ފުއާފް - 11

Tiny Teen Tiffany Tatum Pussy Forced Big Cock  Blondie Fesser cocks her massive ass threesome sex  pakistani sex video  jmac porn  De Williams  Russian teen Izi Ashley tight ass hole Hard fucked real 18 yearsold Tiny babe  sanny levon xnxx son fuck mom dogstyle thick hairy pussy

" ލެޓްސް ބީ ޓުގެދަރ އޯލްވޭސް... " ހަމައެވަގުތު ފައިޒަން އޭނަގެ ހަށިގަނޑުގައި ބައްދާލިއެވެ. އަލައިނާގެ މުޅި ހަށިގަނޑަށް ލިބުނު ސިހުމުން ވަގުތުން މުޅި މީހާ ފިނިވެގެން ދިޔައެވެ. އެއާއެކު އުފާވެސްވިއެވެ.
" ހޫމް... " މަޑުމަޑުން ދެއަތް މައްޗަށް ނަގައި ފައިޒަން ލައިގެން ހުރި މަޑުމުށިކުލައިގެ ގަމީހުގެ ފަހަތުގައި ހިފާ ލެވުނެވެ. ފައިޒަން ހީލަމުން އަލައިނާއާ ދުރަށް ޖެހި އެދެލޮލަށް ބަލާލިއެވެ. އަދި އަލައިނާގެ މޫނާ މޫނު ކައިރިކޮއްލަމުން އެތުންފަތަށް ބޮސްދިނެވެ.
" މި ލީންއަށް... " މަޑުމަޑުން އަލައިނާއާ ދުރަށް ޖެހިލަމުން ފައިޒަން ރަންކުލައިގެ ކެވެލިކޮޅެއް ދިއްކޮއްލިއެވެ. އެހެނަސް އެއީ ބައުލް ތެރޭގައި އޮތް ކެވެލިކޮޅެއް ނޫނެވެ. ބައުލް ތެރޭގައި އޮތް ކެވެލިކޮޅަށްވުރެ އެތައް ތަނެއް ވިދުންގަދަ ކޯމަހުގެ ސޫރަ ސިފަވާ ކުދިކުދި ރަންކުލައިގެ ބައްޓަންތައް އެލުވާފައިވާ ކެވެލިކޮޅެކެވެ. އެކޯމަހުގެ ލޮލުގައި ފެހިކުލައިގެ ކުދިކުދި ޑައިމަންޑްތަކެއް ހަރުކޮއްފައިވެއެވެ.
" މިޔޯ...؟ " ވަޔާ ފަރާތް ފަރާތަށް ހޫރެމުން ދިޔަ އިސްތަށިގަނޑުގައި އެއްއަތުން ހިފަހައްޓަމުން އޭގައި ހިފަން ޖެހިލުންވެ ހުރެ އަލައިނާ ސުވާލުކުރިއެވެ. މީހުން ދޭ އަގުބޮޑު ހަދިޔާގައި ހިފުމަކީ އޭނަ ދުވަހަކުވެސް ކޮށް އުޅުނު ކަމެއް ނޫނެވެ.
" ތި އަހަރެންދޭ ހަދިޔާއެއް. " ފައިޒަން އެކެވެލިކޮޅު އަލައިނާގެ އަތުގައި އަޅުވައިދޭން އުޅުނެވެ.
" ލީން... ކޮބާތަ އެކަމަނަ؟ " އަޙްމަދު ތިރިން ގޮވިއަޑު އިވުމާއެކު އަލައިނާ ސިހިގެން ދިޔަ ވަގުތު ފައިޒަންގެ އަތުން ކެވެލިކޮޅު ވެއްޓިގެން ދިޔައެވެ. ފައިޒަން އެކެވެލިކޮޅު އަވަހަށް ނަގަން އުޅުނެވެ.
" ހިނގާ އަވަހަށް ދާން.. " އަލައިނާ ފައިޒަން އަތުގައި ހިފައިގެން އަވަހަށް ތިރިއަށް ހިނގައިގަތީ އަޙްމަދު މައްޗަށް އަރާ ވަގުތު އެދެމިހުން އެތާ އެހާ ގާތުގައި ތިއްބާ ފެނިދާނެތީއެވެ.
ފަސްއެނބުރި ފައިޒަން އެކެވެލިކޮޅަށް ބަލާލިއެވެ. އެއީ އަލައިނާގެ ރައްކަލަށް އޭނަ ހެދި އެއްޗެކެވެ. އެގެއްލިއްޖެނަމަ ދެވަނަ ފަހަރަށް އޭގެ އެއްޗެއް ހަދަން ނުހަނު އުނދަގޫވާނެއެވެ. އެޓެރަހަކީ އެހާ މީހުން ނާރާ ތަނަކަށްވުމުން ހިތްހަމަޖައްސާލަމުން މިރޭ ލަސްގަޑިއެއްގައި އެބަލައި އަންނަން ހިތަށް އަރުވައިގެން އިތުރު އެއްޗެކޭ ނުބުނެ ފައިޒަން އަލައިނާއާއެކު ފޭބިއެވެ.
" ނެތް ނަސީބަކުން... " އަލައިނާ އެހުސްތަންކޮޅުގެ އެއްފަރާތުގައި ހުއްޓިލަމުން މެދު ގޯއްޗަށް ބަލާލިއެވެ. އަދި މެދު ގޯތިގައި އެއްވެސް މީހަކު ފެންނަން ނެތުމުން އޭނަ ފަސްއެނބުރި ފައިޒަންއަށް ބަލާލިއެވެ. ބަލަހައްޓައިގެން ހުރި ފައިޒަން ފެނުމުން އޭނަ ލަދުގަތެވެ. އަދި ފައިޒަންގެ ކޮލަށް ބޮސްދީފައި އަވަހަށް ގެޔަށް ވަންނަން ދުއްވައިގަތެވެ.
ދުވެފައި ދިޔަ އަލައިނާއަށް ބަލާލަމުން ފައިޒަން ކޮލުގައި އަތްހާކާލިއެވެ. އަދި ހީލިއެވެ. އޭނައަށް އަލައިނާ ހާސިލް އެކުރެވުނީ ހާދަ ދުވަހަކުންނެވެ.
" ލީން ކޮންތާކުން؟ " ގޭދޮރުން އެތެރެއަށް ވަންނަން އުޅެނިކޮށް އިބްރާހީމް ގެއިން ނިކުތް ވަގުތު އަލައިނާ ފެނިގެން ސުވާލުކުރިއެވެ.
" މިތާ މަގުމައްޗަށް ބޭރު ބަލާލަން ނުކުމެލީ ހަމަ... " އަލައިނާ އަވަސް އަވަހަށް ޖަވާބެއް ހަދާލިއެވެ.
" ދެން އެހެން ނުނިކުންނައްޗެ ނުބުނެ. ހާއްސަކޮށް ރޭވީމައި.. ދޭބަލަ.. ދޮންބެދައްތަ އެބަ ގޮވާ އަރީ ހޭލައިގެން... " އިބްރާހީމް ހީލާފައި އަލައިނާގެ ބޮލުގައި ފިރުމާލިއެވެ. އަލައިނާ އަވަހަށް އެތެރެއަށް ދުއްވައިގަތެވެ.
---
" މިތަށި ގެންގޮސް މޭޒު މެދުގައި ބަހައްޓާނީ އިނގޭ.. " އަފްޝާ ސުޕެގެޓީ ކެއްކި ތެލިން ސުޕެގެޓީ ބޮޑު ތަށްޓަކަށް އަޅާފައި އަލައިނާއަށް ދިއްކޮއްލިއެވެ. އަލައިނާ އެތަށީގައި ހިފަމުން އެތަށި ގެންގޮސް އަށް މީހުންނަށް ކެވޭ ގޮތަށް ހުރި ބޮޑު ކާމޭޒުގެ މެދުގައި ބަހައްޓާލިއެވެ.
" ތޫބެމެން މިއަދު ގޭގައި ނަމާދުކުރި ދުވަހެއްތަ؟ " ކޮޓަރިން ނިކުމެގެން އައި އަޙްމަދު ފެނިފައި އަލައިނާ އަހާލިއެވެ.
" ހޫމް.. ލީންއަކަށް ނޭނގޭތަ؟ މިއަދު ހަވީރު މިރަށު މިސްކިތް އަލުން ހަދަންވެގެން އެމިސްކިތް ބަންދުކުރީ.. ދެން އެހެންވެ ގޭގައި ނަމާދުކުރީ.. " އަޙްމަދު ޖަވާބުދެމުން އައިސް މޭޒުމަތީގައި ހުރި ކުކުޅުތަށިން ކުކުޅު ކޮޅެއް ނަގައި ހަފާލިއެވެ.
" އަޙްމަދު އިހަށް ތިނުކައި ދޭބަލަ އަބާންއާ އިބާ ގޮވައިގެން އަންނަން... އެމިހުން އަންނަން ވާއިރަށް އެދެމިހުންނަށް ކާންދޭންވާނެ.. ދޮންބެ ކާޓުންއެއް އަޅުވައިދިނީމަ ދޮންބެއާ އެއްކޮށް އެބަ ތިބި އެތާ... " ތީބާ ސެލެޑްތަށި މޭޒުމަތީގައި ބަހައްޓާލިއެވެ. އަޙްމަދުވ ވަގުތުން އާނއެކޭ ބުނެފައި އިބްރާހީމްގެ ކޮޓަރިއާ ދިމާއަށް ހިނގައިގަތެވެ.
" ލީން.. އަދިވެސް ނަމާދު ނުކުރެވޭތަ؟ " އަފްޝާ އަލައިނާއާ ސުވާލުކޮއްލިއެވެ. އަފްޝާ އަހާލި ސުވާލުން އަލައިނާ ސިހިފައި އަފްޝާއަށް ބަލާލިއެވެ. އޭރު ތީބާ ވެސް ހައިރާންވެފައި ބަލަހައްޓައިގެން ހުއްޓެވެ.
" ހޫ...ހޫމް... " އަޅައިގަންނަ ކަހަލަ ގޮތަކަށް އަލައިނާ ޖަވާބު ދިނެވެ.
" ޔަޤީން...؟ " ޔަޤީން ނުކުރެވޭފަދަ ގޮތަކަށް އަފްޝާ އަހާލިއެވެ. މީގެ ކުރިން އަލައިނާއަކީ ބަރާބަރަށް ދުވަހުން ދުވަހަށް ޕީރިއެޑްވާ އަދި ބަރާބަރު ފަސްވަނަ ދުވަހު ޕީރިއެޑް ރަނގަޅުވާ ކުއްޖެކެވެ. ކޮންމެ މަހަކު ގަނެދޭން ޖެހޭ އެއްޗަކަށް ވާތީ އަފްޝާއަށް އަލައިނާގެ ދުވަސްތައް ނުހަނު ރަނގަޅަށް އެނގެއެވެ.
އަލައިނާގެ މޫނުމަތިން ދާތިކިތައް ފާޅުވާން ފެށިއެވެ. މިއީ އޭނަ ދޮންބެދައްތައާއި ތުއްތުބެދައްތަ ކުރިމަތީގައި ދޮގު ހެދި ފުރަތަމަ ފަހަރެވެ. އަލައިނާއަށް ނަމާދުކުރެވެން ފެށިތާ ކިތަންމެ ދުވަހެކެވެ. އެހެނަސް ނަމާދުކުރާ ހިތްނުވަނީއެވެ. ނަމާދުކުރަންވެގެން ހިނައިގަންނަން ބޭނުން ވިޔަސް ބޮލުގައި ރިއްސާފައި އެކަމެއް ނުކުރެވެއެވެ. ޤުރުއާން ކިޔަވަން ބޭނުންވިޔަސް ބަނޑަށް އުނދަގޫވަނީއެވެ. ﷲގެ ކަލިމަފުޅާއި ޤުރުއާން އަޑުއިވުނަސް ކަންފަތް ހީވަނީ ފަޅައިގެން ގޮސްދާނެ ހެނެވެ. އެވާހަކަ އަފްޝާމެން ގާތުގައި ބުނުމުން ކަންތައް ބޮޑުވެދާނެތީ ބުނަން ބޭނުން ނޫނީއެވެ.
" ދޮންބެދައްތައަށް އިނގޭ ލީން ދޮގު ނަހަދާނެކަން... އެކަމަކު ފަނަރަ ދުވަސް ހަމަވީމައި ރަނގަޅު ނުވިޔަސް ފެންވަރައިގެން ނަމާދުކުރަން ފަށާ.. އެފަހުން އަންނަ ލެއަކީ ބައްޔެއްގެ ސަބަބުން އަންނަ ލޭ... " އަފްޝާ ހީލިއެވެ.
" ދަރިފުޅުމެން އާދޭ އަވަހަށް ކާން.. " އިބާއާއި އަބާން އަޙްމަދުއާއި އިބްރާހީމްއާއެކު އައިތަން ފެނުމުން ތީބާ އޭނަގެ ދެދަރިންނަށް ކާން ދިނުމާއިން އަވަސްވެގަތެވެ.
" އަރީ ކޮބާ؟ " އަރީބް ނުލައި އިބްރާހިމް އެކަނި ނުކުތުމުން އަފްޝާ އަހާލިއެވެ.
" އަރީ ނިދާފަ އޮތީ.. އަރީ ކާޓޫން ބަލަން އޮވެފަ ދެން ފެނުނީ ނިދާފަ އޮއްވަ...އެހެންވެ ހުރިހާ ކުދިން މަޑުންދޯ އުޅުނީ.. " އިބްރާހީމް އަބާން އާއި އިބާއަށް ބަލާލައި ނިއްއަރުވާލަމުން ހީލާފައި ތުންފަތުގައި ޝަހާދު އިނގިލި ޖައްސާލިއެވެ.އަބާން ވަގުތުން ހީގަތެވެ. އިބާއަށް އެހާ ވާނުވާ ނޭނގުނަސް އޭނަ އިނީ ދަތްކޮޅު ދައްކައިލައިގެންނެވެ.
" އަހަރެން އަންނާނަން ފައިޒަން ކޮބާތޯ ބަލާލާފައި... ދޮންބެ ދޭބަލަ ޓެރެސްމަތީގައި ހިޔާކޮއްފައި އިން ތަނުގައި ހުރި މޭޒުމަތީގައި އިން ވާސް ހިފައިގެން އަންނަން... އެއިގަ މާ ޖަހާފަ މޭޒުމަތީގައި ބެހެއްޓިމައި ރީތިވާނެ... " އަޙްމަދު އިބްރާހީމްއާއެކު ބޭރަށް ނިކުތެވެ. އަޙްމަދު ފައިޒަންގެ ކޮޓަރިއަށް ދިއުމުން އިބްރާހީމް ދިޔައީ ޓެރަހަށެވެ.
---
" ޒާން؟ " އަޙްމަދު ފައިޒަންގެ ކޮޓަރިއަށް ވަތް އިރު ފައިޒަން އިނީ އޭނަގެ ކޮޓަރީގައި ހުރި ޓީވީން ފިލްމެއް ބަލާށެވެ.
" ކިހިނެތްވީ އަޙްމަދު؟ އާދޭ އިށީންނަން.. " އަޙްމަދަށް އިޙްތިރާމްކުރުމުގެ ގޮތުން ފައިޒަން ޓީވީ ނިއްވާލަމުން އޭނަ އިށީނދެގެން އިން އެނދަށް އިޝާރާތްކުރިއެވެ.
" ބަލީތަ؟ " އަޙްމަދު އެނދުގައި އިށީންނަމުން އަހާލިއެވެ.
" ނޫން.. ކިހިނެތްވީ؟ " ފައިޒަން ނިއްއަރުވާލަމުން ހައިރާންވެފައި ސުވާލުކޮއްލިއެވެ.
" ދޮންބެދައްތައާއި ތީބާ އެބަ ކިޔާ ފައިޒަން މިހާރު ވަރަށް ނުކަޔޯ.. ބަލީބާވަޔޯ... އެހެންވެ ބަލާލަން މިއައީ... " އަޙްމަދު ހުރީ ކަންބޮޑުވެފައެވެ. ކުޑައިރުއްސުރެ އެކީ ބޮޑުވި އެކުވެރިޔާއަށް ގެއްލުމެއްވާކަށް އޭނަ ނޭދެއެވެ.
" މިދުވަސްކޮޅު ރަށުން ރައްޓެހިން ކޮޅެއް އައިސްގެން އަބަދު ބޭރަށް ކާންދާތި މިގެއިން ނުކެވެނީ.. " ކަޅި ފަރާތް ފަރާތަށް ހިންގާލަމުން ފައިޒަން ބުނެލިއިރު ހާސްކަން މޫނުމަތިން ފެންނަމުން ދިޔައެވެ. އޭނަގެ ހަޤީގަތް ފަޅާ އަރަން މާގިނަ ދުވަހެއް ނެތްކަމުގައި ހިތް ބުނަމުން ދިޔަ ސަބަބެއް ނޭނގުނެވެ. ހަޤީގަތް އެނގިއްޖެނަމަ އެންމެން އޭނަ ދުވަސް ދުއްވާލަން މަސައްކަތް ކުރާނެ ކަމާމެދު ޝައްކެއް ނެތެވެ.
" މަށަށް ކަމެއް ސިއްރު ނުކުރައްޖެ.. ޒާންއަށް ކަމެއްވެއްޖެނަމަ ހަމަ މަ ވިއްޔާ ހުންނާނީ އޭހީވާން ވެސް... " އަޙްމަދު ފައިޒަންގެ ކޮނޑުގައި ޖަހާލިއެވެ. ފައިޒަން ވަކި އެއްޗެއް ނުބުނެ ފަނޑު ގޮތަކަށް ހީލިއެވެ.
" އެހެރީ..؟ އޭތި ކިހިނެތް؟ " ލިޔާ މޭޒުމަތީގައި ހުރި ފިޝް ބައުލް ފެނުމާއެކު ވަގުތުން އަޙްމަދު ސުވާލުކުރިއެވެ. ފައިޒަން ބިރުގަންނަން ފެށީ އެހިސާބުންނެވެ. ކޮންމެ ގޮތެއް ވިޔަސް އޭނައެކޭ އެހެން އިންސާނުންނެކޭ އެއްފަދައެވެ. އެހެން ޖިންނިން ހެން އޭނައަކަށް އެވަގުތު ޖިންނިއަކު ކުރާކަމެއް ނުވަތަ އިންސާނަކު ކުރާކަމެއް ދެނައެއް ނުގަނެވޭނެއެވެ. ހަމައެއާއެކު އެހެން ޖިންނިންހެން ގެއްލިގެން އުޅުމާއި އުދުހިގެންނެއްވެސް އޭނައަކަށް ނޫޅެވޭނެއެވެ. ހަމައެކަނި ސިފަ ބަދަލުވެވޭކަން އެކަންޏެވެ. އެބާރު ފިޔަވައި އެހެން ހުރިހާ ބާރުތަކުންވަނީ އޭނަވަނީ މަޙްރޫމްވެފައެވެ. ސަބަބަކީ އަލައިނާގެ މަންމަ އަސްރާގެ މަރުގެ ފަހަތުގައި އޭނަ ވާތީއެވެ. އެމަރުގެ ސަބަބުން އޭނަގެ އެބާރުތައްވަނީ ނެތިގެން ގޮއްސައެވެ.
" ޒާން...!!؟ ކީއްވެހޭ މަގޭ މަންމަ ގެންގުޅުނު އެއްޗެއް ނަގާފަ މިހިރީ؟ ކީއްވެހޭ މީތި؟ ކޮންތާކުން މިހޯދީވެސް؟! " އަޙްމަދުގެ އަޑު ބާރުވިއެވެ. ހީވަނީ ނަގަން ނުޖެހޭ އެއްޗެއް ނެގިގެން ރުޅިގަދަވެގެން އުޅޭ ހެންނެެވެ.
ނުނިމޭ

    Please log in or register to bookmark.
    5k

    4 ޚިޔާލު

    1. ވވވވ ރީތި😍😍😍😍😘😘😘😘😘.ނެކްސްޓް ޕާޓް ކޮންއިރަކުން 😊😊😊😊😊

    2. 😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍

    ޚިޔާލު

    Your email address will not be published. Required fields are marked *