Views: 1221 54

ގޭތެރޭގެ ހަމަހިމޭންކަމުން ފަރީނާގެ ހިތަށް އެކަނިވެރިކަމާ ތޫފާނުގެ ކޮޅިގަނޑު އަންނަން އުޅޭކަމުގެ އިޙްސާސް ކުރެވޭ ފަދައެވެ. ނަމަވެސް އެހާލުގައި ﷲ އަށް ވަކީލުކޮށްލައިގެން ހުރުން ނޫން ގޮތެއް ނެތުމުން ނިދާއެނދުގައި އިށީނދެ ޤުރުއާން ކިޔަވަންފެށިއެވެ. އިރުއޮއްސުމާ ގާތްވާވަރަކަށް ފަރީނާގެ ނޭވާ ދަނީ ކުރުވަމުންނެވެ. ހަށިގަނޑުދަނީ ވަރުބަލިވަމުންނެވެ. ބޮލުގައި ރިހުމާއި ގައިގެ ތަންތަނަށް ތަދުވުމާއި، ދެފައިގެ ކަކުލުންތިރި އެއްކޮށް ބަރުވެ ހަރުވާން ފަށައިފިއެވެ. ފަރީނާގެ މުޅި ހަށިގަނޑުން ދިލަ ނަގަމުން ދިޔައެވެ. ތޫފާނުގެ ކޮޅިގަނޑުއައިސް ފަރީނާ ވަށާލައިފިއެވެ. ނަމަވެސް ފަރީނާގެ ހިތްވަރަކަށް ކުޑަ ނަމަވެސް ބަލިކަމެއް ނާދެއެވެ.

ކުއްލިއަކަށް ފަރީނާގެ ލޮލަށް މީހެއްގެ ހިޔަންޏެއް ވުމުން ކުރިމައްޗަށް ބަލާލިއެވެ. ސިއްސައިގެން ގޮސް ފަރީނާ އެނދުން ތެދުވިއެވެ. ފަރީނާގެ ގާތުގައި އެހުރީ ފަރީނާގެ ހަށިގަނޑަށް ވިހަލަމުން އަންނަ ހާރޫނެވެ. ބިރުންގޮސް ހަދާނެގޮތެއް ނޭނގި ފަރީނާ ގަނޑުވެފައި ހުއްޓެވެ. ފާރީނާގެ މޫނުމަތިން ފެންނަނީ ހާސްކަމާއި ބިރުވެރިކަމެކެވެ.

“ކޮންތާކަށް ދާން ތިއުޅެނީ.. ކިތަންމެ ވަރަށް ރަށަށް ދާން މަސައްކަތްކުރިޔަސް އެކަން ކާމިޔާބެއް ނުވާނެ” ހާރޫނު ރުޅިއައިސްފައިހުރެ ފަރީނާ ދިމާއަށް ބުންޏެވެ. ފަރީނާ ޖަވާބުގައި އެއްވެސް އެއްޗެއް ބުނަން ނުކެރިފައި ހުއްޓެވެ.

“އަމިއްލައަށް މަރުވާނެ ގޮތެއް ނޭނގިގެންތަ ތިއުޅެނީ. އަހަރުމެން ކިހާރަނގަޅަކަށް ފަރީނާއަށް ކަންތައް މިކުރަނީ. އެހެން ބަޔަކަށް މިހާރަނގަޅަކަށް ކަންތައްތައް ނުވެސް ކޮށްދެވޭނެ. ރީތިކޮށް އުޅެން ބޭނުމިއްޔާ ދާއޫދު ކައިރީ ބުނެގެން ތިކަން ހުއްޓާލައިގެން މިރަށުގައި އުޅެން ނިންމާ” ހާރޫނު ފަރީނާއާ ދިމާލަށް މިހެން ބުނެ ފަރީނާގެ ބޮލުގައި އަތް ފިރުމާލާފައި އެކޮޓަރިން ނިކުމެގެން ހިނގައްޖެއެވެ.

އެ ނުލަފާ ޝައިތާނާ ނިކުމެގެން ދިއުމުން ފަރީނާ މޫނުގައި އަތް އަޅައިގެން އެނދުގައި އިށީނެވެ. އަދި ގިސްލާ ރޯންފެށިއެވެ. އަދި ދުޢާ ކުރަން ފެށިއެވެ.

“ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޮ! މިއަޅާ މި ނުބައި ޝައިތާނުންގެ އަތްދަށުން ސަލާމަތްކުރައްވާށި”

ފަރީނާގެ ދުލުން މިހެން ކިޔަކިޔަ އިންދާ ފަރީނާގެ ދޮށީ ދަރި އަދުހަމް އައިސް ކޮޓަރިއަށް ވަދެ މަންމާއޭ ކިޔާފައި ގޮވާލިއެވެ. އެވަގުތު ދާއޫދުވެސް އަޒްލީފާ އުރައިގެން ކޮޓަރިއަށް ވަނެވެ. އަދި ދާއޫދު ސުވާލުކުރިއެވެ.

” ކިހިނެތްވީ ތި ރޮނީ މާބޮޑަށް އުނދަގޫވަނީތަ؟… ފަރީނާ” މިހެން ބުނެ ދާއޫދު ފަރީނާގެ ކޮނޑުގައި ހިފާ ތަޅުވާލިއެވެ.

ލޯފުހެލަމުން އެއްވެސް ކަމެއް ނުވާކަމަށް ބުނެ ފަރީނާ އެނދުން ތެދުވެ އަޒްލީފާ އުރައިގެން ބަދިގެއަށް ދިޔައެވެ. އަދި މާގިނައިރެއް ނުވެ މަޢްރިބް ނަމާދަށް ބަންގި ގޮވައިފިއެވެ. މަޢްރިބް ނަމާދުން ފައިބައިގެން ދާއޫދު އައީ ގެއަށެވެ. ދާއޫދު ގެއަށް އައިސް ވަދެ ގޭގެ ބޮޑުއަށީގައި އިށީނެވެ. އޭރު ހާރޫނާއި ސިއްތި އިނީ ބޮޑުއަށީގައި އޮލަވާހަކައެއްގައެވެ.

” ބައްޕާ.. އަހަރެން ވާހަކައެއް ދައްކަން އެބައޮތް!… އަހަރެން މިއުޅެނީ ކޮނޑޭއަށް ބަދަލުވާން.. ބައްޕައަށް ފެންނަނީ ކިހިނެތް؟.” ހާރޫނު ދެކެ ބިރުން އިނދެ ދާއޫދު އަހާލިއެވެ.

” މިރަށް ކިހިނެތްވީ؟” ހާރޫނު ރުންކުރު ގޮތަކަށް ސުވާލުކުރިއެވެ.

ކަމެއް ނުވޭ! އެކަމަކު މިހާރު ދަރިން ގޮވައިގެން މިތަނުގައި އުޅޭނީ ކިހިނެތް؟ މިގޭގައި ހުރީ އެންެމެ ދެކޮޓަރި.. އެކުދިންތައް ބޮޑެތިވާއިރަށް އެކުދިންނަށް ކޮޓަރިއެއް ހުންނަން ޖެހޭނެންނު!” ދާއޫދު އޭނާގެ ބައްޕަ ހާރޫނަށް ކިޔައިދެމުން ދިޔައެވެ.

ބައްޕައަށްވެސް އެނގޭނެ މިހާރު އެރަށަށް ނުދާތާވެސް ކިހާ ދުވަހެއް ވެއްޖެ.. ފަރީނާގެ އާއިލާ މީހުންވެސް…..”

” ހުއްޓާލާ” ދާއޫދު ވާހަކަ ދައްކަނިކޮށް ހާރޫނު ހަޅޭއްލައިގަތެވެ. އަދި ބުންޏެވެ.

“ކަލޭ ކިހިނެތް އުޅޭނަމޭ ހިތާ ތިއުޅެނީ .. މަށަށް އެނގޭ މާކުރިންވެސް ފަރީނާގެ އަވައިގައި ޖެހިގެން ކަލޭ ކޮނޑޭއަށް ދާން ކިޔާނެކަން.. މިގޭގައި އުޅެން އުނދަގޫވަންޏާ އަހަރުމެން ހިނގައިދާނަމޭ މިގެއިން… ކަލޭ ހުރެވޭތޯ ބަލާބަލަ..” ހާރޫނު ރުޅިއައިސްގެން ހުރެ ދާއޫދާ ދިމާއަށް ބުނެލިއެވެ.

ބައްޕަމެން މިގެއިން ނިކުންނާކަށް ނުޖެހޭނެ… މީ ބައްޕަގެ ގެއެއްނު.. އަހަރެން ކޮނޑޭއަށް ދިޔަޔަސް ހެޔޮތަ؟ ދާއޫދު ޖެހިލުންވެ ހުރެ އަނެއްކާވެސް ބައްޕަގެ ގާތު ހުއްދައަށް އެދުނެވެ.

“ނުދެވޭނެ. ލާހިކެއްނޫން ދާކަށް” މިިހެން ބުނެފައި ހާރޫނު ރުޅިއައިސްގެންހުރެ ގެއިން ނިކުމެގެން ހިނގައިގަތެވެ. އޭރު ސިއްތި އަނގައިންވެސް ނުބުނެ ފޯރީގައި ދުފާލަ ދުފާލަ އިނެވެ. ދާއޫދު ސިއްތިއާ ވާހަކަ ދެއްކުމުންވެސް ސިއްތި އެއްވެސް އެއްޗެއް ނުބުނެ އިނެވެ.

ދާއޫދު އިސްދަށަށް ޖަހައިގެން ހުރެ ކޮޓަރިއަށް ވަނެވެ. ފަރީނާއަށް ދާއޫދު ފެނުމާއެކު އަހާލިއެވެ.

ކިހިނެތްވީ ދާއޫދު.. ބައްޕަ ކިހިނެތްވެ ދެންމެ އަޑުގަދަކުރީ.. އަނެއްކާ އެވާހަކަ ބުނީތަ؟! އެވާހަކަ ބައްޕައާ ނުދައްކާތި…” ފަރީނާ ހާސްވެފައިހުރެ ދާއޫދާ ވާހަކަ ދެއްކިއެވެ.

އަހަރެން އެވާހަކަ ބުނެފިން ބައްޕަގާތުގައި. އެކަމަކު ބައްޕަ އެކަމާ ޤަބޫލެއްނޫން. ދެންކިހިނެތް ހަދާނީ. އަހަރެންވެސް ބޭނުން ކޮނޑޭއަށް ދާން… ދާއޫދު އިސްދަށަށް ޖަހައިގެން ހުރެ ޖަވާބު ދިނެވެ.

އަޅާނުލާ .. ކޮންމެވެސް ގޮތެއް އޮންނާނެ… ފާރިނާ ދާއޫދަށް ހިއްވަރު ދިނެވެ.

އިޝާނަމާދަށް ބަންގި ގޮވުމާއެކު ދާއޫދު ނިކުތީ ނަމާދަށް ދިއުމަށެވެ. ފަރީނާ އިނީ ހާރޫނުގެ ފަރާތުން އިތުރު ކަމެއް ފެނިދާނެތީ ބިރުން ސިހިސިހިއެވެ. އަދުހަމް އާއި އަޒްލީފާ އޮތީ ނިދާފައެވެ. ފަރީނާ އިޝާ ނަމާދު ކުރުމަށް ގިފިއްޔަށް ވުޟޫ ކުރަަން ދިޔައެވެ.

ގިފިލީގެ ދޮރާހަމައަށް ދިޔަތަނާ ބާރު ވައިރޯޅިއެއް އައިސް ފަރީނާގެ ކަންފަތުގައި ޖެހުނެވެ. އައޫޛުބިﷲ އޭ ބުނެ ފަރީނާއަށް ބޭއިޙްތިޔާރުގައި ފަހަތް ބަލާލެެވުނެވެ. އެވަގުތު ފަރީނާގެ ފައިދަށުން ހީވީ ބިންގަނޑު ދެމިގެން ދިޔަ ހެންނެވެ. ފަހަތުގައި އެހުރީ އަދުހަމްގެ ވަރުގެ ކުޑަ ކުއްޖެކެވެ. ކަޅުކަމުން ހީވަނީ އެހެެންކަމެއް ހެންނެވެ. ނަމަވެސް ފަރީނާ ބަލަން ހުއްޓާ އެކުއްޖާ މަޑުމަޑުން މައްޗަށް އަރައިގެން ގޮސްފިއެވެ. ފަރީނާ އަވަސްއަވަހަށް ވުޟޫކޮށްލައިގެން ގޮސް ގެއަށްވަދެ ވަލުފަރާތު ދޮރު ލައްޕާ ތަންޑުއެޅިިއެވެ. ގަނެފައިހުރި ބިރުން ފަރީނާއަށް ދެވުނީ ގޭގެ ފެންޑާއަށެވެ. ކިރިޔާ ވާނުވާ އެނގުމުން މިހުރެވުނީ ކޮޓަރީގައި ނޫންކަން ފަރީނާއަށް އެނގުނެވެ. އެކަން އެނގުމާއެކު އަވަހަށް ކޮޓަރިޔަށްވަދެ ނަމާދުކުރުމަށް އަވަސްވެގަތެވެ. އިޝާނަމާދުކޮށް ނިމި ސަލާން ދީ ނިމުނުތަނާ ފަރީނާގެ މޫނުމައްޗަަށް އަނދިރިވާގޮތްވިއެވެ. ތެދުވެވޭތޯ މަސައްކަތްކުރިނަމަވެސް ފަރީނާއަށް އެކަމެއް ނުވިއެވެ. މުޅި މީހާހީވަނީ ފުރިފަ ހުރިހެނެވެ. މުޅި ހަށިގަނޑަށް ބަރުވެ އާދަޔާހިލާފަށް ބޮލުގައި ރިއްސަމުން ދިޔައެވެ. އިސާހިތަކު ފަރީނާގެ ހަށިގަނޑުން ބާރުދޫވެ ހޭނެތިއްޖެއެވެ.

ކުއްލިއަކަށް ފަރީނާގެ ލޮލަށް ފެންނަނީ ހުދުއަލިކަމެކެވެ. ވިދުވަރެއް ފަދައިންނެވެ. އެއަލިކަމުގެ ތެރޭން ފަރީނާއަށް ފެނުނީ އަންހެނެއްގެ އުޖާލާ މޫނެކެވެ. އަދި އެ އަންހެން މީހާ ބުންޏެވެ.

އަހަރެން މީކާކު ކަން އެނގޭތަ؟ ނޭނގުނަސް އަހަރެންނަކީ ފަރީނާއަށް ހެޔޮއެދޭ މީހެއް…އަހަރެެން މިއައީ އުޙްތާގާތު ވަރަށް ބޮޑު ވާހަކައެއް ބުނަންވެގެން އަހަރެން މި ވަގުތަކަށް އިންތިިޒާރުކުރާތާ ވަރަށް ގިނައިރު ވެއްޖެ..ނަމާދަށް އިންދާވެސް ހިތަށްއެރި ބައްދަލުކުރަން އެކަމަކު ނަމާދު ކޮށް ނިމެންދެން ކެތްކުރީ. .އޭ އުޙްތާ ތިބާގެ ހަށިގަނޑުގައި ސިހުރުވާ ފަދައިން ތިބާގެ ހަށިގަނޑުގައި އެހެން އެއްޗެއް ވާކަން ތިބާއަށް އެނގޭތަ؟

( ނުނިމޭ )

  1. Avatar

    ވަރަށް ކިޔާލާ ހިތްވޭ މި ވާހަކަ..
    ތަންކޮޅެއް ދިގުކޮށް ގެނެސް ދެވިދާނެތޯ..
    ވާހަކަ ކިޔާލާ ހިތުން ޝަކުވާ ކޮށްލެވެނީ 🤗
    އަޅުގަނޑަކީ ވަރަށް މިކަހަލަ ބިރުވެރި ވާހަކަތަކަށް ފޯރި ހުންނަ މީހެއް..
    އެހެންވީމަ ކުރިޔަށް ހުރި ބައިތައްވެސް ކިޔާލާހިތުން މިހުރީ..
    🙏🙏🙏

    12
    2
  2. SHANKS

    ދެން އަންނަ ޕާރޓް ކައިރާ ވާހަކައިގެ ޕާރޓް 3 އަށް ފަހު ގެނެސް ދޭނަން އިންޝާ ﷲ.. 😊

  3. Avatar
    moderated

    ވަރަށް ރީތި ވާހަކައެއް 👍🏻 👍🏻 💕 💕 އައި ލަވް ދިސް ސްޓޯރީ ސޯމަޗް 💕 ގުޑް ލަކް

  4. Avatar
    moderated

    ހަގީގަތަކީ މީ ހަމަ މި ވެބަސައިޓް ގަ ‘ސާރާ’ ގ ނަމުގަ ލިޔެވިފަ އޮތް ވާހަކައެއްކަން..އޭރު ލިޔުނު ބޭފުޅާވެސް ނަކަލު ކުރީ އެހެން ފަރާތެއްގެ މަސައްކަތް..ވަރަށް ދެރަކަމެއްމީ… އަމިއްލަ ހިޔާލާ ވިސްނުމުގެ މައްޗަށް ވާހަކަ ނުލިޔެވޭނެ ނަމަ މިކަމާ ނުވެބަލަ ކުދިންނޭ

    2
    1
  5. Ann

    ޔެޕް ހޮރޮރ ސްޓަފް އަށް އޭން ވެސް ވަރަށް ފޯރި ހުރޭ…. އެންޑް ޝޭންކީ އަވަސްކޮށްލައްޗޭ ނެކްސްޓް ޕާޓް.. 💖😍😜😋😀✌️

    1. SHANKS

      ޔާ… އެކަމް މި ދުވަސްކޮޅު ވަރަށް ބިޒީ.. އެކަމްވެސް ބަލާނަން އަވަހަށް އަޕް ކޮއްދެވޭތޯ… 🙂✌🏻

  6. Avatar
    moderated

    ވަރަށް ރީތި. މެދު ނުކަނޑާ ގެނެސްދޭނެކަމަށް އުއްމީދު ކުރަން

ޚިޔާލު ފޮނުއްވާ