Views: 817 59

ދެ މީހުންނަށް ހޭލެވުންއިރު އަހުނަފް އަދި ރާފިލް ތެދުވެގެން ތިއްބެވެ. ނާއިލް އަދި ޒަލީފް ލޯގަޑު ކުރިމަށްޗަށް އަރާ ފެނުނު އެއްޗަކުން ހަޅޭއްލަވައިގަތެވެ.
***************
ޒަލީފް އާއި ނާއިލްގެ މޫނުގައި އަދުނުން ކުރަހާފަ ހުއްޓެވެ. “ރާފިލް....އަހުނަފް...”ދުރުގައި ހޭންތިބި ދެ މީހުން ފެނުމުން އެއީ އެމީހުންގެ ކަމެއްކަން ނާއިލް އަދި ޒަލީފްއަށް އިގުނެވެ. “ކިހިނެއްތަ ވީ؟؟؟”އެއްވެސް ކަމެއް ނުކޮށްހުރި ފަދައަކުން އަހުނަފް ބުންޏެވެ. “ކިހިނެއްހޭ ވީ؟؟ ކަމެއްނުވެ ހަމަ ގޮވާލިީ...ބަލާބަަލަ މަގޭ މޫނު..ބަބުރަކާ ވަށްތަރީ..”ނާއިލްގެ ރުޅިގަޑު ފަޅައިގެން ދިޔައެވެ. “އަހަރެމެން ކުރިކަމެއް ނޫން...ރީއްޗަށް ކުރެހީ..އެކަމަކު ނާއިލް ނިދާފަ އޮވެގެން ކުރިކަމެއް ތީ...”ހޭން ހުރެފައި ރާފިލް ބުންޏެވެ. “ކޮބާ މަ ބުނީމެއް ނޫންތަ މީ މިދެމީހުންގެ ކަމެކޭ...އަދި ކުށަށް އެއްބަސް ވެއްޖޭ...”ނާއިލް ލޯގަޑުން މޫނި ބަލަން ހުރެފައި ބުންޏެވެ. “ބަލަ އަހަރެމެން ނޫޅެމޭ ކުށަށް އެއްބަސް ނުވާކަށް...ދޯ ރާފިލް..”އަހުނަފް ރާފިލް އާއި ދިމާލަށް ބަލާލަމުން ބުންޏެވެ. “ހުރެބަލަ އަދި ހޭން ވަރުގަދަ ލަޑެއް ދޭނަން އަހަރެމެން މިހެން ހުރެލައިފަ ...”ޒަލީފްވެސް ނާއިލްއާއި އެއްބައިވެލިއެވެ. “ތި ދުވަހެއް ނާންނާނެ ދުވަހަކުވެސް...”ރާފިލް ބޭރަށް ބަލަން ހުރެފާ ބުންޏެވެ. “ކީކޭ މިއަންނަނީ މިހާރު..”ނާއިލް މޫނު ސާފުކޮށް ނިމުމުން ދުވެފައި ގޮސް އެދުމަތިން ބާލީހެއް ނަގައި ރާފިލް ގައިގަ ތަޅަން ފެށިއެވެ. “ނަސީބެއް މަގޭ ސަލާމަތްވެއްޖެ...”އަހުނަފް ފުންކޮށް ނޭވާއެއް ލަމުން ބުންޏެވެ. “ކަލެެއަކަށްވެސް ނުހުރެވޭނެ ތިހެނެއް...”ޒަލީފްވެސް އެދުމަތިން ބާލީހެއް ނަގައި އަހުނަފް ގައިގަ ތަޅަން ފެށިއެވެ. ކިތަންމެ ބޮޑުވިއެއް ކަމަކު މި 4 ކުދިންގެ ތަޅާ ފޮޅުމެއް މަދެއް ނުވާނެވެ. މިގޮތަށް މަޖަލުގައި ހޭދަކުރަމުން ގޮސް ގަޑިން ވީވަރެއްވެސް ނޭންގުނެވެ. ޒަލީފްއަށް ރެއަކާލީ އޭނަގެ ފޯނު ރިންގްވާން ފެށުމުންނެވެ. ފޯނު ނަގައި ބަލާލިއިރު ޒަލީފްގެ ބައްޕަ 7 ވަރަކަށް މިސް ކޯލް ޖަހައިފަ ހުއްޓެވެ. އަވަހަށް އޭނަގެ ބައްޕައަށް ގުޅިއެވެ. “ހަލޯ..ޒަލީފް ކައިރި މިހާރު ކިތަށްފަހަރު ބުނެފިން..12 ޖެހުމުގެ ކުރިން ގެއަށް އަންނަށްޗޭ.!!މިހާރު އެއޮށް ގަޑިން 1 ޖަހަނީ...”ފޯނު ނެގުމާއެއްކޮށް ޒަލީފްގެ ބައްޕަ ޝަކުވާ ކުރަން ފެށިއެވެ. “އަޅުގަނޑު މިދަނީ..”މިހެން ބުނެ ޒަލީފް އަވަހަށް ފޯނު ކަޑައިލިއެވެ.
*******************
“އަހަރެން ހުވާމިބުނީ ކަލޭގެ ދަރި އަހަރެން މުޅި ރަށަށް ބަދުނާމު ކޮއްލާނެ”ޒަލީފް ފޯނު ބޭއްވުމާއެއްކޮށް ޒަރީރު ކުދި ކިޔަން ފެށިއެވެ. “ޒަރީރު ދުވަހަކުވެސް ޒަލީފް ބޭނުންވާ ގޮތް އޮޅުންފިލުވަން އުޅުނިންތަ؟؟އަބަދުވެސް ކަލޭ ބޭނުންވަނީ ޒަލީފް ކަލޭ ކަހަލަ މުއްސަދިއަކަށް ހަދަން ...ޒަލީފް ބޭނުންވަނީ އޭނަގެ ރައްޓެހިންނާްއެކު މަޖާ ކުރަން..”އުލުފާ ދުރުގައި ހުރެގެން ޒަރީރުއަށް ވިސްނަދެވޭތޯ މަސައްކަތް ކުރިއެވެ. ނަމަވެސް ޒަރީރު އެއިން އެއްވެސް ކަމަކާ އަޅައެއްނުލައެވެ.
************
“ޒަލީފް އޭމަޑުކޮށްބަލަ..ކިހިނެއްތަވީ؟؟ހާދަ އަވަސް އަރުވައިލާފަ ތިއައީ ކީއްވެތަ؟؟؟”ޒަލީފް ގެއިން ނުކުމެގެން އައުމުން އަހުަނަފް ޒަލީފް އާއި އެތަކެއް ސުވާލު ކުރަން ފެށިއެވެ.”އެބުނާހެން....ޒަލީފް ކޮންތާކަށް ތިދަނީ...”ރާފިލްވެސް ގެއިން ނުކުންނަމުން އެހިއެވެ. “އެހެނޭ ކޮންތާކަށްތަ ތިދަނީ؟؟؟” ނާއިލްވެސް އެހެންމީހުންނެކޭ އެއްފަދައިން ކުރީ ހަމައެއް ސުވާލެކެވެ. “މަޑުކޮށްބަލަ...ޖަވާބު ދެވޭނީވެސް ކަލޭމެން ވާހަކަ ނުދަށްކަ ހުރީމައެއް ނުން....އަހަރެން މިދަނީ ބައްޕަ ގުޅައިގެން...”ޒަލީފް މިހެން ބުނުމުން 3 މީހުންގެ ދެލޯ ތަންމިނަށް ހުޅުވުނެވެ. “އަހަރެން ދާނަން ޒަލީފް އާއި އެކީގައި....”ރާފިލް ބުންޏެވެ. “އެއީ ކީއްވެ؟؟؟ރާފިލް ބުނީމެއްނޫންތަ ބޯވަ ހިފަންދާން އުޅޭ ވާހަކަ...ދެން ކުއްލިއަކަށް...”ޒަލީފް ބުންޏެވެ. “ޒަލީފް އެކަނި ގެއަށް ދިޔައީމަ..ޒަލީފްގެ ބައްޕަ ޒަލީފް އާއި ދިމާލަށް ވަރަށް އެއްޗެހި ގޮވާނެ...އަހަރެމެން ދިޔައީމަކާއި ނުގޮވާނެ..ވަރަށް ރަނގަޅު ކަމަށް ހެދިގެން އުޅޭނީ..... އެހެންނޫނަސް ބޯވަ ހިފިދާނެ ފަހުންވެސް އެކަމަކު ޒަލީފްގެ ބައްޕަގެ ހަޅޭކުން ސަލާމަތެއް ނުކުރެވޭނެ....އަބަދަކުއެއް....”ނާއިލް ފުރަތަމަ ބުނި ޖުމުލަތައް ބުނުމުން އެންމެން ވަރަށް ސީރިއަސް ވިއެވެ. ނަމަވެސް ފަހު ޖުމުލަ ބުނުމުން އެކަކަށްވެސް ނުހީ ނުހުރެވުނެވެ. “ޒަލީފް އަހަރެން...”ޒަލީފް ގެއަށް ވަދުމާއެއްކޮށް ޒަރީރު ޒަލީފް އާއި ދިމާލަށް އެއްޗެހި ގޮވަން އުޅުނެ ނަމަވެސް ރާފިލްމެން ފެނުމުން ޒަރީރު ހަމަހިމޭން ވިއެވެ. “އަހަނ...ދަރިފުޅު އައީ ރާފިލްމެން ގޮވައިގެންތަ؟؟؟އަވަހަށް އާދޭ ކާންދާން ބައްޕަ މިހުންނަނީ ދަރިފުޅު އަންނަންދެން ނުކާ....ރާފިލްމެންވެސް ކާން އާދޭ....”ޒަރީރު ހެޔޮކަމަށް ހެދެމުން ގޭތެރެއަށް ވަދުނެވެ. “ހަހަހަ މަ އޭރުވެސް ބުނީމެންނު އަހަރެމެން ފެންނައިރަށް...ހީވާނީ
ޒަލީފްދެކެ ވަރށް ލޯބިން އުޅޭހެން...އެކަމަކު އަހެެެރެމެން ދާއިރަށް ޒަރީރުބެ ގައިތެރެއަށް ވަންނާނީ ކޯއްޗެއްބާ؟؟”ނާއިލް ގޭތެރެއަށް ވަންނަމުން ހެމުން ބުންޏެވެ. “އަހަންނަކަށް ނޭންގެ...އަހަންނަކާއި ދުވަހަކުވެސް ވާހަކަ ދެއްކި ގޮތެއް ނޫން...އެއީކީ...”ޒަލީފްވެސް އޭނާގެ ބައްޕަދެކެ ވަރަށް ރުޅި އައިދެއެވެ. “އުލުފާ އަވަހަށް ކާން ހަދައިދީބަލަ..
ޒަލީފް އާއި ރާފިލްމެންވެސް މިއޮތް އައީ..”ކާމޭޒު ދޮށުގައި އިދެފައި ޒަރީރު ބުންޏެވެ. “މަންމަވެސް އާދޭ ކާން...”އުލުފާ ކާ މޭޒުމަތިީގައި ކާ އެއްޗެހި ބަހަށްޓައިފަ ދާން އުޅުމުން ޒަލީފް ބުންޏެވެ. “ނޫން މަންމަ ކާނީ ފަހުން..ދަރިފުޅުމެން ކާލާ...”ޒަރީރުގެ މޫނަށް ބަލުމަށްފަހު އުލުފާ އެކަމަށް އިންކާރު ކުރިއެވެ. “ދައްތާ...އާދެބަ އަޅުގަނޑުމެންނާއެކު ކާލަން އޭރުން އަޅުގަނޑުމެން ވަރަށް އުފާވާނެ...އެހެންނޫނަސް ދައްތަ ތިގޮތަށް އިންކާރު ކޮށްފިއްޔާ ޒަލީފް ދެން އިންނާނީ...ކުނި މޫނު ހަދައިަފަ...”ނާއިލް ބެލީ ޒަލީފް އުފާކޮށް ދެވޭތޯއެވެ. “ސާބަސް...!!މިއަދު އެކަނި އިނގޭ...”ރާފިލްމެން ހުއްޓުމެއްނެތި އާދޭސް ކުރަމުން ދާތީ އުލުފާ އެކަމަށް ދެވަނަ ފަހަރަށް އިންކާރު ކުރާކަށް ނުކެރުނެވެ. “އައްދޯއެކޭ!!!މަގޭ ބަޑު...” ކައިގެން ބަޑު ދަމާލަންވެގެން ޒަލީފްގެ ކޮޓަރިތެރެއަށް ވަންނަމުން ނާއިލް ބުންޏެވެ. “ކަލެންނޭ ނާއިލްގެ ބަޑު ފަޅައިގެން ދަނީތަ؟؟ހޮސްޕިޓަލަށް ގެންދަންވީތަ؟
“އަހުނަފް ނާއިލް އާއި ދިމާ ކޮށްލިއެވެ. “ އަހަންނަކަށްވާ ނޭންގެ...ނާއިލް މިއަދު ހެޓަކަށް ކައިފި...”ޒަލީފްވެސް އަހުނަފް އާއި ބައިވެރިވެލިއެވެ. “އޭ ބަލަ...ޒަލީފް މަންމަ ކައްކާއެއްޗެހި މީރުކަމުން އަހަރެންނަކަށް ނުކައެއް ނުހުރެވޭނެ...”ނާއިލް އުލުފާގެ ކެއްކުމަށް ތައުރީފް ކޮށްލިއެެވެ. “އޭ ކޮބާ؟؟އެއްވެސް ކަމެއް އެބައޮތްތަ؟؟”އަހުަނަފް އެދުގައި އޮށޯވެލަމުން އެހިއެވެ. “އާނ..އޮބޮތް...ކަލޭ ގައިގަ ބާލީހުން ތެޅުން..”3 މީހުން އެއްފަހަރާ ބުންޏެވެ. އަދި އަހުަނަފް ގައިގަ ބާލީހުން ތަޅަން ފެށިއެވެ. “ސްޓޮޕް...”އަހުަނަފްގެ ފޯނު ރިންގުވާން ފެށުމުން އަހުަނަފް ހަޅޭއްލަވައިގަތެވެ. ނޭންގޭ މީހެއް ގުޅުމުން އަހުަނަފް ފޯނެއް ނުނަގައެެވެ. “ކާކުތަ ގުޅީ؟؟”ޒަލީފް ބުންޏެވެ. “ ނޭންގެ...ހިގާބަަލަ..ލައިބްރަރީއަށް ދާން...”ރާފިލް ބުންޏެވެ. 4 މީހުންނަކީ ވަރަށް ފޮތް ކިޔާހިތްވާ މީހުންނެވެ. ލައިމްރަރީއަށް ދެވުމާއެކު އެންމެން އެކި ދިމަދިމާއަށް ބެހިގަތެވެ. އެމީހަކަށް ކަމުދާ ފޮތެއް ނަގައިގެން އަހުނަފްގެ ގެއަށް ދިއުމަށް އެންމެން ނިންމިއެވެ. “އައްދޯ...އަހަރެން ވަރުބަލި ވެއްޖެ...”ޒަލީފް ވަރުބަލިކާމާއެކު ބުންޏެވެ. “އޭ!!”ރާފިލް ހަޅޭއްލަވައިގަތެވެ. “ކިހިނެއްވީ؟؟” ހާސްވެފައި ހުރެ އަހުަނަފް އެހިއެވެ. “ކޮބާ ނާއިލް..” ނާއިލް މަތިން ހަދާންވުން ރާފިލް ބުންޏެވެ. “ ކަލެންނޭ...އަހަރެން ހީކުރީ ކަލޭގެ ރަންފޮށި ގެއްލުނީކަމަށް...”ޒަލީފް އެދުމަތީގައި އިށީންނަމުން ބުންޏެވެ. “އަހަރެން ރަންފޮއްޓަށް ވުރެ މާ މުހިންމު މީހެއް އެއީ..”މިހެން ކިޔާ ރާފިލް ކޮޓަރިން ބޭރަށް ނިކުތެވެ. “ރާފިލް އަލަށް ތެދު ވާހަކައެއް އެބުނީ..ހިގާ..”ޒަލީފް އަާއި އެކު އަހުަނަފްވެސް ނާއިލް ހޯދުމަށް ކޮޓަރިން ނުކުތެވެ. ލައިބްރަރީ އާއި އަރާހަމަ ވިއިރު އެންމެން ތިބީ މާނޭވާލައެވެ. “އަހަރެން ހުވާ އޭނަ ހުންނަނީ މިހާރު ރުޅިގަދަ ވެފަ..”ރާފިލް މާނޭވާ ލަމުން ބުންޏެެވެ. “ކަލޭމެން ކިހިނެއްވެފަ ތިތިބީ..”ފަހަތުން މީހަކި ވާހަކަ ދެއްކުމުން ޒަލީފް ސިހިގެން ދިޔައެވެ. “ނާއިލް..ކަލޭ ކޮންތާކުން ތިއައީ؟؟”ނާއިލްގެ އަތުގައި ބާރަކަށް ޖަހާފައި އަހުނަފް ބުންޏެވެ. “އައްދޯ!!...އަހަރެން ފުރޭތައެއް އައިސް ގެންދިޔައީކީ ނޫނޭ..”ނާއިލް އަތުގައި ފިރުމަމަުން ބުންޏެވެ. “ކަލޭގެ މަސް މާނުބައިވާނެ.. އެހެންވީމަކާއި ނުގެންދާނެއްނު..”ޒަލީފް ހެމުން ބުންޏެވެ. “ނަސީބެއް ނުބައިކަންވެސް އެހެން ނޫނީ އަހަރެމެން ހެއްވާނެ މީހެއް ނުހުންނާނެ...ދެން ހިގާ ދާން..”އަހުަނަފް ބައިސްކަލަށް އަރަމުން ބުންޏެވެ.
ޒަލީފް ބައިސްކަލަށް އަރަން އުޅުނު ވަގުތު ނާއިލްގެ އަތުގައި އޮތް ފޮތެއް ފެނުނެވެ. އެހެން ފޮތް ތަކެކޭ ޙިލާފަށް އެފޮތުގެ ގަޑުތަށް ވަނީ ކުޑަކޮށް އަދައިފައެވެ. ޒަލީފް އެކަމާ މާބޮޑަށް އަޅައިނުލާ އޭނަގެ ގެއަށް ދިޔައެވެ. ޒަލީފްއަށް ހޭލެވުންއިރު ގަޑިން 8 ޖެހީއެވެ. ޒަލީފް އެންމެ ފުރަތަމަވެސް އޭނާގެ ފޯނުނަގއި ހުޅުވާލިއެވެ. ޒަލީފްގެ ދެލޯ ބޮޑުވެގެން ދިޔައީ އޭނާއަށް ފެނުން އެއްޗަކުންނެވެ.

=ނުނިމޭ=

  1. Avatar
    moderated

    ސަޅި ވާހަކައެއް

  2. Avatar
    moderated

    ސަޅި ވާހަކައެއް 😊😍
    ލުކިން ފޯވާރޑް ޓުދި ނެކްސްޓް ޕާރޓް😃😃😍

ޚިޔާލު ފޮނުއްވާ