ތިޔަ ލޯބީގައި - 37

Tiny Teen Tiffany Tatum Pussy Forced Big Cock  Blondie Fesser cocks her massive ass threesome sex  pakistani sex video  jmac porn  De Williams  Russian teen Izi Ashley tight ass hole Hard fucked real 18 yearsold Tiny babe  sanny levon xnxx son fuck mom dogstyle thick hairy pussy

"ލޯތްބަަށްޓަކައި ކުރަމުންތިދާ ހަނގުރާމައިގަ މިހިސާބަށް އައިސް ހިތްވަރުއެލުވާނުލާ.. އެކަކުނެތަސް މަންމަ އަބަދުވެސް ހުންނާނީ ޝަޔޫއާ އެކު.." ލޯބިން ޝަޔަމްގެ މޫނަށް ބަލައިލަމުން އެއަތަށް ސައިނާ އަނެއްކާވެސް ފިތައިލީ ހިތްވަރުދިނުމުގެ ގޮތުންނެވެ. އަދި ފަހުފަހަރަށް އަޒްހަރަށް ބަލަައިލަމުން ޝަޔަމްގެ އަަތަށް ދަމައިލުމަށްފަހު ގެއިން ނުކުންނަން ހިނގައިގަތެވެ. ގޭގެ ދޮރުން ބޭރުވުމާއެކު ކަރުނަވީ ދެލޮލުން ފަސްއެނބުރި ޝަޔަމް އަޒްހަރަށް ބަލައިލީ އެންމެ ފަހުފަހަރު ބަލައިލާފަދަ ގޮތަކަށެވެ. އެބެލުމުގައިވީ ވޭނާއި ކެކުޅުމާއި އާދޭހާއި ޝަކުވާއެވެ.

ދޮރުމަތީގައި އެދެމީހުނަށް ބަލަހައްޓައިގެންހުރި އަޒްހަރު ޝަޔަމް ބަލައިލުމާއެކު ރުޅިއައިސްފައި އަތުގެކޮޅަށް ދޮރުޖެހިއެވެ. ވިސްނައިގެންހުއްޓެއްކަމަކު އެއަޑުން ޝަޔަމްއަށްވެސް ސިހުން ގެނުވިއެވެ. ގާތުގައިހުރި ސައިނާ އެންމެ ފަހަރަކުވެސް ފަސްއެނބުރި ބަލައެއްނުލިއެވެ. ކަށީގައިނެތް ހިތްވަރު ލޯބިވާ ދަރިފުޅަށްޓަކައި ކުރަމުންދިޔައިރު އެނބުރި ފަހަތަށް ބަލަންވެއްޖެނަމަ އެހިތްވަރު އެލިދާނެތީ ސައިނާ ހާސްވެފައިހުރި ކަހަލައެވެ.

ޝަޔަމްގެ އަތުގައި ހިފައިގެން ބާރަށް ހިނގަމުންދިޔަ ސައިނާއަށް އޭނާއަށް ބަލައިލެވުނެވެ. ނުބުންޏަސް މިވަގުތު އެމަންމަގެ ހިތަށް ކުރާނެ އަސަރު ޝަޔަމްއަށް ވިސްނެއެވެ. އޭނާއަށްޓަކައި އެމަންމަ ވަމުންއެދަނީ ކޮންފަދަ ބޮޑު ގުރުބާނީއެއްހެއްޔެވެ؟ މިއީ ފަހަރެއްގައިވެސް ޝަޔަމް ބޭނުންވިގޮތެއް ނޫނެވެ. އެހެނަސް ހާލަތު އެފަދައިން ނިޔާކުރުމުން ކަންތައްކުރާނެގޮތެއް ޚުދު އޭނާއަށްވެސް ނޭނގެއެވެ. އަޒްހަރު ކަންތައްކުރިގޮތުން އޭނާގެ ހިތުގައިވަނީ ވަރަށް ބޮޑަށް ޖެހިފައެވެ. ނުހައިކް އުޅުނު ހާލު ހިތަށް އެރިއަސް ޝަޔަމްގެ ހިތުގައި ރިއްސައިގަނެއެވެ. އެނބުރި ނުހައިކް ގާތަށް ދާންބޭނުންވީ އެކަންޏެވެ. އަޒްހަރު ކުރި ކުށެއްގެ ސަބަބުން އިތުރަށް އެދެހިތަށް އަނިޔާލިބެން އޭނާ ބޭނުންނުވީއެވެ. ނަމަވެސް އޭނާގެ އެނިންމުމުގައި ސައިނާ ބައިވެރިވެ އެއްބާރުލުންދޭނެ ކަމަކަށް ޝަޔަމް ހިއެއްނުކުރެއެވެ. އަދި އެފަދަގޮތަކަށް އޭނާގެ ލޯބިވާ މައިންބަފައިންގެ ކައިވެންޏަށް ނިމުން އަތުވެދާނޭ ހިތަށްވެސް ނާރައެވެ. ސިކުނޑިއަށް ބަރުވަމުންދިއުމާއެކު ޝަޔަމްއަށް ފުންނޭވާއެއް ފަޒާގެ ތެރެއަށް ދޫކޮށްލެވުނެވެ.

އޭނާގެ އަމިއްލަ ކާރާއި ހިސާބަށް އާދެވުމާއެކު ޝަޔަމް ސައިނާއަށް ބަލައިލިއެވެ. ޝަޔަމްއަށް އެއްވެސް ބެލުމެއްނެތި ސައިނާ ކާރުގެ ޑިކީ ހުޅުވައިލަމުން އޭނާގެ ކުޑަ ފޮށްޓާއި ޝަޔަމް ގެނައި ފޮށި އަރުވަން އުޅެގަތެވެ. އެތަންބަލަން ނުހުރެ ސައިނާއަށް އެހީވުމަށް ޝަޔަމް އަވަސްވެގަތެވެ. ކާރުގެ ޑިކީ ލައްޕައިލަމުން ޝަޔަމް ސައިނާގެ އަތުގައި ހިފައި އެހުރިތަނުގައި ހުއްޓުވިއެވެ.

"މަންމާ.. އަދިވެސް ވަގުތު އެބައޮތް.. މަންމަ ބޭނުންނަމަ ބައްޕަ ގާތަށް ދިއުމަކުން އަޅުގަނޑުގެ އެއްވެސް މައްސަލައެއްނެތް.. އަޅުގަނޑުގެ ސަބަބުން މަންމަގެ އުފާވެރި ކައިވެނި ރޫޅޭކަށް ނޭދެން.." ސައިނާގެ އަަތަށް ބާރުކޮށްލަމުން އިސްޖެހިފައިއިން ޝަޔަމް މަޑުމަޑުން ބުނެލިއެވެ. އެއާއެކު ސައިނާގެ ނަޒަރު ޝަޔަމްގެ މޫނަށް ހުއްޓުނެވެ.

"މަންމަ މިއައީ ހިތުން ރުހުމުން.. އެނބުރި ދާކަށްނެތިން.. އަޒްހަރެއްކަމަކު އެކުރީ ވަރަށް ބޮޑު ކުށެއް.. އެކަމަކު އަޒްހަރު އެކަން ގަބޫލުކުރާކަށް ބޭނުމެއްނުވޭ.. ގޮތް ދޫކުރާކަށް ބޭނުމެއްނުވޭ.. އަހަރުމެންގެ ވަކިވެދިއުމަކީ ފަހަރެއްގަ.. އަޒްހަރަށް ރަނގަޅަށް ކަންކަމާއިމެދު ވިސްނައިލަންލިބޭ ފުރުސަތަކަށްވެސް ވެދާނެ.." އަނެއްއަތް ޝަޔަމްގެ އަތްމަތީގައި ބާވައިލަމުން ސައިނާ ހިނިތުންވެލަން މަސައްކަތްކުރިއެވެ. އެކަން ކާމިޔާބުނުވުމުން އެހެން ދިމާއަކަށް ނަޒަރު ބަދަލުކޮށްލިއެވެ. އިތުރަށް ސައިނާގެ ވާހަކަތަކާ ވިއްދައި އެއްޗެއް ބުނަން ޝަޔަމް ބޭނުންނުވުމުން އޭނާ ގާތުގައި ކާރަށް އެރުމަށް ބުނަމުން ޝަޔަމްވެސް ހިނގައިގަތެވެ.

މަޑުމަޑުން ވެހެމުންދިޔަ ސްނޯގެ ތެރޭގައި މަޑު ދުވެއްޔެއްގައި ޝަޔަމް ކާރު ދުއްވަމުންދިޔައީ އެގެއާއި މާދުރުނޫން ހިސާބެއްގައިހުރި ހޮޓަލަކާއި ދިމާއަށެވެ. ކާރުގައި ތިބިއިރު ދެމީހުންގެ ނަޒަރުވެސް އަމާޒުވެފައިވީ މަދުމަދުން މީހުން ހަރަކާތްތެރިވަމުންދިޔަ މަގުމައްޗަށެވެ. ހަމަހިމޭންކަމުގައިތިބެ ދެމީހުންވެސް ވިސްނަމުންދިޔައީ ދާދި ދެންމެއަކު ހިނގައިދިޔަ ހާދިސާތަކާއިމެދުއެވެ. ދޭތެރަކުން ސައިނާއަށް ޝަޔަމް ބަލައިލިއަސް އެއްވެސް އެއްޗެއް ނުބުނެއެވެ.

ހޮޓެލްގެ ކުރިމަތީގައި ކާރު މަޑުކޮށްލަމުން ދެމީހުން އޭގެއިން ފައިބައި ފޮށިތައް ޑިކީއިން ނަގަމުން ހޮޓެލަށް ވަންނަން މިސްރާބުޖެހިއެވެ. ސައިނާ ބޭނުންވުމުން ދެމީހުނަށްވެސް ޝަޔަމް ހިފީ އެއްކޮޓަރިއެވެ. ހޮޓެލްގެ ސްޓާފަކު އެމީހުންގެ ފޮށިތައް ކޮޓަރިއަށްލަމުން ކޮޓަރީގެ ކީކާޑު ޝަޔަމްއާ ހަވާލުކޮށްލުމަށްފަހު އެތަނުން ދިޔައެވެ.

"އޮފީހުގެ ކަންކަން ހަމަޖައްސާލާފަ ދެދުވަސްފަހުން ފުރޭނީ.." ކިންގް ސައިޒްގެ ބޮޑު އެނދުގެ އެއްފަރާތުގައި އިނށީދެއިން ސައިނާއަށް ބަލައިލަމުން ޝަަޔަމް ބުނެލިއެވެ. ސައިނާ ލަސްލަހުން ބޯޖަހައިލީ އެކަމަށް އެއްބަސްވުމުގެ ގޮތުންނެވެ. ތުންފަތުގައި ދަތްއަޅައިލަމުން ކޮޓަރިން ބޭރަށް ނުކުމެވޭގޮތަށް ހަދައިފައިހުރި ބެލްކަންޏަށް ޝަޔަމް ނުކުތެވެ. ވަށައިގެންވި ހުދުކަމަށް ނަޒަރުހިންގައިލެވުމާއެކު ފުންޚިޔާލަކަށް ޝަޔަމް ގެނބުނެވެ.

*****

އާދައިގެމަތިން އޮފީހުގެ މަސައްކަތްތައް ނިންމައިލުމަަށްފަހު ޒާއިން އައީ ހޮސްޕިޓަލަށެވެ. ކޮންމެ ދުވަހަކުވެސް ގެއަށްދިއުމުގެ ކުރިން ނަޒީމްގެ ގާތުގައި ވަގުތުކޮޅެއް ހޭދަކޮށްލުމަކީ ޒާއިން ގަވައިދުންކުރާ ކަމެކެވެ. ނަޒީމްގެ ހާލަތަށް އެއްވެސްކަހަލަ ބަދަލެއް ނާންނާތީ އެކަމާއި ޒާއިންއަށް ފިކުރުހިންގޭވަރު ގިނައެވެ. އެހެނަސް އެފަދަ ހާލަތްތަކަކީ ކެތްތެރިކަން ޚިޔާރުކުރަންޖެހޭ ވަގުތެއްކަން އޭނާއަށް ވިސްނެއެވެ.

ނަޒީމްގެ އެނދު ކައިރީގައިހުރި ގޮނޑީގައި އިނށީދެލަމުން އެނދުގައި ލޯމެރިފައިއޮތް ނަޒީމްގެ ހަށިގަނޑަށް ޒާއިން ނަޒަރު ހިންގައިލިއެވެ. ފާއިތުވެގޮސްފައިވާ ދުވަސްތަކާއެކު އެހަށިގަނޑުވަނީ ކޮންމެވެސް ވަރަކަށް އަނަރޫފަވެފައެވެ. ހިންދިރުވައިލަމުން ޒާއިން މަސައްކަތްކުރީ ލޮލަށް ބޮނޑިވެގަތް ކަރުނަތަައްވެސް ދިރުވައިލުމަށެވެ.

ނަޒީމްގެ އަތުގައި ހިފައިލަމުން އޭނާގެ ދެއަތްތެރެއަށްލައި ނަޒީމްގެ އަތްތިލަ ފިއްތައިލިއެވެ. އަދި މަޑުމަޑުންގެނެސް އޭނާގެ ނިތުގައި އެއަތްތިލަ ޖައްސައިލިއެވެ. ހިތަަށްވެރިވެގަތް ގަދަފަދަ އިހުސާސުތަކަކުން ކެތްނުވެ އެދެލޮލުން ކަރުނަ އޮހިގަތެވެ. ކިތަންމެ ބޭނުން ނުވިއަސް މާޒީގެ އެހިތި ހަނދާންތައް އަދިވެސް އޭނާއަށް އުނދަގޫކުރެއެވެ. އެހިތަށް ކުޑަވެސް ހަމަޖެހުމެއްލިބޭނީ ނަޒީމްގެ މައާފު އޭނާއަށް ލިބުނު ދުވަހަކުންނެވެ.

"ބައްޕާ... އަދި ކިހައި ދުވަހަކު އަހަރެން މިގޮތުގަ ކެތްތެރިވާންޖެހޭނެތަ؟ ބައްޕަ ތިހާލުގަ އޮންނަތަންދެކެން އަހަރެންނަށް ހާދަ އުނދަގުލޭ.. ބައްޕައަށް އެނގޭތަ ބައްޕަގެ މިދަރިފުޅުގެ ހިތަަށް އަސަރުކުރާވަރު.. ޕްލީޒް ބައްޕާ.. އަހަރެންނަށްޓަކާ.. އެނބުރިއާދޭ.. އައު ހިތްވަރަކާއެކު މިއެނދުން ތެދުވޭ.. އެދުވަހަކަށް އަހަރެން އެބަ އިންތިޒާރުކުރަންކަން ބައްޕަ ދަންނައްޗޭ.. އޭރު.. އޭރު އަހަރެންނަށް ބައްޕައަށް ނުދެވުނު ހުރިހައި އުފަލަކާއި ލޯތްބެއް އިރާދަކުރެއްވިއްޔާ އެދުވަހަކުން ދޭނަން.. އަހަރެން ބައްޕައަށް ވައުދުވަން.. ދުވަހަކުވެސް.. ބައްޕަ ހިތުޖެހި ދެރަވާނެކަމެއް ނުކުރާނަން.. ހެޔޮނުވާނެ އަހަރެންނަށް މައާފުކޮށްފަ އެނބުރި އަހަރެންގެ ގާތަށް އާދޭ.. ޕްލީޒް ޑޭޑް.. ޕްލީޒް.." ދެެއަތްތިލާގެ ތެރޭގައިއޮތް ނަޒީމްގެ އަތްތިލައަށް ފިތައިލަމުން ރޮވިފައި ޒާއިން ބުނެލިއެވެ. އެއީ ކޮންމެ ދުވަހަކުވެސް ނަޒީމް ގާތަށް އައުމަށްފަހު ޒާއިންގެ ހާލެވެ. ހިތުގައިވި ޝަކުވާއާއި ހިތާމަތައް ނަޒީމްގެ ގާތުގައި ބަންޑުންކޮށްލައެވެ. ތަކުރާރުކޮށް މައާފަށްއެދި ރޮއިއާދޭސްކުރެއެވެ. އެނބުރި އައުމަށް އޭނާއަށް އެދެވުނީ ކިތައްފަހަރުކަމެއްވެސް ނޭނގެއެވެ. އެތައްއިރެއް އެގޮތުގައި ހޭދަކުރުމަށްފަހު މެނުވީ ޒާއިން އެތަނުން ނުދެއެވެ.

ކޮޓަރީގައިހުރި ކުޑަދޮރުން އެތެރަށް އެޅިފައިވި އަލިފަނޑުވަމުންދާން ފެށުމުން އިރުއޮއްސެނީކަން ޒާއިންއަށް ވިސްނުނެވެ. އެތައްއިރަކު އެތައް ވާހަކަތަކެއް ދަންކަން އިނުމަށްފަހު މާޔޫސްކަމުގެ ފުންނޭވާއެއް ޒާއިންއަށް ދޫކޮށްލެވުނެވެ. ނަޒީމްގެ ފަރާތުން ކުޑަވެސް ހަރަކާތެއް ނުފެނުމުން ނާއުއްމީދާއެކު މިއަދުވެސް އިންތަނުން ޒާއިން ތެދުވިއެވެ. އަދި ނަޒީމްއަށް ބަލައިލަމުން ތުންފިއްތައިލުމަށްފަހު އެތަނުން ދިއުމަށް އުޅުނެވެ. ނަޒީމްއަށް ފުރަގަސްދިން ވަގުތު ކުއްލިއަކަށް އޭނާގެ އަތުގައި މީހަކުހިފިފަދަ އިހުސާސެއްކުރެވި ސިހިފައި ޒާއިން ފަހަތަށް އެނބުރި ނަޒީމަށް ބަލައިލިއެވެ. ވަގުތުން އޭނާގެ ދެލޯބޮޑުވެގެން ދިޔައީ ކުޑަކުޑަކޮށް ހުޅުވިފައިވި ނަޒީމްގެ ދެލޮލާއި އެދެލޮލުން އޮހޮރެމުންދިޔަ ކަރުނައާއި ވަރުދެރަ އެއަތުން މަޑުމަޑުން ޒާއިންގެ އަތުގައި ހިފައިގެންއޮތްގޮތް ފެނުމުންނެވެ. ތެޅިގަނެފައި ބައްޕާއޭ ގޮވައިލަމުން ނަޒީމްގެ އަތަށް ބާރުކޮށްލުމަށްފަހު އޭނާއާއި ދިމާއަށް ޒާއިން ގުދުވެލިއެވެ. އޭރު އޭނާއަށް ނޭނގޭހާލު އެދެލޮލުންވެސް ކަރުނައިގެ މުތީތައް ފައިބަމުންދިޔައެވެ. ލިބިފައިވި ކުއްލި ޝޮކުގައި ނަރުހަކަށް ނުވަތަ ޑޮކްޓަރަކަށް ގޮވައިލާކަށްވެސް ޒާއިންގެ ވިސްނުމަކަށް ނައެވެ. އެވަގުތު އެކޮޓަރީގެ ދޮރުހުޅުވައިލުމަށްފަހު އެތަނަށް ނަރުހެއްވަނީ ޒާއިންގެ ނަސީބަކަށެވެ.

ޒާއިންއަށް ހަމަހޭވެރިކަންވީ ދޮރުން އެތެރެއަށްވަތް ނަރުސްކުއްޖާ ފެނުމުންނެވެ. ނާރސްއޭ ކިޔައި އޭނާއަށް ގޮވައިލެވުނީ އިޚްތިޔާރުން ބޭރުއެވެ. އެނދުގައި ދެލޯ ހުޅުވައިގެންއޮތް ނަޒީމް ފެނުމުން ނަރުސްކުއްޖާވެސް އެލަރޓަށްއައިކަހަލައެވެ. ތެޅިގަންނަމުން އަވަހަށް ޑޮކްޓަރަށް އަންގަން އޭނާ އުޅެގަތެވެ.

ނަޒީމްގެ ކަންތައްތައް އެންމެ ގާތުން ބަލަމުންދިޔަ ޑޮކްޓަރ ކޮޓަރިއަށް ވަނުމާއެކު އެމީހުނަށް ފުރުސަތުދެމުން ޒާއިން ދުރަށްޖެހިލިއެވެ. ކޮޓަރީގެ އެއްފަރާތުގައި ހުއްޓިލަމުން ލޮލުން ފައިބަމުންދިޔަ ކަރުނަތައް ފުހެލަމުން ފޯނު ނަގައި ތޮއިބާއަށް ގުޅައިލައި ކަންފަތުގައި ފޯނު ޖައްސައިލިއެވެ. އަދި ނަޒީމް ގާތުގައި ހަރަކާތްތެރިވަމުންދިޔަ ޑޮކްޓަރުންނާއި ނަރުހުންނަށް ބަލައިލަމުން އެކޮޓަރިން ނުކުމެ އެއްފަރާތުގައި މަޑުކޮށްލިއެވެ.

"މަންމާ.. ބައްޕަ.. ބައްޕަ.." ޒާއިންއަަށް ވާހަކަދެއްކުމަށް ދަތިވުމުން ހުއްޓައިލުމަށްފަހު ފުންނޭވާއެއްލައި މީހާ ހަމަޖެހިލަން މަސައްކަތްކުރިއެވެ. "ބައްޕައަށް ކިހިނެއްވީ؟" ތޮއިބާގެ ހާސްކަންއެކުލެވިފައިވި އަޑު ފޯނުގެ އަނެއްފަރާތުން އިވުނެވެ.

"ބައްޕަ.. ކޯމާއިން.. ހޭލައިފި.." ބަސްތައް ރަނގަޅަށް އެތުރުމަށްވެސް ޒާއިންއަށް ވަގުތު ނެގިއެވެ. އޭނާގެ ހިތް ބާރުބާރަށް ތެޅެމުންދިޔައިރު މީހާގެ މޫނުމަތިވެސް ދާތިކިތަކުން ބަބުޅަމުންދިޔައެވެ.

ދާދި ކުޑައިރުކޮޅެއްގެ ތެރޭގައި ދުވަމުންކަހަލަ ގޮތަކަށް އެދިމާއަށް އައި ތޮއިބާ އާއި ލަމްޔާ ފެނި ޒާއިންއަށް ހިނިތުންވެލެވުނެވެ. ބާރަށް ގޮސް ތޮއިބާގެ ގައިގައި ބައްދައިލަމުން އަނެއްކާވެސް ނަޒީމް ހޭލިވާހަކަ ތަކުރާރުކޮށް ޒާއިން ބުނެލިއެވެ. އަދި މިވަގުތު ޑޮކްޓަރުން އޭނާ ބައްލަވަމުންދަނީ ކަމުގައި ބުނެލިއެވެ. ލިބުނު ހަމަޖެހުމަކުން ޒާއިންގެ އަތުގައިހިފައި ބާރުކޮށްލަމުން އެމޭގައި ލައްވެލި ތޮއިބާއަށް ދެލޯމަރައި ބާރުކޮށްލެވުނެވެ. ލޮލުން އޮހުރެމުންދިޔަ ކަރުނަތަކާމެދު މިއަދު އެއްވެސް މީހެއްގެ ޚިޔާލެއް ފިކުރެއްނެތެވެ. އެއަށްވުރެ ލިބުނު ޚަބަރަކުން އެހިތްތަކަށް ލިބިފައިވި އުފާވެރިކަން މާބޮޑެވެ.

އިރުގަނޑެއްފަހުން ކޮޓަރީގެ ދޮރުހުޅުވައިލުމަށްފަހު ޑޮކްޓަރ ބޭރަށް ނުކުތެވެ. އަދި ޒާއިންގެ އާއިލާއަށް ބަލައިލަމުން ހިނިތުންވެލިއެވެ. އެއަށްފަހު ވަކިން ބައްދަލުކޮށްލަން ބޭނުންވާ ވާހަކަ ބުނުމުން އެންމެނަށް ބަލައިލަމުން ޒާއިން އިސްނެގިއެވެ. ޒާއިންއަށް އަތުން އައުމަށް އިޝާރާތްކޮށްލަމުން ޑޮކްޓަރ ހިނގައިގަތުމާއެކު ފަހަތުން އޭނާވެސް ހިނގައިގަތެވެ.

ޒާއިން ދިޔަދިމާއަށް ބަލަން ހުރުމަށްފަހު ލޮލުން ފައިބަމުންދިޔަ ކަރުނަތައް ފުހެލަމުން މަޑުމަޑުން ތޮއިބާ އައިސް އެކޮޓަރީގެ ދޮރުހުޅުވައިލިއެވެ. އަދި ލަސްފިޔަވަޅުތަކެއްގައި ނަޒީމް އޮތް އެނދާއި ދިމާއަށް ހިނގަމުންދިޔައެވެ.

މީހެއްގެ ހިލަންވެ ނަޒީމް އެސްފިޔަތައް ތަޅުވައިލަމުން މަރައިގެންއޮތް ދެލޯ ހުޅުވައިލިއެވެ. ދާދި ގާތަށް އައިސް މަޑުކޮށްލި ތޮއިބާ ފެނުމުން ހިކިފައިވި އެތުންފަތް މައްޗަށް ފަނޑު ހިނިތުންވުމެއް ވެރިވިއެވެ. ނަޒީމް ބަލައިލިގޮތުން ތޮއިބާގެ ދެފައި ބިންމަތީގައި ތަތްލިކަހަލައެވެ. ގަނޑުވެފައި ކުރިއަށް އެންމެ ފިޔަވަޅެއްވެސް އަޅަން ނުކެރި އޭނާ އެހެން ހުންނަން ފެށުމުން ކަރުކެހިލަމުން ބަލި އަޑަކުން ނަޒީމް އޭނާއަށް ގޮވައިލިއެވެ. އެއާކު ހިފަހައްޓަމުންދިޔަ ކަރުނަތިކިތައް ތޮއިބާގެ ކޯތާފަތްމައްޗަށް އޮހޮރިގަތެވެ. ތުންފަތުގައި ދަތްއަޅައިލަމުން ތޮއިބާ އިސްޖަހައިލީ ކުށްވެރިއަކު ފަދައިންނެވެ.

"އަހަރެން ގާތަށް.. ނާނަންތަ.. ތިހުރީ؟" އުނދަގޫކަމާއެކު ނަޒީމް ވާހަކަދެއްކިއެވެ. އެއަޑު ކަންފަތުގައި ޖެހުމާއެކު ތޮއިބާގެ ތުންފަތް ދެމެދުން މަޑު ގިސްލުމެއްގެ އަޑު ބޭރުވެގެން ދިޔައެވެ.

"ތޮއިބާ.." އޭނާއާއި ދިމާއަަށް ތުރުތުރުއަޅަމުންދިޔަ އަތް ދިއްކޮށްލަމުން ނަޒީމް ގޮވައިލިއެވެ. އެއާއެކު ތޮއިބާއަށް އެންމެ ސުކުންތެއްވެސް ނަޒީމްއާއި ދުރުގައި ކެތެއް ނުކުރެވުނެވެ. ރޮއެގަންނަމުން އައިސް ނަޒީމްގެ އަތުގައި ހިފައި ބާރުކޮށްލިއެވެ. އަދި އެއަތް ތުންފަތުގައި ޖައްސައި ބާރުކޮށްލަމުން ތަކުރާރުކޮށް މައާފަށް އެދެންފެށިއެވެ. ތޮއިބާގެ އަޑުއިވި ނަޒީމް ލުއިކޮށް ހިނިތުންވެލިއެވެ.

"ތިވަރަށް.. މައާފަށް ނޭދުނަސް.. އަހަރެން.. މައާފުކޮށްފިން.. އަހަރެންގެ.. ހިތް ހެޔޮ.." ހިނިތުންވެފައި ނަޒީމް އޮތްއިރު ލޮލުގެ ހިމަކޮޅުން ކަރުނަތިއްކަކަށްފަހު ތިއްކެއް ފައިބަމުންދިޔައެވެ. ކޯމާގައި އޮތްއިރުވެސް ތޮއިބާ އާއި ޒާއިން ދެއްކި ކޮންމެ ވާހަކައެއް އޭނާއަށް އިޑުއިވި ހިތަށް އަސަރުކުރިއެވެ. އޭރުއްސުރެވެސް އެދެމީހުނަށްޓަކައި އޭނާގެ ހިތްހަލާލެވެ. ގޮނޑީގައި އިނށީދެ ރޮވިފައިއިން ތޮއިބާގެ ލޮލުން ފައިބަމުންދިޔަ ކަރުނަތިކިތައް ލޯތްބާއެކު ނަޒީމް ފުހެލައި ދިނެވެ. އަދި ހިނިތުންވެލަމުން ދެފަރާތަށް މަޑުމަޑުން ބޯހޫރުވައިލީ ނުރޯރޭބުނާފަދަ ގޮތަކަށެވެ.

ޑޮކްޓަރުގެ ކޮޓަރީގައިހުރި މޭޒު ދޮށުގައި އޭނާއަށް ކުރިމަތިވާނޭހެން އިނށީދެ ޒާއިން އިނެވެ. ވަކިން ބައްދަލުކުރަން ބޭނުންވީ މުހިންމު ވާހަކައެއް ދައްކަން ކަމުގައި ޒާއިންއަށް ވިސްނުނެވެ. ނޭވާ ހިފަހައްޓައިލައިގެން އިންއިރު ޑޮކްޓަރ ދީފާނެ ކޮންމެފަދަ ޚަބަރަކަށްވެސް ތައްޔާރުވެގެން އިންކަހަލައެވެ.

(ނުނިމޭ)

    Please log in or register to bookmark.
    7k

    6 ޚިޔާލު

    1. Omgg.. Finally naazim woke.. Cant wait to read the nest part ❤️❤️ and umm stay safe

    2. ކޮން އިރަކުން އަނެއް ބައި ގެނެސް ދޭނީ

    3. މާޝާ ﷲ!!! މިބައިވެސް ވަރަށް ވަރަށް ވަރަށް ރީތި 💖💝 ސިސް ކިހިނެއްތަ؟؟ 😊 ހަބަރެއްވެސް ނުވޭވިއްޔަ 😂😜😎 ނަޒީމް ހޭއިރައިފި ދޯ 😊😇 އަނެއްކާ ޑޮކްޓަރ ދޭން އެ އުޅެނީ ކޮންހަބަރެއް ބާ؟؟ ސޯ ކިޔުރިއަސް!! ދެންއިންބައިގައި ނުހައިކްމެންގެ ބައެއް ގެނެސްދެއްޗޭ 💔😊😁 ދެންއިމްބަޔަށް އިންތިޒާރުކުރަން 💖💞 ލަވް ޔޫ 💖 ސްޓޭ ސޭފް އެން ޓޭކް ކެއަރ 👩❤

      10
      • ހެހެ.. ތެންކްސް ރީން.. އައި އެމް ހަމް ގްރޭޓް. އަލްޙަމްދުލިއްލާޙް.. ރީން ކިހިނެއް؟ ހެހެ.. ތެދެކޭ ދޯ.. އަސްލު ބިޒީކަމުން ހަބަރެެއް ނުވެވެނީ އިނގޭ.. ހެހެ. ލެޓްސް ސީ ދޯ.. ތެންކްސް އަގެއިން ޑިއަރ.. ލަވް ޔޫ ޓޫ އެންޑް ސްޓޭ ސޭފް.. 🥰❤😘

    4. ސަލާމް އޯލް.. ނެކްސްޓް ޕާރޓް އިންނާނީ ސަބްމިޓް ކޮށްލާފަ އިނގޭ.. އިންޝާ ﷲ މިރޭ އޯ މާދަން އަޕްވާނެ.. ❤

    ޚިޔާލު

    Your email address will not be published. Required fields are marked *