އިރުއޮސޭ ހިތްގައިމު މަންޒަރު ބަލަން އިން ސަލްމާނު ސިއްސުވައިލީ މަޢްރިބް ނަމާދު ބަންގީގެ އަޑަށެވެ. ވެލިގަނޑުމަތިން ތެދުވެ ގައިގައި ހުރި ވެލިތަށް ފޮޅާލުމަށްފަހު ބައިސްކަލަށް އަރައިގެން ސަލްމާނު ނައްޓާލީ މިސްކިތަށް ދިއުމަށެވެ.
ސަލްމާނު މިސްކިތުން ފައިބައިގެން އަވަހަށް ގެއަށް ދިޔައީ އިޝާ ނަމާދުގެ ކުރިން ޤުރުއާނުގެ މިންވަރެއް ކިޔަވާލުމަށެވެ. ސަލްމާނުއަކީ ދީނީ ކަންތައްތަކަށް ފަރުވާބަހަށްޓާ ކުއްޖެކެވެ. މީގެ އިތުރުން ސަލްމާނުއަކީ ކިޔެވުމަށާއި ކުޅިވަރުކުޅުމަށް ވެސް ވަރަށް މޮޅު ކުއްޖެކެވެ.
**20:00**
"ސަލްމާނު ދަރިފުޅާ އާދޭ ކާން".ސަލްމާނު މަންމަ އަޝާ ބަދިގޭގައި ހުރެފަ ގޮވާލިއެވެ. "މިއަންނަނީ". ކިޔަން އޮތް ވާހަކަ ފޮތް އެނދުމަށްޗަށް އެއްލާލާފަ ސަލްމާނު ބަދިގެއަށް ދިޔައެވެ.
"ދަރިފުޅާ މަންމަ މިދަނީ މާމއާއިއެއްކޮށް ފިހާރައަށް ދާން, ދާނަންތަ". ސަލްމާނު ނޫނެކޭ ބުނުމުގެ ގޮތުން ބޯހޫރާލިއެވެ. "އެހެންވިއްޔާމުން މަންމަމެން އަންނަންދެން ކޮޓަރީގަ އޮވޭ އިނގޭ". ސަލްމާނު ބޯޖަހާލާފައި ކެއި ތަށި ސިންކުތެރެއަށް ލުމަށްފަހު ކޮޓަރިއަށް ވަނެވެ. ސަލްމާނުއަކީ އައިޝާގެ ހުންނަ ހަމައެކަނި ދަރިފުޅުކަމުން އައިޝާ ސަލްމާނު ބަލަހަށްޓަނީ ވަރަށް ލޯބިންނެވެ. ސަލްމާނުގެ ބައްޕަ ވަނީ މީގެ 3 އަހަރުކުރިން ހިނގި އެކްސިޑެންޓެއްގައި ނިޔާވެފައެވެ. އޭރު ސަލްމާނުއަށް އެންމެ 8 އަހަރެވެ.
ސަލްމާނު ކޮޓަރިއަށް ދިއުމުން ކެއި ތަށިތަށް ދޮވުމަށްފަހު އައިޝާ ކޮޓަރިއަށްވަދެ ފިހާރައަށް ދާން ތައްޔާރުވިއެވެ. ތައްޔާރުވެ ނިންމާލުމަށްފަހު އައިޝާ ފޯނުނަގައި އައިޝާ މަންމަ ފާތުމާއަށް ގުޅާލިއެވެ. ފާތުމާ އައުމުން ދެމީހުން ފިހާރައަށް ދިޔައެވެ.
**10:00**
. ފާތުމާއާއި އައިޝާ ބާޒާރުކޮށް ނިންމާލުމަށްފަހު އައި މަގުމަތީގައި އައީ ބަދަންގަނެގެން ބަަންކަމުންނެވެ. އައިޝާ ބަދަން ކައި ނިންމާލުމަށްފަހު ބަދަން ޕެކެޓު އެތާއިން ބޮޑު ނިކަގަހެއް ކައިރިއަށް އެއްލާލިއެވެ. އައިޝާ އަށް ނޭނގުނީ އެވަގުތު އެގަސްދޮށުގައި އެއްޗެއް ހުރިކަމެވެ. އެހެންކަމުން އައިޝާ އެއްލި ޕެކެޓު ގޮސް ޖެހުނީ އޭތިގައިގައެވެ.
**12:00**
އައިޝާ ގެނައި ސާމާނުތަށް އައިސްއަލަމާރިއަށް ލުމަށްފަހު ކޮޓަރިއަށް ވަދެ ނިދަން އޮށޯތެވެ.
**3:33**
އައިޝާއަށް ހޭލެވުނީ ބަދިގެއިން އަޑުތަކެއް އިވޭތީއެވެ. އައިޝާ ކޮޓަރި ދޮރު ކުޑަކޮށް ހުޅުވާލާފައި ބަދިގެއާއި ދިމާއަށް ބަލާލިއެވެ. އެވަގުތު ބަދިގޭގެ ބޮކި ހުރީ ޖައްސާފަ ކަމުން އައިޝާ ހީކުރީ ސަލްމާނު ބަދިގޭގައި ފެންބޯން އުޅެނީކަމަށެވެ. ނަމަވެސް އައިޝާ އަށް ނޭނގުނީ އެވަގުތު ސަލމާނު އޮތީ ނިދާފަ ކަމެވެ. އެހެންކަމުން މާބޮޑުކަމަކަށް ނަހަދާ ދޮރު ލައްޕާފައި ނިދަން އޮށޯތެވެ.
އަނެއްކާ އިރުކޮޅެއް ފަހުން އައިޝާއަށް ހޭލެވުނީ ކޮޓަރި ކުޑަދޮރު ކައިރިން ބާރު އަޑެއްކީމައެވެ. އައިޝާ ކޮޑަދޮރާއި ދިމާއަށް ނަޒަރު ހިންގާލިއެވެ. ކުޑަދޮރު ކައިރިން ފެނުނު އެއްޗަކުން އައިޝާ އަށް ވަރަށް ބާރަށް ހަޅޭއްލަވައިގަނެވުނެވެ.
(ނުނިމެ)
***************************************
ކިޔުން ތެރިންނަށް ވާހަކަ ކަމުދިޔަ ކަމަށް އުންމީދުކުރަން!!!😃
2ވަނަ ބަޔަށް އިންތިޒާރުކޮށްލައްވާ!!!👍😊
ރީތި😍😍
ފަސްޓް ސުޓޯރީއާ ބަލާފަ ހަމަ ރަނގަޅު👏🏻👏🏻 ބޮޑަށް ސިފަކުރުންތައް އިތުރުކޮއްފައި ވާހަަކަ ދިގުކޮއްލީމަ ބެސްޓްވާނެ. ދެން އިން ބައިގައި އެކަންތައް ރަނގަޅުކޮއްލާނެކަމަށް ެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެ އުއްމީދުކުރަން. އޯލް ދަ ބެސްޓް 😊💚
ފަސްޓް ޕާޓް ބަލާފަ ހަމަ ރަނގަޅު 👏🏻👏🏻ބޮޑަށް ސިފަކުރުންތައް އިތުރުކޮއްފައި ވާހަަކަ ދިގުކޮއްލީމަ ބެސްޓްވާނެ. ދެން އިން ބައިގައި އެބައި ރަނގަޅު ކޮއްލާނެކަމަށް އުއްމީދުކުރަން. ގުޑް ލަކް 😊💚
ވާހަކަ ރީތި 😊😊 އެކަމް އެބަހުރި އިމްރޫވް ކުރަން ޖެހޭ ކަންތައްތައް 💜💝
އިމްޕްރޫވް**
ލިޔުންގަނޑު އެހާއެއްނޫން
ކުއްތަށް ފާހަގަ ކޮށްލަދިނިތީ ޝުކުރިއްޔާ....ދެން ފަހަރަކުން ރަނގަޅު ކޮށްލާނަން
ދިސް އިސް މައި ފަސްޓް ސްޓޯރީ...
ހަޑި އެއްނޫން....މިސްޓޭކްސް ރަނގަޅު ކޮށްލާ😃👌
މާޝާ ﷲ. ވަަރަށް ސަޅި ❤️👍🏻
މާޝާ ﷲ. ސަޅި ވާހަކައެއް 👍🏻👍🏻❤️❤️
އަސްލު ވަރަށް ގަދަ... އަދި ކުޑަކޮށްއިމްޕްރޫވް ކޮށްލަން ޖެހޭނެ...
ވާހަކައިގެ ކުށް ގިނަ ކަމުން ވަރަށް ހަމަނުޖެހޭ ހެން ހީވޭ!!
މާޝާ ﷲ ވަރައް ރީތޮ
ވަރަށް ރީތި ވާހަކައެއް
މި ވާހަކައިގައި ވާނުވާއެއް ނޭގުނު
މި ވާހަކައިގެ 2 ވާނުވާ އަވަހަށް ގެނެދީ