ލީނާ އާއި އަލައިނާއަކީ އެއްމާބަޑު ދެބެންނެވެ. ދެމީހުން އަބަދުވެސް އުޅެނީ އެކީގައެވެ. އެކަކުގެ ހިތާމައިގައި އަދި އުފަލުގައިވެސް އަނެކަކު ބައިވެރިވެއެވެ. ދެބެންވެސް އުޅެނީ ވަރަށް ލޯބިންނެވެ.
ދެބެންގެ އުފަންދުވަހެކެވެ. މުޅި ގޭތެރެ ޒީނަތްތެރި ކުރެވިފައިވަނީ ކުޑަވަރެއްގެ ޕާޓީއަކަށެވެ. ލީނާއާއި އަލައިނާގެ މައްމަ ސޯބިރާ އަވަދިނެތި ބަދިގެތެރޭގައި އުޅުނެވެ. އަތް ގާތް ކޮއްލަދޭން ލީނާވެސް ހުއްޓެވެ. މީހެއް ބެލް ޖެހުމުން އަލައިނާ ދުވެފައިގޮސް ދޮރު ހުޅުވިއެވެ. " ހެޕީ ބާތްޑޭ... ސްވީޓް ސިސްޒްޓީންވެސް ވީ ދޯ؟...ކޮބާތަ ލީނާ؟" ދެކުދިންގެ ބޮޑު ބޭބެއެއްކަމަށްވާ އަދުހަމު ގޭތެރެއަށް ވަންނަމުން އަލައިނާއަށް ދެ ޕާރުސަލް ދިއްކޮށްލިއެވެ. " ވެއްޖެ ބަދިގެތެރޭ މައްމައަށް އެހީވެދޭން." ޕާރްސަލްތައް ހިފައިގެން އަލައިނާ ވަނީ ކޮޓަރިއަށެވެ.
އިސާހިތަކު އާއިލީމީހުންނާއި ރައްޓެހިން ޕާޓީއަށް އަންނަން ފަށައިފިއެވެ. މުޅި މާހައުލު ވަނީ ހަލަބޮލިވެފައެވެ. ފަހަރަކު މީހެއް އައިސް ދެބެންނާއި ސަލާންކޮށް ތަހުނިޔާ ކިޔަމުންދިޔައިރު މާދުރު ނޫން ހިސާބެއްގައި ޒުވާނަކު އަލައިނާއަށް ބަލަހައްޓައިގެންހުއްޓެވެ. އޭނާގެ ތުންފަތަށް ވެރިވެފައިވަނީ ލާނެތް ހިނިތުމެކެވެ.
"ޙެޕީ ސްވީޓް ސިސްޒްޓީން ތި ދެމީހުންނަށްވެސް..... " މީހުންތަކުގެ ތެރެއިން ފުރޭނިގެން ގޮސް އެ ޒުވާނާ ފަހަރަކު ކުއްޖަކާ ސަލާންކޮއްލަމުން ހީލިއެވެ. "ޝުކުރިއްޔާ ޖައިހަމް..." ލީނާ އިސްޖަހާލަމުން ރަކި ގޮތަކަށް ބުނެލިއެވެ. ޢަލައިނާ ލީނާ ގައިގައި ކޮއްޓާލިއެވެ. ލީނާ އަބަދުވެސް ޖައިހަމް އާއި ގަޔާވާކަން އަލައިނާއަށް އިނގެއެވެ. އަދި އަލައިނާ ހިތުން ޖައިހަމްވެސް ގަޔާ ވަނީ ލީނާއާއެވެ. ނަމަވެސް ލީނާއަށް ނޭނގޭ ކަމަކީ އަލައިނާވެސް ހިތް ކިޔަނީ ޖައިހަމްއަށް ކަމަށެވެ.
ޢުފާވެރި މަޖާ ވަގުތަކަށްފަހު ޕާޓީ ނިމިގެން ދިޔައީ އިރު އޮއްސި ހަތެއްވެސް ޖަހާ ބޮޑުވި ފަހުންނެވެ. އެރޭ ދެބެންވެސް ނިދަން އޮށޯތީ ވެފައިވާ ވަރުބަލިކަމެއްގެ ބޮޑު ކަމުންނެވެ. " ދެން މިގޮތަށް ކިތައްދުވަސްވަންދެންބާ ހުންނަންވީ.... ޖައިހަމް އަކަށް އެކަމެއް ނުވި އެއްނޫން.... އަހަރެން ހީކުރީ މިއަދު ޖައި އަހަރެން ކާރީ ރައްޓެހިވާން އަހާނެކަމަށް.... މާދަން އަހަރެން ޕްރޮޕޯސް ކުރާނަން...." ލީނާ އެނދުގައި އޮވެ މޯޅިއަކަށް ދެމިލަމުން ބުންޏެވެ. އެހިނދު ރުޅިވެރިކަމުގެ އަލިފާންގަނޑެއް އަލައިނާގެ ހިތުގައި އަދައިގަތެވެ. އެކަން ހިންދާލަމުން ހިނިތުންވެލިއެވެ. "ބެސްޓް އޮފް ލަކް.."
ސިއްރުސިއްރުން އަލައިނާ ލީނާގެ ކަރުގައި އޮތް ރަން ފަތް ނެގިއެވެ. އެއީ ދެބެން ވަކި ކުރުމަށް ލީނާގެ ކަރުގައި އެޅުވިފައިވާ ފަށެކެވެ. އަލައިނާ އަކީ ދުވަހަކުވެސް ފަށް އަޅަން ޝައުގުވެރިކަން ހުންނަ ކުއްޖެއް ނޫނެވެ. ނަމަވެސް މާދަމާ ޖައިހަމްގެ ކުރިމައްޗަށް ދާން ކޮންމެހެންވެސް މި ފަށް އަޅަން އެބަޖެހޭތާއެވެ.
އައު ދުވަހަކަށް އިރު އެރި އިރު އާދައިގެ މަތިން ކޮންމެދުވަހަކު ހެނދުނު ލީނާ ބޯ ކިރުތަށި ހިފައިގެން އަލައިނާ ކޮޓަރިއަށް ވަނެވެ. އެވަގުތު ލީނާގެ ލޮލުގައި އަލައިނާގެ ކަރުގައި އޮތް އޭނާގެ ފަށް އަޅައިގަތެވެ. "އަސްތާ.... ދޮންތި ކޮންއިރަކު ފަށް އަޅަން ފެށީ.... ވަރަށް ލޯބި އިނގޭ...."
އަލައިނާ ލުއި ހިނިތުންވުމެއް ލީނާއަށް ރައްދުކޮއްލިއެވެ. "މީދެން ހަމަ ރީތިތޯ ބަލާލީ... އަވަހަށް ކިރުތަށި ބޯލައިގެން އާދޭ ރޮށި ފިހެން ދޮންތިއަށް ހެލްޕުވާން.... "
ލީނާގެ ހަބަރެއް ނުވެގެން ސޯބިރާ ގޮސް ކޮޓަރި ދޮރު ހުޅުވާލިއިރު ލީނާ އޮތީ ހަބަރު ހުސްވެގެން ޓައިލްސްގަނޑު މައްޗަށް ވެއްޓިފައެވެ.
ލީނާއާއި އަލައިނާގެ ރައްޓެހިންނަށް ދެބެން ވަކިކުރަން ނޭގުނަސް އެދެކުދިންގެ މައިންބަފައިންނަށް އެދެކުދިން ވަކިކުރަން އެގެނއެވެ. ގޮތް ނޭނގޭ މަރަކުން ލީނާ މަރުވެގެން ދިޔުމުން މުޅި ގޭތެރޭގައިވަނީ ހިތާމަވެރިކަމެކެވެ. ނަމަވެސް އަލައިނާ ހުންނަނީ ވަރަށް ހިތްހަމަ ޖެހިފައެވެ. ހަގީގަތަކީ ލީނާގެ ކިރު ތައްޓަށް ޒަހަރު އެޅީ އަލައިނާ އެވެ. އަދި އެދުވަހު ލާނާ ކަަމަށް ހެދިގެން ޖައިހަމް ގާތަށް ގޮސް ލޯބި ހުށަހެޅިއެވެ.
ޖައިހަމް އަބަދުވެސް ލޯބިވީ އަލައިނާ ދެކެއެވެ. މިކަން އެނގުމުން އަކުރުން އަކުރަށް ކަންތަތް ކުރި ގޮތް ކިޔައިދީ އަލައިނާ ޖައިހަމް ގާތުން މައާފަށް އެދި އަދި އޭނާ އަކީ ލީނާ ނޫންކަމަށް ބުނިއެވެ. ނަމަވެސް އަމިއްލަ ކޮއްކޮގެ ފުރާނަ ދުއްވާލިކަން އެނގުމުން ޖައިހަމްގެ ހިތުތެރޭގައި އަލައިނާ އަށްޓަކާ އޮތް ލޯބި ނަފްރަތަށް ބަދަލު ވާންނެގީ މަދު ސިކުންތުކޮޅެކެވެ.
މަހެއް ފާއިތުވެގެން ހިގައްޖެއެވެ. އަލައިނާ ދުނިޔެއިން މޮޔަވެއްޖެއެވެ. އޭނާ ދެކެ އެންމެ ލޯބިވީ ކޮއްކޮވެސް އޭނާގެ ސަބަބުން ގެއްލުނީއެވެ. ފުރަތަމަ އަލަތު ލޯބިވެސް ގެއްލުނީއެވެ.
ނިމުނީ
ވަރައް ސަޅި.... މީ ފަސްޓް ދޯ
ޔެސް
ވަރަށް މަޖާ
ވަރަށް މަޖާ އޭ ހަމަ ވަރަށް ބޮޑަށް މަޖައޭ😆😆
ވަރަށް ރީތި
މި ވާހަކަ ވ ރީތި....😍 ދެން ހުރި ވާހަކަ ތައް ވެސް ރީތި ވާނެކަމައް އުންމީދުކރނ..❤❤❤'ކީޕް އިޓް އަޕް'❤❤❤
މިއީ ހިންދީ ފިލްމު ހޯމް އަލޯން ގެ ވާހަކަ އެއް... ވ ރީތި... އެކްޗުއަލީ ދެޓްސް މައި ފޭވަރިޓް މޫވީ... ދެޓްސް ވައި އައި މެންޝަން 😊ކީޕް އިޓް އަޕް ☺️☺️☺️☺️
ވަރަށް ރީތި
what the hell
އަންނިޔައް ތިޔަހެން ހަދާލަބަލަ.
😂
ތޭންކްސް ހުރިހާ އެންމެން.... ވިލް ޓްރައި ޓު އިމްޕުރޫވް އަދާ ސްޓޯރީސް
ނައިސް
ތޭންކްސް
ހަހަހަހަ.. ވާހަކަ ވަރަށް ރީތި.. އަދި ކައިންޑަ ފަނީ. ކަތިވަޅިއާ ކޮށިދަނޑާ މަރިޔަނބު ވެސް ގެއްލުނީ..
ތޭންކްސް 😁
މިވާހަކަ ވެސް ވަރައް ރީތި
ދެންލިޔާނެ ވާހަކައަކަށް ވެއިޓް ކުރާނަން
ތޭންކިޔު
އައި ހޭވް އަ ޓްވިން ސިސްޓާ، ވީ ބޯތް އޯލް ސޯ ފޯލް އިން ލަވް ވިތް ވަން ބޯއި؟ ވީ ބޯތް ކޮން ފެސްޑް އަވާ ލަވް ޓު ހިމް!😊 ހީ ސެއިޑް ވޯޒް: ހީ ހޭޓް ބޯތް އޮފް އަސް! 😂
ސޯ ވީ ފޮގޮޓް އެބައުޓް ހިމް! ޓުގެދާ!
އެކަމަކު މީހާރު ވީ ބޯތް ހޭވް ބޯއި ފްރެންޑް!
ސޯ ހެޕީ ވިތް ދެޓް. 🙂
😆☺😊
ލީނާ އެންޑް އަލައިނާ!!! ވިތް ލަވް ލީނާ ބަލަންތަ؟؟
ނުބަލަން
އޮހްް ރާޔާ ހީކުރީ ލީނާ އެންޑް އަަލައިނާ މި ނަންތައް ލިޔެފަ ހުރީމަ ޔޫ ވޮޗް ވިތް ލަވް ލީނާ ކަަމަށް😉☺
🙂