މަޢާފްކުރޭ މަންމާ

ކުޑަ ދަރިފުޅު ނިންދަވާލުމަށްފަހު އަހަރެން އައިސް ޖޯލީގައި ފުން ހިޔާލަކަށް ގެއްލިފައި އިނީމެވެ. ގޭތެރެއަށް ވެރިވެފައި ވަނީ ހަމަހިމޭން ކަމެވެ. އަހަރެންނަކީ ސުކޫލުގައި ވަޒީފައި އަދާކުރާ މުދައްރިސެއްކަމުން ލިބޭ އާމްދަނީ އިން ގޭތެރެއަށް ބޭނުންވާ ސާމާނު ގަނެ އަމިއްލަ ކަންކަން ފުއްދާލެވެއެވެ.

އަހަރެންނަށް ފުން ހިޔާލުން ބޭރު ވެވުނީ މީހަކު ސަލާމް ގޮވާލުމުންނެވެ. އަހަރެން އަވަހަށް އެދިމާލަށް ބަލާލީމެވެ. އެއީ އަހަރެން ވަރަށް ކުޑައިރުގެ އެކުވެރިއެކެވެ. އަހަރެންނާއި އޭނާ އެންމެ ފަހުން ބައްދަލުވީ މީގެ އެގާރަ އަހަރު ކުރިންނެވެ.

އޭގެ ފަހުން ފޯނުގެ ޒަރިއްޔާއިން ވެސް ބައްދަލުވީ އެންމެ ދެފަހަރު އެވެ. އެއީވެސް މީގެ ހަ އަހަރު ކުރިންނެވެ.

ނަމަވެސް އެހާ ގާތް އެކުވެރިއަކު ފެނުމުން އަހަރެންނަށް ވަކި ކުރާކަށް އުނދަގުލެއް ނުވިއެވެ. "ޝައިނާ..!" އަހަރެން އުފާވެރި ހިނިތުންވެލުމަކުން ގޮވާލީމެވެ. "ހުމްމް.. އިނގިއްޖެދޯ!" ޝައިނާ ހިނިތުންވެލަމުން ބުނެލިއެވެ. އަދި އަހަރެން ގާތު ދެވަނައަށް އިން ޖޯލީގައި އިށީނެވެ. "ޖޫސް ބޯންވީނުން." އަހަރެން އަހާލީމެވެ. "އޯކޭ.!" ޝައިނާގެ ޖަވާބު އަޑު އިވުމުގެ ކުރިން އަހަރެން ތެދުވެ ބަދިގެއާއި ދިމާލަށް ހިނގައިގަތީމެވެ. އަދި އަވަސް ގޮތަކަށް ޖޫސް ތަށްޓެއް ގިރާލައިގެން އައިސް ޝައިނާގެ އަތަށް ދިއްކޮއްލީމެވެ. ޝައިނާ އޭގައި ހިފުމަށްފަހު ކޯވަރެއް ދަމާލިއެވެ.

"ވަރަށް މީރު.." ޝައިނާ އެހެން ބުނުމުން އަހަރެން ހިނިތުންވެލީމެވެ. ޝައިނާއާއި އަހަރެން ބައްދަލުވުމުން ދައްކަން ވެފައި ހުރި ވާހަކަތައް ހުހެއް ނުވިއެވެ. އެކިއެކި ވާހަކަ ދައްކަމުން ގޮސް އެންމެފަހުން ޝައިނާ ކޮށްލި ސުވާލަކުން އަހަރެންގެ މޫނުމަތިން އުފާވެރިކަން ފިލައިގެން ދިޔައެވެ. އަހަރެންނަށް އިސް ޖަހާލެވުނެވެ. އެއާއެކު އަހަރެންގެ މޫނުމަތީގައި ކަރުނަ ތިކިތައް ރަސްކަން ކުރަން ފެށިއެވެ.

ޝައިނާ އަހަރެންނާއި ދިމާލަށް ބަލާލިއެވެ. "ކޮބާ މަންމަ.؟" ޝައިނާ ހަމަ އެސުވާލު ތަކުރާރުކޮށްލީ އަހަރެންގެ ފަރާތުން ޖަވާބެއް ނައުމުންނެވެ. އަހަރެންނަށް ރޮވުން ނޫންކަމެއް ނުކުރެވުނެވެ. ޝައިނާ އަހަރެންގެ ކޮނޑުގައި އަތް ޖައްސާލިއެވެ. އަހަރެން ކިޔައި ދޭން އެތަކެއް މަސައްކަތެއް ކުރީމެވެ. ނަމަވެސް ކާމިޔާބެއް ނުވިއެވެ.

ޝައިނާ އިނީ ހައިރާންވެފައެވެ. އެތަކެއް ސުވާލެއް ކުރަން ބޭނުންވެފައެވެ. އޭނާ އެއިނީ އަހަރެން ހިތް ފުރެންދެން ރޯލަން ފުރުސަތު ދީގެން ކަހަލައެވެ. އަހަރެން ރޮވުން ހުއްޓާލާނެ އިރަކަށް އިންތިޒާރުގައެވެ.

"ކިހިނެއްވީ..! މަންމައަށް ކަމެއްވީތަ.؟" ޝައިނާގެ ހިތުގައި އެތަކެއް ސުވާލުތަކެއް ވާނެކަން އަހަރެންނަށް އެނގެއެވެ. ސުވާލުގެ ޖަވާބު ހޯދަން ބޭނުންވާނެކަންވެސް އެނގެއެވެ. ޝައިނާ އިނީ އަހަރެންނަށް ވީގޮތް ފެނިފައި ހިތް ބިރުގެންފައެވެ. މޫނު މަތިން އުފާވެރިކަން ގެއްލިފައެވެ. އޭނާއަށް ނޭނގި އެތަށް ކަމެއް ހިނގާފައިވައިކަން ޔަގީންވެފައެވެ.

އަހަރެންގެ ލޮލުން އަންނަމުން ދިޔަ ކަރުނަތައް ފުހެލީމެވެ. އަދި ޝައިނާއާއި ދިމާލަށް ބަލާލުމަށްފަހު އަހަރެންގެ ވާހަކަ ކިޔައިދޭން ފެށީމެވެ. ޝައިނާ ޝައުގުވެރިކަމާއެކު އަޑު އަހަމުން ދިޔައެވެ.

....

އަހަރެންގެ އުމުރުން ތިން އަހަރުގައި ކެންސަރ ބަލީގައި ބައްޕަ ނިޔާވިއެވެ. އެއާއެކު އާމްދަނީ ހޯދުމަށްޓަކައި މަސައްކަތް ކުރަން ޖެހުނީ މަންމައަށެވެ. އަހަރެން އޭރު މަންމަދެކެ ވަރަށް ލޯބިވެއެވެ.

ނަމަވެސް ކުރިއަށް ވާން އޮތް ގޮތް އެނގޭނީ ކާކަށް ހެއްޔެވެ.؟ ބޮޑުވަމުން އައިވަރަކަށް އަހަރެން ދިޔައީ ބަދަލުވަމުންނެވެ. އުމުރުން ފަނަރަ އަހަރަށްފަހު އަހަރެން މުޅިންހެން ބަދަލުވިއެވެ. ކީއްވެހެއްޔެވެ؟

ގުރޭޑު ނުވައެއްގައި އުޅޭއިރުވެސް މަންމަ ސުކޫލަށް ލާން އަންނާތީ ކުލާސް ކުދިންގެ މަލާމާތް ރައްދުވާން ފެށިއެވެ. ބޭބީ ކުއްޖެކޭ ކިޔާފައި މަލާމަތް ކުރަން ފެށިއެވެ. ނަމަވެސް ކޮންމެ ހާލަތެއްގައިވެސް މަންމަ އަހަރެންނަށް ނަސޭހަތްދެއެވެ. ނަމަވެސް އަހަރެން މަންމަ މަތިން ފޫހިވާން ފެށިއެވެ. އަދި ނުބައި އެކުވެރިން އިސްކުރެވެން ފެށުނެވެ.

އެއީވެސް ދުވަހެކެވެ. އަހަރެން ސުކޫލަށް ދާން ދަބަހަށް ފޮތްތައް އެޅުމަށްފަހު މަންމަ އައުމުގެ ކުރިން ދުވެފައި ގެއިން ބޭރަށް ނިކުތީމެވެ. އަދި އެއްފަހަރު މަންމަ ނިކުމޭތޯ ބަލާލުމަށްފަހު ހިނިތުންވެލަމުން ނިކުމެ ޖެހިގެން އޮތް ގޯޅިއަށް އެޅީމެވެ. އެތަނުން އަހަރެންނަށް އަހަރެންގެ އެކުވެރިއެއް ކަމަށްވާ މައިހާ ފެނުނެވެ.

އަހަރެން ހިނިތުންވެލަމުން އޭނާ ކައިރިއަށް ދިޔައީމެވެ. "ކޮބާތަ މަންމަ މިއަދު..؟ ހައްހައް..." މައިހާ އެހެން ބުނުމުން އަހަރެންވެސް ހޭން ފެށީމެވެ. "ފިލައިގެން މިއައީ..." އަހަރެން ބުނެލީމެވެ.

އަހަރެން މައިހާ އާއި އެކީ ގޮސް ސުކޫލުގެ ގޭޓް ކައިރީ ހުއްޓިލީމެވެ. ބެލް ޖެހުމާއެކި އަހަރެން އެތެރެއަށް ވަނީމެވެ. ކުލާހަށް ވަދެ މައިހާގެ ކައިރީ އިށީނީމެވެ.
މައިހާއަކީ ކުލާހުގައި ސަކަރާތް ޖަހާ ފިލާވަޅު ނަހަދާ ކުއްޖެކެވެ. އަހަރެން ކުރިން މިއީ ފިލާވަޅު ހަދާ ކުއްޖެއް ނަމަވެސް މައިހާ އާއި ގުޅުނު ފަހުން އަހިވަކާ ޖެހި އަހިވަށް ފާވާނޭ ބުނާ ފަދައިން އަހަރެންގެ މިޒާޖުވެސް މައިހާގެ މިޒާޖާއި އެއްގޮތްވާން ފެށިއެވެ.

ކުލާހަށް މުދައްރިސް ވަދެ އެންމެ ފުރަތަމަވެސް ސުވާލުކުރީ ފިލާވަޅު ނިންމިންތޯއެވެ. "ކޮން ކުދިންނެއް ފިލާވަޅު ނިންމީ.؟" މުދައްރިސް ސުވާލުކުރިއެވެ. "ކީއްކުރަން ހަދާ އެއްޗެއް.؟" ހޭން ފަށަމުން މައިހާ ބުނެލިއެވެ. އަހަރެންވެސް މައިހާ އާއި ބައިވެރިވެ ހޭން ފެށީމެވެ.

"ހައިފާ ނިންމިން.؟" ފަހަރަކު ފޮތެއް ބަލަމުން އައިސް ސަރ އަހަރެންނާއި ދިމާލަށް ބުނެލިއެވެ. "ނުނިންމަން." އަހަރެން ސަރ އާއި ދިމާލަށް ލޯއަޅާލަމުން ބުނެލީމެވެ. "ހައިފާއާއި މައިހާ ޖެހޭނެ ކުލާސް ނިންމާފަ ފިލާވަޅު ހަދާފަ ދާން." ސަރ އެހެން ބުނެފައި ދިއުމުން އަހަރެން ގައިން ދާހިއްލައި ގަތީ މަންމަ މަތިން ހަނދާންވުމުންނެވެ. ނަމަވެސް ދެވަނަ ސިކުންތު މޫނުމައްޗަށް ހިނިތުންވުމެއް އައީ މައިހާ ދިން ހިޔާލަކުންނެވެ.

ކުލާހުގެ ގަޑިތައް ނިމިއްޖެއެވެ. މުދައްރިސް ބުނި ފަދައިން ސުކޫލު ނިންމުމަށްފަހު ފިލާވަޅު ހަދަން އަހަރެންނާއި މައިހާ މަޑު ކުރީމެވެ. ސަރ އައުމުން ފިލާވަޅު ހަދާ ނިންމާލީމެވެ. ފިލާވަޅު ހަދާ ނިމުމުން ސަރ އަހަރެންނަށް ނަސޭހަތް ދިނެވެ. ނަމަވެސް އަހަރެން އެއަޑު އެއް ކަންފަތުން އަހާފައި އަނެއް ކަންފަތުން ބޭރުކޮށްލީ ފަސޭހަކަމާއިއެކުއެވެ.

ސަރ ދެން ގެއަށް ދާށޭ ބުނުމުން އަހަރެން ހިނގައިގަތީ ގެއަށް ދިއުމަށެވެ. މައިހާ އާއި ހަނާ އަޅާލުމަށްފަހު އަހަރެން ކުރި މައްޗަށް ބަލާލީމެވެ. އަހަރެންގެ އުފާވެރިކަން ގެއްލި އަތް މުށްކެވުނީ ކުރިމަތީގައި ހުރި މަންމަ ހާމިދާ ފެނިފައެވެ. ފޫހިކަމާއެކު އަހަރެން ހިނގައިގަތީ އެނޫން ގޮތެއް ނެތިގެންނެވެ.

"ދަރިފުޅާ މިއަދު ހާދަ ލަސްވީ؟ އަނެއްކާ މަންމަ ތައްޔާރުވެގެން ނިކުތް އިރު ނުވެސް ނެތް.. އެކަނިތަ ދިޔައީ.؟" ހާމިދާގެ ސުވާލުތަކުގެ އަޑު އިވިފައި އަހަރެންގެ ރުޅި ދެގުނައަށް އިތުރުވިއެވެ. "ހުމްމްމް.. ގަޑި ޖެހޭތި ދިޔައީ..! މަންމަ ލަސްކަމުން އަހަރެންނަށް ސުކޫލަށް ދެވެނީ ގަޑި ޖެހިގެން. އެހެންނޫނަސް އަހަރެން މިހާރު މިއީ ކުޑަ ކުއްޖެއް ނޫން މަންމައާއި އެކު ދާކަށް. އަހަރެން އުމުރުގެ ހުރިހާ ކުދިން ދަނީ އެކަނި. ދެން މިއަދު ލަސްވީ އެކްސްޓްރާ ކުލާހެއް އޮތީމަ.." އަހަރެން ރުއްކުރުން ރާގަކަށް އެހެންބުނެލުމަށްފަހު ދުވެފައި ގޮސް ގެއަށް ވަނީމެވެ.

ހާމިދާގެ ލޮލުން ކަރުނާ ނިރާލިއެވެ. ދުވަހަކުވެސް ލޯބިން ނޫނީ އެއްޗެކޭ ބުނެނުލާ ހައިފާ މިއަދު އެހުރީ ކިހިނެއްވެފައި ހެއްޔެވެ.؟ ހާމިދާ ދެލޯ ފުހެލުމަށްފަހު ގޮސް ގެއަށް ވަނެވެ..

މެންދުރު ކާން ހެދުމުގައި ހާމިދާ އަވަދިނެތި އުޅުނެވެ. ބޮލުގައި ރިއްސާތީ އަވަސް ގޮތަކަށް ގަރުދިޔަ ކޮޅާކާއި ބަތްކޮޅެއް ކައްކާފައި ހާމިދާ އައިސް އަހަރެން އުޅޭ ކޮޓަރީގެ ދޮރު ހުޅުވާލިއެވެ. އަދި ވަރަށް ލޯބިން ކާން އަންނާށޭ ބުނެލިއެވެ. އަހަރެން ލޯ އަޅާލަމުން މިދަނީއޭ ބުނެލީމެވެ.

އަހަރެން ފޯނު އެނދުގައި ބޭއްވުމަށްފަހު ކާކޮޓަރިއަށް ދިޔައީމެވެ. ކާތަށްޓަށް ބަތް ކޮޅެއް އަޅާލުމަށްފަހު ގަރުދިޔަ އަޅާލީ ހިތާ ދެކޮޅަށެވެ. ފުރަތަމަ ބަތް ސުވާ އަނގައަށް ލީމެވެ. ގަރުދިޔަ ކިތަންމެ މީރަސް މިހާރު އެކަހަލަ ކެއުން ކާހިތެއް ނުވެއެެވެ. ބޭނުންވަނީ ޒަމާނީ ކެއުމެވެ. ކާތަށި ނަގާ އަހަރެން ހޫރާލީ ސިންކް ކައިރީގައި ހުރީ މަންމައާއި ދިމާލަށެވެ. އެވަގުތަކީ ހާމިދާ އަހަރެންނާއި ދިމާލަށް އެނބުރުނު ވަގުތު ކަމުން ތަށި ގޮސް ހަމިދާގެ ބޮލުގައި ވަރަށް ބާރަށް ޖެހުނެވެ. އެއާއެކު އެތަނުން ހޯސްލާފައި ލޭތަށް އަންނަން ފެށިއެވެ. އެއަކަށް ބެލުމެއް ނެތި އަހަރެން ގޮސް މަންމަގެ ވޮލެޓުގައި އޮތް ފަސްސަތޭކަ ރުފިޔަލުން އެއްސަތޭކަ ރުފިޔާ ހިފައިގެން ފިހާރައަށް ދިޔައިމެވެ. އަދި ގޮސް ލުއކާނާ ޕެކެޓަކާއި ދަޅެއް ގަނެގެން ގެއަށް އައީމެވެ. އޭރު ހާމިދާ ފެންނާކަށް ނެތެވެ. ބޭސް އަޅަން ދިޔައީ ތޯއްޗެކެވެ. އަހަރެން ގޮސް އެކާލައިގެން އެނދުގައި ޖައްސާލީމެވެ.

ދުވަސްތައް މިގޮތުގައި ފާއިތުވަމުން ގޮސް އެއީ ވެސް ދުވަހެކެވެ. ހެނދުނު ހޭލެވުނު އިރު ސުކޫލަށްދާ ގަޑި ޖެހެން ވިހި މިނެޓެވެ. އަވަސް އަރުވާލައިގެން ތައްޔާރުވެގެން ނިކުތް އިރު އެހެން ދުވަސްތަކާއި ހިލާފަށް ހާމިދާ ފެންނާކަށް ނެތެވެ. އެއަކަށް ބަލެމެއް ނެތި އަމިއްލައަށް ކިރުތަށި ގިރާ ބޮއެލައިގެން އިސްކޫލަށް ދާން ދިޔައީމެވެ.

ކުރިއެކޭވެސް އެއްގޮތަށް މިއަދުވެސް ފިލާވަޅު ނަހަދާތީ އަދަބު ލިބުނެވެ. ކޮޅަށް ނަގާފައި ބެހެއްޓިއެވެ. އަހަރެންގެ ހިތުގައި ހާސްކަމެއް ނެތެވެ. އަހަރެން އެހެން ހުއްޓާ އަހަރެން ބޮޑިދައިތަ އައިސް މުދައްރިސާއި ކޮންމެވެސް ވާހަކަތަކެއް ދައްކާ ތަން ފެނުނެވެ. ބޮޑުދައިތަގެ މޫނުަތިން ފެންނަނީ ހިތާމަވެރިކަމެވެ.

މިގޮތަށް ވާހަދައްކަން ތިބެފާ މުދައްރިސް އަތުގެ އިޝާރާތުން އަހަރެންގެ ގާތު އައުމަށް ބުންޏެވެ. އަހަރެން މަޑުމަޑުން ގޮސް ހުއްޓުމުން ބޮޑުދައިތަ އަހަރެންގެ އަތުގައި ހިފައިގެން ހުރެ ސުކޫލޫން ބޭރަށް ދާން ހިނގައިގަތެވެ. "ކޮންތާކަށް އަހަރެން ތިގެންދަނީ." އަހަރެން ބުނީމެވެ. ބޮޑުދައިތަ ޖަވާބެއް ނުދީ ދެއްކީ މައެއްގެ މުހިންމުކަުގެ ވާހަކައެވެ. އަހަރެންނަށް ވިސްނާލަން ލިބުނު ފުރުސަތަކީ އެއީއެވެ. "އަހަރެން ބޭނުން މަންމަ ކައިރިން މައާފަށް އެދެން" ރޮއެގެންފައި އަހަރެން ބުނީމެވެ. ބޮޑުދައިތަ އިސްދަށަށް ޖަހާލުމަށްފަހު އަހަރެން ގެންގޮޮސް ވެއްދީ ހޮސްޕިޓަލަށެވެ. އަދި އަހަރެންނަށް އެނދުމަތީގައި މޫނާއި އެއްކޮށް ފޮތި އަޅާފައި އޮތް މީހެއް ދެއްކިއެވެ. އެތާ ކައިރީގައި އަހަރެންގެ މަންމަ ފިޔަވައި އެހެން އެންމެން ތިއްބެވެ. ހިތާމަވެރި މޫނަކާއި އެކުއެވެ.

އަހަރެން ގޮސް އެމީހެއްގެ މޫނުމަތީގައި އޮތް ފޮތިގަނޑު ހިއްލާލީމެވެ. އެވަގުތު އަހަރެން ލޮލުން ހޯސްލާފައި ކަރުނަތައް ފައިބައިގަތެވެ. "ނޫން. ނޫން. މަންމައެއް ނުދާނެ އަހަރެން ދޫކޮށްފައެއް. މަންމަ ލޯ ހުޅުވާބަލަ. އަހަރެންނަށް މައާފުކުރޭ މަންމާ. ލޯ ހުޅުވާ. އެންމެ ފަހަރަކު ވެސް ލޯ ހުޅުވާފަ މައާފުކޮށްބަލަ.. އަހަރެންނަށް ލޯބިން ގޮވާލަދީބަލަ.. މަންމާ ." އަހަރެން މަންމަގެ ގައިގައި ހިފަހައްޓައިގެން އޮވެ ރޯން ފެށީމެވެ. މައާފަށް އެދެމުންނެވެ. ނަމަވެސް އޭރު މާ ލަސްވެއްޖެއެވެ.

....................

އަހަރެން ވާހަކަ ނިންމާލިއިރު ލޮލުން މެދުކެނޑުމެއްނެތި ކަރުނަ އޮހެމުން ދިޔައެވެ. "މަންމާ! އަހަރެންނަށް މައާފުކުރޭ. އަހަރެންނަށް މިހާރު ވިސްނޭ މަންމައަކީ ކިހާ މުހިންމު މީހެއްކަން. އެދުވަހު ކަންތައް ކުރެވުނު ގޮތާއި މެދު އަހަރެން ދެރަވޭ... މަޔަކު ދަރިއަކަށްޓަކައި އުފުލާނެ ބުރަ އަހަރެންނަށް ވިސްނިއްޖެ. އެދުވަހު މަންމައަށް އޯގާނުވެވުމުން އަހަރެން މިއަދު ހިތާމަކުރަން. އަހަރެންނަށް މިހާރު ވިސްނޭ. ނަަމަވެސް ވިސްނުންއިރު ވަގުތު ފާއިތުވެއްޖެ. މަންމާއެވެ! އަހަރެންނަށް މައާފުކުރާށެވެ!.."
=ނިމުނީ=

ހުރިހާ ކިޔުންތެރިންނަށްވެސް މިވާހަކަ ކަމުދާނެކަމަށް އުންމީދުކުރަން!

    Please log in or register to bookmark.
    3k

    18 ޚިޔާލު

    1. މާޝާ ﷲ... ވަރަށް ރީތި އަދި އިބްރަތްތެރި ވާހަކައެއް ❤️

    2. ކޮބާ މަލްހާ ވާހަކަ.؟؟
      މި ވާހަކަ ވެސް ވަރަށް ރީތި
      ޔަޝްމީ ގެ އެހެން ވާހަކަ އަކަށް އިންތިޒާރު ކުރަން

    3. ވަރަށް ރީތި އިނގޭ މި ވާހަކަ ވެސް 😍😍❤
      ވެއިޓިން ފޯ އަ ނިއު ސްޓޯރީ 😻
      އެންޑް ކޮބާ މަލްހާ ވާހަކަ 😱
      އައި މިސް ދެޓް ސްޓޯރީ ސޯ މަޗް 😣😭

    4. ވ. ރީތި👏🏻👏🏻
      ކީޕް އިޓް އަޕް! ❤❤❤

    5. ހަމަ ރޮވިއްޖެ..! ވަރަށް ވަރަށް ވެސް ރީތި..!❤️😘

    6. މިވާހަކަ ކީމަ އަޅުގަނޑު މަންމަ މަތިން ވަރަށް ބޮޑަށް ހަނދާން ވެއްޖެ... އަޅުގަނޑުގެ މަންމައެއް މިދުނިޔެއަކު ނެތް..!.. އައި މިސް ހާރ ސޯމަޗް.... އެންޑް އައި ލަވް ހާރ މޯރ...
      އައި ނީޑް މައި މޮމް... އަޅުގަނޑު މަންމަ ދެކެ ވަރަށް ލޯބިވޭ...!❤️ ޝީ އިޒް ދަ ބެސްޓް މޮމް އެވާރ..!.. އަޅުގަނޑަށް ރޮވެނީ....😭😭😭😭😭😭😭😭😭😭😭😭😭😭😭😭 ާާ
      އަޅުގަނޑު މަންމަ އާއި ބައްޕަގެ ހުންނާނީ އަޅުގަނޑު އެކަނި... ބައްޕަ އަޅުގަނޑު ދުނިޔެއަށް އުފަން ވުމުގެ ކުރިން މިދުނިޔެއާ ވަކިވެއްޖެ... މަންމަ އެކަނި އަޅުގަނޑު ބަލާ ބޮޑުކުރީ...އަޅުގަނޑުގެ އުމުރުން 11 އަހަރުގަ މަންމަ މަރުވީ.. ނޯވ އައިމް 13... މީގެ ދެ އަހަރު ކުރިން ވީ ކަމެއް އެއީ... އަޅުގަނޑު ލައިފްގަ އެންމެ ސޭޑް ދުވަސް އެއީ.... އައި ލަވްޑް ހާރ ސޯމަޗް....
      މިހާރު މިއުޅެނީ މަންމަގެ އެއްބަނޑު އެއްބަފާ ދައްތަ އާއި އެއްކޮށް... ދައްތަގެ ދަރި އެއް ނުހުންނާނެ ދައްތަގެ ދަރިފުޅު ވެސް މަރުވީ މީގެ 4 އަހަރު ކުރިން... ވެން ޝީ ވޯޒް 19... އެދުވަސް އެހާ ބޮޑަކަށް ހަނދާމެއް ވެސް ނެތް.. އެކަމް މަންމަ މަރުވި ދުވަސް ހަމަ ރަނގަޅަށް ވެސް ހަނދާން އެބަހުރި...
      މައި ސޭޑް ލައިފް..😢😢😭😭😭😭😭😭😭😭😭😭😭

      ވަރަށް ރީތި މި ވާހަކަ..!❤️

      15
      1
    7. ވަރަށް ރީތި..!❤️
      ޔަޝްމީ... ހަނގުރާމަ ވާހަކަ ކީއްވެތަ ނުލިޔަނީ؟؟؟ ދެވަނަބައި އަދިވެސް ދިގު ނުކުރަމެންނު؟؟؟

    ޚިޔާލު

    Your email address will not be published.