން ބާރުބާރަށް ގޮސް ކޮޓަރިއަށް ވަނީމެވެ. އިޖާޒް އޭރި އީރާ ބާއްވާފައި ބޭރަށް ނުކުންނަން ހިނގައި ގަންގަނީއެވެ.
"އާޔާ؟ ކިހިނެއްވީ ހާދަ ބިރުގަނެފަ؟ ކޮޓަރިއަށްވަތްއިރުވެސް އަހަރެންގެ މޫނުމަތިން ސިހި ބިރުގަނެފައިވާވަރު ހާމަވާން ހުއްޓެވެ.
" ކުއްލިއަކަށް ބުޅަލެއް ކުރިމައްޗަށް ފުންމާލީއޭ" އަހަރެން އައިސް ސޯފާގައި އިށީންނަމުން ބުނީމެވެ.
"އެއީއެވަރު ކަމެއް ނޫނޭ! ހިނގާ ކާންދާން. ކޮން ދުވަހެއް އެކީގައި ނުކާތާ؟" އިޖާޒް އައިސް އަހަރެންނާ ޖެހިގެން އިށީނެވެ.
"އަހަރެން ބަނޑު ހައެއް ނުވޭ! ތަންކޮޅެއް ފަހުން ކިރުތަށްޓެއް ބޯލާނަން" އިޖާޒް އާއިއެކު ގެއަށް އައީކާކުތޯ ޔަޤީންކުރާކަށް އަހަރެން ބޭނުމެއްނޫނެވެ. އެހާ ހިތްވަރެއްވެސް އަހަރެންގެ ނެތެވެ.
"އާޔާ ނުކަންޔާ އަހަރެންވެސް ނުކާނަން. އާޔާއާއެކީ ފަހުން ކޮފީ އެއް ބޯލާނީ އެހެންވީމާ" އިޖާޒް ބޮޑާހާކާލިއެވެ.
"އުނހު. އިޖާޒް ބުނީމެއްނު ވަރަށް ބަނޑުހައޭ. ދެން ދޭބަކާން" އަހަރެން ކިތަންމެ ވަރަކަށް ކީނަމަވެސް އިޖާޒް ހުރީގޮތްދޫކުރާގޮތަކަށް ނޫނެވެ.
"ދަރިފުޅުމެންއާދޭ ކާން. އެންމެން މިތިބީ މަޑުކޮށްގެންނޭ" ބޭރުން ބައްޕަ ގޮވާލިއަޑުއިވުނެވެ.
"ބައްޕަމެން ފަށާ. އީރާ ނިދީމަ މިދަނީ" އިޖާޒް ގޮވާލިއެވެ.
އިރުކޮޅަކު އެހެން ތިބުމަށްފަހު ގޮތްދޫކޮށްގެން އަހަރެން އިޖާޒް ފަހަތުން ކާންދާން ނުކުތީމެވެ. ދެފައި ތުރުތުރު އަޅަމުން ކަހަލަގޮތަކަށް ބަދިގެއާއި ހަމައަށް ދެވުނު އިރުމަންމަ އާއި ބައްޕަ ކާން ތިއްބެވެ.
"އަވަހަށް އާދޭ ކާން! ދަރިފުޅާއެކީ އައި ސޮރު ގޮވައިން އާޔާ ބައްޕަ ހިނގައްޖެ އެގެއަށް. އާޔާ މަންމަގެ ފަހަރިއެއްގެ ކޮއްކޮއެކޯ އެއީ ދޯ" އަހަރެމެން ފެންނައިރަށް މަންމަ ވާހަކަ ދައްކަން ފެށިއެވެ.
"އާނ! އާޔާއަށް ލޭދިނީ އޭނައޭ! އެއާޕޯޓް ޑިޔުޓީގަ އުޅޭއިރު އެތަނުން ފެނިފެނި ވަރަށް ރަށްޓެހިވި. ހުރިހާ ގަޑިއެއްގަ ކާންދަނީ އެކީގަ. ކަންދިމާކުރި ގޮތުން ދެމީހުންވެސް އުޅެވުނީ އެއްގެއެއްގަހުރި ދެ އެޕާޓްމަންޓްގަ. ކުރިން ޕައިލެޓްއަކަށް އުޅެފަ ކޮންމެސްކަމެއް ވެގެން އެ ވަޒީފާއިން ވަކިވެގެން މެނޭޖްމަންޓް އާ ޖޮއިންކުރީ. އެހެން ދިމާވި ދުވަހެއްގަ ވާހަކަ ދައްކަމުން އަހަރެން ހަނިމާދޫއޭ ބުނީމަ ބުނީ އެއާޕޯޓް ހިންގުމާ ހަވާލުވާން ދާން ޖެހެޔޭ. ޑުބާއީގަ އުޅެފަ މި ތަނުން ޖޮބް ހޯދައިގެން އައިސް ޓްރެއިނިންގަޔޯ ހުރީ. ދެން މިގޭގަ ހުސްކޮޓަރިއެއްހުރީމަ މަ ބުނީ އޭނައަށް ފެންނައެއްޗެއ ދީގެން ގޭގަ ހުންނަން. ވަރަށް ނާންނާން އުޅުނު. އެކަމަކު މާދަން ޖޮއިންކުރަން ޖެހިފަ ތަނެއްވެސް ނުލިބޭތީ އައީ. މަ ބުނިން ފަހުން ބަދަލު ވެވިދާނެ ނޫންހޭ"
އިޖާޒް ލައިތް އާއި ދިމާވިގޮތް ކިޔާދިނެވެ. ކަނުލާ އަޑުއަހަން އަހަރެން އިނީމެވެ. އެންމެން ކައި ނިމުމުން އަހަރެންނާއި މައިދައިތަ ތަށިތަށް ނެގުމުގައި މަސްއޫލުވީމެވެ.
"މި ސޮރު ނުވެސް ބުނެޔޭ އެއްވެސް މީހެއްކައިރީ މިރަށަށް އަންނަ ވާހަކައެއް. ފެނުނީމަ އެނގުނީ!. މީ ހަސީނު އަންހެނުންގެ ކޮއްކޮއެއް. ދިއްފުށީ މަރިޔަންފުޅު އާއިލާ ކުދިންމީ. ނުލާހިކު ހެޔޮ ބައެއް އެއީ. ތިމާގެވެސް ވާނެ އަހަރެމެންނާ. އަހަރެމެން ގޭގަ ބަހައްޓާނީ އެނގޭ" އަހަރެން ބައްޕަގެ އަޑު ސިޓިން ރޫމުން އިވުނެވެ.
"އެ ސޮރަށް ފެންނަގޮތެއް ހެދީމަ ރަނގަޅުވާނެ." ބޭރުން ދައްކާ ވާހަކަ އަޑު އިވި އަހަރެންގެ ހިތަށް ކޮންމެވެސް ވަރެއްގެ ހަމަޖެހުމެއް ލިބުނެވެ.
(ނުނިމޭ)

 1. Avatar
  moderated

  މި ޕާޓްވެސް ވަރަށް ރީތި މާޝާﷲ.. ޙުރިހާ ޕާޓެއްވެސް ކިޔަން އެނގޭ ކޮމެންޓް ނުކުރެވުނަސް..މި ހަމަ ވަރަށް ގްރޭޓް އިނގޭ.. ޢެނ ގުޑްލަކް 4 އެގްޒާމްސް…އެން އީމެއިލް އައިޑީ ލިބިދާނެތަ… 🙃🙂😀😁😀😁❤️❤️❤️

 2. Avatar
  moderated

  އަޅެ ހާދަ ރީއްޗޭ… ކާންޓް ވެއިޓް ފޯ ދި ނެކްސްޓް ޕާރޓް…🙊

 3. Avatar
  moderated

  ވަރަށް ރީތި މާޝާ ﷲ…. 34 ވަނަ ބަޔަށް އިންތިޒާރު ކުރަން

 4. Avatar
  moderated

  ވަރަށް ރީތި މާޝާ ﷲ…. 34 ވަނަ ބަޔަށް އިންތިޒާރު ކުރަން

 5. Unknown quiin
  moderated

  ވަރަށް ރީތި… މާޝާ ﷲ 🥰🥰🥰… 34 ވަނަ ބަޔަށް އިންތިޒާރު ކުރަން 🥰🥰 ލަވްޔޫ…

 6. Avatar
  moderated

  ވަރަށް ކިޔާލާ ހިތްވޭ މި ވާހަކަ..
  ތަންކޮޅެއް ދިގުކޮށް ގެނެސް ދެވިދާނެތޯ..
  ވާހަކަ ކިޔާލާ ހިތުން ޝަކުވާ ކޮށްލެވެނީ 🤗
  އަޅުގަނޑަކީ ވަރަށް މިކަހަލަ ލޯބީގެ ވާހަކަތަކަށް ފޯރި ހުންނަ މީހެއް..
  އެހެންވީމަ ކުރިޔަށް ހުރި ބައިތައްވެސް ކިޔާލާހިތުން މިހުރީ..
  🙏

ޚިޔާލު ފޮނުއްވާ