އަނބި ޤަބޫލު ކޮއްފިން - 4

Tiny Teen Tiffany Tatum Pussy Forced Big Cock  Blondie Fesser cocks her massive ass threesome sex  pakistani sex video  jmac porn  De Williams  Russian teen Izi Ashley tight ass hole Hard fucked real 18 yearsold Tiny babe  sanny levon xnxx son fuck mom dogstyle thick hairy pussy

އެހައި ދުރުންވެސް އަހަންނަށް އެލޮލުގައިވި މަޑުމަޑު މުށި ކުލަ ފާހަގަވިއެވެ. ހީވަނީ އަވީގައި ދިއްލިފައި ވާހެންނެވެ. ޒެއިން ފެނުމާއެކު އެކުއްޖާ ހިނިތުންވެލިއެވެ. އަހަރެންގެ ހިތްހީވީ ހިނދުކޮޅަކަށް ހުއްޓުނު ހެންނެވެ. ދެކޮލަށް އެޅިގެންދިޔަ އަޑި ކޮޅުން އެރީތިކަން ދެގުނަވިއެވެ. އެހިނިތުންވުމުން އެކަނިވެސް އަހަރެންގެ ހިތުގެ ވިންދު އަވަސްވިއެވެ. އެހެން އެކުއްޖާގެ މޫނަށް ބަލަން އަހަންނަށް ހުރެވުނު އިރެއް ނޭނގުނެވެ. ހޭވެރިކަންވީ އަހަރެންގެ އަތުގައި އޮތް ލޮލީގެ ދިޔާވެގެން ފައިބަން ފެށުމުންނެވެ. އަވަހަށް އިސްޖަހާލަމުން އަހަރެން އެނބުރުނީ އަނެއް ފަރާތަށެވެ.
ހިޔާލު ތަކުން މިންޖުވެވި ހަމަބިމަށް އާދެވުނު އިރު ރާދިން ހުރީ އަހަރެންގެ ކުރިމަތީގައެވެ. ޔަޝްމު ކުރިންވެސް އިން ހިސާބުގައި އަހަރެންގެ މޫނަށް ބަލަހައްޓައިގެން އިނީއެވެ. އިރުކޮޅަކު އެހެން އިނދެފައި ދުރަށް ހިނގައިގަނެއްޖެއެވެ. އެއަށްވުރެ ބޮޑަށް ރާދިންހުރީ އަހަރެންގެ ބުޑުގައި ޖައްސާފައެވެ. ފަހަތުން އައިސް ޑޮކްޓަރުންގެ ކޮޓަރިއަށް ވަންނަމުން ކުރިމަތީގައި ހުރި ގޮނޑީގައި އިށީނީ ހުއްދަ އަކަށްވެސް އެދުމެއް ނެތިއެވެ.
"ކޮންކަހަލަ ބައްޔަކަށް ފަރުވާ ކުރަން ކަލޭ ތިއައީ؟" ރުންކުރުވެފައި އަހަންނަށް އަހާލެވުނީ ޒެއިން މަތިން ހަނދާން ވުމުންނެވެ.
"ބައްޔަކަށް ނޫން... އެކަން ޔަޝްމު ފެނިފަ މީހަކަށް ގޮތެއް ވެއްޖެހެން ހީވަނީ... ނިއެރާގެ ހަނދާން ތަކާއި ދުރަށް ނުދެވެނީތަ؟.." ރާދިން ހީގަންނަމުން އަހަރެންގެ މޫނަށް ބަލާލީއެވެ.
"ކީކޭ ކިޔަން މިހާރު ތިއުޅެނީ؟...." އަހަރެން ބޭނުންވީ ވާހަކަ ނިންމާލާށެވެ. ނިއެރާގެ ވާހަކައަކީ އަހަރެން ކުރިއަށް ގެންދަން ބޭނުންވާ ވާހަކައެއް ނޫނެވެ.
"ކަލޭމެން އާއިލާގަ ކީއްވެތަ އެބެފިލި ލާފަ ހުންނަނީ... އެންމެ ފަހުން އިންނަންވެސް ތިއުޅުނީ އެބެފިލި ލާފަ އިން އަންހެނަކާ..." ރާދިންގެ އެޖުމްލައިން އަހަރެން އިސްޖަހާލީމެވެ. ދެމީހުންގެ ވާހަކަ މެދު ކެނޑުމަކަށްއައީ ދޮރުގައި މީހަކު ޓަކި ދިނުމުންނެވެ. ދޮރު ހުޅުވާލާފައި އައި ސްޓާފް ނަރުހާއި ޔަޝްމު ފެނުމުން އަހަރެންގެ ލޭކެކުނު ކަހަލައެވެ.
"ޑރ.ޒެއިޖް... މި އާދަރިވަރެއް އެނގޭތޯ.. އަޅުގަނޑު މިކުއްޖާ..."
"ސިސްޓަރ އަޅުގަނޑު ޔަޝްމުއާއި ހަވާލުވާކަށް ބޭނުމެއް ނޫން..." ނަރުސްގެ ވާހަކަ އަޑުއެހުމެއްނެތި އަހަރެން ބުނެލީމެވެ. ޔަޝްމުގެ މޫނަށްވެސް ބަލާ ނުލަމެވެ. އަހަރެންގެ އާއިލާ އެންމެ ފުރަތަމަވެސް ހަލާކުގެ ތެރެއަށް ވެއްޓުނީ މިއަންހެނާއާއި ހެދިއެވެ.
"އަޅުގަނޑު ޗުއްޓީއަށް ދާންޖެހޭތީ..." ބުނަން ނުބުނަން ހުރެފައިވެސް އެންމެފަހުން ބުނެލައިފިއެވެ. އަހަރެން އިސްއުފުލާ ބަލާލީމެވެ. އިސްޖަހާލައިގެން އިން ޔަޝްމުގެ ލޮލުން ކަރުނަ ތިއްކެއް ވެއްޓުނުހެން އަހަންނަށް ހީވިއެވެ. ނަމަވެސް އެއްޗެއް ބުނުމުގެ ކުރިން ޔަޝްމު އެތަނުން ނިކުމެގެން ހިނގައްޖެއެވެ.
އަހަރެން ގެއަށް ދިއުމުގެ ބަދަލުގައި ކާރު ދުއްވާލީ މަންމަމެންގެ ގެއާއި ދިމާލަށެވެ. ޒެއިން މަތިން ހަނދާންވުމުން އަނެއްކާވެސް އަހަރެންގެ ހަމަޖެހުން ގެއްލުނު ކަހަލައެވެ. ގެއަށް ވަދެވުނު އިރުގައި ބައްޕައިނީ ސޯފާއި ފޮތެއް ހިފައިގެންނެވެ. އަހަރެން ފެނުމާއެކު ހިނިތުންވެލައިފިއެވެ. ނަމަވެސް ރައްދުގައި ދޭނެ އެއްވެސް އެއްޗެއް އަހަރެންގެ އަތަކު ނެތެވެ. އަހަރެން ބައްޕައަށް ނަފުރަތު ކުރަންފެށީ ކޮންއިރަކު ކަމެއްވެސް އަހަންނަކަށް ނޭނގެއެވެ. ބައްޕަގެ ގޯސްނޫންކަން އެނގޭއިރުވެސް އަހަންނަށް މި ރުޅިއާދެވެނީ އެންމެ ސަބަބަކާ ހުރެއެވެ. އަހަރެން ކާމޭޒު ކައިރީގައި އިށީނީ މަންމަ ކާން އަންނަން ބުނުމުންނެވެ. ބައްޕައާއި ރައިދާ އައިސް އިށީނުމުން އަހަރެން ހިނިތުންވެލީމެވެ.
"އަނހަ... ޒެއިޖް އަޒްޔަދު ކީއްކުރަނީ މިގޭގަ؟... ބެއްބެ ގެއަށް ބަދަލުވަނީތަ؟.." ރައިދާގެ ބަތްކޮޅު ނަގަމުން އެހެން ބުނެލީ ވަރަށް އުފަލުންނެވެ.
"ނޫން... މަންމަ ބުނެގެން ކާން އެކަނި އައީ..." އަހަރެން އިސްޖަހާލަމުން އެހެން ބުނެލީމެވެ. މަންމަ އަހަރެންގެ މޫނަށް ބަލާލިހެން ހީވިއެވެ.
"އަނހަ މިއައީނު ޔަޝްމުވެސް.. ދެކުދިން އެކުގަ ކީއްވެތަ ނައީ..." އަހަރެންގެ ނަޒަރު ދަތުރު ކޮއްލީ މަންމަގެ އަޑާއި ދިމާލަށެވެ. ހުދުކުލައިގެ އަރިން ފަޅާފައިވާ ހެދުމަކާއި ނޫކުލައިގެ ޖިންސެއްގައި ހުރިއިރު ޔަޝްމު ވަރަށް ފުރިހަމައެވެ. ހިނިތުން ވެލަމުން އައިސް މޭޒުކައިރީގައި އިށީންއިރު އަހަންނަށް ބަލާވެސް ނުލިއެވެ.
"ޒެއިޖް... ބޮޑު ގެއެއް ހަދާފަ އަންހެނުން ކީއްވެ އެފާރޓްމެންޓް އެއްގަ އުޅެނީ؟..." ބައްޕަ އެހެން ބުނީ ސީދާ ޔަޝްމުއަށް އެކަން އަންގަންކަން އަހަންނަށް ޔަޤީންވިއެވެ.
"ގެހެދީ އެހެން މީހަކު އެތަނަށް ގެންނަން..." އަހަރެން ދިނީ ކުރު ޖަވާބެކެވެ. އިތުރަށް ބައްޕަވެސް އެއްޗެކޭ ނުބުނިއެވެ.
އެންމެނަށްވުރެ ކުރިން ޔަޝްމު ކައިގެން ތެދުވެއްޖެއެވެ. އަހަރެން އެވަރުން އަޅައެއް ނުލީމެވެ. އަބަދުވެސް އަހަރެންގެ ސަމާލުކަން ހޯދަން އުޅޭކަން އަހަންނަށް ފާހަގަ ކުރެވެއެވެ. އަހަރެންވެސް ތަށި ހިފައިގެން ތެދުވީ މަންމައާއި އެ ދޮންނަން ޖައްސަން ބޭނުން ނުވީމައެވެ. ސިންކު ކައިރީގައި ހުރި ޔަޝްމު އަހަރެންގެ ލޮލުގައި އަޅައިގަތީ ދެނެވެ. އަހަރެންގެ ހުރިހައި އުފަލަކުން އަހަންނަށް ދުރަށް ދާންޖެހުނީ މިކުއްޖާއާއި ހުރެއެވެ. އަހަރެން އެހެން ބަލަން ހުއްޓައި ޔަޝްމު އެނބުރުމުން އަހަރެން އަވަހަށް ދުރަށް ބަލާލީމެވެ. ޔަޝްމު އަނެއްކާވެސް އެއްވެސް ސަމާލުކަމެއް ނުދީ ނިކުމެގެން ދާން ހިނގައިގަތެވެ.
އަހަރެން ތަށި ދޮވެފައި ނިކުތްއިރު ރައިދާ ޔަޝްމު ގޮވައިގެން ގޭގެ އަނެއް ފަހާތަށް ދަނީއެވެ. އަވަސް އަރުވާލާފައި ދިޔަ ގޮތުން ހިވީ އަހަންނަށް ފެނުމުން ކުރިން ދިޔަ ހެންނެވެ. އެގެއަށް ދިއުމަކުން ދިއުމަކުން އަހަރެންގެ މާބޮޑު މައްސަލައެއް ނެތެވެ. ނޫނެކެވެ. ހަނދާންމިވީ މާފަހުންނެވެ. އެގެއަށް ޔަޝްމުއަކަށް ނުވަދެވޭނެއެވެ. އެއީ އަހަރެން ޔަޝްމުއަށް ހަދާފައިވާ ގެއެއް ނޫނެވެ. އެއީ އަހަންނާއި ނިއެރާގެ ތަނެކެވެ. ފަޔަށް ބާރުލާފައި އަހަރެން ހިނގައިގަތީމެވެ. އަހަރެންގެ ފިޔަވަޅުތަކަށް މަޑު ޖެހުމެއް އައީ ބައްޕައައިސް ދޮރުމައްޗަށް އެރުމުންނެވެ.
"ޒެއިޖް ކުރިން ރޭގަވެސް ނިއެރާމެން ގެއިން ނުކުތްކަން ބައްޕައަށް އެނގޭ..." ބައްޕަ އެކަމާއި ނުރުހިފައި ހުރިކަން އަޑުން އެކަނިވެސް އެނގެއެވެ.
"އަޅުގަނޑު ބައްޕަގެ ހުއްދައަކަށް އެދިފައެއް ނުވާނެ ނިއެރާ ކައިރިއަށް ދާކަށް...." ބޭނުން ނުވިނަމަވެސް އަހަންނަށް ދަތްކުނޑި ވިކާލެވުނީ ބޭއިޙްތިޔާރުގައެވެ.
"ޒެއިޖް ހަނދާންވޭ ދޯ އަހަރުމެން ދެމީހުންގެ އެއްބަސްވުން...." އިންޒާރެއްދޭ ފަދައިން ބައްޕަ އިއްވާލިއެވެ. އާނއެކެވެ. ހަނދާން ނުވާންވީ ކީއްވެ ހެއްޔެވެ.
"އެއީ ޒެއިންގެ ޔަޝްމުދޯ... ހައު ކުޑް ޔޫ؟ އޭނައާއި ހުރެ އެއް ނޫންތަ މިހުރިހާ ކަމެއް ޒެއިންއަށް ދިމާވީ...." އަހަރެން ދުރަށް އެނބުރެމުން ހިނގައިގަތީމެވެ. ބައްޕަ ރުޅި އައިވަރުން މޫނުވެސް ރަތްވިހެން ހީވެއެވެ.
"ކޮންކަމެއް އެއަންހެނާއަށް ކޮއްދެން ބައްޕަ ތިއުޅެނީ.. ވީ އޯ ހަރ ނަތިން...." އަހަރެން ފަހަތަށް ބަލާލަމުން ބައްޕައަށް ބުނެލީމެވެ. ބައްޕަ އެއްޗެއް ބުނަން އުޅުނުހެން ހީވިއެވެ. ނަމަވެސް މަޑު ކުރުމެއް ނެތި އަހަރެން ކުރިއަށް ހިނގައިގަތީއެވެ.
"އެއީ ޒެއިންގެ ޔަޝްމުއެއް ނޫން" ބައްޕަ އެހެން ބުނިހެން އަހަންނަށް ހީވިއެވެ.
ބައްޕަ އެހެން ބުނިއަޑު އިވުނު ނަމަވެސް އަހަރެން މަޑު ކުރާކަށް ގަސްތެއް ނުކުރީމެވެ. އެގެއަށް ޔަޝްމު ވަންނަން އަހަރެން ބޭނުން ނުވަނީއެވެ. ގޭގެ އަނެއްފަރާތު ދޮރުން ނިކުމެ އަހަރެން ދިޔައީ ވަރަށް ޖޯޝުގައެވެ. ގެއާއި ހަމައަށް ދެވުނު ތަނާހެން ވާރޭ ކެރި ޖަހަން ފަށައިފިއެވެ. އަހަރެން ގައިން ފެން ފޮޅަމުން އައިސް ގެއަށް ވަންއިރުގައި ޔަޝްމުއާއި ރައިދާ އިނީ ސޯފާއަށް އަރައި އިށީންދެގެންނެވެ. ބޮޑު ސިޓިން ރޫމުގައި ގިނައީ ހުސްޖާގައެވެ. މާގިނަ ފަރުނީޗަރު އެތަނަށް ވައްދަން އަހަރެންގެ ހިތް ނޭދުނީއެވެ.
އަހަރެން ހިނގައިގަތީ ސިޑިން މައްޗަށެވެ. ރައިދާ އަހަރެންގެ ފަހަތުން އަންނަން ފެށުމުން ޔަޝްމުވެސް ދެކޮޅު ބަލާލަމުން އަހަރެންގެ ފަހަތުން ހިނގައި ގަނެއްޖެއެވެ. ޔަޝްމުއަށް ކިތައް އަހަރު ބާވައެވެ. ގައިމުވެސް ކައިވެނި ކުރެވޭނީ އަށާރަ އަހަރު ވެގެންނެވެ. ހިޔާލު ތަކުން މިންޖު ވެވުނު އިރުގައި އަހަންނަށް ހުރެވުނީ ޔަޝްމުގެ މޫނަށް ބަލާށެވެ. ޔަޝްމުގެ ބުމަ ކައިރި ވުމާއެކު އަހަރެން އެހެން ދިމާއަކަށް ބަލައިލީމެވެ. އެއީ ދުވަހަކުވެސް އަހަރެން ބޭނުންވާނެ މީހެއް ނޫނެވެ.
ވާރޭ ނުހުއްޓުމުން އަހަންނާއި ޔަޝްމުއަށް މަޖުބޫރުވީ ގޭގައި މަޑު ކުރާށެވެ. އަހަރެން ކޮޓަރިއަށް ޔަޝްމު ވައްދަން ބޭނުން ނުވުމުން އަހަރެން ބުނީ ޖެހިގެން ހުރި ކޮޓަރީގައި ނިދާށޭއެވެ. ހަމަހިލާ ޔަޝްމު އެތަނަށް ވަންނާކަށް އެއްބހެއް ނުވިއެވެ. އަނގައިން އެއްޗެކޭ ނުބުނެ އެކުޑަ ކޮޓަރިއާއި ދިމާލަށް ބަލަން އިނީއެވެ. ކުރިއަށް އެންމެ ފިޔަވަޅެއްވެސް ނޭޅިއެވެ. އަހަރެން ނޭފަތުގައި އިނގިލި ޖައްސާލީ ޔަޝްމު އެހެން ބަލަން އިނުމުންނެވެ. ވަންނަންޏާ ދެން ވަނީމަ ނިމުނީ ނޫން ހެއްޔެވެ.
"ކިހިނެއްވީ؟..." ރުޅި ކޮންޓްރޯލް ކޮއްލަމުން އަހަރެން ބުނެލީ މަޑުމަޑުންނެވެ. އަދިވެސް ޔަޝްމު އިނީއެވެ.
"އަޅުގަނޑު ބިރުގަނޭ.." އިސްޖަހާލަމުން ޔަޝްމު ބުނެލީ އެހެން އެކަންޏެވެ. ދެން ބަލާލީ ސީދާ އަހަރެންގެ ލޮލަށެވެ.
"އެހެން ކޮޓަރިތަށް އަދި ތައްޔާރު ނުވޭ.. މިތަނުގަ މަޑު ކޮއްލަން ވީނު މިރޭ..." ރުންކުރު ވެފައި އަހަރެން އެހެން ބުނެލީ އަހަރެންގެ ކޮޓަރިއަށް ގެންދަން ބޭނުން ނުވުމުންނެވެ. މަޑުވެސް ކޮއްނުލައި އަހަރެން ހިނގައިގަތީ ޖެހިގެން ހުރި އަހަރެންގެ ކޮޓަރިއަށެވެ.
ޔަޝްމު
"ނޫން... ނޫން..." ގަދަކަމުން ގައިން ނައްޓުވާލި ހެދުމަށް އަހަންނަށް ބަލަން ހުރެވުނީއެވެ. ކިތަންމެ ހަޅޭއް ލެވި ނަމަވެސް އަހަރެން ސަލާމަތް ކޮއްދޭނެ މީހަކު ވާނެބާވައެވެ.
"ޕްލީޒް... ޔައްމުއަށް ތަދުވޭ... ޕްލީޒް..." ގިސްލެވި އަޑުމަޑުވެގެން ދިޔައީ އަހަރެން ވަރުބަލި ވުމުންނެވެ. އެމީހާ އޮތީ އަހަރެންގެ ގައިމަތީގައެވެ. ނަމަވެސް މޫނަށް އަރައިގެން ދިޔަ އެތި ފަހަރުން އަނެއްކާވެސް އަހަރެން ރޮއެގަތީމެވެ. އަތަށް ދަމާ ވާންކޮށްފައި އޮތްއިރު އަހަރެންގެ އަތް ހީވަނީ ނައްޓައިގެން ގޮސްފާނެ ހެންނެވެ.
"ޔަޝްމޫ....." މަންމަގެ އަޑު އިވުމުން އަހަރެން ކުރިއަށްވުރެ ބާރަށް ރޮއެ ގަތީމެވެ. ދުވެފައި ކަހަލަ ގޮތަކަށް އައިސް މަންމަ ދޮރުހުޅުވާލިއެވެ. އަހަރެންގެ މޫނަށް ބަލާލަމުން މަންމަ ހުއްޓުން އެރީއެވެ. އަހަރެން ސަލާމަތް ކޮއްބަލާށެވެ. މަންމާ އަޅުގަނޑު ސަލާމަތް ކޮއްބަލާށެވެ. މިވޭނުން މިންޖު ކޮއްދީ ބަލާށެވެ. އަހަރެންގެ ލޮލުން ހޯސްލާފައި ކަރުނަ ފައިބައިގަތީ ބަނޑަށް އަރައިގެން ދިޔަ ދިލަ ތަދުންނެވެ. ލޯ މެރެން ކައިރިވުމާއެކު އަނެއްކާވެސް މޫނަށް ހޫނު އެތިފަހަރެއް އަހަރެން ދިޔައެވެ.
"ޒެއިން..." ދުރުން މަންމަ ގޮވާލި އަޑު އިވުނެވެ. ކޮންމެވެސް މީހަކަށް އަހަރެންގެ އަޑު އިވޭނެ ނަމައެވެ. މަންމައަށް ބަލާލަމުން އަނެއްކާވެސް އަހަރެން ރޮއެގަތީމެވެ. މިފަހަރު އެތެރެހައްޓަށްވަމުން ދިޔަ ތަދުންނެވެ. ނިއްކުރިން ފައިބަމުން ދިޔަ ލެއިން އޭރު އަހަރެންގެ ލޯވެސް ފުސްވެއްޖެއެވެ.
"ޔަޝްމު... ބަލަ ޔަޝްމު..." ތުރުތުރު އަޅަމުން އަހަރެން ތެދުވެ ކައިރީގައި ހުރި މީހާ ދުރަށް ކޮއްޕާލީމެވެ. ކޮޓަރި ތެރެ އަނދިރިކޮށް އޮތުމުން އެމީހާ ވަކިވާވަރެއް ނުވިއެވެ. ހުޅުވިފައިވާ ދޮރުން ވިދުވަރުގެ އަލި އެޅިގެން ދިއުމާއެކު އަހަންނަށް ހާސްވެފައިވާ ޒެއިޖްގެ މޫނު ސިފަ ވެގެން ދިޔައެވެ.
"ޔަޝްމު ނިދީގަ ރޯތީ އަހަރން އައީ... ހަމަ ޖެހީ ޔަޝްމު..." ކައިރީގައި ހުރި ލައިޓް ޖައްސާލަމުން ޒެއިޖް ބުނެލިއެވެ. ތެދެކެވެ. އަދިވެސް އަހަންނަށް މިރޮވެނީއެވެ. މޫނުގައި އަތް އަޅާލަމުން އަހަރެން ހަމަޖެހޭތޯ މަސައްކަތް ކުރަން ފެށީމެވެ. ނަމަވެސް ހައްތަހާ ނޭވާލާން އުނދަގޫ ވަނީއެވެ. ބަނޑަށް ތަދުވަނީއެވެ. މިތަން މާކުޑައެވެ. މިކޮޓަރި މާކުޑައެވެ. މިތަނުގެ އެތެރޭގައި އަހަރެން ނޭވާލާން މާ އުނދަގުލެވެ.

ނުނިމޭ

    Please log in or register to bookmark.
    9k

    6 ޚިޔާލު

    1. ތަފާތު ރީތި ވާހަކައެއް. އެހާމެ ތަފާތު ހުށައެޅުމެއް. ކުއިރިއަސްލީ ވެއިޓިންގް ފޯ ދަ ނެކްސްޓް ޕާޓް

      3
      1
    2. ކުއިރިއަސްލީ ވެއިޓިންގް ފޯ ދަ ނެކްސްޓް ޕާޓް

    ޚިޔާލު

    Your email address will not be published. Required fields are marked *